Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…14

ލެޕް ނިއްވާލައިފައި އޮށޯތް ތަނާ އަހަރެންނަށް ނިދުނެވެ..

ދުވަސްތައް ފާއިތު ވަމުން ދިޔައީ ވަރަށް ވެސް ހަލުވި ކަމާއެކުގައެވެ. ޓާމް ޓެސްޓްގެ ދުވަސްވަރު ކަމުން އަހަރެންގެ އިސްޓަގްރާމް އެކައުންޓް ޓެމްޕޮރެރީ ކޮއް ޑީއެކްޓިވޭޓް ކުރުމައްފަހު ހުރިހާ ވަގުތެއް ހުސްކުރީ ފޮތް ކިޔުމަށެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންނަށް ހީކުރި ވަރަށް ވުރެ ރަނގަޅު ރިޒަލްޓެއް ލިބުނެވެ.. އަހަރެންނަށް ލިބުނު ރިޒަލްޓްގެ ސަބަބުން މަންމަ އާއި ބައްޕަ އުފާވީތީ އަހަރެނަން ވަރަށް ވެސް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.. އަހަރެން ކިޔެވުމަށް އެންމެ ބޮޑަށް މަސަތްކުރާ ދެވަނަ ސަބަބަކީ އަހަރެންނަކީ މަންމަ އާއި ބައްޕަ އަބަދުވެސް ފަހުރު ވެރިވާ ދަރިއަކަށް ވުމާއި މަންމަ އާއި ބައްޕަ އަބަދުވެސް ހިނިތުންވެގެން ހުރުމެވެ.. އަހަރެން ކިޔަވާނިމިގެން ވާން ބޭނުންވަނީ ޕައިލެޓް އަކަށެވެ.. މިހެން ބުނުމުން ގިނަ މީހުނަށް ވަނީ ޖޯކަކަށެވެ.. އެމީހުން ބުނަނީ އަހަރެންނަކީ އަންހެން ކުއްޖަކަށް ވުމުން ޕައިލެޓް އަކަށް ނުވެވޭނެ ކަމެވެ.. މީ އަހަރެން ދެކޭ އަސްލަކަށް ނުވާނެ ހުވަފެން ތަކެއް ކަމަށެވެ.. ނަމަވެސް އަހަރެން ހިއްވަރު ދުލެއް ނުކުރަމެވެ.. އެހެން ބުނާ މީހުނަށް ނޭނގޭ ކަމަކީ އަހަރެންނަށް އެކަމެއް ނުކުރެވޭނޭ ބުނާ ކޮންމެ ފަހަރަކު އެކަން ކުރުމުގެ އަޒުމު ވަރުގަދަވެގެން ދާ ކަމެވެ. ކުޑައިރުން ފެށިގެން އަހަރެންނަކީ ވަރަށް ގިނައިން ފްލައިޓް ދަތުރު ކުރި ކުއްޖެކެވެ.. ޕައިލެޓް އަކަށް ވުމަށް ބޭނުންވީ އެހިސާބުން ފެށިގެނެވެ..އަހަރެން ހަނދާން ހުރެއެވެ..އަހަރެން ޔޫކޭޖީ ގައި އުޅުނު އިރު ކޮންމެ ދުވަހަކުވެސް ބާބީ ޑޯލްތަކާއި ކާރާއި ޓޭޑީ ބެއާ އާއި ކުޅެލަން ވަގުތު ކޮޅެއް ލިބޭނެއެވެ.. އަހަރެން ނޫނީ އެހެން ހުރިހާ ކުދިން އެ ކުޅެން ދާނެއެވެ ..ނަމަވެސް އަހަރެން ނުދަމެވެ.. އޭގެ ބަދަލުގައި އަހަރެން އިންނަނީ ގަނޑެއްގައި ކުރަހާށެވެ.. ކޯއްޗެއްތޯއެވެ.. އަހަރެން ހަނދާން ވާގޮތުގައި ފްލައިޓަކާއި ޕައިލެޓް ޔުނީފޯމެއް ލައިގެން ހުރި އަންހެނެކެވެ.  އަހަރެން ކުޑައިރުން ސުރެ ޕައިލެޓް އަކަށް ވުމަށް ކުރެވެން އޮތް ހުރިހާ މަސަތްކަތެއް ކުރުމަށް ވާނީ އަޒުމު ކަނޑައަޅާފައެވެ.. މިއަދާ ހަމަ އަށް ވެސް އެ އަޒުމު އެއްވެސް ބަދަލުވުމެއްނެތި ވެއެވެ.. ފްލައިޓް އަށް އަރާ ކޮންމެ ފަހަރަކު އަހަރެން ހިތައް އަރައެވެ.. އެ ކެބިން ތެރޭގައި ޕައިލެޓުން ކުރަނީ ކީއްބާއެވެ؟.. އެތަން އޮންނަނީ ކިހިނެއްބާއެވެ؟.. ބަލާލަން ދާން ވަރަށް ވެސް ބޭނުންވެއެވެ.. އެމީހުން ކުރާ ކަންތައް އަހަރެންނަށް ހަމަ އެކަނި ފެނިފައިވަނީ ފިލްމް ތަކުންނެވެ.. ގިނަ މީހުން ބުނާ ގޮތުގައި ގޯލް އެއް ކަނޑައެޅުމަކީ.. ރަނގަޅު ކަމެއް ނޫނެވެ.. ނަމަވެސް އަހަރެން ދެކެނީ އެއާ މުޅިން ހިލާފަށެވެ.. އެއީ މިހާތަނަށް އަހަރެންނަށް އާދެވުނީ، ކިޔެވުމުން އެހާ ގިނަ ކާމިޔާބުތަކެއް ހޯދުމުގައި އަހަރެންނަށް އެންމެ ބޮޑަށް އެހީވެ ހިއްވަރުދިނީ އަހަރެންގެ ގޯލް އެވެ.. ކަމަކާ ހިތް ހަމަ ނުޖެހި ނޫނީ މައްސަލަ އެއް ދިމާވާ ކޮންމެ ފަހަރަކު އަހަރެންގެ ސިކުނޑި އަހަރެންނަށް ވިސްނަދެއެވެ”ތިހެން އިނދެގެނެއް ހަމަ އެއްކަމެއްވެސް ނުވާނެއެވެ.. ވަގުތަކީ ވަރަށް ވެސް މުހިންމު އެއްޗެކެވެ.. ޕައިލެޓް އަކަށް ވާން ބޭނުން ވިއްޔާ މަސަތްކަތް ކުރާށެވެ.. އޭގައި އޮންނާނީ ހަމަ އެމީހަކު ކުރި މަސަތްކަތެކެވެ” އެ ފިކުރުގެ ސަބަބުން ކޮންމެ ފަހަރަކުވެސް އަހަރެންގެ އަޒުމު އެތަށް ގުނަ އަކަށް ވަރުގަދަ ވެގެން ދެއެވެ.. އަހަރެން އެހާ ވަރަށް އެކައުންޓިން ކިޔަަވަން ބޭނުން ވީ އިރުވެސް ސައިންސް ސްޓްރީމް ޗޫޒް ކުރީ ހަމަ އެ ސަބަބަށް ޓަކައެވެ.. ފްލައިޓް ބޯމަތިން ދާ ކޮންމެ ފަހަރަކު އަހަރެން ހިތަށް އަރައެވެ.. ކޮންމެސް ދުވަހަކުން އެ ފްލައިޓް ދުއްވަން އިންނަ މީހަކީ އަހަރެންނަށް ވާނެއެވެ..

