”މާއީވެސް ދާނަން ދޯ..” ފާއިޒް އޭނާގެ ފޯނަށް ބަލަން އިނެ ބުނެލިއެވެ. ”ނޫން… މިއަދު މެންދުރުފަހު އެބޮތް ޑިއުޓީ.. އެހެންވެ ނުދެވޭނެ… މާދަމާއިން ފެށިގެން އަހަރެންނަށް އަދި ޗުއްޓީވާނީ…” މާއީ އެހެން ބުނެފަައި ގެނައި ތަށިތައް ހިފައިގެން އޭނާގެ ބަޔަށް ދިޔުމަށް ތައްޔާރުވެލިއެވެ. އިކާލް އާއި ފާއިޒް އެމީހުންގެ އަމިއްލަ ވާހަކައިގައި އެތައް އިރަކު ތިއްބައި ފާއިޒްއަށް ވެސް މީހަކު ގުޅުމުން ދިޔައީއެވެ. އިކާލް ގޭގައި އެކަނި ވުމާއިއެކު ކުރާނި ކަމެއް ނޭނގިފައި މުޅި ގޭގައި ހިނގަން ފެށިއެވެ.
******
”ދަރިފުޅާ އަދިވެސް އެކުދިން ނާދެ އެއްނު.. ދެން ގުޅާލަން ވީނުން..” އިރާދާ އެހެން ބުނުމާއިއެކު ގޭގެ ބެލް އަޅާލި އަޑު އިވިގެން ދިޔައެވެ. ރާކިން އިންތާ ބައިންދާފައި އިރާދާ ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއިއެކު ހެން ފުރަތަމަ ވެސް އިރާދާގެ ލޮލުގައި އަޅައިގަނީ ފާއިޒްގެ ކުޑަ ތަންކޮޅެއް ފަހަތުގައި ހުރި އިކާލްއެވެ. އިކާލްވެސް އިރާދާއާއި ދިމާލަށް ބަލާލައިފައި ހިނިތުންވެލިއެވެ. ”އާދޭ އަވަހަށް އެތެރެއަށް..” އިރާދާ ގޭގެ ދޮރު ބޮޑަށް ހުޅުވައިލަމުން ދެ މީހުންނަށްވެސް ވަންނަން ތަން ދެއްކިއެވެ. އެއާއިއެކު ދެމީހުންވެސް އެތެރެއަށް ވަނެގެން ދިޔައެވެ.
އިކާލްއަށް ބެލެމުން ދިޔައީ ގޭގެ އެކި ތަންތަނަށެވެ. އަދި ގޭތެރެއާއި ބަދިގޭގެ ފުރިހަމަކާއި ސާފުތާހިރު ކަމާއިމެދު އިކާލް ދިޔައީ ހިތާ ހިތުން ތަޢުރީފު ކުރަމުންނެވެ. ދުވަހަކުވެސް އަދި އިކާލް ރާކިންގެ ގެޔަށް ނާންނާތީ އެގެޔަށް އިކާލް ވަރަށް އަލެވެ. އިރާދާ އާ ހޮސްޕިޓަލުން ދިމާވެފައި ހުރި ނަމަވެސް އެއީ ރާކިންގެ މަންމަ ކަމެއް އިކާލް ނުދެނަހުއްޓެވެ. އެހެންކަމުން ރާކިން ފިޔަވައި ގޭގައި ތިބި އެންމެންނަށްވެސް އިކާލް ވަރަށް އަލެވެ. ނުތަނަވަސްވިއެއް ކަމަކު އިކާލް ދިޔައީ އެކަން ނުދައްކާ ވޭތޯ މަސައްކަތް ކުރަމުންނެވެ.
