Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުނީ 2

Ishh Level 210 Stories100 Login
October 28, 2019 3 Mins Read
7 Comments

އޭގެ އަނެއް ދުވަހެވެ.ލިޔާން ވަރުބަލި ގޮތަކަށް ލޯ ހުޅުވާލިއެވެ.އެދުގައި އަތް ހިންގާލަމުން ފޯނުނަނގާ ގަޑި ބަލާލިއިރު ކަމަކުދާކަށް ނެތެވެ.އޭނަ އޮފީހަށް ދާގަޑި ޖެހެނީއެވެ.
އަވަސް އަވަހަށް ތައްޔާރުވެގެން ލިޔާން ސިޑިން ފޭބިއިރު އޭނަގެ މަންމަ އާއި ލިވްޔާ ސިޓިންރޫމްގައި ތިއްބެވެ.”ޔާން އަވަހަށް އާދޭ ސައިބޯން”ޝަހީދާ ބުނެލިއެވެ.”ނޫން މަންމާ ގަޑިޖެހެނީ ދަނީ ލަވް ޔޫ”ލިޔާން ލިވްޔާ އާއި ޝަހީދާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ.
“ކަމް އިން”ދޮރުގައި ޓަކި ދިން އަޑަށް ލިޔާން ބުނެލިއެވެ.އެތެރެއަށް ވަން މައިހާ ފެނުމުން ލިޔާންއަށް ކޮޅަށް ތެދުވެވުނެވެ.ރަތް ކުލައިގެ އަތް ދިގު ޓޮޕްގެ ތިރިން ކަޅުކުލައިގެ ސްކިނީ މައިހާގެ ދޮން ހަންގަނޑާ ވަރަށް ގުޅެއެވެ.
“ތިގެއަށް ދިޔަ ތަނުން ލިވީ ބުނި ޔާން ސައި ނުބޯއައި ވާހަކަ…އައި ނޯ ޔާންއަށް އެކަނި އިނދެ ކާން އެހެންވެ ޔާންއާ އެކު ސައިބޯން މިއައީ އާދޭ ސައިބޯން”މައިހާ ހިނިތުންވެފައި ހުރެ އެހެން ބުނެ ނިކުންނަން ހިނގައިގަތީ ފަހަތަށް އެނބުރި ލިޔާން ގާތުއައުމަށް ބޮލުން ބުނަމުންނެވެ.
ލިޔާން އާއި މައިހާ އެކުއެކީ ގޮސް ކެންޓީނަށް ވަންއިރު ކެންޓީނުގައި އެއްވެސް މީހަކު ނެތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ.
މައިހާއާއި ލިޔާންގެ ދެމެދު އޮތް ހިމޭންކަމުން ދެމީހުންއަށް ވެސް އުނދަގޫވަމުން ދިޔައެވެ.”ކިހިނެތް”އެދެމެދު އޮތް ހިމޭންކަން ފިލުވާލުމުން މައިހާ އަހާލިއެވެ.ކުރެވުނީ ކޮންކަހަލަ ސުވާލެކޭ ވެސް މައިހާގެ ހިތަށް އެރިއެވެ.
“ރަގަޅު”ލިޔާން މައިހާގެ ސުވާލަށް ޖަވާބުދިން ވަގުތު މައިހާގެ ގައިން ހީބިހި ނެގިކަހަލަ އިހްސާސެއް މައިހާއަށް ކުރުވުއެވެ.ލިޔާންގެ ބަރު ފިރިހެން ވަންތަ އަޑު މައިހާގެ ކަންފަތުގައި ކުޅެލީ މިޔުޒިކެއްހެނެވެ.
މައިހާއަށް ލިޔާންއަށް ބަލާލެވުނެވެ.އެވަގުތު މައިހާއަށް ލިޔާންގެ ރީތި ކަމަށް ތައުރީފް ކުރެވުނެވެ.މައިހާއަށް ނޭނގި ނަމަވެސް މައިހާގެ ހިތުގެ ކަނެއްގައި ލިޔާންއަށް ލޯބި އުފެދުނެވެ.ކޮއްކޮއެއް ދެކެ ވާ ލޯތްބެއް ނޫނެވެ.
މައިހާ މާގަދައަށް ބަލާހެން ހީވެ ލިޔާން މައިހާއަށް ބަލާލައި ބުމަ ހިއްލާލީ ކިހިނެއްވީހޭ އަހާގޮތަކަށެވެ.މައިހާ ދެފަރާތަށް ބޯ ހޫރާލީ ކަމެއް ނުވެޔޭ ބުނާ ގޮތަކަށެވެ.އެވަގުތު މައިހާގެ ކޮލަށްއެރި މަޑު ފިޔާތޮށި ކުލަ ލިޔާންއަށް ވަރަށް ރަގަޅަށް ފެނުނެވެ.
