އިސާހިތަކު ލޮލުން ކަރުނަ ނިރާލީ އެދުވަސްތަށް ހަނދާން ވުމުންނެވެ. ހުރިހާ އިހްސާސެއް އެއްވެ ރުޅި އިސްކުރަން ނެގީ މަދު މިނިޓު ކޮޅެކެވެ. *** “އޭތް!! އަޝޫ ހިނގާ ބަލަ އަހަރެން ގެއަށް ލައިދޭން.. ރީމް ނުދާނަންތަ؟” އައިނާ އަޝްހާ ކައިރީ ބުނެލުމަށްފަހު ، އޮޅުން ފިލުވާލީ ރީމާ ގެއަށް ދޭތޯއެވެ. “އާން.. އަހަރެން ދާނީ ނަވްޝާ ކައިރިއަށް ވަދެލާފައި. އެއީ ވެސް އަހަރެންގެ ބެސްޓް ފްރެންޑެއްނު؟ އަދި އޭނަ އަށް ވެސް މިފްރެންޑް ޝިޕް އަންގަންޖެހޭނެ. ނަވްޝާ […]
އަލްވިން ފާހަނައިން ނުކުތްއިރު ކޮޓަރީގައި އެކަކުވެސްނެތެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި އަވަހަށް ތައްޔާރުވެލިއެވެ. “އަލްވިން؟؟؟” ނަވާލްގެ އަޑު ބޭރުންއައެވެ. ” އާނ، ކީކޭ؟” އަލްވިން، އަތުގެ އިނގިލި ތަކުން އޭނާގެ ފަން އިސްތަށިގަނޑުގައި އަތްކާތުލަށްފަހު ޖަވާބުދިނެވެ. ” ކޮބާ އަދިވެސް ނުނިމެނީތަ؟ ” ” ނޫނޭ މިނިމުނީ ” ބޮޑީސްޕްރޭ ފުޅިން ގަޔަށް ބޮޑީސްފްރޭ ބުރުވާލުމަށްފަހުގައި ކޮޓަރިން އަލްވިން ނުކުތެވެ. ނަވާލް އާއި އެއްކޮށް އަލްވިން ގޮސް ދެން ވަނީ ކާގެއަށެވެ. އޭރު ހަލީމާ އަވަދިނެތި ސުފުރާމަތި […]
އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ހާސިލް ވުމަށް އެދީގެ 22 ވަނަ ބައި ގެނެސްދޭނެކަމުގައި ނަފޫ ވާނި ބުނެފައި… ނަމަވެސް ޓެސްޓްތައް ނުނިމި ހުރުމުގެ ސަބަބުން ވާހަކައިގެ ދެން އޮތް ބައި ނުގެނެސްދެވުނު.. ނަފޫގެ ޓެސްޓްތައް ނިމުނީ މިދިޔަ ބުރާސްފަތި ދުވަހު.. ނަމަވެސް އެނެއްކާވެސް މިވަނީ ނަފޫގެ އެނެއް ޓެސްޓްތައް ފެށެން ކައިރިވެފައި.. މި ހަފްތާ ނިމުމުން ދެން ފެށޭނީ ވެސް ޓެސްޓް.. އެހެންކަމުން ނަފޫ އަށް ދެން ވާހަކައިގެ 22ވަނަ ބައި ގެނެސްދެވޭނީ ނޮވެންބަރު […]
އަހަރެން ކުރި ބެލުމެއްނެތި ބާރަށް ދުވަނިކޮށް ކުރިމތީގަ ހުރި މީހާގެ މޭމަތީގައި ޖެހި ބިންމައްޗަށް ވެއްޓުނެވެ…. އަހަރެންގެ ފައި މަށައިގެން ދިޔައެވެ. ނަމަވެސް ހިއްވަރު ކޮއްލާފައި ކޮޅަށް ތެދުވީމެވެ. “ބައްޕާ…. ނުވެސް ބުނެ އެންނު ތިއައީ ރޭގަ ގުޅީމަވެސް ބުނީ ނާދެވޭނެޔޯ ރަށަކަށް” ކުރިމަތީގައި ހުރީ އަހަރެންގެ ލޯބިވާ ބައްޕައެވެ. އެޔެއް މިޔެއް ބެލުމެއްނެތި އަހަރެންގެ ބައްޕަ ގައިގައި އޮޅުލަިގަތީމެވެ. ފަޔަށް ތަދުއިހުސާސްވެސް ނުވާކަހަލައެވެ. އަހަރެންގެ ލޯބިވާ ބައްޕަ އަހަރެންނަށް މި ފެނުނީ އަހަރެއްހާ ދުވަސް ފަހުންނެވެ. […]
