“އޭ! މަ އަންނާނަން ކޮޓަރިއަށް ވަދެލާފަ އިނގެ.” ތަށި ދޮންނަން ހުރި ޝަމީމްއަށް އަވަސް އިޝާރާތެއް ދީފައި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ޒައިން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ޒައިން ކޮޓަރިއަށް ވަތް ވަގުތަކީ ޝިމާޔާ ކޮޓަރިން ނުކުތް ވަގުތެވެ. ޝިމާޔާ މަޑު ހިނގުމެއްގައި ހިނގައިފައި ގޮސް ބަދިގެއަށްވަނެވެ. އޭރު ޝަމީމް އެންމެ ފަހު ތަށި ދޮވެ ހޯލްޑަރުގައި ބަހައްޓަނީއެވެ. ޝިމާޔާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. މިހާރުގެ ފިރިހެންކުދިން ހަމަ ރަނޑުތާއެވެ. ޝަމީމް ބަދިގެއިން ނުކުންނަންވެގެން އެނބުރިލި ވަގުތު ދޮރުމަތީގައި ހުރި ޝިމާޔާ ފެނުނެވެ. ޝަމީމް ބަލަހައްޓައިގެން ހުރިތަން ފެނުމުން ޝިމާޔާގެ ތުންފަތުގައިވި މަލާމާތުގެ ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. “ދޮންބޭ.” ވަރަށް ނުވާކަމަކަށް ހަދައިފައި ޝިމާޔާ ޝަމީމްއަށް މަޑުމަޑުން ގޮވައިލިއެވެ. ޝަމީމް އަނގައިން ބުނުމެއްވެސް ނެތި ބާރު ހިނގުމެއްގައި ގޮސް ބަދިގެއިން ނުކުތެވެ. މިކަމުން ޝިމާޔާގެ ހިތަށް އެއްވެސް އަސަރެއް ކުރި ހެނެއް ހިޔެއްނުވެއެވެ. އެހާ ލޯބިން ދޮންބެއަށް ގޮވައިލީމައި އަޑު ނީވޭކަމަށް ހަދައިފައި ދާނީ ކިހާ ފޮނިވީމަހެއްޔެވެ؟ ފްރިޖުން ޗޮކްލެޓް ޕަފް ޕެކެޓެއް ނަގައިގެން މާޒުކައިރީގައި ޝިމާޔާ އިށީނެވެ. އެ ޕެކެޓުގައި ހުރި ހުރިހާ ބިސްކޯދެއް ކައި ނިންމައިލުމަށްފަހު ޝިމާޔާ އެ ޕެކެޓު ޑަސްބިނަށް ލުމެއްވެސް ނެތި މޭޒުމަތީގައި ބާއްވައިފައި އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ.

އެއްއަތް ނިތްކުރި މަތީ ބާއްވައިލައިގެން ވިސްނުމަކަށް ގެއްލިފައި ޝަމީމް އޮތެވެ. ވިސްނިވަރަކަށް ބާލީހުގައި ހިފަހައްޓައިލެވިފައިވި އޭނާގެ އަތަށް ބާރުވަމުން ދިޔައެވެ. އަހަރެންގެ ކޮއްކޮ އިޞްލާޙު ކުރަން އަހަރެން ކުރަންވީ ކޮން ކަމެއްހެއްޔެވެ؟ ކިތަންމެ ވަަރަކަށް ނަޞޭޙަތް ދިނަކަސް މިޒަމާނުގެ ކުދިން އަޑެއްނާހާނެއެވެ. މިޒަމާނުގެ ކުދިންގެ ބަހުރުވައިން ނަމަ ނަޞޭޙަތެއް ދިނުމުން އެއީ ލެކްޗަރު އެޅުން ނޫންކަމަކަށް ނުވާނެއެވެ. ނަޞޭޙަތުގެ ގޮތުން ކިތަންމެ ކުޑަ އެއްޗެކޭ ބުންޏަސް އެ ލެކްޗަރު އެޅީއެވެ. ޝަމީމް އެހެން އޮތްއިރު އޭނާގެ މަންމަ ބަލިދާނުގައި އޮތްދުވަހު އޭނާގާތުގައި ބުނި ވާހަކައެއްގެ މަތިން ހަނދާންވިއެވެ. “ދަރިފުޅާ. މަންމައަކަށް ހިއެއްނުވޭ މާކަ ގިނަދުވަހު މަންމަ ދުނިޔޭގަ ހުންނާނެހެނެއް. ޝިމާޔާ ރަނގަޅަށް ބަލައިދެއްޗޭ ދަރިފުޅު. މަންމަ ނެތް ދުނިޔެއެއްގައި ޝިމާޔާގެ މަންމަ ނުވަތަ ބައްޕައަކަށް ވާނީވެސް ހަމަ ދަރިފުޅު. ދަރިފުޅު އަބަދުވެސް ހަނދާން ބަހައްޓާތި. އެއީ އަންހެން ކުއްޖެއް. ޝިމާޔާ އެކަނި އެއްވެސް ތަނަކަށް ދޫކޮށްނުލާތި. ޝަމީމް އަބަދުވެސް ޝިމާޔާ ގާތުގައި ހުންނާތި. ޝިމާޔާއަށް ރަނގަޅު ތަރުބިއްޔަތެއް ދޭތި. އަބަދުވެސް ޝިމާޔާއަކީ ދަރިފުޅުގެ އެންމެ ގާތް މީހެއްގެ ގޮތުގައި ހަދައިގެން އުޅޭތި. އެ މައުސޫމް ކުއްޖާއަށް އެއްވެސް ދެރައެއް ލިބޭކަށް މަންމަ ބޭނުމެއްނޫން. ދަރިފުޅުވެސް. މާތް ﷲ ތިދެކުދިން ހެޔޮޙާލުގައި ލަހައްޓަވާށި.” ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޝިޔާމާ ދެއްކި ވާހަކަތައް ޝަމީމްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އަހަރެންގެ ކޮއްކޮ އެ ގޮތްނޭނގޭ މީހުންގެ ތެރެއަށް ދޫކޮށްނުލެވުނު ނަމައެވެ. ކިޔަވަންދިޔައިރު އަހަންނާއިއެއްކޮށް ޝިމާޔާ ގެންދެވުނު ނަމައެވެ. ޝިމާޔާ އަށް ރަނގަޅަށް އަޅައިލެވުނު ނަމައެވެ. މިކަަހަލަ އެތައް އެއްޗެއް ޝަމީމްގެ ހިތަށް އަރަމުން ދިޔައެވެ.

