ދޮންމަންމަ
އީޝަލް އަކީ ވަރަށް އަޚުލާޤު ރަނގަޅު އަންހެން ކުއްޖަކު އުޅުނެވެ. އީޝް އުޅެނީ އޭނާގެ ދޮންމަންމަ އާއި އެކުގައިއެވެ. ދޮންމަންމަ އަބަދުވެސް އޭނާ އައް ކިޔެވުމުގެއެއްވެސް ޙައްޤެއް ނޯންނާނެއޭ ބުނެއެވެ.
އެއްދުވަހެކެވެ. އީޝް ސްކޫލައް ދާން ތައްޔާރުވެގެން ނިކުމެވުނީ ދޮންމަންމަގެ ކުރިމައްޗަށެވެ. “އޭތް!!! އީޝަލް! ކޮންތާކައް ތިޔަދަނީ މާނަލަ ހެދިލައިގެން.. އޭނ.. ނުދެވޭނެ ސްކޫލަކައް. ތިޔަ ތާކައް ދިޔައީމައި ކާކު ކައްކާ ސާފުކުރާނީ؟ އޭނ.. އަހަރެން މިހާރު މަސައްކަތް ކޮށްކޮށް ވަރުބަލި ވެއްޖެ. ދެންވެސް ބަލަން ނުހުރެ ދޭބަލަ.. އަހަރެން މިދަނީ ސަންފަމެން ގެއައް.. ތާސް ގަނޑެއް ޖަހާލަން.. އަންނަން ވާއިރައް ސައިހަދާތި.. މިހާރު އެއޮތް ހަތެއްޖެހީ.. މަ ވަރަށް ބަނޑުހައި ވެއްޖެ..”. ވަރަށް ރުޅި އައިސް ހުރެ ދޮންމަންމަ ބުނެލިއެވެ. “ލައްބަ މަންމާ… އެކަމް….. މީ މީ.. އަނެއް…. މީ” ދެރަވިވަރުން އީޝް އަކައް ބުނަން އުޅުނު އެތި ނުވެސް ބުނެވުނެވެ. “ކޮން މީ މީ އެއް…. އޭނ……” އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ. “މަންމާ! އަހަރެން ބޭނުން ސްކޫލައްދާން… އަދި ކިޔަވަންވެސް”. “ބުނެފީމެއްނު ނުދެވޭނޭ.. ބުނާ އެއްޗެއް އަޑު ނީވެނީތަ.. އެހެންނޫނަސް ދެން މަށަށް މަންމާ ކިޔާފައި ނުގޮވާތި.. މަމީ ކަލޭގެ މަންމަ އެއް ނޫން… އަޑު އިވިއްޖެ.. ކިޔާނީ މޭމް..” ހަރުކަށި އެއަންހެނާ އީޝް އާއި ދިމާލައް ވަރަށް ހަޑިކޮށް ވާހަކަ ދެއްކިއެވެ. އީޝް ދޮންމަންމަ ކުރިމަތީގައި ކަރުނަ ބާލަ ބާލައި ހުއްޓެވެ. “އޯކޭ…. މޭމް..”. އީޝް ފަހުބަސް އަޑައް ބާރުލައިފައި ބުންޏެވެ. “ހޫމްމމ… ވަރަށް ރަނގަޅު..” މިފަހަރު އަޑުގައި ހަރުކަށި ކަމެއްނެތަސް ބޮޑާކަން ވިއެވެ.
އެދުވަހުން ފެށިގެން އީޝަލް ސްކޫލަކައް ނުދެއެވެ. ދޮންމަންމަގެ ވިހަގަދަ ބަސްތަކުން އީޝް ރޮއްވާލައެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް އީޝް ލައްވައި ކުރުވައެވެ. ބައެއްފަހަރު އީޝް އައް ދެރަވެގެން އެއްޗެކޭ ބުނެވިއްޖެއްޔާ ދަނޑިބުރިން ތަޅާ ހަދައެވެ. ދޮންމަންމަގެ ކަމަކީ ރައްޓެހިންނާއެކީ މަޖާ ކޮށްކޮށްފައި ޓީވީ ބަލާފައި ނިދުމެވެ.
އުޑުމަތި ސާފު ރީތި ދުވަހެކެވެ. އާދައިގެ މަތިން އީޝަލް އޮތީ ގޯތިތެރެ ކުނިކަހާށެވެ.ވަގުތަކީ ކުދިންތައް ސްކޫލައްދާ ގަޑިއެއެވެ. އެމަގުންލާފައި ދިޔަ ހަނާ އައް އީޝް ކުނިކަހަން އޮއްވާ ފެނިގެން ގޮވާލައިފިއެވެ. “އީޝް.. ބަލަ ނުދަންތަ ސްކޫލަކައް.. އެއޮތް ގަޑިޖެހެނީ..” އީޝް ފުންނޭވައެއް ލާފައި ބުންޏެވެ. “ހަނާ.. ކީއްކުރާނީ މީ އަހަރެންގެ ޙާލު.. އިނގެއެއްނު އަހަރެންގެ ދޮންމަންމަގެ ގޮތް.. އަހަރެންނައް އޭނައާއި ޚިލާފައް ނޭޅޭނެ އެންމެ ފިޔަވަޅެއްވެސް..” “އަހަރެންނަށް ވިސްނޭ” މިހެން ކިޔާފައި ގަޑި ޖެހޭތީވެ ސްކޫލައްދާން ހިނގައި ގަތެވެ.