ފާއިޒްގެ ފަހަތުން ހިނގާފައި ގޮސް އިކާލް ގޮސް އިށީންދެލީ ރާކިންވެސް އިށީންދެގެން އިން ސޯފާގައިއެވެ. ނަމަވެސް އެއްކަނެއްގައިއެވެ. ފާއިޒް އިކާލްގެ އެނެއް ފަރާތުގައި އިން އިރު އޭނާއާ ޖެހިގެން އިނީ ރާކިންއެވެ. އެ ތިން މީހުންގެ ކުރިމައްޗަށް ވާ ގޮތަށް އިރާދާ އާއި ވިކާޝް އިށީންދެލައިގެން ތިއްބެވެ. ”މަންމާ މީނީ އޭ އިކާލް.. ޑރ. މުހައްމަދު އިކާލް ދާއިން..” ރާކިން އިރާދާއަށް އިކާލް ތައާރަފު ކޮށްލަދިނެވެ. ނަމަވެސް ވަށައިގެން ހިނގި އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އިރާދާ އިނީ ލިބުނު ސިހުމުގައިއެވެ. އޭނާގެ ކަންފަތް ބުޑުގައި ހޮނު ގުގުރިއެއްގެ ސިފައިގައި ތަކުރާރުކޮށް އަޑު އިވެމުން ދިޔައީ ރާކިން ދެންމެ ބުނެލި އިކާލްގެ ފުރިހަމަ ނަމެވެ. ”މަންމާ… މަންމާ..” ރާކިން ދެވަނަ ފަހަރަށް އިރާދާއަށް ގޮވާލުމާއިއެކު އިރާދާއަށް ހޭވެރިކަން ވިއެވެ. ނަމަވެސް އޭނާއަށް ވިސްނެމުން ދިޔައީ އިކާލް އާއި މެދުއެވެ. އެހެންކަމުން އިކާލްއަށް ވެސް އަދި ފާއިޒްއަށް ވެސް ހިނިތުންވުމެއް ރައްދުކޮށްލާފައި އިރާދާ ސޯފާއިން ތެދުވެލީ އެ ހަތަރު މީހުން ކައިރީވެސް ކާން އައުމަށް ބުނެފައިއެވެ.
ސުފުރާމަތި އެކި ވައްތަރުގެ ކާތަކެތިން ފަޅުފިލުވާލެވިފައި ވާއިރު ފެންނަ ކޮންމެ މީހެއްގެ ވެސް ކުޅު ދިޔާވާނެކަން ޔަގީނެވެ. ސުފުރާމަތީގައި ހުރި ކާތަކެތި ފެނިފައި ރާކިންއަށްވެސް މަޑަކުން ނުހުރެވުނެވެ. ”އާހް.. ކުޅު ދިޔާ ވެއްޖެ.. ވަހުން ވެސް ހީވަނި ބަނޑު ފުރިއްޖެހެން..” ރާކިންގެ ބައްޕަ ވިކާޝް ގޮޑީގައި އިށީނެދެލަމުން ބުނެލިއެވެ. އެއާއިއެކު އެތަނުގައި ތިބި އެންމެން ހޭން ފެށިއެވެ.
ކެއުމުގެ ކަންތައް ކުރިއަށް ދިޔައިރު އިރާދާއަށް ބެލެމުން ދިޔައީ އިކާލްގެ ކައިރިއެވެ. އިކާލްއަށްވެސް އެކަން ފާހަގަވެގެން ކައި ނިންމާލީ އިސް އުފުލާވެސް ނުލައިއެވެ. އެންމެން ކައި ނިންމާފައި ގޮސް އަނެއްކާވެސް އިށީންދެލީ ހަމަ ސޯފާގައިއެވެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ.. ރާކިންގެ މަންމާ.. ވަރަށް މީރު ކާ އެއްޗެހި.. މީގެ ކުރިއަކުން ނުކެވޭ ތިހާ މީރު އެއްޗެއްސެއް..” އިކާލް ވަރަށް ލަދުން ހުރެ އިރާދާގެ ކެއްކުމަށް ތަޢުރީފު ކޮށްލިއެވެ. އިރާދާވެސް ކުޑަ ހިނިތުންވުމެއް ދީފައި އެއީ އެއްވެސް ކަމެއް ނޫނޭ ބުނެލިއެވެ. ފާއިޒްވެސް ދިޔައީ އިރާދާއަށް ތައުރީފު ކުރަމުންނެވެ.
