Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…12

 

ލަޔާގެ ތައްޓަށް ފެން އަޅައިދޭން ހުރި ޔައިޝްގެ ނަޒަރު އަހަރެންނަށް އަމާޒު ވެފައި ހުރުމުން އުނދަގޫވާގޮތް ވިއެވެ..

ބިޒްނަސް ފެއާރ ވަރަށް ވެސް ކާމިޔާބު ކަމާއެކީ.. ނިމިގެން ދިޔައެވެ.. އަހަރެންނަށް ގެއަށް އާދެވޭ ވަރުވީ 10 ވެސް ޖެހިފަހުންނެވެ.. ވެފައިހުރި ވަރުބަލި ކަމުން އައި ގޮތަށް އަހަރެންނަށް ނިދުނީއެވެ… މާދަމާ އަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ…އަހަރެން ހުރީ ވަރަށް އަރާމު ކޮއް ނިދާލަން ހިތުލައިގެނެވެ…

އަހަރެންނަށް ހޭލެވުނީ.. މަންމަ ގޮވާ އަޑަށެވެ… ދެލޯ އުނގުޅަމުން ދަތް ވެސް އުނގުޅުމެއްނެތި އަހަރެން ބޭރަށް ނިކުތީމެވެ.. “ޕިސް ޕިސް.. މިހާރު އެއޮތް 12 ޖަހަނީ…އަދި ކިރިޔާ ވިއްޔަ ހޭލަން އިނގުނީ…ބޮޑު ކަންނެއް ގަނޑު” ހައިޝަމް ތުއްތު..ފެނުމުން އަހަރެން ގޮސް.. ބައްދައިގަތީމެވެ… “ތުއްތޫ…ކީއްވެ ނުބުނެ އައީ..” “އެއީ މައިއްކޮ އަށް ސަޕްރައިޒް އެއް ދޭން ވެގެނޭ…ދެން ވެސް ދޭބަލަ ދަތް އުނގުޅާ ހަދަން…ބަލާބަލަ ދުވާ ވަސް ޗީޗީ” ހައިޝަމް ތުއްތު…އަހަރެން ރުޅިއަރުވަން މަސަތްކަތް ފެށިއެވެ.. އެއްލި ކަޅިއަކުން ސޯފައިގައި އިށިންދެގެން އިން ރައިހާން ފެނުމުން އަހަރެން ސިހޭ ގޮތް ވިއެވެ…އަހަރެން ބާރަށް ދުވެފައި ގޮސް ކޮޓަރިއަށް ވަދެ  ލޯގަނޑުކުރިމަތީ ހުއްޓުނީމެވެ.. ފޫކޮޅާ ހަމައަށް ދާ އަހަރެންގެ އިސްތަށި ގަނޑުވަނީ ވިއްސިފައެވެ… އަނގައިން ފެއިބި ސޮނިތަށް ހިކިފައި ހުރިއެވެ… އަތް ކުރުމަތިކޮޅަކާއި ކުރު ސޯޓުކޮޅެއްގައި އަހަރެން ހުއްޓައި ރައިހާން އަށް ފެނުމުން … ލަދުގަތެވެ..”އޯމައިގޯޑް..އަހަރެންގެ ދުވަސް ދިޔައީ…ރައިހާން ކީކޭ ހިތަށް އަރާނީ….އަހަރެންމީ..ވަރަށް..ގޮޑުމީހެކޭ…. ނޯނޯ…. މަންމަ ކަންތަކޭ…ނޫން ތުއްތުގެ ކަންތަށް….ދެން ނޫން..” އަހަރެން ހީވަނީ މޮޔަ މީހެއްހެނެވެ… ލޯގަނޑު ކުރިމަތީގައި ހުރެ…އަމިއްލަ ނަފްސާދިމާލަށް އެއްޗިސް ކިޔެނީއެވެ… އަހަރެން ފެންވަރައިގެން އައިސް ބޯހިއްކަމުން….