Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް (ނުވަވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
December 8, 2019 8 Mins Read
19 Comments

ނައިޒަކް އަވަހަށް ބެލްކަނި ދޮރު ހުޅުވައިލުމަށްފަހު ބެލްކަންޏަށް ނުކުުތެވެ. އެއީ އެ އަޑު އައީ އެ ދިމާލުން ކަމަށް ވާތީއެވެ. ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓައިގެން ހުރެ ނައިޒަކް ތިރިއަށް ބަލައިލިއެވެ. ނަމަވެސް ތިރިއަކުން އެއްވެސް އެއްޗެއް ނައިޒަކް އަކަށް ނުފެނުނެވެ. ނައިޒަކް ކުރިއަށް ދާން ހިނގައިގަނެފައި އަނެއްކާވެސް އޭނާއަށް ހުއްޓެވުނީ ހަމަ އެ އަޑު އިވިގެންނެވެ. މިފަހަރު ކުރިއަށްވުރެވެސް ބާރަށް އެއަޑު އޭނާއަށް އިވުނެވެ. ދުރުދުރަށް ނަޒަރު ހިންގަމުން ދިޔަ ނައިޒަކް އަށް ފެނުނީ ތަންކޮޅެއް ދުރުން މަގެއްގެ ކަންމަތީ ގްރޫޕް ހަދައިލައިގެން ތިބި ބައެކެވެ. އެމީހުންގެ އިސްތަށިގަނޑު ބޮޑު ކުޅަނދުރު ހަތައެއްހެން ހަދައިގެން ތިބިއިރު އެމީހުންގެ ބޯ ވަށައިގެން ކުޅަނދުރު އުދުހޭނެކަމެއް ނޭނގެއެވެ. އެހާވެސް އިސްތަށިގަނޑު ދިގުވެފައި ހަޑިއެވެ. އެމީހުން ތަކުގެތެރެއިން ތަންކޮޅެއް ތަފާތު މީހެއް ފެނުނުހެން ހީވެގެން ނައިޒަކް ދެލޯ ހަނިކޮށްލަމުން ރަނގަޅަށް ބަލައިލިއެވެ. އެއީ ކާކުކަން ނަގައިގަންނާކަށް މިނިޓެއްވެސް ނުނެގިއެވެ. އެއީ ޝިމާޔާކަން ނައިޒަަކް އަށް ޔަޤީނާއި ގާތް ކުރެވުނެވެ. އެހެންނޫނަސް މީނަ މިތާ މި ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ޝިމާޔާ އުޅޭ ނޫޅޭ ގޮތް ޝަމީމް ނުބަލަނީ ހެއްޔެވެ؟ ޝިމާޔާ އެގޮތަށް އުޅެން ލަދުވެސް ނުގަންނަނީ ހެއްޔެވެ؟

ނައިޒަކް އަށް ކޮޓަރިއަށް ވަންނަން މަޖުބޫރުވީ ދެން ފެނުނު މަންޒަރު ހުތުރުކަމުންނެވެ. ނައިޒަކް އަށް ފެނުނު މަންޒަރުން ރުޅި އާދެވުނީ ޝަމީމްދެކެއެވެ. ޝަމީމް އޭނާގެ ދެލޯފަދަ ކޮއްކޮ ރަނގަޅަށް ބަލަން ވާނެނޫންހެއްޔެވެ؟ އެމީހަކު ހިތް އެދޭގޮތަކަށް އުޅުމުގެ ފުރުސަތު ދީގެން ނުވާނެނޫންހެއްޔެވެ؟ ޝަމީމް ހާދަހާ ކަންފަސޭހައެވެ. ނައިޒަކް މަޑުމަޑުން ކޮޓަރީގައި ހުރި ސޯފާގައި އިށީނެވެ. އަދި ކައިރީގައި ހުރި އެނދުގައި ބާއްވާފައި އޮތް އޭނާގެ ފޯނުނަގައި ކޮންޓެކްްޓް ވަދެ އެތަނުން ޝަމީމްގެ ނަމްބަރު ހޯދައި ޝަމީމްއަށް ގުޅައި ފޯނު ކަންފަތުގައި ޖެއްސިއެވެ.

