މާއީ އޭނާގެ ކޮޓަރިއަށް ވަނެފައި ނަމާދުކޮށްލައިގެން އައިސް އަނެއްކާވެސް އޮށޯވެލީ ނިދާލުމަށެވެ. އެދުވަހަކީ މާއީއަށް މެންދުރުފަހު ޑިއުޓީ އޮތް ދުވަހަކަށް ވުމުންނެވެ. އެނދުގައި އޮށޯތުމާއިއެކު މާއީއަށް ފުން ނިދީގެ އަރާމު ކަނޑުގައި ފީނާގަނެވުނީ ހިނދުކޮޅެއްގެ ތެރޭގައިއެވެ.
ނަމަވެސް މާއީއަށް ސިއްސައިގެން ގޮސް ހޭލެވުނީ ކަމެއް ހަނދާންވި ފަދައަކުންނެވެ. އާއެކެވެ. މިއަދު އޭނާއަށް އިކާލްއަށް ކައްކަން އެބަ ޖެހެއެވެ. މިއަދު އިކާލް ކާން ދާނެ ގެޔެއްވެސް ނެތެވެ. އެހެންޏާ ފާއިޒްމެންގެ ގެޔަށް ކާން ދިޔަ ކަމުގައި ވިޔަސް މިއަދު ފާއިޒްމެންގެ ގޭގައިވެސް ކައްކާނެ މީހަކު ނެތެވެ. އެހެންކަމުން މާއީ އޮތްތަނުން ތެދުވެ އިކާލްއަށް ކަމުދާނެ ކަހަލަ އެއްޗެއް ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނެވެ.
*******
ފަތިސް ނަމާދުކޮށްގެން އައިސް އެނދުގައި އޮށޯވެލައިގެން އޮތް އިކާލްގެ ވިސްނުން ދިޔައީ އެތައް ހާސް މޭލަކަށް ދަތުރު ކުރަމުންނެވެ. އެ ވިސްނުމާ ދުރުވާން އިކާލް ކުރި މަސައްކަތް ވަނީ ބޭކާރެވެ. އެންމެފަހުން އިކާލް އޭނާގެ ފޯނު ނަގައި ވައިފައި ޖައްސާލިއެވެ. އެއާއިއެކު ފުލުފުލުން އިންސްޓަގުރާމުންނާއި ވައިބާއިން ނޮޓިފިކޭޝަން އަންނަން ފެށިއެވެ. މާގިނައިން މެސެޖް ތައް އަންނަން ފެށުމުން އިރުކޮޅަކަށް އިކާލް ފޯނު ނިއްވާލާއިފައި ބޭއްވިއެވެ. އަނެއްކާވެސް ފޯނު ނަގައި ހުޅުވާލީ މެސެޖް ކޮށްފައި ހުރީ ކޮން ބައެއްތޯ ބެލުމަށެވެ.
ވައިބާއިން ގިނައިން މެސެޖް ކޮށްފައި ހުރީ ޑޮކްޓަރުންނާއި ނަރުހުންނެވެ. ކޮންމެ މީހެއްގެ މެސެޖްގައިވެސް އިކާލްއަށް ހިތްވަރު ދިނުމުގެ ގޮތުން ބަސްކޮޅެއް ލިޔެފައިވެއެވެ. އިކާލްވެސް އެމީހުންނަށް ރައްދެއްދީފައި ވައިބާއިން ނުކުމީ އިންސްޓަގުރާމަށް ވަނެލުމަށެވެ. އެތަނުންވެސް އެތައް ޕޯސްޓެއް އައިސްފައި ވާއިރު އިކާލް ދިޔައީ އެއިން ބައެއް ޕޯސްޓް ތަކަށް ލައިކްވެސް ދެމުންނެވެ. މީހުން ސްޓޯރީއަށް ލައިފައި ހުރި އެއްޗެހި ބަލައި ނިންމާފައި އެންމެ ފަހުން އިކާލް މެސެޖް ކޮށްފައި ހުރީ ކާކުތޯ ބަލައިލިއެވެ. އެއާއިއެކު އިކާލްގެ ދެ ބުމަ ގޮއްޖެހިގެން ދިޔައެވެ. އަދި މޫނު މައްޗަށް ފޫހިކަންވެސް ވެރިވީ ނުހަނު އަވަހަށެވެ. ރާޔާ އޭ ޖެހާފައި އިން އެ ޗެޓުން ތިރީސް މެސެޖް އައިސްފައި އިނެވެ. ނަމަވެސް އިކާލް އެމެސެޖްތައް ކިޔާކަށް ނޫޅެއެވެ. ރާޔާގެ ނަން ފެނުނަސް އިކާލްގެ ގާތަށް އަންނަނީ ފޫއްސެކެވެ. އެހެންކަމުން އަވަހަށް އިންސްޓަގުރާމުން ނުކުމެފައި އަނެއްކާވެސް ވަނެލީ ޔޫޓިއުބަށެވެ. އެތަނުގައިވެސް އިކާލް ސަބްސްކުރައިބް ކޮށްފައި ހުރި ބައެއް ޗެނެލް ތަކުން ވީޑިއޯތައް އައިސްފައި ހުރުމުން އެއެއްޗެހި ބަލަން އިކާލް އޭނާގެ އެނދުގައި ރީތިކޮށް އޮށޯވެލިއެވެ.
