Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 10

Emm Level 3100 Comments10 Stories100 Login
September 15, 2019 3 Mins Read
30 Comments

ރައުލްގެ ވިސްނުން ހުރި ގޮތް އިނގުމުން މަލްޝާއަށް އެއަށް ވުރެ ބޮޑަށް ރޮވުނީއެވެ. އިތްފަތްތެރިކަން ގެއްލުމަކީ ކުޑަ ކަމެއް ހެއްޔެވެ؟ އުމުރު ދުވަހަށް މިކަން ސިއްރު ކުރެވޭނޭ ރައުލްއަށް ހީވަނީ ހެއްޔެވެ؟ އާނއެކެވެ. ރައުލްގެ ނަން ސިއްރު ވެދާނެއެވެ. ފިރިހެންކުއްޖާގެ ނަން ބަލާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ބޭޒާރު ވާނީ މަލްޝާއެވެ. ހުރިހާ ވޭނެއް އުފުލަން ޖެހޭނީވެސް މަލްޝާއަށެވެ. މަލްޝާގެ ހިތުގައި ރައުލްއަށްޓަކައި ވީ ހުސް ޝަކުވާއެވެ. ނަފްރަތުކުރަން ބޭނުންވިޔަސް އެކަމެއް ނުވިއެވެ. މަލްޝާ އަނެއް ފަރާތަށް އެނބުރުނީ ރައުލްއަށް ކަރުނަތައް ދައްކަން ބޭނުން ނުވާތީއެވެ. ” ލުކް މަލްޝާ… އައި ޔޫސްޑް ޕްރޮޓެކްޝަން… ސޯ ނޯ ނީޑް ޓު ވޮރީ އެބައުޓް އިޓް… ” ރަައުލް ހީވީ މަލްޝާގެ ހިތުގައި އޮތް އެއްޗެއް ކިޔާލީ ހެންނެވެ. ހައިރާންވެފައި ހުރި މަލްޝާއަށް ފަނޑު ފަނޑުކޮށް ނަމަވެސް މަލްޝާ އެ ހުރިހާ އެއްޗެއް ހަނދާންވިއެވެ. ސިކުނޑީގެ ލޯގަނޑުގައި އެ މަންޒަރުތައް ކުރެހިގެން ދިޔައެވެ. ބައެއް ފަހަރަށް ލޯ ކުރިމަތިން ފެންނަ ހެންވެސް މަލްޝާއަށް ހީވެއެވެ.

ރައުލް މަލްޝާގެ އަތުގައި ހިފާ އޭނާ އާ ވީ ފަރާތަށް އަނބުރާލުމާއެކު މަލްޝާ އެ އަތުގެ ތެރެއިން ވީއްލިގެން ދުރަށް ޖެހިލިއެވެ. ” ޑޯންޓް ވޮރީއޭ… ރައުލް ޕްރޮޓެކްޝަން ޔޫސް ކުރިއްޔޭ ކިޔާފަ ދެން އަހަރެންނަކީ އިތްފަތްތެރި ކުއްޖަކަށް ވާނެތަ؟! އޭނނ… ” މަލްޝާ ރައުލް ލައިގެން ހުރި ޓީޝާޓު ދެއަތުގެ ތެރެއަށް ބޮނޑިކޮށްލަމުން ބުނެލިއިރު އެ ދެލޮލުގެ ތެރޭގައި މުތީތަކެއް ފަދައިން ކަރުނަ ވިދަ ވިދާ ހުއްޓެވެ. ރައުލް މަލްޝާއާ ނަޒަރު ސީދާކޮށްލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.  ” އެކަކަށްވެސް ނޭނގޭނެ އޭ އަހަރެމެން ދެމީހުންގެ މެދުގެ ގުޅުމެއް ހިނގި ކަމެއް… ނޭނގީމަ ވީނު… ގައިމުވެސް އަހަރެން ނޫން އެންމެން ހީކުރާނީ ތީ ވާރޖިން އެކޭ… ” މަލްޝާއަށް މާ ކުރިންވެސް ރައުލްގެ ފަރާތުން ޖަވާބު އަންނާނީ އެކަހަލަ ގޮތަކަށް ކަން އިނގެއެވެ. އޭނާ ރައުލްގެ ދެލޮލަށް ބަލާލީ އެއްޗެއް ހޯދާ ފަދައަކުންނެވެ. އެ ދެލޮލުގައި ތަޅެއް އަޅުވާފައިވާ ފަދައެވެ. އެތެރެއަށް ފީނާލަން ކިތަންމެ ބޭނުންވި ނަމަވެސް އެ ލޮލުގެ ތެރޭގައި ގައިދުވެފައިވީ އިހްސާސްތަކާ ހަމައަށް ފީނުމުގެ ކުޅަދާނަ ކަމެއް ނުލިބުނެވެ.

