Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުނީ 5

Ishh Level 210 Stories100 Login
November 3, 2019 2 Mins Read
7 Comments

މައިހާ ޝަހީދާގައިގައި ބައްދާލަމުން ދަނީ އޭ ބުނެ ނިކުތުމުން ލިޔާން ވެސް މައިހާގެ ފަހަތުން ނިކުތެވެ.
“ހިނގާފަ ދާން ބޭނުމީ”ލިޔާން ކާރާ ދިމާއަށް ދިޔުމުން މައިހާ ބުނެލިއެވެ.ލިޔާން މައިހާއަށް ބަލާލީ ގަބޫލުނުކުރެވޭ ގޮތަކަށެވެ.”އެހެން ނޫން ނަމަ މައިއަށް ޓެކްސީއެއްގައި ވެސް ދެވިދާނެއެއްނޫން”މައިހާ އެހެން ބުނެ ލިޔާންގެ އަތުގައި ހިފިއެވެ.
ލިޔާންއަށް މައިހާގެ މިއަމަލުން ނޭނގޭގޮތެއްވިއެވެ.”ކިހިނެތް ވީ މައި ބޭނުންވަނީ ކުރިން ވެސް މައި އާއި ޔާން އާއި ދެމެދު އޮތް ފްރެންޑްޝިޕް ބާއްވަން”މައިހާ ލިޔާންއަށް ބަލާލަމުން ބުނެލިއެވެ.
******
އެވަގުތު ކެފޭ އަކުން ނިކުތް އިޝާންގެ ލޮލުގައި މަެިހާމެން އަޅައިގަތެވެ.އިޝާންއަށް ލިޔާން ވަކި ކުރަން އެނގުނެވެ.އެއީ ކުރީރޭގަވެސް މައިހާއާިއެކު ހުރި ކުއްޖާއެވެ.
ޢެިިޝާންއަށް މައިހާމެނަށް އޭނަ ނުފެނޭކަން އެނގެއެވެ.އިޝާން އެވަގުތުވި ގޮތެއް ނުވެސް އެނގެއެވެ.އޭނައެއެވެސް ގޮތަކަށް މައިހާ އެހެން ފިރިހެނަކާ އުޅޭތަން ދެކެން ބޭނުމެއް ނޫނެވެ.
“މަޑު ކުރޭ މައިހާ ކޮންމެ ގޮތަކުން ވެސް މައިހާ ވާނީ ހަމައެކަނި އަހަރެންގެމީހަކަށް”އިޝާން މަޑުމަޑުން ބުނެލިއެވެ.
******
ގެއަށް ދިޔަ މަގުމަތީ އެދެމީހުންގެ ދެމެދުވަނީ ހިމޭންކަމެވެ.ތިރީސް މިނެޓްގެ ހިނގުމަކަށް ފަހު ލިޔާން މެނައް މައިހާމެންގެއަށް އާދެވުނެވެ.
ލިޔާން ދާން އެނބުރުނު ވަގުތު މައިހާ ލިޔާންގެ އަތުގައިހިފާ ހުއްޓުވިއެވެ.”ވަރުބަލިވެފައެއް ނޫން ތިހިރީ…ޖޫސް ތައްޓެއްވިޔަސް ބޯންއާދޭ”މައިހާ އެހެން ބުނެ ލިޔާންގެ އަތުގަ ހިފާ އެތެރެއަށް ވެއްދިއެވެ.
މައިހާ ބަނދިގެއަށް ގޮސް ޖޫސް ތައްޓެއް ހިފައިގެން އައިސް ލިޔާންއަށް ދިނެވެ.
ޖޫސްތަށި ހުސްކޮށްފައި ބެހެއްޓިތަނުން މައިހާ ކުރިކަމަކުން ލިޔާންގެ ދެލޯ ބޮޑު ވިއެވެ.މައިހާގެ މަޑު ތުންފަތް ލިޔާންގެ ތުންފަތުގައި ބީހުނު ވަގުތު ލިޔާންގެ ހިތުގެ ހިނގުން އަވަސް ވިއެވެ.
ލިޔާންއަށް މިވަނީ ކީއްކަން ނަގައިގަނެވުނު ވަގުތު އަވަސް އަވަހަށް ދުރައްގެހިލިއެވެ.”ނޫން ޔާން ނޫން ޕްލީސް”ލިޔާން ތެދުވުމުން މައިހާ ލިޔާންގެ އަތުގައި ހިފާލަމުން ބުންޏެވެ.
ލިޔާން މައިހާއަށް ބަލާލިވަގުތު ލިޔާންއަށް މައިހާގެ ލޮލުގައި ވި އާދޭސް ފެނުނެވެ.”ޕްލީސް ޔާން މިރޭ އެކަނި…ޔާންއަށް ނޭނގުނަސް އަހަރެން ގަބޫލުކުރަން ބޭނުންނުވިއަސް ޔާން އަހަންނަށް ޔާން ދެކެ ލޯބިވެވިއްޖެ…”މައިހާ އެހެން ބުނުމުން ލިޔާންގެ ދެލޯ ބޮނޑުވިއެވެ.
“ވަރަށް ޖެލަސްވޭ ޔާން އިނާއާއި އެކު އުޅޭތަން ފެނުނީމަ ވަރަށް ޖެލަސްވޭ މިރޭ ވެސް ވަރަށް ޖެލަސްވި ޔާން އެހާގިނައިރު އިނާއާ އެކު އުޅުމުން..މައިއާ އެކު ވެސް ޔާން ކުޑަމިނުން ތިރީސް މިނެޓް ސްޕެންޑް ކުރިޔަސް މައި ހާދަ އުފާވާނެޔޭ”މައިހާ ބުނެލިއެވެ.
އެހުރިހާ ވަގުތު ލިޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.އޭނައަށް މައިހާގެ ދުލުން މައިހާ އޭނަ ދެކެ ލޯބިވެޔޭ ބުނިއަޑު އިވުނު ވަގުތު އޭނައަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނުހެނެވެ.
މައިހާ އަނެއްކާ ވެސް ލިޔާންގެ މޫނާގާތް ވިއެވެ.”ނޫން މައި”ލިޔާން ދުރުވެލަމުން ބުނެލިއެވެ.
“ޔާން ޕްލީސް މިރޭ އެކަނި…..މިރޭ ޔާން އަހަންނަށް ދޭ ލޯބިން މުޅި އުމުރުގަ އުޅެފާނަށް……މިރޭ އެކަނި…ޔާން ޕްލީސް….ޔާން އުޅެންވީ އިނާއާ އެކު އުފަލުގަ…އެކަމް މިރޭ ޔާން…މިރޭ އަހަރެން އެކަނި ނުކުރޭ ޕްލީސް…ދެން ދުވަހަކު ވެސް ނާހާނަމޭ..ޕްލީސް ޔާން”މައިހާ ރޮއިފައި ކިޔަމުންދިޔައެވެ.
ލިޔާން މައިހާގެ ގައިގައި ބައްދާލިއެވެ.”ޔާން ނުދޭ މިރޭ”މައިހާ ބުނުމުން ލިޔާން ބޯޖަހާލިއެވެ.”ނުދާނަށް ދޯ”މައިހާ ލިޔާންގެ މޫނަށް ބަލާލަމުން އަހާލިއެވެ.ލިޔާން މައިހާއަށް ބަލާލަމުން ބޯޖަލާލިއެވެ.
ލިޔާން ސޯފާގައި އިށީނެވެ.މައިހާ ލިޔާންގެ އުނގުގައި އިނދެ ލިޔާންގެ ތުންފަތުގައި ބޮސްދިނެވެ.ލިޔާން މިފަހަރު މައިހާ ދުރުކުރާކަށް ބޭނުމެއް ނޫނެވެ.
މައިހާ ދުރަށް ޖެހިލީ ލިޔާން އޭނައާއި ބައިވެރިނުވުމުންނެވެ.”އިޓްސް އޯކޭ އައި ކޭން އަންޑަސްޓޭންޑް….މައި ވަރަށް ސެލްފިޝް ދޯ…ޔާން ގެ ހިތަށް ވެސް އަރާނެ މައި ސެލްފިޝްއޭ….އެކަމް ޔާން ޕްލީސް މިރޭ މައިއަށް ލޯބިދީ”މައިހާ އެހެން ބުނުމުން ލިޔާން މައިހާ އޭނައާ ކައިރި ކުރުވިއެވެ.
-ނުނިމޭ-

