އޮފީހައް އައި އާ ކުއްޖާ ފެނިފަ ޔާޝާ އިތުރައް ދެރަވާން ފެށިއެވެ. ކަރުނަ ތައް ލޮލައް ޖަމާވާން ފެށިއެވެ. އެއީ ހަމަ ޔާޝާ އަށް ދޯކާ ދީހެދި ޔާޝާގެ ކުރީގެ ލޯބިވެރިޔާ ނާއިޝް ގެ މިހާރު ލޯބިވެރިޔާ އީމާ އެވެ. ”ތީތަ މި އޮފީހައް އަލައް ޖޮއިން ވި ކުއްޖަކީ؟” ޔާޝާ ދެރަނުވާ ކަމައް ހަދާފައި، އަހާލިއެވެ. ”ލައްބަ” އީމާ ޖަވާބު ދިނެވެ. ޔާޝާ އަކީ ނާއިޝް އާ ކުރިން ގުޅުން ކުއްޖެއް ކަމެއް އީމާ އަކަށް […]
ލޫޝާ. ވަރަށް ރީތިނަމެއް. ” ޒުލޭޙާ އުފާވެރި ރާގެއްގައި ބުންޏެވެ. ” ކޮބާ ރަޝީދާ؟” ހަލީމް ރަޝީދާ ފެންނަން ނެތުމުން އަހާލިއެވެ. ” ރަޝީދާވީ ބޭރަށް ގޮސް. މިހާރު އަންނަން އުޅޭނެ. ” ޒުލޭޙާ ބުންޏެވެ. ” އެހެންތަ؟ ” ހަލީމް ބުނެލިއެވެ. އަދި ޒުލޭޙާގެ އަތުން ކުޑަދަރިފުޅު ނަގާ އުރާލިއެވެ. ” ކާފަގެ ހުރިހާ ހުވަފެނެއް. މިދަރިފުޅުގެ ބައްޕަ ވެއްޔާ މޮޑެލާފި. މިދަރިފުޅުވެސް ބޮޑުވެގެން ޝަކުވާ ކުރާނެ. ގޯސްވާނީ މިމުސްކުޅިކާފަ އާއި މާމަ. ” ހަލީމް […]
އާކިފްގެ ވާހަކަތަކުން ހަމަޖެހުމެއް ލިބުނު ހަފްޒާވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އިކާން އާއި މަލްހާގެ ގުޅުމުގެ ކަންކަން ނޭނގިތިބެ އެދެމީހުން ދަނީ އެދެކުދިންނަށްޓަކައި އެތައް ހުވަފެންތަކެެއް ދެކެމުންނެވެ. އެތައް އުއްމީދުތަކެއް ކުރަމުންނެވެ. ސައިބޮއެގެން ކޮޓަރިއަށް ވަން ގޮތަށް ނިކުންނަ ހިތްނުވެފައި ޔަނާލް ކޮޓަރީގައި މަޑުކުރިއެވެ. އިޝާ ނަމާދަށްފަހުވެސް ޔަނާލް ކޮޓަރިން ނުކުންނަ ޚިޔާލެއްނުކުރިއެވެ. މުޅި ދުވަހުވެސް އުޅެންޖެހުނު ބުރަކަމާއެކު އޭނަގެ ހަށިގަނޑަށް އިހުސާސްވަމުން ދިޔައީ ވަރުބަލިކަމެވެ. މިއަދު ކަންތައް ދިމާވީ ގޮތުން މާޒީގެ ބައެއް ޚިޔާލުތަކުން އަދިވެސް […]
” ޑެޑީ… ” އެތެރެއަށް ފިޔަވަޅެއް އަޅާލުމާއެކު ސިޓިންރޫމު ސޯފާގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން ކުޅެން އިން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އެޒުވާނާ ފެނިފާ ގޮވާލިއެވެ. އެއަޑަށް އިސްއުފުލާ ބަލައިލި ވިޝާލް ނުހަނު ބޮޑަށް ހިނިތުންވެލަމުން ތިރިވެލާ ދެއަތް ފުޅާކޮށްލިއެވެ. އެއާއެކު އެއަންހެން ކުއްޖާ ދުވެފައި ގޮސް ވިޝާލްގެ ކަރުގައި ދެއަތް ވަށާލިއެވެ. ނުހަނު ލޯތްބާއެކު ވިޝާލް އެއަންހެން ކުއްޖާގެ ކުޑަ ހަށިގަނޑުގައި ބައްދާލަމުން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. ”ޑެޑީގެ ޕްރިންސަސް… ޑެޑީ ވަރަށް […]
އިސާހިތަކު އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ… ފަހަތުގަ ހުރީ ޝާނިޔާ ދައްތަ އެވެ. އަހަރެމެން ދެމީހުން ދެއްކި ހުރިހާ ވާހަކައެއް ޝާނިޔާ ދައްތައަށް އަޑުއިވުނު ކަން އަހަރެންނަށް ޔަގީން ވިއެވެ. އަހަރެން އިސްޖަހާލީމެވެ. ޝާނިޔާ ދައްތަ އިރުކޮޅަކު އެތާ ހުރެފައި އަނގައިން ބަހެއްވެސް ނުބުނެ ގޭތެރެ އަށް ވަދެގެން ދިޔައެވެ. “ލަޔާ… ޝާނިޔާއްތަ ރުޅިއައީތަ އަހަރެން ދެކެ.. އަޅޭ… އައި އޭމް ސޯ ސްޓުޕިޑް…ދެން ކީއްކުރާނީ.. ޝާނިޔާއްތަ ގޮސް ރައިހާން ކާރީ އެ ވާހަކަ ބުނެފިއްޔާ […]