“އައިނާ ގެއަށް ވަތް ގޮތަށް އިސްރާ އަށް ގޮވާލިއެވެ. “އައިނާ؟؟” އިސްރާ ސުވާލުގެ ނަޒަރަކުން އައިނާ އަށް ބަލާލީ އައިނާ އަވަހަށް މިއަދު ސްކޫލުން އައުމުންނެވެ. *** “މަންމާ ވަރަށް ބަނޑުހައި!!” އިސްރާ ހައިރާންވީ ކޮޓަރީގައި އިން ގަޑިއަށް ބަލާލުމުންނެވެ. ގަޑިން މިހާރު މެންދުރު އެކެއްޖެހީއެވެ. އޭނަޔަށް ހަމަ މިހާއިރު ވިސްނަން އޮވެވުނީ ހެއްޔެވެ. އިސްރާ އަށް ވީގޮތްފެނުމުން އައިނާ ގާތަށް ކުޑަކޮށް ހިނި އައެވެ. “ދަރިފުޅުދޭ ފެންވަރައިގެން ނަމާދު ކޮށްގެން އަންނަން.. އޭރަށް މަންމަ ކޮންމެވެސް […]
“އަހަރެން ފަހަރެއްގައިވެސް ހިޔެއްނުކުރަން އައްމާރު ތިހާ ނުބައިވެދާނޭކަމަކަށް…. ކަލޭތީ އިންސާނެެއްތަ؟ އަހަރެން މިއަދު ލަދުގަނޭ ތިފަދަ މީހެއްދެކެ އަހަންނަށް ލޯބިވެވުނީތީ… ތިހާ ނުބައި މީހަކު އަހަރެންގެ ދަރީންގެ ބައްޕައަކަށްވީތީ… ތިހުރީ އަހަރެންގެ މުޅި ދިރިިއުޅުން ހަލާލުކޮށްލައިފައި… އަހަރެން ދަރިފުޅުގެ މުޅި ހަޔާތް ނަގާލައިފައި.. މިހުރިހާކަމަކަށްފަހުވެސް އަހަރެން ހުރީ ދެވަނަ ފުރުސަތެއްދޭން… އެކަމަކު އަމިއްލަ ސާބިތު ތިކޮށްދިނީ ތިއީ އެފަދަ ފުރުސަތެއް ހައްޤުވާވަރުގެ މީހެއްނޫންކަން… ހީނުކުރާތި ދެންވެސް އަހަރެން ކަލެއާއިއެކު އުޅޭނޭ… މިކަންތައް ދެން ނިމޭނީ ކޯޓުން…” ރުޅިވެރިކަމާއިއެކު […]
ލޮތްބަކީ ކޮބާ ހެއްޔެވެ؟ އެކަކު އަނެކަކަށްޓަކައި ނިމިދިއުމެވެ. ތިމާ ލޯބިވާ މީހާގެ އުފަލައްޓައްޓަކައި ތިމާގެ ލޯބި ޤުރުބާން ކުރުމެވެ. އަދި މި ނޫންވެސް ލޯބޭގެ އެތަކެއް މާނަތަކެއް ވެއެވެ…… އޭގެތެރެއިން އަހަންނަކީ ލޯބީގައި ކެހިވެރިކަން ލިބިފަިވާ މީހަކީމެވެ… އެއާއެކު ޝަހުދާންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެވެ. ****************************** މުޅި ކެބިންގެ ތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ.ހަމަ އެކަނި އިވިގެނ ދަނީ މަދު ގިސްލުމެއްގެ އަޑެވެ…… ގައިގަ ހުރި ހުރިހާ ވާގިއެއް ގޮނޑިއަށް ދޫކޮއްގެން ހުރި ޝަހުދާން ހިތާމައިގެތަސްވީރެއް ފަދަ އެވެ. އެ ދޮން މޫނު ވަނީ ރުއިމުގެ ސަބަބުން މިލާ މޯޅި ވެފަ އެވެ. އެ ރީތި ދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތް ވެފަ އެވެ. ހިތް ފުރެންދެން ރޯލުމަށް ފަހު ވޮޝްރޫމަށް ވަދެ މޫނު ދޮވެ ލައިގެން ނުކުމެ ކުރަން ހަމަޖެހިފަިވާ މަސައްކަތް ކުރަން ފެއްޓިއެވެ. އިރުކޮޅަކުން ކެބިންގެ ދޮރުގައި މީހަކު ޓަކިޖެހި އެވެ. އެއާއެކު ޝަހުދާން ކަމްއިން އޭ ބުނެލުމުން އެތެރެއަށްެރެއަށް އަންހެން ކުއްޖަކު ވަދެގެން އައެވެ.ލައިގެން އިން ކަޅުކުލައިގެ ކަކުލަށްވުރެ މަތި ސްކާޓުންނާއި އާދައިގެ ޓޮޕުން ވައްތަރީ ރިސެޕްޝެނިސްޓަކާއެވެ.ސީ.އީ.އޯ ށަހުދާން …. ޔޫހޭވް އަ މީޓިން ރައިޓް ނައު.. ދެންމެ ސާރްގެ ބައްޕަ ގުޅާފަ ބުނުއްވީ ޗައިނާގެ އިންވެސްޓަރުން އެބަ ދުރުވެޔޯ މިކޮޅަށް.. ޝަހުދާން އަކީ ހުޅުމާލޭގެ މަޝްހޫރު އެއް ބިޒްނަސްމޭން ކަމަށްވާ ޝާމިން އަދި ޝިއުނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ެްއާނ މިދަނީ… ވެއިޓް … ޑޫ ޔޫ ހޭވް އެނީ އިންފޮމޭށަން އެބައުޓްނިއު ސެކްރެޓްރީ ؟ޔެސް ސާރ ޝީ ވިލް ކަމް ފޯރ ދަ އިންޓެވިއު ޓުމޯރޯވް…. އޯކޭ ދެން ޔޫކޭން ލީވް ނައު… އޯކޭ ސާރހޭވް އަ ގުޑް ޑޭ… އިރުކޮޅަކުން ފޯނު ހިފައިގެން ޝަހުދާން ލިފްޓަށް އެރީ މީޓިންގް ރޫމަށް ދިއުމުގެ ގޮތުންނެވެ. ******************************************* އަނދުންކުލައިގެ ވިލާތަކުން އުޑުމަތި ބައްދާލިއިރު އިރުގެ އެންމެ ދޯދިއެއްވެސް ފެންނާކަށް ނެތެވެ. އޭގެ ސަބަބުން ގިނަ މީހުންގެ ހިތްތަކަށް ފޫހިކަންވެރިކުރުވި ނަމަވެސް ޝެލީގެ ހިތަށް ހިތައް ލިބުނީ އުފާވެރިކަމެވެ. އިރުކޮޅަކުން ވާރޭ އޮއްސިގަތެވެ. *********************************** މީޓިން ނިންމާލުމަށްފަހު އޮފީހުން ނުކުމެގެން އައި ޝަހުދާން އަށް އަތުގަ އޮތް ފޯނު ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ސަމާލުކަމެއް ދެވިފައެއް ނެތެވެ.