އަހަރެންގެ ލެޕްޓޮޕް އިން އިންސްޓަގްރާމް…އައި ޑީއަށް ވަދެލީމެވެ…އާ 2 ފޮލޯ ރިކުއެސް އައިސްފައި އޮތުމުން… ބަލާލީމެވެ… “ބަންޓީ” އޭ ޔޫސާނޭމް އަކަށް ޖަހާފައި އިނުމުން އަހަރެންނަށް ހެވޭ  ގޮތްވިއެވެ.. މޮޔަ މީހެއް ނޫނީ…އަމިއްލަ މީހާއަށް ބަންޓީ އޭ ނުކިޔާނޭ އަހަރެން ހިތަށް އެރިއެވެ.. ކާކު ތޯ ބެލުމަށް އަހަރެން އެ އައިޑީގައިވާ ފޮޓޯތަކަށް ބަލާލީމެވެ… ހުރީ ހުސް ޔައިޝްގެ ފޮޓޯއެވެ… ބަޔޯ ގައި މުހަންމަދު ޔައިޝް ހަލީމް އިނުމުން … އެއީ ޔައިޝްގެ އައިޑީ ކަން ޔަގީންވިއެވެ.. ރިކުއެސްޓް އެކްސެޕްޓް.. ކޮއްފައި ފޮލޯބެކް ވެސް ކުރީިމެވެ. ދެން އިން ރިކުއެސް ދެވަނަ ފަހަރަށް ބަލާލުމެއްނެތި އަހަރެން ޑިލިޓް ކޮއްލީ އެއީ ކާކުގެ އައިޑީ ކަން ރަނގަޅަށް އެނގޭތީއެވެ..އެއީ ޔޫއާންގެ އައިޑީ އެވެ.. އަނެއްކާ މިޖެހުނީ މާޒީގެ ވާހަކައެއް ކިޔާދޭށެވެ.. އަހަރެން މާލެ ބަދަލުވީ އަހަރެންގެ އުމުރުން އެންމެ..  10 އަހަރުގައެވެ… އަހަރެން މާލެއައިސް އެންމެ ފުރަތަމަ ތައުލީމު ހާސިލް ކުރީ.. ކަލާފާނު ސުކޫލުންނެވެ.. އެއީ ގްރޭޑް 5، 6 އަދި 7 ވެސް މެއެވެ.. ހިރިޔާ ސުކޫލަށް ވަނީ ގްރޭޑް 8 ކަށެވެ.. ޔޫއާން އާއި އަހަރެން އެންމެ ފުރަތަމަ ދިމާވީ ..ގްރޭޑް 5 ގައި ކަލާފާނު ސުކޫލުންނެވެ.. އަހަރެންނާއި..ޔޫއާން އަކީ އޭރު ކްލާސް މޭޓްސް އެވެ… ގްރޭޑް 5 ގައި އުޅުނުއިރު އަހަރެމެން ދެމީހުނަކީ ވަރަށް ވެސް ގާތް ރަހުމަތްތެރިންނެވެ.. އެކަކުގެ ވާހަކަ ތަށް އަނެކަކާ ހިއްސާކޮއް… އެއްވެސް ބީރަތްޓެހި ކަމެއް ނެތިއެވެ..ޔޫއާން އަކީ ކުރިންވެސް ކަލާފާނު ސުކޫލުގައި ތައުލީމު ހާސިލުކުރަމުންދާ  ކުއްޖެކެވެ…ޔޫއާން އަހަރެންނާ އެންމެ ފުރަތަމަ ވާހަކަ ދެއްކި..ދުވަސް މަތިން އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ…އެއީ ޔޫއާން ގެ ރައްޓެއްސެއް ކަމަށްވާ ވާނިމް.. އަހަރެންނަށް ސަލާމް ބުނާށޭ ބުނުމުންނެވެ.. އެދުވަސް ކޮޅުގައި ޔޫއާން އަހަރެންކާރީ ވާނިމް އަކީ ވަރަށް ރަނގަޅު މީހެކޭ… އޭނަޔާ ރައްޓެހިވާށޭ… އަބަދު ކިޔާނެއެވެ… ވާނިމް ވެސް އެކި ގޮތް ގޮތުން އަހަރެންނާ ވާހަކަ ދައްކަން މަސަތްކަތް