މެސެޖެއްއައެވެ ..ޔައިޝްގެ ފަރާތުންނެވެ…”ޕިސް ޕިސް ކިތަށް އައިޑީ ގެންގުޅޭނެ ކަމަށްތަ ތިއުޅެނީ” ޔައިޝް ކޮއްފައި އިން މެސެޖް އަށް އަހަރެން ރިޕްލައި ކުރީމެވެ..”ކޮބާތަ މައްސަލަ އަކީ މީ 5ވަނަ އައިޑީ..އަހަރެން ކުރިން ގެންގުޅުނު އައިޑީ ޑިލިޓް ކޮއްފައޭ އާ އައިޑީއެއް ހުޅުވަންޏާ ހުޅުވަނީ”…”ތިއެއް ނޭނގެ މިހާރު މައިޝާއަށް ފޮލޯ ކުރެވުނު އަދަދެއްވެސް ނޭނގެ”…”ތީގަ އަހަރެންގެ މައްސަލަ އެއް ނެތެންނު ކާކު ބުނީ އަހަރެންނަށް ފޮލޯ ކުރާށޭ…ހަމަ ގައިމުވެސް އަހަރެންނެއް ނުބުނަން..”އަހަރެން ވެސް ދުލެއް ނުކުރަމެވެ…”ހޫން..ދެން ހެވޭ މަންޖޭ ކޮބާ ކައިފިންތަ؟ ކޯޗެއް ކެއީ.. މީރުތަ؟ ނުބައި ދޯ؟ ” ޔައިޝް ވާހަކައިގެ މައުލޫބަދަލުކޮއްލިއެވެ.”ޕިސް ޕިސް ތި ހުރިހާ ސުވާލެއް އެއް ފަހަރާ ކުރީމަ ޖަވާބު ދެވޭތަ..”…”ދިނީމަ ދެވޭނެ ހުރިހާ އެއްޗެއް ވެސް” އެހެން ބުނަމުން…އެއްލޯ މަރައިގެން އިންނަ އިމޯޖީ ފޮނުވިއެވެ… އެހެން ގޮސް ޔައިޝް އާ ވާހަކަ ދައްކަން އެތަށް އިރަކު އިނދެވުނެވެ… ގިނަ ދުވަސް ވީ ވަރަކަށް ޔައިޝްގެ ގޮތް އަހަރެންނަށް އިނގެން ފެށިއެވެ… އަހަރެމެން ދެމީހުންގެ ދޭތެރޭ…އެކުވެރިކަން ބިނާވިއެވެ.. ދުވަހުގެ ގިނަ ވަގުތު އަހަރެންނަށް ހޭދަކުރެވެނީ..އިންސަގްރާމް އިން ޔައިޝް އާ ވާހަކަ ދައްކާށެވެ.. ސުކޫލު ތެެރެއިން އަހަރެމެން ދެމީހުން ވަރަށް ދިމާނުވެއެވެ.. ނަމަވެސް ކެޑޭޓް ޕްރެކްޓިސްގެ ތެރެއިން އަބަދުވެސް ދިމާވެއެވެ.. އަހަރެން ރައިހާން މެން ގެއަށް ދާ ދިއުން މަދުވިއެވެ.. އެކަމާ ލަޔާ އަހަރެންނާ ސުވާލު ނުކުރީ.. ސަބަބު އިނގޭތީއެވެ.. އެއީ ބުރާސްފަތި ދުވަހުގެ ރެއެވެ.. އަހަރެން އިނީ އިންސަގްރާމް އިން ޔައިޝް އާ ވާހަކަ ދައްކާށެވެ.. ކުއްލިއަކަށް އައީ ލަޔާގެ މެސެޖެކެވެ..”ޑޫޑް ބިޒީތަ އަހަރެން މިއުޅެނީ ވަރަށް ވައި ވެގެން ކަމަނާފާނު ވެސް ލޮލުން ކަރުނަ ބާލަނީ ދޯ ރައިހާން މަތިން މިސްވާތީ އަހަ އަހަ.” ލަޔާ ހައްދާލަން މިއީ ރަނގަޅު ފުރުސަތެކޭ އަހަރެން ހިތަށް އެރިއެވެ.. “އޭ ޔައީޝޫ އެބައޮތް މިޝަން އެއް.. މި ލަޔާ ހައްދާލަން ހިނގާ… ސްކްރީން ޝޮޓެއް ނެގޭވަރަށް ލަވް ކުއޯޓްސް ލިޔެފަ މެސެޖުކުރަން ހިނގާ” އަހަރެންއަވަސް އަވަހަށް ޔައިޝް އަށް މެސެޖް ކޮއްލީމެވެ.. ޔައިޝް އޯކޭއޭ ބުނިއެވެ.. “ސޯ ލެޓް ސްޓާޓް އަހަރެން 123 އޭ ބުނީމަ ތި ބޭފުޅާ ފަށާ އިނގޭ”…”އޯކޭ މެޑަމް”…”123″…”އައި ލަވް ޔޫ މައީ”…”އައި ލަވް ޔޫ ޓޫ ޔައިޝް”..”