Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ… 5

އަހަރެންގެ ލޮލުން ކަރުނަ ތައް ފައިބައިގަތީ އިހުތިޔާރަކާނުލައެވެ…އެއީ އީޝާގެ ޕޮޓޯ ގަނޑެކެވެ. އީޝާއަކީވެސް މާވަށު ކުއްޖެކެވެ. އަދި އަހަރެންގެ ކުރީގެ ކްލާސްމޭޓެއްވެސް މެއެވެ. އެހެންކަމުން އީޝާއާއި އަހަރެން މަދުންނަމަވެސް ވާހަކަ ދައްކާހަދަމެވެ. ނަމަވެސް އީޝާގެ ފޮޓޯގަނޑެއް ރައިހާންގެ ވޮލެޓްތެރެއިން ފެންނަންވީ ކީއްވެތޯ؟ އަހަރެން ދެން ބަލާލީ ޖެހިގެން ހުރި ޖޯލީގައި އިން ލަޔާގެ މޫނަށެވެ. އެ ފޮޓޯ ގަނޑަށް އިޝާރާތް ކުރަމުން މީ ކޮންކަމެއްތޯ އަހަރެން ލަޔާއާއި ސުވާލު ކުރީމެވެ. “މައީ.. އައި އެމް ސޮރީ ކުރިން ނުބުނެވުނީމަ.. އަސްލު.. ރައިހާން ތިއްތި އާއި އީޝާ…” އަހަރެންނަށް ކެއްކޮއްލެވުނީ އެހިސާބަށެވެ. ލަޔާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނިސް އަހަރެން އަނގަ މަތީގައި އަތް އަޅަމުން ގެއާދިމާލަށް ދުއްވައިގަތީމެވެ. އަހަރެންގެ ލޮލުން ފައިބަމުންދާ ކަރުނަތައް ލަޔާއަށްވެސް ދައްކާކަށް އަހަރެން ބޭނުމެއްނޫނެވެ. މި ވާހަކަ ލަޔާ އަހަރެން ގާތުގައި ކުރިން ނުބުނީތީ.. ލަޔާދެކެވެސް ފާޑަކަށް ރުޅިއާދެވުނެވެ. އައިގޮތަށް އައިސް ކޮޓަރިއަށް ވަދެ އެނދުމަތީގައި ހުރި ބާލީސްތައް އެކި ދިމާދިމާލަށް އުކަން ފެށީމެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި ރީތިވާސާމާނުވެސް ޖެހުނު ތާކަށް ވިއްސަމުން ދިޔައީމެވެ. އަހަރެންނަކީ މާބޮޑަށް ދެރަވުމުން …އެކަން ފޮރުވުމަށް އޮޓޯ އިން ރުޅިއާދެވޭމީހެކެވެ. .. އަހަރެންގެ ސިކުނޑި ބުނަމުން ދިޔައެވެ. “ރައިހާން އެއީ މީހެއްގެ ހައްގެއް ….ދެން ރައިހާން އެއް ނުލިބޭނެ …ހަނދާން ނައްތާލާ އޭނަ މަތިން… ” ނަމަވެސް އަހަރެންގެ ހިތް އެކަން ގަބޫލު ކުރާކަށް ބޭނުމެއްނުވެއެވެ. “ރައިހާން އެއީ ހަމައެކަނި މަގޭ މީހެއް އެހެން މީހަކަށް ނުލިބޭނެ..”. އަހަރެން ގެ ހިތަށް ގޯސް ވިސްނުންތައް ވަންނަން ފެށިއެވެ…. “ދަރިފުޅާ.. މައިއްކޯ… ކޮން އަޑުތަކެއްތަ އެއިވެނ؟