އަހަރެން ޕައިލެޓްއަކަށް ވާން ބައްޕަ އެހާ ހިތްހަމަ އެއް ނުޖެހެއެވެ.. ނޫނެވެ އެއްގޮތަކަށް ވެސް ހިތަހަމަ އެއް ނުޖެހެއެވެ.. ބައްޕަ ބުނާ ގޮތުގައި އެއީ ވަރަށް ރިސްކީ ޖޮބް އެކެވެ .. ރަށުގައި ހުރެގެން ކުރެވޭ މަސަތް ކަތެއް ކުރާށެވެ.. ހަގީގަތުގައި ބައްޕަ ބިރުގަންނަނީއެވެ.. ހުރި ހަމަ އެކަނި ދަރިފުޅު ގެއްލިގެންްދާނެ ކަމަށް ހިތަށް ވެސް އަރުވާލަން ބޭނުންވާނީ ކާކުތޯއެވެ.. ނަމަވެސް އަހަރެން ގޮތް ދުލެއް ނުކުރަމެވެ.. ބައްޕަ އާ ހިލާފަށް މަަންމަ އަހަރެންނަށް ވަރަށް ސަޕޯޓް ކުރެއެވެ..

އަހަރުގެ ބޮޑު ޗުއްޓީ އަނެއްކާވެސް އައެެވެ.. ޓާމްޓެސްތައް ނިމުމުން ހިތަށް ލިބުނު ހަމަ ޖެހުން ބުނެދެން ވެސް ނޭނގެއެވެ.. އަހަރެންގެ އެދުމަށް މި ފަހަރު ބަންދުގައި ރަށަށް ނުދިއުމަށް މަންމަ ނިންމިއެވެ.. ސަބަބު އެންމެނައްވެސް އިނގޭނެ ކަން ޔަގީނެވެ.. އާއިކެވެ.. ރައިހާން އާއި އީޝާއެވެ.. ޔައިޝް  ކެޑޭޓް އިސްޓްރަކްޓިނގ ކޯސް ހަދައިގެން އައިތާ މާ ގިނަ ދުވަހެއް ނުވާނެއެވެ.. ޗުއްޓީ ހޭދަވެގެން ދިޔައީ ވަރަށް ފޫހިކަމާއެކުގައެވެ.. ލަޔާ ނެތުމަކީ އޭގެ އެންމެ ބޮޑު ސަބަބެވެ.. ކޮންމެ އަކަސް.. އާ އަހަރުގެ ކިޔެވުން ފެށިއްޖެއެވެ.. އަހަރެން އެދިޔައީ ގްރޭޑް 9 އަކަށެވެ.. ސުކޫލު ނިމެން އެންމެ އަހަރަކަށް ވީއެވެ. ކެޑޭޓް ވެސް ފެށުނެވެ.. ޔައިޝް ވެސް ކެޑޭޓް އިސްޓްރަކްޓަރ އެއްގެ ގޮތުގައި އަހަރެމެންގެ ޕްރެކްޓިސް ތަކަށް ދެއެވެ.. އެހެން ގޮސް އަނެއްކާވެސް އަހަރެންނާއި ޔައިޝް ވާހަކަ ދެއްކުން ގިނަވާން ފެށިއެވެ.. އެއްދުވަހަކު އަހަރެން ޔައިޝް ގާތުގައި 10 ނިމުމުން ރައްޓެހި ވާ ގޮތަށް ނިންމި ނިންމުން ހަނދާން ނައްތާލާ މިއަދުން ފެށިގެން އަނެއްކާވެސް ރައްޓެހިވެގެން އުޅެން އެހީ… ދެން ހުރި މީހާ ހިތަށް އަރާނެ އެއްޗަކަށް ވިސްނާވެސް ނުލައެވެ.. ޔައިޝް އެކަމަށް ގަބޫލު ވީ ވަރަށް ވެސް އުފާވެ ހުރެއެވެ.. 2 މަސް ވެ 3 މަސް ވެސް ވެއްޖެއެވެ. މީޓް ކުރަން ޔައިޝް ބުނާ ކޮންމެ ފަހަރަކު އަހަރެން ކޮންމެސް ބަހަނާއެއް ދައްކާފައި ނުދެވޭނެ ކަމައް ބުނަމެވެ.. އެއީ އަހަރެންނަށް އަދިވެސް ޔައިޝް ދެކެ ކުޑަކޮއްވެސް ލޯބި ނުވެވޭތީއެވެ.. ގަބޫލު ކުރަން ބޭނުން ނުވިއެއްކަމަކު އަދިވެސް އަހަރެންގެ ހިތް އެދެނީ ރައިހާން އަށެވެ.. ރައިހާން ގެ ލޮއެއްބަށެވެ.. އަހަރެންގެ އަމިއްލަ ނަފްސަށް އޮޅުވައިލައިގެން މިހެން އުޅެވޭނީ ކިތައް ދުވަހު ކަމެއް އަހަރެންނަކަށް ވެސް ނޭނގެއެެވެ.. ޔައިޝްގެ ސަބަބުން ރައިހާންގެ ހަނދާން ތަކުން ކުޑަކޮއްނަމަވެސް ދުރުވެވުނެވެ…”މައިއްކޯ….މައިޝާ.. ޕިސް ޕިސް އަވަސް ކޮއްބަލަ އަބަދުވެސް ގަޑިޖެހިގެންނޭ ޓިއުޝަނައް ތިދަނީ ތިޔައްވުރެ ހަރުދަނާ ވެބަލަ ” މަންމަ އަހަރެންނާ ދިމާލަށް ބުނިއެވެ.. ދޮގެއްވެސް ނޫނެވެ.. 