ޙީޔާލީ އާލަމުގައި ޖަޒުބާތުގައި ޖެހި ދެހިވެސް ވީ ގުޅި ލާ މެހިފައެވެ. ތުންފަތް ހަރަކާތް ނުކުރިނަމަވެސް ގުޅީފައިވީ ދެ ހިތް އެތަކެއް ވާހަކައެއް ޙިއްސާކުރިއެވެ. ހޮނު ގުގުރީގެ އަޑު ބަނަވެފައިވާ ފަޒާގައި ގުގުމާލި އިރުވެސް ދެ ނަޒަރު ގުޅިފައިވުމީ އެ ނަޒަރު ތަކުގެ ބާރުގަދަކަން ސާބިތުކޮށްދޭ ހެއްކެކެވެ. ކުރިމަތީ ހާމަޔަށް ހުރި ހިތުގެ ހަމަޖެހުމަށް ވެފައިވާ އެކަކު އަނެކަކު ސޫރަައިގެ ފުރިހަމަކަން ފަށުފި ބަސްތަކާއި ޝާއިރުންގެ ހިތްގައިމު ޅެންތަކުން ހިތުތެރޭ އަމުނާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެ މީހުންގެ ދުލުން ބޭރުނުވެ ހިތުގައިވާ އެއްޗެއް ދެނެވޮޑިގަންނަވާނީ ހަމަ އެންމެ ކުޅަދުންވަންތަ ރަސްކަލާނގެ މެނުވީ އިތުރު ކޮންފަރާތެއް ހެއްޔެވެ.
ހޮނު ގުގުރީގެ އަޑަށް ސިހިފަ ކުޑަކުދިންތަށް ގޮސް ހިޔާދޭ ބޮޑު ގަހެއްގެ ނިވަލަށް ވަނެވެ. އެކުދިންގެ ނަޒަރު ހުއްޓިފައިވަނީ ހަމަ ލޮލަށް ފެންނަމުން ދިޔައީ މަންޒަރަށެވެ. މަންމިމެން ބަލާ އުޅޭ “ކަސޯޓީ” ގެ ސީންތަށް ފަދަ ސީންއެއް ހަމަ ލޮލަށް ފެންނާތީ އެކުދީން ތިބީ ވަރަށް ޝައުގުވެރިވެފައެވެ. “އޯވްވްވް…ތަންޑާރ އައިއިރުވެސް ދޮންބެ އެން ކައި ދައްތި ސިއްސައިގެންވެސް ނުދޭ..” ލާނެއް ވެލާފައި އަލްޔާ ބުނެލިއެވެ. “ހީވަނީ ބިއުޓީ އެން ދަ ބީސްޓް ހެން ދޯ..” އޭނާގެ ކޮއްކޮ އުމުރުން ހަތް އަހަރުގެ އަވްޔަންވެސް އެއްބައިވެލިއެވެ. “ދޮންބެ އެއީ ބީސްޓް އެއް ދޯ ހަމަ ހުރިގޮތަށް ހުރި..ގައިގަ ހެއާރ ހުރިނަމަ އަދި ވަރަށް ނައިސް ވާނެ.” އެއް އަޑަކުން އެކުދިންތަށް ހީލިއިރު އެކުދިންގެ ސިކުނޑިތަށް މާކަށް މައުސޫމް ހެނެއް ހިޔެއްނުވެއެވެ. މި ޒަމާނު ކުޑަކުދިންގެ ހާލަތު ވިއްޔާއެވެ. “ދެން ހިނގާ އެހެން ސީން އެއް ބަލާލަން..ދޮންބެ ކައިރީ ބުނާނީ އެއްކަލަ ޑިޒްނީ ކާޓޫންސްގަ ހަދާގޮތަށް..” އަވްޔަން އޭނާގެ ވާހަކަ އަޑުހަރުކޮށް ކުރިޔަށް ގެންގޮސްފައި މެދު ކަނޑާލިއެވެ. އޭނާ ދައްކަން އުޅުން ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔައީ ވަރަށް ސިއްރުވެރި އަޑަކާއެކުގައެވެ. އަވްޔަންގެ ޙިޔާލާ އެއްބަސްވަމުން ހުރިހާ ކުދިން އެކަތިގަނޑެއްހެން ދުއްވައިގަތީ ޔާއިންއާއި ކައިލީ ތިބި ދިމާލަށެވެ. އަދިވެސް ހަމަ ބޯކޮށް ވާރޭ ވެހެމުން ގެންދިޔައީ ހުއްޓާނުލާނަމޭ ގޮވަމުންނެވެ.
“ޕޮއް..ތިއޮތީ ކެޗް ކުރެވިފައެއްނު ދޮންބޭ..” ޔާއިންއާއި ކައިލީ ސިއްސައިގެންދިޔައީ އެމީހުން ވަށާލައިގެން ތިބެ ނިކަން ބާރަށް ވާހަކަ ދައްކަމުން ގެންދިޔަ ކުޑަކުދިންގެ ސަބަބުންނެވެ. ދެ ޒުވާނުންވެސް ތިބީ ހިސާބަކަށް ލަދު ގަތްފައެވެ. ކައިލީ އުރުން ތިރިކޮށްލަމުން ބިމުގައި ބަހައްޓާލާފައި ޔާއިން ބޯ ކަހައިގަތީ އެ ވަގުތު ކޮޅުގެ “އޯކްވާރޑް.” ކަމުންނެވެ. “އަޅޭ..ދޮންބެ އާ ކައި ދައްތަޔާ ހީވަނީ ހަމަ ޑިޒްނީ ޕްރިންސް އެންޑް ޕްރިންސެސް ހެން.” ކޮއްކޮ ރާއިލް ލުއި ގޮތަކަށް ހީލަމުން ބުނެލި ވާހަކައިން ޔާއިންގެ ދޮން ކޯތާފަތް ރަތްވެގެން ދިޔައީ ލަދުގަންނަނީ ހަމައެކަނި އަންހެން ކުދިންނޫންކަން ނިކަން ފައްކާކޮށް ސާބިތުކޮށްދީފައެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ކައިލީ ފެށީ ކުދިންތަކާއެކު ހޭށެވެ. އަނގަމަތީ އަތް އެޅުމެއްނެތި ފާޅުކަން ބޮޑު ގޮތެއްގައި ހިރުގަނޑުވެސް ފެންނަވަރަށް ކައިލީ ހެމުން ދިޔައިރު އިސްޖަހާލައިން ހުރި ޔާއިން އާޝޯޙްވެފައި ބަލަހައްޓައިގެން ހުއްޓެވެ. ހުސް އަލަށް ފެންނަ މަންޒަރުތަކެވެ. އުތުރި އަރަނީވެސް އާ ޖަޒްބާތްތަކެވެ. “ދެން އަދި މާ ކިއުޓް ވާނެ ގޮތެއް ބުނަންތަ..ދޮންބެ ޕްރޮމިސް ކުރޭ އެކަން ކުރާނެކަމަށް.” އަލްޔާ ލާނެއް ގޮތަކަށް ބުނެލަމުން އަވްޔަންއަށް ލޮލުން އިޝާރާތްކޮށްލީ ވާހަކަ ކުރިޔަށް ގެންދާށޭ ބުނާ ފަދައިންނެވެ.
“ޔެސް ހަމަ ކުރަންޖެހޭނެ..ނުކޮށްފިއްޔާ..މާމަ ކައިރި ބުނާނަން ދެންމެ ކުރިކަންތަށް.” ވަރަށް ގަޓުވެލާފައި ދެ ފަރާތުން އުނަގަނޑުގައި އަތް ވިއްދާލަމުން އަވްޔަން އެއް ލޯ މަރާލިއެވެ. އެއް ބުމަ ހިއްލާލަމުން ޔާއިންއާއި ކައިލީ އެކަކު އަނެކަކަށް ބަލާލިއެވެ. އަލްޔާ މެން ހިތުން އެމީހުނަށް އެދެވުނީ ކުޑަ އިންޒާރެއް ނަމަވެސް އެ އިންޒާރުގެ ބިރުވެރިކަން އިނގޭނެ ތިންވަނަ ފަރާތެއް ޔާއިންއާއި ކައިލީ މެނުވީ ނުހުންނާނެއެވެ.
