ޔަނާލްގެ އަމަލުތައް ހުންނަ ގޮތުން އޭނަގެ ހަޔާތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަމަށް އިކާންއަށް ގަބޫލުކުރެވުނެވެ. މިފަދަ އެތައް ކަންތައްތަކެއް އިކާންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭނަގެ ލޮލަށް ނިދި ސަވާރުވީވެސް އެވިސްނުންތަކުގައި އޮތްވައެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ހަތެއް ޖަހާއިރަށް ފޯނު އެލާމްކުރުމަށްފަހު ޔަނާލް ފަތިސް ނަމާދުކޮށްލައިގެން ކުޑަ ވަގުތުކޮޅަކު ނިދާލުމަށް އޮށޯވެލިއެވެ. ގަޑިން ހަތެއް ޖެހުމާއެކު އިވިގެންދިޔަ އެލާމްގެ އަޑާއެކު ޔަނާލްއަށް ނިދިން ހޭލެވުނެވެ. ކަންނެތްކަމާއި ވަރުބަލިކަން އިހުސާސްވި ނަމަވެސް މިއަދުވެސް ބުރަ ދުވަހަކަށް […]
“މަންމާ” މިއްލީއަށް ރޮއެގަނެވުނީ ސްޓްރެޗަރއެއްގައި ގެންދަމުން ދިޔަ އޭނާގެ މަންމަ ފެނިފައެވެ. އެ ލޮބުވެތި މޫނުގައި އެތައް ކޫރުންތަކެއް އެޅިފައިވީ އިރު ދިރިހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާ މަަންމަ ގެ ފަހަތުން ލެއިން ތަތްތެޅިފައި ތިބި އޭނާގެ ބައްޕައާއި ބޭބެގެ އިތުރުން ފަހަރިވެސް ގެން ދިޔައީ އޭނާގެ ލޯކުރިމަތީގައެވެ. ހަމައެއާއި އެކު ތުއްތު މާލް މެޑިކަލް ޓީމްގެ މެމްބަރެއްގެ އަތުގައި އޮތް ތަން ފެނި މިއްލީއަށް ހީވީ މުޅި ދުނިޔެ އެނބުރެން ފެށިހެންނެވެ. ދެފައިން […]
ޔާޝާ އޮފީސް ނިންމާފައި ގެއަށް ދާން ނުކުތެވެ. ވެފަ ހުރި ވަރު ބައްޔަކުން ޔާޝާ ދިޔަ މަގުމަތިން ފިހާރަ އަކަށް ވަދެ ފިނި ދެ ކޯކު ދަޅު ގަނެގެން ދިޔައީ ގެއަށެވެ. ގެއަށް ގޮސް ވަތްއިރު ޔަނާލް ފެންނާކައް ނެތެވެ. ”ނާލް… ނާލް”. ޔާޝާ ޔަނާލް އަށް ގޮވަމުން ދިޔައެވެ. ނަމަވެސް ގޭގެ އެކި ތަންތަން ހޯދާ ހޯދާ ވެސް ޔަނާލް އެށް ނުފެނުނެވެ. ޔަނާލް ނުފެނުމުން ޔާޝާ ހުރީ ވަރަށް ހާސް ވެފައެވެ. ޔާޝާ ކޮޓަރީގައި […]
ޔަޒަން އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވީ ފަތިސް ނަމާދަށް ދިޔުމަށެވެ. އުމުރުން 9 އަހަރުގެ ޔަޒަން ކިތަންމެ ކުޑަނަމަވެސް ނަމާދަށް ދިޔުމަށް އޭނާއަށް ގޮވާކަށް ނުޖެހެއެވެ. އެންމެ ތުއްތު އިރުންސުރެންވެސް އޭނާގެ މައިންބަފައިން ދަސްކޮށްދިނުމަށް އެންމެ އިސްކަމެއް ދިނީ އަޅުކަންތައްތަކަށެވެ. ދީނާއި ހިލާފް ފިކުރުތަކާއި ދިމާލަށް އެބުރިގެން ހިގާދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. ބޭރުގެ ގިނަ އަދަދެއްގެ އެހެން ދީންތަކުގެ މުދައްރިސުން މަދަރުސާގައި ކިޔަވާދެމުންދާއިރު އެއީވެސް ވުން ދުރުކަމެއްނޫނެވެ. ގިނަ ފަހަރަށް […]
