ޒިރާން ހެނދުނު ގަޑީގައި ފަޒީލް އާއި އެކު ފިހާރައަށް ދާން ނުކުންނަން އެއުޅެނީ ފިހާރައަށް ބޭނުންވާނެ ބައެއް ސާމާނު ގަންނާށެވެ. ޒިރާން އާއި ފަޒީލް ބޭރަށް ނުކުމެ އިރުކޮޅެއްވީ ފަހުން މުޅި ގޭތެރެ ވެސް ހޭލައްވާލީ ބާރުގަދަ އަޑު ފައްގަނޑެއް އިވުމުންނެވެ. އެއާއި އެކު އެންމެން ވެސް ގެއިން ނުކުމެގެން ބޭރަށް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ. ބޭރަށް ނުކުމި ކައިޒީންމެން އެންމެންގެ ވެސް ލޯތައް ބޮޑުވެގެން ދިޔައީ ކުރިމަތިން ފެންނަމުން […]
“ކޮބާ ލުވެއިޒް…” އަހަރެން އަހާލީމެވެ. އާންމުކޮށް މިދެމީހުން އެއްތަނަކު ތިބެންޏާ ބޮޑީ ގަރޑަކަށް ލުވެއިޒް ނުހުރެ ނުދާނެއެވެ. “ކޮންފެރެންސަކަށް ދިޔަގޮތަށް އަދި ނާދެ..” އެލީނާ ޖަވާބު ދީ ނިމުންތަނާހެން ޓީވީއިން ކުއްލި ޚަބަރެއް ދައްކަން ފެށިއެވެ. “ޖަލުން ބައިވަރު ޤައިދީންތަކެއް ފިލައިފި.. މިކަން ހިނގިތާ މާ ގިނައިރެއް ނުވެ، ގޭންގުތައް ދެމެދު ބާރު ބޮޑުވެ، ދެމީހަކު ގަޔަށް ވަޅި ހަރާ ޒަޚަމްވެސް ކޮށްލައިފި… ފުލުހުން އިލްތިމާޒް ކުރައްވަނީ، މި މައްސަލަ ފުލުހުންގެ އަތް ދަށަށް ގެނެވެންދެން، ބޭރުތެރޭގައި […]
“އަންކަލް…” މިޙުރާންގެ މޫނަށް ވެރިވެގެންދިޔަ ކުލަައަކުން ކުރިއަށް ފިޔަވަޅެއް އަޅާލަން ނުކެރިފައިހުރެ ހައިޒަލް ގޮވާލިއެވެ. އެ ހަތަރުއަކުރުގެ ބަހުން މިޙުރާންގެ ލޮލުން ކަރުނަ ނީރާލެއްވިއިރު ހައިޒަލްއާއި ދިމާލަށް ބަލާލަމުން ދެއަތް ފުޅާކޮށްލެއްވިއެވެ. އެއާއިއެކު ހައިޒަލް އަތުގައި ހިފައި ގެނައި ގޮތަށް މޭގައި ޖައްސާލެއްވިއެވެ. “އަލްޙަމްދުލިއްﷲ… މިބައްޕަގެ ދުއާ އިޖާބަކުރައްވައިފި… ދަރިފުޅު ދެކުމުގެ ނަސީބު މަރުވުމުގެ ކުރިން ދެއްވައިފި…” މިޙުރާންގެ ލޮލުން އޮހުނު ކަރުނަތަކާއިއެކު ވެރިއިލާހުގެ ހަޞްރަތަށް ހަމްދުއެޅިއެވެ. އަޒްހާންގެ މަރަށްފަހު ހުއްޓުމެއްނެތި އޭނަ ކުރަމުންދިޔަ ދުއާ އީޖާބަކުރައްވައިފިއެވެ. […]
ނާބިހް އަކީ ދުވަހަކުވެސް ދޮރު ތަޅުލާފައި ބަހައްޓާ ކުއްޖެއް ނޫނެވެ. ކަމަކާއި ހިތްހަމަނުޖެހުނަސް، ކޮޓަރީގެ ދޮރު ތަޅެއް ނުލާނެއެވެ. ނަތާޝާ ހާސްވީ އެވަރަށް ގޮވި އިރުވެސް ނާބިހްގެ ޚަބަރެއް ނުވުމުންނެވެ. ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އޭނަ އައެވެ. ތަޅުވަޅަށް ތަޅުދަނޑި ޖަހާފައި ހުޅުވައިލިއެވެ. ހުޅުވިގެންދިޔަ ދޮރާއިއެކު، މުޅި ގެއަށް ޒަލްޒަލާއެއް ގެނުވި ކަހަލައެވެ. ގޭތެރޭގައި ގުގުމާލީ އިވްޔާ އާއި ނަތާޝާގެ ހަޅޭކުގެ އަޑެވެ. ******** ނާބިހް އޮތީ ތަށިމުށިތަކުގެ މަތީގައެވެ. އުއްޑުންވާހެން އޮތްއިރު، ހަށިގަނޑުގައި އެއްވެސް […]
ރަހްމާ އޮފީހަށް އާދެވުނުއިރު ބަނޑުހައިވެގެން ދެފައި ތުރުތުރުއަޅަނީއެވެ. ހެނދުނު ކެއީ ބަދަން ކޮޅެއް އެކަންޏެވެ. ލިފްޓް ތެރޭގައި އިން ލޯގަނޑުން ވެނީލާ ކުލައިގެ ހެދުމަކާއި ގަދަ މުށިކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އަހަރެންގެ ސޫރައަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ކަޅުކަން ގަދަ ދެލޯ ފެންނަ ކޮންމެ ފަހަރަކު ހަނދާންވަނީ ދެލޮލަށް ލޭ އަރާ ދުޅަވެފައި ހުރި ދުވަސްތަކެއްގެ މަތިންނެވެ. އެވަގުތު ލިފްޓު ދޮރު ނުލެއްޕެނީސް ފިރިހެނެއްގެ ބޫޓު ހަނިވަމުން ދިޔަ ދޭތެރެއަށް ކޮއްޕާލާ ލިފްޓުގެ ދޮރު ހުޅުވާލިއެވެ. ލިފްޓަށް […]