” ޗި… ތީ ތިކަހަލަ މާބުރުގެ އުސޫލު ގެންގުޅޭ މީހުންގެ ގޮތޭ… ” އެތައް ހާސް އިހްސާސްތަކެއް މަސްހުނިވެ ޖަޒުބާތުގައި ޖެހުމާއެކު މަލްޝާއަށް ރުޅި އިސްކުރެވުނީ އިޚްތިޔާރުން ބޭރުގައެވެ. އިތުރަށް އެންމެ ސިކުންތަކުވެސް ރައުލްގެ މޫނު ފެންނަ ހިސާބުގައި ހުންނަން ބޭނުން ނުވުމުން މަލްޝާ ހިނގައިގަތީ އެއްގަމަށް އަރާށެވެ. ތަންކޮޅަކަށް ގޮސްފައި މަލްޝާ ފަސް އެނބުރި ބަލާލިއިރު ރައުލް އިސްތަށިގަނޑަށް އަތް މަހާލައިގެން ރާޅުތަކާ ސަމާސަކުރަން ހުއްޓެވެ. އެ ދެލޮލުގައިވީ ވިދުވަރާއި ތުންފަތްމަތީގައިވީ މައުނަވީ ހިނިތުންވުން އެހާ ދުރުންވެސް މަލްޝާއަށް ފާހަގަވިއެވެ. ކަރުނަވީ ދެލޮލާއެކު މަލްޝާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.

  • * * * * * * * * * * * * *

ބެލްގެ އަޑު ކަންފަތުގައި ޖެހުމާއެކު މަލްޝާ ލަސް ހިނގުމެއްގައި ސްކޫލްގެ ގޭޓާ ދިމާލަށް ފިޔަވަޅުތައް ނަގަމުން ދިޔައެވެ. ފުރަތަމަ ދުވަސްކަމުން ދެން ކަންތައް ވާނެ ގޮތެއް ނޭނގޭތީ މަލްޝާގެ ހިތް ތެޅެމުން ދިޔައެވެ. ސްކޫލްގެ ގޭޓުން އެތެރެއަށް ނެގުނު ފުރަތަމަ ފިޔަވަޅާއެކު މަލްޝާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގައިވާ އުދާސްތައްވެސް އެ ނޭވާއާއެކު ބޭރުވެގެން ދާނެ ނަމަ ކޮން ފަދަ ހޭ މަލްޝާގެ ހިތަށް އެރިއެވެ. މިވީ ހަތަރު ވަރަކަށް ދުވަސްތެރޭ މަލްޝާ ރައުލްއާ ދޭތެރޭ ނުވިސްނާ އެންމެ ހިނދުކޮޅެއް ނުދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮންމެ ޚިޔާލެއްގެ ކޮޅު ހެން ގުޅިފައިވަނީ ރައުލްއާއެވެ. އެ ދެމެދުގައި ދެކެވުނު ވާހަކަތަކާއި ހިނގައިދިޔަ ހާދިސާއާއެވެ. އެ ކަމާ ހިތާމަކޮށް ހިމޭން ކަރުނަ އޮއްސުމަކީ މިހާރު މަލްޝާގެ ހިތަށް އެންމެ ހަމަޖެހުން ލިބޭ ކަންތަކެވެ. ނަމަވެސް މިވަގުތުން ފެށިގެން މަލްޝާ ހިތާހިތުން އަޒުމު ކަނޑައެޅިއެވެ. މައިންބަފައިންގެ ފަސްބައިގައި ލެއްވުނު ލަށްގަނޑުގެ ބަދަލުގައި އެމީހުން ފަޚުރުވެރިވާނެ ފަދަ ކަމެއް ކޮށްދިނުމަށެވެ. މި ހުރިހާ ދުވަހު އެމީހުން ވެދިން ގުރުބާނީގެ އަގު އަދާ ކޮށްދިނުމަށެވެ. ރައުލް ކަހަލަ ހިތެއް ނެތް މީހަކަށްޓަކައި ކަރުނަ އޮއްސުމަށް ވަގުތު ބޭކާރުކޮށްގެން އެކަން ނުވާނެކަން މަލްޝާއަށް ޔަގީންވެއެވެ.