ފޯނު ހިފައިގެން ފޭސްބުކް ހާވަން ޝިމާޔާ އޮތެވެ. އޭނާ ގެއަށް އައިއިރު އޭނާގެ ބަނޑުގައި އެޅި ވޭނުގެ އެއްވެސް އަސަރެއް މިހާރު އޭނާގެ ބަނޑުގައި ނާޅާކަހަލައެވެ. އެހެންނުވާންވީ ސަބަބެެއްނެތެވެ. ގެއަށް އައީވެސް އެފަދަ ކަމެއް މެދުވެރި ވެދާނެތީ ބާރުގަދަ ބޭސްތަކެއް ހިފައިގެންނެވެ. ބޭސްތައް ބޭނުންކުރުމުން އޭގެ އަސަރު ވަރަށް ރަނގަޅަށްވެސް ޝިމާޔާއަށް ކޮށްފިއެވެ. ފޭސްބުކް ހާވަން އޮވެ ފެނުނު ފޮޓޮއަކުން ޝިމާޔާގެ ދެލޯ ބޮޑުވިއެވެ. އެ ފޮޓޯގައި އިނީ އާރިޝް އާއި އުޝާގެ ފޮޓޮއެކެވެ. އެ ފޮޓޯގައި ބޮޑު ރަތްކުލައިގެ ހިތެއް އިނުމުން ޝިމާޔާ އަށް އެ ފޮޓޯގެ މާނަ ނެގުނީ މުޅިން ނުބައިކޮށެވެ. އެ ފޮޓޮއަށް ގިނަބައެއްގެ ކޮމެންޓްތަކެއް ލިބިފައިވުމުން ކޮމެންޓްތައް ބަލައިލާނަމޭ ހިތައި ޝިމާޔާ އެ ބަޔަށް ވަނެވެ. އެންމެ ފުރަތަމަވެސް ޝިމާޔާއަށް ފެނުނީ އާރިޝްގެ ކޮމެންޓެކެވެ. “ސިސް އެންޑް ބްރޯ.” ޝިމާޔާ މަޑުމަޑުން އާރިޝް ލިޔެފައި އޮތް ބަސްކޮޅު ކިޔައިލިއެވެ. ޝިމާޔާއަށް އެ ފޮޓޯގެ މާނަ ނެގުނީ ނުބައިކޮށްކަން އޭނާއަށް އެނގުނީ އެވަގުތުއެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ލައި އެހެންމީހުން އެއަށް ކޮށްފައި ހުރި ކޮމެންޓްތައްވެސް ކިޔަން ފެށިއެވެ. ގިނަބަޔަކު އެ ދެބެންނަށް ތަޢުރީފުކޮށްފައި ހުއްޓެވެ.

ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިން ޒައިން ސިއްސައިގެން ދިޔައީ އޭނާގެ ފޯނަށް ވައިބަރ ނޮޓިފިކޭޝަންއެއް އައި އަޑު އިވުމުންނެވެ. ފޯނު ނަގައި ބަލައިލިއިރު އެއީ ނައިޒަކްގެ މެސެޖެކެވެ. ވަގުތުން އެ ޗެޓްލޮގް ހުޅުވާލަމުން ނައިޒަކްގެ މެސެޖް ޒައިން ކިޔައިލިއެވެ. “އޯ.. ކުރިންވެސް އެހެން ހީވިޔޭ. އެކަމް ހަމަ ޔަގީންކޮށްލަން އަހާލީ. ހެހެހެ.” ނައިޒަކްގެ މެސެޖް ޒައިން ކިޔައިލިއެވެ. ޒައިންއަށް ޓައިޕްކުރަން ނުފެއްޓެނީސް އަނެއްކާވެސް ނައިޒަކްގެ މެސެޖެއް ލިބުނެވެ. އޭގައި އިނީ މަގޭ ނަމްބަރު ލިބުނީ ކިހިނެތްހެއްޔޭ އަހައިފައެވެ. ނަމްބަރު ހޯދީ ޝަމީމްގެ ފޯނުންކަމަށް ލިޔެ ޒައިން އެކޮޅަށް މެސެޖް ފޮނުވައިލިއެވެ. ކޮންމެއަކަސް ދެމީހުންގެ ވާހަކަ ފެށުނީ އެހާހިސާބުންނެވެ. އޭގެން އެކަކަށްވެސް އެމީހެއްގެ އަމިއްލަ މަޢުލޫމާތު ދޭކަށް ނުކެރުނެވެ. މަޢުލޫމާތު ދޭން ނުކެރުނު ތަނުގައި ސުވާލެއްކުރާކަށްވެސް ނުކެރުނެވެ. ދެމީހުން އެދުވަހު ޗެޓްކޮށް ނިންމައިލީ ފަހުން ދެމީހުން ބައްދަލުވާން ނިންމަމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ރިޝާނާ އިނީ އޭނާގެ ފޯނު ހިފައިގެން ސިޓިންގް ރޫމުގައެވެ. އެއަށް ސިމެއްލެއްވުނީވެސް އަދި މިއަދުއެވެ. ޝިވާން ސިމެއް ނަގައިދީގެން އައިސް އެއަށް ސިމް ލައްވައިދިނީއެވެ. ޝިމާޔާ ބޭނުންވާ އެޕްތައް އެއަށް އެޅުމައިގެން އުޅުނެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަވެސް އެޅީ ފޭސްބުކެވެ. ފޭސްބުކް އަޅައި އަމިއްލައަށް ފޭސްބުކް އައިޑީ ހަދައި ހުރިހާ ކަމެއް ކޮށް ނިންމައިލިއެވެ. ރިޝާނާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ޖެހި ބާރު ގުގުރިއެއްގެ ސަބަބުންނެވެ. ރިޝާނާ އެތަނުގައި އެވަގުތު އެކަނި އިންނަން ބޭނުމެއް ނުވުމުން އޭނާ ކޮޓަރިއަށްދާން ހިނގައިގަތެވެ. ނަމަވެސް ގޭދޮރު ތަޅުނުލެވޭކަން ހަނދާންވުމުން ރިޝާނާ މަޑުމަޑުން ދުވެލައިފައި ގޮސް ދޮރު ލައްޕައި ތަޅުލިއެވެ. އެންމެ ސިކުންތަކަށްވެސް ސިޓިންގް ރޫމުގައި މަޑޫކުރަން ނަހަދައި ރިޝާނާ ބާރުބާރަށް ހިނގައިފައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

