އަހަރެންމީ ޔާޝާއާ އެއްވެސް ގުޅުމެށް ނެތް މީހެއް ކަމުގައި ވިޔަސް އަހަރެން ވަރަށް ލޯބިވޭ ޔާޝާާ ދެކެ” ޔަނާލް ކައިރީގައި ޔާޝާ ދެކެ ލޯބިވާ ވާހަކަ އައިޝަން އަށް ބުނެވުނީ ބޭ އިހްތިޔާރު ގައެވެ.
”ކީކޭ… ދޮންތަ ދެކެ ލޯބިވެޔޭ؟؟؟” ޔަނާލް އަށް ގަބޫލް ނުކުރެވިގެން އަހާލިއެވެ.
އާނ… އެކަމް ޔަނާލް ހީކޮށްފާނެ އަހަރެން މިވަނީ ޔާޝާ ދެކެ ހަގީގީ ލޯތްބެއް ނޫނޭ. އަހަރެން މިހުރިހާ ދުވަހު ވެސް އަހަރެން މިހުންނަނީ ޔާޝާ އަށް އެކަން ނާނގަން. އަހަރެންނަށް ރަނގަޅީ ޔަނާލް ވެސް މިކަން ޔާޝާ އަށް ސިއްރު ކޮށްދިނިއްޔާ. އެކަމަކު ޔާޝާ ހުސްވާ ދުވަހަކުން ބުނާތި އަހަރެންގެ ވާހަކަ” އައިޝަން ވާހަކަ ދެއްކި އިރު ވަނީ ދެލޮލުން ހުސް ނުކޮށް ކަރުނަ އައިސްފައެވެ.
°°°°°
”އޭ ކީއްވެތަ މަގޭ ރައްޓެހިން އައިމަ ތިފިލަނީ. އެމީހުންް ނޫޅެޔޭ ކަލޭ ނުލިބިގެނެށް, ތިއަށް ވުރެ މާ ރަނގަޅު މީހަކާ ރައްޓެހި ވެގެން އޭނަަ އުޅެނީ” ނާއިޝް ދިޔުމުން ޝާމް ކޮޓަރި އަށް ވަދެ, ޔާޝާ އާދިމާލަށް އެށްޗެހި ގޮވަން ފެށިއެވެ.
”އެ…އެއީ ވެސް ތިކަހަލަ މީހެއް” ޔާޝާ އަށް ބުނެވުނީ އެހިސާބަށެވެ. ޔާޝާ އަށް ގިސްލޭ ވަރުން ޔާޝާ އަކަށް ވާހަކަ އެށްް ނުދެއްކުނެވެ.
ޔާޝާ އެ ބުނިި އެށްޗަކާ މެދު ޝާމް ހިތުގައި ފުންޏަކަށް ސުވާލު އުފެދުނެވެ. ‘ޔާޝާ އަށް ނާއިޝް އެނގެނީ ބާއެވެ؟ ނޫނީ ޔާޝާ އަކީ ނާއިޝްގެ ރައްޓެށްސެށް ބާއެވެ؟ ޔާޝާ އެހެން ބުނާނީ ކޮންމެސް ސަބަބެއް އޮވެގެންތާއެވެ. މިހުރިހާ ސުވާލު ތަކެއް ހިތުގައި ބަހައްޓައިގެން ޝާމް ކޮޓަރިން ނުކުތެވެ.
°°°°°
ނާލް… ކޮންހިޔާލެއްގަ؟” ސީލިންގ އާދިމާލަށް ނަޒަރު ހުއްޓައިގެން އޮތް ޔަނާލް ފެނިފަ، ފާހަނަ އިން ނިކުތް އަފްރީން ބުނެލިއެވެ.
”އަފޫ، އައިޝަން ބުނީ އައިޝަން ދޮންތަ ދެކެ ވަރަށް ލޯބިވެޔޭ. އައިޝަން އެއީ ރަނގަޅު މީހެއްތަ؟” ޔަނާލް އަހާލިއެވެ.
”ނޭނގެ. އަހަރެންނަކަށް ވެސް އައިޝަން އެށް މާބޮޑަކަށް ނުވެއް އެނގޭ. އެކަމް އަހަންނަށް ޔަގީން އެއީ ނާއިޝް މެން ކަހަލަ މީހެއް ނޫންކަން” އަފްރީން ބުނެލިއެވެ.
ޔަނާލް އާއި އަފްރީން އެކި ވާހަކަ ތައް ދައްކަން ތިއްބަ ވާހަކަ މެދު ކަނޑާލަން ޖެހުނީ އާނިޝް އައުމުންނެވެ.
”ދޮންތަ ދޭ ދެން ފިހާރައަށް އަހަރެން މިހާރު ފޫހި ވެއްޖެ އެތާ އިނދެ އިނދެ” އާނިޝް ފޫހި ރާގަކަށް ބުނެލިއެވެ.
”އާނ… އަހަރެން މިދަނީ ރެޑީ ވެލައިގެން. ނާލް ވެސް ދާން ވާނެ އަހަންނާއެކު”އަފްރީން ބުނެލިއެވެ. އެއާއެކު ޔަނާލް މަޑުމަޑުން ބޯ ޖަހާލިއެވެ.
