Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަފުން ވެވިފާ…03

eysh Level 510 Stories100 Comments100 Login500 Comments
August 25, 2019 5 Mins Read
51 Comments

ނަރުސް ކުއްޖާ ގޮސް ވަނީ އެމަޖެންސީގައި ގެނެވޭ މީހުން ބައިތިއްބާފައި ތިބޭ ވޯޑުތަކުގެ ތެރެއިން ވޯޑަކަށެވެ. ޕްރައިވެޓް އެ ވޯޑުގެ ތެރެއިން އިވެމުން ދިޔައީ އެކި މެޝިންތަކުގެ އަޑެވެ. އެނދުމަތީގައި އަންހެން ކުއްޖަކު އޮތެވެ. މުޅި ހަށިގަނޑަށް ވަނީ އެއްޗެހިތަކެއް ގުޅާފައެވެ. ދެލޯ މެރިފައި އޮތް އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. ވިންދު ޖަހަމުން ދިޔައީ އެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އެހީގައެވެ. ނަރުސްކުއްޖާގެ ފަހަތުން ވޯޑަށް ވަތް މީހާ މަޑުމަޑުން ހިނގާލާފައި ގޮސް އެނދު ކައިރީގައި ހުއްޓުނެވެ. އަންހެން ކުއްޖާގެ މޫނަށް ބަލަން އެމީހަކު އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އެ މޫނާއި ދިމާއަށް މަޑުމަޑުން ގުދުވިއެވެ.

********

“ނައިރާ…” ނައިރާގެ ކަންފަތް ދަށުގައި ވައި އަޑުން އެމީހަކު ބުނެލިއެވެ.

ކުޑައިރުކޮޅަކު އެހެން ހުރެފައި، އެމީހަކު ނައިރާ އާއި ދުރަށް ޖެހުނެވެ. ބަނޑުމަތީގައި ބާއްވާލެވިފައި އޮތް ނައިރާގެ އަތްތިލައިގައި ހިފައި ހިއްލައިލިއެވެ. ކުޑަކޮށް ގުދުވެލާފައި އެއަތުގައި ބޮސްދިނެވެ. މަޑުމަޑުން އެ އަތް އެނދުމަތީގައި ބާއްވާލާފައި، އޭނަ އެނބުރުނީ ނަރުސް ކުއްޖާ އާއި ދިމާއަށެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ލައްޕައިލިއެވެ. އޭނަ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. ދޮރު ހުޅުވާލާފައި، އިރުކޮޅަކު މަޑުކޮށްލިއެވެ.

“ތޭންކްސް…” ފަސް އެނބުރުމެއްނެތި އެމީހަކު ބުނެލިއެވެ.

“ނައިރާގެ ކާކުބާ؟… ފިރިމީހާ ކަންނޭނގެ…” ހިތާއި ހިތައި ވާހަކަ ދައްކަމުންދިޔަ ނަރުސް ކުއްޖާ ދޫކޮށްލީ ފުން ނޭވާއެކެވެ.

ދެކޮނޑު އަރުވައިލުމަށްފަހު، ނަރުސްކުއްޖާ ގޮސް ހުއްޓުނީ ނައިރާގެ ކައިރީގައެވެ. އެ މަޢުޞޫމް އަންހެން ކުއްޖާގެ މޫނަށް އޭނަ ބަލައިލިއެވެ. މޫނުމަތީގައި އެކިވަރުގެ ޒަޚަމްތައް ހުއްޓެވެ. ނިތްކުރިމަތިން ބައެއް ތަންކޮޅުކޮޅު ދުޅަވެފައެވެ. ޒަޚަމުގެ ނިޝާންތަކުން އެ ދޮން މޫނަށް ވަނީ ރަތްކަމެއް ވެރިވެފައެވެ. އަނިޔާގެ ނިޝާންތަކާއި އެކުވެސް އެރީތި ކަމަކަށް ފަނޑުކަމެއް ނާދެއެވެ. ނައިރާގެ މެރިފައިވާ އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން އައި ކަރުނަތިކި ފެނުމާއިއެކު، ނަރުސް ކުއްޖާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. މަޢުސޫމް އެ އަންހެން ކުއްޖާ ތަހަންމަލް ކުރަމުންދާ ވޭން އޭނައަށް އިޚްސާސް ކުރެވުނެވެ. އޭނަ އެ ކަރުނަތިކި ފޮހެލަދިނެވެ. އެއަށްފަހު ނައިރާގެ ފަން އިސްތަށިގަނޑުގައި ލޯތްބާއިއެކު ފިރުމާލިއެވެ.

