އޭގެ އަނެއް ދުވަހެވެ.ލިޔާން ވަރުބަލި ގޮތަކަށް ލޯ ހުޅުވާލިއެވެ.އެދުގައި އަތް ހިންގާލަމުން ފޯނުނަނގާ ގަޑި ބަލާލިއިރު ކަމަކުދާކަށް ނެތެވެ.އޭނަ އޮފީހަށް ދާގަޑި ޖެހެނީއެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ލިޔާން ސިޑިން ފޭބިއިރު އޭނަގެ މަންމަ އާއި ލިވްޔާ ސިޓިންރޫމްގައި ތިއްބެވެ.”ޔާން އަވަހަށް އާދޭ ސައިބޯން”ޝަހީދާ ބުނެލިއެވެ.”ނޫން މަންމާ ގަޑިޖެހެނީ ދަނީ ލަވް ޔޫ”ލިޔާން ލިވްޔާ އާއި ޝަހީދާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ. “ކަމް އިން”ދޮރުގައި ޓަކި ދިން އަޑަށް ލިޔާން ބުނެލިއެވެ.އެތެރެއަށް ވަން މައިހާ ފެނުމުން ލިޔާންއަށް […]
އެނދުގައި ފޯނާ ކުޅެން އޮތް ލިޔާންއަށް ދޮރާ ދިމާއަށް ބަލާލެވުނީ ޓަކި ޖެހުމެއްވެސް ނެތި ލިވްޔާ ކޮޓަރިއަށް ވަނުމުންނެވެ.”ލިވީ ޓަކިޖަހަން ނޭނގޭތަ”ލިޔާން އެނދުގައި އިށީންނަމުން އަހާލިއެވެ.”ޓަކި ޖަހާ ވާހިކައެއް ނޫނޭ ދޮންބޭ،ދޮންތި އައިސް އެބަހުއްޓޭ”ލިވްޔާ އެހެން ބުނުމުން ލިޔާންއަށް ކޮޅަށް ތެދުވެވުނީ ދެލޯބޮޑުކޮށްގެން ހުރެެެއެވެ.”އައި ނޯ ރައިޓް ދެ އަހަރު ފަހުންވިއްޔާ ދޮންތި އެއައީ މަންމަ ބުނި ދޮންބެ ކިއިރީ ތިރިއަށް އަންނާށޭ ދޮންތި ވެސް އެބައިން”ލިވަޔާ އެހެން ބުނެ ދިޔުމުން ލިޔާން ލިވްޔާގެ ފަހަތުން ދިޔައެވެ. […]
މިލީނާ މަޔާންގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދުމާއިއެކު މިޙުރާންގެ މޫނަށް ބަލާލިވަގުތުކޮޅަކަށްފަހު މަޔާން ވާހަކަދެއްކިއިރު މިޙުރާންގެ މޫނާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރިއެވެ. އެއަޑުގައިވީ ހާސްކަމާއިއެކު ވާހަކަ ކުރިއަށްދިޔަވަރަކަށް މިޙުރާންގެ ތަނަވަސް ނިއްކުރިއަށް ރޫތައްޖެހެމުންދިޔައެވެ. ސޯފާގެ އަތްގަނޑުގައި ހިފާލެވިފައިވާ އަތަށް ބާރުވެގެންދިޔަވަގުތު ކޮޅު މިޙުރާން ސޯފާއިން ތެދުވެވަޑައިގަތްގޮތަށް ފާރުގައި އަތްޖައްސާލިއެވެ. އެއްއަތުން ދަތްދޮޅީގައި ހިފާލަމުން މަޔާންއާއި ދިމާލަށް ބަލާލިއިރު އެލޮލުުގައިވީ ޝުއޫރުތައް ތަރުޖަމާކުރަން މަޔާން ނުކުޅެދުނެވެ. މިޙުރާންގެ ރުޅިވެރިކަމަކީ މިހާތަނަށްވެސް އޭނައަށް ފެނިފައިވާ ސިފަޔަކަށްނުވިޔަސް މަޔާންގެ ހިތުގައި […]
