“އިވީ ޓްރަސްޓް މީ… އިންޝާﷲ ހަޤީގީ ކުށްވެރިޔާ ހޯދައި، އަހަރެމެންގެ ދަރިފުޅަށް އިންސާފު ހޯދައިދޭނަން… ކޮންމެ ގޮތަކަށް ކަންތައްވިޔަސް، އަމިއްލަ ފުރާނަ ޤުރުބާން ކުރަންޖެހުނަސް، ކައިކްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން…” ޔުމާންގެ ފަހު ޖުމްލަ އަޑު އިވިފައި އިވްޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.
********
“ޔުމާން ދިޔަސް އެންމެ ރަނގަޅު…” އިވްޔާ ހުރީ އިސްޖަހާލައިގެންނެވެ.
ޔުމާންގެ ޖުމްލަތަކުން ހިތަށް ކުރި ޢަޞަރުން އިވްޔާގެ ދެލޯ ކަރުނުން ފުރާލިއެވެ. އެ ވާހަކަތައް އަޑުއަހާނޭ ހިތްވަރު އޭނަގެ ގަޔަކު ނެތެވެ. އެއްކޮޅުން ރައިންގެ ޚަބަރެއް ނުވެގެން އޭނަގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އަނެއްކޮޅުން ޔުމާން އެފަދަ ވާހަކަތަކެއް ދެއްކުމުން މާ ބޮޑަށް ހާސްވާން ފެށިއެވެ.
ޔުމާން ވަކި އެއްޗެއް ބުނުމެއްނެތި ނުކުމެގެން ދިޔުމުން އިވްޔާއަށް އޭނާގެ މޫނުގައި އަތް އެޅުނެވެ. ސޯފާއަށް ވެއްޓިގަނެފައި، ދެލޯ ފޮހެލިއެވެ. ޔުމާން ދެއްކި ވާހަކަތަކާއިމެދު އޭނައަށް ވަރަށް ފުންކޮށް ވިސްނައިލެވުނެވެ. ހުރިހާ މީހުންގެ ވާހަކަތައް ގުޅުވައިލުމުން ކުރިން ނުވިސްނޭ އެތައް ކަމެއް އެ ސިކުނޑިއަށް އަންނަން ފެށިއެވެ.
“އޯ މައި ގޯޑް…”
އިވްޔާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އެއްޗެއް ހޯދައިލާހެން އޭނަ ވަށައިގެން ހޯދައިލިއެވެ. މޭޒުމަތީގައި އޮތް ފޯނު ލޮލުގައި އަޅައިގަތުމާއިއެކު އަވަސްއަވަހަށް އެ ފޯނު ނެގިއެވެ. އޭރު އިވްޔާގެ ދެއަތް ތުރުތުރުއަޅަމުން ދިޔައެވެ.
“ކަމް އޯން… ޕްލީޒް ޕިކް އަޕް…”
އިވްޔާ ހުރީ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގަހިނގައެވެ. އެތައް އިރަކު ރިންގްވީ އިރުވެސް، ގުޅަން އުޅުނު މީހަކު ފޯނެއް ނުނެގިއެވެ. އިވްޔާ ދުވެފައި ގެއިން ނުކުތެވެ. މަގުގެ ދެކޮޅު ހޯދާލާފައި، ދުއްވައިގަތެވެ. އިވްޔާ ދުވަމުން ގޮސް އެރީ، ޕޭމަންޓްމަތިން ހިނގާފައި ދިޔަ ޔުމާންގެ ކުރިމައްޗަށެވެ. އޭރު ވަރުބަލިވެގެން ގޮސް، އޭނައަށް ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. ދެކަކުލުގައި އަތްއަޅާފައި ގުދުވި އިވްޔާ އިސް އުފުލައި، ޔުމާންގެ މޫނަށް ބަލައިލިއެވެ. އޭރު ޔުމާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.
“އިވީ؟…” ޔުމާން ހުރީ ޤަބޫލުނުކުރެވިފައެވެ. އޭނަ ވަށައިގެން ބަލައިލީ އެސަރަހައްދުގައިވާ މީހުންގެ ނަޒަރު އެ ދެމީހުންނަށް އަމާޒުވެފައިވާކަން އެނގުމުންނެވެ.