ދަންވަރުގެ ވަގުތެވެ. މުޅި ފަޒާގައި ގުގުމައިލައިފައިވަނީ ވާރޭގެ ހިތްގައިމު މިއުޒިކުގެ އަޑެވެ. ދޭތެރެ ދޭތެރެއިން ޖަހައިލައި ބާރު ގުގުރީގެ ސަބަބުން ދިރޭ މަޚްލޫޤެއްގެ ހިތް ބިރުން ވިރިގެން ދާވަރުވާނެއެވެ. ބާރު ގުގުރިއާއި އެކީގައި ވިދައިލައި ވިދުވަރުން މުޅި ކައުނު އެކީ އަލިވެގެން ދެއެވެ. ޖެހޭ ބާރު ވައިރޯޅިން ބިމުގައި ވައިހައި ކުނިތައް ވަޔާއިއެކީ އުދުހެމުން ދެއެވެ. ކޮޓަރީގައި ހުރި ބޮޑު ސޯފާގެ މަތީގައި ޝިމާޔާ ނިދައިފައި އޮތެވެ. ނިދައިފައި އޮތްއިރު ޝިމާޔާގެ މޫނުމަތިން މައުސޫމްކަން ފާޅުވާން ހުއްޓެވެ. ނަމަވެސް އެއީ އަދި ޙަޤީޤީ މައުސޫމްކަމެއް ނޫނެވެ. އެއީ ބަލާމީހެއްގެ ލޮލަށް ފެންނަ މައުސޫމްކަމެކެވެ. ޝިމާޔާގެ އުޅުން ހުންނަ ގޮތް އެނގޭ އެއްވެސް މީހަކު ޝިމާޔާއަކީ މައުސޫމް ކުއްޖެއްކަމަކަށް ޤަބޫލުނުކާނޭކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.
ކުއްލިއަކަށް ޖެހި ބާރު ގުގުރީގެއަޑަށް ޝިމާޔާއަށް ދެލޯ ހުޅުވައިލެވުނެވެ. ކަންނެތްކަމާއިއެކީ ހޭވިފައި އޮތް އިސްތަށިގަނޑު ރަނގަޅުކުރަމުން ޝިމާޔާ ސޯފާއިން ތެދުވިއެވެ. އަދި ވެއްޓިފައި އޮތް ފޯނު ނަގައި ފޯނު ހުޅުވިއެވެ. އެއާއިއެކު ޝިމާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަންޖަދުގެ އެތައް މިސްކޯލްތަކެއް ލިބިފައި ހުއްޓެވެ. ލައިލާއާއި ފަޔާޒުވެސް ވަރަށް ގިނައިން ގުޅައިފައި ހުއްޓެވެ. ޝިމާޔާ ވަގުތުން ކޮންޓެކްޓްއަށް ވަދެ އަންޖަދުގެ ނަން ހޯދައި އަންޖަދުއަށް ގުޅައިލަމުން ފޯނު ކަންފަތުގައި ޖައްސައިލިއެވެ. ނަމަވެސް ރިންގް ހުސްވިއިރުވެސް އަންޖަދު ފޯނެއްނުނެގިއެވެ. ދެވަނަ ފަހަރަށް ގުޅުމުންވެސް ވީ ހަމަ އެހެނެވެ. ލައިލާއަށް ގުޅައިގެންވެސް ލައިލާ ފޯނެއް ނުނެގިއެވެ. ޝިމާޔާ އައި ރުޅިން ފޯނު އެނދުމައްޗަށް ހޫރައިލިއެވެ. “މަށަށް އެގަޑީ ނުނިދުނު ނަމައޭ ހިތަށް އަރާ. އެގަޑީގަވެސް މި ވާރެއެއް ވެހެން ވެއްޖެ ވިއްޔަ. ކިހާ ބޮޑު **** ދެން މިއީ.” ހިތަށް އެރިހާ އެއްޗެއް އަމިއްލައަށް ކިޔަމުން ޝިމާޔާ ދިޔައިރު އޭނާއަށް ހުއްޓައިލަން މަޖުބޫރުވީ އޭނާގެ ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑު އިވުމުންނެވެ. ޝިމާޔާ ހީކުރި ގޮތަށް އެ މެސެޖް ވީ އަންޖަދު ގެ މެސެޖަކަށެވެ. އަންޖަދު ގުޅަން ބުނެފަ އިނުމުން ޝިމާޔާ އެއްވެސް ވަރަކަށް ލަސްކުރުމެއްނެތި އަންޖަދުގެ ނަމްބަރަށް ގުޅައިލިއެވެ. “ސޮރީ އަންޖް. އެގަޑީގަ ނިދުނީ ހަމަ. މާދަމާ ރޭ ދާނަން އިނގެ. ޕްލީޒް. ގަބޫލުކުރޭ އަންޖް. ޕްލީޒް.” އަންޖަދު ފޯނު ނެގުމާއިއެކީ އަންޖަދަށް އެއްޗެކޭ ބުނުމުގެ ކުރިން ޝިމާޔާ ވާހަކަދައްކަން ފެއްޓިއެވެ. ހިމޭންވަގުތުކޮޅަކަށްފަހު ދެން އިވިގެން ދިޔައީ އަންޖަދުގެ ނުލަފާ ހުނުމުގެ އަޑެވެ. “މިހާރު ބިރުގަންނަން ފެށީ ދޯ. ބިރުގަންނާނެ ކަމެއްނެތް. އެއްރޭ ފްރީ ކޮށް ދީފާނަން. އެކަމަކު އަބަދު މިގޮތަށް މިކަންތައްތައް ތަކުރާރު ވަންޏާމުން ދެން ދުލެއް ނުކުރާނަން. މަމިބުނި ވާހަަކަތައް ހަނދާނުގަ ބަހައްޓައިން އުޅެއްޗޭ.” އެއްރެއަކަށް ނަމަވެސް އަންޖަދު ޝިމާޔާ ދޫކޮށްލައިދިނީތީ ޝިމާޔާގެ ހިތް އުފަލުން ނަށައިގަތެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދެއެވެ. މަސްތައް ނިމިގެން ދަނީ ހަފްތާއެއް ނިމިގެން ދާހާ ހަލުވި މިނުގައެވެ. ހަފްތާތައް ނިމިގެން ދަނީ ދުވަސްތައް ނިމިގެން ދާހާ ހަލުވި މިނުގައެވެ. ދުވަސްތައް ނިމިގެން ދަނީ އެއްގަޑިއިރެއް ފާއިތުވާހާ ހަލުވިމިނުގައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނައިޒަކް އާއި ޒައިން އާއި ދޭތެރޭގައި އުފެދިފައި އޮތް ގުޅުން ވަރުގަދަވަމުން ދިޔައެވެ. އަނެއްކޮޅުން ޝިމާޔާ ކޮންމެރެއަކު ‘އަދާކުރާ ވަޒީފާ’ ފުރިހަމައަށް އަދާރަމުން ގެންދެއެވެ. އެއްދުވަހެއްގެ ހެނދުނު ވަގުތު ރެހެންދި މައިޒާނުގައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި ނައިޒަކް އިނެވެ. އިރުއިރުކޮޅާ މަގުމައްޗަށް ދޭ ނަޒަރުން ނައިޒަކް އެއިނީ ކޮންމެވެެސް މީހެއްގެ އިންތިޒާރުގައިކަން އިނގެއެވެ. އޭނާގެ އިންތިޒާރަށް ނިމުން އައީ ތަންކޮޅެއް ދުރުން ޒައިން އަންނަތަން ފެނިގެންނެވެ. ނައިޒަކް ރަނގަޅަށް ޖޯލީގައި ހަމަޖެހިލަމުން ޒައިން އާއި ދައްކާނެ ވާހަކައަކާއި ދޭތެރޭ ވިސްނައިލިއެވެ.

