ދުނިޔެއަކީ އެކި ދުވަހު އަރާ އިރާއެކު އެކި މީހިންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންދާ ތަނެކެވެ. ބައެއް މީހުންގެ ހަޔާތަށް އުފަވެރިކަން ގެނެސްދޭއިރު އަނެއް ބައި މީހުންގެ ދިރިއުޅުން އެފުން މިފުށަށް ޖަހާލައެވެ. އެކި ގޮތްގޮތަށެވެ. ލޯބީގައެވެ. ނޫނީ އެހެންމީހުން ކުރާ އަނިޔާތައް ތަހަންމަލު ކުރުމުގައެވެ. ނޫނީ ކޮންމެވެސް އެހެން ދުނިޔެވީ ބޭނުމެއްގައެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ އައިރާ ގެ ހަޔާތްވެސް އެފުއްމިފުށަށް ޖަހާލިތާ އަދި ވީ ކުޑަ ވަގުތުކޮޅެކެވެ. ލިބުނު ހަބަރަކުން ސިކުންތުކޮޅެއްގެ […]
ވަރަށް ލޯބިވެއެވެ. ވަރަށްވެސް ލޯބިވެއެވެ. މިވާލޯބި ބަޔާން ކޮށްދެވޭނެ ލަފުޒެއް ނުވަތަ އިބާރާތެއްވެސް ނޭގެއެވެ. ލޯމަރާލާއިރަށް ފެންނަނީ ތިބާއެވެ. ތި ރީތި ބުމައެވެ. ތިޔަ ޖާދުވީ ދެލޮލެވެ. ހިތްތައް ލަބާލާފަދަ ތިޔަ ހިނިތުންވުމެވެ. ތި ތަނަވަސް ހަށިގަނޑެވެ. މިވާލޯބި ކަލާއަށް އެނގޭނެނަމައެވެ. އޭ އަހަރެންގެ ލޮތްބާއެވެ. އޭ އަހަރެންގެ ހިތުގެ ތެޅުމާއެވެ. އަހަރެން ނުބުނި ކަމުގައިވިޔަސް އަހަރެން ކަލާދެކެ މިވާލޯބި އިހުސާސްކޮށްބަލާށެވެ. އެންމެ ފަހަރަރަކު ނަމަވެސް މި އަތުގައި ހިފާލަބަލާށެވެ. މި ނިތްކުރިއަށް ބޮސްދީބަލާށެވެ. ބަހާރު މޫސުމުގައި […]
ނައުޝާާ ތައްޔާރުވަމު ން ދިޔައީ އޭ ނާގެ އެކުވެރިޔާއެކު ތު ނޑިއަށް ދިއުމަށެވެ. އުމުރު ން އެކާވީސް އަހަރު ވީ ނަމަވެސް ލޯބީގެ ގޮތު ން އެއްވެސް ކުއްޖަކާ ނައުޝާ އެއް ނުގުޅެއެވެ. ނަމަވެސްް ނައުޝާ އަށް އެކި ގި ންތީގެ ހުށައެޅުންތައް ލިބެއެވެ. އެޔަށް ނައުޝާ ދެެ ނީ ބީރު ކަ ންފަތެކެވެ. ހަގީގަތަކީ އޭޭ ނާއަކީ މި ޒަމާނުގެ ކަޓު ގޮތްގަނޑު ދެކެ ފޫހިވާ މީހަކަ ވާތީއެވެ. ”ކިޔާ…. ގަ ނޑާ.. އަދި […]
އީޝަލް އަކީ ވަރަށް އަޚުލާޤު ރަނގަޅު އަންހެން ކުއްޖަކު އުޅުނެވެ. އީޝް އުޅެނީ އޭނާގެ ދޮންމަންމަ އާއި އެކުގައިއެވެ. ދޮންމަންމަ އަބަދުވެސް އޭނާ އައް ކިޔެވުމުގެއެއްވެސް ޙައްޤެއް ނޯންނާނެއޭ ބުނެއެވެ. އެއްދުވަހެކެވެ. އީޝް ސްކޫލައް ދާން ތައްޔާރުވެގެން ނިކުމެވުނީ ދޮންމަންމަގެ ކުރިމައްޗަށެވެ. “އޭތް!!! އީޝަލް! ކޮންތާކައް ތިޔަދަނީ މާނަލަ ހެދިލައިގެން.. އޭނ.. ނުދެވޭނެ ސްކޫލަކައް. ތިޔަ ތާކައް ދިޔައީމައި ކާކު ކައްކާ ސާފުކުރާނީ؟ އޭނ.. އަހަރެން މިހާރު މަސައްކަތް ކޮށްކޮށް ވަރުބަލި ވެއްޖެ. ދެންވެސް ބަލަން ނުހުރެ ދޭބަލަ.. އަހަރެން މިދަނީ ސަންފަމެން ގެއައް.. ތާސް ގަނޑެއް […]