ީ… ކޯޗެއްތަ މާ ވަރަކަށް ތި އުކަނީ؟”  މަންމަ އަހަރެންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ބުނެލިއެވެ. އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ރަތްވެ ދުޅަވެފއިަވާ އަހަރެންގެ ދެލޯ ފެނި މަންމަ ސިހޭގޮތްވިއެވެ. ކަމެއް ގޯސްވެއްޖެކަން އަހަރެންގެ މަންމަ އަށް އެނގުނެވެ. މަންމަ އައިސް އަހަރެންގެ އަތުގައި ހިފައިގެން އެނދުމަތީގައި އިށިންނިއެވެ. “ދަރިފުޅާ… ކިހިނެއްވީ؟ މަންމަ ކާރީ ތިވެގެން އުޅޭގޮތެއް ބުނެބަަލަ؟ މަންމަ އަށް އިނގޭ ދަރިފުޅު މަންމަ ގާތު ދޮގުނުހަދާނެކަން” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އަހަރެންގެ މަންމަގައި އޮޅުލައިގަތީމެވެ. ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގަތެވެ. އަހަރެން ހިތްފުރޭވަރަށް ރޯލެވުމުން ތެދުވެ ..ރައިހާންގެ ވާހަކައާއި އީޝާގެ ވާހަކަ މަންމަ އަށް ކިޔާދިނީމެވެ. މަންމަ އެކަމާބެހޭގޮތުން އަހަރެންނަށް ވަރަށް ނަސޭހަތްވެސް ދިނެވެ. މަންމައާއި ވާހަކަ ހިއްސާ ކޮއްލެވުމުން ހިތަށް ލިބުނީ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމެކެވެ. މޫނު ދޮވެލައިގެން ކާން އައުމަށް ބުނެފައި މަންމަ ދިޔައެވެ. އަހަރެން ފާހަނައަށް ވަދެ މޫނު ދޮވެލައިގެން ނިކުތްއިރު އެނދުމަތީގައި އިސްޖަހައިގެން ލަޔާ އިނެވެ. އަހަރެން ފެނުމުން ލަޔާއައިސް އަހަރެންގައިގައި ބައްދާލިއެވެ. “މައީ… ލޫކް އަހަރެން މައީކާރީ އެވާހަކަ ބުނަން އުޅުނިން ކުރިންވެސް އެކަމަކު މައީ އެގަޑީ ހުރީ ވަރަށް ހެޕީކޮށް… އަހަރެން ބޭނުންނުވީ މައީގެ މޫނުގައިވައި ހިނިތުންވުން ގެއްލެން… އެންޑް ނައު އައި ޑޯންޓް ހޭވް އަދާ ޗޮއިސް..މިތާ އިޝީންދެބަލަ މިއުޅެނީ ކިޔާދެން” ލަޔާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އިޓް ވޯޒް ލާސްޓް އިޔާރ ގެ ބޮޑު ޗުއްޓީގަ.. މައީ ނާދޭ އެޗުއްޓީއަކު މާވަށަކަށް ….