“އަހަންނަށް މަޢާފުކުރޭ… އަހަންނަށް މަޢާފުކުރޭ…” ރޮމުންދިޔަ ނާބިހްގެ ޖުމްލަތަކުން މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ******** ލިބުނު ކުއްލި ޝޮކްގައި އެންމެންވެސް ތިބީ ހުއްޓުން އަރާފައެވެ. ދޫތަކުގައި ތަޅެއް ލެވުނު ފަދައެވެ. ޙަދީޖާ ހުރިތަނަށް ތިރިވިއެވެ. ގަބުވެފައި ނަތާޝާ ހުރީ އަނގަމަތީގައި އަތް އެޅި ގޮތަށް ނަގަންވެސް ނޭނގިފައެވެ. ނާބިހްގެ ރުއިމުގެ އަޑާއި އެކުވެގެން އައީ ޙަދީޖާގެ ގިސްލުުމުގެ އަޑެވެ. މުށިތަކުގެ މަތީގައި ރޯން އިން ޙަދީޖާ ފެނުމާއިއެކު ނާބިހްއަށް އެެެދިމާއަށް ދެވުނެވެ. “ނާންނާތި… […]
ކައިޒީން ދިޔުމުން ޒިރާން އަނެއްކާވެސް ގޮސް އިށީންދެލީ ހަމަ ސޯފާގައިއެވެ. ކައިޒީން އެބުނީ ތެދެއް ނޫން ކަމުގައި ޒިރާންގެ ހިތް ބުނަނީއެވެ. އަދި ކައިޒީންއަށް ކަމެއް ވެއްޖެކަމަށްވެސް ޒިރާންގެ ހިތް ދިޔައީ ހުއްޓާ ނުލައި ބުނަމުންނެވެ. ނަމަވެސް ޒިރާންގެ ހިތްހަމަޖައްސާލީ ކައިޒީން އެއީ ދުވަހަކުވެސް އޭނާއަށް ދޮގު ހެދި ކުއްޖަކަށް ނުވާތީ އެކަން ހަނދާންކޮށްލަމުންނެވެ. އަދި އެތާ ނީދެ ޒިރާންވެސް ނިދަން ދިޔައީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުންނެވެ. އީނާޝް އެނދުގައި ދެފަރާތަށް ފުރޮޅެމުން ދިޔައީ ނުނިދިގެންނެވެ. އީނާޝްއާއި […]
*މަންމައޭތީ ލޯބިވާ މަންމާތީ، **ހިތް ރޮނީއޭ މަންމަ ފެނިލާށެ،**މަންމަ ކުޑަކުޑަ ވަގުތު ކޮޅަކަށް, **މި ހިތް ވަނީ ބޭގަރާރުވެފައެވެ،**މަންމަ ގާތުގައި ނެތުމުން ހިތް ކުދިކުދިވޭ،**މަންމަ ކާރީގައި ވުމަށް ހިތް އާދޭސްކުރެ،* ގިޓާއިން ރީތި މިއުޒިކެއް ކުޅެލަމުން އަހާނާ އޭނާގެ ހިތާމަތައް ލަވައެއްގެ ގޮތުގައި ހުށައަޅަމުން ދިޔައެވެ. *މަންމައަށް ހެޔޮ އެދި ދުވާކުރަމެ،**މަންމައަށް ހެޔޮ އެދި ދުވަކުރަމޭ،**ހިތުގެ އަޑިން މަންމާ ބުނަމެ،**މަންމައަށް ހެޔޮ އެދި ދުވާކުރަމޭ،*. ލަވަ ކިޔާ ނިމުނު އިރު އަހާނާގެ ދޮން މޫނު ހުރީ އެއްކޮށް […]