މީހެއްގެ އަތުގެ ބީހުން އޭނާގެ ކޮނޑާ ދިމާލުން އިހްސާސްވެގެން ދިއުމާއެކު މަލްޝާގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ސިހިފައި ފަހަތަށް ބަލާލިއިރު ލާނެތް ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްގެން އަޒާން ހުއްޓެވެ. ” ސާބަސް… ކިރިޔާ އޭ ހާރޓް އެޓޭކެއް ނުޖެހުނީ… ހުވާ އެއްދުވަހަކުން މީނަ މަ މަރާލާނެ… ” މޭގައި އަތް އަޅާލަމުން މަލްޝާ އަޒާންއަށް ލޯ އަޅާލިއެވެ. އަޒާންއަށް މީހަކު ހިތުގައި ވަކި ދަމާލި ފަދަ އިހްސާސެއް ކުރެވިގެން ދިޔައެވެ. މަލްޝާގެ ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓާލަންވެސް ހިތް ނުރުހޭއިރު މަލްޝާ މަރާލަން ހިތަށް އަރުވާނީވެސް ކިހިނެތް ހެއްޔެވެ؟ އެދުވަހަކުން ދުވަހަކުވެސް އަމިއްލަ ނަފްސު ކުށްވެރިކޮށް ނުނިމޭނެކަން ޔަގީނެވެ. މަރު ދުވަހާ ޖެހެން ދެންވެސް އެ ހިތި ހަނދާންތައް އޭނާއަށް ގޯނާކުރާނެއެވެ. މަލްޝާ އޭނާގެ އަތުން މަރާލުމަށް ވުރެ އަމިއްލައަށް މަރުވުންވެސް މާ ރަނގަޅު ވާނެއޭ އަޒާންގެ ހިތަށް އެރިއެވެ.

