Skip to content
އެސްފިޔަ

ވީމޭ ތިޔަ އިންތިޒާރުގައި..4

ކައި ނިންމައިފައި ގޮސް ކާރަށް އެރިއިރުވެސް ރިޔާޝްގެ ތެޅެމުންދިޔަ ހިތަށް ލުޔެއް ނުލިބެއެވެ. ހިތަށް އަރަމުންދިޔައީ ރަޔާ އޭނާއާ ދޭތެރޭ ދެކޭނެ ގޮތެކެވެ. އެ ލޯތްބަށް އޭނާ ފުރަގަސް ދެމުންދާއިރުވެސް އޭނާ ކުރިމަތީ ހުންނަން ރިޔާޝްގެ ހިތް އެދޭވަރުން ބުނަން ނުކެރެނީއެވެ. ދޫ ބަންދު ކުރެވިފައި ވަނީ އޭނާގެ މަންމަގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާހެދިއެވެ.

ކާރުގެ ހުންގާނުގައި ހިފާލަމުން ރިޔާޝް އޭނާގެ ހިތަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރިއެވެ. އޮފީހަށް ގޮސްހަމަޖެހިލަމުން ރިޔާޝް އޭނާގެ ކޮމްޕިއުޓަރަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

“ދަރިފުޅާ..!” އޭނާގެ ކެބިންއަށް ވަދެގެން އައި އަރޫން ގޮވާލިއެވެ. ސޯފާގައި އިށީންނަމުން ދެބަފައިން ފެށީ ވިޔަފާރީގެ ވާހަކައެވެ.އެވާހަކަތައް ނިމުނުއިރު ޕިކުނިކް ވެސް ރޭވިގެންދިޔައެވެ.

އެރޭގެ ވަގުތެވެ. ފޯނެއްގައި ހުރެ ރަޔާ ނުކުމެގެން ހިނގައިގަތީ ބަގީޗާ ތެރެއަށެވެ.އޭނާ ގުޅައިގެން ހުރީ އޭނާގެ އިސް މުވައްޒިފަށެވެ. އޭނާގެ ސްޓާފުންނާ މާދަން ބާއްވަން ބޭނުންވާ ބައްދަލުވުމުގެ ވާހަކަ ދައްކަމުން މަޑުމަޑުން ކުރިޔަށް ހިނގަމުންދިޔައެވެ. އަތްދިގު ޓީޝާޓަކާ ފުޅާ ހަރުވާޅެއްލައިފައި ވުމުން އެ ރީތި ހަށިގަނޑުގެ ބައްޓަން ނޭނގުނެއްކަމަކު ރީތިކަން އިންތިހާއެވެ. އިސްތަށިގަނޑަށް ހުޅިޔެއް ޖަހައިފައިވުމުން އޭނަގެ ދޮންކަނދުރާ އޮތީ ހާމައަށެވެ.

އެއްޗެއް ހަނދާންވާފަދަ ގޮތަކަށް އެނބުރިލަމުން ރަޔާ އިސްޖަހައިގެން މަޑުމަޑުން ގެޔަށް ވަންނަން ދިޔައެވެ. އޭރުވެސް އޭނާ ފޯނުން ވާހަކަދައްކަމުންދިޔައެވެ. އެވަގުތަކީ އިޝާ ނަމާދަށް ދާން އަވަސް އަރުވާލައިގެން ރިޔާޝް ނުކުތްވަގުތެވެ. އިސްޖަހައިގެން ދިޔަ ރަޔާ ވިއްސައިގެންދިޔައީ ބާރުބާރަށް ހިނގައިފައި އައި ރިޔާޝްގެ މޭގައި ޖެހިފައެވެ.  ރިޔާޝް އޭނާގެ ބާރުގަދަ ދެއަތުން ރަޔާ ހައްޔަރު ކުރިއެވެ.