އިއްބާންގެ ސޫރައާ އެނދުމަތީގައި މެޝިންތަކާ ގުޅުވާފައިއޮތް ސޫރައާ ތަފާތެއްނެތެވެ. “އައިޝަމް…..” އެ ކޮޓަރީގެ ދޮރުހުޅުވާލަމުން އިއްބާން ކައިރީ މަޑުކޮއްލި އައިރީން އެނދުމަތީގައި އޮތް ޒުވާނާއަށް ބަލާލަމުން ބުނެލީ ކަރުނުން ދެލޯ ފުރި ބަންޑުންވާ ހާލުގައެވެ. *************************** ހަމުގެ ކުލަ އަލިއިރު އައިރީންއަށް ލިބިފައިވަނީ ގަލަމަކުން ބަޔާން ނުކުރެވޭ ފަދަ ފުރިހަމަ ރީތިކަމެކެވެ. ބޯއެސްފިޔަތަކުގެ ހިޔަނިން އެ ނޫކުލައިގެ ބޮޑު ލޮލަށް ހިޔަނި އެޅިފައިވާއިރު ނުހަނު ރީއްޗެވެ. އައިރީންއާ ދިމާލަށް ބަލާލާފައި އޭނައަކީ ހަތަރު ކުދިންގެ މަންމައެކޭވެސް މީހަކު […]
ނަރުސް ކުއްޖާ ގޮސް ވަނީ އެމަޖެންސީގައި ގެނެވޭ މީހުން ބައިތިއްބާފައި ތިބޭ ވޯޑުތަކުގެ ތެރެއިން ވޯޑަކަށެވެ. ޕްރައިވެޓް އެ ވޯޑުގެ ތެރެއިން އިވެމުން ދިޔައީ އެކި މެޝިންތަކުގެ އަޑެވެ. އެނދުމަތީގައި އަންހެން ކުއްޖަކު އޮތެވެ. މުޅި ހަށިގަނޑަށް ވަނީ އެއްޗެހިތަކެއް ގުޅާފައެވެ. ދެލޯ މެރިފައި އޮތް އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. ވިންދު ޖަހަމުން ދިޔައީ އެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އެހީގައެވެ. ނަރުސްކުއްޖާގެ ފަހަތުން ވޯޑަށް ވަތް މީހާ މަޑުމަޑުން ހިނގާލާފައި […]
ޕާކިން އޭރިޔާގައި ކާރު ޕާކު ކޮށްލުމަށްފަހު ގެއަށް ވަދެގެން އައި ޒިޔާންގެ ތުންފަތް މަތީގައި ވަނީ ވިޔާނުދާ ހިނިތުންވުމެކެވެ. މިއޮތް ވީހާ ދުވަހު އޭނާއަށް ނުކުރެވިގެން އުޅުނު ކަންތައް ކާމިޔާބު ވީމާ އުފާ ނުވެ ހުންނާނެ ހެއްޔެވެ. އަނެކާގެ ދިރިއުޅުން ބަރުބާދުކޮށް އަނދަވަޅަކަށް ވައްޓާލާފައި ވެސް ޒިޔާން ބޭލީ އަމިއްލަ ބޭނުންތައް ފުއްދޭތޯއެވެ. ******************************************************* އަނެއްދުވަހު ޒާޔާއަށް އިރު އެރީ ގަޑިން ބާރަ ޖަހާ ބޮޑު ވީ ފަހުންނެވެ. އާ ފުރެމުން ކަންނެތްކަމާއި އެކު ޒާޔާ އެނދުން […]