******
ރާކިން ހެނދުނު ތެދުވެފައި ތައްޔާރުވަމުން ދިޔައީ އަށެއް ޖަހާއިރު ހޮސްޕިޓަލަށް ދިޔުމަށެވެ. އަޅި ކުލައިގެ ގަމީހަކާއިއެކު ކަލު ޖިންސެއް ލާފައިވުމުން ރާކިން ނުހަނު ރީއްޗެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލްކޮށްލާފައި ވުމުން އަދި އިތުރަށް ރީތި ކަމަށް ދައްކައެެވެ. އެންމެ ފަހުގެ ކަމަކަށް ގަޔަށް ސެންޓް ޖަހާފައި ރާކިން އޭނާގެ ކޮޓަރިން ނުކުމީ އިރާދާ ކާން އައުމަށް ގޮވާތީއެވެ. ”މަންމާ.. މިއަދު އިކާލްއާއި ފާއިޒް މިގެޔަށް ކާން ގެންނަން ވީނުން…” ރާކިން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. ”އިކާލް އޭ.. އެއީ ކޮން ކުއްޖެއް..” އިރާދާ ވަރަށް ހައިރާންވެފައި އަހާލިއެވެ. ދުވަހަކުވެސް ރާކިން އިކާލް އެއްގެ ވާހަކަ ނުދައްކާތީ އިރާދާއަށް އެއީ ކޮން ކުއްޖެއްކަމެއް ނޭނގުނެވެ. ނަމަވެސް ފާއިޒްގެ ގޮތް އިރާދާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ”އޯ… މަންމަ ކާއިރީ އަދި ނުބުނެވޭދޯ.. އިކާލް އެއީވެސް އަހަރެންގެ ފްރެންޑެއް.. ފާއިޒްގެ މަންމަ އިކާލްވެސް ބެލީ.. މަންމައަކަށް އިއްޔެ ނުފެނޭތަ ފާއިޒްގެ މަންމަ މޫނު ބަލަން ދިޔައިރު ފާއިޒްގެ ކައިރީ ހުރި މީހެއް.. ފައިޒްގެ ކައިރީ އެހުރީ އިކާލް… ކުރިންރޭ ވަރަށް ލަހުން ގެޔަށް އައިމެންނުން.. އެދުވަހުވެސް އިކާލް މެންގެ ގެއިންނޭ އައީ.. އަދި އިކާލް އަކީ ހަމުގެ ޑޮކްޓަރެއް.. އަހަރެމެން އުޅޭ ހޮސްޕިޓަލުގަ މަސައްކަތްވެސް ކުރަނީ.. ” ރާކިން ކުޑަ ކުއްޖެއް ފަދައިން އިރާދާއަށް އިކާލް ކިޔާދެމުން ދިޔައެވެ. ނަމަވެސް އެއްގޮތަކަށްވެސް އިރާދާއަކަށް އިކާލް އެއީ ކާކު ކަމެއް ނޭނގެއެވެ. ހޮސްޕިޓަލުން ދިމާވިޔަސް ކާކުކަން ނޭނގެންޏާ އިރާދާއަކަށް ވެސް ނޭނގޭނެ ނޫން ހެއްޔެވެ؟ ”އޯކޭ.. މިއަދު މީ މަންމަ އަށް ފްރީ ދުވަހެއް.. މިއަދު އެދެކުދިންގެ ގާތު ބުނާތި އަންނާށޭ… ދަރިފުޅާ ރާކިން… މާއީ ގާތު ވެސް ބުނާތި..” އިރާދާ ވަރަށް އޯގާތެރި ކަމާއިއެކު ބުނެލިއެވެ. ނަމަވެސް ރާކިން މާއީއަކަށް ނާދެވޭނެ ވާޙަކަ ބުނުމާއިއެކު އިރާދާ އިސްދަށަށްް ޖަހާއިލިއެވެ. މާއީ އާއި އިރާދާގެ ދެމެދުގައި ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައިއެވެ. ހޮސްޕިޓަލުން ދިމާވެ ދިމާވެއެވެ.