ހެނދުނު އައިނާ ސްކޫލަށް ދިޔައިރު އަޝްހާ ކުލާހުގައި އިނެވެ. އައިނާ ވަރަށް ނޭނގޭ ކަމަށް ހަދާލާފައި ގޮސް އަޝްހާ ކައިރީގައި އިށީންދުނެެވެ. “އަނާ!!؟؟” އަޝްހާ ގޮވާލީ އައިނާގެ ސަމާލުކަން ހޯދާށެވެ. “ހޫމްމްމް..” އައިނާ މަޑުމަޑުން ފަރުވާ ކުޑަ ގޮތަކަށް ހޫމް އެއް އަޅުވާލިއެވެ. އަޝްހާ ހަދާ އެއްޗެއް ބަލާލާށެވެ. ވީވެސް އައިނާ ހީކުރި ގޮތަށެވެ. އަޝްހާ އަށް އޭނާ ‘އެކްޓް’ ޖައްސާކަން އެނގުނެވެ. “އޯހް ގޯޑް އަނާ!! ނޭނގޭ ކަމަށް ނަހަދަބަ.. އެއްމެ ފަހުން އަހަރެންގެ ޑްރީމް […]
ކޮނޑުގައި އޮތް ކަޅުކުލައިގެ ދަބަސް ޒައިން އީނާލް ކައިރީގައި ބައިންދަމުން މަގާ ދިމާލަށް ބޯ ދިއްކޮށްލިއެވެ. އޭރު މާސްކު އެޅި މީހަކު އީނާލް ހޯދަމުން ދިޔައެވެ. އީނާލްވެސް ޒައިންގެ ފުރަގަހުން ބޯ ދިއްކޮށްލިއެވެ. އެމީހާ ފެނި އޭނާގެ ހައިރާންކަން އިތުރު ކުރުވައިފިއެވެ. އެވަގުތު އީނާލްގެ ލޮލުގައި އަޅައިގަތީ އެމީހާ ކައިރީ ހުރި ގަހުގައި އިން ކުޅަނދުރު ހަތައެވެ. އޭނާގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ. އަރައިގެން ހުރި ފައިވާން ކިބަ އަތަށް ނަގަމުން އޭނާ ތެދުވިއެވެ. ޒައިން […]
ފިހާރައަކުން އަތް ގުޅުވައިގެން ނިކުތް ޖޯޑަކަށް ނަޒަރު ހުއްޓައިގެން މައިހާއިނެވެ.އެމީހުން ގޮސް ޕާކްކޮއްފައި އޮތް ކާރަކަށް އެރިއެވެ. “ޔާން ފޮލޯ ދެޓް ކާރ”މައިހާ އެހެން ބުނުމުން ލިޔާން މައިހާއަށް ބަލާލީ ކިހިނެއްވީހޭ އަހާގޮތަކަށެވެ.”އަވަސް”މައިހާ އެހެން ބުނުމުން ލިޔާން އެކާރުގެ ފަހަތުން ދިޔައެވެ. އެކާރު މަޑުކުރީ ރީތިކޮށް ހިދާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ.ލިޔާން ކާރު މަޑުކުރުމާއެކު މައިހާ ކާރުން ފޭބިއެވެ.އަދި އަނެތް ކާރުން ފޭބި މީހުންނާ ދިމާއަށް މިސްރާބުޖެހިއެވެ. “ޝާން”ގެއައް ވަންނަށް ހިނގައިގަތް އިޝާންގެ ފިޔަވަޅުތަށް ގަނޑުވީއިވުނު އަޑަކުންނެވެ.އޭނައަށް […]
ރާޔާއަށް މާބޮޑު ސަމާލު ކަމެއް ނުދީ ރަޔާން ބާރު ހިނގުމެއްގައި ރާޔާގެ ކޮޓަރިއާއި ދިމަލަށް ދިޔައެވެ. ދެތިން ފަހަރަކު ކޮޓަރީގައި ޓަކި ޖެހުމުން ވެސް ދޮރު ނުހުޅުވިއެވެ. ތަނޑު ނުލާ ހުރުމުން ރަޔާން ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. ކޮޓަރި ތެރޭގައި ޒާޔާގެ ހިލަމެއް ވެސް ނެތެވެ. ޒާޔާ އަދި ވެސް ފެންވަރާ ނުނިމެނީއޭ ހިތާ އެނބުރި އައި ކޮޅަށް ދާން އުޅުނު ރަޔާން ހުއްޓުނީ ފާޚާނާ އެތެރެއިން ޒާޔާ ގިސްލާ އަޑު އިވުމުންނެވެ. “ޒާޔާ” ދުވެފައި […]
ފަތިހުގެ ހަމަހިމޭން ވަގުތެވެ. ޖެހޭ މަޑު ފިނި ވައިރޯޅި ތައް ދަނީ ކޮޓަރި ކުޑަދޮރު ކައިރީ ހުރި ޔާޝާ ގައިގަ މަޑު މަޑުން ބީހިލާފައެވެ. ޔާޝާ ހުރީ ފަތިސް ނަމާދަށް ހޭލާ، ބަންގި ނުގޮވާތީ ކުޑަދޮރު ކައިރީ މަޑުކޮށްލައިންނެވެ. ޔާޝާގެ މޫނު މަތީގައި ވަނީ ހިތާމައިގެ ކުލަވަރެވެ. އެއީ އޭނާގެ މާޒީ އެވެ. މާޒީގެ މަތިން ހަނދާން ކުރަން ކީއްކުރަންހެވެ؟ ވާނީ ހަމަ ބޭކާރު ކަމަކަށެވެ. ބަންގި ގޮވި އަޑަށް ޔާޝާ ލޮލުން އައިސް ހުރި ކަރުނަތައް […]