އެއްވެސް ދިރުމެއް ނެތް މީހެއް ފަދައިން ގެއިން ބޭރަށް ނިކުމެވެން ހުންނަ ސިޑިން ޒާޔާ ފައިބަނިކޮށް ފައި ކައްސާލާފައި ސިޑިން ތިރިއަށްވެއްޓުނެވެ. އެއީ ފުދޭ ވަރަކަށް ދިގު ސިޑިއަކަށްވެފައި ޒާޔާ ވެއްޓުނު އިރު ހުރީ ދެވަނަ ސިޑީގައި ކަމުން ފުރޮޅެމުން ފުރޮޅެމުން އައިސް ޒާޔާގެ ބަނޑު ވަރަށް ބާރަށް ބިންމަތީގައި ޖެހުނެވެ. *********************************************** ވީތަދުން ޒާޔާއަށް ބާރަަށް ހަޅޭލަވައިގަނެވުނެވެ. ލޯމައްޗަށް ފުސްވެ ޒާޔާ ހޭނެތުނެވެ. ބަލަން ނުހުރެ ދުއްވާފައި އައި ރަޔާން ޒާޔާ އޭނާގެ ބާރުގަދަ ދެއަތުން […]
އަޝްހާ ގޮސް ގެއެއް ވަތްއިރު މަންމަ އާއި ބައްޕަ، މާމަ ކައިރީގައި ވަރަށް ހެވިފައި ހުރެ ވާހަކަ ދަށްކާތަން ފެނުނެވެ. “މަންމާ، ބައްޕާ، މާމާ، ކިހިނެތްވީ؟” އިވުނު ޚަބަރަކުން އަޝްހާއަށް ޝޮކެއްގެ އިތުރުން އުފާވެސް ވިއެވެ. “ދަރިފުޅާ!! ދަރިފުޅަށް އިނގޭތަ؟ ދަރިފުޅުގެ ހުރެއޭ އަންކަލް އެއް! އެކަމަކު އަންކަލްގެ އެއްވެސް ކުއްޖެއް ނުހުންނާނެ.. މާދަން ރަށަށް އެބައާދޭ.. އަންކަލް ދެއްމެ ގުޅާފަ ބުނީ… ދަރިފުޅު ގާތު ގައި މިވީ ތޭރަ އަހަރުތެރޭގައި އެވާހަކަ ނުބުނީ އަންކަލް ނުބުނާށޭ […]
ހިތުގައި އެޅިފައިވި ކޫރުންތަކަށް ލުއިކަމެއް ލިބޭތޯ ރިޔާޝް ހުރީ ބެލްކަނީގައެވެ. އޭނާގެ ހިތުގައި ވިކަމުން ދިޔައީ ރަޔާގެ ހިޔާލުތަކެވެ. ޖެހިލައި ވައިރޯޅިތަކުން އޭނާގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ނިދިވެސް އޭނާއާ ރުޅިހަދާލައިފައި ވަނީ މާދުރަށް ގޮހެވެ. ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން ރިޔާޝް ފޫހިގޮތަކަށް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. އެ ފޯނަށް ޖަވާބުދޭން ފަސޭހަ ނުވާނެތީ އޭނާ ފޯނަށް ބަލަން ހުރީއެވެ. ރިންގުގެ އަޑު ކެނޑުމުން ރިޔާޝް އަށް ހަމަހޭވެރިކަން ވިއެވެ. “ކީއްވެތަ ރަޔާ ގުޅީމަ ފޯނު […]
ބެލްކަނީގައި ތިރިކޮށް ރާނާފައިވާ ގާފޮޅާއި ގާތްވަމުންދިޔައިރު މަރުން ސަލާމަތްވާން އިޝާރު މަސައްކަތްކުރިއެވެ. ދެފައިވިއްދާ ގަދަކަން ދެއްކިއެވެ. އޭރު އައްމާރު އޭނަގެ ކަރަށް ބާރުކޮށްލައިފައިވީ ގޮތުން އިޝާރުގެ ކަޅި މައްޗަށް އަރާފައިވިއެވެ. ނޭވާހާސްވެގެން ރޯ މަހެއް ތެޅޭފަދައިން އިޝާރު ތެޅެމުންދިޔައެވެ. އައްމާރުގެ ދެއަތް ކަރުނައްޓުވަން މަސައްކަތްކުރިއެވެ. ނޭވާހޮޅި ބެދެމުން ދިޔައިރުވެސް އޭނަ މަސައްކަތްކުރީ އަނގައިން ބަހެއް ބޭރުކުރެވޭތޯއެވެ. އައްމާރަށް އާދޭސްކުރާށެވެ. ނަމަވެސް އައްމާރުގެ ހިތުގައި ރަހުމުގެ ކުޑިފަށެއްވެސް ނުއުފެދުނެވެ. އެ މަންޒަރު ބަލަން ތިބި ޒުވާނުން އެދޭތެރެއަށް ވަދެ […]