Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒެރާޝް 1

🌸Hya Level 1100 Login10 Stories
September 16, 2019 2 Mins Read
17 Comments

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ މާހައުލަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. އެއާރޕޯޓު ތެރޭ ހަރާކާތްތެރިވާތަން ބަލަން 13 އަހަރުގެ ޒައިން ހުއްޓެވެ. އެކިކޮޅުކޮޅަށް މީހުން ދާތަން ބަލަން ހުރެވުނީ ޝައުޤުވެރިކަމާއެކީގައެވެ. ޒައިން އަށް ހޭވެރިކަން ވީ ބައްޕަ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ” ދަރިފުޅާ…!ބޯޓު ޖައްސައިފި…!” ޒައިން ގަޔާ ކައިރިކޮށްލަމުން އަލްހާން ބުންޏެވެ.ޒައިންގެ މޫނުމަތީ ވިދާލީ އުފާވެރިކަމެވެ. އޭނާ އަވަސްވެގަތީ އެރައިވަލް ގޭޓާ ދިމާލަށް ދިއުމަށެވެ. އޭރު ޔަނާ ދެބަފައިންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެދެމީހުންނަށް ގޭޓާ އަރާހަމަނުވެވެނީސް ދަތުރުވެރިން ނިކުންނަން ފެށިއެވެ. ދަތުރުވެރިންގެ ތެރެއިންވެސް ޒައިންގެ ސަމާލުކަން ވެރިވީ އުމުރުން 21 އަހަރުގެ އަންހެންކުއްޖާއަށެވެ.

ލޭސްފޮތީގެ ހުދު ޓޮޕަކާއި ކަޅު ސްކިނީއެއްގައި ހުރިއިރު ކަޅުކުލައިގެ ކޯޓެއް އަޅައިގެން ހުރުމުން ރަސްމީ ގޮތެއް ހުއްޓެވެ،. ކަނދުރާއާ ހަމަޔަށް އަރާ ފަން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފަ އޮތެވެ.”ދޮންތާ..!” ހިނިތުން ވެލަމުން ޒައިން އަތް ހޫރުވާލިއެވެ. ޒާޝާގެ މޫނުމައްޗަށް އަލި ކޮށްލީ އުޖާލާކަމެވެ.ރައްދުގައި އޭނާ ވެސް އަތް ހޫރާލިއެވެ. ޔަނާއާއި އަލްހާންވެސް ބަލަހައްޓައިގެން ހުރީ ފަޙުރުވެރިކަމާއެކުއެވެ. ސިފައިންގެއިން ލިބުނު ޙާއްސަ ޓްރެއިނިން ނިންމާފައި ލަންކާއިން ޒާޝާ އެއައީ މިއަދުއެވެ.2 އަހަރުވަންދެން ދުރުގައި އުޅެފައި އައުމުން ޒައިން އަށް މަޑަކުންނެއް ނުހުރެވުނެވެ. ޒާޝާ ކައިރިއަށް އޭނާ ދުއްވައިގަތެވެ. ޒާޝާއާ އަތާ ހަމަވުމާއެކު ޒައިންގެ ފިޔަވަޅުތައް ހުއްޓުނީ އިވުނު ބާރު އަޑުފަށްގަނޑާއެކު ބިންގަނޑަށް އެރި ލޮޅުމަކުންނެވެ. ފަސް އެނބުރި ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެެވެ. ޔަނާ އާއި އަލްހާން ތިބި ދިމާއިން ބޮމުއް ގޮވައި ބޮޑު ދުންގަނޑެއް އަރަމުން ދިޔައެވެ. ޔަނާ އޮތީ ދުރަށް ވިއްސައިގެން ގޮސް ތަނބެއް ކައިރީގައެވެ. އަލްހާން ވަރަށް ހާލުން އެ ދިމާއަށް ދެއެވެ.” މަންމާ… ބައްޕާ…!” ޒައިން އަށް ރޮވުނެވެ. ނަމަވެސް ކަންތައް ވީ މާ ދެރަކޮށެވެ. އަނެއްކާވެސް ދިމާލަކުން އެއްޗެއް ގޮވިއެވެ. އިސާހިތަކު މުޅި ތަނުގައި ދުމާއި އަލިފާނުގެ އަސަރު ހިފާލިއެވެ

