Skip to content
އެސްފިޔަ

ތިޔަ ލޯބީގެ އިންތިޒާރުގާ 2

” ދަރިފުޅާ ލަޔާން، ދަރިފުޅާ އަވަހަށް ތެދުވޭ ނަމާދަށްދާން، މިހާރުއެޔޮށް ފަތިސްވަނީ.” ފާއިޒާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ލަޔާންއަށް ގޮވާލިއެވެ.

“ލައްބަ މަންމާ މި ތެދުވަނީ” އާފުރެލަމުން ލަޔާން ތެދުވެ އިށީންދެލަމުން ބުނެލިއެވެ.

ލަޔާންއާ ފައިޒާއާއި ދެމައިންއަކީ ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނަ އުފާވެރި އާއިލާއެކެވެ. ލަޔާންގެ އުމުރުން 16 އަހަރުގައި ފާއިޒާގެ ފިރިމީހާ، ލާޔާންގެ ބައްޕަވަނީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެފައެވެ. އޭގެފަހުން 5 އަހަރު ފާއިތުވެ ގޮސްފަވިޔެއް ކަމަކު އަދިވެސް އެކުޑައާއިލާ އެންމެންގެ ހިތުގާ ނުފިލާ ރިހުމެއް ހަރުލާފައި ހުރެއެވެ. ޝައްކުތަކެއް އުކުލެވިގެންވާ ެ އެނުރައްކާތެރި އެކްސިޑެންޓުގެ މައްސަލަ މިހާރުވަނީ ކުރިއެރުމެއް ނުލިބި ހުއްޓިފައެވެ. ކިތަންމެގިނަ ލާރިއެެއް ހުރިކަމުގައި ވިޔަސް މައްސަލަޔަށް މާބޮނޑު ކުރިއެރުމެއް ނާންނާތީވެ ފާއިޒާއަށް ވަނީ ފަހުން އެކަމާ ފަރުވާ ކުޑަކޮއްލެވިފައެވެ. އަސްލު ހަގީގަތަކީ ހިތަށްކުރާ އަސަރު ބޮނޑު ކަމުން ފާއިޒާ ފަހުން މައްސަލަ ކުރިޔައްގެންދަން ބޭނުން ނުވެގެން އެކަމާ ނޫޅުންކަމެވެ. ފާއިޒާއަށް ނޭންގުނު ކަމަކީ އޭނަޔަށް ނުވެސް އިނގިހުރެ އޭނަގެ ދަރިފުޅު އެމައްސަލަ ކުރިޔަށް ގެންދާކަމެވެ.

” މަންމާ، އަޅުގަނޑު އަންނާނަން މިސްކިތަށް ގޮސްފަ، މަންމަ އަޅުގަނޑާއެކީ ކޮފީބޯން މަޑުކޮއްލައްޗޭ” ލަޔާން ގެއިން ނުކުންނަމުން ބުންޔެވެ. ބައްޕަގެ ކުއްލިމަރަށްފަހު ލަޔާން ބަލަމުންދިޔައީ މަންމައެންމެ ވަގުތަކަށްވެސް އެކަނިވިޔަށް ނުދިނުމައްށެވެ.

އަރައިގެންއައި އިރާއިއެކީ އުޑުމަތިއެކީ ކަޅުވިލާތަކުން ބައްދަމުންދިޔައެވެ. ލަޔާން 8 ޖަހާއިރަށް އޮފީސްއަށްދާން ތައްޔާރުވެގެން ކާރަށް އަރައިގެން އޮފީހަށް ދިޔުމަށް މިސްރާބުޖެހިއެވެ. އޮފީހަށް ވަދެގެން ދިޔައިރު ލަޔާންގެ އިސްތިގްބާލްގާ އެތަށް މުވައްޒަފުންއެއް ތިއްބެވެ. ނަމަވެސް ލަޔާންގެ މޫނުމަތިން އެއްވެސްކަހަލަ  ބޮޑާކަމެއް ނުފެނެއެވެ. ކޮންމެ މީހަކަށްވެސް ރީތި ހިނިތިންވިމެއް ދެމުން ލަޔާންގޮސް އޭނާއަށް ޙާއްސަ ކުރެވިފައިވާ ކެބިންއަށްވަދެ އިށީންދެލިއެވެ. އުމުރުން 16 އަހަރުގާ ބައްޕަ ނިޔާވުމުން ބައްޕަގެ ވިޔަފާރިއާއި ހަވާލުވެ މުޅި އާއިލާގެ ޒިންމާނަގާ މިހާރު ލަޔާންވެފަ ވަނީ ރާއްޖޭގެ ހުރި އެންމެ ޒުވާން ކާމިޔާބު ވިޔަފާރިވެރިޔާ އަށްވެެެފައެވެ.