ދޯނި ފަޅަށް ވަން އިރަށް ދެތިން އަންހެންކުދިން ފިޔަވާ އެހެން އެންމެން މޫދަށް ފުއްމާލައިފިއެވެ. މަލްޝާ މޫދަށް ދެފައި ލައިގެން އިނީ އެމީހުން މޫދުގައި ޖަހަމުން ދިޔަ ސަކަރާތް ބަލަން ހެވިފައެވެ. މަލްޝާ އެކަނި ބައިންދާފައި ދާން ބޭނުންނުވާތީ އަޒާން މަލްޝާ ކައިރީގައި އިށީނދެލައިގެން އިނެވެ. ދެފައިން ލޮނުގަނޑުގައި ތަޅަމުން ފެން ބުރުވަމުން އުޅުނު މަލްޝާގެ ހަރަކާތްތައް ހަ އަހަރުގެ ތުއްތު ކުއްޖަކާ ތަފާތެއް ނެތެވެ. އަޒާން އިނީ މަލްޝާގެ ކޮންމެ ހަރަކާތަކަށް ފާރަވެ ބަލާށެވެ. މަލްޝާގެ ކޮންމެ އަދާއެއްގައިވެސް ހިތްތައް ކަތިލާފަދަ ބާރެއް ހުއްޓެވެ. މަލްޝާ މަޑުމަޑުން އިނދެފައި ކުއްލިއަކަށް އަތުން އަޒާންއާ ދިމާލަށް ފެން ބުރުވާލުމުން އަޒާންއަށް ދެލޯ މަރާލެވުނެވެ. ލޮލަށް އަރައިގެން ދިޔަ ދިލައިންނެވެ. މަލްޝާ ކަންބޮޑުވެފައިވާ އަޑަކުން އަޒާންއަށް ގޮވާލަމުން އަޒާންގެ މޫނުގެ ދެފަރާތުގައި ހިފާލަމުން އެ ދެ ލޮލަށް ފުމެލިއެވެ. އަޒާންއަށް މަލްޝާގެ ހޫނު ނޭވާ އިހްސާސްކުރެވުމުން ލޯ ހުޅުވާލި އިރު މަލްޝާ އިނީ އޭނާޔާ ޖެހޭ ނުޖެހޭ ހާ ކައިރީގައެވެ. އޭނާގެ ތުންފަތް މަލްޝާގެ ކަރުގައި ޖެހިފައިވެއެވެ. އަޒާންއަށް އޭނާގެ އިހްސާސްތައް ބާރުގެ ދަށަށް ގެނައުންވީ އުނދަގޫ ކަމަކަށެވެ. މަލްޝާ އިސްތިރިކޮށްލުމާއެކު އަޒާންގެ މުށިކުލައިގެ ލޮލުގެ ތެރެއަށް ދަމައިގަތް ފަދަ އިހްސާސެއް ކުރެވުނެވެ. ހަތަރުކަޅި ވަކިކޮށްލުމާއެކު އަޒާންގެ ކަޅި މަޑުމަޑުން ތިރިއަށް ދަތުރުކުރިއެވެ. މަލްޝާގެ ފިޔާތޮށިކުލައިގެ ތުނި ތުންފަތާ ހަމައަށެވެ. ” އުހުމް… އުހުމް… ” މީހަކު ކަރުކެހިލި އަޑަށް އަޒާންއާއި މަލްޝާއަށް ދުރަށް ޖެހިލެވުނީ ސިހިފައެވެ. ބަލާލިއިރު ލަޔާން ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ލޮލުގައި އަތް އަޅައިގެން ހުއްޓެވެ. ” ސާބަސް ތިދެ މީހުންނަށް… އެންމެން ދޯނިން ފައިބައިގެން ދިޔައިރުވެސް ތި ތިބެނީ ވިއްޔަ ރޮމޭންސް ކުރަން… މިތާ ރޫމްސް މަދިއްޔެއް ނޫނިއްޔަ… އަހަރުން މި ޖެހެނީ ލަދުން ލޯ މަތީ އަތް އަޅައިގެން ތިބެން… މިހާރު ނިމިއްޖެތަ ތި ކުރާ ކަމެއް… ” މަލްޝާގެ މޫނު ޖަންބެއް ފަދައިން ރަތްވެގެން ދިޔައިރު އަޒާންވެސް އިނީ ލަދުން ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ދެމީހުންނަށްވެސް ސިއްރުން އެކަކު އަނެކަކަށް ބެލެނީ އިޚްތިޔާރުން ބޭރުގައެވެ. ” ޕިސް ޕިސް ޕިސް… އަދިވެސް ފައިބާކަށް ނުވޭ؟! އަހަރެން ދިޔައީމަ ކޮންޓިނިއު ކުރަން ވިސްނައިގެންތަ ތި ތިބެނީ؟! ” ލަޔާން މާސްކެއް ހިފައިގެން ފައިބައިގެން ދަމުން އަނެއްކާވެސް އެމީހުންނާ ދިމާކޮށްލިއެވެ. މަލްޝާ އިނީ އަޒާންއާ ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. އަޒާންގެ ހާލަކީވެސް މިއެވެ. ” ހިނގާ ފައިބަން… ” މަލްޝާ އިސްނުނަގާނެހެން ހީވި ވަގުތުކޮޅަކަށްފަހު އަޒާން ވާހަކަ ދެއްކިއެވެ. މަލްޝާ އަޒާންގެ ފަހަތުން ފައިބަން ހިނގައިގަތެވެ. ފަތަން ނޭނގޭތީ މަލްޝާ ހުރީ ބިރުންނެވެ. ނަމަވެސް އަޒާން ކައިރީ އެހެން ބުނާކަށް މަލްޝާއަކަށް ނުކެރުނެވެ. އަޒާން މޫދަށް ޑައިބެއް ޖެހުމަށްފަހު މައްޗަށް އަރާ ބަލާލިއިރު މަލްޝާ ނުފައިބާ ހުރުމުން މަލްޝާއަށް ގޮވާލުމަށްފަހު ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. ” ފަތަން އިނގޭތަ؟! ” އަޒާން ދޯނީގައި އަތް އަޅުވާލަމުން ބުނެލިއެވެ. މަލްޝާ ދެ ފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަޒާން މަލްޝާ ކައިރީ އިށީނުމަށް ބުނެލުމުން ނުތަނަވަސްވެފައި ހުރެ މަލްޝާ ބޭރަށް ދެފައި ލައިގެން އިށީނެވެ. އަޒާން ފުން ނޭވާއެއްލީ ނަފްސު ތައްޔާރުކޮށްލުމުގެ ގޮތުންނެވެ. އަޒާންގެ އަތް މަލްޝާގެ އުނަގަނޑުގައި ވަށާލުމަށްފަހު މަލްޝާ ހިއްލާލަމުން ތިރިއަށް ބޭލިއެވެ. ލިބުނު ސިހުމުގައި މަލްޝާގެ އަނގައިން ތޫލި ހަޅޭކެއްގެ އަސަރު ބޭރުކޮށްލެވުނެވެ. މަލްޝާ ތެޅިގަތް ގޮތުން އަޒާން އާ އެކު މަލްޝާވެސް ދިޔައީ އަޑިއަށެވެ. ” މަލްޝާ… އިޓްސް މީ… އަޒާން އޭ… ” އަޑިއަށް ގޮސްފައި މައްޗަށް އެރުމާއެކު އަނެއްކާވެސް މަލްޝާ ތެޅިގަތް ގޮތުން މަލްޝާގެ އަނގައަށް ލޮނު ވަނެވެ. އަޒާންގެ ދެއަތް މަލްޝާގެ ހަށިގަނޑުގައި ވަށާލުމުން މަލްޝާ މަޑުމަޑުން ހަމައަކަށް އެޅުމެމުން ދުރުވެލިއެވެ. ” ޔޫ އޯކޭ؟! ” އަޒާންގެ ލޮލުން ފެންނަމުން ދިޔައީ ކަންބޮޑުވުމާއި