Skip to content
އެސްފިޔަ

މާޔާ

އެއީ ވަރަށް ވިއްސާރަ ހަވީރެކެވެ. އަހަރެން އިނީ ރެސްޓޯރެންޓެއް ގައެވެ. ބިއްލޫރިން ހަދާފައިވާ އެ ރެސްޓޯރެންޓަކީ ވިއްސާރައިގެ މަންޒަރު ދުށުމަށް ވަރަށް އެކަށޭނަ ތަނެކެވެ. ކުއްލި އަކަށް އަހަރެންގެ ފޯނަށް އައި މެސެޖަކުން ފެންކަޅިކޮށްލިއެވެ. ހަމަ އެ ސިކުންތުގައި އަހަރެންގެ ސިކުނޑިތެރޭ އެނބުރެން ފެށީ އެ ލޯބި ހަނދާންތަކެވެ. އާނއެކެވެ. އަހަންނާއި މާޔާގެ ރަން ޒަމާނެވެ. ލޯބީގެ ބަގީޗާއެއް ހައްދައި ފޮޅުވި ކުލަކުލައިގެ މާތަކުގެ ހަނދާނެވެ.

ތަގުދީރު ނިންމަވައިފި ގޮތެއް އާދަމުގެ ދަރިއަކަށް ބަދަލު ކުރެވޭނެ ހެއްޔެވެ؟ ކުރެވޭނެ ނަމަ އެ ބަގީޗާ އަދިވެސް ފެންނަން އޮތީހެވެ. މާތަށް މިލައި މޯޅި ނުވީހެވެ. ލޯބީގެ އެ ބަގީޗާ ވީރާނަވެ، ހަނަފަސް ސަހަރާ އަކަށް ނުވީސްހެވެ. ކުރާނީ ކީއްހެެއްޔެވެ؟ އެއީ ތަގުދީރުގެ ނިޔާއެވެ. ޖެހޭނީ ޝުކުރުކޮށްލާށެވެ. އެއީ އެކަލާނގެ އަހަރެމެންނަށް މެދުވެރިކުރައްވާ އިމްތިހާންއެވެ. އަހަރެމެންޖެހޭނީ ކެތްތެރިވާށެވެ. ފިނޑިއަކަށް ވާން ބޭނުން ނޫންނަމައެވެ.

ވަރަށް ދެރަވެއެވެ. ހިތަށް ތަދުވެއެވެ. ދިރިއުޅުން މިވަނީ ޖަހަންނަމައަކަށް ވެފައޭ ހިތައް އަރައެވެ. މަރުވާން އެތައް ފަހަރަކު ހިތައް އަރައެވެ. ޒަހަރު ބޯންވީއެވެ. ކަރުގައި ދަންމަޅި އައްސަންވިއްޔެވެ. ޓެރެހުން ފުންމާލަން ވިއްޔެވެ. ނޫނެކެވެ. މާޔާއެވެ. އަހަރެން ފިނޑިއަކަށް ނުވާނަމެވެ. އަހަރެން ކަލާދެކެ މިވަނީ ހަގީގީ ލޯތްބެވެ. އެ ލޯބީގެ ހައްގުގައި ދިރިހުންނާންމެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުއެވެ. ނޫން ހެއްޔެވެ؟

މާޔާއެވެ. އަހަރެމެން ރައްޓެހިވި ދުވަސް ހަނދާ އެބަހުރި ހެއްޔެވެ؟ އަހަރެން ހަނދާން އެބަހުއްޓެވެ. ވާނީ ވެސް އެހެންތާއެވެ. އެއީ އަހަރެންގެ ހަޔާތުގައި ވެސް އެންމެ އުފާވެރި ދުވަހެވެ. މާޔާއެވެ. އަހަރެމެންގެ ލޯބި މެސެޖުތައް ކިޔާ ކޮންމެ ފަހަރަކު އަހަންނަށް ރޮވެއެވެ. ލޯބީއެވެ. އަހަރެން އިންތިހާ އަށް ލޯބިވަމެވެ. ލޯބިވާ މާޔާ އެވެ. އަހަންނަށް މާފުކުރާށެވެ. އަހަންނަށް ހަމަ ރޮވެނީއެވެ.

މިހިތުގެ ހިނގުން ކަމުގައިވި މާޔާއެވެ. ރޭގަނޑެއްގެ ހަމަހިމޭން ކަމެއްގެ ތެރެއިން އަހަރެން ކަލާދުށީމެވެ. ތެތް ފިނި ޖައްވެއްގެ ތެރެއިންނެވެ. ކަލާ ހާދަ ރީއްޗެވެ. ކަލާގެ ސޫރަ ފެންނަލެއް ހާދަ ފުރިހަމައެވެ. ކަލާތީ އަހަރެންގެ ފުރާނައެވެ. ފުރަތަމަ ފެނިލުމުންވެސް ކަލާގެ ތިރީތި ސޫރަ އަހަރެންގެ ހިތުގައި ވަނީ ބިނވަޅު ނެގިފައެވެ. ހިތަށް މީހެއްގެ ޚިޔާލު އަންނަ ހިނދު ހަނދާންވަނީ ކަލާގެ މަތިންނެވެ. ދުލުން މީހެއްގެ ނަން ކިޔޭއިރު، ކަންފަތައް މީހެއްގެ ނަން އިވޭއިރު ހަނދާން ވަނީ ކަލާގެ މަތިންނެވެ. ލޮލުގެ ހިމަކޮޅަށް މީހެއްގެ ސޫރަ ފެނުނަސް ސިފަވަނީ ހަމަ ކަލާއެވެ. ހިތަށް ހަމަޖެހުން ލިބެނީ ކަލާ ފެނިލުމުންނެވެ. ކަލާއަށް އެނގޭ ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް އަހަރެން ކަލާދެކެ ލޯބިވަމެވެ. ދިރިހުރުމުގެ އަސްލަކީވެސް ކަލާއެވެ. އަހަރެން އަޅާކޮންމެ ފިޔަވަޅެއްވެސް އަޅަނީ ކަލާގެ ހަނދާނުގައޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.