ކޮންމެސް ގޮތަކުން ރައިހާން ތިއްތިއަށް އެނގުނީ އީޝާ ތިއްތިދެކެ ލައިކް ވާކަން ދެން އެހެން އުޅެމުންގޮސް ތިއްތިވެސް އީޝާދެކެ ލައިކްވާން ފެށީ.. އެކަމަކު ޝާނިޔާދައްތަ ގަބޫލެއްނޫން ތިއްތި އީޝާޔާ ގުޅޭކަށް .. ދެން ތިއްތި އެހުންނަނީ 10 ނިމެންދެން.. މީހަކާ ރައްޓެހި ނުވަން…. އެކަމަކު ދޭއާރ ސަމްވަޓް ޑޭޓިންގް އައިޑޯންޓނޯ …އިޓްސް އަބިޓް ކޮންޕްލިކޭޓެޑް…މައީ ހިއްވަރު އެލުވާނުލައްޗޭ… އިޓްސް ނޮޓްލައިކް ތިއްތި އީޝާޔާ މެރީކުރީއޭދޯ…. ސޯ ޔޫ ސްޓިލް ހޭވް އަ ޗާންސް ގާލް….އެނޑް އައިއޭމް ހިއަރ ފޯޔޫ އޭ” ލަޔާ އަހަރެންގެ އަތުގައި ވިކާލަމުން ބުނެލިއެވެ.”ލަޔާ.. އަހަރެން މިހާތަނަށް ލޯބިވީ ހަމައެކަނި މީހަކީ ..ރައިހާން ތިއްތި…އެކަމަކު…. އަހަރެން ކިހާ ނަސީބު ދެރަ އެހެންވީމަ” އަހަރެން ލަޔާގެ އުނގުގައި ބޯއަޅާލަމުން ބުނެލީމެވެ. “ބަލަ މައީ ދުނިޔޭގެ ފިރިހެނުން ހުސްވީކީނޫނެއްނު… ކިހިނެއް އެނގޭނީ.. ތިއްތިއަށް ވުރެ މާ ރަނގަޅު މީހެއް މައީ އަށް ލިބިދާނެ އެންނު ހަމަ.. ތިންކް ޕޮސިޓިވްލީ ..” ލަޔާ އަހަރެން ހިންހަމަ ޖައްސައިދޭން މަސަތްކަތްކުރިއެވެ. “މައީ.. ތިއްތިނޫން އެހެން މީހެއްދެކެ ލޯބިވާކަށް އަހަރެން ބޭނުމެއްނޫން… ދުވަހަކުވެސް ނުވެވޭނެ. ” އަހަރެންގެ ހިތުގައި ވާ ހުރިހާ އުދާސް ތަކެއް ބޭރު ކޮއްލީމެވެ…މަގްރިބް ނަމާދަށް ބަންގި ގޮވުމުން ލަޔާ އޭނާގެ ގެއަށް ދިޔައެވެ. ލަޔާ އަހަރެންނަށް ވަރަށް ނަސޭހަތްދިނެވެ. އަހަރެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނީމެވެ. ލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަށް އަހަރެން ފުހެލީމެވެ. އަދި ހިނިތުންވެލީމެވެ. އަހަރެންނަށް ކިތަންމެ އަސަރެއް ކުރިއަސް އަހަރެން ހުންނާނީ ހިނިތުންވެގެނެވެ. އަހަރެންގެ ހިތުގެ ސިއްރު އެހެން މީހުނަކަށް ނުދައްކާނަމެވެ. ކޮންމެ ކަމެއް ވިއަސް ކެއްކުރާނަމެވެ. އަހަރެން ބޭރުފުށުން ހިނިތުންވެގެން ހުއްޓެއްކަމަކު އަހަރެންގެ ނިކަމެތި ހިތަށް ކުޑަކޮއްވެސް ހަމަ ޖެހުމެއް ނުލިބޭނެއެވެ. އަހަރެން އެރޭނިދީ.. ނުވެސް ކައެވެ. މާދަމާ އަކީ ސުކޫލު ފެށޭދުވަހަށްވާތީ އަވަހަށް ނިދީއެވެ.