ކޮޓަރީގެ ސޯފާގައި ފޯނާއި ކުޅެން އިން ޝަމީމް ސިހުނީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނުގެ ސްކްރީނަށް އަރައިފައި އިން ނައިޒަކް ގެ ނަން ފެނުމުން ޝަމީމް ލަސްކުރުމެއްނެތި އެ ކޯލް ރިސީވްކުރިއެވެ. “ނައިކޫ.. ހާދަ ދަން ގަޑިއެއްގަ ތި ގުޅާލީ. ކިހިިނެތްވީ؟” އާފުރެމުން ފުރެމުން ޝަމީމް ވާހަކަދެއްކިއެވެ. “ކިހިނެއްވީހޯ!!! ޝަމީމް އަކަށް ނޭނގޭތަ މިއޮތް ދަން ގަޑީގަ ހޭލާ އިންއިރުވެސް ޝަމީމްގެ ކޮއްކޮ ވީ ތަނެއް؟” އެކޮޅުން ނައިޒަކްގެ ނުރުހުންތެރިކަމުން ފުރިގެންވި އަޑުން ޝަމީމް އަށް އިވުމުން ލުއްކެއް ޖަހައި އިންތަނުން ތެދުވެވުނެވެ. “މަޑުކުރައްޗޭ.” ޝަމީމް އެހެން ބުނެ އޭނާގެ ކޮޓަރިން ނުކުމެ ޝިމާޔާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރީގެ ތަޅުގައި ހިފައިލި ވަގުތު ދޮރު ހުރީ ތަޅުލައިފައެވެ. “އެކަމް… އޭނަ ކޮޓަރި ދޮރު ތަޅުލާފަ އެހުރީ.” ކަންބޮޑުވުން އެކުލެވިފައިވި އަޑަކުން ޝަމީމް ބުންޏެވެ. އަދި އެއަށްފަހު ގޭގެ މައިދޮރާއި ދިމާލަށް ހިނގައިގަތެވެ. އެ ދޮރުވެސް ތަޅުލައިފައި ހުރުމުން ޝަމީމް އިތުރަށް ކަންބޮޑުވާން ފެށިއެވެ. ނުވިތާކަށް ދޮރުގެ ތަޅުދަނޑިވެސް ޓީވީ ރެކްތެރޭގައި އެބަ އޮތެވެ. “އެކަމް ނައިކޫ.. ގޭ ދޮރުވެސް ތަޅުލާފަ މިހުރީ. ތަޅުދަނޑިވެސް އެބައޮތް މިތާ.. އެކަމް ނައިކު އަށް ކިހިނެތްތަ އިނގެނީ ޝިމް ގޭގަ ނޫޅޭކަމެއް؟” ޝަމީމްގެ ހިތުގައިވި ސުވާލު ޝަމީމް އެންމެފަހުން ކޮށްލިއެވެ. “ޕިސް.. ޝަމީމް. މަ ބެލްކަންޏަށް ނުކުތް ގަޑީގަ މަށަށް ފެނުނޭ. ބޮޑު ސިންގާ ގްރޫޕެއް ތެރޭގަ އޭނަ ހުރީ. މަށަށް ފެނުނު މަންޒަރަކުން މަ އަވަހަށް ކޮޓަރިތެރެއަށް ވަނީ.” ނައިޒަކް ކިތަންމެ ކިޔައިދޭން ބޭނުމެއްނުވިޔަސް އޭނައަށް ފެނުނު ހުރިހާ މަންޒަރެއް އަލިފުން ޔާއަށް ޝަމީމްއަށް ކިޔައިދިނެވެ. ޝަމީމްގެ ހިތަށް ވާނެ ތަދުވެސް ނައިޒަކް އަށް އިޙުސާސް ކުރެވެއެވެ. ނަމަވެސް ޝިމާޔާ އަކީ ޝަމީމް ގެ ކޮއްކޮއެވެ. އާއިލާ ތެރޭ އެއްވެސް ކަމެއް ސިއްރުކޮށްގެން ނުވާނެތާއެވެ. ޝަމީމްގެ ލޯ ފެންކަޅިވަމުން ދިޔައިރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ކަތުރުކަށިގަނޑަށް ވާންވަމުން ދިޔައެވެ. ދެއަތް މުއްކެވިގެން ދިޔައެވެ. “ހުރޭ އަހަރެން މި ގުޅަނީ އޭނައަށް.” ޝަމީމް އެހެން ބުނެ ކަންފަތުން ފޯނު ނަގައި ކޯލް ބިޒީކޮށްލުމަށްފަހު ނަމްބަރުތަކަށް ފިތައިލަމުން ފޯނު ކަންފަތުގައި ޖެއްސިއެވެ.

ޝިމާޔާގެ ކޮޓަރިތެރެއިން ކޮންމެވެސް އަޑެއް އިވޭހެން ހީވެގެން ޝަމީމް އެކޮޓަރިއާއި ދިމާލަށް ގޮސް ދޮރުގައި ކަންފަތް ޖައްސައިލިއެވެ. އޭރު އެ ކޮޓަރިތެރެއިން ޝިމާޔާގެ ފޯނު ރިންގްވަމުން ދާއަޑު މަޑުމަޑުން އިވެއެވެ. ޝަމީމް އޭނަގެ ކަންފަތުން ފޯނު ނަގައި ކޯލް ބިޒީކޮށްލިއެވެ. އަދި ކައިރީގައި ހުރި ފާރަށް އެތިފަހަރެއް ވީއްލައިލެވުނީ އައިއްސަ ހުރި ރުޅިއެއްގެ ސަބަބުންނެވެ. ނަމަވެސް ފާރުގައި ކިތަންމެ ވަރަކަށް ތެޅިއަސް ފާރަށް ތަދުވާނެހެއްޔެވެ؟ ތަދުވާނީ އެމީހެއްގެ އަތަކަށް ނޫންހެއްޔެވެ؟ ޝަމީމް އެންމެ ފަހުން ޓީވީ ރެކްމަތިން ތަޅުދަނޑި ނަގައިގެން ގޭދޮރު ހުޅުވައިލުމަށްފަހު ބޭރަށް ނުކުތެވެ. ޝިމާޔާ ހޯދުމުގެ ނިޔަތުގައެވެ. މިހާރު ޝިމާޔާ ހުންނާނީ މަސްތުވެފައިނޫންކަމެއްވެސް ނޭނގެއެވެ. ޝަމީމް އޭނާގެ ހުރި ހަމައެކަނި ކޮއްކޮ އެ ނުބައި ނުލަފާ މީހުންގެ މަޅިތަކުން ސަލާމަތްކުރަން އިންތިހާއަށް ބޭނުންވެއެވެ.