”އަޅެ އިރާދާ.. މަ ހިތަށް އަރާ މިމީހުން މުސްކުޅި ވާއިރު ވެސް ކައިވެނި ނުކޮށް މިތިބެނީ ކީއްވެ ބާއޭ.. އެހެންޏާ ފަހެ މި ކުދިންނާއެކީ ކިޔަވާ ނިންމި ކުދިން ވިޔަ މިހާރު ކައިވެނިކޮށް މަންމަ ބައްޕައަށް ވެފަ އެހުރީ.. ރާކިން މެން ތިން ކުދިން އެއްބަސް ކިޔައިގެން ދޯ ތިއުޅެނީ…” ވިކާޝް އެތިން މީހުންވެސް ރަކި ކޮށްލުމުގެ ނިޔަތުގައި ބުނެލިއެވެ. އެކަން ހަމަ ރަނގަޅަށްވެސް ވިކާޝް ކާމިޔާބު ކުރިއެވެ. ތިން މީހުންވެސް ރަކިވެގެން ގޮސް އެންމެ ފަހުން އިސްދަށަށް ޖަހައިލީ އިރާދާ އާއި ވިކާޝްވެސް ބަލަން ތިބުމުންނެވެ.
”ރަނގަޅު ކުއްޖަކާ ދިމާ ނުވެގެން އަދި މިއުޅެނީ..” ވިކާޝްމެންނަށް ފާއިޒް ޖަވާބު ދިނީ އިކާލްއަށް އަދި ރާކިންއަށް ވެސް ބަލައިލަމުންނެވެ.
”ރަނގަޅު ކުއްޖަކު ނުލިބުނީ އޭ.. މިޔޮށް ބޮޑު މާލެ އިން ތި ތިން ކުދިންނަށް އިންނާނެ ކުއްޖަކުވެސް ނުވީތަ؟ ސުބްހާނަﷲ.. ކީކޭ ދެން ބުނާނީ..” މިފަހަރުވެސް ތިން މީހުންވެސް ރަކިވެގެން އިސްދަށަށް ޖަހައިލިއެވެ.
”ނޫނޭ ބައްޕާ.. އެހެންނެއް ނޫނޭ އެ ބުނީ.. ކިތަންމެ ރީތި ކުދިންވެސް ފެނޭ.. އެކަމަކު އިންނާނެ ކަހަލަ އަހްލާގު ރަނގަޅު ކުއްޖެކޭ ނުފެނިގެން މިއުޅެނީ.. ދެން ރަނގަޅު ކުއްޖެއް ފެނިއްޖާ އަހަރެމެންވެސް ދޫކޮށެއް ނުލާނުން..” ރާކިން ވިކާޝް އާ ދިމާލަށް ހިނިތުން ވެލާފައި ބަލާލިއެވެ. އެއާއިއެކު ފާއިޒް އާއި އިކާލްވެސް ރާކިންގެ ބަހަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
އެގޮތުގައި އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި ފާއިޒް އާއި އިކާލް ގެޔަށް ދާން ނުކުމީ އަސުރަށް ގޮވަން ކައިރިވެފައި ވަނިކޮށެވެ.
******
މާއީ މެންދުރު އެކަކުން ފެށިގެން ތިނެއްޖެހުމާ ހަމައަށް ކުޑަކުދިން ބެލުމުގައި އަވަދިނެތި އުޅުނެވެ. އެއްވެސް ވަރުބަލި ކަމެއް މޫނު މަތިން ފެންނަން ނެތް އިރު ކޮންމެ މީހަކާ ވެސް ކުރިމަތިލަމުން ދިޔައީ ނުހަނު ހިތްހަމަ ޖެހިލައިގެން ހުރެ އުފަލާއިއެކީއެވެ. ހުރިހާ އެންމެން ބަަލައި ނިމުމާއިއެކު މާއި ގޮޑީގައި ލެގިލިއެވެ. އަދި ކަދުރާ ދެ ފަރާތަށް އަނބުރާ ލުމަށްފަހު ކެންޓީނަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ކެންޓީނަށް ވަނުމާއިއެކު ފުރަތަމަވެސް މާއީގެ ލޮލުގައި އަޅައިގަނީ ކައުންޓަރު ކައިރީގައި ފުރަގަސް ދީގެން ހުރި ރާޔާ އާއި ދީނާއެވެ. އެދެ މީހުން ފެނުމާއިއެކު މާއީގެ މޫނު މައްޗަށްވެސް ވެރިވީ ފޫހިކަމެވެ. ނަމަވެސް އެކަން ނުދައްކާ އޭނާ ރާޔާމެން ތިބި ދިމާލަށް ހިނގައި ގަނީ ހިނިތުންވުމަކާއި އެކީއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ ރާޔާ މެންވެސް މޭޒެއް ކައިރިއަށް ދިޔުމަށްޓަކައި މާއީ އާއި ކުރިމައްޗަށް ވާގޮތަށް އެބުރިލިއެވެ.
މާއީ ފެނުމާއިއެކު ރާޔާގެ ދެ ބުމަ ގޮއް ޖެހި ދަތްތައް ފިއްތާ ބާރުކޮށްލިއެވެ. ހަމަ އެއާއިއެކު އޭނާ މާއީ އާއި ދިމާލަށް ދެލޯ އަޅާލިއެވެ. މާއީ އަޅާވެސް ނުލައި ދިޔައީ ރާޔާ ކައިރި ނުބަލަން ވެގެންނެވެ. އެތަނުގައި ތިން މީހުންނަށް ދެވޭނެ ޖާގަ ނެތުމާއިއެކު މާއީ އަށް ދާން ޖެހުނީ ރާޔާ އާއި ނުހަނު ކައިރިންނެވެ. ދިޔަ މަގުމަތީގައި ރާޔާ އޭނާގެ ފައި ފައްވި ކަމަށް ހަދާލައިފައި ރާޔާގެ އަތުގައި އިން ޖޫސްތަށި މާއީގެ ގަޔަށް އަޅާލީއެވެ. އެއާއިއެކު މާއީ އަށް ލިބުނީ ސިހުމެކެވެ. ފިނި އެއްޗެއް ގަޔަށް ވެރުމުންވެސް ވާނީ އެހެން ނޫން ހެއްޔެވެ؟
”އޮހް ސޮރީ.. އަހަރެން ގަސްތަކު ނޫން..” ރާޔާ ހިނިތުންވެލައިގެން ހުރެ މާއީ ގާތު މަޢާފަށް އެދުނެވެ.
”އިޓްސް އޯކޭ.. ” މާއީ ރާޔާ އަށް ހިނިތުންވުމެއް ރައްދު ކޮށްލާފައި އެތަނުން ދިޔައީ އަވަހަށް ފާހަނާއަށެވެ. ރާޔާވެސް މާއީ ދިޔަތަން ބަލަން ހެވިފައި ހުއްޓެވެ.
”ރާޔާ.. ކީއް ތި ކުރީ؟ ބަލާބަލަ.. އެންމެން އެ ތިބީ ރާޔާ އާއި ދިމާލަށް ބަލަން..” ދީނާ ރާޔާގެ އަތުގައި ހިފައިގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައި އިށީންދެލިއެވެ. ރާޔާ އެއްވެސް އެއްޗެކޭ ނުބުނެ އަމިއްލައަށް ހެމުން ދިޔައިރު ހީވަނީ އެއީ އޭނާ ވަރަށް ވެސް ކުރިން ރާވާފައި އޮތް ކަމެއް ހެންނެވެ. ދިނާވެސް ރާޔާ އާއި އިތުރު ސުވާލެއް ނުކޮށް ކެއުމާއިގެން ކުރިއަށް ދިޔައެވެ.