ކުރާނެއެވެ.. ނަމަވެސް އަހަރެން މާ ބޮޑަކަށް އަޅައެއް ނުލަމެވެ…އެކަހަލަ ވިސްނުމެއް އޭރު ހަމަ ނެތީއެވެ…އަހަރެން އަދިވެސް ހަނދާން ވެއެވެ… ވާނިމް އަހަރެންނަށް ސުކޫލު ތެރޭގައި ފިނިފެން މަލެއް ދިނުމުން އަހަރެން އެކަމާ މައްސަލަ ޖެއްސި ދުވަހެވެ… ނަމަވެސް ދުވަސް ތައް ފާއިތު ވީ ވަރަކަށް ވާނިމް..ގެ އުނދަގޫތަކަށް ވެސް… ނިމުނެއް އައެވެ…ގްރޭޑް 7 އަށް ވާނިމް ބަދަލުވީ އެހެން ސުކޫލަކަށެވެ.. ނަމަވެސް ގްރޭޑް 6 އަކަށް ދިޔަ އަހަރު…ޔޫއާން އަހަރެންނާ ކުރިއަށް ވުރެ ދުރުހެން ބައެއް..ފަހަރު ހީވެއެވެ.. ނަމަވެސް އަހަރެން އެހާ ބޮޑަކަށް އަޅައެއް ނުލަމެވެ… ކަލާފާނު ސުކޫލުގައި އުޅުނު އިރު އަހަރެންނާ.. މާޔާ އާ ދެމީހުނަކީ…ދުޝަމަނުންނޭ ބުނިއަސް ގޯހެއް ނުވާނެއެވެ… ކްލާސް އޮންނާނީ ބައިބައިވެެފައެވެ… އެއީ އަހަރެންގެ ގުރޫޕާއި މާޔާގެ ގުރޫޕެވެ… އަހަރެމެން ދެމީހުން ތަޅައިގަނެގެން އޮފީހަށް ގެންދާ ދުވަސް ތަށް މަދެއް ނުވާނެއެވެ… އަހަރެން ހިރިޔާ ސުކޫލަށް ބަދަލުވީ ވެސް މާޔާ އާ ހެދި ކިޔަވަން ދަތިވާތީއެވެ…. ގްރޭޑް 7 ކަށް ދިޔަ އަހަރުގައި އަހަރެންނާއި މާޔާއާއި ދިޔައީ ދެކުލާހަކަށެވެ….ޔޫއާން ދިޔައީ މާޔާ އުޅޭ ކްލާހަށެވެ… މާޔާގެ އުނދަގޫ އަހަންނަށް ޖެހެއެވެ.. އެކަމާ އަހަރެން އެހާ ބޮޑަކަށް ހާހެއް ނުވަމެވެ.. ނަމަވެސް….މާގިނަ ދުވަސް ތަކެއް ނުވެ…ޔޫއާން ވެސް މާޔާ އާއި އެއްބައިވެގެން އަހަރެންނަށް އުނދަގޫ ކުރަން ފެށިއެވެ… އެހެން ގޮސް އެ ކުލާހުގެ ދޮރުމަތިން …ދާއިރު ފޮށުމާއި…. އަހަރެން ކައިރީ ރައްޓެހިވާން އަހާ ހަދައެވެ.. ޔޫއާން އަކީ އަބަދުވެސް މަޖާ މިޒާޖެއްގެ މީހެކެވެ… ފޮނި ކަނޑާކަށް އެވަރެއް ނޯންނާނެއެވެ.. މުނި ސުކޫލު ތެރޭގައި… ޔޫއާން އަހަރެންނާ ހެދި އުޅޭ ވާހަކަ ފެތުރެން ނެގީ މަދު ދުވަސް ކޮޅެކެވެ…. މަގުމަތިން ދާ ޔޫއާން ގެ ރައްޓެހިން އަހަރެންނާދިމާލަށް ފަހަރި އޭ ކިޔާފަ ގޮވައެވެ… އަަހަރެން ފެންނަ ކޮންމެ ތާކުން ޔޫއާން ވެސް އަހަންނާ ފޮށެ ހަދައެވެ… މިއީ މާޔާގެ ކަމެއް ކަން އަހަރެންނަށް  އެނގޭތީ..އަޅާނުލާ ހުރީއެވެ..