އެސިކުންތުކޮޅު ރަޔާ ހުރީ ސިއްސައިގެންދިއުމުގެ ސަބަބުން ދެލޯ ބޮޑުވެފައެވެ. ފާޑަކަށް ބިރުގަނެފައެވެ. ރިޔާޝަށް ރަޔާގެ ލޮލަށް ބަލަން ހުރެވުނެވެ. އޭނާގެ އަސަރުގަދަ ދެލޮލުގައި ރަޔާއަށް ވެސް ނުޖެހި މިންޖެއް ނުވެވުނެވެ. ރިޔާޝްގެ ތާޒާ މޫނެވެ. ޑާރިޖްގެ ފިރިހެންވަހާއި އެ ބިޔަ ހަށިގަނޑުގައި ރަޔާގެ އަތް ވަށާލެވިފައިވި ގޮތުން ރަޔާއަށް އޭނާގެ ހިތް ރިޔާޝަށް ލެނބެމުންދިޔަކަން އިހުސާސްވިއެވެ. މާމަލުގެ ފިޔަތައް ޝަބްނަމް ތިކިތަކުން ޖަރީވެފައިވާ ފަދައިން ރަޔާގެ ނިތްކުރިން ވަނީ އޮއްދާހިއްލައިފައެވެ. ރަޔާގެ ރީތި ގެލޮލުގައި ވި މުތީތަކެއްފަދަ ކަރުނައިން ރިޔާޝަށް ސިހުންއައެވެ. ވަގުތުން އޭނާ ރަޔާ ދޫކޮށްލައިފިއެވެ. ރަޔާވެސް ހުރީ މިނިވަން ނުވެވިފައިކަހަލައެވެ. ރިޔާޝް މަޑުކުރުމެއް ނެތި ގޮސް ގޭޓުން ނުކުންނަންދެން ރަޔާއަށް ހުރެވުނެވެ. ފޯނު ހޯދަން ފެށުނީ އަދި މާފަހުންނެވެ. ފޯނު އޮތީ ވިއްސައިގެންގޮސް ވިނަތަކުގެ ތެރެއަށް ވެއްޓިފައެވެ.

ތެޅެމުންދިޔަ ހިތާއެކު ރަޔާ ކޮޓަރިއަށް ވަނެވެ. އޭނާގެ ހިތުގައި މިހާރު ޖަހަމުން އެދަނީ ބިރުވެރި ވިންދެކެވެ. އަވަސް ނޭވާތަކުގެ އަޑު ބޭރުންދާ މީހާއަށްވެސް އިވޭނޭ ރަޔާ ހިތައް އެރިއެވެ. ހަމަ ޖެހިލަމުން ރަޔާ ވެއްޓިގަތީ އޭނާގެ އަރާމު ތަންމައްޗަށެވެ. ހިތަށް އަރަމުން ދިޔައީ ރިޔާޝްގެ ހިޔާލުތަކެވެ. އެ ރީތި ދެލޮލެވެ. އޭނާއަށް އެދެވެމުން ދިޔައީ ރިޔާޝަށެވެ. ނަމަވެސް އޭނާގެ ސިކުނޑި މިކަމާ ދެކޮޅު ހަދަމުންދިޔައެވެ.

ނުތަނަވަސްކަން ހިތަށް ވެރިވާންފެށުމުން ރަޔާ ފާހާނާއަށްވަދެ ވުޟޫއު ކޮށްލިއެވެ. މުސައްލަމަތީ އިޝާ ނަމާދުކޮށް ނިމިގެން އޭނާ ރިޔާޝަށްޓަކައި އޭނާއަށް ވުރެ ރަނގަޅު ކުއްޖެއް ދެއްވުމަށް އަދި އެ ހިތުގައި އުފަންވަމުން އައި އިހުސާސްތަކަށް ނިމުން ގެނުވާތޯ ދުއާ ކުރިއެވެ.