އެއާރޕޯޓުގައި ވޭނީ ހަޅޭކުގެ އަޑު އިވެމުންދިޔައެވެ. އިރުކޮޅެއް ނުވެ ކަޅު ހެދުންލާފަ ހުރި ހަތިޔާރު އެޅި ބަޔަކު އެތަނަށް ވަނެވެ. ޒާޝާ ޒައިންގެ އަތުގައި ހިފައިގެން އަވަސްވެގަތީ އެތަނާ ދުރަށް ޒައިން ގެންދިއުމަށެވެ. މާ ދުރަށް ނުދެވެނީސް އެތަނުން މީހަކު ކުރި ބެއްދިއެވެ. ޒާޝާގެ ފަހަތުގައި ޒައިން ބަހައްޓަމުން އެމީހާ އާ ކުރިމަތިލިއެވެ. ޒައިން އަށް ލޮލުގެ ކަނަކުން އެހެން މީހަކު އޭނާއާ ދިމާލަށް ބަޑި އަމާޒުކޮށްލިތަން ފެނުނެވެ. އޭނާ ދެލޯ މަރާލެވުނެވެ

ފަޒާގެ ތެރެއަށް ވަޒަނުގެ އަޑު ގުގުމާލިއެވެ. ޒައިން އަށް ދެލޯ ހުޅުވާލެވުނެވެ.މީހަކު ބައްދައިގެން ހުރި އިހްސާސް ވުމުން ބަލާލިއެވެ. ޒާޝާގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ.ޒައިން ގައިން ދޫކޮށްލަމުން ކައިރީގައި އޮތް ވަޅި އެމީހާ އާ ދިމާލަށް ހޫރުވާލިއެވެ. އެމީހާ ހަޅޭކަކާ އެކު ބިންމައްޗަށް ވެއްޓުނެވެ. ޒާޝާގެ ހުދު މަތިކޮޅުގެ ކޮނޑުމަތި ލެއިން ކަޅިވަމުން ދިޔައެވެ. ޒައިންގެ ލޯ އަނެއްކާވެސް ކަރުނުން ފުރި ބާރުވިއެވެ. ލަސްނުކޮށް ޒާޝާ ޒައިން ގޮވައިގެން އެއާރ ޕޯޓުން ނިކުތެވެ. ” ދޮންތާ… މަންމަ..ބައްޕަ…” ޒައިން ޒާޝާ ގައިގައި އޮޅުލައިގަތެވެ. “ފިލާ ހުރެ އިނގޭ….މިއަންނަނީ…” ޒައިން ބޮލުގައި ފިރުމާލަމުން ޒާޝާ ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަދި އެއާރޕޯޓަށް މިސްރާބު ޖެހިއެވެ. ޒައިން އަށް ބަލާލެވުނީ އަތަށެވެ. ތަޅުދަނޑި ފުލެއް ލާފައި އޮތް ރިހި ފަށެއް އަތުގައި އޮޅިފައިއޮތެވެ.

ޒައިން ފިލާ އިންނަތާ 1 ގަޑިއިރު ވެއްޖެއެވެ. ގަންފައި ހުރި ބިރާއެކުވެސް ޒައިން ހިނގައިގަތެވެ. އެއާރޕޯޓު ގެ ދޮރުމައްޗާ އަރާ ހަމަވިއިރު ސިފައިންގެ ބަޔަކު ވެސް ކައިރިކޮށްފަ އޮތެވެ. އިރުކޮޅަކުން ޒާޝާ އަލްހާން އާއި ޔަނާ އަތުލަފި ކޮށްލައިގެން ދޮރުމައްޗަށް އެރިއެވެ. އެވަގުތު ޔަނާގެ ލޮލުގައި ޒައިން އަޅައިގަތެވެ.ދަރިފުޅާއޭ ކިޔާފައި ގޮވަން އަނގަ ހުޅުވާލިތަނާ މުޅި އެއާރޕޯޓު އެއްކޮށް ގޮވިއެވެ. ޒައިން އެބާރުމިނުގައި ގޮސް ޖެހުނީ ސިފައިންގެ ޖިޕުގައެވެ. މަޑުމަޑުން އޭނާގެ ޙަބަރު ހުސްވަމުން ދިޔައެވެ. އޭރުވެސް އޭނާގެ ލޯ ހުރީ އަލިފާނަށް ވެފައިހުރި އެއާރޕޯޓާށެވެ.