” ދެޓްސް އަވަ ކްލާސް… ” އިތުރަށް އެ މައުޞޫއަށް ވާހަކަ ދައްކަން ބޭނުންނުވާތީ އަޒާން ވާޙަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. މަލްޝާ ކުރިމަތީ ހުރި ހަތަރު ބުރީގެ އިމާރާތަށް ނަޒަރު ހުއްޓާލިއެވެ. ވައިލެޓް ކުލައިން ޒީނަތްތެރިކޮށްފައި ވާ އެ އިމާރާތުގެ ކޮންމެ ބުރިއެއްގައި އަށް ކުލާސް ރޫމް ހުއްޓެވެ. އަޒާން އަތުގެ އިިޝާރާތުން ދައްކާލީ އެންމެ މަތީ ބުރީގެ ކަނާތް ފަރާތުން އެންމެ އެތެރެއަށް ހުރި ކުލާސް ރޫމެވެ. ” އޭނަ އިމާރާތުގަ ހުންނާނީ އަނެއް ތަން ތަން…  ސްޓާފް ރޫމް، އެލްޓީސް ރޫމް، ޕްރިންސިޕަލް ރޫމް، އޮފީސް، ލައިބްރަރީ، ސައިންސް ލެބް، މި ކަހަލަ ހުރިހާ ތަނެއް ހުންނާނީ އެ އިމާރާތުގަ… ” ކްލާސް ރޫމްތައް ހުރި އިމާރާތުގެ ކުރިމައްޗަށް ވާ ގޮތަށް ކަނޑު ނޫކުލައިން ފާރުތައް ފަޅުފިލުވާލާފައިވާ އެ އިމާރާތްވެސް ހުރީ ހަތަރު ބުރިއަށެވެ. އެ އިމާރާތާ ޖެހިގެން ހުރި ބަގީޗާގެ ވަށައިގެން ފެންސު ޖަހާފައި ހުރިއިރު ޢެކި ކުލަ ކުލައިގެ މާތައް ފެންސު މަތިންް ބޯ ދިއްކޮށްލައިގެން ތިއްބެވެ. އެތެރޭގައި މީހުންނަށް އިށީނދެވޭނެ ހެން ބެންޗު ހަދާފައި ހުއްޓެވެ. ” ދެން އޭނީ ކެންޓީން… ” ކުލާސް ރޫމްތައް ހުރި އިމާރާތުގެ އެއްފަރާތަކަށް ވާ ގޮތަށް ހުރި ކެންޓީނަށް އިޝާރާތްކޮށްފައި އަޒާން ބުނެލިއެވެ.

” ދެން ހިނގާ އިހަށް ކުލާހަށް… ގަޑި ޖެހިއްޖިއްޔާ ކަންތައް ހުންނާނެ… މިރޭ އިރުއޮއްސޭ އިރުވެސް ނޭނގެ އެ ރިފާ މިސްގެ ލެކްޗަރުގަނޑު އަޑުއަހާ ނިމޭނެ ހެނެއް… ” އަޒާން މޫނަށް ވައްތަރެއް ޖައްސާލާފައި ބުނުމާއެކު މަލްޝާ ހީގަތެވެ. ގިނަ ބައެއްގެ ނަޒަރު މަލްޝާއަށާއި އަޒާންއަށް ހުއްޓިފައިވާ ކަން މަލްޝާއަށް ފާހަގަވީ އެވަގުތުއެވެ. ” މި ތިބަ މީހުންތައް މާ ވަރަކަށް އެ ބަލަނީ ކީއްވެ ޔޯ؟! ” މަލްޝާ ވައި އަޑުން އަހާލުމާއެކު އަޒާން ހީލިއެވެ. އަދި ވަށައިގެން ބަލާލުމާއެކު އެންމެން އެމީހަކު ކުރަން ހުރި މަސައްކަތަކަށް ރުޖޫޢަވެއްޖެއެވެ. މަލްޝާ ހުރީ ސުވާލު މާކެއްގެ ތެރޭގައެވެ. ވާއެއް ނުވާއެއް ނޭނގިފައެވެ. އަޒާން ބަލާލުމާއެކު އެންމެން މާ ނޫންކަމަށް ހަދާފައި އެ އެނބުރުނީ ކީއްވެ ބާ އޭ މަލްޝާގެ ހިތަށް އަރަމުން ދިޔައެވެ.