މުޅި މާލެ ކުޑަކުރެވުނުއިރުވެސް ޝަމީމް އަކަށް ޝިމާޔާއެއް ނުފެނުނެވެ. ޝަމީމް އަށް ޖެހުނީ ކަރުއެލުވައިލައިގެން އެންމެފަހުން ގެއަށް ދާށެވެ. ކޮންމެއަކަސް މުޅި ފަޒާގައި ބަންގީގެ ރިވެތި އާޔާތްތައް ގުގުމަން ފެށިއެވެ. މަގުތައްމަތި ހިމޭންކަމުން ޝަމީމް އަށް ބަންގި ގޮވާ އަޑު އަހަން މަޑުކޮށްލެވުނެވެ. އިސާހިތަކު ޝިމާޔާގެ މަތިން ޝަމީމް އެވަގުތު ހަނދާންނެތުނެވެ. ބަންގި ނިމުނުތަނުން ޝަމީމް ބޭނުންވީ އަވަހަށް މިސްކިތަށް ދާށެވެ. އެ ހިތަށް ތަސައްލީ އެއް ލިބޭނީ އޭރުންނެވެ. ޝަމީމް ލަސްނުކޮށް އެންމެ ކައިރިން ފެންނަން ހުރި މިސްކިތަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް އިމާމާގެ ފަހަތުގައި މައުމޫމްވެ ނަމާދުކުރަން ފެށިއެވެ.
ޝަމީމް އެދުވަހު ގެއަށް ދިޔައީ ހަމަޖެހިފައިވާ ހިތަކާއި އެކީގައެވެ. އޭނާއަށް ގެއަށް ދެވުނުއިރު ހުރީ ހައެއް ޖަހައިފައެވެ. ޝަމީމް ގޭގެ މައިދޮރު ލައްޕާ ތަޅުލުމަށްފަހު އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގައި ހުރި ކުޑަދޮރު ކައިރިއަށް ޝަމީމް ހިނގައިގަތެވެ. ދޮރުފަތް ކަހައިލުމާއިއެކީހެން އޭނާގެ މޫނަށް އަވިއެޅުނެވެ. ދެލޯ ހަނިކޮށްލައިފައި ބޭރު ބަލައިލިއިރު ދުރުދުރުން ކޮތަރުތައް އުދުހޭ މަންޒަރު ޝަމީމްއަށްފެނުނެވެ. މަގުމައްޗަށް ނަޒަރު ހުއްޓައިލިއިރު އެކި މީހުން އެކި ކަންކަމުގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފެނިގެން ދިޔައެވެ. ފައިމަގުގައި އުޅޭ މީހުންނާއި ސައިކަލާއި ކާރުތަކުން މުޅި މަގުމަތި އޮތީ ފުރިފައެވެ. މި ހުރިހާ މަންޒަރުތަކަށް ގެއްލިފައި ހުރި ޝަމީމް ސިހިގެން ދިޔައީ އޭނާގެ ކޮޓަރީގައި މީހަކު ޓަކިތަޅާ އަޑުއިވުމުންނެވެ.
ޒައިން ކަމަށް ހިތައި ޝަމީމް ދޮރު ހުޅުވީވެސް ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެއެވެ. ނަމަވެސް ސިކުންތެއްގެ އެ ތުންފަތުގައިވި ހިނިތުންވުން ފިލައިފިއެވެ. ކުރިމަތީ ހުރީ ޝިމާޔާއެވެ. “ދޮންބޭ.” ޝިމާޔާ މަޑުމަޑުން ޝަމީމް އަށް ގޮވައިލިއެވެ. ނަމަވެސް ޝަމީމް އިސްޖަހައިލީއެވެ. ޝިމާޔާ އާއި ހަތަރުކަޅި ހަމަކުރުމަކީ މިހާރު ޝަމީމް އަށް ވާނެކަމެއްނޫނެވެ. ޝިމާޔާ އާއި ބެހޭގޮތުން އިވޭ ވާހަކަތައް އަޑުއަހައި އަހައި މިހާރު އޭނާ ވަރުބަލިވެއްޖެއެވެ. ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އޭނާގެ އެކުވެރިންގެ ފަރާތުން ޝިމާޔާގެ ނޭދެވޭ ކޮންމެވެސް ސިފައެއްގެ ވާހަކަ އިވެއެވެ. “ދޮންބެ ކިހިނެތްވެފަތަ ތި ހުންނަނީ؟ ޝިމް އާ ރުޅީތަ؟” ޝަމީމްގެ ފަރާތުން އެއްވެސްވަރަކަށް ސަމާލުކަމެއް ނުލިބުމުން ޝިމާޔާ ދެރަވާގޮތްވިއެވެ. “ނޫނޭ.” ވަރަށް އާދައިގެ ގޮތަކަށް ޝަމީމް ބުންޏެވެ. “ކިހިނެތްވީ މިއަދު މާ އަވަހަކަށް ތެދުވެ ތިއުޅެނީ؟” ޝަމީމް އެ ސުވާލުކުރިއިރު އެއްފަހަރުވެސް ޝިމާޔާ އާއި ދިމާލަށް ބަލައިވެސްނުލައެވެ. “އެއީ ރޭގަ ހޭލާ އުޅުނީ. އެއްވެސް ވަރަކަށް ނިދި ނައިސްގެން މިއުޅެނީ.” ނިތްކުރީގައި ފިރުމަމުން ޝިމާޔާ ބުންޏެވެ. “ދޮންބެ ފެންވަރާލަން މި ވަންނަނަނީ އިނގެ.” ޝިމާޔާ އަށް އެއްޗެއް ބުނުމުގެ ފުރުސަތެއްވެސް ނުދީ ޝަމީމް އަވަހަށް ދޮރު ލައްޕައި ތަޅުލިއެވެ.