އައި ވިލް އޮންލީ ލަވްޔޫ ޓިލް މައި ލާސްޓް ބްރެތް މައީ އައި ލަވް ޔޫ ސޯމަޗް ބޭބީ”…”ޔޫ އާދަ ބެސްޓް ތިންގް ދެޓް އެވާ ހެޕެންޑް ޓުމީ”…”އައި ޑޯންޓް ވޯންޓް އެނީތިނއެލްސްް އިން މައި ލައިފް ބަޓް ޔޫ މައީ”…”އިފް ނަތިން ސްޓޭސް ފޯ ފޯރްއެވާ…ޔުއާ މައި ނަތިން”…”ވިލް ޔޫ ބީ މައި ގާލް ފްރެންޑް މައީ؟؟؟؟؟ ހާމޯޝް!!!!!!!! މިހާރު ސްކްރީންޝޮޓަކަށް ވާ ވަރު ވެއްޖެހެން ހީވަނީ ލެމްމީ ޓްރައި އިނގޭ ތޭންކިއު ފޯ ޔުއާ ހާޑް ވޯކް ޔައިޝް އަހަ އަހަ އަހަ” ޔައިޝްގެ ރިޕްލައި އެއް ނައުމުން އަހަރެން އަވަސް ވެގަތީ ދެންމެ ނެގި ސްކްރީން ޝޮޓް ލަޔާ އަށްފޮނުވުމަށެވެ. “ވަޓް ދަ.. ސޭޔެސް އޯރއެލްސް އައި ވިސް ކިލްޔޫ ސޭޔެސް ސޭޔެސް ” ލަޔާ ހަމަ ރީއްޗައްވެސް ހައްދާލެވުނީތީ އަހަރެންނަށް މަޖާވިއެވެ. ޔައިޝްގެ ފަރާތުން މެސެޖެއް އައުމުން އަހަރެން ބަލާލީމެވެ.. “ސޯ ވަޓްސް ޔުއާ އާންސާ ޔެސް އޯ ނޯ”…”އޯ ޔައިޝް ކަޓް ދަ ކްރެޕް.. ޑްރާމާ ގަޑި ނިމިއްޖެ މިހާރު ލަޔާ އަށް ސްކްރީންޝޮޓް ވެސް ފޮނުވައިފިން އޭނަ ހީކުރަނީ ތެދު ކަަމަށް އަހަ އަހަ”…”މައީ އައިއެމް ރިއަލީ ސީރިއަސް.. ލަޔާ އަށް ފޮނުވަން ނެގި ސްކްރީންޝޮޓް ގައި އަހަރެން ބުނެފައިވައި ހުރިހާ ވާހަކަ ތަކަކީ އަަހަރެންގެ ހިތުގެ އެންމެ އަޑިން ބުނި ޖުމްލަ ތަކެއް.. އަހަރެން ސީރެސް ކޮއްވެސް މައީ ދެކެ ވަރަށް ލޯބިވޭ”…އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.. މިހެން ޔައިޝް އަހަރެންނަށް ކޮންފެސް ކޮއްފާނެ ކަމަށް އަހަރެން ހިތަށް ވެސް ނާރައެވެ.. އަހަރެނަނަށް ހަދާނެ ގޮތެއް ނޭނގުމުން ލަޔާ އަށް މެސެޖް ކޮއްލީމެވެ.. ނަމަވެސް އެއްވެސް ރިޕްލައި އެއް ނައުމުން އޮފް ވީކަން އެނގުނެވެ.. އަހަރެން އެންމެ ފަހުން ޔައިޝް އަށް ޔެސް އޭ ކިޔާފައި މެސެޖު ކޮއްލީ ހަދާނެ އިތުރު ގޮތެއް އަހަރެންގެ ޅަ ސިކުނޑިއަށް ނައުމުންނެވެ..”ޔޭ ޔޭ.. ސީރެސް ކޮއްތަ؟؟؟ މައީ އައި ކާންޓް ބިލީވް ދެޓް ޔޫ އެކްޗުއަލީ ސެއިޑް ޔެސް.. ތެންކިއު ފޯ ގިވިން މީ ދިސް ޗާންސް ލަވް ޔޫ”…އަހަރެން ގެ ޖަވާބު ވަރަށް ވެސް ކުރެވެ”ލަވް ޔޫ ޓޫ”…ދުވަސް ތަށް ފާއިތު ވަމުން ދިޔައީ ވަރަށް ވެސް ހަލުވިކަމާއެކުގައެވެ. އަހަރެންނާއި ޔައިޝް ރައްޓެހވެިގެން އުޅޭތާ 1މަސްވެއްޖެއެވެ.. ދުވަހަކަށް ވުރެ ދުވަހެއް އަހަރެން ދަނީ.. ޔައިޝް މަތިން ފޫހި ވަމުންނެވެ.. ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ.. އަހަރެމެން ދެމީހުން ވާހަކަ ނުދެއްކި ތިން ހަތަރު ދުވަސް ވާ ފަހަރު ވެސް އާދެއެވެ.. ޔައިޝް ކުރާ ގިން މެސެޖުތަކަށް އަހަރެން ރިޕްލައި އެއް ނުކުރަމެވެ.. ކުރަން ބޭނުމެވެ.. ނަމަވެސް ކުރާހިތެއް ނެތެވެ.. އޭގެ ތެރެއިން އެއް ދުވަހެވެ..”ބޭބީ ކައިފިންތަ؟………. ބިޒީ ތަ އަނެއްކާ” ޔައިޝް ހުއްޓުމެއްނެތި މެސެޖުކުރަން ފެށުމުން ރިޕްލައި ކުރަން އަހަރެންނަށް މަޖުބޫރު ވިއެވެ…”އަނެން ހެން ބިޒީ އެއްނޫން ސޮރީ ލަހުން ރިޕްލައި ކުރެވުނީމަ.. އެބައޮތް ވާހަކަ އެއް ބުނަން ވެފަ.. މި ވާހަކަ ޔައިޝް ކާރީ ބުނަން ވިސްނާތާ މިހާރު ދުވަސްކޮޅެއް ވެދާނެ..ޔޫނޯ ދޯ މި އަހަރުގެ ފަހު ޓާމް ޓެސްޓާ ޖެހެން ދެން އޮތީ އެންމެ ދެ ހަފްތާ ކަން “…”ދެން ކިހިނެއްވީ”…”އަަަހަރެން ބޭނުން ރަނގަޅު ރިޒަލްޓް ގެންނަން ސޯ ލެޓްސް ބްރޭކް އަޕް؟؟ 10 ނިމުނީމަ ވާގޮތަށް ޔައިޝް ބޭނުމިއްޔާ.. ނޫނީ އަހަރެންނަށް ވަރިހަމަ ޔައިޝް އެހެން ކުއްޖަކާ ރައްޓެހި ވިއަސް”… އަހަރެން ހުރީ ވަރަށް ވެސް ބިރުންނެވެ.. ޔައީޝް ހިތަށް އަރާނީ ކޯޗެއް ކަންް ނޭނގެއެވެ.. “އައި އަންޑާ ސްޓޭނޑް.. އަހަރެންގެ ފަރާތުން މައީ އަށް ކިޔެވުމަށް އެއްވެސް ދަތި ކަމެއް ވާކަށް އަހަރެން ނޭދެން އެހެންވީމަ މައީގެ ތި އެދުމަށް އަހަރެން އެއްބަސް”…ޔައިޝް އެކަމަށް އެއްބަސް ވުމުން އަހަރެން އުފާވިއެވެ.. ނަމަވެސް ޔައިޝް އެހެން އެބުނީ ހިތާ ދެކޮޅަށް ކަން އަހަރެންނަ އިނގެއެވެ.. ނަމަވެސް ކީއްތޯ ކުރާނީ… އަސްލު ޔައިޝްގެ ފަރާތުން އަހަރެންނަށް ކިޔެވުމަށް އެއްވެސް ދައްޗެއް ނުވެއެވެ..