ޔަމާންގެ ސައިކަލު ފަހަތުގައި އިން ޔަނާލް އިނީ ކަންބޮޑުވެފައެވެ. ދޭތެރެއަކުން ފުންނޭވާއެއް ލަމުން އަވަސް ކުރާށޭ ބުނެލައެވެ. އެމީހުން އުޅޭ ގެއާއި ހަމަވުމުން ސައިކަލު ރަނގަޅަށް މަޑުވެސް ކޮށް ނުލަނީސް ޔަނާލް ފުންމާލިއެވެ. އަދި އެހާމެ އަވަހަށް ދުވެގޮސް ގޭތެރެއަށް ވަނެވެ. ޔަނާލް އޭނާއާއި ނިކްހާ އުޅޭ ކޮޓަރި އާއި ހަމައަށް ގޮސް މަޑުމަޑުން އެދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ އެނދުގައި އަރާމުކޮށް ނިދާލާފައި އޮތް ނިކްހާ ފެނިފައެވެ. “ނިކްހާ…” ޔަނާލްގެ އަޑު […]
އިހްނާ އާއި ޔޫން އަކީ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. އެދެކުދިންގެ މަންމަމެންނަކީ އެއްބަނޑު އެއްބަފާ ދެބެން ކަމުން އުޅެބޮޑުވެފައި ވަނީ ވެސް އެކީގައެވެ. އެހެން އުޅުމުގެ ތެރޭގައި ޔޫންއަށް އިހްނާ ދެކެ ލޯބިވެއެވެ. އެކަމަކު އިހްނާ ޔޫން ދެކެނީ ބޭބެެއެއްގެ ގޮތުގައެވެ. އެދުވަސްވަރު ތެރޭ އާއަވަށްޓެރި ބައެއް އެހިސާބުގައި ދިރިއުޅެން އާދެއެވެ. އެއާއިލާގައި އެދެކުދިން ވަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ. ވާހަކައިގައި ދެން ވާނެ ގޮތެއް ބެއްލެވުމަށް ވާހަކަ ކިޔާލައްވާ. އިންޝާ ﷲ ވަރަށް އަވަހަށް އަންނަނީ…….
“ލެޓްސް ޕްލޭ ޓްރޫތް އޯ ޑެއާރ.”…”އޯކޭ އަހަރެން މި ފަށަނީ އިނގޭ”..ޓްރޫތް އޯ ޑެއާރ”…”ޓްރޫތް”…”އަހަރެންގެ ފީޑް އަސްލުވެސް ހަޑިތަ؟”…”އަހަ އަހަ އަސްލުވެސް ހަޑި” އަހަރެން ބުނެލީމެވެ..”އޯކޭ ތިހެންވީރު..އައި ވިލް ޓޭކް ޓްރޫތް”…” ކިތަށް ގާލްފްރެނޑް ގެންގުޅުނިން؟؟؟؟”…”3 އައި ގެސް”…ޕިސް ޕިސް ކާމިޔާބު މީހެއްދޯ އަހަ އަހަ.. އައި ވިލް ޓޭކް ޓްރޫތް އަގެއިން”…”މައިޝާގެ ބޯއީފްރެންޑެއް ހުރޭތަ؟؟؟؟؟..”ނު..ނުހުރޭ”.. “އެހެންތަ ވަނީ..”…”ނޫނޭ ހަމަ މިހެން ވަނީ އަހަ އަހަ”…”އޭ މައިޝާ ވަރަށް ބޮޑަށް ސޮރީ އިނގޭ ކުއްލިއަކަށް ތާކަށް ދާން […]
”އަނެއްކާ އެއީ އިކާލްގެ މަންމަ ތަ؟” ރާކިންގެ ހިތަށް އެރި ސުވާލަކުން ވަގުތުން އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް ރާކިންގެ ހިތް ބުނަމުން ދިޔައީ އިރާދާއަކީ އިކާލްގެ ގާތް މީހެކޭއެވެ. ވިސްނެމުން ދިޔަ އެއްޗެހީގެ ސަބަބުން ރާކިން އެހިޔާލުތަކުން ދުރުވުމަށްޓަކައި ދެލޯ މަރާލިއެވެ. ނަމަވެސް އެގޮތަށް އެތައް އިރަކު އިތް އިރުވެސް އޭނާގެ ދެ ލޮލަށް ނިދި ސަވާރުނުވުމުން ލެޕްޓޮޕުން ފިލްމެއް އަޅުވައި އެ ބަލަން ފެށިއެވެ. […]
”އާން މަންމަމެން މި ތިބީ ދަރިފުޅުމެންނާއެކީ ދާން ތައްޔާރަށް.” މުފީދާވެސް ހުރީ މާއީ މެންނާއިއެކު ދާން ތައްޔާރަށެވެ. ”ނަމަނަމަ މި ތިއްތަ އާ ކައިރި ނުވާތި ދާ މަގުމަތީގަ. ވަރަށް ޖެއްސުން ކުރާނެ.” މައިޝް މާއީއަށް އަވަސް ނަޒަރެއް ދެމުން އިކާލް، ފާއިޒް އަދި ރާކިންއަށް ބުނެލިއެވެ. އެއާއިއެކު މާއީގެ އަތުގެ ހަމަލާއެއް މައިޝްގެ ފައިގެ ފަލަމަސްގަނޑަށް އަރައިގެން ދިޔައެވެ. ”އެހެންޏާ މިޖެހުނީ ވަރަށް ހުށިޔާރު ވެގެންތާ ދޯ އުޅެންވެސް.” އިކާލް މާއީއަށް ދިމާލަށް ބަލާލައިފައި އެއްލޯ […]