ރާކިން އާއި ވިކާޝް ކައިގެން ހޮސްޕިޓަލަށް ދިޔުމާއިއެކު އިރާދާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެ އަލަމާއިން ކުޑަ ފޮށިގަނޑެއް ނަގައި އެނދުގައި އިށީންދެލިއެވެ. އިރާދާ އެ ކުޑަ ފޮށި ހުޅުވައިލީ ފެންކަޅިވެފައި ހުރެއެވެ. އެ ފޮށީގައި ވަނީ ގަޑިއެކެވެ. މޫނުގަނޑުގައި ކުޑަ ކުއްޖެއްގެ ފޮޓޯއެއް އިން އިރު ކަމަރު ވަނީ އަޅި ކުލައިގެ ކުޑަކުޑަ ތަޅުތަކަކުން ޖަރީ ކުރެވިފައިއެވެ. އިރާދާ އެ ނަގައި އޭނާގެ މޭގައި ޖައްސާލިއެވެ. އެޔާއިއެކު އޭނާގެ ދެލޮލުން ކަރުނަތައް ފައިބަން ފެށީ އިސްކޫރަކުން ފެން ފާބަންނަ ފަދައިންނެވެ. އޭރު އެދެލޯ ވަނީ ރަތްވެފައިއެވެ. ”ދަރިފުޅާ… މަންމަ ވަރަށް.. ވަރަށް ހަނދާންވޭ ދަރިފުޅު މަތިން… ވަރަށް ހަނދާންވޭ…” އިރާދާ އެތައް އިރަކު އެގަޑި ހިފައިގެން ރޯން އިނެފައި އެންމެ ފަހުން އެ ހުރިތަނަށް ލާފައި އޭނާގެ ވޮލެޓް ހިފައިގެން ކޮޓަރިން ނުކުމީ ފިހާރައަށް ދާން ތައްޔާރު ވެލައިގެންނެވެ.
******
ފޯނު ހިފައިގެން އޮތް އިކާލް ސިއްސައިގެން ދިޔައީ ގޭގެ ބެލް އަޅަން ފެށުމުންނެވެ. އެހެންކަމުން ފޯނު ބާއްވާފައި އަވަހަށް ގޮސް ދޮރު ހުޅުވައިލީ ކާކު ތޯ ބެލުމަށެވެ. ދޮރު ހުޅުވައިލި ވަގުތު ކުރިމަތީގައި މާއީ ތަށި ބަރިއެއް ހިފައިގެން ހުރުމުން އިކާލް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެކަން ހަނދާން ނައްތާލައިފައި އިކާލް މާއީ އަށް ވަންނަން ވަންނަން ތަން ދައްކަމުން ބޮޑަށް ދޮރު ހުޅުވާލިއެވެ. އެއާއިއެކު މާއީ އެތެރެއަށް ވަނެވެ. އިކާލްގާތު އެއްވެސް އެއްޗެއް ނުބުނެ މާއީ ގޮސް ވަނީ ބަދިގެއަށެވެ. އިކާލްވެސް މާއީ ކުރާ ކަންތައް ބެލުމަށްޓަކައި މާއީގެ ފަހަތުން ދިޔައެވެ.
