އިއްބާންގެ ސޫރައާ އެނދުމަތީގައި މެޝިންތަކާ ގުޅުވާފައިއޮތް ސޫރައާ ތަފާތެއްނެތެވެ.
“އައިޝަމް…..” އެ ކޮޓަރީގެ ދޮރުހުޅުވާލަމުން އިއްބާން ކައިރީ މަޑުކޮއްލި އައިރީން އެނދުމަތީގައި އޮތް ޒުވާނާއަށް ބަލާލަމުން ބުނެލީ ކަރުނުން ދެލޯ ފުރި ބަންޑުންވާ ހާލުގައެވެ.
***************************
ހަމުގެ ކުލަ އަލިއިރު އައިރީންއަށް ލިބިފައިވަނީ ގަލަމަކުން ބަޔާން ނުކުރެވޭ ފަދަ ފުރިހަމަ ރީތިކަމެކެވެ. ބޯއެސްފިޔަތަކުގެ ހިޔަނިން އެ ނޫކުލައިގެ ބޮޑު ލޮލަށް ހިޔަނި އެޅިފައިވާއިރު ނުހަނު ރީއްޗެވެ. އައިރީންއާ ދިމާލަށް ބަލާލާފައި އޭނައަކީ ހަތަރު ކުދިންގެ މަންމައެކޭވެސް މީހަކު ނުބުނާނެއެވެ. އިއްބާން އާ އައިޝަމް ވެސް ވަނީ އެރީތިކަމާ ނޫކުލައިގެ ދެލޯ މިލްކުކޮއްފައެވެ. އަދި ނާހިދުގެ އެ ވަރުގަދަ ޝަޙުސިއްޔަތު ވެސްމެއެވެ.
“ކީއްވެ މަންމާ……..ކީއްވެ………..މަންމަ އަޅުގަނޑުކައިރީ ބުނަން ޖެހޭނެދޯ…………….އަޅުގަނޑު ހީކުރީ ޝޭން މާބިޒީކޮށް އެކޮޅުގައި ކިޔަވަން އުޅުމުންކަމަށް ދެމަސް ވަންދެން އަޅުގަނޑަށް ނުގުޅާ ހުރީ……މަންމަ އަޅުގަނޑާ ދޮންތަ ކައިރީގަ އެހެން ބުނުމުން އަޅުގަނޑު ގަބޫލުކުރީވެސް……………އެހެންނޫންނަމަ އަޅުގަނޑު ގަބޫލުވެސް ނުކުރީމު………….އެއީ ޝޭން އެއީ އެއްއިރެއްގައިވެސް ކިޔަވާ ހިތުން އުޅުން ކުއްޖެއްނޫން…………….އެކަމް މަންމަ ޝޭން އަބަދު އުޅެނީ ކިޔެވުމާއިގެން ބިޒީކޮށޭ ބުނުމުން އަޅުގަނޑު ގަބޫލު ކުރީ…………..މަންމައަށް އެނގެއެންނުން އަޅުގަނޑަށް ކުރާނެ އަސަރު……….ދެން…….ދެން ކީއްވެ…………” އިއްބާން އައިޝަމްއާ ދިމާލަށް ބަލަންހުރެ އައިރީން ކައިރީގައި އޭނާގެ ހިތުގައިވާ ޝަކުވާތަށް ބަންޑުންކޮއްލިއެވެ.
“މަންމައަށް އެނގޭ ދަރިފުޅަށް އަސަރުކުރާނެކަން……އެހެންވެ ނުބުނީވެސް….ބައްޕަވެސް ބުނުއްވީ ދަރިފުޅަށް ސިއްރުކުރަން…އެއީ ދަރިފުޅަށް އަސަރުކުރާނެކަން އެނގޭތީވެ……” އައިޝަމްއަށް ނަޒަރުހުއްޓާލައިގެންހުރި އައިރީން އިއްބާންއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.