“ބެ…ބެ..ބެން…ޝޭ..ޝޭން…..އަވަ….އަވަސް…” ދާނިޝްއާ އިއްބާން ގެ ގައިންވެސް ހީބިހިހިލުވީ އައިރީން ދުވެފައިކަހަލަ ގޮތަކަށް އައިސް ތުރުތުރު އަޅާ އަޑަކުން ބުނެލި ގޮތަކުންނެވެ. ****************** މާނޭވާ ލަމުންދިޔަ އައިރީންއަށް ބަލާލަމުން އިއްބާން ހަލުވި ފިޔަވަޅުތަކެއް ނަގަމުން އައިޝަމް އޮތް ކޮޓަރިއަށް ވަދެވުނު ގޮތެއްވެސް ނޭނގުނެވެ. ފެނުނު މަންޒަރަކުން އިއްބާންގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ފަދަ އިހްސާސެއްކުރެވުނެވެ. އޭނާއަށް ފެނުނީ އެނދުމަތީގައި އޮތް އައިޝަމްގެ ތުރުތުރު އަޅާ އަތް ހަރަކާތް ކުރަނިކޮށެވެ. އެވަގުތު ކޮޓަރީގައިވާ ހަމަހިމޭންކަން ނައްތާލީ މެޝިންތައް އެލާރޓް […]
“ޝާޔާ! ނޫންކަމަށް ހެދިފައި މިމަގުގެ އެފަރާތަށް ބަލާލަބަ. އެއްވެސް ދިމާލަކުން ރަތްކުލައިގެ ހެދުމެއް ލައިގެން ހިނިތުންވެފަ ހުރި ކުއްޖެއް ފެނޭތަ؟” “ކޮންތާކު؟ ކޮބާ؟” އަހަރެން ނިތްކުރިން ދާތިކިތަށް ހިލެމުންދިޔައެވެ. ހަށިގަނޑަށް ހޫނުވާންފަށައިފިއެވެ. ދުވެފައި ކަހަލަގޮތަކަށްގޮސް އަހަރެން ޓިއުޝަން ކުލާހަށް ވަނީމެވެ. ޓިއުޝަން ކުލާހުގައި އިންއިރުވެސް އަހަންނަށް ބެލެނީ ބޭރަށެވެ. އެއްވެސް ވަރަކަށް ކުލާހުގައި ދިން ފިލާވަޅަކަށް ސަމާލުކަމެއް ނުދެވެއެވެ. ނިމޭގަނޑި ގާތްވަމުންދިޔަވަރަކަށް އަހަރެންގެހިތް ބޮޑަށް ތެޅެންފަށައިފިއެވެ. އަހަރެން ގެއަށް ދާކަށް ބޭނުމެއްނޫނެވެ. ނޫނެކެވެ. އަހަރެން މަގުމައްޗަށް ނުކުންނާކަށް ބޭނުމެއްނުވެއެވެ. މިއަދު […]
“ކޮންމެހެން ރޯނެކަމެއް ނެތް… ތި ކަރުނަތަކުން އަސަރުކުރާނީ މަންމަމެންނަށް… އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރާނެ… މަންމައާއި ބައްޕަ ޝަބާ ބުނާހާ އެއްޗެއް ގަބޫލުކުރިޔަސް އަހަންނެއް ނުކުރާނަން… ފެންނަހާ ފިރިހެނެއްގެ ފަހަތުން އުޅެން ޖެހޭތަ؟؟… ކިހާ ދެރަކަމެއް… އަހަރެން ހިއެއް ނުކުރަން ތިއީ އެހާ ދަށުދަރަޖައިގެ މީހެއް ކަމަކަށް… ފައިސާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނަންދޯ؟” ރަޔާން އެންމެ ފަހުން ބުނެލި ވާހަކައިން، އަހަރެންގެ ކަރުނަތައް ކުއްލިއަކަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން ރަޔާންގެ މޫނަށް ބަލާލެވުނެވެ. ********************** […]