“މިއަންނަ އަހަރު ދަންތަ ސްކޫލަށް ވަޒީފާ ހަމަޖެހިއްގެތަ”ލިޔާން އެހެން ބުނުމުން މައިހާ ލިޔާންއަށް ބަލާލިވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ.މައިހާއަށް ލިޔާން ގެ ދަމާ ބާރު ހުރި ކަޅުކަން ގަދަ ދެ ލޮލާއި ނަޒަރު ވަކިކުރަން އުދަގޫވިއެވެ.
“މައިހާ”ލިޔާން ގޮވާލުމުން މައިހާއަށް ތެޅިގަނެފައި އެހެންދިމާއަކަށް ބަލާލެވުނެވެ.ލިޔާން’މައިހާ’ބުނުމުން މައިހާގެ ހިތުގައި ރިއްސިއެވެ.ލިޔާން ދުވަހަކުވެސް އޭނައަށް މައިހާގެ ނަމުން މުހާތަބު ކޮއްފައެއް ނެތެވެ.
“ސޮރީ އެކަމް ދާން ޖެހިއްޖެ”މައިހާ އެހެން ބުނެ ދާން ހިނގައިގަތެވެ.މައިހާއަށް އޭނަގެ ކާރަށް އެރުނީ ކިރިޔާއެވެ.އޭނަގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ.
“އަހަންނަށް މި ރޮވެނީ ކީއްވެ؟ލިޔާންގެ ދުރުކަމުން ހިތަށް ތަދުވަނީ ކީއްވެ؟ލިޔާން ފެންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟”މިހުރިހާ ސުވާލެއް ވަނީ މައިހާގެ ހިތުގެ ތެރޭގައެވެ.
“އަހަރެން އަނެއްކާ ލިޔާން ދެކެ ލޯބިވަނީބާ ނޫން ނޫން މައިހާ މައިހާ ލޯބި ވަނީ އަމައެކަނި އިޝާން ދެކެ އެހެން ނޫނަސް ލިޔާން އަހަންނަށް ވުރެ ކުޑަވާނެ”މައިހާ އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ.ފުން ނޭވާއެއް ދޫކުރަމުން މައިހާ އޭނަގެ ގެއަށް ދާން ކާރު ސްޓާޓް ކުރިއެވެ.
އެރޭގެ ވަގުތެވެ.އިޝާން މިރޭ މައިހާ ގާތު ކށން ދާން ބުނެފައި އޮތުމުން މައިހާ ދިޔައީ ތައްޔާރުވަމުންނެވެ.’އޯލް ބުލެކް ފެޝަން’ކުރީގެ ފެޝަނަކަށް ވިޔަސް މައިހާ ވަރަށް ލޯބިކުރާ ފެޝަނެކެވެ.މައިހާ ތައްޔާރުވެ ހުންނާތާ ފަނަރަ މިނެޓްވި އިރުވެސް އިޝާންގެ ހިލަމެއް ނުވުމުން މައިހާ އިޝާންއަށް ގުޅާލިއެވެ.
“ޝާން ކޮބާ މައި ތައްޔާރުވެގެނޭ މިހުރީ”މައިހާ ބުނެލިއެވެ.”ސޮރީ ލަވް މިރެއަކު ނޫން ސޮރީ މިރޭ ޝާން ވަރަށް ބިޒީ ސޮރީ ލަވް ޔޫ”އިޝާން އެހެން ބުނުމުން މައިހާ ފޯން ކަނޑާލާފައި ކޮޓަރިއަށް ދިޔަ ވަގުތު އޭނަގެ ފޯން ރިންގްވިއެވެ.
ފޯނުގެ ސްކްރީނުން ފެންނަށް އޮތް ލިވްޔާގެ ނަން ފެނި މައިހާއަށް ހިނިތުން ވެވުނެވެ.”ހަލޯ ކީކޭ ލިވީ”މައިހާ އަހާލިއެވެ.”ދޮންތި ފްރީތަ މިރޭ”ލިވްޔާ އަހާލުމުން މައިހާ އާއެކޭ ބުނެލިއެވެ.
ލިވްޔާ މިރޭ އެގެއަށް ސުޕަގެޓީ ކައްކަން އަންނާށޭ ބުނުމުން މައިހާ އަވަހަށް އެގެއަށް ދިޔައެވެ.މައިހާ ވަން ވަގުތު މައިހާއަށް ފެނުނީ ލިވްޔާ ގާތު ސޯފާގައި އިން އަންހެން ކުއްޖާއެވެ.
“ދޮންތީ”މައިހާ ފެނުމާއެކު ލިވްޔާ ދުއްވާފައި އައިސް މައިހާގެ ގައިގައި ބައްދާލިއެވެ.އެވަގުތު މައިހާގެ ލޮލުގައި ސިޑިން ފޭބި ލިޔާން އަޅައިގަތެވެ.
“އިނާ އާދޭ ދާން”ލިޔާން ސޯފާގައި އިން ކުއްޖާއާއި މުހާތަބްކޮށް ބުނުމުން އެކުއްޖާ ލިޔާން އާއި އެކު ބޭރަށް ނުކުންނަށް ހިނގައިގަތެވެ.