އިއްބާންއާ އައިޝަމް އަކީ އައިރީންއާ ނާހިދުއަށް ލިބުނު އެއްމާބަނޑު ދެބެއިންނެވެ. އައިޝަމްއަށް ވުރެ އިއްބާން އަވަހީ އެންމެ ފަސްމިނެޓެވެ. އެންމާބަނޑު ދެބެއިންނަށް ވިއެއްކަމަކު އިއްބާންއާ އައިޝަމް އުޑާއި ބިމާހާ ތަފާތެވެ. އިއްބާން އަބަދުވެސް ހިނިތުންވެއެވެ. އުޅެނީ ހިޔާލެއް ފުކުރެއްނެތިއެވެ. ނަމަވެސް މީގެ ދެއަހަރު ކުރިން އިއްބާންގެ ދިރިއުޅުން ހަމަހިމޭންވި ފަދައިން އޭނާވެސް ވަނީ ހަމަހިމޭންވެފައެވެ. ނަމަވެސް އިއްބާން ހިނިތުންވެއެވެ. މިއާ ހިލާފަށް އައިޝަމް އަކީ ކުދިކުދި ކަންތަކާ ނިކަންއަވަހަށް ރުޅިއަންނަ ޒުވާނެކެވެ. ރުޅިގަދަކަމުގެ އިންތިހާއެވެ. އައިޝަމް އަބަދު އެ ކަޅުކަންގަދަ ބުމަ ގޮއްޖަހައިގެން ހުންނައިރު އިއްބާންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެކެވެ.
“މަންމަ…..އެއް މަސްފަހުން އަމިއްލަ ކޮއްކޮ ކޯމާއެއްގަ އޮތްކަން އެނގުމުން މާ އަސަރުކުރެއޭ……..” އިއްބާން އައިރީންއާ ހަތަރުކަޅި ހަމަކުރަމުން ބުނެލިއެވެ. އިތުރަށް މަޑުކުރަން ބޭނުން ނުވުމުން އަވަސް ހިނގުމެއްގައި އެ ކޮޓަރިން ނުކުންނަން އިއްބާން ހިނގައިގަތެވެ.
*************************
ބެލްކަނީގައިހުރި އިއްބާންގެ އިސްތަށިގަނޑު ހާވަމުން ސާމާސާކުރަމުން ތެއްފިނި ވައިރޯޅިތައް ދިޔައެވެ. އެ އިސްތަށިގަނޑު އިރުއިރުކޮޅާ ވިހުރިލާފައި އެ ކަނޑެއްހާ ފުން ލޮލުގެ ކުރިމައްޗަށް ވެއްޓިލާއިރު މޮޅެތި ކުރެހުންތެރިއަކު ފިހިގަނޑަކުން ފަވާލަން އެންމެ ބޭނުންވާނެފަދަ ރީތި ތަސްވީރެކެވެ. އެގިތުގައި ބެލްކަނީގެ ރެއިލިންގައި ދެއަތް ވިއްދާލައިގެން އައިއްބާން ވިސްނަން ހުރީ ކޯއްޗެއް ކަމެއް ނޭނގެއެވެ. އިއްބާންއާ ޖެހިގެން މީހަކު ހުއްޓެލިކަމުގެ އިހްސާސްއެއްވުމުން އިއްބާން މޫނު އަނބުރާލަމުން ބަލާލިއެވެ. އެތާ އެހުރީ ދެވަނަ މީހެއްނޫނެވެ. އެއީ އޭނަގެ ހަޔާތުގެ އެ ހިއްދަތިކަމާއި ވޭނުންފުރިގެންވި މާޒީގެ އެދުވަސްތަކުގައި އޭނާއަށް ހިއްވަރުދީ ވިސްނައިދިން އަދި ހަމަ އެހެންމެ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދާނިޝްއެވެ.
އަދިވެސް ދާނިޝްގެ ރީތިކަމަކަށް ބަދަލެއްނާދެއެވެ. އެއަޅިކުލައިގެ ކަޅިއާއެކު އެ ފިރހެންވަންތަކަންވަނީ އިތުރުވެފައެވެ. މޫނުމަތީގައި ވަނީ ސީރިއަސްކަމެވެ. އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. ދާނިޝްގެ ހަޔާތުގައި ކުޅެލި ކުޅިގަނޑަކުން އޭނާވެސް ވަނީ ހިމޭންވެފައެވެ.
“ޑޭން……ކީއްވެ އަހަރެން ކައިރީ ނުބުނީ….އަހަރެން ހީކުރިން ތީ އަހަރެންގެ ހުރިހާ އިހުސާސްތަކެއް އެންމެ ރަނގަޅަށް ދަންނަ މީހާކަމަށް….އެކަމް އެހެ…….”