މިސްކިތުގައި ހުރިއިރުވެސް ރިޔާޝަށް ވިސްނެމުންދިޔައީ ރަޔާއާމެދުއެވެ. ނަމާދުކޮށް ނިމިގެން އޭނާ ހިނގަމުން ދިޔައީ ގެޔާދިމާއަށެވެ. ހިތަށް އަރަމުންދިޔައީ ރަޔާ އޭނާއާ ދޭތެރޭ ދެކޭނީ ކިހިނެއްބާއެވެ؟މުޅިންވެސް އޭނާގެ ހިތަށް އަރަމުންދަނީ މި ސުވާލެވެ. ދުނިޔޭގެ ލޯތަކަށް ރަޔާ އެއީ އޭނާގެ ކޮށްކޮއެވެ. ނަމަވެސް ރިޔާޝަށް އެވަނީ ރަޔާއަށް އެ ހިތުން މަގާމެއް ދެވިފައެވެ. ހަތަރެސްކަން ގޮޅިއެއްގައި އޭނާ ފެތިފައިވީ ކަހަލައެވެ.

ރިޔާޝްއޭނާގެ މޭގައި އަތް ޖައްސާލަމުން ކުރިއަށް ހިނގައިގަތެވެ.  ބެލްކަންޏަށް ނުކުތް ރަޔާވެސް ވަނީ މާޔޫސްވެފައެވެ. ދެމީހުންވެސް ވަނީ އެއްވަޅުގަނޑަކަށް ވެއްޓިފައެވެ.އެއީ ދެމީހުންނަށް ދެމީހުން ނުފެންނަހާ އަނދިރި ވަޅުގަނޑެކެވެ. ދެހިތުގައި ވެސް ވަނީ އެކަށްޗެކެވެ. ބުނަން ފަސްޖެހެނީއެވެ. ދުނިޔޭގެ ލަދަށްޓަކައެވެ. އާއިލާގެ ގަދަރަށްޓަކައެވެ. ލޯބި ގުރުބާން ކުރަން ވަނީ މަޖުބޫރުވެފައެވެ.

ޖެހިގެން އައި ދުވަހަކީ ރިޔާޝްގެ ހަޔާތަށް އައި ބަނަ ދުވަހެކެވެ. ރަޔާއަށްވެސް މަންމަމެންގެ އުފަލަށްޓަކައި ރިޔާޝާ ކުރިމަތި ލިއެވެ. މަޖާ ވަގުތުތަކެއް ހޭދަކުރުމަށްފަހު ރޭގަނޑުގެ ކެއުންވެސް އެންމެން އެކީ ނިންމާލިއެވެ. ރަޔާ ރެސްޓޯރެންޓުން ނުކުމެގެން ހިނގައިގަތެވެ. ފަހަތުން ރިޔާޝްވެސް ހިނގައިގަތެވެ. ރޯމާމެންނަށް ވަގުތުކޮޅެއް ދިނުމަށްޓަކައެވެ. ރަޔާގެ ފަހަތުން ރިޔާޝް އަންނަ ކަމެއް އޭނާއަކަށް ނޭނގެއެވެ. ރަޔާ އެދިޔަ ގޮތަށް ގޮސް ހުއްޓުނީ ގޮޑު ދޮށުގައެވެ. މަޑު ރާޅުތަށް ދޮންވެލިގަނޑުގައި ފިރުމަމުން ދިޔަ އަޑުއިވިއިވި ހުއްޓެވެ. ރޭގަނޑަށް ގޮވާ ކުދި ފަނިފަކްސާގެ އަޑުވެސް އިވެއެވެ. މަޑުވައިރޯޅިތަށް ރަޔާގެ އިސްތަށި ގަނޑަށް ބޮސްދެމުން ގޯނާ ކުރަމުންދެއެވެ. ޖަމްޕްސޫޓްގައި ރަޔާ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.