“އައި ތިންކް އައި ނޯ ހޫ ޑިޑް ދިސް…” އިވްޔާއަށް ވާހަކަ ދެއްކޭވަރުވީ އޭގެ އިރުކޮޅެއް ފަހުންނެވެ.
ފުންކޮށް ނޭވާލަމުންދިޔަ އިވްޔާ ތެދުވެ، ހަށިގަނޑު ސީދާކޮށްލިއެވެ. އިވްޔާގެ ހަރަކާތްތައް އަވަހެވެ. ޔުމާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ކާރެއް ހުއްޓުވައިގެން އެއަށް އެރިއެވެ.
********
ނައިރާ ހޭއެރިކަން ސުވޭދާއަށް އެނގުނީ ހޮސްޕިޓަލުގައި މަސައްކަތްކުރާ އޭނަގެ ގާތް ރައްޓެއްސެއްގެ ފަރާތުންނެވެ. ކުރަންހުރި ހުރިހާ ކަމެއް ބަހައްޓާފައި ސުވޭދާ އަވަސްވެގަތީ ހޮސްޕިޓަލަށް ދާށެވެ.
“ދަރިފުޅާ އަފްރާޙް، ހިނގާބަލަ މަންމަ ހޮސްޕިޓަލަށް ގެންގޮސްދޭން…” ސުވޭދާ ވާހަކަ ދެއްކީ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން އަފުރާޙަށެވެ.
ސުވޭދާ އާއި ނަޢީމުގެ ތިބެނީ ދެ ފިރެހެން ދަރިންނެވެ. އަފްރާޙަކީ ސުވޭދާގެ އެންމެ ހަގު ދަރިފުޅެވެ. މަސައްކަތް ކުރަނީ ޓެކްސީ ސެންޓަރެއްގައެވެ. ދޮއްޓަށް ހުންނަނީ ހުޒާމެވެ. ހުޒާމްއަކީ ފުލުހެކެވެ. ނައިރާ އާއި ހުޒާމް އުމުރުގެ ގޮތުން ހަތަރު އަހަރު ތަފާތެވެ. އެއާއި ޚިލާފަށް އަފްރާޙް އާއި ނައިރާ އުފަންވީ އެއް އަހަރެއްގައެވެ.
ޓީވީ ނިވާލާފައި، އަފްރާޙް ތެދުވިއެވެ. އެ މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ. ކިތަންމެ ވަރުބަލިވިޔަސް ސުވޭދާ ބުނެފިނަމަ އެކަމެއް ކޮށްދެވޭތޯ އަފްރާހް އަބަދުވެސް ބަލައެވެ. ބަނޑުއަޅައި ވިހޭ މައިމީހާއަށްވާތީ، ކުރަންޖެހޭ އިޚްތިރާމް ކުރެވޭތޯ ބަލައެވެ.
ސުވޭދާ ނުކުތްއިރު، އަފްރާޙް އިނީ ކާރުގައެވެ. ސުވޭދާ ގޮސް ކާރަށް އެރުމާއިއެކު އަފްރާޙް ދޫކޮށްލީ ފުން ނޭވާއެކެވެ.
“މަންމަ ކީއްކުރަންތަ ހޮސްޕިޓަލަށް ދަނީ؟… އެވެސް މިހާ ހެނދުނާ…” ފަސްއެނބުރި ސުވޭދާ އާއި ދިމާއަށް ބަލައިލާފައި އަފްރާޙް ސުވާލުކުރިއެވެ.
ސުވޭދާ ކުރިޔަށް ޖެހިލައި، ޑްރައިވަރު ޝީޓުގައި އިން އަފްރާޙުގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އަފްރާޙް އޭނާގެ މަންމަގެ މޫނަށް ބަލައިލީ ކާރުގެ ލޯގަނޑުންނެވެ. އެއަށްފަހު ކާރު ދުއްވާލިއެވެ.