“ބެން…ތިހެން ނުވިސްނަބަ……އަހަރެން ބެން ކައިރީގަ ބުނަން އުޅުނީމޭ…..އެކަމް މަންމައާ ބައްޕަ އަދި އައިރީންތަ އާ ނާހިދުބެ ވެސް އެދިލެއްވީ ބެން ކައިރީ ނުބުނުމަށް…..އަހަންނަށް ދެކޮޅު ހަދަން ނުކެރުނީ……އަހަރެން އުޅުނިން އެކްސިޑެންޓް ވި ހަބަރު ލިބުމާއެކުހެން ބެން ކައިރީ ބުނަން………..އައިރީންތައަށް ފެނުނީމަ ބުނުއްވީ ބެން ކައިރީ ނުބުނައްޗޭ…………..ބެން ވަރަށް ދެރަވާނޭ…..އެހެންވެ……….އަހަރެންނަށް އިއްބާންގެ އިހުސާސްތައް އެނގެއޭ…………..އެ އިހުސާސްތަކަށް އިހްތިރާމްވެސް ކުރަން……އަހަންނަށް އެނގޭ މާޒީގައި…………” ދާނިޝް ދުރަށް ނަޒަރުހުއްޓާލައިގެން ބުނަމުންދިޔަ ޖުމުލަ މެދުކެނޑުނީ އިއްބާން ވާހަކަދައްކަން ފެށުމުންނެވެ.
“އަހަރެން ބޭނުމެއްނޫން މާޒީ ހަނދާންކުރާކަށް……އަހަރެން ގަބޫލުކުރަން ކަމެއް ދިމަވެދާނެކަމަށް…..އެއީ އެހެންބުނި އެއްޗެއް ނޫނޭ ޑޭން……” ދާނިޝްއާ ދިމާލަށް ބަލާލަމުން އިއްބާން ގަދަކަމުން ކަހަލަ ގޮތަކަށް ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮއްލިއެވެ.
“ބެން….ކޮންއެއްޗެ ތި ހަދަނީ….ގަދަކަމުން ނުހީލިއަސް ހެވޭ…..އަހަރެންނަށް އެނގެއޭ އެއީ ބެން އެހެން ބުނި އެއްޗެއް ނޫންކަން………” ދާނިޝް އިއްބާންއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. އިއްބާން އޭނާގެ އިހުސާސްތައް ފާޅު ނުކުރިއެއްކަމަކު އެ ހިތުގައި ވާ އެއްޗެއް ދާނިޝްއަށް އިއްބާންގެ ހަރަކާތްތަށް ހުރިގޮތުން އެނގުނެވެ.
“އެކަނި ވެލަން ބޭނުންވަނީ ތަ…..އޯކޭ….އަހަރެން ދަނީ….ސޮރީ މާޒީ ހަނދާން ކޮއްދެވުނީމަ……” އިއްބާންގެ ކޮނޑުގައި ޖަހާލަމުން ދާނިޝް ދާން ހިނގައިގަތެވެ.
“ޑޭން….މަޑުކޮއްބަލަ……ހާދަ ހީވެއޭ ޑޭން މިހާރު ވަރަށް ތަފާތުހެން…………..މިބުނީ ވަރަށް ބަދަލުވެއްޖެ ހެން……..ކުރިއާ މިހާރު…….” ދާނިޝް ފަސްއެނބުރި އިއްބާން ކައިރީ މަޑުކޮއްލުމުން އިއްބާން ދާނިޝްއަށް ފުން ނަޒަރަކުން ބަލާލަމުން ބުނެލިއެވެ. އިއްބާން އެހެން ބުބެލުމުން ދާނިޝްގެ ތުންފަތްމައްޗަށް ވެރިވީ ފިރިހެންވަންތަ އެހާމެ ހިތާމަވެރި ހިނިތުންވުމެކެވެ. ދާނިޝް މީގެ އެއް އަހަރުކުރިން މިކޮޅަށް ބަދަލުވިފަހުން ދާނިޝް އޭނާގެ ހަޔާތުގައި ދިމާވި އެއްވެސް ކަމެއްގެ ވާހަކަ އިއްބާންއާ ހިއްސާއެއް ނުކުރެއެވެ. ފޯނުން ކިޔައިދޭން ދާނިޝް ބޭނުންވެސް ނުވީއެވެ. ފުންނޭވާއެއްލަމުން ދާނިޝް ހަމަޖެހިލީ އޭނާ ބުނަން މިއުޅެނީ ކިހާވަރުގެ ވާހަކައެއްކަން އެގޭތީއެވެ.