********

ކޯޓުގެ އަޑުއެހުންތައް ކުރިޔަށް ގެންދަން ފެށިއެވެ. ޝަރީއަތުގެ މަޖިލީހުގައިވެސް ކައިލަން ހުރީ ހަނެވެ. އިސްޖަހައިލިގޮތަށް އިސް އުފުލައިވެސް ނުލައެވެ. ކައިލަން އާއި ކުރެވުނު ސުވާލުތަކުން އިވްޔާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ރޮއެރޮއެ ދެލޯ ރަތްވިއެވެ. ދޭތެރެއަކުން ގިސްލުމުގެ އަޑުވެސް ބޭރުވަމުން ދިޔައެވެ. އިވްޔާ އިނީ ރައިންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އަނެއް އަތުން މޭގައެވެ. އެ މޭގައި ވަނީ ރިހުމެއް އުފެދިފައެވެ. ކައިރީގައި ރައިން ނެތްނަމަ، އޭނަގެ ކެތްތެރިކަން ކޮޅުންލީހެވެ. ޝަރީއަތުގެ މަޖިލީހުގައި ގޯހެއް ހެދުނީހެވެ.

ކައިލަންގެ ދުލުން ބަހެއް ބޭރު ނުވާނޭކަން އިވްޔާއަށް އެނގުނެވެ. ދަރިފުޅުގެ ދިފާޢުގައި ތެދުވަން އޭނައަށް މަޖުބޫރުވިއެވެ. މަންމައަކު ދަރިއަކަށްޓަކައި ކޮންމެފަދަ ޤުރުބާނީ އެއްވެސް ވެދާނެއެވެ. އެބަސް ތެދުކޮށްދޭން އިވްޔާ އޭނާގެ އަތުކުރި އޮޅާލިއެވެ. ކަށީގައި ނެތް ހިތްވަރު ނެރެގެން އޭނަ މަސައްކަތް ފެށިއެވެ. މައިންނަކީ އެހާ ފަސޭހައިން ހިތްވަރު ދޫކުރާނޭ ބައެއް ނޫނެވެ. ކޮންމެކަހަލަ ޒިންމާއެއް އަދާކުރަންޖެހުނަސް ފަހެއް ނުޖެހެއެވެ. ބަލިވެއްޖެނަމަ ޑޮކްޓަރަކަށް ވެއެވެ. ބަނޑުހައިވެއްޖެނަމަ ކައްކާއަކަށެވެ. ކިޔަވައިދޭއިރު މުދައްރިއްސަކަށެވެ.

ރައިންގެ އެހީގައި ހާދިސާ ހިނގި ސަރަހައްދުގައިވާ ސީސީޓީވީ ފުޓޭޖްތަކާއި ކެމެރާތަކުގައި ރެކޯޑު ކުރެވިފައިވާ މަންޒަރުތައް އިވްޔާ ހޯދިއެވެ. އެހުރިހާ މަންޒަރުތަކެއް ބަލައި ޗެކްކުރިއެވެ. ކައިލަންގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެތް ފެނޭތޯއެވެ. އެކަމުން ލިބުނީ އިތުރު ހައިރާން ކަމެކެވެ. އެއިން އެއްވެސް އެއްޗެއްގައި އެދުވަހުގެ މަންޒަރުތައް ރެކޯޑުވެފައެއް ނެތެވެ. ސުވާލުތައް ވީ އިތުރެވެ. އެދުވަހުގެ މަންޒަރުތައް އޭގައި ރެކޯޑްވެފައި ނެތީ ކީއްވެ ހެއްޔެވެ؟ ވަށައިގެން ހުރި ހުރިހާ ގެއެއްގެ ކެމެރާތަކުގައިވެސް ރެކޯޑުވެފައިނެތީ ހަމަ އެދުވަހުގެ މަންޒަރުތައް އެކަންޏެވެ. އެއީ އިއްތިފާޤަކަށް ވެދާނޭ ހެއްޔެވެ؟ ހުރިހާ ކެމެރާއެއް އެއް އެއްވަގުތެއްގައި މަސައްކަތްކުރުން ހުއްޓާލަންވީ ކީއްވެ ހެއްޔެވެ؟

“ސުބްހާނަﷲ… އަހަރެންގެ ދަރިފުޅަށް މިދިމާވީ ކޮންކަހަލަ ކަންތައްގަނޑެއް…” އިވްޔާއަށް އޭނާގެ މޭގައި އަތް ޖައްސައިލެވުނެވެ. “މިކަމުގެ ތެރޭގަ އަޑި ނޭނގޭ އެތައް ސިއްރުތަކެއް އެބަވޭ…” ރައިންއަށް ބަލައިލިއިރު އިވްޔާއަށް ރޮވިއްޖެއެވެ.

“މީ އަހަރެންގެ ދަރިފުޅު ކުރި ކަމަކަށް ނުވާނެކަން އަހަންނަށް ކަށަވަރު ވެއްޖެ…” ރައިންގެ ކޮނޑުގައި ބޯއަޅާލަމުން އިވްޔާ ބުންޏެވެ.