2017 ވަނަ އަހަރުގެ ޓާޓަލް ފެސްޓިވަލް ފެށެން އުޅޭތީ… ސުކޫލުގެ ޓީޗަރުން ކުދިން ސެލެކްޓް ކުރި އިރުގައި އަހަރެންނާއި…މާޔާ ލީ އެއް ގުރޫޕަކަށެވެ… އަހަރެމެން …ގެ މަސަތްކަތަކީ ސޭންޑް ސްކަލްޕްޗާރ ހެދުމެވެ… އެހެންވެ.. އެ ހަފްތާގެ ކޮންމެ ދުވަހަކު ޓާޓަލް ފެސްޓިވަލް އަށް ޕްރެކްޓިސް ކުރުމަށް އަހަރެމެން އެންމެން އަތިރިމައްޗަށް ދަމެވެ… އަހަރެންނާއި މާޔާ އާ ދެމީހުން.. ނުސީދާ ގޮތަށް އެކަކު އަނެކަކަށް އެއްޗިސް ކިޔާ ހެދެއެވެ…. އަހަރެން ހަނދާން ވާ ގޮތުގައި އެއީ ބުރާސްފަތި ދުވަހުގެ ހަވީރެވެ.. އަހަރެމެން އެންމެން ތިބީ.. ޕްރެކްޓިސް ކޮއް ނިމުމުން މޫދަށް އެރިއެވެ… ވީ ގޮތެއް ހުދު އަހަރެންނަކަށް ވެސް ސާފެއް ނޫނެވެ.. އަހަރެންނާއި މަޔާ އެކަކު އަނެކަކު ކޮނޑަށް އަރާ….ސަކަރާތް ޖަހާ އުޅެވުނެވެ…ދެން ތިބި ކުދިން ވެސް ތިބީ ހައިރާން ވެފައެވެ…އަހަރެން ވެސް ހުރީ ޝޮކެއްގައެވެ. އަހަރެމެން މޫދައް އެރީ ތިއްބާ އެތަނަށް އައީ… ޔޫއާން އާއި އެހެން ދެ މީހެކެވެ…އަހަރެމެންނާ އެއްކޮއް ސަކަރާތް ޖަހާ އުޅުނު… އެއް ކުއްޖެއް ކަމަށް ވާ…. ޖައިޝާ އަށް ޔޫއާން ގޮވާލުމަށް ފަހު އައިސްބަލާށޭ ބުނިއެވެ… ޔޫއާން ޖައިޝާގެ ކަންފަތް ދޮށުގައި ކޮންމެސް އެއްޗެއް ބުނި ތަން އަހަރެންނަށް ފެނުނެވެ… ޖައިޝާ އައިސް އަހަރެން ކައިރީގައި ބުނިއެވެ..”މައީ..ޔޫއާން ބުނި އައިސް ބަލާށޯ…ވަރަށް ވަރަށް ވަރަށް މުހިންމު ވާހަކަ އެއް ބުނަންވެގެނޯ…5 މިނެޓް އޯކޭއޯ” ޖައިޝާ..ހެމުން ބުނެލިއެވެ…”އަހަރެން އެބަ އުޅޭތަ މޮޔަ ވެގެން… ނުދާނަން…” އަހަރެން ވަށް ކަޅިން މާޔާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ… ޖައިޝާ އެހާ ވަރަށް ކިއުމުން ވެސް އަހަރެން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.. ނަމަވެސް ޔޫއާން ބޭނުން ކަމެއް ގަދަކަމުން ވެސް ކުރާނެ ކަން އަހަރެންނަށް އެނގެއެވެ… ޖައިޝާ އައިސް އަހަރެން ދަމާފަ ޔޫއާން ކައިރިއަށް ގެންދިޔައެވެ… އަހަރެން އިން ތާ ހަމަ އިނީއެވެ.. ގުޑާވެސް ނުލަމެވެ… ޔޫއާން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓިފައި ވާހަކަ ދައްކަން ފެށިއެވެ… “މައީ އަހަރެންނަށް އެނގޭ… ކުރިން މާޔާ ބުނެގެން އަހަރެން މައީ އަށް ވަރަށް އުނދަގޫ ކުރެވުނުކަން…. ފުރަތަމަ ކޮޅުގައި ރައްޓެހިވާން އެހީވެސް ހަމަ މާޔާ ގެ އެދުމަށް… މާޔާ އަކީ… އަހަރެންގެ ދައްތަ އަކަށް ވުމުން …އޭނާގެ އެދުމަށް ފުރަގަސް ދޭން އަހަރެންނަށް ނުކެރުނީ… އެކަމް މިއަދު އަހަރެންނަށް ވަރަށް ގިލްޓީ ފީލް އެބަ ވޭ.. އައި ނޯ ދެޓް… ބިކޯޒް އޮފް މީ..