8 ޖަހާ އިރު މެކްސް ޓިއުޝަނައް ދާން ޖެހެއެވެ.. މިހާރު 8:30 ވީއެވެ.. އަހަރެެން އަވަސް ކޮއްލައިގެން މަންމަ އާއެކު ރީޝާގެ ގެއަށް ދިޔައީމެވެ.. އޭރު ދެން ތިބި 3 މީހުން ވެސް އެގޭ ބޭރު ޖޯލިފަތީގައި ތިބިއެވެ “އޭ ކީއްވެ ތިތާ ތިތިބީ؟ ސޯ ނާންނަނީ؟”… އަހަރެންނަށްް ނޭނގޭތީ އަހާލީމެވެ..”އާން ކީއްކުރާނީ ވަރުގަދަ މީހެއް އެއީވެސް ދެންމެ މެސެޖް ކޮއްފަ އެބުނީ ..އައި އޭމް ސިކް އޭ އައި ކާންޓް ކަމް އޭ …އަޅެ މީހަކު ރުޅިއެއް ނާންނާނެތަ” ރީޝާ އަނގަޔައް ގޮތެއް ހަދާލަމުން ބުނެލިއެވެ.. “އޭ ދެން އާދޭ ބަލާއަންނަންދެން މިތާ އިށިންދެގެން އިންނަން…އޭރުންނެންނު ވާހަކަ އެއްވެސް ފަޅާލެވޭނީ ދޯ” ހީނާ ބުނެލިއެވެ..”އޭ އިނގޭތަ އިއްޔަ ކެޑޭޓް ޕްރެކްޓިސް އަށް ދިޔަ ވަރަށް ހޮޓް ސޯއެއް.. އަހަރެން އަނގައިން ޗޮނި ވެސް ފޭބި” ރީޝާ ބުނެލިއެވެ..”ހަމަ އެހާވެސް ހޮޓްތަ އަޅޭ އަހަރެން ބަލިވެގެން ނުދަމޭ އިއްޔެގަ…” އަހަރެން ދެރަވެލާފައި ބުނެލީމެވެ.. އެހެން ގޮސް ގަޑިޖެހެން ދެން ވާހަކަ ދެއްކުމުގައި އަހަރެމެން ތިބީމެވެ.. ގެއަށް ދެވުމުން އަހަރެން އަވަސް ވެގަތީ ކައިގެން ނިދާށެވެ.. މާދަމާގެ ހަފްލާ އަށް ދާއިރު ލޮލު ތިރީ ޑާކް ސާކަލްސް ހުންނަން ބޭނުންވާނީ ކާކުތޯއެވެ..ހަވީރުގެ ވަގުތެވެ.. ރަތް ކުލައިގެ އަތް ދިގު މަހުމާފޮތިން ފަހައިފައިވާ މަތިކޮޅަކާއި.. އުނަގަނޑުގައި ފޭލި އައްސާލައިގެން ކަޅުކުލައިގެ ޝޯލްއެއް އަޅަލުމައްފަހު އަހަރެން އަވަސް ވެގަތީ މޭކަޕް ކުރުމަށެވެ.. ނިމުމުން އަވަހަށް ސުކޫލަށް ދިޔައީމެވެ..ސުކޫލުގެ ޕްލޭ ގްރައުންޑް ގައި ރީޝާމެން ފޮޓޯ ނަގަން ތިބުމުން އަހަރެން އަވަސް ވެގަތީ އެދިމާލަށް ދިއުމަށެވެ.. އަހަރެން ފެނުމުން ރީޝާ އައިސް އަހަރެންގެ ކަންފަތުގައި ހިފަމުން ބުނެލިއެވެ..”ބަލާބަލަ ކަނާތްފަރާތުގައި ގްރީން ކުލައިގެ ގަމީހެއް ލައިގެން އެއީ އެއްކަލަ ހޮޓް ސޮރު..އައި މީން ހޮޓްސޯ އަހަ އަހަ އޭނަޔަށް ކިޔަނީ ޒައިން އޯ”..އަހަރެން ރީޝާ ބުނި ދިމާލަށް ބަލާލީމެވެ.. ކަޅު ހަންގަޑެއް ލިބިފައި ބޮޑު ދެލޮލަކާއި ކުޑަ ކުޑަ މޫނެކެވެ.. ބަލާލަން ކިތަންމެ ހާވެސް ރީއްޗެވެ ނަމަވެސް އަހަރެންގެ ޓައިޕެއް ނޫނެވެ.. ރީޝާ ހީވަނީ ބޮލަށް ފިތާލައިފައި އިން ތާވަޅެއް ހެނެވެ.. ޒައިން ކާރީގައި ހަމަ އެނބުރެނީއެވެ.. އެހެން ގޮސް ޒައިން އާއެކީ ފޮޓޯ ނަގާނެ ފުރުސަތެއް އަހަރެމެނަށް ލިބުނެވެ… އަަހަރެމެން އެންމެން ފޮޓޯ ނަގާ ނިމުނެވެ.. އެންމެ ފަހުން ޖެހުނީ ރީޝާއާއެވެ.. ރީޝާ ޒައިން ކާރިއަށް ދިއުމުން ޒައިން ރީޝާގެ ކޮންޑުމައްޗައް އަތް ވައްޓާލީ ފޮޓޯއަށް ތައްޔާރުވުމުގެ ގޮތުންނެވެ.. އެދެމީހުން ވަރަށް ވެސް ގުޅެއެވެ.. އޫޕްސް ބުނަން ހަނދާން ނެތިފަ މީނީ އަސްލު ރީޝާ އަކީ ޔައިޝް ގެ އެކްސް އެއް..އަހަރެންނާއި ޔައިޝް އާ ރައްޓެހިވެގެން އުޅޭކަން ރީޝާއަކަށް ނޭނގޭނެއެވެ.. ހަމަ އެކަނި އިނގޭނީ ލަޔާ އަށެވެ…