“ހަދަންވީ އެއްޗަކީ އެއްކަލަ ޑްރާމާގަ ހަދާހެން ދޮންބެ ބޭބީ އެއްހެން ކައި ދައްތަ އުރާލައިގެން ގެންގޮސް ކައި ދައްތަ ކޮޓަރީގަ ބަހައްޓަންވީ.” އަތްޖަހާލަމުން އެ ހުރިހާ ކުދިންގެ އެދުން ޙިއްސާކޮށްލިއެވެ. “އެހެން ކިހިނެތް ހަދާނީ..ކައި ދައްތަ ބަރުވާނެ ޑައިނަސޯރއަކަށްވުރެ. އެހެރީނު ހުންނަލެއް ފަލަކަން.” ރެކިގަތުމުގެ ގޮތުން ދައްކާނެ އިތުރު އުޒުރެއް މި ނޫނީ ޔާއިންއަކަށް ނުފެނުނެވެ. ޔާއިންއާ ދިމާލަށް ދެލޯ އަޅާލަމުން ޔާއިންގެ އަތު މުލައްދަނޑީގައި ކައިލީ ވިކައިގަތެވެ. “އައްދިއްޔޯއި..އާން މި ބުނީ ކައި ދައްކަ ހިކި ކަމުން ނު އުފުލޭ ވާހަކައޭ.” ކުޑަކުއްޖެއް ހައްދާފަދައިން ކައިލީ ނުހެއްދޭނެކަން އެނގި ހުރެވެސް ޔާއިން ބުނެލިއެވެ. ތުންއަނބުރާލަމުން ކައިލީ ކަޅި އަނބުރާލިއެވެ.
“ހައް ވަރަށް މަޖާ..އަވަހަށް ހަދާ އެގޮތަށް އެހެންނޫނީ އާރިފާއްތަ ކައިރި ބުނާނީ..” އާދިލް ދެވަނަ ފަހަރަށް އިންޒާރު ހަނދާންކޮށްދިނެވެ. އިތުރު ގޮތެއް ނެތުމުން ކައިލީގެ އުނަގަނޑުގައި ހިފައި ޔާއިންއާ ދިމާލަށް އެނާ ދަމައިގަތެވެ. އެ ކުއްލި ހަރަކާތުން ކައިލީ ސިހުންނަމަވެސް ޔާއިންގެ ކަނދުރާޔާ ދިމާލުގައި ކައިލީ މޫނު ފޮރުވާލީ ލަދުންނެވެ. ދޫނި ފަތެއް ހާ ލުއި އެ ތުނި ހަށިގަނޑު އުފުލާލައިން ޔާއިން ކުރިއަށް ހިނގައިގަތެވެ. އެފަދަ ގޮތަކަށް ހުވަފެނުގައިވެސް ކަންވާތަން ފެނިފައި ނުވާ ކައިލީއަށް މިކަންތަށް ވީ މުޅިން އާ ކަމަކަށެވެ. ދާން ހަމަޖެހިފައިވާ މަންޒިލާ ހަމައަށް ނުދެވެނީސް ޔާއިންގެ ކަނދުރާގައި ފޮރުވާލެވިފައިވާ މޫނު ހިއްލާނުލުމަށް އޭނާ އަމިއްލަ ނަފްސަށް ވައުދުވިއެވެ.
ޔާއިން މެންގެ ފަހަތުން އައި ކުދިންކޮޅު ދިޔައީ އުފަލުން އަތް ޖަހަމުންނެވެ. ދޭތެރެއަކުން އެމީހުންގެ ތުއްތު ބަސްތަކުން ޔާއިންއާއި ކައިލީ ގުޅޭކަމަށް ބުނަމުން ގެންދިޔައެވެ. “ސަޗް އަ ކިއުޓް ކަޕަލް ދޯ..ދެން ކިޔާނީ ދޮންބެ އެން ދޮންބެ ދައްތަ ހައްހައް.” އަލްޔާގެ ވާހަކައާއެކު އެންމެ ހީގަތެވެ. ބުނާނެ އެއްވެސް އެއްޗެއް ޔާއިންއާއި ކައިލީގެ ދުލަކަށް ނައެވެ. ނަމަވެސް ހިތުގައި ވީ އެންމެ އެދުމެކެވެ. “އެ ބަސްތަށް ހަގީގަތަކަށް ވާނެނަމަ…”
ކޮޓަރި ތެރެއަށް ވަދެވުމާއެކު ކައިލީ ބިމަށް ތިރިކުރުމަށް ޔާއިން ހުރީ ނިޔަތް ގަނެގެންނެވެ. ނަމަވެސް ފަހަތުން އައި ކުދިވެރިންގެ ޙިޔާލު ހުރީ ތަފާތު ގޮތަކަށެވެ. ކައިލީއާއި ޔާއިން ދުރުން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އެ ކުދިންތަށް ފަހަތުން ދޮރު ޖެހިއެވެ. ތަޅުނުލާކަން ހަމަ ނަސީބެކެވެ. ތަންކޮޅެއް ބާރު ހިނގުމެއްގައި ޔާއިން ގޮސް ކައިލީ އެނދުމައްޗަށް ވައްޓާލިއެވެ. ޔާއިންގެ ކަރުގައި އަޅުވާލެވިފައިވާ ކައިލީގެ އަތަށް ވާންވެގެން ދިޔުމުން ޔާއިންވެސް ކައިލީއާއެކު އެނދުމައްޗަށް ވެއްޓުނެވެ. އެކަކު އަނެކަކުގެ ނޭވާ އިހްސާސްވާހާ ކައިރީގައި ތިބިއިރު ފިނިފިނި އެ މޫސުމުގެ ސަބަބުން ހީބިހި ނަގާފައިވާ ދެ ހަށިގަނޑަށްވެސް މަސްތީ އަރާމެއް ލިބުނެވެ.
ނަމަވެސް އެ ތަންމަތީގައި ދެން ކަންވާނެގޮތަށް ހިތަށް އެރުމުން ކައިލީ ހިސާބަކަށް ބިރުގަތެވެ. އޭނާއަތް ތުރުތުރު އަޅައިގަނެގެން ދިޔައިރު ޔާއިންގެ ކަނދުރާގައި ކުޑަކޮށް ވިކައިގަނެވުނީ ތަދުނުވާނެ ގޮތަކަށެވެ. ނޫނެކޭ ބުނުމުގެ ގޮތުން ކައިލީ ދެތިން ފަހަރު ބޯ ހޫރާލިއިރު އެ ދެލޮލުން ފެނުނީ ހާސްކަމާއި އާދޭހެވެ. ފިރިހެނުންގެ ގޮތެއް ނޭނގޭނެ ވިއްޔާއެވެ. “ނޯ ޕްލީސް.” ކައިލީގެ ތުންފަތް ފޫ އަޅުވާލިއެވެ. އޭނާގެ ދެލޯ ތެމޭގޮތްވީ ޔާއިންގެ ފަރާތުން އުންމީދު ކުރެވޭ ނިޝާނެއް ނުފެނުމުންނެވެ.
ކުއްލިއަކަށް ފުންމައިގެން ޔާއިން ކޮޅަށް ތެދުވެ ޖިންސުގެ ދެޖީބަށް އަތްޖަހާލިއެވެ. އޮށޯވެގެން އޮތް ކައިލީގެ ކުރިމަތީގައި އޭނާ ހުއްޓިލައިގެން ހުރި އިރު ކައިލީގެ ނަޒަރު އެންމެ ސިކުންތުކޮޅަކުވެސް ޔާއިންގެ މޫނާ ވަކިނުވެއެވެ. ޑައި ކުރެވިފައިވާ ފަން އިސްތަށިކޮޅުން ބޮޑު ބައެއް މޫނުމައްޗަށް ވެއްޓި އެބައިން ތުންފަތް މައްޗަށް ފެންތިކިތަޅަމުން ގެންދިޔައީ ވިއްސާރަ ވިލާތަކުން ބިމަށް ފެންތިކި ތަޅާގޮތަށްވުރެވެސް ހިތްގައިމު ކޮށޭ ކައިލީގެ ހިތް ބުންޏެވެ.
“ހެހެ..ކައިލީ ހީކުރީ މަ ކައިލީގެ ނުރުހުމުގަ އެކަހަލަ މަޖާ ކަމެއް ކުރަން އުޅޭނެ ކަމަށްތަ؟” އެނދުގައި ހަމަޖެހިލައިން ކައިލީ އިށީނުމުން ޔާއިން އެއްފައި މައްޗަށް ކައިލީ ކުރިމަތީގައި އެއްފައި މައްޗަށް އިށީނދެ ހިނިގަނޑެއް ޖަހާލިއެވެ. ވާން އުޅުން ކަންތައް ޔާއިން މަޖާ ކަމަކަށް ހަދާލުމުން ކައިލީގެ ހިތުގައި ސުވާލު އުފެދުނެވެ. “އެ ވަރަށް މަޖާކަމެއްތަ.” ދެލޯ ބޮޑުކޮށްލަމުން މައުސޫމް ގޮތަކަށް ކައިލީ އެއްސެވެ. “އާން އެހެންޏާ..ބޮޑު ޢީދުގަ ފެންކުޅި ކުޅުމަށްވުރެއް މަޖާވާނެ.” ޔާއިންގެ މޫނުމަތިން ފާޅުވީ ނުސިޔާނުކަމެވެ. ކައިލީގެ މައުސޫމްކަމުގެ ނާޖާއިޒް ފައިދާ ނަގަން ހިތަށް ނޭރިޔަސް އެ މައުސޫމްކަމުގެ ސަބަބުން އިތުރަށް ސަމާސާކުރާ ހިތްވީއެވެ. “އެއީ ކީއްވެ.؟” ޔާއިންގެ މާނަ ފުން މަޒާޖީ ބަސްތަށް ކައިލީއަށް މާ ބޮޑަށް ދޭހަވާގޮތެއް ނުވިއެވެ. (އަސްލު ޔާއިންގެ އެއްނޫން..އިޓްސް މައި އަމިއްލަ އުފެއްދުމުގެ މަޖާޒީ ބަސްތަށް ލޮލް.)