މާއީ ގެނައި ކާ އެއްޗެހި ތަށި ތައްޓަށް އަޅާފައި ފާއިޒް އަށް ގުޅުމަށް އެދުނެވެ. އެއާއިއެކު އިކާލްވެސް ލަސްތަކެއް ނުކޮށް ފާއިޒް އަށް ގުޅިއެވެ. އަދި އެގެޔަށް ކާން އައުމަށް އެދުނެވެ. ފަނަރަ މިނެޓް ނުވަނީހެން ފާއިޒް ހުރީ އިކާލްގެ ގެޔަށް އައިސްއެވެ. އަދި ލަސްތަކެއް ނުކޮށް ދެމީހުންވެސް ކާން ފެށީ ބަނޑުހައިވެފައި ހުރުމުގެ ސަބަބުންނެވެ. ”އިކާލް.. ދެން އަހަރުން ގެޔަށް ބަދަލު ވާން ވީނުން.. އެކަނި އުޅެން ހާދަ ފޫއްސޭ… އިކާލް މެން ފޫހި ނުވިޔަސް..” ފާއިޒް އެހެން ބުނުމާއިއެކު އިކާލް ބަލައިލީ މާއީ އާއި ދިމާލެވެ. މާއީ ބަހައްޓާފައި އިކާލް ދުރަށް ދާކަށް ބޭނުމެއް ނުވެއެވެ. އަނެއްކޮޅުން ފާއިޒްވެސް އޭނާގެ އަމިއްލަ ގެ އަދި މަންމަގެ ހަނދާންތައް ދޫކޮށްފައި ދާކަށް ބޭނުމެއް ނުވެއެވެ. ”އޯކޭ.. އޯކޭ.. ދެން މިހެން އުޅޭނީތާ ދޯ ކިތަންމެ ފޫހިވިޔަސް…” ފާއިޒްއަށް އިކާލްގެ ހާލު އެނގި ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް އިކާލް ބަލައިލީ މާއީ އާ ދިމާލެވެ. މާއީ ވެސް އޭރު ހުރީ އިކާލްއާ ދިމާ ބަލާށެވެ.
ތިން މީހުން ވާހަކަ ދައްކަން އެތައް އިރަކު ތިބެފައި މާއީ އެތަނުން ވަކިވެލީ އޭނާއަށް ފޯނެއް އައުމުންނެވެ. ގުޅަނީ މާއީގެ މަންމަ ކަމުން ތަންކޮޅެއް ދުރަށް ޖެހިލައި މާއީ އޭނާގެ ފޯނު ނެގިއެވެ. މާއީ ދިޔައީ ވަރަށް އުފާވެލާފައި އޭނާގެ މަންމަ މުއީނާ އާ ވާހަކަ ދައްކަމުންނެވެ.
”އިކް އާއި ފާއިޒް ދާނަންތަ މާދަން ނޫން އެނެއް ދުވަހު އަހަރެންގެ ރަށަށް؟ މަންމަ އެބަ ވަރަށް ކިޔައި މި ބަންދުގައި ރަށަށް އައުމަށް.. މިހާރު ތިން އަހަރު ވަނީ ވިޔަ ރަށަށްވެސް ނުދާތާ..” މާއީ ކާން ތިބި އިކާލްމެންގެ ގާތަށް ގޮސް އޭނާގެ އެދުން ބުނެލިއެވެ. އަސްލު ހަގީގަތުގައި މާއީ އިކާލް އާއި ފާއިޒް ގާތު އެހެން އެ ބުނީ ދުވަސްކޮޅަކަށް ނަމަވެސް އެ ދެމީހުންގެ ހިތާމަތަކާއި ދުރުކޮށްލުމަށެވެ. މާއީ ފޯނު ބާއްވާފައި އެއައީ އެކަން އޭނާގެ މަންމައާއި ވެސް ހިއްސާކޮށްފައިއެވެ.
”ހޫމް.. އަހަރެންވެސް ބޭނުން މިދުވަސްކޮޅު ރަށަކަށް ގޮސްލަން… ހިތްހަމަ ޖައްސާލަން… މިހާރު ހީވަނީ ބޮލުގަ ވެސް ބޮޑުބަރެއް އެލުވާފަ ހުންނަ ހެން…” އިކާލް އަނގައަށް ރޮށިކޮޅެއް ލަމުން ބުނެލިއެވެ.