******
ފާއިޒް އާއި އިކާލް މަގުމަތީގައި ހިނގާފައި ދިޔައިރު ދެ ޒުވާނުންގެ ސިކުނޑިވެސް ފުރިފައިވީ ޖަވާބު ނުލިބޭ އެތައް ސުވާލު ތަކަކުންނެވެ. ނަމަވެސް އެއިން އެކަކުވެސް އެސުވާލުތައް އެކަކު އަނެކަކާ ކުރަން ހިޔާލު ނުކުރާ ފަދައެވެ. އިކާލް ދިޔައީ ފާއިޒްއާއިއެކު ފާއިޒްގެ ގެޔަށެވެ. އެދިޔަ މަދުމަތީގައިވެސް ދެމީހުންކުރެ އެކަކުވެސް ވާހަކަ ނުދައްކައިއެވެ. ގެޔަށް ވަނެވުމާއިއެކު އިކާލް ފުރަތަމާނުންވެސް ޖެހިގަނީ އެންމެ ކައިރީގައި ހުރި ސޯފާއަށެވެ. ފާއިޒްވެސް އިކާލްގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައި އިށީންދެލިއެވެ. ”އިކާލް…” ”ފާއިޒް…” ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކަށް ގޮވާލެވުނެވެ. އެއާއިއެކު ދެމީހުންނަށް ވެސް ޖަހާލެވުނީ ހިނިގަނޑެކެވެ.
”އިކާލް ފުރަތަމަ ފަށާ..” ފާއިޒް އިކާލް ގާތު އޭނާގެ ވާހަކަ ފަށާށޭ ބުނެފައި ރީތި ކޮށް އިނީ އިކާލް ވާޙަކަ ފަށަންދެންނެވެ. ނަމަވެސް އިކާލް އޭނާގެ ވާހަކަ ނުފަށައި ފާއިޒް ގާތު ބުނެލީ ފާއިޒްގެ ވާހަކަ ފެށުމަށެވެ.
”އޯކޭ.. އިކާލް އަށް ފާހަގަވިތަ މިއަދު އެއްޗެއް ރާކިންގެ ގޭގަ؟ ރާކިން އިކާލްގެ ނަން ބުނުމުން ރާކިންގެ މަންމަ އިކާލް އާއި ދިމާލަށް ބަލަން އިން ގޮތާ… ކާން އިން އިރުވެސް ބަލަން އިން ގޮތާ.. އަނެއްކޮޅުން އިކާލްގެ ނަން ބުނުމުން އެއްވެސް ވާހަކަ އެއް އޭގެ ފަހުން ނުބުނުމުން އެއްޗެއް ފާހަގައެއް ނުވޭތަ؟ މަށަށް ވަރަށް ބޮޑަށް ފާހަގަ ވީމަ މިބުނީ..” ފާއިޒް އެއްދިމާލަކަށް ބަލަން ހުރެ އޭނާގެ ހިތުގައި އުފެދިފައި ހުރި އެއްޗެހި ބޭރުކޮށްލިއެވެ. ފާއިޒްގެ ވާހަކަ ނިމުމާއިއެކު އިކާލް ފާއިޒް އާއި ދިމާ ބަލަން ވަރަށް ފާޑަކަށް އިނެވެ.
”މަވެސް މިއުޅެނީ ތި ވާހަކަ ދައްކަން.. ވަރަށް ބޮޑަށް ފާހަގަވި އެކަން… ކީއްވެބާ؟ ލަދުން ހަލާކު ވާ ވަރު ވެފަ ހުރީ ބަލަން ހުރި ގޮތުން ވެސް..” އިކާލް ފާއިޒްގެ މޫނަށް ބަލަން ހުރެ އޭނާގެ ހިތުގައި އުފެދިފައި ހުރި އެއްޗެހިވެސް ބޭރުކޮށްލިއެވެ. ފާއިޒް އެއްޗެކޭ ނުބުނެ އޭނާގެ ދެކޮނޑު އަރުވާލީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.