ރައިން އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އިވްޔާ ބުނިހެން ގޮތް ނޭނގޭ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް އެކަމުގެ ތެރޭގައި ވާކަން އެނގުނެވެ. އެއީ ބަޔަކު ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއްކަން އޭނައަށް ކަށަވަރު ވިއެވެ.

********

މާލޭގެ ހަލަބޮލި މަގުތަކުގެ މަތީގައި ދަތުރުކުރަމުންދިޔަ ޕްރައިވެޓް ކާރު ގޮސް މަޑުކޮށްލީ ފަންސަވީސް ބުރިއަށް ހަދާފައިވާ އިމާރާތެއްގެ ކުރިމައްޗަށެވެ. ޑްރައިވަރު ކާރުން ފައިބައިގެން އައިސް ފަހަތު ޝީޓުގެ ދޮރު ހުޅުވާލަދިނެވެ. ކާރުން ފޭބީ ޒުވާން ފިރެހެނެކެވެ. ރަސްމީ ހެދުމުގައި ހުރި އެމީހާ އެނާގެ އަތުކުރީގައި އޮތް ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކުރިމަތިން ފެންނަން ހުރި އިމާރާތުގެ ތެރެއަށް ވަނެވެ. ލިފްޓްގެ އިންތިޒާރުގައި އެމީހަކު މަޑުކޮށްލިއެވެ. މާގިނައިރަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ލިފްޓްގެ ދޮރު ހުޅުވުނެވެ.

“ނާބިހް… މިތާ؟…” ފަހަތުން އިވުނު އަޑަށް އެ ޒުވާނާ ފަސް އެނބުރި ބަލައިލިއެވެ.

ދެއަހަރަށްދާ ތުއްތު އަންހެން ކުއްޖެއްގެ އަތުގައި ހިފާލައިގެން ހުރީ ނަތާޝާއެވެ. ނަތާޝާ އަކީ ނާބިހްގެ މަންމަ ފަރާތު އާއިލާގެ މީހެކެވެ.

“ނަތާޝާ ދައްތާ؟…” ނާބިހްގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ.

އެ އިމާރާތުގެ ގިނަ ފްލޯތައް ހުންނަނީ ކުއްޔަށް ދީފައެވެ. ސެލޫން އާއި އެކި ބާވަތުގެ ޓްރީޓްމެންޓްތަކަށް ޚާއްސަ ކުރެވިފައިވާ ފްލޯތައްވެސް ހުރެއެވެ. ގްރައުންޑް ފްލޯގައި ބޮޑު ސޮޕިންގް މޯލްއެކެވެ. ދެއްކޭނެ އުޒުރަކަށް ވިސްނަން ނާބިހް ހުއްޓެވެ. އޭރު ނިތްކުރިމަތިން ކޮންމެވެސް ވަރަކަށް ދާ ހިއްލާލައިފިއެވެ.

“މިތާ ކީއްހޭ ތިކުރަނީ؟… އެކަނިތަ؟…” ލިފްޓާއި ދިމާއަށް ބަލައިލަމުން ނަތާޝާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

ނާބިހް އެއްޗެއް ބުނަން އުޅެފައި، ނަތާޝާގެ ފިރިމީހާ ޔުމާން އައުމުން ހުއްޓައިލިއެވެ. ޔުމާން ފެނުމާއިއެކު ނަތާޝާގެ އަތުގައި ހިފާލައިގެން ހުރި ތުއްތު އިޝާ އަތް ދިއްކޮށްލާފައި އުރަން އެދުނެވެ. އިޝާއަކީ ޔުމާންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އިޝާ އުރާލުމަށްފަހު، ނާބިހް އާއި ދިމާއަށް ޔުމާން ބަލައިލީ ފާޑަކަށެވެ.

“ވަރަށް ލަސްވެއްޖެ… އަދި އެބަޖެހޭ އޮފީހަށްވެސް ވަދެލަން…” ޔުމާން ވާހަކަ ދެއްކީ ނަތާޝާއަށެވެ.

ދެމީހުން ނުކުމެގެން ދަންދެން ބަލަން ހުރެފައި، ނާބިހް ލިފްޓަށް އެރިއެވެ. ފަންސަވީސް ވަނަ ފްލޯއަށް ލިފްޓް ހުއްޓުމާއިއެކު ނާބިހް ނުކުތެވެ. ކަރުގައި އަޅާފައިވާ ޓައީއަށް ދޫކޮށްލަމުން، މޭމަތިން ދެ ގޮށް ނައްޓާލިއެވެ. އޭނަގެ މިސްރާބު ހުރީ ކުރިމަތިން ފެންނަން ހުރި ސިޑި އާއި ދިމާއަށެވެ. ސިޑިން މައްޗައް އަރައިގެން ގޮސް ނުކުމެވެނީ ޓެރެސްއަށެވެ. އޭރު ޓެރެސްގައި ބަޔަކު ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ.

