ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ މާހައުލަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. އެއާރޕޯޓު ތެރޭ ހަރާކާތްތެރިވާތަން ބަލަން 13 އަހަރުގެ ޒައިން ހުއްޓެވެ. އެކިކޮޅުކޮޅަށް މީހުން ދާތަން ބަލަން ހުރެވުނީ ޝައުޤުވެރިކަމާއެކީގައެވެ. ޒައިން އަށް ހޭވެރިކަން ވީ ބައްޕަ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ” ދަރިފުޅާ…!ބޯޓު ޖައްސައިފި…!” ޒައިން ގަޔާ ކައިރިކޮށްލަމުން އަލްހާން ބުންޏެވެ.ޒައިންގެ މޫނުމަތީ ވިދާލީ އުފާވެރިކަމެވެ. އޭނާ އަވަސްވެގަތީ އެރައިވަލް ގޭޓާ ދިމާލަށް ދިއުމަށެވެ. އޭރު ޔަނާ ދެބަފައިންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެދެމީހުންނަށް ގޭޓާ އަރާހަމަނުވެވެނީސް ދަތުރުވެރިން […]
ކައި ނިންމައިފައި ގޮސް ކާރަށް އެރިއިރުވެސް ރިޔާޝްގެ ތެޅެމުންދިޔަ ހިތަށް ލުޔެއް ނުލިބެއެވެ. ހިތަށް އަރަމުންދިޔައީ ރަޔާ އޭނާއާ ދޭތެރޭ ދެކޭނެ ގޮތެކެވެ. އެ ލޯތްބަށް އޭނާ ފުރަގަސް ދެމުންދާއިރުވެސް އޭނާ ކުރިމަތީ ހުންނަން ރިޔާޝްގެ ހިތް އެދޭވަރުން ބުނަން ނުކެރެނީއެވެ. ދޫ ބަންދު ކުރެވިފައި ވަނީ އޭނާގެ މަންމަގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާހެދިއެވެ. ކާރުގެ ހުންގާނުގައި ހިފާލަމުން ރިޔާޝް އޭނާގެ ހިތަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރިއެވެ. އޮފީހަށް ގޮސްހަމަޖެހިލަމުން ރިޔާޝް އޭނާގެ ކޮމްޕިއުޓަރަށް ނަޒަރު […]
“އައިލީން!!!!…..” މުޅި ކެބިންގައި އެއްއަޑަކުން ގުގުމާލައިގެން ދިޔައީ އައިޝަމްގެ ރުޅިވެރި ހަޅޭކުގެ އަޑެވެ. * * * * * * * * * * * * * * * * * މަގޭ ގަމީހަށޭ ތި ކޮފީތަށި ވަރާލީ…” އައިޝަމް އޭނާ ލައިގެންހުރި ހުދުކުލައިގެ ގަމީހަށް ބަލާލުމަށްފަހު އައިލީންއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. އައިލީންހުރީ ދެލޯބޮޑުކޮއްލައިގެން އަނގަމަތީގައި އެއްއަތް އަޅާލައިގެން އައިޝަމްއާ ދިމާލަށް ބަލާލަންވެސް ނުކެރިފައެވެ. ކުރިމަތީގައި ދެންމެ ހިނގާދިޔަ […]
ރައުލްގެ ވިސްނުން ހުރި ގޮތް އިނގުމުން މަލްޝާއަށް އެއަށް ވުރެ ބޮޑަށް ރޮވުނީއެވެ. އިތްފަތްތެރިކަން ގެއްލުމަކީ ކުޑަ ކަމެއް ހެއްޔެވެ؟ އުމުރު ދުވަހަށް މިކަން ސިއްރު ކުރެވޭނޭ ރައުލްއަށް ހީވަނީ ހެއްޔެވެ؟ އާނއެކެވެ. ރައުލްގެ ނަން ސިއްރު ވެދާނެއެވެ. ފިރިހެންކުއްޖާގެ ނަން ބަލާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ބޭޒާރު ވާނީ މަލްޝާއެވެ. ހުރިހާ ވޭނެއް އުފުލަން ޖެހޭނީވެސް މަލްޝާއަށެވެ. މަލްޝާގެ ހިތުގައި ރައުލްއަށްޓަކައި ވީ ހުސް ޝަކުވާއެވެ. ނަފްރަތުކުރަން ބޭނުންވިޔަސް އެކަމެއް ނުވިއެވެ. މަލްޝާ އަނެއް ފަރާތަށް އެނބުރުނީ ރައުލްއަށް ކަރުނަތައް ދައްކަން ބޭނުން ނުވާތީއެވެ. ” ލުކް މަލްޝާ… އައި ޔޫސްޑް ޕްރޮޓެކްޝަން… ސޯ ނޯ ނީޑް ޓު ވޮރީ […]