ފިރިހެންވަންތަ ހިނގުމުގައި ގޮސް ފެރާރީ ކާރު ކައިރީ މަޑުކޮއްގެން ހުރި ޝަހުދާންއަށް ދިޔައީ މަގުމަތިން ހިނގަމުން ދިޔަ ގިނަ ަނހެނ ކުދިންގެ ނަޒަރުތަކެއް އަމާޒުވަމުންނެވެ.އެ އަންހެން ކުދިން ހިތާހިތުން ހިތާހިތުން ޝަހުދާން އަށް ތައުރީފް ކުރަމުން ދިޔަ ނަމަވެސް ފިރިހެން ކުދިން ދިޔައީ ހަސަދައިގެ ނަޒަރުން ޝަހުދާން އަށް ބަލަމުންނެވެ.ވާނީވެސް އެހެންތާއެވެ. ލައިގެންހުރި ކަޅުކުލައިގެ ކޯޓުފަޓުލޫނާ ،އަރައިގެން އިން ކަޅު ބޫޓާ ޒަމާނީ އައިނުގައި ޝަހުދާން ފެންނަލެއް ވަރަށް ރީއްޗެވެ. ފޯނު ޖީބަށް ލުމަށްފަހު ދުރުބަލާލި ޝަހުދާން ސިހުނީ އެހާ ގިނަ އަންހެންކުދިން އޭނަޔާ ދިމާޔަށް ބަލައިގެން ތިބުމުންނެވެ. ނަމަވެސް އިތުރަށް އެންމެ ބަހެއް ވެސް ހިތަކަށް ނާރައެވެ.ހީވަނީ އެކަމަށް އާދަ ވެފަހުރި މީހެއް ހެންނެވެ.އިރުކޮޅަކުން ފޯނެއް […]
” އިކާން… ” ގޭގެ އެކި ތަންތަނަށް ނަޒަރު ހުއްޓަމުންދިޔަ ޔަނާލްއަށް އާކިފްގެ ދުލުން އިކާންގެ ނަން އިވުނު ވަގުތު އެއްވެސް އިޚްތިޔާރަކާނުލައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެހެނަސް ދޮރާއި ދިމާލުގައި އެކަކުވެސް ފެންނާކަށް ނެތެވެ. އޭނައަށް ދެން ބަލައިލެވުނީ ތަންކޮޅެއް ފަހަތުން އެއްފަރާތެއްގައި ހުރި އާކިފްއަށެވެ. އޭރު އާކިފް ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު ފޯނު ކަންފަތުގައި ޖަހަލަނީއެވެ. އާކިފްގެ އެއަމަލުން އޭނައަށް އިކާންގެ ކޯލެއް އައީކަން ޔަނާލްއަށް ނަގައިގަނެވުނެވެ. ފުން ނޭވައެއް ދޫކޮށްލަމުން އޭނާ އަނެއްކާވެސް […]
ޝައިމް މުނާ ކިޔާ އެއްޗަކަށް ނުބަލަ މުނާ ކޮށްޕާލާފައި ގޭން ނެރެލިއެވެ. *.*.*.*.*.* މުނާ ގިސްލަ ގިސްލާފަ ރޮމުން އެކަނިމައި އެކަނި ދަބަސް ހިފައިގެން ގެއަށް ދިޔައެވެ. ގެއަށް ގޮސް މަރީނާ ފެނުންތަނާ މުނާ ބާރު ބާރަށް ރޮއެ ގަނެފަ މަރީނާ ގައިގަ ބައްދާލިއެވެ. ”ދަރިފުޅާ ކިހިނެއްވީ؟… ކިހިނެއްތަ ވީ ނުރޮއެ ހަމަ ޖެހިލާފަ މަންމަ އަށް ކިޔައި ދީބަލަ” މަރީނާ މުނާ ސޯފާ ގައި ބައިންދަމުން އެހިއެވެ. ” މަ… މަ.. މަން.. މަންމާ.. ޝައިމް […]