ގަޑިން 6 ޖަހާލި ހައިރު ގަޑި އެލާމް ވާން ފެށިއެވެ. އަހަރެން އަވަހަށް ގޮސް ފެންވަރައިލައިގެން އައިސް ޔުނީފޯމް ލީމެވެ. ބުރުގައި އަޅާ ރީތިވެގެން ކޮޑުގައި ދަބަސް އެޅުވުމަށްފަހު އަހަރެން ނިކުތީ ލަޔާ ކޮބާތޯ ބެލުމަށެވެ. އަހަރެން ނިކުތް އިރު ލަޔާވެސް ތައްޔާރުވެގެން އަންނަނީއެވެ. ލަޔާގެ ފަހަތުން ދަބަހެއް އަޅުވައިގެން ނިކުތް ރައިހާން ފެނި އަހަރެންގެ މޫޑު ސަކަރާތްވާ ގޮތްވިއެވެ. ނަމަވެސް އެކަން ނުދައްކާވޭތޯބެލީމެވެ. އަހަރެން ލަޔާގެ އަތުހިފައިގެން  ގޮސް ބަސްޓޮޕް ކައިރީ މަޑުކޮއްލީމެވެ. އޭރު ރައިހާން ވެސް އަރާ ހަމަ ވަނީއެވެ. ރައިހާން އާއި ދިމާލަށް ނުބަލައި  ވޭތޯ އަހަރެން މަސްތަކަތްކުރީމެވެ. އަހަރެންގެ ދުޅަވެފައިވާ ދެލޯ ރައިހާން އަށް ފެންނާކަށް އަހަރެން ނޭދެމެވެ. ބަސް އައުމުން އަހަރެމެން ތިން މީހުން ބަހަަށް އެރީމެވެ. މާލަސްތަކެއްނުވެ ސްކޫލަށް ދެވުނެވެ. އަހަރެންނާއި ލަޔާ ދިޔައީ ކްލާހަށެވެ. އަހަރެންގެ ރައްޓެހިންނަށް ލަޔާ ތައާރަފް ކޮއްދިނީމެވެ. .. އަހަރެން އެދުވަހު އިނީ ވަރަށްވެސް މަޑުންނެވެ. އިރު އިރު ކޮޅާއަހަރެންނަށް ރޮވެއެވެ، ނަމަވެސް ހިނިތުންވެލާފައި ކަރުނަތައް  ފުހެލަނީއެވެ. ލަޔާއަށް މި މަންޒަރު ފެނުމުން އޭނާވެސް ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް ކީއްތޯ ކުރާނީ…ގަޑިން 1 ޖެހުމުން ސްކޫލު ނިމޭ ބެލް ގެ އަޑުއިވުމުން ކޮޑުގައި ދަބަސް އަޅުވައިގެން އަހަރެންނާއި ލަޔާ ބަހާ ދިމާލަށް ދިޔައީމެވެ. އަހަރެމެންގެ އިންތިޒާރުގައި އެތާ ރައިހާން ހުއްޓެވެ. އެތަނުން ދާ އަންހެން ކުދިންގެ ލޯ ރައިހާން އަށް އަމާޒުވަމުން ދިޔައެވެ. އެތަން ފެނުމުން އަހަރެންގެ ހިތަށް ލިބުނީ އިތުރު މާޔޫސްކަމެެވެ. އަހަރެމެން ތިން މީހުން ބަހަށް އަރައިގެން ދިޔައީމެވެ. ބަސް މަޑުކުރުމުން ލަޔާ އާއި ރައިހާން އަށް ބެލުމެއްނެތި އަހަރެން ބާރު ބާރަށް ހިނގާފައި ގެއާ ދިމާލަށް ދިޔައީމެވެ. އަހަރެންނަށް ވީގޮތް ލަޔާއަށް ނަގައިގަނެވުނެވެ. “ލަޔާ.. މައިއްކޮ ހާދަ ފާޑަކަށޭ އެހުންނަނީ މިއަދު.. އަނެއްކާ ކަމެއް ވީތަ؟ އޭނަ ކިތަންމެ ފޮރުވިއަސް… ރޮއެފަ ހުރިކަން އެނގޭ.. ” ރައިހާންގެ މި ސުވާލުން ލަޔާއަށް ލިބުނީ ސިހުމެކެވެ. އޭނާ ދޭނީ ވަކި ކޮން ޖަބާބެއްތޯ “އެ… އެއީ ފެމިލީ މައްސަލައެއް ޖެހިގެން” ލަޔާ ސިކުނޑިއަށް އެންމެ އަވަހަށް އައި އެތި ބުނެލީމެވެ.. “ތިއްތީ ކޮބާ ސްކޫލް ކިހިނެއްތަ؟ ތިއްތި މެން ކްލާހުގައި ހޭންޑްސަމް ބޯއީސް އުޅޭތަ” އަހަރެން އަވަހަށް މައުޟޫ ބަދަލު ކޮއްލީ.. ތިއްތި އަނެއްކާވެސް އިތުރު ސުވާލެއް އަހާފާނެތީއެވެ.