އަވާ ފްރެންޑްށިޕް..ގެއްލިގެން ދިޔައީ…..އައި އޭމް ރިއަލީ ސޮރީ” ޔޫއާން… ދެރަވެފައި އިނދެ އެހެން ބުނިއެވެ..”އަމިއްލަ މީހާގެ ކުށް ..ގަބޫލު ކުރަން …އެނގުނުކަން ނަސީބެއްނު… އިޓްސް އޯކޭ.. އަހަރެންނަށް އެނގޭ މާޔާ އާއި ޖެހޭ މީހަކަށް ވާނީ ހަމަ ތިވަރުކަން… ތީ އާ ކަމެއް ނޫނޭ އަހަރެންނަކަށް… އެންޑް.. ވީ އާ ސްޓިލް ފްރޭންޑްސް… އަހަރެން ..ޔޫއާން އަށް މާފު ކޮއްފިން…ސޯ ޑޯންޓް ބްލޭމް ޔުއާސެލްފް” އަހަރެން …ޔޫއާން އަށް ފުރަގަސް ދެމުން ބެނެލީމެވެ…”ތިހެން ވެއްޖިއްޔާ އަހަރެންނަށް ބުނެވޭނީ… އަހަރެން  ތި މައިޝާގެ ރައްޓެއްސަކަށް ވާކަށް ބޭނުމެއްނޫނޭ…ކޯޒް އައި ލަވް ޔޫ… އަހަރެން މައީ ދެކެ ވަރަށް ބޮޑަށް ލޯބިވޭ… މައި ބޭނުމިއްޔާ… އަހަރެން މިހިރީ މާޔާ އާވެސް ހުރިހާ ގުޅުމެއް ކަނޑާލަން ތައްޔާރަށް… މައި ބުނިއްޔާ ބުނި ގޮތެއް ހަދައިގެން އަހަރެން އުޅޭނަން… އައި ޕްރޮމިސް ޔޫ ދެޓް… އައވިސް ކީޕް ޔޫ ހެޕީ” ޔޫއާން ގެ ވާހަކައިން އަހަރެންނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ…”ޔޫއާން …ޔޫއާން… ދުވަހަކުވެސް އަހަރެންނާ ދޭތެރޭ ރަހުމަތްތެރި އެއްގެ ގޮތުގައި ދެކުނު ނަމަ… ތިކަން ހުއްޓާލާ…ދޮގު ހެދިއަސް ތީ ތަންކޮޅެއް ބޮޑުވަރު… މާޔާ އާއި ދެމީހުން ވެގެން އަހަރެންނަށް އެހުރިހާ އުނދަގުލެއް ކުރި އިރުވެސް އަހަރެން ނޯންނާނެ… ޗުއްޕުއޭވެސް ބުނެފައެއް..އަހަރެން ޔޫއާން އަށް ވަރަށް ޓްރަސް ކުރިން އެކަމް އެ ޓްރަސްޓް ގެއްލުވާލީ  ހަމަ ތި ޔޫއާން . ..ދެވަނަ ފަހަރަށް ޓްރަސްޓް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް…. މިހާރު ތިދަނީ މާމައްޗަށް” އަހަރެން ހުރީ ވަރަށް ވެސް ރުޅިއަރާފައެވެ… “އަޅޭ މައީ… އަހަރެންނަށް އިނގޭ… މީ ހުސް އަހަރެންގެ މައްސަލަ ކަން … ބަޓް މިފަހަރު… ގަބޫލު ކޮއްބަލަ… ދޮގެއްނޫނޭ މިހަދަނީކީ… އަހަރެން މައީ ދެކެ ލޯބިވާ ވަރަށް އެހެން އެއްވެސް މީހަކަށް ނުވެވޭނެ…އަހަރެން މި ހަދަނީ ތެދުކަން…ސާބިތުކޮއްދޭން އަހަރެން ކީއްކުރަންވީ…އަޅެ މައީ ބުނެބަލަ..އަހަރެން ކީއްކުރީމަތަ މައީ ގަބޫލު ކުރާނީ މީ ތެދުކަން..ޕްލީސް މައީ ” ޔޫއާން އަހަރެންގެ ދެއަތުގައި ހިފައި އާދޭސް ކުރަން ފެށިއެވެ.. އަހަރެން ވަގުތުން އަތް ދަމައިގަތީމެވެ…”ނޭނގެ ހަމަ އެއް ގޮތަކަށް ވެސް… އަހަރެން އެއްވެސް ޝައުގެއް ނެތް ..އެއްވެސް މީހަކާ ރައްޓެހިވާހަކަށް އަދިއެއް…އެނޑް ލެޓް މީ ޓެލް ޔޫ ކްލިޔާލީ ދެޓް….