”އަހަރެންވެސް..” ފާއިޒްވެސް ވަރަށް ވެލާފައި ބުނެލިއެވެ. ދެމީހުންވެސް ދާނަމޭ ބުނުމުން މާއީ ހުރީ ނުހަނު އުފާވެފައިއެވެ.
”މާއީ.. ރާކިންވެސް ގެންދަން ވާނުން… އޭރުން މަޖާ ވާނި..” އިކާލް މާއީ ކައިރި ބަލައިލަމުން ބުނެލިއެވެ. މާއީވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެ ގޮތުގައި އެތައް އިރަކު ރާކިންގެ ވާހަކަ ދައްކަން ތިއްބާ އިކާލްއަށް ފޯނެއް އައެވެ.
”މީނަ އަވަހަކަށް މަރެއްވެސް ނުވާނެ…” އިކާލް ފޯނަށް ބަލާލައިފައި އެހެން ބުނެލުމާއިއެކު ފާއިޒް އާއި މާއީގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
”ހެލޯ.. ކީކޭ ރާކިން..” އިކާލް ފޯނު ނަގައި އޭނާގެ ކަންފަތުގައި ޖައްސާލިއެވެ. ”އާން މަ ބުނީ މިއަދު މެންދުރު 1 ޖަހާއިރު މިގެޔަށް ކާން އަންނަން ވީނުން.. ފާއިޒްވެސް..” އިކާލްގެ ފަރާތުން ޖަވާބެއް އިވުމާއިއެކު ރާކިން ފޯނު ކަނޑާލިއެވެ. އަދި ފާއިޒް އާއި މާއީގެ ގާތުގައި ރާކިން ކާން އައުމަށް ދައުވަތު ދިން ވާހަކަ ބުނެލިއެވެ.
”މާއީވެސް ދާނަން ދޯ..” ފާއިޒް އޭނާގެ ފޯނަށް ބަލަން އިނެ ބުނެލިއެވެ. ”ނޫން… މިއަދު މެންދުރުފަހު އެބޮތް ޑިއުޓީ.. އެހެންވެ ނުދެވޭނެ… މާދަމާއިން ފެށިގެން އަހަރެންނަށް އަދި ޗުއްޓީވާނީ…” މާއީ އެހެން ބުނެފަައި ގެނައި ތަށިތައް ހިފައިގެން އޭނާގެ ބަޔަށް ދިޔުމަށް ތައްޔާރުވެލިއެވެ. އިކާލް އާއި ފާއިޒް އެމީހުންގެ އަމިއްލަ ވާހަކައިގައި އެތައް އިރަކު ތިއްބައި ފާއިޒްއަށް ވެސް މީހަކު ގުޅުމުން ދިޔައީއެވެ. އިކާލް ގޭގައި އެކަނި ވުމާއިއެކު ކުރާނި ކަމެއް ނޭނގިފައި މުޅި ގޭގައި ހިނގަން ފެށިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Assalam alaikum.
Miothy VAMEY GAATHUGAI ge 3 vana Bai up vefai.. unmeedhu kuran mi Bai Vs kamudhaane kamah.. mistake huriyyaa bunela dhehchey.. eyrun improve kureveyny..
Leave a comment.. have a nice day??
MASHA ALLAH.. VR FURIHAMA.. WAITING FOR NEXT
thanks dear
Varah reethi mi part vx….
thanks dear
Masha Allah… varah reethi mi part… vs can’t wait to read next… ebai kiyaalaafa vs comment kohlaanan
thanks dear
Woww!!!! Maasha Allah❤️??? varah salhi.
thanks dear
vr rythi mi part vs..
thanks dear
wow.. vrh furihama nafu mi part vs.. good luck
thanks dear
vr furihama
thanks dear
Masha Allah.. vr vr vr vr vr vr furihama.. Hama perfect story eh.. nafu keep it up..
thanks dear
thanks dear..
Vr Rythi mi Bai vs.. dhn oii Bai kiyaalaafa Vs comment kohlaanan ingey
thanks dear
Hehe mi story vr kamudhey.. enehkolhun doctors and nurses.. vr kiyaa hiyy vey.. vr rythi
thanks dear
Salhi vrh Hama story dha goiii.. gud luck and keep it up dear
thanks dear