ލޯބި ނުވެވުނު ނަމަ -3- ▪︎”މަންމަ ދައްކކާ ވާހަކަ. ޔޫން އެއް ނުކުރާނަމޭ ގޯސް ކަމެއް.” ޔޫން ބުނެލިއެވެ. ދެމީހުން ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ފިލާވަޅުތައް ނިންމަން ފެށިއެވެ. * * ▪︎ އާއިޝް ކުލާހަށް ދައްކަން ޖެހޭ ޕްރެޒެންޓޭޝަނެއް▪︎ ހަދަން ވެގެން ނަގާފައި ހުރި ބައެއް ފޮޓޯތައް ފޯނުގައި ހުންނާނެތީ ފޯނު ނަގާ ލޮކް ހުޅުވާލިއެވެ. ގެލަރީ އަށް ވަދެ ކެމަރާ ފޯލްޑާއަށް ވަތް އިރު އައު ފޮޓޮއެއް އިންހެން ހީވެގެން އެ […]
އަހަރެންގެ ލޮލުން ކަރުނަ ތައް ފައިބައިގަތީ އިހުތިޔާރަކާނުލައެވެ…އެއީ އީޝާގެ ޕޮޓޯ ގަނޑެކެވެ. އީޝާއަކީވެސް މާވަށު ކުއްޖެކެވެ. އަދި އަހަރެންގެ ކުރީގެ ކްލާސްމޭޓެއްވެސް މެއެވެ. އެހެންކަމުން އީޝާއާއި އަހަރެން މަދުންނަމަވެސް ވާހަކަ ދައްކާހަދަމެވެ. ނަމަވެސް އީޝާގެ ފޮޓޯގަނޑެއް ރައިހާންގެ ވޮލެޓްތެރެއިން ފެންނަންވީ ކީއްވެތޯ؟ އަހަރެން ދެން ބަލާލީ ޖެހިގެން ހުރި ޖޯލީގައި އިން ލަޔާގެ މޫނަށެވެ. އެ ފޮޓޯ ގަނޑަށް އިޝާރާތް ކުރަމުން މީ ކޮންކަމެއްތޯ އަހަރެން ލަޔާއާއި ސުވާލު ކުރީމެވެ. “މައީ.. އައި އެމް ސޮރީ ކުރިން […]
“އިވީ ޓްރަސްޓް މީ… އިންޝާﷲ ހަޤީގީ ކުށްވެރިޔާ ހޯދައި، އަހަރެމެންގެ ދަރިފުޅަށް އިންސާފު ހޯދައިދޭނަން… ކޮންމެ ގޮތަކަށް ކަންތައްވިޔަސް، އަމިއްލަ ފުރާނަ ޤުރުބާން ކުރަންޖެހުނަސް، ކައިކްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން…” ޔުމާންގެ ފަހު ޖުމްލަ އަޑު އިވިފައި އިވްޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ******** “ޔުމާން ދިޔަސް އެންމެ ރަނގަޅު…” އިވްޔާ ހުރީ އިސްޖަހާލައިގެންނެވެ. ޔުމާންގެ ޖުމްލަތަކުން ހިތަށް ކުރި ޢަޞަރުން އިވްޔާގެ ދެލޯ ކަރުނުން ފުރާލިއެވެ. އެ ވާހަކަތައް އަޑުއަހާނޭ ހިތްވަރު އޭނަގެ ގަޔަކު ނެތެވެ. […]