“އަޑުގަދަވީމަ..ފެން ކުޅޭ އިރުވެސް އަޑުގަދައެއްނު.” އެއްލޯ މަރާލަމުން ޔާއިން ބުނެލިއެވެ. ކޯތާފަތަށް ޖަންބުކުލަ އެރިނަމަވެސް ލަދުގަތްކަން ދައްކަން ބޭނުންނުވި ކައިލީގެ ދެލޯ ކުޑަކޮށްލިއެވެ. “އޯވްވް ހާދަ ލޯތްބޭ.” ހިނިގަނޑެއް ޖަހާލަމުން ތުންފަތުގައި ދަތްއަޅާލި ޔާއިންގެ ހިތުގައި ވީ އެބަސްތަކެވެ. އިތުރު އެއްޗެއް ނުބުނެ ފެންވަރަށް ދިޔުމަށްޓަކައި ޔާއިން އެ ކޮޓަރިން ނުކުންނަން ހިނގައިގަތީ ކައިލީގެ ކޮލުގައި ފުދޭވަރަކަށް ބާރަށް ހިފާގަންފައެވެ. “އައުޗް.” ޔާއިން ދޮރުޖަހާލުމުން ކޮލުގައި އަތް ޖައްސާލާފައި ކައިލީ އެނދަށް އަލުން ވެއްޓިގަތެވެ. ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާޔަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު ޔާއިންގެ ޙީޔާލުތަށް ވީ އެ ސިކުނޑި ހިސޯރުކޮށްލާފައެވެ. މިއީ ކޮންކަހަލަ އިހްސާސެއް ހެއްޔެވެ. އެންމެ ސޫރައެއްގެ ސަބަބުން ރޫޙަށް މި ލިބޭ ހިތްހަމަޖެހުމާއި އެ މަޑު އަތްތިލައިގެ ބީހުންތަކަށް އެދެވުން މިއީ ނަފްސާނީ ބައްޔެއް ބާވައެވެ.
ދުވަސް އެކީގައި ނިމިގެން ދަނީ މިފަދަ ގޮތަކަށެވެ. ޔާއިންއާއި ކައިލީގެ ސަމާސާ ކުރުންތަކުންނެވެ. އެ ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް ނޭނގިނަމަވެސް ދެވިފައިވާ މަގާމު މަތިވަމުން ގެންދިޔައެވެ. ލާ ކޮންމެ ނޭވާއެއްވެސް ދެނަން އެކީގައި ކިޔަމުން ގެންދިޔައެވެ. ލޮލުކޮޅަށް ނަމަވެސް ހިތް އެދޭ ސޫރަ ފެންނާނެ ވަގުތަކަށް އިންތިޒާރު ކުރެވެވެ. އެ އިންތިޒާރުގެ ނިމުމުގައި ހިތި ރަހަ އަދި އަދަށް ދާންދެންވެސް ނުލުން މިއީ ދެމީހުންގެވެސް ނަސީބެވެ.
ބަދިގޭގެ ސިންކު ކައިރި އަތް ދޮންނަން ހުރި އާރިފާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ. މަސަތްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު ނޫން އެހެން ވަގުތުތަކުގައިވެސް ކޮޓަރިން ބޭރަށް ނިކުމެ އުޅުން ކައިލީ ގިނަކޮށްފައިވާއިރު އޭނާ ހުންނަ ތަންތާނގައި ޔާއިންއާއި ކައިލީގެ ނަޒަރު ސީދާވެ ޙިއްސާކުރާ ހިނިތުންވުން އާރިފާ ނުތަނަވަސް ކުރުވައިފިއެވެ. މިއީ އަދި ކަންތަށް ދާން ޖެހޭ ގޮތް ނޫންކަމަށް އެހިތް ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ.
“މަންމާ ކޮން ޙީޔާލެއްގަ؟” ފަހަތުން އައިސް އާރިފާގެ ކޮނޑަށް އަތްވައްޓާލި ޔަލްވީ އެއްސެވެ. އަންހެން ދަރިންނާ ވަރަށް ގާތްގުޅުމެއް ބާއްވާ ދުވަހަކުވެސް އެއްޗެއް ނުފޮރުވާ އާރިފާގެ ހިތް މިފަހަރުވެސް ބުނީ އެހިތުގެ އިހްސާސްތަށް ބަންޑުންކޮށްލުމަށެވެ. “އެ ޔާއިންއާ ކައިލީ އުޅޭގޮތް މަންމަޔަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ….މަންމަޔަށް ހީވަނީ އެ ދެމީހުންގެ ދެމެދު އިތުރު ގުޅުމެއް އޮންނަނީކަންނެ.” ޓީޝޫއަކުން އަތް ފޮހެމުން އާރިފާ ވާހަކަދެއްކިއެވެ. “އަޅެ ކިހާ ލޯބިތަ އުޅޭގޮތް ހީވަނީ ކުޑަކުދިންތަކެއްހެން..ދޮންބެވެސް އެހާ އުފާވެފަ ހުންނަތަނެއް ކުރިޔަކުން ނުދެކެން..އަޅެ މަންމަ އުފަލެއް ނުވޭތަ ދޮންބެގެ ރިއަލް ސްމައިލް އެހާ ގިނައިން ފެންނާތީ..” ވަރަށް ޖޯޝާއެކު ޔަލްވީ ވާހަކަ ދެއްކިއިރު އާރިފާގެ މޫނުމަތީ ކުލަވަރު އޭނާއަށް ފެނުންނަމަ ރަނގަޅުވީހެވެ.
“ލޯތްބޭ..؟ އާން ވަރަށް..އެ ފަގީރު…..ހޗއގވހޗވެގޗ..އާއެކީ ނޫންނަމަ ވަރަށް ލޯބި ވާނެ..ހަމަ އެނޫން އަންހެނެއް ޔާއިންއަށް ނުފެނުނީތަ ކޮބާތަ އޭނާ ރައްޓެހިވެގެން އުޅޭ ޝަމްހާ މިހާރު..އެ މަންޖެ ދޫކޮށްލީ ކަންނެ ކައިލީ ފެނުނީމަ ޔަގީންވިއްޔާ..” އާރިފާގެ ރުޅީ މަޑުވާގޮތެއް ނުވިއެވެ. މަންމަގެ މިޒާޖުގައި ހަރުލާފައިވާ ގިންތި ތަފާތު ކުރުމުގެ ޖޯޝު ފިލުވާލާނެ ގޮތެއް ނެތުމުން އެއްޗެއް ނުބުނެ ބަދިގެއިން ނިކުންނަން ޔަލްވީ ހިނގައިގަތެވެ. ނަމަވެސް ހިނގަމުން ގެންދިޔަ މަންޒަރު ފެނުމުން ފާރުކައިރި ލެނގިލައިން ހެވިފައި އެ މަންޒަރު ބަލަން ހުރެވުނީއެވެ.
އޮފީހަށް ދާ ފުރަތަމަ ދުވަސްކަމުން ނިކަން އަވަހަށް ތައްޔާރުވެގެން ސިޑިން ފައިބައިގެން އައީ ޔާއިންއެވެ. ކަޅު ކުލައިގެ ފަޔަށް ބާރު ޒަމާނީ ފަޓުލޫނަކާއި އަޅި ކޯޓެއްގެ އިތުރަށް ހުދު ގަމީހުގައި ޔާއިން ފެންނަލެއް ވަރަށް ސްމާރޓެވެ. އޭނާ އަންނަ ގަޑި މާކުރިން ކައިލީއަށް އެނގިފައި ވީ ފަދައެވެ. އާވި އަރައަރާ ހުރި ކޮފީތަށި ކާމޭޒު މަތީ ބަހައްޓާލައިގެން އޭނާ ހުރީ ޔާއިންގެ އިންތިޒާރުގައެވެ. ލައިގެން ހުރި އަޅި ކުލައިގެ ސުއިޓާއި އެއްވަރަށް ހުދު ގަމީހުގެ ގިރުވާން ބެހެއްޓުމަށްޓަކައި އޭނާ ދިޔައީ ވަރަށް ބުރަ މަސަތްކަތް ކުރަމުންނެވެ. ކައިލީ ކުރިމަތީ ހުއްޓިލަމުން ޔާއިން އިސްއުފުލާލިއެވެ. “އެއްކަލަ އަމިއްލަޔަށް ކަންތައް ކުރަން ނޭނގޭ ކުޑަކުއްޖާ ދޯ މިއުޅެނީ.” ދިމާކޮށްލުމުގެ ގޮތުން ކައިލީ ބުނެލިއެވެ. މޭޒުމަތީގައި ހުރި ކޮފީތަށި ޔާއިންއަށް އޭނާ ދިއްކޮލިއެވެ.