އިކާލް އޭނާގެ ދެއަތުން މޫނު ފޮރުވާލަމުން ވަރަށްވެސް ފުން ނޭވާ އެއް ބޭރުކޮށްލިއެވެ. ”އިކާލް.. އިކާލްގެ މަންމަ ހޯދާކަށް މަސައްކަތެއް ނުކުރާނަންތަ؟ މަންމަ ދުނިޔޭގައި ހުރިއްޔާ އިކާލް ވާނުން މަންމަ ހޯދަން މަސައްކަތް ކުރަން..” ފާއީޒް އޭނާގެ ނަޒަރު އިކާލްއަށް ހުއްޓާލައިގެން އެތައް އިރަކު އިނެވެ. އިކާލްގެ ފަރާތުން އެތައް އިރެއް ވީއިރުވެސް ޖަވާބެއް ނުލިބުމުން ފާއިޒް ނިންމީ އިތުރަށް ވާހަކަ ނުދެއްކުމަށެވެ. ”މަ އެއްލާލާފައި ދިޔަ މީހަކު ހޯދާކަށް ބޭނުމެއް ނޫން.. ދުނިޔޭގައި ހުރިއްޔާ އެނާ އަމިއްލައަށް އަންނާނެ އެއްނު މަ ހޯދަން.. މަ ކީއްކުރަން ދަނީ އޭނާ ހޯދަން.. ހިނގާ ދާން މިސްކިތަށް..” އިކާލް ވަރަށް ރުންކުރުވެފައި ސޯފާއިން ތެދުވަންނަމުން ބުނެލިއެވެ. ފާއިޒްވެސް އިތުރަށް އެއްޗެކޭ ނުބުނުމުން އެތަނަށް ދެން ވެރިވެގެން ދިޔައީ މަރު ފަދަ ހިމޭން ކަމެކެވެ.
******
ތަށިތައް ދޮވުމުގައި ހުރި އިރާދާ އަށް އޭނާ ކުރަމުން ދިޔަ މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ވިސްނެމުން ދިޔައީ އިކާލް އާ މެދުއެވެ. އެހެން ކަމަކާއިމެދު ވިސްނަން ކިތަންމެ މަސައްކަތެއް އިރާދާ ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބެވެ. އެންމެ ފަހުން އިރާދާގެ ސިކުނޑި ފުނި ޖެހިފައިވި ހިޔާލުތައް އޭނާގެ ސިކުނޑިން ދިޔައީ ތައްޓެއް ވެއްޓި ތެޅުމުންނެވެ. ”މަންމާ ބަލައިގެން..” ނަމާދަށް ދިޔުމަށް ތައްޔާރުވެގެން ނުކުތް ރާކިން އަށް ތަށި ތެޅުނު އަޑު އިވިފައި އިރާދާއަށް އަޑު އިވޭނެ ވަރަށް ބާރަށް ބުނެލިއެވެ. އެއާއިއެކު ދެން އިވިގެން ދިޔައީ އިރާދާގެ މަޑު ހަޅޭކެއްގެ އަޑެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.







Assalam alaikum.
Miothy VAMEY GAATHUGAI ge 4 vana Bai.. unmeedhu kuran mi Bai Vs kamudhaane kamah.. mistakes huriyyaa bunela dhehchey.. eyrun improve kohlevuny..
Vaahaka dhaagothaa medhu readers ge hiyaalu bunela dhehchey…
Have a nice day.. next part liyevunu haa avahakah.. keep waiting??
MASHA ALLAH.. VR FURIHAMA MI BAI VS.. DHN VAANI ALHE KIHINEH BAA.. CURIOUSLY WAITING FOR NEXT PART..
ya lets see dhw dhn vaane gotheh,… hehhe.. thanks dear
Varah reethi…whn nxt…waiting…
thanks dear.. nxt part submit kohlaafa v
Vanefai.. ( vadhefa )
Dhn myhunnsh nisbai kohfa kiyaa iru kairy ga ehn liyaane. Iraadhaa ah beleny ikaal kairiasheve. ( Eyge badhalu ga ikaal as dhimaalasheve) maee hury raayaa as dhimaalah nubalanshe. ( Not raaya kairiah ) dhn athuga juice thashi hunnaany( not in ) vaahaka vrh rythi .. ekam mikahala ibaaraa kurumuge baeh mistakes vrh faahaga v ma… Mi faahaga kohladhiny ingey.. net time rangalhu kohlaane kamah ummeedhu Kiran.. waiting….