“ބާއި އިނާއްތާ ވީހާވެސް އަވަހަކަށް އަންނަށްޗޭ މިގެއަށް”ލިވްޔާ އެހެން ބުނިވަގުތު އެކުއްޖާ ހިނިތުންވެފައި ބޯ ޖަހާލިއެވެ.
އެވަގުތު މައިހާގެ ހިތުގަެި އެތަށް ސުވާލެއް އުފެދުނެވެ.އެކުއްޖާ އާއި ލިޔާން އާއި ދެމެދު ވަނީ ކޮން ގުޅުމެއް ހެއްޔެވެ.އެއީ އަނެއްކާ ލިޔާން ރައްޓެހި ވެގެން އުޅޭ ކުއްޖާ ހެއްޔެވެ.ޖަވާބު ނުލިބޭ އެތަށް ސުވާލުތަކެކެވެ.
“އާން”އިނާއަށް އަމާން ފެނުމާއެކު ދުއްވާފައި ގޮސް އަމާން ގަިގައި ބައްދާލިއެވެ.”ތެންކްސް ޔާން އިނާ ގެނެސްދިނީތީ”އަމާން ލިޔާންގައިގައި ބައްދާލަމުން ބުންޏެވެ.
“ވައިފް އެކަނި ކޮއްފަ ތަންތަނަށް ދަންޏާ ދެން ހަސްބެންޑްގެ ބެސްޓްފްރެންދްއެއް ނޫން ރެސްޕޮންސިބިލިޓީ ނަގަންޖެހޭނީ ދޯ އިނާ”ލިޔާން ހީލަމުން ބުންޏެވެ.”އެނީ ވޭ ތޭންވްސް އެގެއިން”އަމާން އިނާ ގޮވައިގެން އެހެން ބުނެ އެމީހުންގެ އެޕާޓްމެންޓަށް ވަނުމުން ލިޔާން ދިޔައީ ގެއަށެވެ.
“ލިވީ އެއީ ކާކުތަ މިރޭ ލިވީގެ ދޮންބެއާއި އެކު ދިޔައީ”މައިހާގެ ސިކުޑިން އެހިޔާލުތަށް ނުދިޔުމުން މައިހާ ލިވްޔާ ކުރެން އެހިއެވެ.”އެއީ އިނާ ދައްތަ”ލިވްޔާ މައިހާ ކައިރީ އުދުން ކައިރިއަށް އަންނަމުން ބުނެލިއެވެ.”މިބުނީ އެއީ ދޮންބެގެ ގާލްފްރެނަޑްތަ”މައިހާ އަހާލިއެވެ.”އައި ވިޝް އިނާ ދައްތަ ރީއްޗެއް ނޫންތަ ދޮންތީ”ލިވްޔާ ބުނެލިއެވެ.
މައިހާ ވިސްނާލިއެވެ.އިނާ ވަރަށް ރީއްޗެވެ.ފިރިހެން ކުދިން ލެބޭފަދަ ރީތި ކަމެއް އިނާގެ އެބަހުއްޓެވެ.
މައިހާ އާއި ލިވްޔާއާއި ދެމީހުންއަށް ވެސް ދޮރާދިމާއަށް ބަލާލެވުނީ މީހަކު ވަން ހެން ހީވެގެންނެވެ.އެވަގުތު މައިހާއަށް މޭޒު ދޮށުގައި އިން ލިޔާން ފެނުނެވެ.
“ދޮންބެ ބަނޑުހައިވީ ދޯ މި ނިމުނީ މިހާރު ދެން”ލިވްޔާ އެހެން ބުނެ މޭޒު މަތި ތައްޔާރު ކުރަން ފެށިއެވެ.ކެއި ވަގުތު މާ ގިނަ ވާހަކައެއް ނުދެކެވެއެވެ.ލިވްޔާ ދައްކަމުން ދިޔަ އެކި ވާހަޖަ ތަކުގައި މައިހާ ބައިވެރިވެލިއެވެ.
“ދަނީ ދައްތާ އަންނާނަން މާދަން”އެހެނަ ބުނެ މައިހާ ދާން ހިނގައިގަތެވެ.”އެކަނިތަ ދަނީ ޔާން ދޭބަލަ މައިހާ ގެއަށް ލާން”ޝަހީދާ އެހެން ބުނުމުން މައިހާ އެކަމާ ދެކޮޅު ހަދަން އުޅުނު ވަގުތު ލިޔާން ބޯ ޖަހާލަމުން ނިކުންނަން ދިޔައެވެ.
ކާރު ތެރޭވީ ހިމޭންކަމެވެ.މައިހާ ބޭރަށް ނަޒަރު ހުއްޓައިގެން އިންއިރު ލިޔާން ހުރިހާ ޖަމެއް ހުއްޓިފަހުރީ މަގަށެވެ.
“މަޑުކޮއްލާ”ފެނުނު މަންޒަރަކުން މައިހާ އެހެން ބުނުމުން ލިޔާން ކާރު މަޑުކޮށްލިއެވެ.ލިޔާން ވެސް މައިހާ ބަލަން އިން ދިމާއަށް ބަލާލިއެވެ.
-ނުނިމޭ-
ކިހިނެތް ވީހެން ހީވަނީ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ishh