މައިޒާން ކައިރީ މަޑުކޮށްލައިގެން ހުރެ ޒައިން އެންމެ ފުރަތަމަވެސް ޖިންސުގެ ޖީބުން އޭނާގެ ފޯނު ނަގައި ނައިޒަކްގެ ނަމްބަރަށް ގުޅައިލިއެވެ. “ޕިސް ޕިސް. މަ މިތާ އިންކަންވެސް މީނައަށް އިނގޭނެޔޭ މިތަނަށް ވަދެވެސްނުލާ މިހިރަ ގުޅަނީ.” ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ވައި އަޑުން ނައިޒަކް ބުންޏެވެ. ނައިޒަކް ފޯނު ނެގުމުގެ ބަދަލުގައި ފޯނު ބިޒީކޮށްލީއެވެ. އަދި ޖޯލިން ތެދުވެ ޒައިން އާއި ހަމައަށް ދާން ހިނގައިގަތެވެ. “ޒައިން.” ދާދި ކައިރިން ނައިޒަކްގެ އަޑު އިވުމުން ޒައިން އިސްއުފުލައި ނައިޒަކް އާއި ދިމާލަށް ބަލައިލިއެވެ. “ހެހެ. ހާދަ ހަލުވި މީހެކޭ މީ. ހަމަ ގުޅާލާއިރަށް މިތަނަށް ފާޅުވީ ވިއްޔަ.” ސަމާސާ ރާގަކަށް ޒައިން ބުންޏެވެ. “ނޫނޭ. މަ މިތަނަށް އައިސް އިންނަތާ ހަފްތާއެއް ވާއިރުވެސް ޒައިން އަށް އިނގެނީ ބޭރުގަ ހުންނަން ވިއްޔަ އެތެރެއަށް ނުވަދެ.” ނައިޒަކް ވެސް ހަމަ އެ ރާގުގައި ބުންޏެވެ. ދެމީހުންވެސް ނުކައި ހުރުމުގެ ސަބަބުން އެމީހުން ބޭނުންވީ ރެސްޓޯރެންޓަކަށް ގޮސް ސައިބޯށެވެ.