އައި ޑޯންޓް ލަވްޔޫ…އެންޑް އައި ނެވާ ވިލް…ސޯ ޕްލީސް އަންޑާސްޓޭންޑް”  އެހެން ބުނުމަށް ފަހު އަހަރެން އަވަސް ވެގަތީ ޖައިޝާމެން ތިބި ދިމާލަށް ދިއުމަށެވެ…ޔޫއާން ބުނާ އަޑު އިވެއެވެ…” މައީ…އަހަރެން ދުވަހަކުވެސް ގިވް އަޕް އެއް ނުކުރާނަން ބަލަން ހުންނައްޗޭ… ކޮންމެވެސް ދުވަހަކު އަހަރެން ތި މައިޝާގެ ލޯބި ހޯދާނަން ..އެދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން” އަހަރެން ފަހަތް ބެލުމެއްނެތި… ގޮސް ޖައިޝާމެން ގާތަށް ދިޔައީމެވެ… “އެފަކީރު އެއޮތް ވަރަށް އާދޭސް ކުރާއިރު ހަމަ ތި ހިތަށް އަސަރު ނުކުރަނީތަ…މައީ” ހަނާ ބުނެލިއެވެ…”އާން ނުކުރޭ…” އަހަރެން ފަސޭހަ ކަމާއެކު ޖަވާބު ދިނީމެވެ…”ދޫނީ ސޮރީ އިނގޭ ގަދަ ކަމުން ގެންދިޔައީމަ… ހަމަ މައީ އަށް ރަނގަޅަކަށް އެހެން ކަންތައް ކުރީ… މައީ އަށް ވާނުވާ އަންގަދޭން ވެގެން …ޔޫއާން އަހަރެންކައިރިގަ ހުރެ ވަރަށް ރުއި…އަހަރެންގެ ހިތަށް ހަމަ ކެއް ނުވެގެން އެހެން ހެދީ…” ޖައިޝާ ބުނިއެވެ…”އެއީ އަޅާލާ އެއްޗެއް ނޫނޭ…” އަހަރެން ޖައިޝާގެ ބުރަކަށިމަތީގައި ޖަހާލަމުން ބުނެލީމެއެވެ….އެއީ އެހަރުގައި އަހަރެންނާއި ޔޫއާން ދިމާވި ފަހު ފަހަރެވެ… އެ ބަންދުގައި ރަށަށް ގޮސްފައި އައިސް އަހަރެން ހިރިޔާ ސުކޫލާ ޖޮއިން ކުރީއެވެ… ނަމަވެސް އަހަރެންނަށް ޔޫއާންގެ މައުލޫމާތު ބަރާބަރަށް ލިބެއެވެ… އަޑު އަހަން ބޭނުން ނުވިއަސް …އަޑުއިވެއެވެ…މިހާރު އޭގެ ފަހުން 1 އަހަރު ވަނީއެވެ.. ޔޫއާން ހުރީ އަދިވެސް އެގޮތުގައެވެ… އަންހެން ކުދިންނާ ވަރަށް ދުރެވެ… އަހަރެންގެ މައުލޫމަތު އަހަރެންގެ ރައްޓެހިންގާތުގައި އަހައިގެން އަބަދުވެސް ހޯދައެވެ.. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ… ލޯބިނުވާ މީހަކާ ރައްޓެހިވެގެން އުޅުމަކީ އަހަރެންނަށް ވާނެ ކަމެއް ނޫނެއެވެ… އަހަރެން އަބަދުވެސް ބަލަނީ ޔޫއާން އާ ވާހަކަ ނުދައްކާ ވޭތޯއެވެ… އަހަރެން ބޭނުންވަނީ ޔޫއާން އަހަރެން މަތިން ހަނދާން ނައްތާލާށެވެ…ޔޫއާން އަހަރެންދެކެ ލޯބިވާކަން އަހަރެން ގަބޫލު ކުރަމެވެ.. ނަމަވެސް ޔޫއާން އަށް ކުޑަވެސް ޗާންސެއް ދޭން ބޭނުން ނުވަނީ… އެހެން ކަންތައް ވެއްޖެނަމަ މިހާރަށް ވުރެ މާ ބޮޑަށް ޔޫއާން ހިތުގައި ޖެހިދާނެ ތީއެވެ… އެހެންކަމުން …ޔޫއާން ފެންނަ ކޮންމެ ފަހަރަކު …އަހަރެން ރުޅިއައިސްފައި ހުރި ކަން ދައްކަމެވެ… އެއީ އަހަރެންނާއި ޔޫއާން އާ ދެމީހުނަށް ވެސް ރަނގަޅަށެވެ..އަދި އަމުދުން  އަހަރެން ރައިހާން ދެކެލޯބިވާތީ އެހެން މީހަކަށް އަހަރެންގެ ހިތުން ކުޑަވެސް ޖާގަ އެއް ދެވޭކައްނެތެވެ..