މިރޭވެސް 8 ޖަހާ އިރު މެކްސް ޓިއުޝަން އޮތުމުން އަހަރެން ބެލީ ގަޑި ނުޖެހި ދެވޭތޯއެވެ.. 8 ޖެހީއިރު އަހަރެން ހުރީ ރީޝާގެ ގޭގައެވެ.. ރީޝާ ހުރީ ވަރަށް ފާޑަކަށެވެ.. މަޑުން ނީންނަ އަބަދުވެސް އަނގަތަޅާ ރީޝާ މިއަދު އިނީ ވަރަށް ވެސް މަޑުންނެވެ.. ކޮންމެސް ކަމެއް ވެއްޖެކަން އަހަރެންނައް އެނގުނެވެ. މަންމަ ގުޅާފައި މިރޭ ބަލާ އާދެވޭނީ ތަންކޮޅެއް ލަހުން ކަމައް ބުނިއެވެ.. ފުރުސަތުގެ ބޭނުން ހިފައި ރީޝާ އާ ވާހަކަ ދައްކަން އަހަރެން ނިންމީމެވެ.. ރީޝާގެ ކޮޓަރިއަށް އަހަރެން ވެންނީމެވެ.. އަހަރެން ފެނުމުން ރީޝާ ހިނިތުންވެލާފައި ލޮލުން ފޭބި ކަރުނަ ތައް ފުހެލި ތަން އަހަރެންނަށް ހަމަ ރީއްޗައްވެސް ފެނުނެވެ..”ކުރީބައިގައި މި ބުނަނީ އިނގޭ އަހަރެން ކާރީ ދޮގުހަދަން ނުވިސްނައްޗޭ.. ވީ ކަމެއް ބުނޭ ނުބުނެ ކިތަންމެ ވަރަކަށް ކަރުން ބޭލިއަސް ނުވާނެ ހަމަ އެއްކަމެއްވެސް” އަހަރެން ބުނީމެވެ..”ނު..ނުވެޔޭ އެއްކަމެއް ވެސް ޖަސްޓް ފަމިލީ ޕްރޮބްލެމް”.. “ތެދު ހަދަން އަދި ވެސް ބޭނުން ނުވަނީ ..ބުނޭ ވީ ކަމެއް” އަހަރެން ގޮތް ދޫ ނުކޮއް ކިޔަން ފެށުމުން އެންމެ ފަހުން ރީޝާ ވީގޮތް ކިޔާ ދިނެވެ..” ޕްރޮމިސް ކުރޭ އެކަކު ކާރީވެސް ނުކިޔާނެ ކަމައް”..” ނޫނޭ ނިއުސްޕޭޕަރުގައި ޖަހާނަން ތިވާކަ އެހެންޏާ.. ނުބުނާމޭ ޕިސް ޕިސް” އަހަރެން ބުނެލީމެވެ..”ހޫން އެއްކަމަ މައީގަނޑު.. އަހަރެން އުޅެނީ ޒައިންސޯ އާށ ރައްޓެހިވެގެން އެކަން ކޮންމެސް ގޮތަކަށް މޭމް އަށް އެނގުނީ.. އަހަރެންނަކަށް ނޭނގެ ކިހިނެއް ކަމެއް.. ދެން މޭމް ފާޑަކަށް އަހަރެންނަށް ލެކްޗަރު އެޅީ ..ޒައިން އަށް ބިރު ވެސް ދެއްކި ރުޅި ނުވެއްޖިއްޔާމު ޖޮބުން ކަނޑާލާނަމޭ ކިޔާފަ ..އަހަރެންކާރީ ވެސް ބުނި ޕްރޮމޯޝަން ލިބޭނެ ކަމައް ހިތައްވެސް ނާރުވާޝޯ”… ރީޝާ އަނެއްކާވެސް ރޯންފެށިއެވެ..”