“ދަރިފުޅާ… ނައިރާ ހޭއަރައިފި…”
އަފްރާޙަށް ލިބުނީ ސިހުމެކެވެ. އޭނަގެ ނޭވާ އަވަސްވެގެން ދިޔައެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ފުސްވިހެން ހީވިއެވެ. އޭނައަށް ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސައިލެވުނެވެ. ސުވޭދާ އައިސް ޑްރައިވަރު ޝީޓުގައި ޖެހިފައި މަތަވިއެވެ. ނިތްކުރީގައި ހިފަހައްޓަމުން ގޮނޑީގައި ހަމަޖެހިލިއިރު، އެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.
ސުވޭދާ އެއްޗެއް ބުނުމުގެ ކުރިން އަފްރާޙް ކާރު ދުއްވާލިއެވެ. އޭރުވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.
“ކިހިނެތްވީ؟… އެއީ އަނެއްކާ ދަރިފުޅުގެ ކަމެއްތަ؟…” ސުވޭދާގެ ނަޒަރު އަފްރާޙަށް ހުއްޓިފައިވީ ކާރުގެ ލޯގަނޑުންނެވެ.
އަފްރާޙް އެއްޗެއް ނުބުންޏެވެ. ކުޑައިރުކޮޅަކު އެހެން އިނދެފައި، ކިޔައިދިން ވާހަކަތަކުން ސުވޭދާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ރުޅި އައިސްގެން ރުޅިގަނޑު ފަޅައިގެންދާން ކައިރިވުމާއިއެކު، ގޮނޑީގައި ބާރަށް ހިފަހައްޓާލިއެވެ.
“އަހަރެމެން އެކަކުވެސް ސަލާމަތެއް ނުވާނެ… އެންމެން ޖަލަށްލާނެ…” ހުންގާނުގައި ދެއަތުން ޖަހައިލަމުން އަފްރާޙް ބުންޏެވެ.
“އަހަރެން އެކަމުގެ ތެރެއަށް ވެއްދި މީހަކީ ބައްޕަ… މިކަމުގެ ޒިންމާ ނަގަންޖެހޭނީ ބައްޕަ…” އަފްރާޙްގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.
“ކުޑައިރު، ބައްޕަގޮސް ނައިރާއަށް އަނިޔާކުރާތަން އަހަރެން ވަރަށް ގިނައިން ދެކެން… އަހަންނަށް ކަންކަން އެނގެންފެށިފަހުން އެއްރޭ، ނައިރާ ރޯ އަޑަށް އަހަރެން އެ ކޮޓަރީގެ ދޮރު ހުޅުވާލީ… އެރޭ އަހަންނަށް ފެނުނީ ބައްޕަ ނައިރާއަށް…” އަފްރާޙް އޭނަގެ ވާހަކަ ހުއްޓާލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ދެން އެހެން ރެޔަކު ފެނުނީ ބައްޕަކުރި ވިޔާނުދާ ކަންތައް ދޮންބެވެސް ކުރަނިކޮށް… އަހަރެން އެވާހަކަ މަންމަ ކައިރީ ބުނަން އުޅުނީމަ، ބައްޕަ ވަރަށް އަނިޔާކުރި… އަހަރެން ނައިރާގެ ކައިރިއަށް ގެންގޮސް ގަދަކަމުން ފާޚިސް އަމަލުތަކެއް ކުރުވި މީހަކީ ބައްޕަ… އެދުވަހުގެ ފަހުން އަހަންނަށްވެސް އެކަންކަން ކަމުދާން ފެށީ… އެކަމަކު ނައިރާއަށް އަނިޔާވާގޮތަކަށް އަހަރެން އެއްވެސް ކަމެއް ނުކުރަން… މަންމައަށް އެނގިގެން އެކަން ހުއްޓާލަން އެންގި ހިސާބުން ފެށިގެން އަހަރެން ނައިރާގެ ގައިގަ އިނގިލިކުރިވެސް ޖައްސައިނުލަން… އެކަމަކު ދޮންބެ…” އަފްރާޙް އޭނަ ދައްކަމުން އައި ވާހަކަ ހުއްޓައިލިއެވެ.
“ހުޒާމް އެކަމެއް ނުހުއްޓިދޯ…” ދަތްތަކަށް ބާރުކޮށްލަމުން ސުވޭދާ ވާހަކަ ދެއްކިއެވެ.