އެއްކޯވަރުން އެ ތަށި ހުސްކުރެވޭތޯ ޔާއިން މަސަތްކަތް ކުރިއިރު ގިރުވާނާއި ކޯޓު ރީތިކުރުމަށް ކައިލީ އެހީވެދިނެވެ. ހުރިހާ ކަމެއް ނިމުމުން ވަކިވާ ގަޑި ޖެހުނީކަން ހަނދާންވެފައި ޔާއިން ހިސާބަކަށް މާޔޫސްވިއެވެ. “އޭ މަ ބުނީ މިއަދު މަ ޑިއުޓީ ނިމޭނެ އެގާރަ ގަޑި ބައިގަ..އެހާއިރު ކައިގެ ޑޮކްޓާރސް ރިޕޯރޓުތަށް ހިފައިން ދައްކާލަން އަންނައްޗޭ ވާގޮތް ކުޑަކޮށް ކިޔާލަދޭން. ނަންބަރު ނުނަގާވެސް ވަދެވޭނެ.” ޔާއިން ބުނެލިއެވެ. ޔާއިން ކުރިމަތީގައި އޭނާގެ ފަރުދާ ކަހާލަން ޖެހޭނެކަން އިނގުމުން ކައިލީ ޖެހިލުންވިއެވެ. ނަމަވެސް ޔާއިންގެ އެދުމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. “އެ ކީއްވެ ނަންބަރެއް ނުނަގާ ވަދެވެނީ. ޕޭޝަންޓެއްގެ ހައިސިއްޔަތުންނެއްނު މަ ދަނީ” ބުމަ ހިއްލާލަމުން ކައިލީ އެއްސެވެ. “އުހުން..ވައިފްގެ ހައިސިއްޔަތުން ކަމަށް ބަލަމާ.” ޖެއްސުމަށްނަމަވެސް ޔާއިން ބުނެލީ އޭނާގެ ހުވަފެނުގައި ކަންވާ ގޮތެވެ. “ހޫނނނ..” މުސްކުޅިއެއްހެން ކައިލީ ރާގު އަޅުވާލިއެވެ.
“ޔާއިން..” ބަދިގެއިން އެވަގުތު ނިކުތް އާރިފާ ގޮވާލުމާއެކު ކައިލީ ވަގުތުން ދުރަށް ޖެހިލައި މޭޒުމަތި ފޮހެން ފެށިއެވެ. “އޮފީހަށް ދިޔުމުގެ ކުރިން ވަގުތު ކޮޅެއް އޮތިއްޔާ ހިނގާބަލަ މަންމަޔާއެކީ މިތާ ބޭރު ގާޑަންއަށް.” މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ އާރިފާ ބުނެލިއެވެ. “އޯކޭ.” ދެކޮނޑު އަރުވާލަމުން އާރިފާ ފަހަތުން ބޭރަން ނިކުންނަން ޔާއިން ހިނގައިގަތެވެ. “ބާއި ވައިފް..އަންނައްޗޭ އިނގޭ އިލަވަންގަ.” މޭޒު ކައިރި ފުރަގަސް ދީގެން ހުރި ކައިލީގެ ކަންފަތް ބުޑުގައި ބުނެ ބުރުގަލަށް ދަމާ ޖެއްސުމެއް ކޮށްނުލާ ގެއިން ބޭރަށް ނިކުމެވޭ ކަމަކަށް ނުވިއެވެ.
“އަޅެ ތި މީހުން ހާދަ ލޯތްބޭ..ރައްޓެހިވީތަ މިހާރު.” މޭޒު ފޮހެން ހުރި ކައިލީގެ ކޮނޑުގައި އަތް ބާއްވާލަމުން އެކުވެރިގޮތަކަށް ޔަލްވީ ބުނެލިއެވެ. މުޅި އެ އާއިލާއިންވެސް އެކުވެރިގޮތަކަށް ފެށުނީއްސުރެއް ވާހަކަ ދައްކާ ހަމައެކަނި އިތުރުބާރު ކުރެވޭ ފަރާތަކީ ޔަލްވީއެވެ. “އޭ ނޯ ނޮޓް އިވަން ޑްރީމިން ތި ކަހަލަ ކަމެއް ކުރަން. ލޯބިވެވިގެނެއް ނު ރައްޓެހިވެވޭނީ އަދި.” ދެފަރާތަށް ބޯ ހޫރާލަމުން ކައިލީ ވަގުތުން ދެކޮޅު ހެދިއެވެ. “ނޯނޯ..އައި ސީ ލަވް އިން މައި ބްރޯސް އައިޒް..އެންޑް ކައިލީގެ ލޮލުންވެސް ފެންނަހެން ވަރަށް ހީވޭ..” އެއްލޯ މަރާލާފައި ޔަލްވީ ދުރަށް ދުއްވައިގަތީ ކައިލީ ބޮނޑިއެއް އަޅަން އަތް މަޅާލުމުންނެވެ.
“މަންމަ ބުނަން އުޅުނީ..މިހާރު ކޮބާތަ ޝަމްހާ..ޔާއިން މާލެ އައިފަހުން މިގެޔަށް ނުވެސް ގެންނަމެއްނު..” ގެއިން ބޭރަށް ނިކުތް ގޮތަށް އާރިފާ ބުނެލި ވާހަކައިން ޔާއިންގެ މޫނު ވަގުތުން އޮއްސުނެވެ. އެންމެ ހަނދާންކުރަން ބޭނުންނުވާ ނަން މަންމަ ހަނދާންކޮށްދިނުމުންނެވެ. “އާން..އޭނަ ވަރަށް ބިޒީކަންނެ އެހާ ކޯލެއް ނުކުރޭ މާލެ އައިފަހުން..” ޝަމްހާބޮލަށް ހުރިހާ ކަމެއް ޔާއިން ކަނޑާލިއެވެ. ހަގީގަތަކީ ޝަމްހާގެ ނަންބަރު ބްލޮކް ކޮށްފައިވަނީ ޔާއިންކަމެވެ. “މަންމަ ހީކުރީ ދެކުދިން ރުޅިވީކަމަށް.” ޖަވާބު އެނގެން ކެތްމަދުވެފައި އާރިފާ އެއްސެވެ. “އެހެއްހް ނޫން..” ބޯ ކަހާލާފައި ރެކިގަތުމުގެ ގޮތުން ޔާއިން ކާރަށް އަރަން ދާން ހިނގައިގަތީ ނޭނގިނަމަވެސް އާރިފާ އެދޭ ޖަވާބު ދީފައެވެ. އާރިފާގެ ތުންފަތް މަތީގައިވީ ފަތަހައިގެ ހިނިތުންވުމެކެވެ.
ކާރަށް އަރައި އިށީނދެ ފޯނު ނަގައި ޝަމްހާގެ ނަންބަރު ވަގުތުން ޔާއިން އަންބޮލޮކް ކޮށްލިއެވެ. މަންމައަށް އިނގިދާނެތީއެވެ. ކާރު ދުއްވާލުމުގެ ކުރިން އެންމެ ފަހު ފަހަރަށް އޭނާގެ ހިތް ދޫކުރެވިފައިވާ ގެޔާ ދިމާލަށް ބަލާލިއެވެ. “އަލް މިސް ޔޫ.” ހިތާހިތުން އޭނާ ބުނެލީ ތިން ގަޑިއިރުފަހުން ކައިލީ ފެންނާނެކަން އެނގިހުރެއެވެ.
ކާރު ވަކި ހިސާބަކަށް ދުއްވާފައި ބުރަކި ޖައްސާލަން މަޖުބޫރުވީ ޔާއިންގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޝަމްހާގެ ފޯނު ކޯލެކެވެ. ޔާއިން ޗޮކެއް ކަނޑާލިއެވެ. މަންމަ އާރިފާއާއި ޝަމްހާޔާ ދެމެދު އޮންނަ ގުޅުމުގެ ވަރުގަދަކަން ހަނދާންވުމުން ފޯނު ނަގަން އޭނާޔަށް މަޖުބޫރުވިއެވެ. “އަންބްލޮކް ކުރަން ކެރިއްޖެއެއްނު..ވީ ނީޑް ޓު ޓޯކް..ހަމަ އެންމެ މެސެޖަކުން ވީ އާރ ޑަން އޭ ބުންޏަސް ނުވާނެ..” ސިންގު ރުޅި އައިސްފައި ހުރެ ޝަމްހާ ހަޅޭއްލަވައިގަތެވެ. “އޭ ޗިލް މިއަދު ބިޒީ ވަރަށް މޭބީ ޓުނައިޓް އޯކޭ؟.” ޔާއިން ބުނެލިއެވެ. ޖަވާބެއް ނުދީ ޝަމްހާ ފޯނު ކަނޑާލުމުން ޔާއިންގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކާރު ދުއްވާލިއެވެ.