ޔައިޝް އާ ދުރުވަން އަހަރެން ހަމަ ބޭނުންވީއެވެ.. ޔައީޝް އަކީ ވަރަށް ވެސް ރަނގަޅު މީހެކެވެ.. ޔައިޝް އަހަރެންނާ ދޭތެރޭ ކަންތައް ކުރަނީވެސް ވަރަށް ރަނގަޅަށެވެ.. ނަމަވެސް މީގެ މައްސަލަ އަކީ އަހަރެންނެވެ.. އަހަރެންނަކަށް ޔައިޝް ދެކެ ލޯބިއެއް ނުވެވުނެވެ.. ލޯބި ވެވޭތޯ ވަރަށް ވެސް މަސަތްކަތްކުރީމެވެ ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.. މާ ލަސް ވެއްޖެނަމަ މިއަށް ވުރެ ބޮޑަށް ޔައިޝް ހިތުގައި ޖެހި ދާނެތީ އަހަރެންނަށް މި ގޮތަށް ކަން ކުރަން މަޖުބޫރުވީއެވެ.. އަހަރެން މީ ހާދަހާ ގޯސް މީހެކޭ ހިތަށް އެރިއެވެ.. މީހުން ބުނާ އަޑު އަހަމެވެ.. ތިމާ ލޯބިވާ މީހާއަށްވުރެ ތިމާދެކެ ލޯބިވާ މީހެއް ހަޔާތުގެ ބައިވެރިއަކަށް އިހްތިޔާރުކުރުން މާ ބޮޑަށް ވެސް ބުއްދިވެރިއެވެ.. ނަމަވެސް އަހަރެންގެ ހިތް އެކަމަކަށް އެއްބަހެއް ނުވިއެވެ.. އަހަރެން ގިނަ ވަގުތު ހޭދަ ކުރަނީ ގޭގައެވެ.. ބޭރަށް ވެސް ގޮސް ނުލަމެވެ.. މަދު މަދުން ޔައިޝް އާ ވެސް ވާހަކަ ދެއްކެއެވެ.. ރައްޓެއްސެއްގެ ހައިސީއަތުންނެވެ.. ހަވީރުގެ ވަގުތެވެ.. އަހަރެން އޮތީ ގަދަ ނިދީގައެވެ. “މިހިރަ ބޮޑު ލޮޑެއް ހަމަ މިހާރު ތެދުވޭ.. އޭ ތެދުވާށޭ.. މޫނަށް ފެން ބާލިދިއެއް އޮއްސާލަން ވީތަ” އަހަރެންނަށް އިވުނީ ޖިމާގެ އަޑެވެ.. ލަޔާ ފެން ބާލިދީއެއް އޮއްސާލާށޭ ބުނިއަޑު އަހަރެންނަށް އިވުނެވެ.. އަހަރެން އަވަހަށް ތެދުވެ އެނދުމަތީގައި އިށީންނީމެވެ.. ކަމަކު ދާކަށް ނެތެވެ… މިއޮތީ ފައުޖު އެއްކޮއް އައިސް އަހަރެންގެ ކޮޓަރި ފުރާލާ ފައެވެ.. ލަޔާ އާއި ކްލާހުގެ އެހެން 5 އަންހެން ކުދިންް ތިއްބެވެ.. އެމީހުން ތިބީ ޝޯލް އަޅާ ރީތިވެގެނެވެ.. ހިނގާލަން ދާން އަހަރެން ބަލާ އައީ ކަން އެނގުމުން ފިލަން ދާން ދުއްވައިގަތީމެވެ… ނަމަވެސް ދޮރުކައިރީގައި ހުރި ޖިމާ އާއި ޔޫޝާ ހަލުވިކަމާއެކު އަހަރެން ދެ އަތާއި ދެފައި ގައި ހިފައި އެނދުމައްޗައް އެއްލާލިއެވެ…”ކޮއްތާކަށް ދާން ކަމަށް ތަ ގޮއްޔޭ… ވަރަށް ފިލިއްޖެންނު.. މިއަދު ޖެހޭނީ ހަމަ ދާން” ޖިމާ ބުނި އަޑު އިވުނެވެ..އެމީހުނާ އެކީ ދިއުން ނޫން ގޮތެއް ނެތް ކަން އެނގުމުން އަހަރެން އެންމެ ފަހުން އެއްބަސް ވީމެވެ..”އޯކޭ އޯކޭ ޔޫ ގާއިސް ވޮން..އެކަމަކު ކުރީ ބަިއގައި ބުނެލި ނަމަ ދޯ ރެޑީ ވާންވެސް އިނގޭނީ..ތިހެން އައިސްް މީސް މީހުންގެ ކޮޓަރިތެރެއަށް ވަދެގަތީމަ ކަމެއް ވޭތަ” އަހަރެން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލީމެވެ..”