ފަހަތުން އައިސް ރިޔާޝް ރަޔާގެ އުނަގަނޑުގައި ބައްދާލަމުން ހިއްލާލިއެވެ. އަނބުރާލަމުން ރަޔާވެސް ހީލިއެވެ. ރިޔާޝް ރަޔާ ތިރިކޮށްލަމުން ކަންފަތުގައި ބޮސްދިނެވެ. އަދި ކުޑަކޮށް ދަތް އަޅާލަމުން ދުއްވައިގަތެވެ. ރަޔާވެސް ރިޔާޝްފަހަތުން ދުއްވާއިގަތެވެ. ނަމަވެސް ނޫނެކެވެ. ރަޔާ އެހެރީ ހަމަ ހުރި ފިޔަވަޅުމަތީގައެވެ. ހިޔާލީފޮލާ ކައްކަމުން ދިޔައީ ރިޔާޝެވެ. ރިޔާޝްގެ ހުވަފެނީ ދުނިޔެއިން ނިކުމެވުނު ވަގުތު ހުދު އަމިއްލައަށްވެސް ހެވިއްޖެއެވެ.

“ރަޔާ…” ރަޔާއާ އަރާ ހަމަ ކޮށްލަމުން ރިޔާޝް އޭނާއަށް ގޮވާލިއެވެ. “ލައްބަ..” މަޑުމަޑުން ރަޔާ ވެސް ޖަވާބު ދީފިއެވެ. ރަޔާ ހުރީ އުނދަގޫވެފައެވެ. ރިޔާޝް އާ ދުރަށް އޭނާގެ ހިތެއް ނޭދެއެވެ. އެކަމަކުވެސް ނޭނގޭ ބާރަކުން އޭނާ ރިޔާޝާ ދުރަށް ގެންދަނީއެވެ. ނަމަވެސް އޭނާގެ ހިތުގައި ލޯބީގެ މަސްތީގަލަމުން ރިޔާޝްގެ ނަން ލިޔެވިފައިވިއެވެ.

“ރުޅިއައިއްސަތަ؟” ރިޔާޝް އޭނާގެ ހިތް ނުތަނަވަސް ކުރުވައިފައިވާ ސުވާލު ކޮށްލިއެވެ. “ނޫން ކޮންކަމަކާ ރުޅިއަންނަންވީ…؟” ރަޔާ ވެސް ހުރީ އެކަން އަންގަން ބޭނުންވެފައެވެ. “އޯކޭ.. ސޯ ހިނގާލަން ދަމާ…؟؟؟” ރިޔާޝް ހިނގައިގަތުމުން ޖަވާބެއް ނުދިނަސް ރަޔާވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. “ކިހިނެތް ބޭކަރީ ބިޒްނަސް؟؟؟” ރިޔާޝް ވާހަކަ ދައްކަން ފެށިއެވެ. “ބެސްޓް.. ނައު ވަން އޮފް ދަ ބެސްޓް އިން މާލެ…؟” ރަޔާ ހުރީ އެ މައުޟޫއަށް ވާހަކަ ދައްކާ ހިތްނުވެފައެވެ. ހަގީގަތުގައި އޭނާ ރިޔާޝާވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އެ މޫނަށް ވެސް ބަލައިނުލާން ރަޔާގެ ހިތުގައި އޮތެވެ. އޭނާ ހިނގަމުން ދިޔައީ އިސްޖަހައިގެން ހުރެއެވެ.

“ރަޔާ ބިޓެއް ވެސް ނުނަގަންތަ؟” ކުއްލިޔަކަށް ރިޔާޝް ކޮށްލި ސުވާލުން ރަޔާގެ މެއަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. “ހަހަ.. ނޫން… އައި ފައުންޑް ސަމްވަން…” ރަޔާއަށްވއޭނާގެ ހިތައް ވެރިފެފައިވީ ނުތަނަވަސްކަމާއެކު ބުނެލެވުނެވެ. “ވާއު.. ހޫ އިޒް ދަ ލަކީ ގައި…؟؟” ރިޔާޝްގެ ހިތް އިތުރަށް ޒަހަމް ވުން ނޫންކަމެއް ނުވިއެވެ. ރަޔާގެ ހިތުގައި ރަސްކަންކުރަން ލިބުމަކީ ދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ބޮޑު ނަސީބޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. “ޔާ…ސަމްވަން…” ރަޔާއަށް ބުނެވުނީ އެހައިވަރަށެވެ. ރަޔާގެ ދެލޮލުގައިވީ ކަރުނައިގެ އަސަރު ރިޔާޝަށް ފޮރުވަމުން ރަޔާ ދުރު ބަލައިލިއެވެ. ލޯބި ހާސިލްވާކަށް ނެތެވެ.