thanks dear for pointing out the mistakes.. i’ll try to improve those mistakes.. ya i’ll try my best.. thanks dear
Masha Allah … varah reethi mi part vs… varah varah curious kohlaafa thi ninmaaly… curiously waiting for the next part… lysm
thanks dear…
Adives eba huri liyumuge kudhi kudhi kuhthah..ethereah vadhegen not vanegen..mi hama v ginain fenna kusheh..isheendhe indhegen not inegen..’iraadha ah belemun dhiyaee ikaal ge kairi eve’..ikaalge moonah beli vaahaka tha mee..hingai ganee ehnoon..hingai gathee..sofa ah jehigany eh noon..jehi gathee..ekamu mihen vaahaka thakuga sofa ah jehigathee..migothah ehbas thakeh maa ginain beynun kuryma kamaku nedhey..4part ai iru migotgah mihaaru 2fahaeu jehiganefi..eahvure eangalhu vaane kanneyge sofa ah vehtigathee ey liyunas..migothah kuh dhehkyma mind nukuraane kamah unmeedhu kuran..
thanks dear for pointing out the mistakes.. i’ll try my best to improve.. and nafu ah dear kury comment fenuny mi part thah submit kuri fahun.. ehnve rangalhu vs kohnulevuny.. 5 vana prt nafu hunnaany rangalhu kohlaafa.. ya i won’t..
Vaahaka dhaagoi hama varah varah varah loabi❤️?Maasha Allah❤️?❤️?❤️?❤️?❤️?❤️?❤️?
thanks dear
Mi part vx v reethi…….. Waiting fr nxt part…… LYSM sis……….
thanks dear
masha allah.. mi bai vs vr furihama.. vr rythi.. waiting for nxt.. keep it up nafu
thanks dear
wow.. nafu.. vrh rythi mi part vs hama.. ekam faathima bunihen kudhi kudhi mistakes ebahuri.. eh mistake thah rangalhukohlyma miyah vure adhi story salhi vaane.. good luck dear.. do your best.. lysm nafu
ya ok.. i’ll try my best to improve.. thanks dear..
salhi vr
thanks dear
King ah hyvani mihaaru ikaal he mom any raakin ge Vs mom hen.. dhw nafu.. btw vr interesting story eh mee.. vr loabi..
hehhe dhn vaane gotheh balamaa dhw.. thanks dear..
Vrh furihama nafu mi Bai vs.. vr obi Hama.. waiting for next
thanks dear
Wow… Masha allah.. vr salhi.. nafu mi best story eh Hama… Vr vr vr vr vr vr vr Rythi… When next.. waiting waiting waiting
submit kohlaafa v.. thanks dear
Nice vr.. kon irakun dhn oii Bai..
submit kohlaafa v.. thanks dear
Wow… Wonderful writer and story… Feels like I’m driving inside the story… Masha Allah.. so lovely..
aww thanks dear
vr salhi mi part vs adhi vaahaka vs.. waiting for next
thanks dear
masha allah.. vrh slhi stry.. hama habeys.. kon iraku nxt prt.. waitn ingey
thanks dear… submit kohlaafa v..
awww. wow… vr vr vr vr vr vr furihama mi bai vs.. hama habbu.. hehhe.. waiting for nxt
thanks dear
nice
thanks dear
one of the best story.. but lahy up kuraaleh
aww.. sorry dear.. btw thanks
wonderful
thanks dear
masha allah.. vr rythi nafu mi bai vs
thanks dear
Hey nafu! Nukumy eh noon nukuthy ey liyaany.. loved the story btw!
aww ok.. thanks dear
Assalamualaikum,
Varah nice story adhi dhaa goi. Adhives kudhi kudhi thanthan kolhu liyumuga rangalhu kollan jeheykan faahaga kollevey, vadhe nukuthun fadha than thankolhu vane, nukumee ehn liyefa othumun kuda odd kameh sentence ah annakan faahaga kollevey. But else the story is so far very nice ? keep going and waiting for next part ?
insha allah i’m trying to improve those mistakes.. thanks dear..