ދެމީހުންވެސް އެކި ވާހަކަތައް ދައްކަމުން ސައިބޮމުން ދިޔައެވެ. ޒައިން ހީކުރި ގޮތާއި ޚިލާފަށް ނައިޒަކް ވީ ވަރަށް އަނގަ ގަދަ މަޖާ މިޒާޖެއްގެ މީހަކަށެވެ. އެހެންކަމުން ނައިޒަކް ދައްކާ ކޮންމެ ވާހަކައެއްވެސް ޒައިން ފޫހިކަމެއް ނެތި އަޑުއަހަމުން ދިޔައެވެ. “ކޮބާ ޝައްމު؟” ޝަމީމްގެ ނަން އިވުމުން ޒައިންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ނަމަވެސް ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ނައިޒަކް އަށް ބަލައިލީ ނައިޒަކްގެ ހިތުގައި ޝައްކުގެ މިންވަރެއްވެސް އުފެދިދާނެތީއެވެ. ޝަމީމްގެ ޙާލަތު މިހާރު ވަރަށް ރަނގަޅަށް ޒައިން އަށް އިނގެއެވެ. “ޝަމީމް އެބައުޅޭ މިކޮޅުގަ.” ވަރަށް އާދައިގެ ގޮތަކަށް ޒައިން ބުންޏެވެ. “އެހެންތަ؟ އޭނަ މިހާރު ވަޒީފާއިން ކުނޑުނީތަ އެ ހުންނަނީ ހުޅުމާލެއަށް ނުގޮސް؟” ސައިތަށިން ކޯވަރެއް ދަމައިލުމަށްފަހު ނައިޒަކް އެހިއެވެ. “ނޫނޭ. މިދުވަސްކޮޅު ކަންތައްތައް ހުންނަ ގޮތުން ޗުއްޓީ އެއް ނަގައިގެން އުޅެނީ.” ދެޒުވާނުންވެސް ސައިބޮއެ ނިންމައި ބިލް ދެއްކުމަށްފަހު ރެސްޓޯރެންޓުން ނުކުތެވެ. “ދާނަން އިނގެ ތިގެއަށް އަދި. ވަރަށް ބޮޑަށް ތެންކިޔު.” ދެމީހުންވެސް އެކަކު އަނެކަކާ ސަލާމްކޮށްލުމަށްފަހު ހަމަޖެހިފައިވާ ހިތަކާއި އެކީ އެމީހެއްގެ ގެއާއި ދިމާލަށް ހިނގައިގަތެވެ.

“ޒެކް ކޮންތާކުން؟” ގޭތެރެއަށް ވަތް ނައިޒަކް ފެނި ސިޓިންގްރޫމުގައި އިން މުނީޝާ އެހިއެވެ. “ރައްޓެއްސަކާ އެއްކޮށް ސައިބޯން ގޮއްސަ މިއައީ.” ނައިޒަކް ވަރަށް ހަމަޖެހިފައި އިނދެ ބުންޏެވެ. މުނީޝާ އެހެންދޯ އޭ ބުނެ އޭނާގެ ފޯނަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދިނެވެ. ނައިޒަކް އިތުރަށް ސިޓިންގް ރޫމުގައި މަޑުކުރަން ނަހަދައި އޭނާގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ.

“މީހަކު އަޅެ އަޖައިބުވެ އަންތަރީހެއް ނުވާނެތަ؟ އަމިއްލަ ކޮޓަރިވެސް ރީތިކޮށްލާކަށް ނޭނގެޔޭ މި ޝިމާޔާ އަކަށް.” އެތެރެއަށް ވަތް ޒައިން އަށް ޝަމީމް ވާހަކަދެއްކި އަޑު އިވުނެވެ. އޭނާ ހުރީ ޝިމާޔާގެ ކޮޓަރި ދޮރުމަތީގައި ދެފަރާތަކަށް ބޯ ހޫރުވަ ހޫރުވައެވެ. “ޝަމީމް. ކިހިނެތްވީތަ؟” ޝަމީމް ކައިރިއަށް ގޮސް ހުއްޓިލަމުން ޒައިން އެހިއެވެ. ޒައިންއަށް ޝިމާޔާގެ ކޮޓަރިތެރެއަށް ނަޒަރެއް ދެވުނީ އެވަގުތުއެވެ. ޝަމީމް ބުނި ގޮތަށް ޒައިންވެސް ދިޔައީ އަޖައިބުވެ އަންތަރީސް ވެގެނެވެ. ކޮޓަރިތެރެ އަށް އެއޮތީ ބިންހެލުމެއް އައިސްފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. “ހިނގާބަލަ ދެންވެސް މިތަން ސާފުކުރަން. ޝިމާޔާ އައުމުގެ ކުރިއަށް ޖެހޭނެއެއްނު މިތަން ސާފްކުރަން. މިހާރު މަށަކަށްވެެސް ނޭނގެ އެފަކީރު ދިޔަ ތަނެއްވެސް. ކީއްކުރާނީ؟” ޝަމީމް އަމިއްލައަށް ވާހަކަދައްކަމުން ގޮސް އޭނާގެ ކޮޓަރީގައި އިން ފިހިގަނޑު ހިފައިގެން އައިސް ޝިމާޔާގެ ކޮޓަރިއަށްވަނެވެ. “ޒައިން އޭތް. ޒައިން މިތަން ފޮޅާ. އަހަރެން މިހިރަ ހެދުންތައް އަލަމާރިއަށް އަޅާނަން.” ޒައިން ފިހިގަނޑު ނަގައިގެން ކޮޓަރި ތެރެ ފޮޅަން ފެށިއެވެ.

ކޮޓަރިތެރެ ފޮޅާ ނިންމާ ކުޑަ ފިހިގަނޑުން ކުނިކޮޅުތައް ނަގައި ޑަސްބިނަށް އެ ކުނިތައް އެޅުމަށްޓަކައި ޑަސްބިން ކައިރިއަށް ދިޔަ ޒައިންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. “ޝަމީމޫ އޭ އާދެބަލަ.” ޑަސްބިނާއި ދުރަށް ޖެހި ކުޑަފިހިގަނޑު ތިރީގައި ބަހައްޓަމުން ޒައިން ބުންޏެވެ. އަލަމާރި ކައިރީގައި ކުރުފައިމައްޗަށް ތިރިވެ އިން ޝަމީމް ތެދުވެ ޒައިން ކައިރިއަށް ދިޔައީ. “ކިހިނެތްވީތަ؟” ޒައިން ކައިރިއަށް އައިސް ދެބުމަ އަރުވައިލަމުން ޝަމީމް އެހިއެވެ. ޝަމީމް އަށް ޑަސްބިނަށް ބަލައިލެވުނީ ހަމަ އެވަގުތުއެވެ. އެވަގުތު ޝަމީމްއަށްވެސް ވީ ހަމަ ޒައިން އަށް ވީ ފަދަ ގޮތެކެވެ. “ޓެސްޓް ކިޓް؟ ބޭސް؟” ޑަސްބިނުގައި އޮތް ޓެސްޓް ކިޓާއި ބޭސް ކާޑުތައް ފެނި ޝަމީމް އަށް ބުނެވުނެވެ. “ޒައިން ރަނގަޅަށް ބަލާބަލަ އެއީ ކޮންކަހަލަ ބޭސްތަކެއްތޯ.” ޝަމީމްއަށް ވުރެ ބޮޑަށް އެކަހަލަ އެއްޗެހީގެ މަޢުލޫމާތު އިނގޭނީ ޒައިންއަށް ކަން އިނގޭތީ ޝަމީމް ޒައިންގާތުގައި އެ އެއްޗެހިތަށް ބަލައިދިނުމަށް ބުންޏެވެ.