“ދޮންބެގެ ވާހަކަ ނުދެއްކުން ރަނގަޅުވާނީ… ނައިރާގެ ފޮޓޯތަކާއި ވީޑިޔޯތައް ނަގައި، ބްލެކްމެއިލްކޮށްގެން އޭނަ ލައްވައި ނުކުރުވާކަށް ކަމެއް ނެތް… ހާދަ ފައިސާއެކޭ އެކަމެއް ކޮށްގެން ދޮންބެ އެ ހޯދަނީ…” އަފްރާޙް އިނީ ނުތަނަވަސްވެފައެވެ.
“އެފަދަ ފާޚިޝް ޢަމަލެއް ކުރެވުނީތީ މިއަދު ލަދުގަނޭ… މަންމާ… ނައިރާ ހުރިހާ ވާހަކައެއް ފުލުހުންނަށް ކިޔައިދީފިއްޔާ އަހަރެމެން އެންމެން ޖަލަށްލާނެ…” އަފްރާޙްގެ ހާސްކަން ވީ އިތުރެވެ. ކާރު ދުއްވަމުން ދިޔަނަމަވެސް އެ ސިކުނޑީގައިވީ މާޒީގެ ޚިޔާލުތަކެވެ. ނަޢީމާއި ހުޒާމްވެގެން ނައިރާއަށް އެކިފަހަރުމަތިން ކޮށްފައިވާ ގޯނާތައް އެންމެ ރަނގަޅަށް އެނގޭ މީހަކީ އޭނައެވެ.
ހޮސްޕިޓަލަށް ދެވެންދެންވެސް އިތުރު ވާހަކައެއް ދެމީހުންގެ ދެމެދުގައި ނުދެކެވެއެވެ. ކާރު ޕާކުކޮށްފައި، އަފްރާޙް ފޭބިއިރު، ސުވޭދާ ހުރީ ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ. އަފްރާޙް އައިސް ސުވޭދާގެ ކޮނޑުގައި އަތް ޖައްސައިލުމާއިއެކު ސުވޭދާ ދިޔައީ ސިއްސައިގެންނެވެ. އަފްރާޙް ފެނުމާއިއެކު، ފުން ނޭވާއެއް ދޫކޮށްލިއެވެ.
“މަންމާ އަހަންނަށް ހީވަނީ ނައިރާއަށް އެހެން ހެދީ ބައްޕަ އާއި ދޮންބެ ގުޅިގެންހެން…” އަފްރާޙްގެ ޖުމްލަ އާއިއެކު ސުވޭދާގެ ދެފައިން ވާގި ދޫވިހެން ހީވިއެވެ.
ހަޤީގަތް އެނގުނު ނަމަވެސް އެކަން ޤަބޫލުކުރަން ސުވޭދާގެ ހިތް ދެކޮޅު ހެދިއެވެ. އޭނަ ދެފަރާތަށް ބޯ ހޫރާލިއެވެ. ދެލޮލުން އޮހެންފެށި ކަރުނަތައް ފޮހެމުންދިޔައިރު، ސުވޭދާގެ ދިރިއުޅުމުގެ އުއްމީދުތައް ފުނޑުފުނޑުވެއްޖެއެވެ. މުޅި ދިރިއުޅުން މަތީންވެސް އޭނަ ހުރީ ފޫހިވެފައެވެ. ފިރިމީހާގެ ނުބައިކަމުން އޭނަ ބަނޑުއަޅައި ވިހޭ ދަރިންގެ މުސްތަޤުބަލުވެސް ޙަލާކާއި ގެއްލުމުގެ ތެރެއަށް ވައްޓައިލީއެވެ. މިއަދު އޭނަ ދިން ތަރުބިއްޔަތުގެ އެއްވެސް އަގެއް ނެތެވެ. ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށް ކުރި މަސައްކަތްވީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށެވެ.
“މިގުޅަނީ ފުލުހުންނަށް…” އެއްޗެކޭ ނުބުނެ ހުރެފައި ސުވޭދާ ދެން ދެއްކި ވާހަކައަކުން އަފްރާޙްއަށް ސިހުމެއް ލިބުނެވެ. އޭނަ އަވަސްއަވަހަށް ސުވޭދާގެ އަތުން ފޯނު އަތުލާފައި ޖީބަށް ލިއެވެ.