މެރޫން ކުލައިގެ އަބާޔާއާއި ކްރީމް ޝޯލް ގައި ހުރި ކައިލީ ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. ކްރީމް ޝޯލްކަރުގައި އޮޅާލާފައިވާއިރު މެރޫން އަބާޔާ ވަނީ އުނަގަނޑާ ދިމާލުން ހިފާލާފައެވެ. ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލެވިފައިވީއިރު އެ ދޮން މޫނަށް އިތުރު ފައުންޑޭޝަން ބޭނުމެއް ނުވެއެވެ. ކޮނޑުގައި ކަޅު ކުޑަ އަތް ދަބަސް އަޅުވާލަމުން ކޮޓަރީގެ ބޮކިތަށް ނިންވާލާފައި ކައިލީ ގެއިން ނިކުންނަން ހިނގައިގަތެވެ. ޔާއިން ބަލަން ބޭނުންވެގެން އުޅޭ ޑޮކިއުމެންޓް ތަކާއެކުގައެވެ.
“ކައިލީ އޭތް..” ވަރަށް ބާރަށް އާރިފާ ގޮވާލި އަޑަށް ދޮރުގެ ތަޅުގައި ހިފަން އަތް އުފުލާލި ކައިލީ އޭނާގެ އަތް ތިރިކޮށްލިއެވެ. ފަސް އެނބުރި އާރިފާޔާ ދިމާލަށް ބަލާލިއެވެ. “ވަރަށް ވެފަ ދޯ ތި ހުންނަނީ ޔާއިންއާ ގާތް ގުޅުމެއް އޮންނާތީ…އޭނަޔާ އިތުރަށް ގާތް ވާން ހިތަށްވެސް ނާރުވާތި.” ޝަހާދަތް އިނގި ދިއްކޮށްލަމުން އާރިފާ ހިތުން އޭނާއަށް ދެވުނީ ގަދަ ފަދަ އިންޒާރެކެވެ. ޔާއިން އެގެޔަށް އައީއްސުރެއް އާރިފާޔާ މެދު އެހިތުގައި އޮންނަ ބިރު ދަނީ ކުޑަވަމުންނެވެ. އާރިފާގެ ފަރާތުން އުނިވާ އަޅާލުން ޔާއިންގެ ފަރާތުން ލިބޭތީ ކަމަށްވެސް ވެދާނެއެވެ. މަޑުމަޑުން ބޯ ޖަހާލާފައި އެއްޗެއް ހިތަށް ނާރުވާ ގެއިން ނިކުމެގެން އޭނާ ދިޔައީ ޔާއިންގެ މޫނު ދެކިލުމަށްޓަކައި ކެތްމަދުވެފައި ހުރެއެވެ.
ވެއިޓިން އޭރިއާރގައި ކައިލީ މަޑުކޮށްލައިގެން ހުރީ ޔާއިންގެ ޑިއުޓީ ނިމެން ބާކީ ދެން އިނީ ދެ ޕޭޝަންޓުން ކަމަށް ކައުންޓަރުން ބުނުމުންނެވެ. އަތުގައި އޮތް ސެމްސަންގް މިނީ ފޯނާ އޭނާ ކުޅެމުން ގެންދިޔައީ ކުރިމަތީގައި ހުރި ފާރުގައި ލެނގިގަނެގެން ހުރި ސޮރުގެ ނަޒަރާ ހެދި ހިސާބަކަށް އުނދަގޫވެފައެވެ. އިތުރަށް ކެތް ނުވުމުން ފޯނު ދަބަހަށް ލާފައި ކައިލީ އިސްއުފުލާލިއެވެ.
ފާރު ކައިރީ ދެޖީބަށް އަތް ޖަހައިގެން ހުރި އިޝާންގެ ލޮލާ އޭނާގެ ލޯ ސީދާވިއެވެ. އިޝާން ނިއްއަރުވާލުމުން ކައިލީ ތުންއަނބުރާލާފައި ދުރު ބަލާލިއެވެ. ” ޑޮކްޓަރުން ވެސް އުޅޭ ފާޑެއް ދޯ ދެން..” އިޝާންގެ ކަރުގައި އަޅުވާލާފައި އޮތް ކާޑު ފެނުމުން ކައިލީ ހިތާހިތުން ބުނެލިއެވެ. އެވަގުތު އިޝާން ތުނބުން ފުމެލިއެވެ. ނަމަވެސް ކައިލީގެ ފަރާތުން އެއްވެސް އެދެވޭ އިޝާރާތެއް ނުފެނުނެވެ.
އެންމެ ފަހު ޕޭޝަންޓް ރޫމްއަށް ވަނުމުން ވެއިޓިންގެ އޭރިއާރގައި އިޝާންއާއި ކައިލީ އެކަނިވިއެވެ. ފުރުސަތުގެ ބޭނުން ހިފާލާނަމޭ ހިތާ އިޝާން ގޮސް ކައިލީ ކައިރީގައި އިށީނދެލީ ޖެހި ފިތިގެންނެވެ. ކަޅި އަނބުރާލާފައި ކައިލީ ތެދުވެގެން ދާން އުޅެގަތެވެ. ނަމަވެސް އޭގެ ކުރިން ކައިލީގެ އަތުގައި އިޝާން ހިފާއްޓާލިއެވެ. “އޭ މަންޖެ ހާދަ ހޮޓޭ ދޯ..އަބާޔާ ލައިގެން އުޅޭ ކުދިން އެހާ ހޮޓްކަމެއް ނުދެނެ ހުރިން.” އެއްލޯ މަރާލަމުން އިޝާން ބުނެލިއެވެ. އިޝާންގެ އަތުތެރޭގައިވާ އޭނާގެ އަތް ނެއްޓޭތޯ ކައިލީ ދިޔައީ ލައްކަ މަސަތްކަތް ކުރަމުންނެވެ.
“ދޫކުރޭ..އެހެންނޫނީ ސެކިއުރިޓީއަށް ގޮވާނީ..” ތަންކޮޅެއް މަޑުމަޑުން ކައިލީއަށް ބުނެވުނެވެ. ނަމަވެސް އިޝާންގެ ހުނުން ވީ އިތުރެވެ. “ހެއްހެއް ޔާއިންއަށް ދައްކަން އައި ޕޭޝަންޓް އެއްތަ ތީ..” ވާހަކަ ދިގުދަންމަން އިޝާން އެއްސެވެ. ކައިލީ ހުމް އަޅުވާލިއެވެ. ” ދައްކަބަލަ މެމޯ ކޮޅު.” އިޝާން ބޭނުންވީ ކައިލީ ގާތުގައި ވީހާވެސް ގިނައިރު ހުރެލުމަށެވެ. “ފްރެންޑް އެއް ވީމަ މެމޯ ނުނަގާ މީޓް ކޮށްލަން..” ކައިލީ ބުންޏެވެ. “މަ ވެސް މީ އޭނަގެ ފްރެންޑް އެއް އެކަމު އޭނަ ނުބުނޭ މެމޯރ ނުނަގާ ދެއްކޭނެޔެކޭ..އެހެންވީމަ ތީ ވަރަށް ޙާއްސަ ފްރެންޑް އެއްތާ ދޯ.” ކައިލީގެ ނޭވާ އިހްސާސްވާ ކައިރިއަށް މޫނު ގެންދަމުން އިޝާން ބުނެލިއިރު އޭނާ ހިތުތެރެއިން ހަސަދަވެރިވިއެވެ.
އެވަގުތު ވެގެން ދިޔައީ ޕޭޝަންޓް ޔާއިންގެ ކޮޓަރިން ނިކުތް ވަގުތަށެވެ. އިޝާން ވަގުތުން ކައިލީގެ އަތުން ދޫކޮށްލީ އެ ޕޭޝަންޓް ފާޑަކަށް ބަލަން ފެށުމުންނެވެ.
ދޮރުގައި ޓަކި ޖަހާލަމުން ކައިލީ ޔާއިންގެ ކޮޓަރިއަށް ވަނެވެ. މޭޒު ކައިރީގައި ފައިލްއަކަށް ގެއްލިފައި އިނދެ ޔާއިން އިސްއުފުލާލއިރު އުފަލުން އެހިތް އުދުއްސައިގަތެވެ. ތިން ގަޑިއިރު އޭނާ ކުރި އިންތިޒާރުގެ ނަތީޖާ ނިކަން ފޮންޏެވެ. “ބިއުޓިފުލް..” ކިތަންމެ މަޑުން ޔާއިންއަށް ބުނެވުނަސް ކައިލީއަށް އެ އަޑު ފޯރިއެވެ. ޔާއިންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލަމުން އޭނާ ހަދިޔާ ކޮށްލީ ޔާއިންގެ ހިތް ފަތަހަކޮށްލާ އެންމެ ރީތި ހިނިތުންވުމެވެ.