ޓެރެސްގައި ތިބީ ނާބިހްގެ އެކުވެރި މިފްތާހު އާއި ސަލާހްގެ އިތުރުން މުނީރެވެ. ތިން މީހުންވެސް ތިބީ އޮލަ ވާހަކައެއްގައެވެ. ނާބިހް އައިކަން ފުރަތަމަ އެނގުނީ މުނީރަށެވެ. މުނީރު ފުންމައިގެން ތެދުވިއެވެ.

“އާދެވިއްޖެދޯ… ނާބިހް ކަލޭ ރަނގަޅެއް ނުވާނެ…” ދެލޯ ހަނިކޮށްލަމުން މުނީރު ބުންޏެވެ.

މުނީރުގެ އަޑަށް ދެން ތިބި ދެމީހުންވެސް އެދިމާއަށް ބަލައިލިއެވެ. މުނީރު އައިސް ނާބިހްގެ ކޮނޑުގައި އަތް އަޅުވައިލިއެވެ. އެއަށްފަހު ގެންގޮސް ގޮނޑީގައި ބޭންދިއެވެ.

“ކަލެއަށް ހީވީ ރަނގަޅަށް އޭނަ މަރެއް ނުވޭ…” މުނީރުގެ މޫނުމަތިން ފެނުނީ ހާސްކަމެވެ.

އެންމެން އެއްފަހަރާ އައިސް މުނީރު ވަށާލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެނުނީ ހާސްކަމެވެ. ކޮންމެ މީހަކުވެސް ބަލައިލީ ނާބިހްގެ މޫނަށެވެ. ނާބިހްގެ ރަތްވަމުންދިޔަ ދެލޯ ކަރުނުން ފުރޭތަން ފެނި އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.

********

އިވްޔާ އިނީ ކޮމްޕިއުޓަރުގެ ކައިރީގައި އެކި ވީޑިޔޯތަކުގެ މަންޒަރުތައް ބަލާށެވެ. ކޮޓަރި ދޮރުމަތީގައި ހުރި ރައިންގެ ނަޒަރު ހުއްޓިފައިވީ އިވްޔާއަށެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ހަޤީގަތް ހޯދެންދެން އިވްޔާ އޭނާގެ މަސައްކަތް ހުއްޓައިނުލާނޭކަން ރައިންއަށް އެނގުނެވެ. އޭނަ އެންމެ ކަންބޮޑުވީ އެކަމުގެ ސަބަބުން އިވްޔާގެ ސިއްޙަތަށް އޭގެ ނޭދެވޭ އަޞަރެއް ކޮށްފާނެތީއެވެ.

ރައިން ގޮސް އިވްޔާގެ ކައިރީގައި އިށީނެވެ. ކޮނޑުމަތީގައި ބޯ ބާއްވާލައިގެން އިރުކޮޅަކު އޮތެވެ. އިވްޔާ ރައިންގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލިއެވެ. އިނގިލިތަކުގެ ކޮޅުން ބޯ މަސާޖުކޮށްލަދިނެވެ. އިރުކޮޅަކު އެހެން އޮވެފައި ރައިން ތެދުވިއެވެ. އިވްޔާގެ ދެ އަތުގައި ހިފައި ނެގިއެވެ. އަދި ގެންގޮސް އެނދުގައި ބޭންދިއެވެ. ބާލީސް ރަނގަޅުކޮށްލަދީފައި އެނދުގައި ބާއްވާލަދިނެވެ.

ރައިން އިވްޔާގެ ކައިރީގައި އިށީނެވެ. އެ މޫނަށް ވަރަށް ފުންކޮށް ބަލައިލާފައި، ހިންދިރުވައިލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ބުނާނޭ އެއްޗެއް ދުލަކަށް ނައެވެ. އިރުކޮޅު ވިސްނައިލަން އޭނައަށް މަޖުބޫރުވިއެވެ. އިވްޔާގެ އަތްތިލަ ގެނެސް ދެއަތުގެ ތެރެއަށް ލައި ފިއްތައިލަމުން އޭނަ ހިނިތުންވެލިއެވެ.

“މާބޮޑަށް ފިކުރު ނުކުރައްޗޭ.. މަ އަދި ދިރި ދުނިޔޭގަ އެބަ ހުރީމެއްނު…” އަޞަރުން ފުރިގެންވީ ރާގަކަށް ރައިން ބުންޏެވެ.

ރައިން ދޫކޮށްލީ ފުން ނޭވާއެކެވެ. ދެލޯ ފެންކަޅިވާން ފެށުމުން ކަރުނަތައް ހިންދައިލަން މަސައްކަތް ކުރިއެވެ. އޭނަ އިވްޔާ އާއި ހަތަރުކަޅި ހަމަކުރީ ހަމަޖެހިލުމަށް މަސައްކަތް ކުރަމުންނެވެ. ފެންކަޅިވަމުންދިޔަ އިވްޔާގެ ދެލޯ ފެނި ރައިންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނައަށް ވެގެންވާނަމަ، އިވްޔާގެ ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަ ނުދިނީހެވެ.