“މަންމާ ވިސްނަބަލަ… ދޮންބެއަކީ ފުލުހެއް… މަޤާމުގެ ގޮތުންވެސް ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވޭނެ ބާރު ދޮންބެއަށް އޮންނާނެ… މަންމަ ތިހެން ބުނެލާ ބަހަކުން ސާބިތުވާނީ ކޮންކަމެއް؟…” އަފްރާޙް މަސައްކަތްކުރީ ސުވޭދާއަށް ވިސްނައިދެވޭތޯއެވެ.
އަފްރާޙްގެ އަތް ފޮޅުވައިލާފައި، ހޮސްޕިޓަލުގެ ތެރެއަށް ވަނުމަށް ސުވޭދާ ހިނގައިގަތެވެ. އޭރު ދެފަޔަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ކަހަލައެވެ. ސުވޭދާގެ ފަހަތުން އަފްރާޙްވެސް ދިޔައެވެ.
ނައިރާ އޮތް ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު ސުވޭދާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފެނުނު މަންޒަރުން، އޭނަގެ ދެފައި އޮޅި، ވެއްޓެން ދިޔައެވެ. ފަހަތުން އައި އަފްރާޙް އޭނަގެ ގައިގައި ނުހިފޭއްޓިނަމަ، ބަނޑުވަތަށް ވެއްޓުނީހެވެ.
********
ކަރުގައި ވަޅި ޖައްސައިލުމާއިއެކު، ރައިންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ނޭވާލާންވެސް ނުކެރިފައި އިންއިރު، ރައިންގެ ހިތަށް ސިފަވަމުންދިޔައީ އިވްޔާގެ ރީތި ސޫރައެވެ. އެ ފަރި ހަރަކާތްތަކެވެ. އެ ރީތި ހިނިތުންވުމެވެ. ލޯބިން އޭނައަށް ކޮށްލާ ކުދިކުދި ސަމާސާ ތަކެވެ. ދެލޮލުން ކަރުނަ އޮހެންފެށީ، ދެން ދުވަހަކުވެސް އިވްޔާ ނުފެންނާނޭކަން އެނގުމުންނެވެ. ފަހުގެ ސަލާން ކޮށްލުމެއްނެތި ވަކިވެގެން ދާންޖެހޭތީ، ރައިންގެ ހިތް ކަރުނަ އަޅައި ރޮމުން ދިޔައެވެ. އެކަމަކު މަރަކީ ކޮންއިރަކު ކޮން ވަގުތަކު އަންނާނޭ އެއްޗެއްކަން އެނގޭނީ ކާކަށް ހެއްޔެވެ؟
ކުއްލިއަކަށް އިވުނީ ފޯނު ރިންގްވާން ފެށި އަޑެވެ. ރައިންގެ ހަށިގަނޑަށް ލުއިވިހެން ހީވިއެވެ. ކަރުގައި ޖައްސާފައިވާ ވަޅި ދުރުކޮށްލާފައި، އެމީހަކު އޭނަ އާއި ދުރަށްޖެހުނުކަން ރައިންއަށް އިޚްސާސްވިއެވެ. އެވަރުންވެސް ލޯ ހުޅުވައިލަން ނުކެރިފައި އޭނަ އިނީއެވެ. ކުޑަ އިރުކޮޅަކު އެހެން އިނދެފައި، ރައިން އޭނާގެ ދެލޯ ހުޅުވައިލިއެވެ. އޭރު ތަން އޮތީ ހިމޭންވެފައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުނީރުގެ ފުރާނަ ނެތް ހަށިގަނޑުވެސް މެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.





Varah reethi..maa sha allah..when is next part?? waiting for the next part.
Thank u so much dear.. varah ufaavehje kamudhiyaeema.. Next part In Sha Allaah mi feshey week therey genesdheynan.. keep waiting..