Level 210 Stories100 Login

I am a girl who loves to write story's. Writing story is my hobby. Feel free to comment to my stories and negative comments are also accepted.

Other Articles

Previous

ލޯބިވެވުނީ 1

Next

ރާސްތާ2 ނުވަވަނަބައި

Next
October 28, 2019

ރާސްތާ2 ނުވަވަނަބައި

Previews
October 27, 2019

ލޯބިވެވުނީ 1

7 Comments!

  1. Maisha maii says:
    October 31, 2019 at 7:09 am

    Varah reethi mi bai ves?. I think maiha ah eh fenunee ishaan kanneynge dhw ehen girl akaa eky dhanikoh… Waiting for next part?

  2. Lamko says:
    October 31, 2019 at 10:52 am

    Me first dhw….varah salhi mi part vx….ishh whn nxt part….
    Cant wait for nxt part❤️❤️

  3. Optimus prime says:
    October 31, 2019 at 3:54 pm

    Ishan fenunee hnn heevanee…vaahak reethi..sifakurunn thahh ginakollaa

  4. Mai says:
    October 31, 2019 at 7:18 pm

    Varah reethi..maa sha allah..when is next part..waiting for the next part…ishaan fenunee hen heevani..

  5. §HåĂĶĶÓ says:
    October 31, 2019 at 10:45 pm

    Reethi

  6. K-POP FANGIRL???? says:
    November 1, 2019 at 1:51 am

    Enmen ves bunaahen ishaan fenunee kanneynge….varah reethi mi part ves ishh…whn next part???….kihinehbaa dhen vaaneee…..I AM SOOOO CURIOUS!!! LYSM ishh…??????

  7. ?EVIL? says:
    May 6, 2020 at 1:54 am

    The part is nice ?idk ishh ah vhk liyan Mikahala hiyaalu annaniee Kihineh kmh anyways it’s nice ?????

Comments are closed.

Next Episodeލޯބިވެވުނީ 3←


All Right Reserved!