މަލްޝާ ދެބުމަ ގާތްކޮށްގެން ހުރެ އަޒާންއަށް ބަލާލީ މިވަނީ ކީތްހޭ އަހާލާ ފަދަ ގޮތަކަށެވެ. ” ސްކޫލްގެ ޗާމިންގ ބޯއީއާއެކު އެހެން ގާރލްއެއް ފެނުނީމަ ޖޭ ވަނީ… ” ލައިގެން ހުރި ހުދުކުލައިގެ ޔުނީފޯމްގެ ގިރުވާނުގައި ހިފާ ހިއްލާލަމުން ފޮނި ގޮތަކަށް އަޒާން ބުނެލިއެވެ. ” އޯހް… އައި ސީ… ” މަލްޝާ ބުނެލީ މޫނަށް ވައްތަރެއް ޖައްސާލަމުންނެވެ.

* * * * * * * * * * * * * * *

ބްރޭކް ގަޑި ޖެހުމާއެކު އެންމެން އެއްފަހަރާ ހެން ދުއްވައިގަތީ ކުލާހުން ނިކުންނާށެވެ. މަލްޝާ އިނީ އެންމެން ނިކުންނަން ދެން މަޑުކޮށްގެންނެވެ. ” ހިނގާ ދާން… ” އެންމެންތައް ގޮސް ހުސްވުމާއެކު އަޒާން މަލްޝާއަށް ގޮވާލިއެވެ. އަޒާންއަށް ހިނިތުންވުމެއް ހަދިޔާކުރަމުން މަލްޝާ ގޮނޑިން ތެދުވެ ހިނގައިގަތީ ދޮރާ ދިމާލަށެވެ.

އޭރު ޖެހިގެން ހުރި ކުލާހުން އީވާއާ ރައުލް ނިކުންނަނީއެވެ. އީވާއަށް މަލްޝާ ފެނުމާއެކު އަތުން ހަނާ އަޅާލާފައި އެ ހުރި ހިސާބު މަޑުކޮށްލީ މަލްޝާ އަންނަން ދެންނެވެ. ” ހޭ… ހައުޒް ޔޯރ ޑޭ ގޮއިން ސޯ ފާރ… ” މަލްޝާ އަރާ ހަމަވުމާއެކު އީވާ އަހާލީ ގާތް ގޮތަކަށެވެ. ” އިޓްސް ގުޑް އައި ގެސް… ” މަލްޝާ ހިނިތުންވެލަމުން ޖަވާބު ދިނެވެ. މަލްޝާގެ ނަޒަރު ދެން ހުއްޓުނީ ކައިރީގައި ފޯނާއި ކުޅެން ހުރި ރައުލްއަށެވެ. މަލްޝާ ބަލާލުމާއެކު ހެން ރައުލް އިސްއުފުލާ ބަލާލިއިރު އެ ރިހި ދެ ލޮލުގައިވީ ބީރައްޓެހި ކަމެވެ. ހީވަނީ ދުވަހަކުވެސް ބައްދަލުނުވާ މީހަކާ ހަތަރުކަޅި ހަމަކޮށްލި ހެންނެވެ. ރައުލްގެ އެ ދުރުކަން ފެނި ނޭނގޭ ސަބަބަކާ ހުރެ މަލްޝާގެ ހިތުގައި ރިއްސާލިއެވެ.

ހަތަރު މީހުން އެކުގައިގޮސް ކެންޓީނަށް ވަތްއިރު އެތާ ތެރެ ވަރަށް އަޑުގަދައެވެ. ކައިރީގައި ހުންނަ މީހާ ބުނާ އެއްޗެއްވެސް ސާފެއް ނުވެއެވެ. މަލްޝާމެން ވަނުމާއެކު ދެ ގުނަ އަޑުގަދަވި ހެން ހީވިއެވެ. އެ ހުރިހާ ވާޙަކައެއްގެ ތެރެއިން މަލްޝާއާ އަޒާން އޭ ކިޔައިގެން ކިޔާ ހެން ހީވުމުން މަލްޝާގެ ނިތަށް ރޫ ގިނަ ވެގެން ދިޔައެވެ. އަޒާންއަށް އަވަސް ނަޒަރެއް ދެމުން އަނެއްކާވެސް އެމީހުން ދައްކަމުން ދިޔަ ވާޙަކަ ސާފުވޭތޯ ކަންފަތް ދިނެވެ. އަޒާންއަށްވެސް މަލްޝާ އަދި އަޒާންގެ ނަން ކިޔާ ކަން ފާހަގަވިއެވެ. އޭނާއަކަށްވެސް މި ވާޏުވާއެއް ނޭނގެއެވެ. އެހެންކަމުން ހައިރާންވެފައި ބަލަހައްޓައިގެން ހުރީއެވެ.