“ތެންކިއު.” ސިއްރުސިއްރުން ކައިލީ ބުނެލިއެވެ. “ކޮންކަމަކަށް؟” ނޭނގޭ ކަމަށް ހަދާލާފައި ޔާއިން ބުމަ އަރުވާލިއެވެ. “ހުއް ވަރަށް މަޖާ އިނގޭ އަމިއްލަ ނަފްސާ ދައްކާ ވާހަކަ އެހެންމީހުނާ ހިސާބަށްވެސް foaraa.” ކައިލީ ސަމާސަކޮށްލިއެވެ. “ދެން ކައިލީހާ ޕާރފެކްޓް އެއްނުވާނެ ދޯ އެންމެންނެއް.” މާޔޫސްވާކަމަށް ހަދާލާފައި ޔާއިން ބުންޏެވެ.
ކަޅު ކުލައިގެ އުސް ބޫޓެކެވެ. ކޯޓު ފަޓުލޫނުގައި ހުރިނަމަވެސް އަންހެންވަންތަ ވަނާތަކެއް ނުފޮރުވުނެވެ. އޭނާގެ ބާރު ހިނގުމާއެއްވަރަށް ބާރަށް އިސްތަށިގަނޑު ދެފަރާތަށް ވިހުރެމުން ގެންދިޔައެވެ. ޔާއިންގެ ކޮންސަލްޓަންޓް ރޫމް ކުރިމަތީގައި ހުއްޓިލަމުން އެ އަންހެން ކުއްޖާ ފަސްއެނބުރި ބަލާލީ ފެނުނު މަންޒަރު ޔަގީންކޮށްލުމަށެވެ. ވެއިޓިން އޭރިއާރގެ ގޮނޑީގައި ފޯނާ ކުޅެން އިން އިޝާންއަށް ބަލާލެވުނެވެ. މީހަކުވެސް ބަލާހެން ހީވެގެން އިސްއުފުލާލިއިރު އިޝާންގެ ހިތުގެ ތެޅުންވެސް ފުދޭވަރަކަށް ބާރުވީ ޝަމްހާގެ މޫނު ފެނުމުންނެވެ.
“އޯ ހާއި..” އަތް ހޫރާލުމުން ޝަމްހާ ބުނެލީ ފްލާރޓީ ގޮތަކަށެވެ. “ހާއި..އަމްމް..” ގޮނޑިން ތެދުވެ ޝަމްހާ ކުރިމަތީގައި އިޝާން ހުއްޓިލިއެވެ. “ޔާއިންއާ މީޓް ކުރަންތަ.؟” އިޝާންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޝަމްހާ ބޯ ޖަހާލިއެވެ. “އެއްކަހަލަ ރޭ ހޮޓެލްގަ ވީ ކަންތަކަށް ސޮރީ އިނގޭ..އަސްލު ވީ ބޯތް ވާރ ޑްރަންކް..” ބޯ ކަހާލަމުން އިޝާން މާފަށް އެދުނެވެ. “އެ އޯކޭ ވާނެ ދެން އަޅާ ނުލާ..އެކަމު މަ ބިރުގަންނަނީ ޕްރޮޓެކްޝަން ނުލާ..” ޝަމްހާގެ ވާހަކަ މެދުކަނޑާލީ އިޝާންއެވެ. “ޔާއިން އެހެރީނު..ކަމެއް ވެއްޖެއްޔާ އޭނާ ބޮލަށް ޖަހާ..” ހިނިގަނޑެއްޖަހާލާފައި އިޝާން ދިން ޙީޔާލަށް ޝަމްހާ ތާޢީދު ކުރިއެވެ. ބޯ ޖަހާލަމުން ޔާއިންގެ ކޮޓަރި ދޮރު އޭނާ ހުޅުވާލީ ޓަކި ޖެހުމެއް ނެތިއެވެ.
އޮލަ ވާހަކައިގައި ތިބި ޔާއިންއާއި ކައިލީ ސިއްސައިގެން ދިޔައީ ވަރަށް ބާރަށް މީހަކު ދޮރު ޖަހާލި އަޑަށެވެ.
(ނުނިމޭ)
8869 Comments
Comments are closed.
Dhonthee
May 19, 2019 at 2:55 amAlhey snowflake????
Mi part ves vvvvv loabi
I really like this story
???Mi story au hama evvana dheyvaruvey
????Snowflake auves
….Take care
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Love you so much
Snowflake ❄
May 19, 2019 at 11:55 amAwwn ehkkala dhonthi..u be so sweet ??? hama fahfashun shukuru it’s endless ❤❤❤?? thee ves hama ehvanaige kiyuntherieh ??? TGC LYL ?
Kailee
May 19, 2019 at 3:18 amWow wow. Ur great writer I love this story n haadha kiyaa hithun indhaey enimuny. Next part ves varah avahah lahchey loabiva snowflakes ???????????????
Snowflake ❄
May 19, 2019 at 3:18 pmAhahaha ? hama gasthuga ninmaali hurihaa readers curious kohllan vegen…n very very bery thank you for the lovely comment ❤❤❤❤????yes won’t let u down insha allah ???????
lover
May 19, 2019 at 6:08 amvvvv reathi.? love u a lot???? When next part??? avahah upkurah chey
Snowflake ❄
May 19, 2019 at 3:26 pmAwh thanks alot sweetie ?? love u lots in loads too ❤❤ day after tmr or tmr insha allah ???????
chabar
May 19, 2019 at 6:11 ammashallah…vvv rethi…dhn vaanii kihineii baaaaaa…..kn irakah up vanii
Snowflake ❄
May 19, 2019 at 3:29 pmGuess kohlamaa dhw ?? thank you very much dear anyways ???❤❤❤❤ insha allah tmr up kohlaanan
[email protected]¡[email protected]#?
May 19, 2019 at 9:39 amNext part avahah up kurah chey…. Vrh ves Reethi mi part ves…..
Snowflake ❄
May 19, 2019 at 3:35 pmAye thanks gurl ??? so lovely of u yes insha allah vrh avahah genesdheynan dhen oi bai ❤❤??????
darkness
May 19, 2019 at 9:48 amwhen next part …vvvvvvvvvvvvvvv reethi…. alheh avahah up kohdehchey snowflake.;)
Snowflake ❄
May 19, 2019 at 3:40 pmInsha allah tmr or day after tmr ingey ❤❤❤ thanks alot too oxox ?????
jiji
May 19, 2019 at 10:37 amI was waiting fr this ingey???❤❤❤???…btw mi part vec vv rythi…vv hiyy gaimu inge..Sifakohlaafa hurileh vv rythi…Buneveyny one of the best writer ey inge jiji ge???❤❤❤???????????????..Avahah next part up kurahche…luw yuhh
Snowflake ❄
May 19, 2019 at 3:43 pmAlheyyyyyy ??? I was waiting for ur comment too darling ❤ ❤ srry for that late reply though I’m so happy anyways ??????? so swyyyytt dhenn hama ????? inshaallah vrh avahah genesdheynan ingey luv mo?
Snowflake ❄
May 19, 2019 at 11:50 amAssalam alaikum and gud morning all ?? srry for the late comment I woke up just now ???..hope u all enjoy this part like usual i tried writing it as long as possible ? it’s more than 2000 words alhamdulillah ❤❤ Thank u all so much for the lovely support u all r srsly my motivation keep up the lovely support I wudnt let you all down insha allah ??????
Snowflake ❄
May 19, 2019 at 12:02 pmAnd btw I have a question for u all stry ga snowflake ah sifa kurevifa hunna gothun readers a e manzaru getu veytha I mean like can u all imagine the scene?
Anonymous
May 19, 2019 at 12:28 pmWhat does mean by protection nulaa.eyndee nun sentence eh eh story ga ma biruganany protection nulaa…….what does it mean and ishaan and damhahtn restaurant dhiya Rey baeh kahla kamah Bertha…….I mean….I think you know and hope minimum kamah kudakoh vaagoiy kiyaale deyne kamah and tom kohlaacehe vvvvv and damhahtn j kohlaacehe hehe anyways story reethi v maashaa Allah
Snowflake ❄
May 19, 2019 at 1:58 pmYa I actually don’t wanna explain the sexual parts too much cux mi site ga mihaaru 18 + manaa veema. Shamha and ishaan aa dhemedhu ekahala gulhumeh protection eh nulaa hingi vaahaka eii..?? hope u get wat I mean I wudnt be too responsible if ur a kid n i explained it cux idk u..??
Anonymous
May 19, 2019 at 4:39 pmI am 19 year
Swyty
May 19, 2019 at 12:43 pmOmg omg i was waiting for the story..??❤❤??wow just wow ey buneveyny..snowflake dear i can feel and imagine each and every scene in it..??❤❤vvv rythi…hehe naughty yaain..dhn ehn bunan veythr..??❤❤❤btw swyty ahves vv hevunu e than kolhu kiyaafa..❤???❤❤oh no dhn kihineh baa vaany!?e shamha gandu ves dhw!!❤❤??adhi bunefi ehnh ok vaaney ekahala faafa eh kohfa..?????i hate her..???❤❤❤❤dear hama knme part ehgaves vv bodu improvement eh feney..which is a good thing and thank you so much for bringing a long part and giving us the chance to read such a nice story..❤❤❤????❤❤really it’s that good…this is the BEST STORY and u r the BEST WRITER….. ❤❤❤??????kailee dhn yaain dhee swyty ah..❤❤?????dear buneba kailee kairy yaain dheyshey…❤❤???curiously waiting for the next part… ❤❤?????each and every part of this story is so amazing and interesting..❤❤??????love u to the moon and back… ❤❤❤???????whn next part???? ❤❤?????