ލޯބީގައި ހިތްބިރު ގަންނަނީ ކީއްވެ ހެއްޔެވެ؟ ކަލާގެލޮލުގައި ލޯބީގެ ކަރުނައިގެ އަސަރެއްވެސް ނެތީހެއްޔެވެ؟ އަހަރެން ބޭނުންވަނީ ކަލާގެ ކަނދުރާ ގައި ބޯއަޅައިލައިގެން އޮވެ ހިތްފުރެންދެން ރޯލާށެވެ. ކަލާއަށް އެނގޭހެއްޔެވެ؟ ކަލާޔާނުލާ އަހަރެންގެ ޙަޔާތްވަނީ ހަމަހިމޭންވެފައެވެ. ކަލާޔާނުލާ އަހަރެން ވޭތުކުރާ ކޮންމެ ވަގުތެއްވެސް ވޭތުކުރަނީ ހިތްދަތިކަމާ އެކުގައެވެ. މިވަނީ ކީއްހެއްޔެވެ؟ އަސަރުތަކަށް ފުރާނަ އެޅިއްޖެ އެވެ. ލޮލުގައި ވަނީ ކަރުނައެވެ. ހިތުގައި ވަނީ ރިހުމެވެ. އެރިހުންތަކާ އެއިހްސާސްތަށް އަހަރެންގެ ދުލުން ކަލާއަށް ހާމަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ކަލާ ނުފެނުނަސް އަހަރެން ހަނދާނުގައި ވަނީ އެތަކެއް ހާސް ލަފްޒު ތަކެކެވެ. އެއް ވާހަކަ ތަކެކެވެ. އެކަނިވެރި ކަމުގެ ގޮނޑުދޮށެއްގައެވެ. އޮއްސުނު ތަރިއެއް ނާރާ ނެއެވެ. ލޯބީގެ ހިލިހިލާއަކީ ކޮބައިކަން ކަލާއަށް ބުނެދޭން ކިތަންމެހާވެސް ބޭނުންވެއެވެ. ނަމަވެސް މާޔާ އަހަރެންގެ ލޯބީގައި ކޮޅުފައިން ޖަހާފައި ތިދިޔައީ ކީއްވެ ހެއްޔެވެ؟

އެހެނަސް މާޔާ އަށް އެނގޭ ހެއްޔެވެ؟ ކަލާގެ ވަކިވުން އަހަރެންގެ ދިރިއުޅުން ބަދަލުކޮއްލިއެވެ. ދިރިއުޅުމަށް އައު ހިތްވަރަކަށް ވިއެވެ. ޙަޔާތުގައި އެތަކެއްދޮރުތަކެއް ހުޅުވުނެވެ. އަހަރެންގެ ހިތްވަރަކީ ކަލާކަމުގައި ހެދީމުއެވެ. އެހެންކަމުން މިއަދު އަހަރެން އުޅެމުން މިދާ ދިރިއުޅުމަކީ އުފަލާ ހިތްހަމަ ޖެހުމުގައި ދެވަނައެއް ނުވާ ދިރިއުޅުމެކެވެ. ހަމަ ކަލާގެ ސަބަބުންނެވެ. ކަލާއަށް ޝުކުރުވެރި ވަމެވެ. ކަލާ އަބަދުވެސް އަހަރެންނާ އެކުގައި ވާނެއެވެ. ހިތު ތެރޭގައެވެ. ތެދުވެރި ލޯބީގެ ސާފު ތަންމައްޗެއްގައެވެ. މިހާހިސާބުން ކުރުކޮށްލަމެވެ. އަހަރެންގެ އަބަދުގެވެސް ދުޢާއަކީ މާތް ﷲ ކަލާއަށް ހެޔޮރަޙުމަތް ލެއްވުމެވެ. މާޔާ ދެކެ އަބަދުވެސް ލޯބިވާނަމެވެ.

Comments (13)

  1. Maayaa

    Nice?

    1. Zidhan
      Maayaa

      Jazaakallah

  2. Maayaa

    Whn is the next part…too good

    1. Zidhan
      Maayaa

      Jazaakallah & that’s the end. Sorry.

  3. Maisha maii

    Varah reethi vaahaka eh❤❤❤❤❤❤❤…

    1. Zidhan
      Maisha maii

      Jazaakallah

  4. Chocolate lover?

    Alheyyy?????? Maasha Allah ❤️ reethi ingey ??????

    1. Zidhan
      Chocolate lover?

      Jazaakallah

  5. Quiiin?

    vrh rythi mi stry … ma sha allah

  6. Riyaa

    Vara Reethi Vaahaka

  7. Wifaa

    Awesome

  8. Nayaa

    Good.. Vrhh reethi… Hope to see your neww stories in the future… Good luck zidhaan.. ?????

  9. Anonymous

    salhi

Comments are closed.