ވައިގަދަ ވިއްސާރަ ދުވަހެކެވެ. މުޅި ދުނެޔެވަނީ ކަޅު ވިލާތަކުގެ ސަބަބުން އަދިރިވެފައެވެ. ޖެހޭ ބާރު ވައިރޯޅީގެ ސަބަބުން ހީވަނީ ގޭ ފުރާޅު އެއްލާލާފާނެ ހެންނެވެ. ވިދާވިދުވަރުން ބިންމަތީގައި ހިންގާ ހިނިތައް ވެސް ފެނެއެވެ. ގުގުރީގެ ބާރުކަމުން ހީވަނީ ބިންގަނޑު ފަޅައިގެން ދާނެ ހެންނެވެ. މަތީގައި އުދުހޭ ދޫނިތަކައް ވައިގަދަކަމުން އުދުހެން އުނދަގޫވާ ކަހަލައެވެ. އެހެނަސް ޝަމްނާ މަގުމަތިން ހިންގާފާ އެއަންނަނީ ވަރަށް ހާސްކަމުން ފުރިފާވާ ކަހަލަ ގޮތަކަށެވެ. މި ތޫފާނަކީ އޭނާގެ ވޭނީ ދިރިއުޅުމާ ބަލާ އެކައްޗެއްވެސް […]
ސިއްސާގެން ގޮސް ކާޔާ އަށް ބައްދާލެވުނީ ރިއާންގައިގައެވެ. ކުއްލިއަކަށް ކާޔާ އައިސް ބައްދާލުމުން ރިއާންހުރީ ހަދާނެގޮތް ހުސްވެފައެވެ. ރިއާންއަށް ކުރަމުން ދިޔަ އިހްސާސްތަކަކީ މީގެކުރިން ދުވަހަކުވެސް ވީގޮތެއް ނޫނެވެ. މަޑުންމަޑުން ރިއާންގެ އަތް ހަރަކާތްކޮށްލިއެވެ. ކާޔާގެ އަތުގައި މަޑުމަޑުން ހިފާލުމުން ކާޔާ އަށް މިހުރެވުނުގޮތް ރޭކާލީ އަދި ކިރިޔާއެވެ. ލަދުން ހަދާނެގޮތްހުސްވެފައިހުރި ކާޔާ އަށް އިސްއުފުލާ ބަލާލެވުނީ ރިއާން އައި ދިމާއަށެވެ. މިހާކާރިން ރިއާންފެނުމުން ކާޔާއަށް ބުނަންނޭނގޭ އިހްސާސްތަކެއް ކުރަންފަށާފިއެވެ. ހިތްތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ.ރިއާންގެ ފިރިހެންވަންތަ މޫނަށް ބަލަންހުރެވުނީ ކިހާއިރަކުކަމެއް ކާޔާއަށްވެސް ނޭނގެއެވެ. ރިއާންގެ ފިރިހެންވަންތަކަން އިތުރުކޮށްދޭ ތުނބުޅިއާއި އެދެލޮލުގެ ޖާދޫގައި ނުޖެހިދާނީ މަދުބައެކޭ ކާޔާހިތަށް އެރިއެެވެ. ރިއާން ހުރީ ކިތައްމެހާވެސް ހިތުގައި ފޮރުވާފައިވާ ލޯބި ކާޔާގާތު ބުނަން ބޭނުންވެފައެވެ. ނަމަވެސް އަދި މާއަވަހޭ ހިތައް އަރާ މަޑުކޮށްލީއެވެ. ކާޔާއަށް ވާރޭހުއްޓާނުލާނެހެން ހީވުމުން ހިނގައިގަތީ ދާންށެވެ. ދަނީތާ! ރިއާންއަށް ކާޔާ ހިނގައިގަތުމުން […]
“ތި އަންހެން ކުދިންގެ ވާހަކަ އަހަރެން ކާރީ ނުދައްކާތިއެން ޔޫ ކޮން އިރަކުންތަ؟” ދެލޯ އަޅާލަމުން އާލިމް ބުނެލިއެވެ. “މަންމަ ދައްކާ ކުއްޖަކާ މަ އިންނާނީ އައި ވޯންޓަ އަ އެރޭންޖް މެރިއޭޖް.” އާއިޝްވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ. “ހޫމް… ކޮން ސަބްޖެކްޓެއް ކިޔަވާ ދެނީ” އާލިމް ބުނެލިއެވެ. “އޭޒް ޔޫ ނޯ.. ދޯ އިންގްލިޝް” އާއިޝް ހީލަމުން ބުނެލިއެވެ. ** އާދިއްތަ ދުވަހުގެ ހެނދުނު ވަގުތު ވީ ހުރިހާ ކުދިން ސްކޫލް ދޮށްށް އެއްވި ވަގުތަށެވެ. […]