6 އަހަރު ފަސް………………………………

“އީނަލް….އީނަލް…” ޝާހިންގެ ފިޔަވަޅުތައް ހުރީ ސްކޫލްގެ މެއިން ހޯލާ ދިމާލަށެވެ. ހޯލު ތެރެއިން ވަދެގެން އައި ޝާހިންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ކައިރިން ވައި ކަފާފައި ދިޔަ ތީރު ގޮސް ހެރުނީ އަމާޒަށެވެ. ޝާހިން އަށް ހިރިނުލެވެނީސް ފުލު ފުލުގައި ތީރުތައް އޭނާގެ ކައިރިން ލާފަ ދިޔައެވެ.ޝާހިންއަށް ބަލާލެވުނީ ދުނިދަނޑި ހިފައިގެން ހުރި އީނަލްއަށެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌸Hya

Level 1100 Login10 Stories

As a Teenage Girl ??....I love writing stories??.....Please feel free to comment...I hope my stories bring u joy and happiness??????????

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 2

Next

ނޭނގިހުރެ ވެވުނު ލޯބި (7 ވަނަ ބައި)

Next
September 17, 2019

ނޭނގިހުރެ ވެވުނު ލޯބި (7 ވަނަ ބައި)

Previews
September 16, 2019

ނޭނގޭހެ ހާދަ ލޯބިވޭ 2

17 Comments!

  1. ??? says:
    September 16, 2019 at 5:42 pm

    Wow ?? thafaathu vaahaka eh CURIOUSLY WAITING FOR THE NEXT PART

  2. ??? says:
    September 16, 2019 at 5:43 pm

    Wow ?? thafaathu vaahaka eh CURIOUSLY WAITING FOR THE NEXT PART.??

  3. Shayaa says:
    September 16, 2019 at 6:37 pm

    Varah reethi…
    Maa sha Allah…
    When is next part..¿¿¿¿
    Waiting for the next part¿¿¿

  4. jiji says:
    September 16, 2019 at 7:22 pm

    Wow???..feshun v v interesting???…hya how old r u???…anyway waiting for da next ingey???..Plx mi story nimendhen genesdhehchey..ly❤❤❤

    1. Anonymous says:
      September 18, 2019 at 1:14 pm

      I’m 15 yrs old…..Thanks jiji…insha allah

  5. Army says:
    September 16, 2019 at 7:42 pm

    Is this author a fan of BTS?

    1. Anonymous says:
      September 17, 2019 at 5:15 pm

      Yrs….i am an army….nice to meet you..???

  6. Meekkomee says:
    September 16, 2019 at 8:28 pm

    OMG….woww …feshun varah varah reethi ????? whn is next part ?? can’t wait to read next part ???? Ly??

  7. Sher says:
    September 17, 2019 at 5:19 am

    Wow varah reethi. Waiting for next part….. Lysm dear????

  8. !y@@d# says:
    September 17, 2019 at 2:49 pm

    Reethi…. When next part???

  9. Aho0 says:
    September 18, 2019 at 4:03 am

    V reethi story ?, unique story?
    Waiting for next part

  10. Mattyn says:
    September 18, 2019 at 9:08 am

    Varah reethi adhi varah shaugu veri vaahaka eh. Cant wait to read the next part. Keep up the good work ❤️

  11. Luc!F3r says:
    September 18, 2019 at 1:35 pm

    Nice start.. Curious abt the name of this story?

  12. Nilma says:
    September 18, 2019 at 4:36 pm

    Varah Reethi. ❤️❤️❤️???

  13. Cutie says:
    September 19, 2019 at 2:55 pm

    Hiii? I am also 15? in which grade a
    Are you????

    1. Hya says:
      September 23, 2019 at 11:58 am

      10th grade…..??

  14. Aishath Ibaana says:
    February 5, 2020 at 12:32 pm

    Varah vess thafaathu mashallah.. can’t wait for next part … Keep it up … May Allah bless you ???

Comments are closed.

Next Episodeޒެރާޝް 2←


All Right Reserved!