އިވްޔާ އުޅުނީ ތެދުވާށެވެ. ވަގުތަކީ ވަރަށްވެސް އަގުހުރި އެއްޗެކެވެ. ދަރިފުޅު ސަލާމަތްކުރުމަށް ކޮންމެފަދަ ޤުރުބާނީއެއް ވާންވެސް އޭނަ ފަސް ނުޖެހޭނެއެވެ. ރައިން އިވްޔާގެ ދެކޮނޑުގައި ހިފާފައި އަނެއްކާވެސް ބާލީހުގައި ބާއްވައިލިއެވެ.

“މަ އަންނަންދެން މިތާ ރީތިކޮށް އޮވެލާ… ނުތެދުވާތި…”  ފަހު ބަސް އިއްވުމަށްފަހު ރައިން ދިޔައީ އިވްޔާގެ ގައިމަތީގައި ކުއިލްޓް އަޅައިދީފައެވެ.

އިވްޔާ ދެލޯ މަރާލިއެވެ. އެފަދަ ފިރިއަކު ދެއްވީތީ އާލަމްތަކުގެ ވެރި މާތްﷲ އަށް ޝުކުރު ކުރިއެވެ. އޭނަގެ ހުރިހާވެސް ހިތްވަރަކީ މިއަދު ރައިންއެވެ. އެ ލޯތްބެވެ. އެ އޯގާތެރިކަމެވެ.

ނިދަން އުޅެއުޅެ އިވްޔާއަށް ނިދޭގޮތެއް ނުވިއެވެ. ނިދި މުޅި މީހާ އާއި ވަކިވެފައިވާ ކަހަލައެވެ. ދަރިއަކު އެފަދަ ޙާލެއްގައި ވަނިކޮށް އަރާމުގައި ނިދޭނީ ކޮން މަޔަކަށް ހެއްޔެވެ؟ އިވްޔާ މަޑުމަޑުން ތެދުވިއެވެ. އޭނަ ގޮސް އަނެއްކާވެސް އިށީނީ ކޮމްޕިއުޓަރުގެ ކައިރީގައެވެ. ނުނިދާ ހޭލާ އެކި ދިރާސާތައް ކުރުމުގައި އިވްޔާ އުޅުނެވެ.

ދަންވަރުގެ ވަގުތެވެ. އިވްޔާ އިނީ އެކި ކެމެރާތަކުން ނެގިފައިވާ ފުޓޭޖްތައް ބަލާށެވެ. ޝައްކުކުރެވޭ ކަހަލަ އެއްވެސް މަންޒަރެއް ފެނޭތޯ އޭނަ ބެލިއެވެ. ނައިރާގެ ގެ ހުންނަ ހިސާބުގައިވާ ކެމެރާތައްވެސް ބެލިއެވެ. ޝައްކު ކުރެވޭ މީހުންގެ ތަސްވީރުތައް އޭނަ ހުރީ ޕްރިންޓްކޮށް މޭޒުމަތީގައި އަތުރާލާފައެވެ. ރައިން އައީ ޕިއްޒާއެއް ހިފައިގެންނެވެ. ކޮޓަރީގެ ކަނެއްގައި ބަހައްޓާފައިވާ ސޯފާގެ ކައިރީގައި ހުރި މޭޒުމަތީގައި ޕިއްޒާ ބޭއްވިއެވެ. އެއަށްފަހު، އައިސް އިވްޔާގެ ކައިރީގައި ހުއްޓުނެވެ.

“ހާދަ ބަސްނާހާ ކުއްޖެކޭ ދޯ… އެވަރަށް ބުނީމަވެސް މީނީ ތެދުވެގެންނޭ…” ރައިންގެ އަޑަށް އިވްޔާ އޭނާގެ ބޯ ހިއްލާލާފައި ބަލައިލިއެވެ.

އިވްޔާގެ ފުރަގަހުން ކަނދުރާގައި ރައިން އޭނާގެ ދެއަތް ވަށައިލިއެވެ. އިސްތަށިގަނޑު އެއްފަރާތް ކޮށްލާފައި ކަނދުރާގައި ބޮސްދިނެވެ. އިވްޔާ މަޑުމަޑުން ހީލިއެވެ. ރައިންގެ އެ ކުޑަކުޑަ އަމަލުން އޭނަގެ ހުރިހާ ނުތަނަވަސްކަމެއް ފިލައި ދިޔަ ކަހަލައެވެ.

“މަށަށްވެސް ޓައިމްކޮޅެއް ދީބަލަ…” ރައިން ބުންޏެވެ. އޭނަ އިވްޔާގެ ދަތްދޮޅީގައި ހިފައި ހިއްލާލާފައި ތުންފަތުގައި ބޮސްދިނެވެ.