އަޒާން އާ އެއްކޮށް މިއަދު އުޅުނު ސްކޫލަށް އަލަށް އައި ކުއްޖާއަކީ އޭނަގެ ޖީއެފް އޯ… ކޮންމެސް މަލްޝާ އެކޯ ކިޔަނީ… ” ކައިރީގައި ހުރި މޭޒެއްގައި އިން ކުއްޖަކު ބުނެލި އަޑު އިވުމާއެކު މަލްޝާގެ ދެލޯ ބޮޑުވެ އަނގަމަތީގައި އަތް އެޅުނެވެ. ” ވަޓް؟! ”

= ނުނިމޭ =

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

ވީރާނާވެފައިވީ ޙަޔާތް މަގޭ 13

Next

ނުދާށޭ ދޫކޮށްފާ ޔާރާ…1

Next
September 15, 2019

ނުދާށޭ ދޫކޮށްފާ ޔާރާ…1

Previews
September 15, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 13

30 Comments!

  1. IsHa says:
    September 15, 2019 at 3:21 am

    Wow me first dhw

    1. Emm says:
      September 16, 2019 at 7:44 pm

      Awwnn… ??? Congratulations dear… ??? Hope u like the story… ??? Luv yuh! ♥️♥️♥️

  2. Xaara says:
    September 15, 2019 at 7:11 am

    V v reethi mi part vex ❤️??❤️❤️??. Raul haadha goahey dhw.
    Can’t wait to see next part………..

    1. Emm says:
      September 15, 2019 at 2:11 pm

      awwnnn… ? thank u so much dear… ? next part soon, in sha allah… keep waiting… ? luv yuh! ???

  3. Jairu says:
    September 15, 2019 at 7:42 am

    Wow me first dho? Story is great. Best of luck for next part.???❤️?????❤️?????❤️?????❤️??❤️?????❤️?????

    1. Emm says:
      September 15, 2019 at 2:18 pm

      nuuney… mi faharu second dhw… better luck next time… 🙂 btw thanks a bunch dear, for the sweet comment… ???❤❤❤❤???????????????? luv yuh!

  4. Jairu says:
    September 15, 2019 at 7:46 am

    Correction I’m second.

  5. Meekkomee says:
    September 15, 2019 at 7:52 am

    Woww varah reethi ???? whn is next part ??????piss piss mi Raul ves dhww…kameh kohfa malsa balaaly ma ves nengy kamah hadhaagen veeyaa eh huryyy…….. Emmm..story GA ulhyy malsa kairyy bunyyy thedhu vahaka ah vuveh dhogu vahaka fethuryy leh ahvas vaane yee?????mi bunyy dhogeh ves nun dhww?????luv ur story so much ???????❤️❤️❤️❤️❤️ waiting for next part ??????LYSM❤️❤️❤️❤️❤️????❤️❤️❤️??

    1. Emm says:
      September 15, 2019 at 2:26 pm

      awwwnnn… ❤ thanks darling… ??? hehe… raul hama foniyyey… ??? aan thy hama ? % thedheh… ? so sweet… ??? thanks again… ??? next part in sha allah soon… keep waiting… ☺☺☺luv u much more… ????

  6. jiji says:
    September 15, 2019 at 9:50 am

    Hey darla..will comment ingey kiyaafa..k ?????????