ކީކޭ ކިޔާކައްތަ ގޮއްޔެ ނިދަން އޮތީމަ ފެނޭތަ ކޮއްފަ ހުންނަ މެސެޖުތަށް މިއަދު ސުކޫލުން އައި ގޮތަށް އޮންނާނެ ގްރޫޕް ތެރޭ މެސެޖް ކޮއްފަ ދާ ވާހަކަ”…”ހޫން ދެން ހެވޭ” އަހަރެން ފާހަނައަށް ވަދެ މޫނު ދޮވެލައިގެން ނިކުތް އިރު.. އެނދުމަތީގައި އަތްދިގު މަތިކޮޅަކާއި ޖިންސެއް އިސްތިރިކޮއްފައި އޮތެވެ.. އެއީ މިތިބަ މީހުންގެ ކަންތައް ކަން އަހަރެންނަށް އެނގުނެވެ.. އަހަރެން އަވަހަށް އެއްޗިސް ލައިގެން ޝޯލް އަޅާލީމެވެ.. އަހަރެމެނަށް ބޭރަށް ދެވޭ ވަރު ވީ 5 ވެސް ޖެހި ފަހުންނެވެ.. “ބަލާބަލަ މިހާރު ގަޑިން 5 ޖެހީ ހުސް މައީގެ ކަންތައް” އޫޝާ ޝަކުވާކޮއްލިއެވެ…”ހޫން ކާކުތަ ބުނީ އަހަރެން ގޮވައިގެން ދާށޭ” އަހަރެން ވެސް ގަދަކޮއްލީމެވެ.. އެގޮތަށް އެކި އެކި ވާހަކަ ދައްކަމުން ދިޔައީ އަތިރިއާ ދިމާލަށެވެ.. އަހަރެން އަދި ވެސް ހުރީ ފާޑަކަށް ނިދި ބުރާންތި ކާފައެވެ.. “އޭ މައީ ބަލަ އެޔޮއް ދަނީ ކާކުތަ.. އަހަ އަހަ މިސްޓާ ދީވާނާ” ލަޔާ އަހަރެންގައިގައި ކޮއްޓާލާފައި ކުރިމަތިން ހުރަސް ކުރި ޔޫއާން ދައްކާލިއެވެ.. އަހަރެން ވަގުތުން މޫނު އަނެއްފަރާތަށް އަނބުރާލީމެވެ..”އޭ ބަލާބަލަ މައީ އާ ދިމާލަށް ބަލަހައްޓައި ގެނޭ އެހުރީ.. އެ ފަކީރު އެހުރީ ހަމަ ރަނގަޅަށް ވެސް ދީވާނާ ވެފަ” އޫޝާ ބުނެލިއެވެ.. އެއްމެން އެއްްއަޑަކުން މައިޝާ އޭ ކިޔަން ފެށިއެވެ.. އެއީ ޔޫއާން އަށް ޖެއްސުން ކުރަން ކަން އަހަރެންނަށް އެނގެއެވެ.. އެދުވަހު ގެއަށް އައި އިރު 6 ޖަހާފާނެއެވެ.. އަހަރެން ގޮސް އިސްޓަގްރާމް އިން އޮން ވެލީމެވެ.. ޔޫއާން އަނެއްކާވެސް ފޮލޯރިކުއެސްޓެއް ފޮނުވާފައި އިނުމުން ޑިލިޓް ކޮއްލީމެވެ..މި ފަހަރު ޔޫއާން ދުލެއް ނުކުރިއެވެ.. ޑިލިޓް ކޮއްލާ އިރަށް އަލުން ފޮނުވައެވެ.. އެންމެފަހުން ބޮލަށް އުނދަގޫވެގެން އަހަރެން އެ އެކްސްޕެއްޓް ކުރީމެވެ..މެސެޖެއް އައެވެ ޔޫއާން ގެ ފަރާތުންނެވެ..”ތޭންކްސް ރިކުއެެސްޓް އެކްސެޕްޓް ކުރީތީ”…”ވެލްކަމް”…”ކޮބާ މައީގެ ބޯއީ ފްރެންޑް”…”ނުހުރޭ”…”އަހަރެން ހީކުރީ އަހަރެން ރިޖެކްޓް ކޮއްލާފަ އެހެން މީހަކާ ރައްޓެހިވީކަމަށް”…”އެހެން”…އަސްލުވެސް ބުނެބަލަ.. އަހަރެން ރިޖެކްޓް ކުރި ސަބަބަކީ ކޮބާތަ؟” ޔޫއާން އަނެއްކާވެސް އެވާހަކަ ފެށިއެވެ.. ޔޫއާން ފޮނުވާ ފޮލޯ ރިކުއެސްޓް އެކްސެޕްޓް އަހަރެން ނުކުރަނީ މި ސަބަބާ ހުރެއެވެ.. ޔޫއާން ކުރާ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެން އަތުގައި ނެތީމައެވެ.. ނަމަވެސް މިފަހަރު ރީތި ކޮއް ސާފު ދިވެހި ބަހުން ޔޫއާން އަށް ވިސް ނަދޭން އަހަރެން ނިންމީމެވެ..”