ރައިން، އިވްޔާގެ ކައިރިން އެދުނީ އެއްޗެއް ކާލައިގެން އައުމަށެވެ. އިވްޔާ ތެދުވުމާއިއެކު، އޭނަ އެ ގޮނޑީގައި އިށީނެވެ. އޭރު އެ ނަޒަރު ހުއްޓިފައިވީ އިވްޔާ ނަގާފައިވާ ތަސްވީރުތަކަށެވެ.

“ފަރޭ…” ރައިންގެ ލޮލުގައި އަޅައިގަތީ ދެބައި އުމުރުގެ ފިރެހެނެއްގެ ތަސްވީރެވެ.

ތަސްވީރު ނަގައި އެއަށް ބަލަން ރައިން އިނީ ހައިރާންވެފައެވެ. ޕިއްޒާ ފޮއްޗެއް ކާން ހުރި އިވްޔާ އަވަސްއަވަހަށް ރައިންގެ ކައިރިއަށް ދިޔައެވެ. ރައިންގެ އަތުން އެ ތަސްވީރު އަތުލާފައި ބަލައިލިއެވެ. އޭރު އެ ދެލޮލުގައިވި ވިދުން ގަދަވެއްޖެއެވެ. އުއްމީދުގެ ދޯދިތައް ފެންނަން ފެށި ކަމުގެ ކުލަވަރު މޫނުމަތިން ފެނިގެން ދިޔައެވެ.

ފަރުހާންއަކީ ރައިންގެ ކުރީގެ އެކުވެރިއެކެވެ. މަސައްކަތް ކުރަނީ މާލޭގެ ގަރާޖެއްގައެވެ. ކެތްތެރިކަން ކުޑަވެފައިވާ ޙާލު، އިވްޔާ ބޭނުންވީ ވަގުތުން ފަރުހާން އާއި ބައްދަލުކުރާށެވެ.

********

ތަޅުންގަނޑުގެ މަތީގައި ނިދިފައި އޮތް ކައިލަން ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ. ދެލޯ މަރައި ބާރުކޮށްލައިގެން އޮވެ، އޭނަ ދިޔައީ އެއްޗެހިތަކެއް ކިޔަމުންނެވެ. އުނދަގުލެއް ހަށިގަނޑަށް އިޚްސާސްވުމުން އުޅޭހެން އޭނަ ތެޅި ފޮޅެން ފެށިއެވެ. ފުންމައިގެން ގޮސްފައި ކައިލަންއަށް ހޭލުވުނު އިރު މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. މޫނުމަތި އަތުން ފޮހެލަމުން ހަމަޖެހިލެވޭތޯ ކައިލަން މަސައްކަތް ކުރިއެވެ. ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހަނދާން ކުރަން ބޭނުން ނުވިޔަސް އެ ދުވަސް އޭނަގެ ހަނދާނަށް އަންނަމުން ދިޔައެވެ.

“ތީ މަކަރުވެރިއެއް… ތިކަހަލަ މީހަކާއި އެކީ އުޅޭކަށް ބޭނުމެއް ނޫން…” ކައިލަން ހުރީ ރުޅި އައިސްފައެވެ.

ކައިލަން އެހާ ރުޅި އައިސްފައި ހުއްޓައި ނައިރާ ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. ޖެހިލުންވި ނަމަވެސް ނައިރާ އެކަމާއި ކުރިމަތިލީ ކައިލަން ގެއްލެން ބޭނުންނުވާތީއެވެ.

“ކައިކް ޕްލީޒް… އަހަންނަށް ތިހެން ނުހަދާ… ހެޔޮނުވާނެ…” ނައިރާއަށް ރޮވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 10

Next

ވާނަން އުމުރަށް – 20 –

Next
August 26, 2019

ވާނަން އުމުރަށް – 20 –

Previews
August 25, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 10

51 Comments!

  1. Shaako❤️ says:
    August 25, 2019 at 10:33 pm

    Me first dhw Varah reethi mi bai? ekam thankolheh kuru and whn is the nxt prt?

    1. eysh says:
      August 25, 2019 at 10:37 pm

      Yess dear first.. congratulations dear.. Thank u so much ?❤ v ufaavehje kamudhiyaeema.. mi bai ekam ehen baithakahvure dhiguvaane.. next part In Sha Allaah soon.. keep waiting ???

  2. eysh says:
    August 25, 2019 at 10:35 pm

    Salaam all..
    As promised here is the 3rd part of Kafun vevifaa.. hope u all will like it. Enjoy reading.. If u like the story dont forget to leave a cmnt.. it really motivates me.. if i have to improve anything also let me know.. so that i can improve my writings in future..
    Thank u all In advance..

  3. mulla says:
    August 25, 2019 at 10:42 pm

    v v salhi mi part vx… kn irakun next part genesh dheyynii…. keep it ???????

    1. eysh says:
      August 25, 2019 at 10:45 pm

      Thank u so much dear.. varah ufaavehje kamudhiyaeema ??? next part In Sha Allaah lasnukoh genesdheveytho balaanan.. keep waiting ???