އެހެންޏާ ދޮންބެގެ ފަރާތުން ނުފެންނަ ސިފައެއް ފެނުމުން ޝިމާޔާ ހުރީ ހައިރާންވެފައެވެ. “އަޅެ އަހަންނާއި ދިމާލަށް ބަލާވެސްނުލިއެއްނު. އަހަރެން މިހުރީ ނުލާހިކު ރީތިކޮށް ފެންވަރައި ރީތިވެގެން. ދެން ކީއްވެތަ؟ ނުލާހިކު ރީތި މޭކަޕެއް ކޮށްފަ ހުރީމަތަ އަނެއްކާ އެހާވަރު އެއަރުވަނީ؟ ގައިމު ފްރެންޑްސް ބުނޭ ޝިމް މޭކަޕް ކުރީމަ ހީވަނީ ހަމަ ސެލީނާ ގޮމެޒް ހެނޭ. އަޅެ އެއްފަހަރުވެސް ދޮންބެ އަހަންނަށް އެވަރުގެ ތައުރީފެއް ކުރިތަ؟ ހިސާބަށް ވުރެ ހިތްމޮޅުވެގެން ކަންނޭނގެ ދޮންބެ އެއުޅެނީ. ނޫނީ ކޮންމެވެސް މީހަކު ރަނގަޅަށް ދޮންބެގެ ސިކުނޑި ދޮވެލާފަ އެހުރީ.” ޝިމާޔާ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ކޮޓަރިއަށްވަދެ އެންމެ ފުރަތަމަވެސް އޭނާ ފޯނު ނަގައި ރެސްޓޯރެންޓެއްގެ ނަމްބަރަކަށް ގުޅައި ކާނެ އެއްޗަކަށް އޯޑަރ ކުރިއެވެ. އަދި އެއަށްފަހު އެ ބޮޑު އެނދުގައި ފޯނު ހިފައިގެން އޮށޯތެވެ.

ކާކޮޓަރި އެއްކޮށް ފަޅުފިލުވައިލައިފައިވަނީ ފަސްބެއިންގެ ހުނުމުގެ އަޑުންނެވެ. ކޮންމެ މީހަކުވެސް ނުވަގަޑި ސަޔަށް އިންސާފް ކުރަމުން ދިޔައިރު އެކަކު އަނެކަކާ އެކިއެކި ސަމާސާކުރަމުންދިޔައެވެ. މަދުމަދުންވެސް ނައިޒަކް އެމީހުންގެ ސަމާސާގައި ބައިވެރިވަމުން ދިޔައެވެ. އޭނާ އިނީ ފާޑަކަށް ހިމޭންވެފައެވެ. ނަމަވެސް އެންމެން ހީނގަންނައިރު ނައިޒަކްވެސް ވަރަށް ބާރަށް ހީނގަނެއެވެ. ނައިޒަކް ވާ ކުޅަދާނައެއްނޫންހެއްޔެވެ؟ މީހަކަށް ކިރިޔާވެސް ހިލަމެއް ނުވާނެހެން ނައިޒަކް އެއުޅެނީއެވެ. އެހެންނޫނީ ނައިޒަކް ބޯހާސްކުރުވާ ކަންތައް ޖެހޭނީ އެންމެނަށް ކިޔައިދޭށެވެ. ނައިޒަކް ބޭނުންވީ މިވީގޮތަކުން ޝަމީމްގެ ގެއަށް ދާށެވެ. އެހެންކަމުން ވަރަށް އަވަހަށް ސައިބޮއެގެން ނައިޒަކް ކާކޮޓަރިން ނުކުތެވެ.

ޝަމީމް އާއި ޒައިންއަށް އެމީހުންގެ ކޮޓަރިން ނުކުމެވުނީ އެއްފަހަރާއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައި ހީލިއެވެ. “އޭ ޔޫ ހުޅުމާލެއަކަށް ނުދަންތަ؟” ޒައިން އަށް ކުއްލިއަކަށް އެހެން އަހައިލެވުނީ ޝަމީމް އިހަކަށްދުވަހަކު އޭނާ ހުޅުމާލެ ދާނެ ކަމަށް ބުނި ހަނދާނެއްވުމުންނެވެ. “އާނ. ޗުއްޓީއެއް ނަގައިގެން މިއުޅެނީ.. ހެހެ.” ޝަމީމް އެހެން ބުނެ އެގޭގެ ބަދިގެއަށް ވަނެވެ. “ޒައިން.. ހިނގަ އަހަރުން ދެމީހުންވެގެން ކޮންމެވެސް ރަނގަޅުއެއްޗެއް ތައްޔާރުކޮށްލަމާ!” ޝަމީމް އެވަގުތު ހިނިތުންވެލަމުން ބުންޏެވެ. ޒައިންވެސް ވަރަށް ގަޔާވެ ހުރެ ބަދިގެއަށް ވަނެވެ. ސޭންޑްވިޗް ހަދަން ބޭނުންވާ ހުރިހާ ސާމާނެއް ދެމީހުން ވެގެން އެއްކުރިއެވެ. ޒައިން ތައްޓަކަށް ފިޔާ ކޮށަން އިނެވެ. ޝަމީމް އެހެނިހެން ތަކެތި ކޮށަމުން ދިޔައެވެ. ދެމީހުންވެގެން އެމީހުންނަށް އިނގުނު ގޮތަކަށް ސޭންޑްވިޗް ހަދައި ނިންމައިލިއެވެ. އަދި ކާމޭޒުކައިރީ އިށީނދެ ދެމީހުންވެސް ކާން ފެށިއެވެ.