ބުރު ހަމަ ހަނދުން ޖައްވު ވަނީ ރަން ކުލައިން ދިއްލިފައެވެ. އުކާލެވިފައިވި ފުއްތަކެއްހެން ވިދަމުންދިޔަ ތަރިތައް ގުނާ އަދަދު ނުކުރެވޭހައި ގިނައެވެ. ގޮނޑުދޮށުގައި ދުވަމުން ގެންދިޔަ ކަކުނިތައްވެސް އޭގެ ހަރުތަކަށް ވަދެ ނުކުމެ ހަދައެވެ. “ހައުސް ޔޯރ ޖޮބް ގޮއިން؟؟”އަހަން ނާހަން ކަހަލަ ގޮތަކަށް ރަޔާ އަހައިލިއެވެ. “ވެލް….ނޮޓް ބޭޑް..” ރިޔާޝް ޖަވާބު ދިނެވެ. ރަޔާ ސިއްރުން ރިޔާޝްގެ މޫނަށް ބަލައިލިއެވެ. އެއްވެސް އަސަރެއް އެ މޫނުމަތިން ފާޅެއް ނުވެއެވެ. ކުއްލިއަކަށް ރަޔާ ހަޅޭއްލަވައިގެންފައި ފުންމައިގެން އެރީ ރިޔާޝްގެ ކޮނޑަށެވެ. ސިހިފައި ރިޔާޝް ވެސް ރަޔާ ހިފެހެއްޓުނީ ކިރިޔާއެވެ. ނޫންނަމަ ދެމީހުން އެކީ ވެއްޓުނީހެވެ. “ކަކުންޏެއް..” ރަޔާ ހަޅޭއްލެވުން ހުއްޓާލަމުން ބުނެލިއެވެ.

ހުރެވުނު ތަން އެނގުމުން ރަޔާއަށް ރިޔާޝްގެ މޫނަށް ބަލައިލެވުނެވެ. އެއަސަރެއް ނުވާ މޫނުގައި ވަނީ މާނަވީ ހިނިތުންވުމެކެވެ. ރަޔާގެ ހޫނު ނޭވާތައް ހުރަހެއް ނެތި ރިޔާޝްގެ މޫނަށް އެޅެމުން ދިޔައެވެ. ރިޔާޝްގެ ނޭވާތަކުން ރަޔާގެ ހިތްވެސް މަސްތުވަމުންދިޔައެވެ. ދެ މީހުންގެ ދޭތެރެއަށް ވައިރޯޅިއަށް ވަދެވޭހައިވެސް ނެތެވެ. ރިޔާޝް އޭނާގެ ހިތް އެދެމުން ދިޔަ ކަންތަކަށް އިޖާބަ ދިނެވެ. ރަޔާއަށް އެ ދައުވަތަކަށް ދެކޮޅެއް ނެހެދުނެވެ. ހޫނު ނޭވާތަކުން ދެމީހުންގެ ވެސް ނޭވާ ކޮޅަށް ދަންދެން އެވަގުތުކޮޅުދެމިގެންދިޔައެވެ. އަމިއްލަ ދުނިޔެއެއްގައި ދެމީހުން ހިނދުކޮޅަކަށްފަހު ރިޔާޝް ސިއްސައިގެން ދިޔައީ ރަޔާ އޭނާގެ މޭގައި އަޅައި ކޮށްޕާލުމުންނެވެ.