އަޅާލުމެވެ. ” ސާބަސް ކޫޑިގަނޑާ… އަބަދު އައްޓަ މަހެއް ހެން އަޒާންގެ ގައިގައި ތަތްވެގަނެގެން އެބަ އޮވެއެއްނު… ” ޒޭބާގެ ދުލުން ބޭރުކޮށްލި ބަސްތައް ރުވާފަ ދޫކޮށްލި ތީރު ތަކެއް ފަދައިން މަލްޝާގެ ހިތް ފޫ އަޅުވާޅާފައި ދިޔައީ ލޯ ކަރުނުން ތެންމާލާފައެވެ. މަލްޝާގެ ފެންކަޅިވެފައިވީ ދެލޯ ފެނުމާއެކު އަޒާންގެ ދެއަތް މުށްކެވިގެން ދިޔައެވެ. ” މަލްޝާއާ ދިމާލަށް ތިހެން ބުނަން ވަކި ރީތި މީހެއްތަ ތީ… ތީ ހަމަ ހަވަރު ތުންފުއްސެއް… ލަދެއް ހަޔާތެއް ނެތިގެން އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ… ” އަޒާން މަލްޝާގެ ދިފާއުގައި ނިކުތީ އައްޑަނައެއް ފަދައިންނެވެ. ” އަޒާންއަކާ ނޫނެއްނު މި ވާޙަކަ ދައްކަނީއެއް… ދެން ކޮބައިތަ އަޒާން އޭނާގެ ދިފާއުގައި ނިކުތުމުގެ ބޭނުމަކީ… އަޒާން ބުނެބަލަ… އަހަރެންގެ ކޮން ސިފައެއްތަ އެ މަލްޝާއަށް ވުރެ އެންމެ ތަންފުކެއްވެސް ހުތުރީ… ބުނެފިއްޔާ އަހަރެން ބުރުގާވެސް އަޅާފާނަން… ” ޒޭބާގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް ހުރި އިރު އަޑުގައިވީ މަޑުމޮޅިކަމެވެ. ޒޭބާގެ މިޒާޖާއި ނުބައްދަލު ސިފައެއް ފެނުމުން އަޒާން ހުރީ ހައިރާންވެފައެވެ. ނަމަވެސް އެކަން ދައްކާކަށް އަޒާން ބޭނުމެއް ނުވިއެވެ. ” ހަމަ ހިތަށް އަސަރުކޮށްލަ ކޮށްލާ ހުންނަން ޖެހޭނީ… އެއްކަމެއް ވެސް ނުވާނެ… އެހެންނޫނަސް ކާކު ތި ކަހަލަ ބަޑި އަންހެނެއް ބޭނުންވާނީ… ” އަޒާން މަލާމާތުގެ ހިނިތުންވުމެއް ޒޭބާއަށް ހަދިޔާކޮށްލަމުން ބުނެލިއެވެ. ޒޭބާގެ ލޭ ކެކިގަތް ގޮތުން ދެންމެ ދެންމެ އަތުން ފައިން ގޯހެއް ހެދި ދާނެހެން ހީވިއެވެ. އަޒާން އަކަސް އޭނައާ ދިމާލަށް އެފަދަ އެއްޗެއް ނުބުނެވޭނެއެވެ. ” ޒޭބާ… ” އީވާ ގޮވާލި އަޑު އިވުމުން އަޒާންއަށާ މަލްޝާއަށް ނަފްރަތުގެ އަލިފާނުން ހޫނުވެފައިވީ ނަޒަރެއް ދެމުން އެނބުރި އެއްގަމާ ދިމާލަށް ހިނގައިގަތެވެ. ޒޭބާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ގެއްލިފައި ހުރި މަލްޝާއަށް ގޮވާލަމުން އަޒާން އެއްގަމަށް އަރަން ހިނގައިގަތެވެ. ލޮނުގަނޑުގެ ފިނިކަމުން ކަށިތައް ތޮރުފާލަފާނެ ހެން ހީވުމުންނެވެ. މަލްޝާވެސް ހުރީ ހީކަރުވާ ގޮތްވެފައެވެ. ހަށިގަނޑުގައި ދެއަތް ވަށާލައިގެން ހުރެ މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައީ ވެލިގަނޑަށް ފައި ވައްދަމުންނެވެ. އެއްގަމަށް އެރުމާއެކު އަޒާންއަށް ވަރުބަލިވެގެން ވެލިގަނޑުގައި ޖައްސާލެވުނެވެ. ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު މަޑު ހިނގުމެއްގައި އައި މަލްޝާ ފެނުމުން ބަލަހައްޓައިގެން އިނދެވުނެވެ. އިޚްތިޔާރުން ބޭރުގައެވެ. މަލްޝާ ލައިގެން ހުރި ސްވިމިން ސޫޓް ގައިގައި ތަތްލާފައި ވުމުން އެ ރީތި ހަށިގަނޑުގެ ބައްޓަން އެނގެއެ ފެންތިކިތައް އެ އޮމާން ތުންފަތުގައި ހަރުލާފައި ހުރި ގޮތުން އަޒާންގެ ގައިން ހީބިހި ހަލުވާލިއެވެ. ހިތުގެ ހިނގުން އަވަސްވެ އަތްފައި ފިނިވާ ގޮތްވިއެވެ. މަލްޝާ އައިސް ޖައްސާލީ އަޒާން ކައިރީގައެވެ. އެ ނޫން އެކުވެރިއަކު ނެތުމުން މަލްޝާއަށް އަޒާން އާއެކު ހުންނަން މަޖުބޫރެވެ. ނުދަންނަ މީހަކު ކައިރީ ހުރުމަށް ވުރެ ކިތަންމެ ލަދު ގަތަސް އެ ގޮތް މާ ރަނގަޅުވީމައެވެ. ރައްކާތެރިކަން އިހްސާސްކުރެވޭތީއެވެ. މަލްޝާ އިސްޖަހާލައިގެން އިނދެ ގާކޮޅަކުން ވެލިގަނޑުގައި ކުރަހަމުން ދިޔައިރު އިރުގެ ރަން އަލި އޭނާގެ މޫނަށް އެޅިފައިވުމުން ޖާދުވީ ގޮތެއް ހުއްޓެވެ. އިރުގެ ދޯދިތަކުން ހޫނުކަން ލިބިގަންނަމުން މަލްޝާގެ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރަށް ބެހެއްޓޭތޯ މަލްޝާ ބެލިއެވެ. މަލްޝާގެ ހަށިގަނޑު ފިންޏަށް ބަލިވީމައެވެ. ” ސައިބޮއެފިން؟! […]
ފައި ކަހާލައިގެން އަހަރެން ވެއްޓުނީ ސިޓިންރޫމް ސޯފާތަކާއި ހަމައިންނެވެ. ވީ ތަދުން ނުތެދުވެވިފައި އަހަންނަށް އޮވެވުނެވެ. އިމާދު ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، ދެމީހުން ދޭތެރޭގައި އޮތް ދުރުމިން ކުޑަވަމުންދާތަން ފެނި، އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އިސާހިތަކު ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އަހަންނަށް އެހީވެދޭން އަންނާނެ މީހަކުވެސް ނެތެވެ. މިފަހަރު މި ނުލަފާ މީހާގެ އަތްދަށުން ސަލާމަތް ނުވާނެކަން އެނގުމުން، ދެލޯ މަރާ ބާރުކޮށްލެވުނެވެ. ********************** އަހަރެން މިހާ ބަލިކަށިވެގެން […]