“މީ ސަތޭކަ ޕަސެންޓް ޔަގީން އެއްޗެހި މި ހުންނަނީ ހައްތަހާވެސް.” އެ ބޭސް ކާޑަށް ބަލަހައްޓައިގެން އިނދެ ޒައިން ބުންޏެވެ. “ތިބުނީ؟” ޒައިން އެ ބުނި އެއްޗެއް ޝަމީމްއަކަށް ދޭހައެއް ނުވިއެވެ. “މިބުނީ މިކަހަލަ ބޭސްތައް ބޭނުންކުރާނީ…” ޝަމީމް އެ ބޭސްތަކާއި ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް ޝަމީމްއަށް ކިޔައިދިނެވެ. އެ ބޭސް ބޭނުންކުރާ ސަބަބާއި އެ ބޭހުގެ ބޭނުންވެސް ޒައިން ކިޔައިދިނެވެ. ޒައިންގެ ވާހަކަތައް އަޑުއަހައިފައި ޝަމީމްއަށް ހުރެވުނު ތަންވެސް ނޭނގުނު ކަހަލައެވެ. ދެލޯ ބޮޑުކޮށްގެން އެއް ދިމާލަކަށް ބަލަހައްޓައިގެން ޝަމީމް ހުރިއިރު މިހުރެވުނީ ކޮޓަރިއެއްގެ ތެރޭގައިކަންވެސް ޝަމީމް ހަނދާންނުވާފަދައެވެ. “އޭތް ޝަމީމް.” ހަމަހޭވެރިކަން ލިބުނު ފަދައަކުން އެސްފިޔަތައް ތަޅުވައިލުމަށްފަހު ޝަމީމް ޒައިން އާއި ދިމާލަށް ބަލައިލިއެވެ. ޝަމީމްގެ ޚިޔާލަށް އަނެއްކާވެސް ޒައިން ދެއްކި ވާހަކަތައް ވެރިވާން ފެށުމުން ބޮލު އިސްތަށިގަނޑުގައި ހިފައި ޝަމީމް ހުރިތަނަށް ތިރިވިއެވެ. ޒައިންގެ އަތުގައި އޮތް ބޭސްކާޑު އަތުން ދޫކޮށްލުމަށްފަހު ޝަމީމް ކައިރިއަށް ދިޔައެވެ.

“މަ ހިއެއް ނުކުރަން މިހާ ހިސާބަށް ޝިމާޔާގެ ކަންތައް ދާނެކަމަކަށް.” ދަތްކުނޑި ވިކައިލަމުން ޝަމީމް ބުންޏެވެ. އޭނާގެ ދެލޯ ރަތްވެފައި ހުރި ގޮތުން އޭނާ އެހުރީ ވަރަށް ގަދަޔަށް ރުޅިއައިއްސަކަން އިނގޭނެއެވެ. “އޭ ޝަމީމް އަދި ނުވެޔޭ ރުޅި އަންނާކަށް. އަދި ނޭނގެއެއްނު މީ ޝިމާޔާގެ އެއްޗެއް ކަމެއް އެހެން މީހެއްގެ އެއްޗެއްކަމެއްވެސް. ކަމުގެ ޙަޤީޤަތް ބަލާފަ ތިގޮތަށް ވާހަކަދައްކަންވާނީ. ޝިމާޔާ އައީމަ ޝިމާޔާ އާ ވާހަކަދައްކަންޖެހޭނެ ޝަމީމް. ދެން އޭނަ ތަނަކަށް ދިޔަދީގެން ނުވާނެ. ޝިމާޔާ ގެ އެ އުޅުން އިޞް….” ޒައިންގެ ވާހަކަތައް މެދުކެނޑުނީ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނު ޝިމާޔާ ފެނިފައެވެ. ޝަމީމްވެސް އިސްއުފުލައި ބަލައިލީ ޒައިން ވާހަކަދައްކަން ހުރެހުރެފައި ހުއްޓައިލުމުންނެވެ.