“ހޫނނ. އެއްވަނަ އިނގެ.” ޒައިން އޭގެން ސޭންޑްވިޗެއް ނަގައި ރަހަބަލައިލަމުން ބުންޏެވެ. ޝަމީމްވެސް ސޭންޑްވިޗްކަމުން ދިޔައިރު ހީވީ މިހާ ދުވަސްވީއިރުވެސް އެހާ މީރު އެއްޗެއް އޭނާއަށް ނުކެވޭހެންނެވެ. ޝަމީމް އާއި ޒައިން އާއި ދެމީހުން ކަމުން ދިޔައިރު ހީވަނީ އެކަކު އަނެކަކާ ވާދަކުރާ ހެންނެވެ. އެއޮތް ފޯރީގައި ކަމުން ދިޔައިރު ދެމީހުންނަށް ކެއުން ހުއްޓާލަން ޖެހުނީ ގޭދޮރުގައި ޓަކި ޖަހާ އަޑު އިވުމުންނެވެ. “އަހަރެން ދާނީ މިބުރު.” ޒައިން އޭނާ ކާން އިން ސޭންޑްވިޗް ތަށީގައި ބާއްވައިފައި ގޭދޮރާއި ދިމާލަށް ހިނގައިގަތެވެ. ތަޅުދަނޑި ޖަހައި ތަޅު އަނބުރައިލަމުން ޒައިން ދޮރުހުޅުވިއެވެ. އެއާއިއެކު ޒަައިން ހުއްޓުން އެރިއެވެ. ކުރިމަތީގައި އެހުރީ އޭނާއަށް ދާދި އިހަކަށް ދުވަހަކު ފެނުނު ޒުވާނާއެވެ. ހަމަ ހީވަނީ އޭނާގެ ޒުވާން އިރުގެ ތަސްވީރެއް ކުރިމަތީގައި ހުންނަ ހެންނެވެ.

“ކަލޯ އަންހެން ކުއްޖަކު އައީތަ؟” ޝަމީމް ބަދިގޭގައި އިނދެ ޒައިން އަށް އަޑުއިވޭވަރަށް ބާރަށް ބުންޏެވެ. އޭނާގެ އަޑުގައި ސަމާސާ ރާގެއް އެކުލެވިފައިވެއެވެ. ޒައިންގެ އަޑެއްބަޑެއް ނީވުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ޝަމީމްގެ ހިތް ބުންޏެވެ. ޝަމީމް ތެދުވެ އަތްދޮވެލައިގެން ސިޓިންގް ރޫމަށްވަނެވެ. “ކާކުތަ އައީ؟” ޝަމީމްގެ އަޑަށް ޒައިން އެއްފަރާތަކަށް ޖެހިލިއެވެ. އެވަގުތު ދޮރުމަތީގައި ހުރި ނައިޒަކް ޝަމީމަށް ފެނުނެވެ. “ހެހެ.. ނައިކޫ. އާދޭ.” ނައިޒަކް އެތެރެއަށްވަނުމުން ޒައިން މަޑުމަޑުން ގޭގެ ދޮރު ލައްޕައިލިއެވެ. “ކަމް. އިށީނދޭ.” ޝަމީމް އިޝާރާތްކުރި ސޯފާގައި ނައިޒަކް އިށީނެވެ. “ޒައިން އިނދޭ މިތާ. އެހެންނޫނީ ނައިކު އެކަނިވާނެ. އަހަރެން އެބަ އަންނަން.” ޝަމީމް އެހެން ބުނެ އަވަސްއަވަހަށް ބަދިގެއަށް ދިޔައެވެ. ޒައިންއަށް ޖެހުނީ އެންމެ ފަހުން ނައިޒަކް ގާތުގައި މަޑުކުރާށެވެ. “އިށީންނަންވީނު.” ޒައިން އެހެން ކޮޅަށް ހުރުމުން ނައިޒަކް އަށް އެއްޗެކޭ ނުބުނެއެއް ނުހުރެވުނެވެ. ޒައިން އެއްވެސް އެއްޗެކޭ ބުނުމެއް ނެތި މަޑުހިނގުމެއްގައި އައިސް ސޯފާގައި އިށީނެވެ. އެއަށްފަހު އަނެއްކާވެސް ދެމީހުންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. ދެމީހުންވެސް އިނީ އެކަކު އަނެކަކާ ނުލާހިކު ވާހަކަ ދައްކަން ބޭނުންވެފައެވެ. ނަމަވެސް އަމިއްލައަށް އިސްނަގައިގެން ވާހަކަ ދައްކާކަށް އެކަކަށްވެސް ނުކެރުނެވެ. ނައިޒަކްއަށް އިށީންނާށޭ ބުނެވުނީވެސް ވަރަށް ހިތްވަރުކޮށްގެންނެެވެ. ހީވަނީ ހަމަ އޭނާގެ އުފަން ބައްޕަ ކުރިމަތީގައި ހުންނަ ހެނެވެ.

ޒައިން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނާ ޝަމީމް އެތަނަށް އަތުވެއްޖެއެވެ. ޒައިން އަވަހަށް އަނގަ ލައްޕައި ސޯފާގައި ލެނގިލިއެވެ. ދެމީހުން ހިމޭނުން ތިބުމުން ޝަމީމް ބޭނުންވީ އެދެމީހުންނަށް އުނދަގޫކޮށްލާށެވެ. “އުނދުން މަތީ ރޯކޮށްފަ އިން ތެލިތާހެއްހެން ކަލެމެން ދެމީހުން ތިތިބީޔޯ؟” ސަމާސާ ރާގެއްގައި ޝަމީމް ބުންޏެވެ. އެވަގުތު ނައިޒަކް ޝަމީމް އާއި ދިމާލަށް ލޯ އަޅައިލިއެވެ. ޒައިންވެސް ޝަމީމް އާއި ދިމާލަށް ލޯއެޅިއެވެ. ޝަމީމް އަށް ހީވީ އެއްސޫރައެއްގައި ތިބި ދެމީހުން އެވަގުތު އެތަނުގައި ތިބި ހެންނެވެ. އެހާވެސް ޒައިން އާއި ނައިޒަކް ވައްތަރެވެ. އަމުދުން ދެމީހުން ލޯ އަޅައިގެން ތިބޭއިރުއެވެ.