ދާނިޝް އެ ވާހަކަ އިއްބާންއަށް ކިޔައިދީ ނިމުނު އިރު ދެލޯވަނީ ކަރުނުން ފުރިފައެވެ. އެއީ އިއްބާންއަށް އޭނަގެ ހަޔާތުންވެސް ދާނިޝްގެ ރޮނިކޮށް ފެނުނު ފުރަތަމަ ފަހަރެވެ. އިއްބާންގެ ގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އެދުވަސްކޮޅު ދާނިޝްގާތު އޭނާއަށް ހިތްވަރުދިނުމަށް ނާދެވުނީތީވެސް އިއްބާން ދެރަވިއެވެ. އޭނާވެސް ހުރީ އޭރު އަދި އޭނާގެ މާޒީގެ ކަންތަކާދޭތެރޭ ވިސްނާ ވިސްނާ ބޯހާސްވެފައެވެ. ސުވާލު މާކުތަކެއްގެ ތެރެއަށް ލޫން އޭނާ ދޫކޮއްލާފައި ދިއުމުންނެވެ.
“ޑޭން….” އިއްބާންއަށް ދާނިޝްގެ އެ ހިތާމަތަށް ފޫބައްދާލެވޭނެ ފަދަ ބަހެއް ސިކުނޑިއަށް ގެންނާކަށް ނޭނގުނެވެ. އެއަށްވުރެ ދާނިޝްއަށް ދިމާވީ ހިތާމަވެރިކަމާއި އަމިއްލަ ނަފްސު ކުއްވެރިކުރެވޭ އެ ހިތާމަތައް ފޫނުބެއްދޭވަރުގެ ކަންތައްގަނޑަކާއެވެ.
“ބެ…ބެ..ބެން…ބެން…ޝޭ..ޝޭން…..އަވަ….އަވަސް…” ދާނިޝްއާ އިއްބާންގެ ގައިވެސް ހީބިހިހިލުވާލީ އައިރީން ދުވެފައިކަހަލަ ގޮތަކަށް އައިސް ތުރުތުރު އަޅާ އަޑަކުން ބުނެލި ގޮތުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.








mi part vess vrh reethy…dhn kihinehbaa vaany??.hehe…eagerly waiting for the next part..ly
Thank u maanee…yeah…
kihineh baa dhen vaanee….lets see dhw..lve u too??
Hello guys…
ummeedhu kuran kurihaa kiyuntherinnah mi partves kamudhaane kamah…
Next part kudhakoa lass vedhaane…
test otheema ingey…but will try avahah up koaladheveytoa…
Lve u all my readers..♥..
Woooooww varah salhi mi part ves ? ? ? ? Curiously waiting for next part…
Thank u Shahu..ly??..
Varah rythi keep it up dear?
Thank u sooo much makku…?
mi part ves varah reethi ingyyy:) whnn is next part???
Thank u Meekko…
Next part lasvedhaane test otheema…But try kuraanan varah avahah up koadeveytoa..?ly
WOwwww so so cooolll
Thanksss Isha…?
Mal haadha molhey dhw..ma sha allah..mi bai hama v rythi..V curious vefa myny dhn vaane gothakaa medhu..Waiting ingey..plx plx avahah upkohdheythii..Ly??
Thank u jiji….
Next part lasvedhaan test othyma…but wil try avahah up koaladheveytoa..
ingey…ly?
V reethi.when next.
Thanks Bestie…
Next part lasvedhaane test onnathee…but will try varah avahah up koaladheveytoa ingey..ly♥
Wow. V reethi mi part vex.???????kon irakun next part. Waiting ingey. Best of luck.????????????????
Thank u Vernon..
Next part lasvedhaane test eh otheema…but will try varah avahah up koaladheveytoa ingey..thanks..?
Mi story hama habeys.. Mivaahaka mee enme inthizaarukurevey eh story.. When is the next part??? ? ? ? ???
Awwwwwn….
Thankss Ashra…???…
Next part Insha Allah varah avahah….
lysm??..
21 vana part submit koalaafin…