މަޑުކޮއްބަލަ.. ކޮބާ މައްސަލަ އަކީ އައި މީން ތިދެމީހުންދޭ ތެރެއަށް މޭމް އައީ ކިހިނެއް…މޭމް ލައިކް ވަނީ ޒައިންސޯ ދެކެ؟؟؟؟؟”..”އޯމައި ގޯޑް ނޫން.. އަސްލު މޭމް ގެ ކުށެއްނޫން އަހަރެން މީގަ އިލީގަލް ކަމެއް ކޮއްގެން މިއުޅެނީ.ލުކް އަހަރެން މީ ކެޑޭޓް އެންނު ލާންސްކޯޕްރަލް ދޯ.. އެންޑް ޒައިން ސޯ އަކީ ކެޑޭޓް އިންސްޓްރަކްޓާ އެއް.. ކެޑޭޓް އަކާ އިންސްޓްރަކްޓާ އަކާ ލަވް ރިލޭޝަން ޝިޕެއްގަ އުޅުމަކީ މަނާ ކަމެއް.. އެހެންވެ..”.. ވަގުތުން އަހަރެންގެ ދެލޯ ބޮޑުވިއެވެ.. އަހަރެން ހަނދާން ވީ އިހައްދުވަހަކު ޔައިޝް ދެއްކި ވާހަކައެވެ..”ޔައިޝް..އޯކޭތަ އަހަރެންގެ ކްލާސް މޭޓްސް ކައިރީ އަހަރެމެން ދެމީހުންގެ ވާހަކަ ބުންޏަސް؟؟ އަހަރެން ސިންގަލް އޯ ކިޔައިގެން މިހާރު އަހަރެންނައް މީހުންވެސް ހޯދާ އެބަ އެހެންވެ އަހަ އަހަ”…”ނޫން ޓްރަސްކުރެވޭ މީހުން ކައިރީ އެކަނި ބުނަންވާނީ އަހަރެންމެން ދެމީހުން ރައްޓެހިވެގެން އުޅޭވާހަކަ މާ ގިނަ މީހުނައް އެނގިއްޖިއްޔާ މައިޝާ އަށް ވެސް އަހަރެންނައްވެސް ލިބޭނީ ހަމަ ގެއްލުން”…”ކީއްވެހޭ ގެއްލުން ލިބެން ވީ އަޖައިބެއްނު ކޮންމެސް ސަބަބެއް އޮންނާން ވާނެ އެންނު”…” އަހަރެން މި ބުނީ އެންނު ދެން އިތުރަށް ސުވާލު ނުކޮއްބަލަ މައީ”…” އަޖައިބެއް އިނގޭ ތީ ޔައިޝް އަހަރެންދެކެ ލޯބި ނުވަނީ އޭ ދޯ ތީގެ މާނަ އަކީ މީސް މީހުނައް އެނގިދާންތީ ބިރުގަންނަނީ ދޯ.. އަހަރެން ހީއެއް ނުކުރަން ޔައިޝް ތީ ތިކަހަލަ މީހެއް ކަމަކަށް”…”ޕިސް ޕިސް މައީ ތި ވިސްނަނީ މުޅިން ގޯސް ކޮއް މިގަޑީ އަހަރެން އޮފް މިވަނީ މައީ ތަންކޮޅެއް ހަމަ ޖެހިލީމަ ވާހަކަ ދައްކަން ބޭނުމީ އެހެން ނޫނީ މިކަން ތައް ނިމުން އޮންނާނީ މާދުރަކު ނޫން ހެން އަހަރެންނަށް ހީވަނީ މައީގެ މޫޑު ހުރި ގޮތުން .. ހަނދާން ނައްތާނުލައްޗޭ އަހަރެން މައީދެކެ ވަރަށް ބޮޑަށް ލޯބި ވޭ ބައީ”