އަދި ރަޔާގެ ހޫނު ހަމަލާ ރިޔާޝްގެ ކަންކަށިމައްޗަށް އެރުމުން މަޑު އާހެއް ރިޔާޝަށް ލެއްވުނެވެ. “ވަޓް ދަ ހެލް ޗީ… އަރރރގް…އައި ހޭޓް ޔޫ ދޮންބެ؟؟” ރަޔާ އަށް ރޮވުނެވެ. އޭނަ އޭތާ ހިނދުކޮޅަކުވެސް މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ރަޔާ ދުއްވައިގަތީ އޭނާގެ ކޮޓަރިޔާދިމާއަށެވެ. ކަނކުލު ހުޅުން ވާގިދޫވެ ރިޔާޝަށް އެހުރި ފިޔަވަޅު މައްޗަށް ތިރިވެވުނެވެ. އެންމެ ހިތްދަތިވީ ރަޔާ ދޮންބެ އޭ ބުނުމުންނެވެ. އޭނާގެ މަގާމު އޭނާ ހަނދާން ނެތުމުންނެވެ. އޭނާއަށް މިފަހަރު މިކުރެވުނީ މައާފު ހައްގުވާވަރުގެ ކުށެއް ނޫނެވެ. ދެން އޭނާ ރަޔާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ރަޔާގެ ހިތުގައި ވަނީ މީހަކަށް ޖާގަދެވިފައެވެ. އެހެންނޫނަސް ރަޔާ ދެކެނީ އޭނާ އެއީ ރަޔާގެ ދޮންބެ ގޮތުގައެވެ. ރިޔާޝަށް ކެތެއް ނުކުރެވުނެވެ. ވެލިގަނޑުގައި އަތުން ތަޅައިގަނެވުނެވެ. ހުރި ބާރެއް ލާފައި ވެލިގަނޑަށް ހުރިހައި ރުޅިއެއް ބޭލިއެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތުން ހޯސްލައިފައި ތިރިއަށް ފައިބަމުންދިޔައެވެ. ހިތުގައި ގިނަވެފައިވި ހުރިހައި ވާހަކަތަކެއް ހިއްސާ ކުރާނީ ކާކާހެއްޔެވެ؟..

ދުވެފައި ކޮޓަރިޔަށް ވަން ރަޔާ ގޮސް ވަނީ ފެންމާގަނޑު ދަށަށެވެ.  އޭނަ އެހުރި ގޮތަށް ހުރެ މުޅި ގަޔަށް ފެން އަޅަމުންދިޔައެވެ. އެތައް ފަހަރަރަކު ރަޔާ އޭނާގެ ތުންފަތުގައި އަތް ހޭކިއެވެ. ހީވަނީ އެއްޗެއް ފިލުވަން އުޅޭހެންނެވެ.

ރަޔާގެ ހިތަށް ވެރިވެފައިވަނީވެސް ހަމަ އެއް ހިޔާލެކެވެ. އޭނާގެ ދޮންބެ އޭނާއާ ދޭތެރޭ ވިސްނާނީ ކިހިނެއްބާއެވެ؟ ސުބުޙާނަﷲއެވެ. އޭނާއަށް ވެސް ލޯބިވެއިއްޖެއެވެ. އެއީ އޭނަގެ ދޮންބެއެވެ. ބުނާނީ ފަހެ ކޮންދުލަކުންހެއްޔެވެ؟ ރަޔާގެ ގިސްލުމުގެ އަޑުވަނީ މުޅި ފާހާނައިގެ ހަތަރުފާރުގައި ގުގުމާލައިފައެވެ.  ރަޔާ  ފާހާނައިން ނުކުމެ ތެތް އެއްޗިހި ބަދަލު ކުރުމަށްފަހު އޭނާގެ ދަބަސް ނެގިއެވެ.