އަހަރެން ގެއަށް ގޮސް .. ފެންވަރައިގެން ލަޔާމެން ގެއަށް ދިއުމަށް ތައްޔާރު ވެލީމެވެ. އަަހަރެން ގޮސް ގެއިން ނިކުތް ތަނާ ލަޔާއައެވެ. އަހަރެން ކީއްކުރަންތޯ އެހުމުން ..ފިހާރަޔަށް ދާން ހިނގާށޭ ބުނިއެވެ. ރައިހާން ތިއްތި ވެސް ހުރިއެވެ. އަހަރެން ވަގުތުން އެއްބަސް ވީމެވެ. އަހަރެން ޖެހިލުމެއްނެތި ރައިހާން އާވެސް ވާހަކަ ދައްކަމުން ދިޔައީމެވެ. ފިހާރަޔަށް ވަދެވުުމުން ލަޔާ ބޭނުންވާ އެއްޗިސް ނަގަން ދިޔައެވެ. ތިއްތިގެ ފަހަތުން އަހަރެން ދިޔައީމެވެ. އެތާގައި ގަލަމާއި ފަންސުރު ފަދަ އެއްޗިސް ހުންނަ ތަނަށް ދިޔައިީމެވެ. އެތާ ޓެސްޓު ކުރަން އޮންނަ ގަލަމުން ރައިހާން އަމިއްލަ އަތުގައި “އީ” އަކުރެއް ލިއެވެ. އެއީ ކޯޗެއްކަން އަހަރެންނަށް މާ ރީއްޗައްވެސް އެނގެއެވެ. އަހަރެންނަށް ފާޑަކަށް ރުޅިއާދެވުނެވެ. ގަސްތަކުނޫނެވެ. އަހަރެމެން ތިންމީހުން ފިހާރައިން ކުތީމެވެ. “މައިއްކޯ.. މި ހަފްތާ ބްރޭކް ގަ ވީ އާރ ގޮއިން މާވަށަށް ” ރައިހާން އަހަރެންނާ ދިމާލަށް ބަލާކަމުން ބުނެލިއެވެ. “ތިއްތި ކައިރީ ކިތަށް ފަހަރުތަ ބުނަންޖެހޭނީ އަހަރެންނާ ދިމާލަށް މައިއްކޮ ނުކިޔާށޭ… އަހަރެންނަކީ ތިއްތިގެ ކޮއްކޮ އެއްނޫނޭ…އަދި ދުވަހަކުވެސް ނުވާނޭ… އަހަރެންނަށް ވެސް ނަމެއް ކިޔާފަ އޮވެއެވެ. އެނަމުން ގޮވާބަލަ” އަހަރެންނަށް ރުޅިއާދެވުނީ ވީދެރައިންނެވެ. އަހަރެން ބާރުބާރަށް ގޮސް ގެއަށް ވަނީމެވެ. އަހަރެންނަށް ރުޅިއާދެވުނީ ކޫސަނި ކަމަކާކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ކީއްތޯ ކުރާނީ.. ..ދުވަހަކަށް ފަހު ދުވަހެއް ފާއިތު ވަމުން ދިޔައެވެ. ކުރިން ވާހަކަ ދައްކާ ގޮތަށް ރައިހާން ތިއްތި އާވެސް ވާހަކަ ދައްކަމެވެ. އަހަރެންގެ ހިތުގަ ވާ ޒަހަމްތަށް ރައިހާން ތިއްތިއަށް ސިއްރު ކުރީމެވެ. ނަމަވެސް އަހަރެން ރައިހާން ތިއްތި ދެކެ ވާލޯބި ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. އަހަރެން ކުރަމުން ދިޔަ ހިތްވަރަށް ލަޔާ އަބަދުވެސް ސާބަސް ދެއެވެ. އަހަރެން ރައިހާންދެކެ ލޯބިވާވާހަކަ ސިއްރު  ކުރަން ނިންމީ… އަހަރެމެންގެ ދެމެދުގައި އޮތް ގުޅުން ނެތި ދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އެއީ ހުކުރުދުވަހެވެ. އަހަރެން ތައްޔާރުވެލައިގެން ލަޔާ ގެ  ގެއަށް ކާން ދިޔައީމެވެ. އޭރު ތިއްތި އާއި ތިއްތި ގެ ކޮއްކޮ ނާދިން  އާއި ތިއްތިގެ ދޮންބެ ޖައިލަމް ކާން އިނެވެ. އަހަރެން އައުމުން ނާދިން އަހަރެންނަށް ގޮވާލިއެވެ. 10 އަހަރުގެ ނާދިން އަށް އަހަރެން ހިނިތުންވުމެއް ދިނީމެވެ. އެމީހުން ކައި ނިމުމުން.. އަހަރެންނާއި ލަޔާ ތައްޓަށް ފްރައިޑް ރައިސް އެޅުމައްފަހު އާންމު ކޮށް ދާ ޖޯލިފައްޗަށް ދިޔައީމެވެ. އަހަރެން ތިއްތިގެ ވާހަކަ ދައްކަން ފެއްޓީމެވެ. ލަޔާވެސް އެކަމާ ބެހޭގޮތުން ވާހަކަ  ދެއްކިއެވެ. “މައީ… އަސްލު ވަރަށް ކެއްގަދަ… ހުރިހާ ފީލިންގްސް ތަކެއް ހައިޑް ކޮއްގެން …ތިއުޅެނީ.. ލައިކް ނަތިން ހަޕެންޑް..އައި އޭމް ޕްރައުޑް އޮފް ޔޫ” ލަޔާ ބުނެލިއެވެ.. “އައިހޭވް ނޯ އަދާ ޗޮއިސް ދޯ.. ތިއްތިދެކެ ވާ ލޮއެއްބަށް ކުޑަވެސް އުނިކަމެއްނާދޭ… އަދިވެސް ވަރަށް ވަރަށް ބޮޑަށް ލޯބި” އަހަރެންގެ ޖުމްލަ ނުނިމެނީސް.. ފަހަތުން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އަހަރެން ވަގުތުން ފަހަތް ބަލާލީމެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. އިސާހިތަކު އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ…………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (39)