އެއްވެސް ސަބަބެއް ނެތް”…”ސަބަބެއް ނެތިއްޔާ އަހަރެން އަދިވެސް މައީ އަށް އިންތިޒާރު ކުރާނަން މައީ އަހަރެންނަށް ރަނގަޅު ޖަވާބެއް ދޭ ދެކަށް “…” އަހަރެންގެ ޖަވާބަކީ ނޯ އަބަދުވެސް”…”ދެން އިޓްސް އިނަފް ފޯމީ އެކަމް ލެޓްމީ އާސްކް ޔޫ .. މައީ ގަބޫކު ކުރަންތަ އަހަރެން މައީ ދެކެ ލޯބިވާކަން ؟”…”އާން ކުރަން”…”އަޅެ އެހެންވެއްޖުއްވާ ހަމަ އެންމެ ޗާންސެއް ދީ.. އައި ވިލް ޝޯޔޫ ހައު މަޗް އައި ލަވްޔޫ.. މައީ އަހަރެންނަށް ތިހެން ނަހަދާ.. އައި އޭމް ބެގިން ޔޫ”…”ޔޫއާން ލޮއެއްބަކީ އާދޭސް ކޮއްގެން ލިބޭނެ އެއްޗެއް ނޫނޭ..މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ.. ޔޫއާން އަހާ ކޮންމެ ފަހަރަކު އަހަރެން ރީއްޗަށް ބުނަން ނޫނެކޭ..ތިކަން ހުއްޓާލާފަ އަހަރެން މަތިން ހަނދާން ނައްތާލާކަށް ނުވިސްނަންތަ؟…”އެހެން ކަން ކުރަން އަހަރެންގެ ހިތަށް ވެސް ނާރާ… އަހަރެން މައީ ދެކެ މިވަރަށް ލޯބިވާ އިރު ކިހިނެއް މައީ މަތިން ހަނދާން ނައްތާލެވޭނީ.. ޔޫއާ މައި ޓްރޫ ލަވް “…”ޓްރޫ ލަވް އޭ.. އަހަ އަހަ ޔޫއާން މާ ގިނައިން ހިންދީ ލޯބީގެ ފިލްމް ބަލަނީ ދޯ.. އަހަރެން އަދިވެސް ބުނަން އޮތީ ޔޫއާން އެހެން މީހަކާ ރައްޓެހިގެން ރީއްޗަށް އުޅުނީމަ މާ ރަނގަޅުވާނެޔޭ”…”އަހަރެންނަށް އެހެން މީހަކާ ރައްޓެހި ވެވި ދާނެ އެކަމް ލޯބިއެއް ނުވެވޭނެ..އަހަރެން ލޯބިވަނީ ހަމަ އެކަނި މައީ ދެކެ”…” އެކަމް އަހަރެންނެއް ޔޫއާން ދެކެ ކުޑަކޮއްވެސް ލޯބިއެއްް ނުވެޔޭ”…”މައީ ލޯބިވާ މީހަކު ހުރޭތަ؟”…”ހުރެ ވެސް ދާނެ ނުހުރެވެސް ދާނެ”…”ދެން؟؟؟”…”ދެން ވަޓް މިހާރު މާ މައްޗަށް ތިދަނީ މިހާރު ބުނެފިން ނޫނެކޭ.. އަބަދުވެސް އަހަރެންގެ ޖަވާބަކީ ނޫނެކޭ”… އަހަރެން ލެޕް ނިއްވާލާފައި އެނދުގައި އޮޝޯއްތަނާ ނިދުނެވެ……………………………….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.