Snowflake ❄
May 19, 2019 at 4:03 pmO goooooddd???????? I have no reply for this entire long comment it’s so sweet cute love lym bday support ur one of my best readers of all time swyyyyttyyyyyy ?????❤❤❤❤?????????alhamdulillah I’m so thankful hama ????srry if my reply is not so sweet and long like ur comment but most of all I wud like to say a hugeeeeee hugeeeeee thank u for taking ur time with this next part liyan libun hama vrh bodu hihvareh best comments ever ?????my improvement ge aslakyves hama thi loabi readers ingey ???? awwwh Yaain dhw….will let kailee know that u want Yaain okay ?? maybe insha allah you’ll find someone like Yaain in real life someday ?? thank you sooo so much again loabiiii ????? I srsly jumped in happiness comments fenifa nues kiyaa cux mathi mathin hearts and stuff fenuneema ingun sweet vaane kan ❤❤❤❤ Love u lots more next part tmr or day after tmr insha allah ??
Anonymous
May 19, 2019 at 4:19 pmDaisy girl ge story taubaa second part ga ❤️❤️❤️❤️❤️❤️❤️vaahaka gotahkahsev tankolheh romantic❤️❤️❤️❤️❤️❤️❤️❤️❤️ kohbala.and damhahtn and ishaan ge scene ves genes kiyaanimuneema stry v Bodah furihamavaane ge luck vvv reethi mi ❤️???❤️❤️❤️❤️❤️❤️stry.anyways your the best writer in the world ekm sifakurun mandala…………umm more loves from me dear..???????❤️❤️❤️❤️??????????????❤️❤️❤️❤️and ishaan and samha e kuri kantah yaain ah falhaa aruvaala dhyba dear body ishaan and samha??❤️???❤️???❤️?? handy e kahlabodeti laafa Linda OK vaanehnun????ladehves nuganeyey dhw I think hashivihkaa meehakh kanneyge hehe scene than tankolheh Bodah next part ga sifakurun kohdyaba.gd luck?????❤️❤️❤️
????????
May 19, 2019 at 4:20 pmDaisy girl ge story taubaa second part ga ❤️❤️❤️❤️❤️❤️❤️vaahaka gotahkahsev tankolheh romantic❤️❤️❤️❤️❤️❤️❤️❤️❤️ kohbala.and damhahtn and ishaan ge scene ves genes kiyaanimuneema stry v Bodah furihamavaane ge luck vvv reethi mi ❤️???❤️❤️❤️❤️❤️❤️stry.anyways your the best writer in the world ekm sifakurun mandala…………umm more loves from me dear..???????❤️❤️❤️❤️??????????????❤️❤️❤️❤️and ishaan and samha e kuri kantah yaain ah falhaa aruvaala dhyba dear body ishaan and samha??❤️???❤️???❤️?? handy e kahlabodeti laafa Linda OK vaanehnun????ladehves nuganeyey dhw I think hashivihkaa meehakh kanneyge hehe scene than tankolheh Bodah next part ga sifakurun kohdyaba.gd luck?????❤️❤️❤️
Anonymous
May 19, 2019 at 4:25 pmDaisy girl ge taubaa ge 2 part kiyaahyvany eyru you get idea to write samha yaa ishaan ah part Gernan v Bodah idea libeyne pls kiyalaba.samha and ishaan ge scene story ah laafa yaain ah kiyadineema story enme furihamavaane adhi mi scene hot koh genesdeythi ge luck luv yah sis ?????????????lysm
Someone
May 20, 2019 at 4:27 amBut i saw u jahaafa in u akee 7 ga ulhey kujjekey. Adhi alah mi fenuny 19 year ge kujjeh 7 ga ulheythan..maybe alun fehtee kanneynge dhw!!and btw ANONYMOUS ah 19 year kamuga vany nama e buni bahuge maana neyngeynvee sababeh neiy..cox thihaa bodu vaairu u wilk know…hahah so u r lie is caught…mi maaiy mahuga ves dhogu hadhany dhw idiot…and i see vv gina stories thakun ANONYMOUS e story aa behey gothun negative koh comments kohfa hunna than..idk whu u r doing that cox that will lead to the writer to feel unsupportive..it’s a humble request to ANONYMOUS not to comment such negative comments about this story cox i don’t want snowflake dear to feel unsupportive…okayyyhh
Anonymous
May 19, 2019 at 4:27 pmKiyaahyvaany*kiyaaba***
Anonymous
May 20, 2019 at 12:33 pmSaabas masah 19 year enme meehakh ta nan nunajaa comment kurany
Someone
May 20, 2019 at 4:28 pmI think u r the idiot who is a lier…. 19year ge kujjakaa balaafa vvv hadikoh letting in comments thi kurany…u comment kuraa ehcheh kiyan ingeyny hama u ah..cox gina faharu sentence thah hama ves nujehey and maana ehves nuhurey..so first of all u should improve u r letting..second before u say idiot to others just think that are perfect!!!so how can we believe that u r age is 19 yrs…hama yageen thee kuda kuda kujjehkan…
Luc!f3r
May 26, 2019 at 9:49 pmSomeone.. How old are you that your sentences are like that.. Letting letting kiyaafa.. What you said applies to u too.. Idiot (cause you are an idiot too according to your reasoning).. Come off your high horse.. Age isn’t shown by the person’s grammar or ability to type.. I’m not saying this anonymous isn’t lying.. But he/she could be telling the truth too.. Btw anonymous.. You a girl or boy?
Swyty
May 19, 2019 at 7:12 pmAwwn v happy vejje snowflake swyty akee one of ur best reader ey bunyma..lysm…hehe it’s sweet ngey hama..insha allah i will be at ur side no matter what and i will support u always insha allah…hehe yahh maybe i will find a prince charming like yaain dhw!!! Hehe….i feel very happy after i comment a sweet and supportive comment for u..idk why..so ny support always will be there for u darla..much loves..❤❤❤❤❤❤?????????????????????????????❤❤❤
Anonymous
May 19, 2019 at 7:24 pm?u idiot
darkness
May 19, 2019 at 8:47 pmsnowflake varah thafaathu ..i mean gina writers thibeyny foni vefa.. but foni noon writer ves ulhey..sifa kuru thah varah furi hama..ehen liyun therin nah ves namoonaa dahkan reethi vaahaka eh.. luv yuh.. friends dhw dhn mihaaru..;) …..vaahaka dhehkeyne gotheh neh thah.. intrested to talk to you…;) … and insha allah you will be a famous writer in future
darkness
May 19, 2019 at 8:51 pmand bunan hadaan nethun thankolheh ..thihaa dhigu koh vaahaka genesdey furathama liyun therih yaa mih vaahaka dhehkuny..and i really appreciate it..negative commemts ah nuh balaathih..they just don’t want you to be a famous writer…
Dhonthee
May 20, 2019 at 4:17 am…Dear snowflake
Vvvv avahah next part up kodhdhechchey
Love you❤❤❤❤❤❤
news yall
May 20, 2019 at 2:36 pmsnowflake vanee rey dhanvaruge vaguthehga niyaavefaeve. im her family..just lettin u all know
Someone
May 20, 2019 at 3:52 pmHave u lost it…!!majalakah ves nuvaane kanneynge thikahala vaahaka fathuraakah…eves mi maaiy mahuga…shame on u..!!!
Eiimerr
May 20, 2019 at 4:42 pmwhat the… did u lost your mind… pls… thi kahala dhogu vhk nufathuraba… mii ramadan mahey… mihaar vx hiy thelhey eba… snowflake ah v gotheh neyngigen… thedeh viyya vx rythi koh buneba dhw… mithaa vrh gina snowflake dheke loabi va adhi care kuraa kudhin so pls… i beg u
news all
May 20, 2019 at 7:13 pmgaboolu kuran undhagoo vaanekan ingey ekm snowflake ge family meehakah ve hure why wud i lie about her. death is the nearest to u all ik she is a kind of person who can be easily loved by a lot of hearts in a few days..its hard to face this but still..
Snowflake ❄
May 20, 2019 at 7:24 pmshut the eff up who ever u are ..just lettin all my lovely readers know im still alive safe and healthy thesee soe stupid ppl have no life spreading news like this
jiji
May 20, 2019 at 10:53 pmMy luwly Sis is still Alive???… Al’hamdhulliah…nd dhogu info fethuri commenter ah bunelan beynumiii thigothah ekan repeat nukurahchey ..cuz ehn kanthah kuryma neygeyne dhw readers akah..nd Snowflakii???..my friendooo rangadaa avahah up kohdhybala inge next part avahah???