ޔައިޝް އެދުވަހު އެހެން ބުނީ ކީއްވެގެން ކަން އަހަރެންނައް އެނގުނެވެ.. ޔައިޝް އަކީ އިންސްޓްރަކްޓާ އަކެވެ އަހަރެންނަކީ ކެޑޭޓެކެވެ.. ޔައިޝް އާ ދިމާލަށް އެގޮތަށް އެއްޗިސް ކިޔުނީތީ އަހަރެން ދެރަވިއެވެ.. ރީޝާ އެ ވާހަކަ އަހަރެންނާ ޝެއާ ކުރީތީ އަހަރެން ރީޝާ ކާރީގައި އަހަރެންނާއި ޔައިޝް ގެ ވާހަކަ ވެސް ބުނީމެވެ..”ވަޓް ދަ … ދޮގު ނަހަދާ  ބުނެވެސް ނުލާ އެކަމް ބަލައިގެން އުޅެއްޗޭ އަހަރެން ބުއި ކަހަލަ ބޮނޑިއެއް ނުބޮއްޗޭ”..”ޔެސް މެޑަމް”…ރީޝާ އަހަރެން ގައިގައި ބައްދާލިއެވެ.. ވާހަކަ ތައް ހިއްސާ ކޮއްލެވުމުން އަހަރެމެން ދެމީހުންގެ ހިތައްވެސް ހަމަ ޖެހުމެއްލިބުނެވެ……….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Psycho lover