“ލަޔާން ކޮންކަމަކަށް ގެއްލިފަ” ލަޔާންގެ ކެބިންއަށް ވަދެގެންއައި އަފްސަލް އިށީނަމުން ބުންޏެވެ.

“މި ވިސްނަނީ ޓެސްޓް ހަދަންދާންޖެހޭތީ މަންމަ އެކެނިވާނެތީވެ އަނެއްކާވެސް ދުވަސްކޮޅަކަށް.” ލަޔާން ވިސްނާލަމުން ބުންޏެވެ.

” ލަޔާން ހަމަޖެހިލާބަ އަހަރެން މިހުރީއެއްނުން ލަޔާން މަންމައަށް އެހީވާން. އެއްވެސް ކަމެއް ދަތިވިޔަކަސް ނުދޭނަން” އަފްސަލް ޔަގީން ކޮއްދޭކަހަލަ ގޮތަކައް ބުންޔެވެ.

“ހާދަ ރަނގަޅޭ އަފޫ ނެތްނަމަ ނޭންގޭ އަހަރެން އުޅެންޖެހޭނެ ހާލެއްވެސް.. ތެންކުޔޫ 4 އެވްރީތިންގް” ލަޔާން ހިނިތުންވަމުން ބުނެލިއެވެ.

“ހޫމް ދެން މާ އިމޯސަނަލް ވާނެކަމެއް ނެތް ހިނގާ ސައިދޭން. އޭރުން އެއްނުން މަންމަ ބެލޭނީ” ލާނެތް ވައްތަރަކައް އަފްސަލް ބުންޏެވެ.

“ބަލާބަލަ! ތިޔަހެން ނުބުންޔަސް ކޮންމެ ދުވަހަކު މަޖެހޭ ސައިދޭން މަންމަ ބަލަން ނުޖެހުނަސް” ރުޅިމޫނު ހަދައިގެން އނދެ ލަޔާން ބުންޏެވެ.

ދެއެކުވެރިންއެކީ ލިފްޓަށް އަރައިގެން އޮފީސް ކެންޓީންއާ ދިމާލަށް ދާންނައްޓާލިއެވެ.

Comments (9)

  1. shaaaai

    Vaahaka kiyaalaafa vaaahaka ah dheythereyga dheke goiy knme kuhjjeah vx comment kohladhehvaa.. mee alhugandu liyaa furuthama vaaahaka ah vefa varah gina mistakes huhnaane kamah gabool kuran.. kiyuntherin aky liyuntheringen hiyyvaru.. LY all.. IN SHA ALLAH next part Monday ❤️

  2. Meekkomee

    First dhww ??? kiyaalaafa comment kohlaanu ingyyy ????❤️❤️❤️

    1. Meekkomee
      Meekkomee

      Mi part ves varah reethi ????? can’t waiting for Monday …. Luv it???Gud nite ???Ly❤️❤️❤️❤️

    2. shaaaai
      Meekkomee

      Thank you ❤️

  3. IsHa

    Wow

  4. jiji

    Adhi vx kudhi mistakes ebahuri…Ekan rangalhu kohlahchey shaaai..overall koh hama superb..waiting for the next dear??❤

    1. shaaaai
      jiji

      In sha allah rangalhu kohlaanan ❤️… next part in sha allah Monday ❤️

  5. Shaaya

    Varah reethi….
    Maa sha Allah..
    When is next part.?
    waiting for the next part..

    1. shaaaai
      Shaaya

      THANK YOU. TOMOROW UPLOAD KOHLAANAN

Comments are closed.