Maasha allaah vvvv furihama mi baives ♥️♥️♥️♥️♥️♥️♥️?????????????? Hama feshigen nimendhenves neyvaa hifahattaalaigen innan jehunee. Dhen vaanee kihineh baaey hithah ara araa mi indhevenee. ????????????????????? Shauguverikan hama inthihaa. Vvvv reethi. Sifakurunthah vvvv furihamavefa ehaaaves molhu. ????????????????????? Mihaaru dhen heevanee vaahakaige foruvifaivaa bodu sirru thilavaanhen e ulhenee. Hageegee kuvverin ingeynekamah mi balanee maa las thakeh nuve…….. ????????????????????? Dhen inn bayah haadha inthizaareh eba kureveyey.. Heevanee v gina kanthah ingeynehen next partga., ?????????? ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Vvvv molhah vaahaka genesdheefa in kan faahaga kuran. Liyuntherikanves hama perfect. ????????????????????? Abadhuves eysh ah kurierumaa kamiyaabah edhen???????❣️ ????????????❣️❣️❣️❣️❣️❣️???????Waiting waiting waiting ? ? ? ? ? ? ? ? ? ? ???????♥️♥️♥️♥️♥️♥️♥️♥️????????????♥️
Awww so sweet… Thank u so much dear.. varah ufaavehje kamudhiyaeema.. means a lot . V ufaavey abadhuves sheen ge cmnt thah kiyaalaafa.. hingaa dho vaagotheh balamaa.. mihaaru dhen bodethi kankan midhanee engemun.. so next part ga ves engeyne.. keep waiting..
Salaam..
How r u all? Hope everyone is fine..
Here is the 11th part of kafun vevifaa.. mibaives kamudhaane kamah unmeedhu kuran.. story kiyaalaafa story aa medhu kiyuntherin dhekey goiy haamakohlumakee story genesdheyn ithuru hihvareh libeyne kameh.. In Sha Allaah kiyuntheringe hiyaalu thah ufalaa ekee balaigannaanan..
Story Maa lasnukoh genesdheynvegen ehaa dhigukoh genes nudhevunee mi part.. eysh ge schedule v bxy koh dhaa dhuvaskolheh v ma ehaa time nuvanee.. ekamves next part ves avahah genesdheyn v masakkaiy kuraanan..
Kiyuntheringe faraathun libey support ah v bodah shukuru adhaakohlan.. haahsakoh cmnt kohlaa kudhinnah.. eysh ah mi rongun kuriyah mi dhevenee Alhamdhulillaahi kiyuntheringe ves support aa eku.. m thank u all fr the support..
Vvv reethi mi part vx…..mi part hama bunan neygeyhaa furihama….ly eysh sis
Awww Thank u so much dear.. varah ufaavehje kamudhiyaeema.. ly2 dear..
މާޝާﷲ. ފުރިހަމަކަމުން ދެވަނައެއް ނެތެވެ. ވަރަށް ރީއްޗެވެ. ބަސްތައް ފަށުވިއެވެ. ޖުމުލަތައް ސާދާއެވެ. ޝައުޤުވެރިކަން އިންތިހާއެވެ. ދެން އިތުރަށް ބޭނުން ވާނެ ކަމެއް އެބައޮތް ހެއްޔެވެ. މި ބައި ވަރަށް ބޮޑަށް ކަމުދިޔައެވެ. ކީއްވެކަން އެނގޭ ހެއްޔެވެ. އެއީ އެނގެން ބޭނުން ވެފައިހުރި ވަރަށް ގިނަކަންތައް އެނގިގެން ދިޔައީމައެވެ. އޭޝްގެ ހުނަރުވެރިކަމަށް ބުނާނެ އެއްވެސް އެއްޗެއް ނެތެވެ. ތިޔައީ ހަމަ އެންމެ ލޯބިވާ ރައިޓާރއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ. މިވަގުތަށެވެ ??
Awww Thank u so much dear.. varah ufaavehje cmnt kiyaalaafa.. keep waiting for the next.. ly2
Mi part vx hama habeys ey buneveyny…… Ehaa vx furihama…… Lym eysh sissy….
Awww Thank u so much dear.. varah ufaavehje story kamudhiyaeema..ly2 dear
Wow ???
Thank u so much dear v ufaavehje story kamudhiyaeema