ޝިމާޔާގެ މޫނުމަތިން ނުތަނަވަސްކަމުގެ ކުލަވަރު ފާޅުވީ ޑަސްބިން ކައިރީގައި އޮތް ބޭސްކާޑު ފެނިފައެވެ. އެއްފަހަރު ބޭސްކާޑަށް އަނެއްފަހަރު ޝަމީމް އަށް ބަލައިލީ ނުތަނަވަސްވެފައި ހުރެއެވެ. އަނެއްކާ ދޮންބެމެންނަށް މިކަންތައްގަނޑު އެނގުނީ ބާވައެވެ؟ މި ސުވާލު ޝިމާޔާގެ ހިތަށް ވެރިވުމުން އޭނާ މާބޮޑަށް ނުތަނަވަސްވެ ބިރުގަންނަން ފެށިއެވެ. އަދި ގެއިން ނުކުންނަން ދާން ހިނގައިގަތެވެ. ނަމަވެސް ޝިމާޔާއަށް ހުއްޓެން މަޖުބޫރުވީ ފަހަތުން އޭނާގެ އަތުގައި ޝަމީމް ހިފެހެއްޓުމުންނެވެ. “ނުދެވޭނެ ޝިމާޔާ އަކަށް ދެން. ގޭގަ މަޑުކުރޭ.” ރުންކުރު ރާގަކަށް ޝަމީމް ބުންޏެވެ. ކުރިން ޝަމީމް ކިތަންމެ ރުންކުރު ކޮށް އެއްޗެކޭ ބުންޏަސް ޝިމާޔާގެ ހިތަކަށް އެއްވެސް އެއްޗެއް ނާރައެވެ. އަދި އެއްވެސް އަސަރެއް ނުކުރެއެވެ. ނަމަވެސް މިއަދު ޝިމާޔާގެ މޫނުމަތިން އޭނާ ބިރުގަނެފައިވާކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ނަމަވެސް ގެންފައި ހުރި ބިރު އެއްފަރާތްކޮށްލަމުން ޝިމާޔާ ވާހަކަދެއްކޭތޯ ބެލިއެވެ. “ދޮންބޭ ޕްލީޒް. އަހަރެން ތަނަކަށް ދާން ޖެހެޔޭ އަދި.” ޝިމާޔާ ގަދަހަދަމުން ބުންޏެވެ. “ކޮންތާކަށްތަ ޝިމާޔާ ދާން އޮންނާނީ؟ ކޮންތާކަށްތަ ދާން ޖެހޭނީ؟ ވަޒީފާއަކަށް ދާ މީހެއް ނޫން. ރަނގަޅު އުޅުމެއް އުޅޭ މީހެއް ނޫން. ކޮންމެހެން ތަނަކަށް ދާން ޖެހެޔޭ ކިޔާފަ އެއުޅޭ ނުލަފާ މީހުން ކައިރިއަށް ދާނެ ކަމެއްނެތް ޝިމާޔާ.” ޝިމާޔާ ގަދަކަމުން ގެނައިސް ސޯފާގައި ބައިންދަމުން ޝަމީމް ބުންޏެވެ. ޝަމީމް އެވަރުން ވާހަކަ ދެއްކުމުންވެސް ޝިމާޔާ ގޮތް ދޫކުރާކަށް ބޭނުމެއްނުވިއެވެ.

“ދޮންބޭ ޕްލީޒް އަހަރެން ނުގޮއްސިއްޔާމުން އޭނަ…” ޝިމާޔާ ބުނަން އުޅުނު ވާހަކަ އޭނާއަށް މެދުކަނޑައިލެވުނީ އޭނާއަށް ބުނެވެން މިއުޅުނީ ޝަމީމް އަށް ސިއްރުކޮށްފައިވާ ވާހަކައެއްކަން އެވަގުތު ޝިމާޔާއަށް އެނގުމުންނެވެ. “ކީކޭ؟” ޝިމާޔާ ބުނަން އުޅުނު ވާހަކައެއް ނޭނގުމުން ޝަމީމް އެހިއެވެ. “ދޮންބެ ކީއްވެތަ ތި އަހަރެން ހިފަހައްޓަނީ؟ ދޮންބެމެންވެސް ބޭނުންހާ ތަނަކަށް ދަނީއެއްނު. ދެން ކީއްވެތަ އަހަރެން ނުދީ ތި ހިފަހައްޓަނީ؟” ހިތުގައި ކިތަންމެވަރަކަށް ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފައިވި ނަމަވެސް ވަރަށް ހިތްވަރުކޮށްގެން ޝިމާޔާ ޝަކުވާކުރަން ފެށިއެވެ. އޭނާއަށް ގެއިން ބޭރަށް ނުކުމެވޭނެ މަގެއް ފެނޭތޯއެވެ. ދޮންބެގެ ސިކުނޑި ރަނގަޅަށް ދޮވެލެވޭތޯއެވެ. އޭނާ އަށް މި ގަޑީ ނުދެވިއްޖެއްޔާ އަންޖަދު ހަދާނެ ގޮތެއް އިނގެނީއެއް ނޫނެވެ. ޝިމާޔާ އިނީ ހަމަ ރަނގަޅަށްވެސް ހަދާނެ ގޮތް ހުސްވެފައެވެ.

