އައިނާ 7 (ހަތްވަނަބައި)
އައިނާ އާއި ދިމާ ނުކުރެވުނު ‘ނަމަ’ އެވެ. ނަމަވެސް، ‘ނަމަ’ އަކުން ކެއްކޭނެ ރިހައެއްނޯންނާނެކަން ރީމާ ދަނެއެވެ.
***********
އަޝްހާމެން ކާރަށް އެރުމުން ރީމާ އެކަނި ހިނގާލާފައި ދިޔައެވެ. އެހެންނާ މަގުމަތިން ފިރިހެން ކުއްޖެއް ފެންނައިރަށް ތުއިވާ ރީމާ މިއަދު އިނީ އިސް ޖަހައިލައި ގެންނެވެ. ރީމާ ގެއަށް ގޮސް ފެންވަރައިލައިގެން ކާން ނިކުތެވެ. ވަރަށް މީރުކޮށް ކުކުޅު ހަދާފައި ހުއްޓެވެ. އަވަހަށް ކައި ނިންމާލައިފައި އަނގަ މީރު ކޮށްލަން ކިއްލިއެއް ގަންނަން ދިޔައެވެ.
އެހެންނާ ބާރުކޮށް ހެދުންލާ ރީމާ މިއަދު އިނީ ކުރުތާ ފާޑުގެ ކަކުލާ ހަމައަށް އަންނަ ހެދުމަކާއި ސްކްނީ އެއްގައިއެވެ. އަބަދުވެސް ދޫކޮށްލައިފައި އޮންނަ އިސްތަށިގަނޑު އޮތީ ދައްޗަކުން މައްޗައް ނަގައި ހަރުކޮށް ލައިފައިއެވެ. މަގުގެ ވަކި ހިސާބަކަށް ދިޔަތަނާ ބަޔަކު ކުއްޖަކާ ދިމާ ކުރާތަން ފެނުނެވެ.
********
އައިނާ ގެއައް ވަތްއިރު މަންމަ ކަށްކާ އުޅުނެވެ. އަވަހަށް ފެންވަރައިލައިގެން ނަމާދު ކޮށްލައިގެން ބަދިގެ ފަރާތަށް ދިޔައެވެ. ދިޔައިރު މަންމަ ކާން ހަދަނީ އެވެ. ބަނޑުހައި ވެފައި ހުރިލެއްބޮޑުކަމުން އަވަހަށް ކާން އިށީނެވެ. އައިނާގެ ގެއަކީ ވަރަށް ކުރީ ޒަމާނު ގޮތަށް ހަދަފައި ހުރި ގެއެކެވެ. ކާގޭގައިވެސް އުޅެންޖެހެނީ ފައިވާނުގައެވެ. މުޅިގޭގައި ވެސް މެއެވެ.
އައިނާ ކައިގެން ގޯތިތެރޭ ލަވައެއް ކިޔާލަން އޮތެވެ. އެއީ އަޝްހާގެ ފެވެރިޓް ލަވައެވެ. އަޝްހާގެ ޓެބްލެޓުން ދުވާލަކު އެއްފަަހަރު އައިނާއަށް އެލަވަ ދަށްކާނެއެވެ. އަޝްހާގެ ފޭވްރިޓް މަދަހަ ކިޔުންތެރި އަކީ ޢަލީ ރަމީޒެވެ.
“ޢީދަކުން މުޅި ފަޒާ ރީތީ އަލި ކޮށްފިއެ..
ޢީދުގާ ހާ އުފާތަށް ވަށާ ލާފިއެ..
ޢީދު ވެދުމަށް މަލާމެލި ގަތާލާ ފިޔެ..
ޢީދު އައުމުން އުޑާބިން ވިދާލާފިޔެ..”