    1. jiji says:
      September 15, 2019 at 12:58 pm

      Aww?..alhe haadha ryychey mi bai vx?…u r so amazing my frendu?……each n every scene is really nice masha allah?..Imagination n all?..ly more

    2. Emm says:
      September 15, 2019 at 2:45 pm

      what a sweet comment! ??? thank u so much deary… ❤❤❤ u r such a kind friend… ?? luv u much more… ???

  7. Relationship doctor says:
    September 15, 2019 at 9:58 am

    Mee vara Gina firihen kudhin hadhaa gothey……… Sorry boys

    1. Emm says:
      September 15, 2019 at 2:50 pm

      aha… dhogu mauluumaathu fethurun tha? ??? if so, i agree with u… n btw, thanks for the comment doctor… ?☺

  8. Yersh says:
    September 15, 2019 at 1:06 pm

    Mi part varah reethi…
    Maa sha Allah…
    When is next part??
    waiting for the next part..

    1. Emm says:
      September 15, 2019 at 3:28 pm

      awwnn… ? thanks deary… ❤❤❤ next part soon, in sha allah… keep waiting… ??? luv yuh! ????

  9. Hei says:
    September 15, 2019 at 1:50 pm

    ??? … i wonder raul aky haadha hit kuhjekey dhw.. eyna protection hfain tha abadhu ulheny?
    Malsa a raul a dhemedhu hingi scene ga aslu protection ah dheveyny varah plan kohgen aslu . How protection libuny?

    1. Emm says:
      September 15, 2019 at 3:33 pm

      ahaha… dhw… ??? thi huriha suvaalehge savaabu mi story nimumuge kurin libeyne, in sha allah… keep waiting for that… ??? n thanks for the comment dear… ??? luv yuh! ❤❤❤

  10. Cute Lips says:
    September 15, 2019 at 1:54 pm

    haadha J vaa baekey dw.. dhn thibey ngey doc ah dhahkan appointment hadhaagen.. noony gohoruge nixaamah fungus jahaafaane…..??.. v rythi ngey emm story.. waiting for nxt part..

    1. Emm says:
      September 15, 2019 at 8:28 pm

      Ahaha… Rysh v nu doc ah vaan… ??? n btw thanks for the sweet comment deary… ??? Luv yuh! ♥️♥️♥️

  11. doyouknowhoiam says:
    September 15, 2019 at 3:41 pm

    Sissy..hangouts in on veba

    1. doyouknowhoiam says:
      September 15, 2019 at 3:41 pm

      Hama mihaaru ingey..ehcheh ahaafa ihnaane..ehnve

  12. Drax says:
    September 15, 2019 at 6:49 pm

    Reethi mi part ves
    Waiting for next part ????????

    1. Emm says:
      September 15, 2019 at 8:29 pm

      Thanks darling… ??? Luv yuh! ??♥️♥️♥️

  13. Fidha says:
    September 16, 2019 at 1:57 pm

    Haadha hadiey???

    1. Emm says:
      September 16, 2019 at 2:21 pm

      ahaha… fidhaa… eba ingeyey honeyn laugh kan eba ingeyey… ?? bte eva n u vrh gulley ingey… ?????? hama nice couple… ???

  14. Evzzz says:
    September 16, 2019 at 3:54 pm

    Mee konfadha museebaatheh impressive mage?????

    1. Emm says:
      September 16, 2019 at 7:43 pm

      Ahaha… Lol… ????

  15. Still gob says:
    September 18, 2019 at 8:59 pm

    Wow mi part ves habeys..❤love yuh

    1. Emm says:
      September 18, 2019 at 9:15 pm

      Awwwnn… ??? such a cute comment… ??? thanks hon… ??? luv yuh more… ????❤❤❤

Comments are closed.

Next Episodeޝަކުވާ ހިތަށް ކުރެވޭ ރޮމުން… 11←


All Right Reserved!