“ޝިމާޔާ ތިއުޅޭ އުޅުން ދޫކޮށްނުލަނީހެއް މަށެއް ޝިމާޔާ ދުލެއް ނުކުރާނަން ދެނެއް. މިހާރު ދެން އިސްލާހު ވާންވެއްޖެއްނު. މިހުރިހާ ކަމެއް ޝިމާޔާއަށް ކޮށްދޭއިރުވެސް އެއްކަމެއްވެސް ރަނގަޅުވާކަމަކަށް ނުވެއޭ. ފޯނެއް ގަނެދިނީމަ އޭގެ ބޭނުންވެސް ކުރީ އެންމެ ނުބައި ގޮތަށް. މާތް ތަންތަނުގެ ފޮޓޯ އިންސްޓަގްރާމަށް ލައި އެ ފޮޓޯތަކަށް މަލާމާތްކޮށް އެކަހަަލަ މީހުނާ ދިމާލަށް ހަޑިހުތުރުބަހުން އެއްޗެހި ގޮވީ. ނުވި ތާކަށް ގޭންގު ތަކާ ގުޅިގެން ސިނގިރޭޓުބޮއެ މަސްތުވާތަކެތި ބޭނުންކޮށް އަމިއްލަ ނަފްސަށްވެސް ޝިމާޔާ ތި ގެއްލުން ދެނީ. ނަސީބެއް އަދި ޝިމާޔާ ހައްޔަރުނުކުރާކަން. ހަމަ ނަސީބު. މީ ކީއްކުރަން ކުރަންވީ ކަމެއް؟ ޝިމާޔާ ސުކޫލަށް ގޮސް ކޯއްޗެއްތަ ކިޔެވީ؟ ކޯއްޗެއްތަ ދަސްކުރީ؟ ތިކަހަލަ ކަންތައްތައް މީހުން ތަކުގެ ތެރޭގަ ކުރަންޏާ މަގުމަތީގަ އުޅޭ މީހުނަށްވެސް އުނދަގޫވާނެ. އެހާވަރު ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫން ޝިމާޔާ އަކީ. ލިބޭ ވަގުތުތައް ވިސްނާލުމެއްވެސް ނެތި ތި ބޭކާރުކޮށްލަނީ. ތި ހިތަށް ހަމަ އެކައްޗެއްވެސް ނާރާތަ؟ މީ ކިހާ ލަދުގަންނަންޖެހޭ ކަންތައްތައް މި ހުންނަނީ. މަވެސް ލަދުގަނޭ ޝިމާޔާ ތި އުޅޭގޮތުން. މަގޭ ކޮއްކޮއޭވެސް ކިޔަން ލަދުގަނޭ. އެކަމަކުވެސް ހަމަ ޝިމާޔާއަށްޓަކާ މަމި ހުންނަނީ. ދެންވެސް ރަނގަޅަށް ރީއްޗަށް އަހަރެން ބުނާ ބަސްއަހައިގެން ތި އުޅުން އިޞްލާޙު ކުރެވޭތޯ ބަލަންވެއްޖެއްނު… މަށަށް އިނގޭ މިހުރިހާ އެއްޗެއް ކިޔާއިރުވެސް ޝިމާޔާގެ ހިތަށް އެކައްޗެއްވެސް ނާރާނެކަން. މިހުރިހާ ވާހަކައެއް ޝިމާޔާ ގާތު ދެއްކީމަވެެސް ޝިމާޔާ އަށް ގޯސްވާނީވެސް އަހަރެންކަން އިނގޭ. އަމިއްލަ ކުށެއް އެކަކަށްވެސް ނުފެންނާނެ ވިއްޔަ. ދެން ހެޔޮ؟ އެ ޑަސްބިނުގަ އެހުރީ ކޮންހާ ބޭސްކާޑުތަކެއްތަ؟” ޝަމީމް ވާހަކަދައްކަމުން ދިޔައިރު ޝިމާޔާގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. ޝަމީމް ވާހަކަދެއްކިއިރު އެ އަޑުގައި ވި އަސަރުން މިއަދު ޝިމާޔާގެ ހިތަށް ހަމަ ރަނގަޅަށްވެސް އަސަރުކޮށްފިއެވެ. ދުރުގައި މިމަންޒަރު ބަލަން ޒައިންވެސް ހުއްޓެވެ. ޝަމީމްގެ މޫނުމަތީގެ ކުލަވަރު ފެނުމުން ޒައިންވެސް ހުރީ ހިތްދަތިވެފައެވެ. ޝިމާޔާއަށް ރޮވެން އުޅޭހެން ހީވާތީ އަނގަމަތީ އަތްއަޅައިގެން ސޯފާއިން ތެދުވެ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. މިމަންޒަރު ފެނުނު ޝަމީމްގެ ހިތުގައި ތޫނު ރިހުމެއް އުފެދުނެވެ. ޝަމީމްގެ ހިތަށް މިއަދު ވަރަށް އަސަރުކޮށްފިއެވެ. އޭނާ ބޭނުންވަނީ އޭނާގެ ފުރާނަ މިދުނިޔެއިން ނެތިކޮށްލަންޖެހުނަސް އޭނާގެ ހުރި ހަމައެކަނި ކޮއްކޮ ބެދޭ ކޮންމެ މަޅިއަކުން ސަލާމަތްކޮށްދޭށެވެ.

-ނުނިމޭ-

97

13 Comments

  1. magnumm

    December 16, 2019 at 9:09 am

    Awwwwwnnnn😘😘😘😘haadha ryhchey mi part❤❤❤❤i bet mihaaru shimaya rangalhu vaane e ulheny😊😊😊waiting for da nextt🌹🌹🌹ly

    • Dhonthy

      December 17, 2019 at 2:59 pm

      Awwwwwnnn thank you magnumm 😉 🙂 Heeveybaa Shimaayaa ehaa avahah rangalhuvaanehen? Haha. Keep waiting! Love you too dear <3 <3 <3 <3

  2. Dhonthy

    December 16, 2019 at 11:45 am

    Salaam! miothee egaaravana bai upload kurevifa. Unmeedhukuran gina kiyuntherinnauves kamudhaanekamau. Enjoy reading and Leave a comment please. 🙂 Love you all <3 <3 <3 <3

  3. Quiiin🌹

    December 16, 2019 at 12:50 pm

    ….Dhonthy
    ❤❤❤Mi part vx hama habeys
    🤞Waiting fr nxt
    😊Lysm

    • Dhonthy

      December 21, 2019 at 12:11 pm

      Thank you Quiiim. Keep waiting inge. Upload vaane v avahah Insha Allah. Love you too <3 <3 <3

  4. Kylie

    December 17, 2019 at 9:28 am

    Maasha allah V reethi mi part…👍👍👍👍👍👍👍….. Can’t wait fr nxt part..😃😃😃😃😃😃😃😃😃….. LY sis…… 💖💖💖💖💖💖💖💖💖

    • Dhonthy

      December 17, 2019 at 3:00 pm

      Thank you so much Kylie. Upload kodhdheynan v avahah dhn oiy episode inge. Love you too <3 <3 <3 <3

  5. Maisha maii

    December 17, 2019 at 11:08 pm

    Wow😍😍😍😍😍😍 varah reethi mi part vx💯💯💯💯.. waiting for the next part… lysm

    • Dhonthy

      December 21, 2019 at 12:12 pm

      Thank you Maisha maii. Keep waiting inge. V avahah upload vaane Insha Allah. Love you too dear <3 <3 <3

  6. Liu

    December 18, 2019 at 10:45 pm

    Wooooww … mi part vx vrh rythi ma sha allah … dhonthyge mi stry hama habeys👌👌👌 whn nxt part???
    🤗Waiting

    • Dhonthy

      December 19, 2019 at 9:45 am

      Thank you Liu 🙂 v avahah dhen oiy bai genesdheynan inge. ^_^ <3 <3

  7. taetae

    December 20, 2019 at 7:38 pm

    mashallah..vvvvv reethi…. vvvv kiyaa hiyvejje…alheyy dear avahah up kurahchey.. curiously waiting…..

    • Dhonthy

      December 21, 2019 at 12:14 pm

      Thank you so much taetae. Awlhey dear just keep waiting for few days inge. V avahah upload vaane Insha Allah. <3

Comments are closed.