  4. Shadha says:
    August 25, 2019 at 11:04 pm

    The story is amazing hama.. eysh mihaa thanah liyefa huri hurihaa vaahaka eh ves ehaa reethi.. but rangalhu kollan beynun vaa thankolheh ebain. Ma liyumuge badhalu aharen beynun kureema kanneyge dho reethi vaanee.. ethankolhu rangalhu kolleema hama perfect vaane♥️♥️

    1. eysh says:
      August 26, 2019 at 8:04 am

      Thank u so much dear ?❤? varah ufaavehje kamudhiyaeema ?? In Sha Allaah thi faahaga kohli kanthah ra’ngalhukohlaanan kuriyah huri baithakuga ???❤

  5. Unique says:
    August 25, 2019 at 11:11 pm

    Maasha allah
    Just love the story
    Sissy you are just fab

    1. eysh says:
      August 26, 2019 at 8:05 am

      Thank u so much dear ?❤? varah ufaavehje kamudhiyaeema ?? ?

  6. Mimmi7 says:
    August 26, 2019 at 12:03 am

    Mi prt vx Hama obii??? Dhn kihineh baa vaanee… I don’t think kailaan naira rape kurihen… Maybe he was forced or blackmailed to not say anything in front of his mother n all others… I am so curious to knw who naabih is… BTW I loved this prt???

    1. eysh says:
      August 26, 2019 at 8:06 am

      Thank u so much dear ?❤? varah ufaavehje story kamudhiyaeema ?? ? thibuni kahala gotheh ves hama vedhaane. Hingaa dho balamaa ?? keep waiting for the next part ??

  7. Inaa says:
    August 26, 2019 at 7:01 am

    Ummmmm vahaka v reethi v asaruhadha eysh haadha molhey masha allah.????

    1. eysh says:
      August 26, 2019 at 8:05 am

      Thank u so much dear ?❤? varah ufaavehje story kamudhiyaeema ?? ?

  8. Shahu says:
    August 26, 2019 at 11:03 am

    Woooooww varah salhi ??????love you eysh❤️❤️❤️❤️❤️when next…

    1. eysh says:
      August 26, 2019 at 2:31 pm

      Thank u so much dear ?❤? varah ufaavehje story kamudhiyaeema ??? next part In Sha Allaah soon. Keep waiting ?❤

  9. Unbro says:
    August 26, 2019 at 11:17 am

    Obi.mivareh neh.rangalhukuran jehey kamehvx nei.⭐⭐⭐⭐⭐

    1. eysh says:
      August 26, 2019 at 2:31 pm

      Thank u so much dear ?❤? varah ufaavehje story kamudhiyaeema ???

  10. dhunna says:
    August 26, 2019 at 11:35 am

    Bravo. Story is Amazing. loved it.

    1. eysh says:
      August 26, 2019 at 2:32 pm

      Thank u so much dear ?❤? varah ufaavehje story kamudhiyaeema ???

  11. dhunna says:
    August 26, 2019 at 11:39 am

    when next? Waiting

    1. eysh says:
      August 26, 2019 at 2:34 pm

      In Sha Allaah soon ?

  12. IsHa says:
    August 26, 2019 at 1:43 pm

    Waoh… speachlesss… eyshge age bunedhyba if u dont mijd

    1. eysh says:
      August 26, 2019 at 2:32 pm

      Thank u so much dear ?❤? varah ufaavehje story kamudhiyaeema ???

  13. ?Neha? says:
    August 26, 2019 at 2:08 pm

    Finally ??hah.. Varah kiyaa laahithun hutta thi up kohlee.. ??Varah happy vefa mihury story kiyaalan libuny Ma.. Btw story Varah Vvvvvvvv reethi… ??????❤️❤️❤️❤️❤️❤️❤️❤️❤️?❤️??????Hama habbu… Bunaane ehcheh vec Neynge ehaa vec furihama…… ????speech less… Curiously waiting for the next part sissy avahah up kohdhehchey… Varah kiyaa hiyy vefa mihunnany…. ??????????????LYSM Sissy ???❤️❤️❤️❤️❤️
    ?MY FAV WRITER ?
    ❤️❤️LOABI LAOBI EYSH SIS ❤️❤️

    1. eysh says:
      August 26, 2019 at 2:34 pm

      Thank u so much dear ?❤? varah ufaavehje story kamudhiyaeema ??? v sweet.. In Sha Allaah next part ves avahah upkohla dheynan.. keep waiting.. ly2 dear ?❤

  14. jiji says:
    August 26, 2019 at 3:31 pm

    Wow eysh sis???..mi part vec hama v v v rythi..Sifakohlaafa hurileh vec v kamudhey..Kohme jumla eh kiyaaleveny v kiyaa hithun..nd hiyeh nuvey kailaan nairaa rape kuri heneh..Um waiting for da next..ly???