“ސޮރީ… ބަލާނުލާ އާދެވުނީމަ ވީ ގޮތް… އަހަރެންގެ މިސްޓޭކް…” ކޮންމެވެސް ތަނަކުން އިވިފައިވާ އަޑެއްހެން އަހަންނަށް ހީވިއެވެ. ފޯނުން ނަޒަރު ވަކިކޮށްލަމުން، އިސްއުފުލާ އެމޫނަށް ބަލާލެވުނެވެ. ސާފުކޮށް އެމީހެއްގެ މޫނު ފެނުނު ނަމަވެސް، އެއީ ކާކުކަން ދެނެގަންނަން ވަގުތުކޮޅެއް ހޭދަވިއެވެ. ކުރިމަތީގައި ހުރީ ކާކުކަން އެނގުމުން، ފަހަތަށް ދެފިޔަވަޅެއް އަޅާލެވުނީ ޖެހިލުންވިވަރުންނެވެ. ހީވެސް ނުކޮށް ހުއްޓާ ކުރިމަތިން ފެނުމުން، ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ********************** އެތައް ދުވަހެއް ފަހުން ދިމާވިޔަސް، އެ ސޫރައަށް މާ ބޮޑެތި […]
”އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން އެއީކީ..” ކާރުގެ ޑްރައިވަރު އިސްދަށަށް ޖަހައިލައިގެން އިނެ ފުލުހުންގެ ކުރިމަތީގައި ބުނެލިއެވެ. ”އަހަރެން ދިޔައީ މީހުންތައް އެހެން ނުދަނީ ހެން އަވަހަށް ދާން.. އެކަމަކު ކުއްލިއަކަށް އައިސް މީހަކު ކުރިމައްޗަށް އެރުމުން އަހަންނަށް ކާރުގެ ބުރެކި ޖެއްސުން ވީ އުނދަގޫ ކަމަކަށް.. ވަރަށް ބާރަށް ދާން ދިޔައީ.. އަހަރެން އިނީ ކުރިމަތިން ފެނުނު ކަންތައް ގަބޫލުކުރަން އުނދަގޫވެފައި.. އެއޮށް ކުޑަ ވަގުތު ކޮޅު ތެރޭގައި ހުރިހާ ކަމެއް ވެ ދިޔުމުން.. […]
އިސްއުފުލާލަމުން ކުރިމަތި ބަލާލި ވަގުތު ލޫންގެ މޫނު އެއްކޮށް ހުދުވިއިރު ދެލޯވަނީ ބޮޑުކޮއްލެވިފައެވެ. ************************* އެ އަޅިކުލައިގެ ދެލޮލާ އެ މޫނުމަތީގައިވާ ހިތްހެޔޮ ހިނިތުންވުން ލޫންއަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ އިތުރު ދެވަނަ މީހެއްނޫނެވެ. ދާނިޝްއެވެ. “ސޮރީ..ސޮރީ….ވަރަށް ތަދުވިތަ؟…” އެހެން ބުނަމުން ދާނިޝް ލޫންއާ ދިމާލަށް ބަލާލަން އުޅުމާއެކު ލޫން އަވަސް ހަރަކާތަކާއެކު އިސްދަށަށް ޖަހާލަމުން ކުރިއަށް ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ. ދާނިޝް ލޫން ދިޔަދިމާލަށް ބަލަން ހުރުމަށްފަހު ދެކޮނޑު އަރުވާލަމުން ކުރިޔަށް ހިނގައިގަތީ ފުންނޭވާއެއް ލަމުންނެވެ. […]
” ދަރިފުޅާ ލަޔާން، ދަރިފުޅާ އަވަހަށް ތެދުވޭ ނަމާދަށްދާން، މިހާރުއެޔޮށް ފަތިސްވަނީ.” ފާއިޒާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ލަޔާންއަށް ގޮވާލިއެވެ. “ލައްބަ މަންމާ މި ތެދުވަނީ” އާފުރެލަމުން ލަޔާން ތެދުވެ އިށީންދެލަމުން ބުނެލިއެވެ. ލަޔާންއާ ފައިޒާއާއި ދެމައިންއަކީ ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނަ އުފާވެރި އާއިލާއެކެވެ. ލަޔާންގެ އުމުރުން 16 އަހަރުގައި ފާއިޒާގެ ފިރިމީހާ، ލާޔާންގެ ބައްޕަވަނީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެފައެވެ. އޭގެފަހުން 5 އަހަރު ފާއިތުވެ ގޮސްފަވިޔެއް ކަމަކު އަދިވެސް އެކުޑައާއިލާ އެންމެންގެ […]
އައިނާ އާއި ދިމާ ނުކުރެވުނު ‘ނަމަ’ އެވެ. ނަމަވެސް، ‘ނަމަ’ އަކުން ކެއްކޭނެ ރިހައެއްނޯންނާނެކަން ރީމާ ދަނެއެވެ. *********** އަޝްހާމެން ކާރަށް އެރުމުން ރީމާ އެކަނި ހިނގާލާފައި ދިޔައެވެ. އެހެންނާ މަގުމަތިން ފިރިހެން ކުއްޖެއް ފެންނައިރަށް ތުއިވާ ރީމާ މިއަދު އިނީ އިސް ޖަހައިލައި ގެންނެވެ. ރީމާ ގެއަށް ގޮސް ފެންވަރައިލައިގެން ކާން ނިކުތެވެ. ވަރަށް މީރުކޮށް ކުކުޅު ހަދާފައި ހުއްޓެވެ. އަވަހަށް ކައި ނިންމާލައިފައި އަނގަ މީރު ކޮށްލަން ކިއްލިއެއް ގަންނަން ދިޔައެވެ. އެހެންނާ ބާރުކޮށް […]