Luc!f3r
May 26, 2019 at 9:56 pmNews all.. Do you work at vaguthu..Or Sangu TV.. Or another news channel.. How about renaming it.. Bad News All.. BNA for short.. Cuz you seem to be good at telling bad news.. Probably bad at sharing good news too..
jiji
May 20, 2019 at 3:20 pmWat???Aslah thr?…unbelievable….I’m shocked….Thy dhogeh dhw??
Hassaan
May 21, 2019 at 12:29 amMi part Vs varah furihama. saabas thikuraa hiyvarah….
Dhonthee
May 21, 2019 at 4:23 amNaseebennu
News all evaahaka eiy bunumun dhonthige mey gandu kiriyaa anga au naee
Snowflake heyohaaluga hurikattakai hedhdhevi faraathah shukuru kuran
Ekamaku ekahala dhogu vaahaka thah mioy fadha maai dhuvasvaru fethurumakee varah goas kameiy
And ehendhuvasdhuvahuves
Ehen meehun kithanme dhogeiy hedhiyas dhonthi will always trust u snowflakes.
Ekahala kankamaa maa bodau alhaanulun enme rangalhu gothakee
Snowflakes u r a very kind and truthful person
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Love you so much snowflakes
jiji
May 21, 2019 at 2:24 pmSnowflakii????????….Missed yuh sooo much dhoonii???….Darlinn…kon irakun thr story up kuranyy??mihaaru vec kiyaa hithun kehmadhu Vefa myny…ehn ehcheh nyndhey bolu thereyga mihaaru mi story nooonyy??????????..Soon upkohlahchey ingeyyyyy
Swyty
May 22, 2019 at 3:03 pmSnowflake dear knirakun thr next part???hama ahaanulaa neendhevigen mi commnt kohly…plx avas kohlahchey…
Dhonthee
May 23, 2019 at 10:32 pmDhevanafaharah mi bunanee pls pls pls avahah up kodhdheeba mee haadha reethi vaahaka ekey
[email protected]¡[email protected]#?
May 24, 2019 at 12:30 amMi vaahaka mihaa stop veetha❤️❤️??
Anonymous
May 24, 2019 at 4:52 pmNooney….. nooney saabas Hama vaahaka liyany kihkuranthr genes den nu kerenyaa ……..istiufaa… istiufaa…….
Nooney….nooney…hehe.nnooonu.nooney.alhe vaahaka linyaa liyaashey..
Nuliyanyaa dookoh haadhey
Istiufaa deefemevee……..
Alley yaaraaa eh bunanunhey to too tu tu .
Alley ishgy Martin loabigaa minutes jaaneyy.♥️………..
Meta inzaar jar.tum istiufaa hey ath merery bath hey kiyaa
Winkel
May 24, 2019 at 7:49 pmGreat point
Unknown???
May 24, 2019 at 8:19 pmAnonymous nooney moyaviytha… Thihaa udhagoobodu nukoh amihlamiyhaa vaahaka liyan fashanviynu… Ekun bodah udhagoonukoh… Adhi mi miyhun hiyvaaniy mi miyhunney bayakiy… Bala kaleymn vx vaahakaeh liyan fashiymaey ingeyniy hunnavareh… Ehn noonas hama ekani vaahaka liyumehnoondhw hunnaaniykiy kuranvefaka… Ithuru kanthah thah vx hunnaane… Kaleymn nuhurey respect ekey ekiyaaehcheh heykilaafaavx… Thivahtharah ragalhuvaaniy miysmiyhun aganugogvihyaa adhi evx mi maaiy mahu…. Go to farah…humm??????????
Dhonthee
May 25, 2019 at 1:53 amAlhe snowflake keevvetha up nukuranee??????????????
A..na
May 25, 2019 at 1:19 pmWhen next part up kurany …. vv reethi … varah shaiguveri vehjje mi vaahaka ah…. waiting
Anonymous
May 26, 2019 at 9:30 pmJust how many Anonymous r there?
Anonymous
May 26, 2019 at 9:32 pmAnswer issss.. That anyone who doesn’t write a name would be anonymous.. Why do some of u think that Anonymous is just one person?
Luc!f3r
May 26, 2019 at 10:01 pmN this anonymous ☝☝ is me.. Proof that anyone can be anonymous.. Not just the grade 7 one and the 19 year old..
??Doll¥??
May 26, 2019 at 9:38 pmWhen next part….. ???Maasha Allah…. ???Mi story ge next part avahah up kohdheeba……. ❤️❤️ wait kongen mi innanee…. ???Vrh ves Reethi story eh…. ??? Plx avahah up kohdheeba mi story ge next part…….. ???I can’t wait anymore to read the next part of the story…….. ??? This is the best story that I have ever read…… ❤️❤️❤️ Wow ey hama bunlyeene…… ❤️❤️❤️ Hama ehaaves Reethi mi vaahaka…….??? Hope next part will come very soon……. ???ALL THE BEST SNOWFLAKE…… ???KEEP IT UP……….. ❤️❤️???????? NEVER LOSE HOPE SNOWFLAKE…… ???ALWAYS TRY UR BEST SNOWFLAKE……… ?????????❤️❤️❤️???
sara
May 26, 2019 at 11:27 pmsnowflake❤❤❤❤….
this story is verry verry veryyy nice?
v v v intresting…and keep it up??❤????❣….
snowflake v molhu maashaallah??????❤?..
ehaaaa reethi mi vaahaka???❤…. vaahaka faharakah vure fahareh reethi vefa intresting vamun annany????????…
kaileee n yaain gulhuvacheyy ingheyy?????….
btw shamhaaa ladheh vx nuganeyy thr alhe….nd ishaan vx adhi ulheyy goi dhww?…
love this storyy ekamaku vxx ingheyyyy??????….
snowflake sifa kohffa hunna goi so awsome?????..hyvany hama kurimathygha vamun anna kameh hen???….vaahaka kiyaairu vaahaka thereah hama raghlhah vadhevifa hunnany?????…..
cox you are good at writing storyyss??????…….
Nd..you are so so so so great ingheyyy snowflake cox dhigu koh konme part eh vx genesdhyfa hunnathy?❣?❤????……
v v v v loabi vaahaka eh miy?? ..
snowflake don’t lose your hope and try hard….
snowflake ah dhera gotheh vaan beynun vaa myhunnah vure strong vaan jeheyne ingheyyy??….
I love youuuuu ????soooooooo maaaach
hope kuran dhn inna part vx v v v loabi vaaane kamah??…mi story ah mihaaru vx 100 ingheyyyy…..
adhi kuriyah othy dhw???…….
??? best storyyyyy ever???
? ?? nd you the best writer ???
v v v v v v wait eba kuran ingheyyy next part ah
hoping that would be great onee….?
lotss of love????……
Luc!f3r
May 28, 2019 at 6:47 pmDolly aa vaadhaigatha??.. Colorful kamun kiriyaa dhelolu gobolhi nuvettuny.. Though I agree with what you have said up there.. Well most of it
jiji
May 28, 2019 at 11:57 pmDear. ..mi story huhtaaly thr???????…Alhe noon…Avahah up kohba darlin..nd kameh vihyaa vec buneba ingey…Eyrun wait kuran ingeyny??
Dhonthee
June 2, 2019 at 10:43 amSnowflake i miss u so much..And dhonthi ge faraathun EID MUBAARAK
Anonymous
June 8, 2019 at 7:25 pmHaha next part nugenesdinenehnun dhn ves trust kurey mi kahala meehuna !?!?
Dhonthee
June 12, 2019 at 4:37 amSnowflake au trust kuraanan……… But I feel very sorry for you Anonymous.. That I can’t trust you… ?????????????????
jiji
June 15, 2019 at 8:40 pmSnowflake…Atleast v kyhthw buneba….V inthizaaru kurevey next part kiyaalaa hithunn..plc ans kohba dearrr???????????????
jiji
June 15, 2019 at 8:40 pmSnowflake…Atleast v kyhthw buneba….V inthizaaru kurevey next part kiyaalaa hithunn..plc ans kohba dearrr???????????????
" "
June 18, 2019 at 2:36 amMivaahaka kihineh vy?
Luc!f3r
June 18, 2019 at 2:40 amWaiting for this story to be continued.. Waiting for winter.. Waiting for Snowflake ❄
Dhonthee
June 19, 2019 at 12:58 pmSnowflake bungnennu snowflake akee school kujjekey… Faharegga vedhaane mee snowflake ge fahu aharu kamau ves….. I think snowflake varah busy vaane kanneynge.. Ehenve snowflake break eiy negee kanneynge….. Am I right snowflake??????
Lauu
August 10, 2020 at 9:09 pmVarah reethi.. Saima khan Ge photo eh funu nyma eyeh miyeh nubalaa mi kiyan fishing..