  1. Yanaa

    Nice..maa sha allah..when is next part?? waiting for the next part

    1. gurlll
      Yanaa

      thank u yanaa❤ ur first

  2. gurlll

    * edhemeehunge fahathugaa hureee kaakubaaa? edhemeehun dhekki hurihaa vaaahaka eh emeehaa yah adu ivunu baa?
    …..curious….????????

  3. Meekkomee

    Woww… Masha Allah ?????? v v v Reethi ingyyy ??? whn is next part ???? curiously waiting for it ??? I think it will be raihaan ehn nunyy raihaan mom hen ??????? v Reethi ingyy mi part ves…. LYSM ❤️❤️❤️❤️❤️❤️????????

    1. gurlll
      Meekkomee

      thank u soo much meekkko❤?

  4. Kairaa

    Wowwww….vvvv reethi….anehkaa fahathuga ehuree kaaku baa?????kai ah heevanee raihaan hen…..

    1. gurlll
      Kairaa

      thank uu… but i dont think raihaan ah ehaa avahah …e secret ingeyne hen?❤❤

  5. Shuha

    Vvvvv reethi mi part ves…….. ??????❤️❤️❤️❤️❤️❤️❤️?????❤️???❤️❤️??
    Fahathuga Hury raihaan hen heevany.
    ?????