އާނިޝް އަފްރީން އަށް ނުފެންނަހެން ޔަނާލް އަށް ބަލާލަމުން އެއްލޯ މަރާލާފައި ހީލިއެވެ. ޔަނާލް ވެސް ލަދުން ހުރެ، އާނިޝް އަށް ހީލާފައި ކޮޓަރިން ނުކުތެވެ.
°°°°°
ހަމަހިމޭން ވެފައިވާ ސިޓިންގ ރޫމްގައި އިން ޔާޝާ އިނީ ކޮންމެސް ކަމަކާ ވަރަށް ފުންކޮށް ވިސްނާށެވެ. މުޅި ސިޓިންގ ރޫމް އަށް ވެރިވެފައިވާ ހަމަ ހިމޭން ކަން ނެތުނީ މިންހާ އައިސް ޔާޝާ އަށް ގޮވާލުމުންނެވެ.
”ދައްތަ ވަރަށް ދެރަވޭ ޔާޝާ އަބަދު ތިހެން އިންނަތަން ފެނުނީމަ. އެހާ ބޮޑައް ކަންކަމާ ނުވިސްނާތި، ދައްތަ އަށް ވެސް ވީވަރަކުން ޔާޝާ އަށް އެހީ ވެދޭނަން” ޔާޝާ ކައިރީގައި އިށީނދެލާފައި ޔާޝާ ބުރަކަށީގައި މަޑު މަޑުން ފިރުމަމުން މިންހާ ވާހަކަ ދެއްކިއެވެ.
”އަހަރެން މިހާރު ހިތައް އަރާ މިފެންނަނީ އަހަރެންގެ މޮޔަ ކަމޭ. އަސްލު ކޮންމެ މީހަކަށް ވެސް އަހަންނަށް މާ އަވަހަށް އިތުބާރު ކުރެވެނީ. އަހަރެން މިހާރު ބޭނުމީ ޝާމް ކައިރިން ވަރިވާން. އެކަމް އަދިވެސް އަހަރެން މިބަލަނީ ކެތްކުރެވޭތޯ” ފެންކަޅިވެ އިނދެގެން ޔާޝާ ބުނެލިއެވެ.
މިންހާ މިހާރު އަބަދުވެސް ބަލަނީ ޔާޝާ އަށް ހިތްވަރު ދެވޭތޯއެވެ. އަދި ޝާމް ގޭގަ ނޫޅޭ ގިނަ ވަގުތު ޔާޝާ ހޭދަކުރަނީ މިންހާ އާއެކީގައެވެ. ޔާޝާ އަށް ދިމާވާ ކޮންމެ ކަމެއްވެސް މިންހާ އާ ހިއްސާ ކުރެއެވެ.
°°°°°°°
=1 މަސް ފަސް=
”ދަރިފުޅާ އައިޝަން، މިހާރު ބޯޓު ޖައްސާ ގަޑި ޖެހޭ އެބަ. ދާންވީނުން އަވަހަށް ތައްޔާރު ވެލައިގެން” ކޮޓަރިން ނިކުތް އާނިމް، ސައިބޯ މޭޒު ދޮށުގަ އިން އައިޝަން އަށް ގޮވާލިއެވެ.
”ތެދެއް. މިހާރު އެއޮއް ނުވައެއް ޖަހަނީ” ބަދިގޭން ނުކުތް ސަލްމާ ބުނެލިއެވެ.
”ހޫމް މިދަނީއޭ މިރޮށި ކާލައިގެން” އައިޝަން ބުނެލިއެވެ.
ދެކޮނޑުގައި ދަބަސް އަޅުވާލައިގެން ބޯޓުން ފޭބި ޒުވާނާ އަށް ގިނަ ބައެއްގެ ލޯތަށް އަމާޒު ވަމުން ދެއެވެ. މާ ދޮން ހަންގަނޑެށް ލިބިފައި ނުވިޔަސް ހެޔޮވަރު ވަރެއްގެ ދޮނަކުން މުޅި ހަނގަޑު ވަނީ ފިރިހެންވަންތަ ކަން ފުރިހަމަ ކޮށްދީފައެވެ. ފަން އިސްތަށިގަނޑު ވަނީ ހެޔޮވަރު ވަރަކަށް ކޮށާލާފައި ރީތި ހެއަރ ސްޓައިލް އެށް ކޮށްފައެވެ. ތުނި ތުނި ކޮށް އެއްވަރަށް ކޮށާލެވިފައިވާ ކުޑަކުޑަ ތުނބުޅި ކޮޅެއް ހުއްޓެވެ. އިސްކޮޅުން އެހާ ދިގެއް ވެސް ނޫނެވެ. އަދި ކުރެކޭ ވެސް ނުބުނެވޭނެއެވެ. ހެޔޮވަރު ވަރެއްގަ ހުރި އެޒުވާނާ ބަލަމުން ދިޔައީ އައިޝަން ފެނޭތޯއެވެ. މާގިނަ އިރު ތަކަކު މަޑުކުރާކަށް ނުޖެހުނެވެ. އައިޝަން އައިސް އެޒުވާނާ ކައިރިއަށް މަޑު ކުރިއެވެ.
*-ނުނިމޭ-*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Maiiiiiiiiiii….OMG haadha salhi eyy mi bai vx..btw mai ol vahche avahah….Im impatiently waiting to talk ya..love u n miss ya loadssssss?
Wooooowwwww … ma sha allah mi part vx vrh rythi? …shaam yaashaa dheranukuraanama?