ޒައިން ބޭނުންވީ އޭނާ އެއިންތަނުން ތެދުވެގެން ދާށެވެ. އެހެންކަމުން ދައްކާނެ މޮޅު ބަހަނާއެއް ސިކުނޑި ތެރޭ ރާވައިލަމުން ޒައިން ބުންޏެވެ. “މަސައްކަތް ނިންމަން.” ޒައިން އަށް ބުނެވުނީ އެހާވަރަށެވެ. ޒައިން އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. “ހެހެ.. އެދިޔައީ ޝެއަރ ކުރަން ކަންނޭނގެ.” ޝަމީމް އެހެން ބުނަމުން ނައިޒަކް ގާތުގައި ސޯފާގައި އިށީނެވެ. “އޭނ.. ޝެއަރކުރާށޭ؟” ޝަމީމް ބުނި އެއްޗެއް ނަގައިނުގަނެވުނު ނައިޒަކްގެ އަނގައަށް ގޮތެއް ހަދައިލެވުނެވެ. “މިބުނީ އޭނަގެ އިންނާނެ ފޭސްބުކް ޕޭޖެއް. ވަރަށް ބައިވަރު ޕޯސްޓްތައް ހުންނާނެ ޝެއަރ ކޮށްފަ. އޭނަގެ އިންނާނެ ޔޫޓިއުބް ޗެނަލެއްވެސް. ވީޑިއޯ ހަދާފަ އަޕްލޯޑް ކޮށްފަ ހުންނާނެ. އެކަމް އޭނަ މިކޮޅަށް އައިފަހުން އަދި އެކަމަކާއެއްނޫޅޭ.” ޝަމީމް ޒައިންއާއި ބެހޭގޮތުން ކުރުގޮތަކަށް ކިޔައިދިނެވެ. “ޝައްމު އަށް އިނގޭތަ؟ އަހަރެން މިހާރަކު ފޭސްބުކަކަށް ނުވަންނަން. ރޭގަ ފޭސްބުކަށް ވަދެފަ ވީ ފޫހިން އަވަހަށް ނުކުތީ. އެކަމް ދެން ތި އެއްޗެހިތަކެއް ބަލާލަން ބޭނުން. އެހެންވީމަ ޖެހޭނީ ފޭސްބުކަށް ވަދެލަންތާ ދޯ!” އެއްދިމާލަކަށް ނަޒަރު ހުއްޓައިލައިގެން އިނދެ ނައިޒަކް ބުންޏެވެ.

ކޮންމެއަކަސް ދެއެކުވެރިން އެކި ވާހަކަތައް ދައްކަން ތިއްބައި ޝިމާޔާ ކޮޓަރިން ނުކުތެވެ. ނައިޒަކް އަށް ބަލައިލެވުނީ ޝަމީމް އާއި ދިމާލަށެވެ. ހަމަ އެވަގުތު ޝަމީމް އިސްޖަހައިލިއެވެ. ޝަމީމް އާއި އެއްކޮށް މީހަކު އިންހެން ހީވުމުން އެވާނީ ޒައިންއަށޭ ހިތައި ޝިމާޔާ ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އެދިމާލަށް ބަލައިލިއެވެ. އެވަގުތު ފެނުނު ސޫރައަކުން ޝިމާޔާގެ ތުންފަތުގައިވި ނުލަފާ ހިނިތުންވުން ފިލައިދިޔައެވެ. ނައިޒަކް އެވަގުތު ދުރުބަލަހައްޓައިގެން އިނުން އެއީ ޝިމާޔާގެ ނަސީބެވެ. އެހެންނޫނީ ޝިމާޔާގެ ތުންފަތުގައިވި ހިނިތުންވުން ފެނި ނައިޒަކް ކުށްހީއެއް ކޮށްފާނެއެވެ. ނައިޒަކް އިނީ އިސްނުނަގާން ހުވާކޮށްގެން ފަދައެވެ. “އަހަރެން ކުރިމައްޗަށް ތި އައީ ލައިގެން ހުރި އެއްޗެހި ދިގުކަމުންތަ؟ ނިކަން ބަލާބަލަ މޫނުގަ ހީވަނީ ދަވާދު އުނގުޅާފަ ހުންނަހެން. ގޮތެއް ނެތް އަންހެނެއް ހުވާ މިބުނީ.” ނައިޒަކް ހިތާއި ހިތުން ޝިމާޔާއާއި ދިމާލަށް އެތިވަރު ގޮވަމުން ދިޔައެވެ. ނައިޒަކް ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އެހެންކަމުން ޝަމީމް އަށް އަވަސް ނަޒަރެއް ދީފައި ނައިޒަކް ދާން ހިނގައިގަތެވެ. ނައިޒަކް ދިޔައިރު އެއްފަހަރުވެސް އިސް އުފުލައި ބަލައިނުލައެވެ. “އާހް.. ބަލާވެސްނުލައެއްނު. ފޮނި މީހެއް.” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ޝިމާޔާ ބުންޏެވެ.

ނައިޒަކް ދިއުމުން ދޮރުލައްޕައިފައި އައިސް ޝިމާޔާ ޝަމީމް ގާތުގައި އިށީނެވެ. “ޝިމް. ދެން ތި ހެދު…” ޝަމީމްއަށް ބުނެވުނީ އެހާހިސާބަށެވެ. އެވަގުތު ގޭގެ ދޮރުގައި ޓަކި ޖެހި އަޑު އިވުމުން ޝަމީމް ދައްކަން އުޅުނު ވާހަކައަަށް ހުއްޓުމެއް އައީއެވެ. އަނެއްކާވެސް ނައިޒަކް އައީއޭ ހިތައި ޝިމާޔާ ފުންމައިގެން ތެދުވިއެވެ. އަދި ދެވުނު އެންމެ ބާރަކަށް ގޮސް ދޮރުހުޅުވިއެވެ. އެވަގުތު ދޮރުމަތީގައި ހުރީ ނައިޒަކްގެ ބަދަލުގައި އެހެން މީހެކެވެ. އެމީހާގެ އަތުގައި ހުދު ޕާރުސަލެއް އޮތުމުން އެއީ ޝިމާޔާ އޯޑަރ ކުރި އެއްޗެހިކަން ޝިމާޔާއަށް އެނގުނެވެ. ޝިމާޔާ އަވަހަށް އޭތި އަތުލުމަށްފަހު ގޭ ދޮރު ލައްޕައި ތަޅުލިއެވެ.