    1. eysh says:
      August 26, 2019 at 7:15 pm

      Thank you so much jiji ??❤? varah ufaavehje mi part ves kamudhiyaeema.. keep waiting for the next part.. ly2 ?❤??

  15. Kaily says:
    August 26, 2019 at 4:10 pm

    Wowww…… V salhi n luv u eysh sis❤️??❤️

    1. eysh says:
      August 26, 2019 at 7:16 pm

      Thank you so much kaily ??❤? varah ufaavehje mi part ves kamudhiyaeema… ly2 ?❤??

  16. Thiki.sis says:
    August 26, 2019 at 10:05 pm

    Vaahaka dhany reethi handhuvarehga kanduga baani nai reyeh ga dhoni dhaagothah ehaavx farikoh.baeh faharu vaahaka kiyaairu heevey fathihu 5 jahaairu ey koveli adu noon .hama vaahakayah vade amillayah 5jahaafa⭐⭐⭐⭐⭐??

    1. eysh says:
      August 27, 2019 at 4:49 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema.. means a lot ?????

  17. ލަމް says:
    August 26, 2019 at 10:14 pm

    ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. ހާދަ މޮޅެވެ. ވަރަށް ހިތްގައިމެވެ. ކޮންމެ ޖުމުލައެއްވެސް އެހާ ޝައުގުވެރިއެވެ އެހާ ފަށުވިއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަން މަޖުބޫރު ކުރުވައިފިއެވެ. އޭޝް ވަރެއް ހަމަ ނެތެވެ ތިޔައީ ހަމަ އެންމެ ލޯބިވާ ރައިޓާރއެވެ. ?????

    1. eysh says:
      August 27, 2019 at 4:49 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema.. very seeeeet ???❤? means a lot ?????

  18. Best buddy says:
    August 26, 2019 at 10:17 pm

    Super.?vana nuvaavaru 1.zuleyhaa 2kafunvevifaa 3yoosuf ???????????

    1. eysh says:
      August 27, 2019 at 4:50 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema.. ?

  19. Sheen says:
    August 26, 2019 at 10:25 pm

    Wowwww ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? Varah reethivefa varah furihamaeve. Sifakurunthah molhukamun mi part ithurah shauguveri vejje eve. Ivyage hiyvaru gadhakamun maa bodahves salhivejjeve. ♥️??❤️???♥️??????❤️??❤️??????❤️???❤️???❤️?????❤️???? V gina suvaaluthah ebahuri. Thiyaee kon naabih eh baaey eba hithah araa. Eynage loa karunun furenvee keevvebaaey hithah araa. Mi suvaalu thakuge javaabu libeyne kamah yageen kuramun kurish in bai kiyan kiyaahithun keiy madhuvefai huri vaahaka dhannavaalan ??????????????????????????????????? ILYSM keep it up. ?????????????????????????❤️??♥️?❤️??♥️?♥️?????

    1. eysh says:
      August 27, 2019 at 4:50 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema.. means a lot.. so sweeet of u.. keep waiting fr the next part.. ly2 ???❤?❤?

  20. Best buddy says:
    August 26, 2019 at 10:28 pm

    Vaahakaige photo ah ??????varah vaahakayaa gulhey photo eh.

    1. eysh says:
      August 27, 2019 at 4:51 pm

      Thank u so much dear ??❤? v ufaavehje kamudhiyaeema..?

  21. besty says:
    August 26, 2019 at 10:34 pm

    Alhey haadha reehchey. Hama speechless. Vvvvvv furihama.. Hurihaa kameh ves hama superb. Waiting for the next part. ???????????????????????????

    1. eysh says:
      August 27, 2019 at 4:52 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema..? means a lot.. keep waiting fr the next part.. ????

  22. Aimina says:
    August 26, 2019 at 10:37 pm

    Ohh vvvv salhi. Waiting waiting. ??????????

    1. eysh says:
      August 27, 2019 at 4:52 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema..?

  23. Bestie says:
    August 27, 2019 at 5:42 am

    V reethi dear when next.

    1. eysh says:
      August 27, 2019 at 4:52 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema..? next part In Sha Allaah soon ingey.. keep waiting ???

  24. 1234 says:
    August 27, 2019 at 1:17 pm

    Vara reethi mi part ves
    Waiting for the next part

    1. eysh says:
      August 27, 2019 at 4:53 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema..? keep waiting ???

  25. nai says:
    August 28, 2019 at 10:38 am

    Eysh koba story?

    1. eysh says:
      August 30, 2019 at 6:05 pm

      Upkohlaafa innaanee

  26. Naju says:
    August 29, 2019 at 4:21 pm

    Amazing ???

    1. eysh says:
      August 30, 2019 at 6:08 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema ?❤?

Comments are closed.

Next Episodeކަފުން ވެވިފާ…04←


All Right Reserved!