ވިހަ އޮތަކަސް ބަލި އެނދުގާ ބަލިވެފަ މަޑުމޮޅި ކަމުގާ ހެލިފެލި ނުވެވުނަސް އަދުގާ އުޅެފާ މިހިރީ ކުރިން ހަނދުގާ މާޒީގެ ޙިޔާލަށް ގެނބިގެން ތަންމައްޗެއްގައި މަޑު އޮވެގެން ކުރުގޮތަކަށް ފޮނިކޮށް ބުނެދެން ކުރުވި ހަޔާތް މަގެ ލިޔެގެން ފައިސާގެ ދަޅައިގައި ޖެހިފާ ނަފްސު މަށަށް މަގެ ފެނިފާ އުޅެވުނު ދުވަސްތައް ހެވިފާ ޖަހަމުން ދިޔަ ބެރަކަށް ނެށިފާ ހުރިކަމުގާ ނުބަލާ މަންމާ ހުރިތަނުގާ ދޫކޮށް ބައްޕާ މުޅިތަނުގާ އާޓު މަ ދައްކާ ވިހަ […]
މަޖީދީ މަގަށް ނުކުތްއިރު ތުނިކޮއް ވާރޭ ވެހެމުންދިޔައެއްކަމަކު ލޫން އަޅައެއްނުލިއެވެ. މަގުމައްޗަށް ނަޒަރެއް އެއްލިވަގުތު ފެނުނު މަންޒަރަކުން ލޫންގެ ހިންގުން ހުއްޓި މުޅި މީހާ ގަބުވިއިރު ހީވަނީ ބޮޑު ބިރެއް ފެނުނުހެންނެވެ. އެއީ އިތުރު ދެވަނަ މީހެއްނޫނެވެ. އިއްބާންއެވެ. ދެން ފެނުނު މަންޒަކުން ހީވީ ލޫންގެ ހިތް މިލިޔަން އެތިކޮޅުތަކަށް ކުދިކުދިވެގެން މުޅިތަނަށް ވިހުރިގެން ދިޔަހެންނެވެ. * * * * * * * * * * * * * * * […]
ބޯޑުގައި ލޮނުގަނޑު ކަފަމުން އައިސް ފުށީގެ ހުދު ދޮންވެލިގަނޑުގައި ބީއްސާލުމާއެކު އޭނާ ގޮނޑުދޮށަށް ފުންމާލިއެވެ. ބޯޑު އަތަށް ނަގަމުން އޭނާ އަނެއްކާވެސް ފިތަކަށް ފިއްތާލިއެވެ. އެއާކު އިހުހުރި ގޮތަށް ހަތިޔާރަކަށް ބަދަލުވިއެވެ. ފުންނޭވާ އެއް ދޫކޮށްލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. ރަށުތެރެއިން ލާފައި ގޮސް އޭނާ ހުއްޓުނީ ބޮޑު ވެލިފުނިތަކެއް ކައިރީގައެވެ. އެދިމާލުން ބިންމަތީގައި ހުރި ވެލިތައް ފަރާތަކަށް ޖައްސާލަމުން އޭނާ ދެފަހަރު ބިންމަތީ ޖަހާލިއެވެ. ހަމަ އެއާއެކު ފެނުނީ ވެލިފުނިތަކުން ދޮރެއް ކެހުނުތަނެވެ. ބަލަން ނުހުރެ […]
” އަޒާން އާ އެއްކޮށް މިއަދު އުޅުނު ސްކޫލަށް އަލަށް އައި ކުއްޖާއަކީ އޭނަގެ ޖީއެފް އޯ… ކޮންމެސް މަލްޝާ އެކޯ ކިޔަނީ… ” ކައިރީގައި ހުރި މޭޒެއްގައި އިން ކުއްޖަކު ބުނެލި އަޑު އިވުމާއެކު މަލްޝާގެ ދެލޯ ބޮޑުވެ އަނގަމަތީގައި އަތް އެޅުނެވެ. ” ވަޓް؟! ” އެ މީހުން ދެއްކި މޮޔަ ވާހަކަ އަޑު އިވިފައި މަލްޝާއަށް ހެވުނީއެވެ. އެއީ ދުވަހަކުވެސް ވެދާނެ ކަމެއް ހެންނެއް މަލްޝާއަކަށް ހިޔެއް ނުވެއެވެ. މި މީހުން ހަަމަ ރަނގަޅަށްވެސް ޖޭ ވަނީ އޭ މަލްޝާގެ ހިތަށް އެރިއެވެ. ” ޒާން ބޭބީ… ލެޓްސް ގޯ އައުޓް… ” މަލްޝާ ތުއި އަޑަކުން ބާރަށް […]
“އައިނާ އާ ޔޫ އޯކޭ؟؟؟” ރީމާ އައިނާގެ ކޮނޑުމަތީ ކަނާ އަތް ބާއްވާލަމުން ބުންޏެވެ. *** އައިނާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތިން މިފެންނަނީ ހުވަފެނެކޭ ހިތާ ކަނާއަތުން ވާއަތުގައި ބާރަކަށް ވިކައި ގަތެވެ. “އައުޗްޗްޗް!!!!!” މިތަން ފެނި ރީމާ އަށް ކުޑަކޮށް ހެވުނެވެ. “ހެއި….. އައިނާ! އިޓްސް ނޮޓް އަ ޑްރީމް!!! އުމްމްމް… އައިނާ އަނެއް.. މީ.. ކުރީގައި މިދެމެދުގައި ވެފައިހުރި ކަންތަށް ޕާސްޓް އަށް ދޫކޮށްލައިފައި ކޭން ވީ ބޯތް ބީ ގުޑް ފްރެންޑްސް؟ އިނގޭ.. […]