ޝިމާޔާ އެ ހިފައިގެން ބަދިގެއާއި ދިމާލަށް ދިޔައެވެ. އަދި އިށީނދެ އެއެއް މިއެއް ބަލައިނުލައި ކާން ފެށިއެވެ. ކާން ފެށުމުގެ ކުރިން ކިޔަން ޖެހޭ ދުޢާމަތިން ޝިމާޔާ ހަނދާންނުވާފަދައެވެ. “ޝިމް އެމީހަކަށް ލާރިއެއް ނުދެންތަ؟” ކުއްލިއަކަށް ޝަމީމްގެ އަޑު އިވުމުން ޝިމާޔާ ހުއްޓުން އެރިއެވެ. ނަމަވެސް ދޮގު ހަދައިލީމަ އެވީއެއްނޫންހޭ ހިތައި ޝިމާޔާ ބުންޏެވެ. “ފްރެންޑެއް ޕޭ ކޮށްދޭނެ.” ޝިމާޔާ އެހެން ބުނުމުން ޝަމީމް ދެފަރާތަށް ބޯހޫރުވައިލުމަށްފަހު އޭނާގެ ކޮޓަރިއަަށް ދާން ހިނގައިގަތެވެ. ޝަމީމް ކޮޓަރިއަށް ވަތްކަން ޔަގީންކޮށްފައި ޝިމާޔާ މަޑުމަޑުން އޭނާ ލައިގެން އިން ޖިންސުގެ ޖީބުން އޭނާގެ ފޯނު ނެގިއެވެ. އަދި ނަމްބަރުތަކަށް ފިތާލުމަށްފަހު ފޯނު ކަންފަތުގައި ޖައްސައިލިއެވެ. “ހެލޯ ފަޔާ. ޕޭ ކޮށްފިންތަ؟” އެކޮޅުން އާނއެކޭ ބުނުމުން ޝިމާޔާ އޯކޭ އޭ ބުނެ އޭނާގެ ފޯނު ބޭއްވިއެވެ.

ކައި ނިމިގެން ޕާރުސަލް ތެރެއަަށް ސަމްސާ ލައިފައި ޝިމާޔާ އަނބުރައި އޭނާގެ ކޮޓަރިއަށް ވަނެވެ. ޝިމާޔާ އަކީ އަންހެން ކުއްޖެކޭ ބުންޏަކަސް މީހަކު ޤަބޫލުކުރާނެހެއްޔެވެ؟ އެއްވެސް އުޅުމެއް އެ މަންޖެ ގައިގައި ނެތެވެ. ޝިމާޔާ ބޭނުން ހުރިހާކަމެއް ޝަމީމް ފުއްދައިދޭއިރު އެއްވެސް އިރެއްގައި ޝަމީމްއާއި ދޭތެރޭ ޝިމާޔާ ވިސްނައިނުލައެވެ. ޝިމާޔާ ޝަމީމް ދެކެ އެންމެ ރުޅިއަންނަ އެއް ސަބަބަކީ ޝަމީމް އޭނާއަށް ނަސޭހަތް ދޭތީއެވެ. ނަމަވެސް މިހާރު އެ ލެކްޗަރުތަކުގެ އަޑު މަޑުވާން ފަށައިފިއެވެ. އެކަމާ ޝިމާޔާ ހުންނަނީ ނުލާހިކު އުފަލުންނެވެ. ޝިމާޔާގެ ވިސްނުން ހުރީ ހުޅަނގު ސަރަހައްދުގައެވެ. އެމީހުންގެ ޘަޤާފަތް ހޯދައި ބަލައި އެގޮތަށް އުޅެން ޝިމާޔާ ބޭނުންވެއެވެ. ސެލީނާ ގޮމެޒް އާއި ވައްތަރުވާންވެގެން ޝިމާޔާ އެހާވަރަށް މޭކަޕް ކުރަނީވެސް އެހެންވެގެންނެވެ. ޝިމާޔާ އަށް އެންމެ މުހިންމުވީ ސެލީނާ ގޮމެޒްގެ ދިރިއުޅުމާ އެއްގޮތް ދިރިއުޅުމެއް އުޅޭށެވެ. ޝިމާޔާއަށް އެލިބެނީ އެއްވެސް ޙާލެއްގައި އުފާހެއްޔެވެ؟ އެލިބެނީ ވަގުތީ އުފަލެއް ނޫންހެއްޔެވެ؟ ޝިމާޔާ އޭނާގެ އަލަމާރިން ބޮޑު ފޮތެއް ހިފައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. އެއީ ސެލީނާ ގޮމެޒްއާއި ބެހޭގޮތުން ލިޔެފައި އޮތް ބޮޑު ފޮތެކެވެ.