ދުވަސްތައް ހަމަ އެގޮތުގައި ފާއިތުވަމުން ދިޔައެވެ. އެއްބަޔަކަށް އުފާވެރި ޚަބަރު ލިބޭއިރު އަނެބަޔަކަށް ލިބެނީ ހިތާމަވެރި ޚަބަރެވެ. އެއްދުވަހެކެވެ. ގެއައް މީހަކު އައިސް ސަލާމް ގޮވާލިއެވެ. “ވަޢަލައިކުމް ސަލާމް” އަތް ފުހެމުންގޮސް އީޝަލް ސަލާމް ބަލައިގަތެވެ. ފިރިހެނެކެވެ. އަޅާފައި ހުރި ޔުނީފޯރމުން ހީވަނީ ޕޯސްޓް ބަހާ މީހެއް ހެންނެވެ. ކޮނޑުގައި މުށިކުލައިގެ ދަބަހަކާއި އަތުގައި ނޯޓް ފޮތަކާއި ގަލަމެއްގެ އިތުރުން ބޮލުގައި ތޮތްޕެއް އޮތެވެ. އެމީހާ ވާހަކަ ދައްކަން ފެއްޓި އެވެ. “އާދެ މީ މަރިޔަމް އީޝަލް އައް ދިން ސިޓީ އެއް.” މިހެން ކިޔާ އީޝް އައް ސިޓީ ދިއްކޮށް ލައިފައި އެނޯޓް ފޮތުގައި ސޮއިކޮށްލާށޭ ކިޔައިފައި ގަލަމާއި އެއްކޮށް ދިއްކޮށް ލިއެވެ. ސޮއިކޮށްލާފައި ސިޓީ ހުޅުވައިލާ ކިޔަން ފެށިއެވެ. އީޝް އެސިޓީ ކިޔައި ނިމުނުއިރު ރޮވިއްޖެއެވެ. ވަގުތުން ދުވެފައި ގޮސް ހަނާއަތައް ދިނެވެ. ” އީޝަލް އައް. އީޝަލް. އީޝަލް މިހާރުވަނީ ގިނަ ދުވަސް ތަކެއްގައި ސްކޫލައް ނުދިއުމުގެ ސަބަބުން ސްކޫލުން ވަކި ކުރެވިފައިއެވެ. އަދި މިސިޓީ އާއި އެކު އީޝަލް ގެ ލީވިން ސެޓްފިކެޓް ފޮނުވިފައި ވާނެއެވެ. ޝުކުރިއްޔާ. ޕްރިންސިޕަލް.” ހަނާ އަވަހައް ގޮސް މަންމަ ހީނާ އަތައް ދިނެވެ. “ކީއްވެ؟” ހަނާ ހީނާ އައް ހުރިހާ ވާހަކައެއް ކިޔާ ދިނެވެ.
ހީނާ ވަގުތުން ސްކޫލައް ގޮސް ވީގޮތް ކިޔާދިނެވެ. ޕްރިންސިޕަލް ބުންޏެވެ. “އަމް ސޮރީ އީޝް. އީޝް ގެ ދޮންމަންމަ އައް ޖެހޭނެ ހައްޤު އަދަބު ދޭން..” ދޭނެއަދަބަކާއިމެދު ވިސްނާފައި ހީނާ ބުންޏެވެ. “އީޝްގެ ދޮންމަންމަ އަހަރުމެންގޭ ނޯކަރްކައް ގެންނާނީ.. އަދި އީޝް އުފުލި ބުރަ އުފުލާނީ..” “ކަރްރެކްޓް” އެންމެން އެއްފަހަރާ ބުންޏެވެ.
އެދުވަހުން ފެށިގެން ހީނާ މެންގެގޭ ހުރިހާ މަސައްކަތެއް ކުރަނީ އީޝަލްގެ ދޮންމަންމަ އެވެ. އަދި އީޝަލް ހުރިހާ އެންމެންނައް ހިތުގެ އަޑިން ޝުކުރު އަދާ ކުރިއެވެ.
– ނިމުނީ –
24 Comments!
Comments are closed.




Woooooww varah salhi. Ekamaku there was a mistake in the first sentence. It’s eeshal akee varah ahlaag rangalhu anhen kuhjekeve. Ok. Varah salhi mi story ? ? ? ? love you. Keep it up. When next story. Waiting…. ❤️❤️❤️❤️
thnx shahu
yeah hama eh nujehey dhw
nxt story very soon
Oohh.. Mi Eeshal dhw.. ??. Vrh salhi ingey. Keep it up bestie.
thnx
Here is my second story hope u all readers will luv this story too
next story very soon Insha Allah
Warah gina thanthanuga sukun nubaikan phaahaga kohlan…. shawuyani sukun jahan jehey gina thanthanuga alif sukun hury… waahaka nice.. next time rangalhukohlaaathi ?
thnx fr the comment i’ll try
miyah kiyaatha vaahaka.. kuda kudhin hih russan kiyaa kahala vaahaka mee.. website ehgga shaairu kuran gaabil eh noon mi vaahaka eh
thnx fr telling
Adhi vx mistakes ebahuri kohmes varakah..ekan rangalhu kollahchey A aar???..Good luckk
i’m trying n thnx for commenting
Mistakes ebahuri rangalhu kuran jehe
thnx
Mistakes ebahuri konmes vaarakah ??. Vaahaka Reethi ???
yeah i knw thnx ryn
??
thnx
vaahaka liyun ehaa rangalheh noon
thnx.. i’m trying my best to improve
މި ވާހަކަ ދޯންމަންމަގެ
thnx
Varah reethi mi vaahaka ves. ……..A aaR ge faraathun gina vaahaka thakeh libeyne kamah unmeedhu kuran ☺️❣️
jazaakallah khairan
Nice ♥️♥️♥️♥️