އެންމެ ފަހުން އީނާޝް އެކަމާ ނުވިސްނާ ކުޑަވަގުތުކޮޅަކަށް ނިދާލަން ވަނެވެ. އޭރު މެންދަމުން އަލިވެ ފަހެއް ޖަހަނީއެވެ. ޗެކިން ހަމަޖެހިފައި އިނީ ހެނދުނު ހަތެއް ޖަހާއިރުއެވެ. ****** މާލޭގެ އުސް އިމާރާތްތަކާއި ފެހިކަން ގަދަ ގަހެއް ނެތް އެ މާހައުލު ފެނިފައި އަނެއްކާވެސް ކައިޒީންގެ ގާތަށް އައީ އަމަށަކު ފޫއްސެއް ނޫނެވެ. އުފަން ބިން ދެކެވެސް ކައިޒީން އެއަންނަ ރުޅިއެއް ބުނެދޭންވެސް ނޭނގޭ ކަހަލައެވެ. ފެރީގައި އިން އިރުވެސް މޫނުމަތީގައި އަތް އަޅައިގެން އިން ގޮތުން ހީވަނީ […]
ގޭގެ މައިދޮރުގެ ބެލްގެ އަޑާއިއެކު ތަށިތައް ދޮންނަ ހަވާލުވެގެން ހުރެފައި ޒޭބްއަށް ދޮރުހުޅުވަންދާން ޝަލީން އެންގިއެވެ. އެއާއިއެކު ތަށިތައް ޑިސްވޮޝާރއިން ނެގި ގޮތަށް ހޯލްޑަރުގައި ބެހެއްޓުމަށްފަހު ޝަލީން މޭޒުމަތީގައި ފޮނި އެއްޗެހި އަޅާފައިވާ ޓްރޭތައް ނަގަން މޭޒާއި ކައިރިވިއެވެ. އެވަގުތު ބޭރުން ޒޭބް ގޮވާލި އަޑުއިވުނެވެ. ގެއަށް މެހެމާނަކު އައީހެން ހީވިގެން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ތުވާލިކޮޅަކުން ދެއަތް ފުހެމުން ޝަލީން ލިވިންރޫމްއިން ނިކުތެވެ. ސޯފާވަށައިލައިފައި އޭނަ ދޮރުމައްޗަށް ހުއްޓުމާއިއެކު ޒޭބް ދޮރުގެ ކުރިމައްޗަށްވާގޮތަށް ހުރެފައި […]
ލޯތްބަކީ ކޮބައިހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ނޭނގުނެއްކަމަކު އަހަރެންނައްވެސް ލޯބިވެވިއްޖެއެވެ. އެ ލޯތްބަށް ހިތް އެދިގޮވަމުންދިޔައެވެ. އަހަރެންނާ ޔުމާންއާ ދިމާވީ ކޮލެޖް ގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. އޭނާއަށް ލިބިފައިވަނީ ރީތި ހަށިގަނޑަކާއި ކަޅުކަންގަދަ ތޫނު ދެލޮލެވެ. އަހަރެންގެ ހިތް އެންމެ ފުރަތަމަވެސް ތެޅިލީ ޔުމާން ބަލައިލާ އެ ތަފާތު ބެލުމުންނެވެ. އެދެލޮލުގައިވާ އަސަރަކުން އަހަރެން މުޅި ދުނިޔެމަތިން ހަނދާންނެތޭފަދަ އިހުސާސެއްކުރުވައެވެ. އެ ފުން ކަނޑެއްފަދަ ދެލޮލުން އަހަރެންނަށް އެކައްޗެއްވެސް ދޭހައެއްނުވެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެމެން ދެމީހުން […]
“ލުކް…އައިލީން..އެއީ..އެއީ އަހަރެން ގަސްތުގައެއްނޫނޭ..އަ…” އައިޝަމް ބުނަން އުޅުނު ޖުމުލަ ހުއްޓުނީ އައިލީންގެ އަތުގެ ހޫނު ހަމަލާއެއް އައިޝަމްގެ ކަންކަށިމައްޗަށް އެރުމުންމެވެ. ކަންކަށިމަތީގައި އަތް އަޅާލަމުން އައިޝަމް ހިނދުކޮޅެއްފަހުން އައިލީންއާ ދިމާލަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން އައިޝަމްގެ ކަންކަށި މައްޗަށް ނަގަމުންދިޔަ ދިލަވެސް އައިޝަމްއަށް އިހުސާސްނުވިފަދައެވެ. * * * * * * * * * * * * * * ދުވެފައިކަހަލަ ގޮތަކަށް ފާހަނައިން ނުކުންނަންދިޔަ އައިލީން ކައްސާލީ ފާހަނައިގެ ދޮރާ […]