އައިލީން ހަޅޭއްލަވައިގަތްއަޑު އިވިފައި އައިޝަމް ފަސްއެނބުރިބަލާލީ އަވަސްހަރަކާތަކާއެކުގައެވެ. އެވަގުތު ފެނުނު މަންޒަރަކުން އައިޝަމްގެ އަތް މުއްކެވިގެން ދިޔައިރު ދަތްތަށް ބިންދައިގެން ދާހާ ބާރަށް ދަތްކުނޑިވިކާލިއިރު އެދެލޮލުން ނުރައްކާތެރި ވިދުވަރެއް ފެނިލިއެވެ. އައިޝަމް އެދިމާލަށް ދިޔަ ގޮތަކުން ހީވީ ހަމައިން ނެއްޓިހެންނެވެ. ______________________________________________ “އޭތް…އައިލީން ގައިން އަތްް ދޫކޮއްބަލަ….” އައިލީންގެ މެދުހަށީގައި ދެއަތް ވަށާލައިގެންހުރި ޒުވާނާއާ ދިމާލަށް ދަމުން އައިޝަމް ބުނެލީ އަޑަށް ފުދޭވަރަކަށް ބާރުލަމުންނެވެ. އޭރު އައިޝާމް ދަތްތައް ޖައްސާ ބާރުކޮއްލައިގެންހުރީ އޭނާާގެ ރުޅިގަނޑު މައިތިރިކުރެވޭޔޯއެވެ. ކުއްލިއަކަށް […]
ބޭވަފާތެރި އެކުވެރިޔާ ފޭސް ބުކް ހެނދުނު ހުޅުވާލުމާ އެކު ކޮންމެވެސް މީހަކު އެޑް ކޮށްފަ އިންތަން ފެނިގެން ޝައިނާ ވިސްނާލިއެވެ. ނުދަންނަ ނަމެކެވެ. އެހެންވެ އެއެޑް ބުލޮކް ކުރުމުގެ ކުރިން އަނެއްފަހަރު ޝައިނާ ފޭސްބުކް ގައި އިން އެނަމަށް ބަލާލިއެވެ. ބޭރުބަހަކުން އޭނާގެ ފޭސްބުކްގެ އައިޑީގެ ނަމަކަށް އޭނާވަނީ ޢާއްމުކޮށް މީހުން ނުލިޔާކަހަލަ ނަމެއް ލިޔެފައެވެ. އެއީވެސް މިޒަމާނުގެ ޅަކުދިންގެ އާދައެކެވެ. މާނަ ނުވެސް އެނގޭ ނަންތައް ފޭސްބުކްގައި ލިޔެލަފާނެއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ. އެމީހަކު […]
މައިހާ ޝަހީދާގައިގައި ބައްދާލަމުން ދަނީ އޭ ބުނެ ނިކުތުމުން ލިޔާން ވެސް މައިހާގެ ފަހަތުން ނިކުތެވެ. “ހިނގާފަ ދާން ބޭނުމީ”ލިޔާން ކާރާ ދިމާއަށް ދިޔުމުން މައިހާ ބުނެލިއެވެ.ލިޔާން މައިހާއަށް ބަލާލީ ގަބޫލުނުކުރެވޭ ގޮތަކަށެވެ.”އެހެން ނޫން ނަމަ މައިއަށް ޓެކްސީއެއްގައި ވެސް ދެވިދާނެއެއްނޫން”މައިހާ އެހެން ބުނެ ލިޔާންގެ އަތުގައި ހިފިއެވެ. ލިޔާންއަށް މައިހާގެ މިއަމަލުން ނޭނގޭގޮތެއްވިއެވެ.”ކިހިނެތް ވީ މައި ބޭނުންވަނީ ކުރިން ވެސް މައި އާއި ޔާން އާއި ދެމެދު އޮތް ފްރެންޑްޝިޕް ބާއްވަން”މައިހާ ލިޔާންއަށް ބަލާލަމުން ބުނެލިއެވެ. […]
ހިތްމަގޭ އެ ލަފުޒުގެ އަޑު އެހުމަށް ވަނީ ކެތް މަދުވެފާ. ހިތް އެދޭ ލޯތްބާއި އުފާ ވީ އެލަފްޒާ ގުޅުވިފާ. ******************************************* މުޅިކާއިނާތުވަނީ ނިދާމަރުވެފައެވެ. ހަމަހިމޭންކަން ވަނީ ހިސާބު ގަނޑަށް ވެރިވެފައެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނުވެއެވެ. އިރުއިރު ކޮޅާ ކާޅުގޮވާލާއަޑު އިވިލައެވެ. ކުއްލިޔަކަށް ފުރާޅުމަތިން ބުޅާ ކޯޅިގަތް އަޑު އިވިގެން ދިޔައެވެ. މެދުއުމުރަށް ދާ ސަކީނާ ސިއްސައިގެން ދިޔައެވެ. އެވަގުތު ރަޝީދާ އަޅަމުން ދިޔަ ވޭނަށް ކެއްކުރަމުން ސިއްސައިގެން ގޮސްފައި ސަކީނާގެ އަތުގައި ހިފިއެވެ. ސަކީނާ […]