ތަށިތައް ދޮވުމުގައި ހުރި އިރާދާ އަށް އޭނާ ކުރަމުން ދިޔަ މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ވިސްނެމުން ދިޔައީ އިކާލް އާ މެދުއެވެ. އެހެން ކަމަކާއިމެދު ވިސްނަން ކިތަންމެ މަސައްކަތެއް އިރާދާ ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބެވެ. އެންމެ ފަހުން އިރާދާގެ ސިކުނޑި ފުނި ޖެހިފައިވި ހިޔާލުތައް އޭނާގެ ސިކުނޑިން ދިޔައީ ތައްޓެއް ވެއްޓި ތެޅުމުންނެވެ. ”މަންމާ ބަލައިގެން..” ނަމާދަށް ދިޔުމަށް ތައްޔާރުވެގެން ނުކުތް ރާކިން އަށް ތަށި ތެޅުނު އަޑު އިވިފައި އިރާދާއަށް […]
ކޮޓަރިއަށް ވަތް ގޮތަށް ޝިމާޔާ އެންމެ ފުރަތަމަވެސް ބަންޑުން އެނދަށް ޖެހިގަތީއެވެ. އެނދަށް ޖެހުނު ޖެހުނުން ޝިމާޔާ ރޯން ފެށިއެވެ. ޝިމާޔާ ރޯން އޮތްއިރު އޭނާއަށް މި ވޭތުވެ ދިޔަ ދުވަސްތަކުގައި އުޅެވުނު ގޮތާއި މެދު ފުރަތަމަ ފަހަރަށް ވިސްނައިލެވުނެވެ. އަދި އެދުވަސްތައް ހިތަށް އަރައިފައި އޭނާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ކުއްލިއަކަށް އަންޖަދުގެ ޚިޔާލުތަށް ޝިމާޔާގެ ހިތަށް ވެރިވުމުން ޝިމާޔާއަށް ލުއްކެއް ޖަހައި އެނދުން ތެދުވެވުނެވެ. ކިތަންމެ ބިރުގަނެފައިވިނަމަވެސް ޝިމާޔާ މިފަހަރު ވަރަށް ހިތްވަރުކޮށްފައި އޭނާގެ […]
ދެމީހުންވެސް އެއްވަރަކަށް މަގުގެ އެއްފަރާތުގައި ހިނގާފައި ދިޔައިރު މާއީ ހުރީ މަގުގެ އެންމެ ދުއްވާ ތަކެއްޗާ ކައިރީގައިއެވެ. ގެޔާއި ނުހަނު ކައިރިވެފައި ވަނިކޮށް މާއީގެ ކުރިމަތިން ނުހަނު ބާރަށް ސައިކަލެއް އައުމުން މާއީ ހުރީ ހަދާނެ ގޮތެއް ނޭނގިފައިއެވެ. ބިރުގަނެފައި ހުރުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ. އެންމެ ބާރު ދުވެލީގައި އެ ސައިކަލު އާއިރު މާއީ ހުރީ ދެން ސަލާމަތް ނުވާނެކަން އެނގި ހުރެ އޭނާގެ ދެލޯ މަރާލައިގެންނެވެ. **** ”ދަރިފުޅު ދެން މީހަކާ ކައިވެނި […]
ޔައިޝް އާ ދިމާލަށް އެގޮތަށް އެއްޗިސް ކިޔުނީތީ އަހަރެން ވަރަށް ދެރަވިއެވެ.. ރީޝާ އެ ވާހަކަ އަހަރެންނާ ޝެއާ ކުރީތީ އަހަރެން ރީޝާ ކާރީގައި އަހަރެންނާއި ޔައިޝް ގެ ވާހަކަ ވެސް ބުނީމެވެ..”ވަޓް ދަ … ދޮގު ނަހަދާ ބުނެވެސް ނުލާ އެކަމް ބަލައިގެން އުޅެއްޗޭ އަހަރެމެން ބުއި ކަހަލަ ބޮނޑިއެއް ނުބޮއްޗޭ”..”ޔެސް މެޑަމް”…ރީޝާ އަހަރެން ގައިގައި ބައްދާލިއެވެ.. ވާހަކަ ތައް ހިއްސާ ކޮއްލެވުމުން އަހަރެމެން ދެމީހުންގެ ހިތައްވެސް ހަމަ ޖެހުމެއްލިބުނެވެ.. އެރޭ މަންމަ އަހަރެން ބަލާ […]