ޔޫއާން ފޮނުވި…ފޮލޯ ރިކުއެސްޓް ޑިލިޓް ކުރިކަމެއް ނޭނގެ އަނެއްކާވެސް ފޮނުވިއެވެ… އަހަރެން އަނެއްކާވެސް ޑިލިޓް ކޮއްލީމެވެ.. ކުއްލިއަކަށް މެސެޖެއް އައެވެ… ޔައިޝްގެ ފަރާތުންނެވެ…………………………………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. Anonymous

    kobaa part 11

    1. lilly
      Anonymous

      Part 11 ves innaane reehchah balaaba?❤️❤️

  2. Nayaa

    Wow.. Speechless… Love it.. When is the next part??

    1. lilly
      Nayaa

      Thank u soooo much nayaa♥️♥️♥️…next part…veehaavs avahah submit kureveythooo balaanan ingey lysm♥️??

  3. Kylie

    Maasha allah V reethi mi part vx………. Waiting fr nxt…….. LYSM lilly sis…….. Keep it up…….

    1. lilly
      Kylie

      Thank u sooooo much kylieeee….lymmmmm ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  4. Kairaa

    Varah reethi mi part vx….. Whn nxt…. Waiting

    1. lilly
      Kairaa

      Thank u soooo much kaiiiii……vvvv soooon …lysm ♥️♥️♥️♥️♥️?

  5. Someone

    Lilly how old are you? And do you use any social app?

    1. lilly
      Someone

      I’m 18.. I use fb…wbu..Darla?♥️❤️

  6. Maayaa

    ??love it

    1. lilly
      Maayaa

      Thank u soooo much maayaa❤️???❤️

  7. Lamko

    Whats going to happen ….masha allah vv reethi mi part????????????????????????
    I love it….next part avahah up kohlahchey ….i want to know whats going to happen…wiating waiting???

    1. lilly
      Lamko

      Alhey thank uu sooooo much .lamkoooooooooo….ly♥️♥️♥️♥️❤️❤️❤️❤️❤️❤️❤️

  8. KPOP FANGIRL????

    Wooooowwwwww??????……..mi part ves hama varah varah varah varah varah varah varah varah varah varah reethi…….. keekey baa yaish bunyyy….. I am sooooooooo curious…….Whn next part????…. I’ll be waiting…. LYSM ????❤

    1. lilly
      KPOP FANGIRL????

      Thank u sooooooooooooooooooooooooo much……vvv soooon lysm♥️❤️♥️❤️♥️❤️❤️❤️❤️❤️♥️❤️

  9. aphxx

    Hama up wi dhohaa ma kiyaifin ingey dhyburi , comment nukeroo wifi slow kamun , i hav lots to express call akah araan hingai, m waahaka seems so real.. anehka real story eh dhw mio???

    1. lilly
      aphxx

      Thankxxx afbrii… Inba gulhaa.ingey…imsm??❤️♥️♥️♥️♥️

  10. magnumm

    obi novey hama?ekam jumla thakuga fulstop jahan nujehey than than kolhah jahaafa eba huri?ekan rangalhu kohlyma ok vaane kahne?n can u say u aa contact kurevidhaane gotheh if u don’t mind?

    1. lilly
      magnumm

      Ahaha..thank uu……contact..bayah “sorry”
      ❤️♥️??♥️❤️?

    2. aphxx
      magnumm

      Call her mom ?? dhw dheeburi

  11. malsamalkkomal

    Wow…varah reethi mi part vx..waitting

  12. Quiiin?

    Maisha aa Raihaan aa dhuru nukurahche eyrah vrh dhera vey btw stry vrh rythi ma sha allah??km raihaan aa maisha dhuruviyyaa vrh foohi ingey

  13. Nbbbbbbbbbbbbbbbbbbbb

    Kon irakun tha next part…………. Varah reethi mi part ves……….. Waiting for next part………

Comments are closed.