ނައިޒަކް ޝަމީމް މެން ގެއިން ނުކުތް ގޮތަށް އޭނާގެ ގެއަށް ދިޔައީ ރަސްފަންނުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހުއެވެ. އޭރު މެންދުރު ނަމާދަށް ބަންގި ގޮވައިފިއެވެ. މާ ބޮޑަށް ދާހިތްލައިފައި ހުރުމުގެ ސަބަބުން ނައިޒަކް ބޭނުންވީ އިހަށް ފެންވަރައިލަން ދާށެވެ. “ކަލޯ ގަޔާ ޖިމަށް ދާންފެށީތަ މިހާރު؟” ސިޑިން ފޭބި އާރިޝްއަށް ނައިޒަކް ފެނުމުން އަހައިލެވުނެވެ. “ހެހެ. މިއައީ ބޭރަށް ގޮސްލާފަ. ހޫނުގަދަވީމަ ދާހިތްލާފަ މިހުރީ.” ނައިޒަކް އޭނަގެ އިޙްސާސްތައް ކޮންޓްރޯލް ކުރަމުން އާރިޝް ގާތުގައި ބުންޏެވެ. “ތިއްތިބޭ! އަހަރެން ވާހަކައެއް އަހާލަންތަ؟” ގޭތެރެއަށްވަދެ އާރިޝް ގާތަށް އަންނަމުން ނައިޒަކް އެހިއެވެ. އާރިޝް ހޫނ ލައްވައިލުމުން އޭނާގެ ހިތުގައި އުފެދިފައިވި ސުވާލު އެންމެ ފަހުން ކޮށްލިއެވެ. “ޒައިން އަކީ ކާކުތަ؟” ނައިޒަކް ކުއްލިއަކަށް އެ ސުވާލު ކުރުމުން އާރިޝްގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

މިހިރީ އުފާތަށް ގެއްލިފާ (5ވަނަ ބައި)

Next

ޖުހާ އާއި ސަލާންޖާހާ މީހާ

Next
December 8, 2019

ޖުހާ އާއި ސަލާންޖާހާ މީހާ

Previews
December 8, 2019

މިހިރީ އުފާތަށް ގެއްލިފާ (5ވަނަ ބައި)

19 Comments!

  1. Chocolate lover? says:
    December 8, 2019 at 5:37 am

    Mi vaahaka dhaa goi varah loabi?? Maasha Allah❤️

    1. Dhonthy says:
      December 8, 2019 at 5:01 pm

      Awwwn thank you Chocolate Lover <3

  2. Dhonthy says:
    December 8, 2019 at 7:12 am

    Miothee nuva vana bai upload vefa, Unmeedhukuran kiyuntherinnau kamudhaanekamau. Enjoy reading and leave a comment 🙂 Love you all <3 <3 <3 <3 <3

  3. magnumm says:
    December 8, 2019 at 8:04 am

    ??????Habbuxxxx???..when next donti

    1. Dhonthy says:
      December 8, 2019 at 5:02 pm

      Thank you magnumm 🙂 V avahah dhihava vana bai upload kodhdheynan inge <3 <3 <3

  4. Meekkomee says:
    December 8, 2019 at 10:20 am

    Awwn…..varah reethi ingyyy mi part ves:) whn is next …. .waiting 4 the next part……. Varah miss ingy:( luv yeah;)

    1. Dhonthy says:
      December 8, 2019 at 5:04 pm

      Thank you Meekkomee 🙂 Dhihavana bai upload kodhdheynan v avahah inge. Yeah hama asluves v miss 🙁 Love you too dear <3 <3 <3

  5. Maisha maii says:
    December 8, 2019 at 11:11 am

    Varah varah reethi mi bai vx❤❤❤… Waiting for next part.. When next?? Lysm

    1. Dhonthy says:
      December 8, 2019 at 5:05 pm

      Thank you Maisha Maii <3 <3 <3 Keep waiting. Dhihavana bai upload kodhdheynan v avahah inge. Love you too maii

  6. Kylie says:
    December 8, 2019 at 6:26 pm

    Mi part vx v reethi……… Waiting fr nxt part………. LYSM dhonthy……….

    1. Dhonthy says:
      December 8, 2019 at 9:51 pm

      Thank you so much Kylie. Keep waiting. V avahah upload kolladheynan dhihavana bai inge. Love you too Kylie

  7. Izabell says:
    December 8, 2019 at 9:08 pm

    Alhe mi part vx varah reethi ingey Dhonthy. Masha Allah ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Avahah next part up kollahche. Varah kiyaa hiyyvey mi story. ????

    1. Dhonthy says:
      December 8, 2019 at 9:52 pm

      Alhey thank you so much Izabell <3 <3 <3 <3 <3 <3 Aan iraadhakurevviyya v avahah upload kolladheynan dhihavana bai inge. Hehe 🙂 😉

  8. Kairaa says:
    December 9, 2019 at 7:26 am

    Wow….varah reethi mi part vx…..speechless……waiting for the nxt part…..and whn nxt??lysm dhonthy

    1. Dhonthy says:
      December 9, 2019 at 8:25 am

      Aww thank you Kairaa 🙂 Dhihavana bai v avahah upload kolladheynan inge, Love you too Kairaa <3 <3

  9. Quiiin? says:
    December 10, 2019 at 1:05 pm

    Vrh salhi ingey dhonthyge strys … ma sha allah?
    Lysm dhonthy?

    1. Dhonthy says:
      March 18, 2020 at 1:28 am

      Thank you so much quiiin. Love you too quiiin darl. ❤️❤️❤️???❤️❤️??

  10. malsamalkkomal says:
    December 10, 2019 at 5:34 pm

    Oh no..kihineh baa dhn vaanee dhw..heh..mu part ves varah reethi..whn nxt..waitting:)

    1. Dhonthy says:
      March 18, 2020 at 1:29 am

      Thank you so much Mal. ❤️❤️❤️???❤️❤️??

Comments are closed.

Next Episodeމަޢާފް (ދިހަވަނަ ބައި)←


All Right Reserved!