އެވަގުތު ބޭރު ތަޅުގައި ހިފާލި އަޑު އިވުމާއިއެކު އަޒްހާން ދޮރާއި ދުރަށްޖެހިލިއެވެ. އެ މޫނުމަތިން ކަނިނުވާ އުއްމީދެއް ފެނުނުއިރު ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތީ ބޭރުގައި ހުރި މީހެއްގެ ކަންފަތަށްވެސް އުނދަގޫވާވަރަށެވެ. ތޫލި އަޑާއިއެކު ދޮރުހުޅުވިގެންދިޔައެވެ. ހައިލާއަށް ނަޒަރެއްދެމުން އަޒްހާން ކުރިއަށް ފިޔަވަޅެއްއަޅާލިއެވެ. އެއާއިއެކު ފެނުނު މަންޒަރަކުން ހައިލާއަށް ހަޅޭލަވައިގަނެވުނެވެ. ދޮރުގެ ދޭތެރެއިން ވަތް ކޮޅު ހިމަ ވަޅި އަޒްހާންގެ ބަނޑަށް ވަދެގެން ދިޔައީ އޭނަ ބަލަބަލަ ހުއްޓައެވެ. އޭރު އަޒްހާން ހުރީ އަމިއްލަ ދިފާއުގައި ހަރަކާތެއްވެސް […]
އިރުގެ އަލްވަދާއުއާއިއެކު އުދަރެސް ރަތްކުރަމުން ދިޔަ ކުލަތަކަށް ބަލަހައްޓައިގެން އަލްހާން ހުރީ އޭނަގެ މޭޒުގެ ފަހަތަށްވާގޮތަށްވާ ބިއްލޫރި ބިތުގެ ކައިރީގައެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން އިރުއަރާ އޮއްސިގެންދިޔަސް ވަގުތު ދިރިއުޅުމުގެ ހާލަތަށް ބަދަލެއް ގެނުވައިފިއެވެ. ގުޅުންތައް ހީނަރުކޮށް ދިރިއުޅުމަށް ހަނަފަސްކަމެއް ގެނުވައިފިއެވެ. އަމާންއޮމާންކަމާއިއެކު ކުރިއަށް ދިޔަ ހަޔާތަށް ބިޔަ ރާޅެއް ބިންދާލީއެވެ. މަންޒިލާއި ގާތްވަމުންދަނިކޮށް ރާސްތާ އަޑިގުޑަންވީއެވެ. މަޑުންމަޑުން އަނދިރިކަމުގެ ތެރެއަށް ގެއްލެމުންދިޔަ އިމާރާތްތަކުން ނަޒަރު ވަކިކޮށްލަމުން އަލްހާން އަނެއްފަރާތަށް އެނބުރިލިއެވެ. މޭޒުގެ ކުރިމައްޗަށް ބަހައްޓާފައި ހުރި ބޮޑު […]
“ކައިކް ޕްލީޒް… އަހަންނަށް ތިހެން ނުހަދާ… ހެޔޮނުވާނެ…” ނައިރާއަށް ރޮވުނެވެ. ******** “އަހަރެން ދައްކާ ވާހަކަ އަޑުއަހާލަދީ…” ނައިރާ އާދޭހާއިއެކު އެދުނެވެ. ކައިލަންގެ ގައިގައި އަތް ޖައްސައިލި ނައިރާ ސިހުނީ ކައިލަން އެ އަތް ފޮޅުވައިލުމުންނެވެ. ލިބުނު ސިހުމުގައި މެޔަށް ތޫނު ތަދެއް އެރިއެވެ. ނައިރާއަށް އޭނަގެ މޭގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު ކަރުނުން ދެލޯ ފުރެމުން ދިޔައެވެ. “އިތުރަށް ކޮން ވާހަކައެއް ދައްކަން؟… ތި ދައްކާ ވާހަކައަކުން ނައިރާ ކުރި ކަމެއް ނުކުރާ ކަމަކަށް ވޭތަ؟…” […]