Share Article

Follow Me Written By

Ishh

Level 210 Stories100 Login

I am a girl who loves to write story's. Writing story is my hobby. Feel free to comment to my stories and negative comments are also accepted.

Other Articles

Previous

ލޯބިވެވުނީ 4

Next

ވަޢުދު (ފަންސަވީސްވަނަ ބައި)

Next
November 3, 2019

ވަޢުދު (ފަންސަވީސްވަނަ ބައި)

Previews
November 2, 2019

ލޯބިވެވުނީ 4

7 Comments!

  1. Maisha maii says:
    November 5, 2019 at 9:26 pm

    Varah reethi mi bai vx. Bt next part dhigu kohlahchey. When next part?…. Waiting

  2. Mai says:
    November 6, 2019 at 10:17 am

    V reethi mi prt.. Ekamu Haadha kurey.. Whn nxt prt..

  3. Lamko says:
    November 9, 2019 at 12:14 pm

    Awwww maasha allah mi part varah reethi….nxt part dhigu kohllahchey…..cant wait for nxt part

  4. Casual_queeny says:
    May 4, 2020 at 11:50 pm

    Ishhhhh miss you so much ??

  5. ?EVIL? says:
    May 6, 2020 at 2:18 am

    V reethi Mi part ♥️?

  6. ?EVIL? says:
    May 6, 2020 at 2:40 am

    Ishh Kobaa nxt part I’m waiting ?

  7. Suru says:
    August 26, 2020 at 9:30 am

    Awwww maasha Allah mi part Varah reethi ????? when next part ???waiting for next part ????????????

Comments are closed.



All Right Reserved!