    same thing happened to me.. haha that was probably not a good thing but i enjoyed doing that… so i guess u r a cadet too… aren’t u… btw story is amazing

    1. lilly
      Psycho lover

      thank u sooo much …i am not a cadate ?❤❤❤?

  2. Nayaa

    Awnnn Lilly… As usual mi prtt vrhh salhi.. This is my favorite story and knme dhuvahaku beleyy mi stryy up kohlafa inthww.. Curiously waiting for the next part…. Raihaan ge bai gina kohlahcheyy.. Lysssssssm… Whn is the next part??? Huge fan of yours…. #the biggest fan of lilly….. ????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤?????????????❤???❤???❤???❤???❤???❤???????????❤??????……

    1. lilly
      Nayaa

      thank u soooooooooooooooooooooooooooooo much nayaaaaa.. for supporting me like that…lysmmmmmmmmmm❤❤❤❤.. next part mi submit kurany hama ❤❤❤❤

  3. Umny ???

    Wow it’s amazing and when is the next part?

    1. lilly
      Umny ???

      thank u umny.. i am submitting the next right now❤❤❤❤❤❤

  4. Lamko

    Omg??? lilly ur so creative…. This is my favourite stoy in this site….. N the beatiful story ever?i read?
    But i want to know whats going to happen in nxt part…
    Avahah up kollahchey nxt part…. Curiously waiting fie nxt…. Will always support u… Lysm???❤️❤️???❤️

    1. lilly
      Lamko

      alhey thank u sooo much lamkoooo.. without u guyss support i wont be able to write this story … ur one of my fav reader lysmmmm❤❤❤❤❤❤

  5. aphxx

    Dhyburii… wow … YAISH dhera nukohlahye
    Inba rashah dhanoo konirakun? Hey maadhan haveeru miscall eh dhee magulhaanen

    1. lilly
      aphxx

      sorry for the late reply sis.. no wifi thats why ?❤?????

  6. aphxx

    Wow dhyburi , so proud of ur creativity Lil sis?
    N all readers lily is currently at her island n that’s y she cannot upload the story as there is no internet connection, but soon she will upload
    Thank u for all ur support , hope u understand

    1. lilly
      aphxx

      thank u soooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo much behena❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.