Alhey…ehaa avaha thi ninmaaly mi episode… Dhn inn episode kon irakun genesdheny?…avaha genes dhecehey konme akas…me first dhw…yayy!!!
Thank u Soo much kooky…I’m sorry ingey lahun publish veema mi part vs submit kurithaa vvv dhuvas fahun r publish vee..?♥️♥️
are you an ARMY??
Oh my god…every part just becomes more better and interesting..good job..proud of u..keep going???
Thank u soo much noddy…❤️?♥️❤️♥️
Varah reethi mi bai vx….whn nxt….waiting….
Thank u soooo much kaiiiii ly♥️❤️?❤️♥️❤️❤️❤️❤️?.ummm …soon ?
Wow it’s amazing and when is the next part?
Thank u soooo much umny♥️?♥️❤️? I submitted the next part just now..????
Awnnn… Vrhh salhi mi prtt vx… Whn is the next prtt.. Curiously waiting…. ????????????????❤❤❤
Thank u sooooo much nayaaa ly❤️♥️?❤️?
Varah reethi mibai ves❤️❤️❤️❤️❤️ Maasha Allah?????????????????? Lilly hama molhiyyey???? bunaane ehcheh ves neynge reethikamun????❤️❤️❤️❤️❤️
Thank u sooooo much shaaaa ♥️❤️♥️❤️♥️❤️
darlinnnnn❤❤❤❤Vrh vrh habbu nge mi part vx??????but actually ehme curious v v hisaabun end kohfa iny????hehehe…..btw hw r u dear….waiting fr da nextt ngeyyy???luvxxxxx
Thank u soooo much..magmummmmm..I’m fine..WBU ….lymmmm???????
Maasha allah mi part vx v habeys…….. Waiting fr nxt part…… LYSM lilly sis……
Thankxxx Kylie♥️?♥️♥️?..lymmm Kylie sis??❤️
Mi part ves hama habeys?. Masha allah. Whn nxt prt?
Thank you falak.. next part will be published soon I think ..cux last night I submitted the next part ♥️?♥️?♥️
Wat a story
??❤️
Yaish fakyrah hedhi goii… Ma hithuga jehijje gobolhiyaaa…baany ehn hadhaakah nuwaalhennu dhw…???
Dheeburi gulhaalai bila nikan haadha wayey
When u going rashah??
ahahaahahahhahahahahahahhah?❤❤❤
Aawwnn???ur the best vvv reethi
aww thank u soo much darla❤❤❤❤❤❤❤❤
awwlhey next bai knirakun…btw vvv reethi..
thank uuuu❤❤❤❤❤❤
btw i am still studying in school..so not an army dhoo?❤❤❤❤