ހިނގަމުން ފާލަމާ ހިސާބަށް އާދުވުނު ރިޔާޝަށް ލޯންޗަށް އެރި ރަޔާ ފެނުނެވެ. ނަމަވެސް އޭނަ ރަޔާ ހުއްޓުވާކަށް ނޫޅުނެވެ. އެފަދަ ހިތްވަރެއްވެސް ރިޔާޝްގެ އެވަގުތު ނެތުމުންނެވެ. މުޅި އެރޭ ރިޔާޝް ހޭދަކުރީ ރަޔާއާ މެދު ވިސްނާށެވެ. ގަޑިން 4.30 ވީ އިރުވެސް ރިޔާޝް އޮތީ ނިތްކުރި މަތީ އަތް ބާއްވާލައިގެންނެވެ. “އަނެއްކާ ރަޔާ އހަރެމެންނާ ދުރަށް ގޮއްސިއްޔާ؟” ރިޔާޝް އޭނާގެ ހިތަށް ވަން ނުބައި ވަހުމުން ފުންމައިގެން ތެދުވިއެވެ……………………ނުނިމޭ

Comments (24)

  1. Uhthoo

    Here is the part 4 of veemey inthizaarugai.. lill bxy veema type nukohlevigen lasvee.. sorry for that ? enjoy..Nd leave a comment below.. ly all ❤️❤️❤️??

    1. Anonymous
      Uhthoo

      .?…. Me first eh nooney Btw story rythi..

  2. Anonymous

    I ah hyvany cover change kohlee Ma hen rythi vaany… Hama ekani boy…

    1. Uhthoo
      Anonymous

      Will see.. thanks.. anonymous ??

  3. LoVelY gIrL

    Where is ”thiya”

    1. Uhthoo
      LoVelY gIrL

      Yeah it’s a mistake .. thanks for reminding ??

  4. Uhthoo

    And yes all ..who wants to change the cover of vaahakaige? on next part ga I want to clear it ?

    1. ???
      Uhthoo

      I wanna change..

    2. Anonymous
      Uhthoo

      Me ✌️

    3. Anonymous
      Uhthoo

      Me 3

    4. winkel angie
      Uhthoo

      I think its better to change the cover..

  5. jiji

    V nice…ekm i ah hyvaa ehcheh bunelaanan ingey..eynynu edhemehun gondu dhoshuga thibefa kuhli akah geyaa dhimaalah rayaa dhuhvaigaiy vhk… ge v kairii tha gondu dhoshaa..Or olhumakun tha aee..anyway waiting for da next❤??

    1. Uhthoo
      jiji

      Hehe.. yeah kurin part ga innaane resort ah ahna vaahaka bunefa…. Resort ga e ulhunee beach ga.. I think you forgot ??

  6. Sher

    Wow varah reethi mi bai vx. Alhugandakah nufeney cover pic change kuraakah. Varah kiyaa hiyvaa vaahaka eh mee. Varah reehchah ebahuri sifa kohdheefa vx. Waiting for next part. Love you uhthoo?????????

    1. Uhthoo
      Sher

      Thankoo sher .. lytoooo ??? Really happy to see those comments ❤️?? next part soon

    2. Uhthoo
      Sher

      Thankoo sher .. lytoooo ????? next part soon

  7. Umny ???

    As you wish Uhthoo. Writer ah ingeynee hadhaane gotheh Uhthoo cover page badhalu kuriyas nukuriyas Umny ge full support Uhthoo ashaa hurihaa writers ah ves libeyne insha Allah

    1. Uhthoo
      Umny ???

      Wow.. that’s great umny .. ??? but some readers want so I think I will change picture.. ? btw thankyou soooo much ???

  8. Sham

    Varah Reethi Mi part ves knirakun next part

    1. Uhthoo
      Sham

      Sham thanks Lott.. ?❤️ Next part soon inshallah ?

  9. Ei leen

    Love the stroy its really nice keep up the good work and i love it ❤❤

    1. Anonymous
      Ei leen

      Is that true la_la_la…

    2. Uhthoo
      Ei leen

      Thank yuh ei keen ❤️

  10. Ei leen

    When is the next part gonna be uploaded

Comments are closed.