    1. gurlll
      Shuha

      thank u..soo much shuha…. fahathuga huri meehaky raihaan heneh hee eh nuvey ?❤❤❤❤

  6. Maisha maii

    Wow. Varah reethi mi part ves. Fahathuga huree raihaan kanneynge dhw.
    Curiously waiting for next part.

  7. Kylie

    Ethaa ehury raihaan dhw…..BTW v Reethi mi part vx….. Can’t wait fr nxt….. LYSM gurll….

    1. gurlll
      Kylie

      raihaan ah ve dhaane…. ekm hama nu ve vxx dhaane ingey….btw thank uuuu lym kylie❤❤

  8. Nash

    Vvvvvv reethi mi part vessel. Waiting for next part. ????????.

  9. Nash

    Vvvvvv reethi mi part ves Waiting for next part. ????????.

    1. gurlll
      Nash

      Thank u soooo much Nash❤️❤️

  10. ?

    Omg!! Emeehun fahathuga eheree kakibaa??? Raihaan ge mom ah nuvehjiyaa rangalhu…. Anehkaa maikkoge dhonbe baa???? Raihaan ah vehjiyya oa!!!????!!!??!?? BTW vvvvvvv salhi??????? vvvv lobs mi prtvx???

    1. gurlll
      ?

      Maikko ge nuhunnaaane ..dhonbe eh ehbandu anhen kokkko eh ekani hunnaanu❤️❤️btw thankx

  11. Kylie

    Ehn noony raihaan ge mom thr…. Or naadhim tha jailam tha…..???

  12. Nayaa

    As usual v salhi and keep it up… Lyssssm gurll.. ?????????❤️❤️???????????????????❤️……. Whn is the next part???

    1. gurlll
      Nayaa

      Thank u nayaaa,❤️❤️

  13. Lamko

    Alhe kaaku baa ethanuga ehuree… kihinehbbaa vaaan eulhenee….mi part vx vv reethi…can’t wait f nxt part

    1. gurlll
      Lamko

      Alhey ..thank u Soo much lamkoo❤️❤️

  14. Shina

    Love it vvvvv much ???when next part………………………
    I think it is Raihaan’s brother or his mother ???waiting for next part?????……….

    1. gurlll
      Shina

      thank u Soo much Shina ❤️❤️❤️

    2. Shina
      Shina

      You are welcome ????

  15. ????

    Who are those on the back ground of the stry ????

    1. gurlll
      ????

      Yellow kulaige ehcheh laign eii bae Suzy ..dhn. Eii lee jong suk and han hyo joo

    2. ????
      ????

      Thank you ????

  16. K-POP FANGIRL????

    OMG…..I AM SOOOOOOO CURIOUS???!!!…ethaa fahathuga hunnaany raihaan ge brother kanneynge….. And this part is just awsome as other parts????….and i like the background picture…. And ❤️???? from your biggest fan…..LYSM ❤️????

    1. K-POP FANGIRL????
      K-POP FANGIRL????

      And who are on the background picture??? Pls reply…

    2. K-POP FANGIRL????
      K-POP FANGIRL????

      And whn nxt part….avahah up kohladhehchey…

    3. gurlll
      K-POP FANGIRL????

      Thank u soooo much girl…lym❤️❤️❤️

  17. gurlll

    In the back ground.. picture..the one with yellow dress is bae Suzy and …the other one is lee jong suk and ham hyo joo……..***

    1. K-POP FANGIRL????
      gurlll

      Thank you for replying gurlll…….LYSM….. And you new story eh liyanyaamun i request you to put Nam joohyuk or park hyunsik ge pic eh background ah…….❤️????

  18. Aaish

    Kon dhuvahakun up kohlany next part?

  19. Naulyyyy

    Wow mi part vss vrh reethi ….when is next part

    1. gurlll
      Naulyyyy

      thank u nauly … i have submitted the next part …

  20. Lamko

    Gurll do u use hangouts

  21. livvy

    Waiting for next episode ?

Comments are closed.