“ދަރިފުޅާ އައިނާ.. ދޭބަލަ ނިކަން ފިހާރަޔަށް.. ދަރިފުޅު ބުނީމެއްނު މިއަދު އަޝްހާ އަންނާނޭ ދޯ؟ އޭރަށް ވާއިރަށް އެބަޖެހޭ ގުޅަ ކޮޅެއް ހަދަން.. އަޝްހާ އަށް.. ނެތް މިރުސް ކޮޅެއް.. ދޭބަލަ ނިކަން..” ބަދިގޭތެރެއިން އަނާ ގޮވާލި އަޑު އިވުނެވެ. މަދަހައިގެ ދެން އޮތް ބައި ކިޔާލީ ފިހާރަޔަށް ދިޔަ މަގުމަތީ ގައިއެވެ.
“އަޅުކަމުގެ މޫސުމާ ގުޅުވަމުން ފަރި ވަމުން ހުންންން ންން..
އަޅުކަމުގެ މޫސުމާ ގުޅުވަމުން ފަރި ވަމުން..
ފަޅުކަމާ ކަޅުކަމުން ސާފު ހިތްތަށް ވަމުން..
ވަޅުޖަހާ ދިޔަ ޒަމާތަށް ހަނދާން ކޮށް ދެމުން..
ޢީދު އައުމުން އުޑާބިން ވިދާލާފިޔެ..”
“އޭތް.. ބަލަ މިއޮތްދަނީ އެއްކަލަ ބޯބުޅި އައިނާ.. ހަހަހަ..” ކައިރިން ލާފައި ދިޔަ ގުރޫޕު ތެރެއިން ކުއްޖަކު އައިނާ އާއި ދިމާލަށް ބުންޏެވެ. އެކުދިން އައިނާ ވަށާލިއެވެ.
ރީމާ ދުރުގައި އެއީ ކާކުތޯ ބަލާލަން ހުއްޓެވެ. އޭގެތެރެއިން ކުއްޖަކު އެއްފަރާތްވެލި ވަގުތު ރީމާއައް ފެނުނީ ހާސް ވެފައި އިން އައިނާއެވެ. އެހެންނާ ވިއްޔާ ރީމާގެ ތުންފަތް މަތިން ފެންނާނީ ވިހަ ހިނިތުން ވުމެކެވެ. ނަމަވެސް، މިފަހަރު ރީމާގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. ބަލާކަށް ނުހުރެ ދުމެއްޖަހާފައި ގިސް އެކުދިން ކުރިމައްޗައް އެރިއެވެ. އެއީ ގްރޭޑް އަށެއްގެ އަންހެން ކުދިން ތަކެކެވެ. “އޭތް.. ތީ މީހުން ކުރާކަހަލަ ކަންތައްތަ؟.. އޭނ… މަގުމަތިން ހަމަ މީހަކު ދާއިރަށް ޖެހޭތަ ދިމާކުރަން.. ބަލަ އައިނާ އަށް ތިޔަ ދިމާކުރަނީ ތީ މާ ފުރިހަމަ ބަޔަކީތަ؟ އޭނ.. ކޯޗެއް ތިބަލަނީ.. ދޭމިތަނުން.. މިހާރު ނޯވެޔޭ މީހަކަށް މަގުމައްޗައްވެސް ނިކުމެވޭން… ޕިސް ޕިސް ޕިސް…”
މިހެން ކިޔާފައި އެމީހުން ދިޔައީމައި ރީމާ ފުންނޭވައެއްލި އެވެ. އަދި އައިނާ އާއި ދިމާލަށް އެނބުރުނެވެ. “އައިނާ!.. އާރ ޔޫ އޯކޭ؟” ރީމާ އައިނާގެ ކޮނޑުމަތީ ކަނާ އަތް ބާއްވާލަމުން ބުންޏެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




First dhww ??? kiyaalaafa comment kohlaanu ingyyy ???❤️
Woww mi part ves varah reethi ??????? kuruhen heevanyy dhigu kohlaathi ingyyy….anyways story varah reethi ??? whn is next part ???? luv it ???❤️❤️❤️ Ly???
Varah reethi
Ok kury then
vvv sorry for the late comment any ways nxt on saturday or soon
thnx readers next dhiguvaane i’m a starter slowly dhigu kuramun dhaany.. thnx fr the support