Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން-2

Ishaa Level 2100 Login100 Comments
February 3, 2020 5 Mins Read
45 Comments

މެރިފައިވާ ލޯ ހުޅުވާލެވުނީ ހަމަ އެވަގުތު އެވެ.. މަންޒަރު ކިތަންމެ ވަރަކަށް ފުސް ކޮށް ފެނުނަސް އިޔާން އަކަށް އެ ސޫރަ ވަކި ނުވެ ނުދާނެއެވެ….ލޯ މަރާފައި އަނެއްކާވެސް ހުޅުވާލީ އޭނާގެ ލޯ އޭނާއަށް މިވަރުގެ ބޮޑު ދޮގެއް ނަހަދާނެކަން ޔަގީން ކުރަމުންނެވެ.. އާއެކެވެ… އެންމެންގެ ތެރޭގައި އޭނާ އަށް ބަލަހައްޓައިގެން އެހުރީ އޭނާގެ ހިތުގެ މަލިކާއެވެ..
******
ލޮލު ތެރޭ ޖަމާވެފައި ތިބި ކަރުނަތައް އޭގެ މަގާމަށް ދޫކޮށްލަމުން ކިޔަމުން ދިޔަ ލަވަ އިހުނަށްވުރެ ބާރުކޮށްލިއެވެ.ބޭއިޙްތިޔާރުގައި ހިނިތުން ވެވުނީ ކިއާރާ ލިބޭނެ ކަމުގެ ފޮނި އުއްމީދު ގައެވެ.. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ އެތައް ކަމެއް އަންގައިދޭން އުޅުނުފަދައެވެ…

ލަވަ ކިޔާ ނިމުމާއެކު ލަހެއް ފަހެެއް ކުރުމެެއްނެތި އިޔާން ދުއްވައިގަތެވެ..އޭރުވެސް މީހުންގެ ތަރުހީބުގެ އަޑުތަކަށް މެދުކެނޑުމެއް ނާދެއެވެެ… މީހުންގެ ތެރެއަށް ވަދެގެން ގޮސް ކިއާރާ ހޯދަން ފެށިއެވެ… ނަސީބު ތަން ދިމާ ކުރި ގޮތުން މިހާރު ކިއާރާ ހުރީ ތަންކޮޅެއް ދުރުގައި މީހުން މަދު ހިސާބެއްގައެވެ… އޭނާއާ އަރާ ހަމަވުމުން އަތުގަ ހިފައިގެން ބޭރަށް ދެމިގަތެވެ..

“ކިއާ…….”.. ގިސްލާފައި އިޔާން ރޮމުން ކިއާރާ ގައިގައި އޮޅުލައިގަތެވެ…. ދައްކަން ބޭނުންވާ އެތައް ވާހަކަ އެއް އެބަހުއްޓެވެ.. ނަމަވެސް ފަށަންވީ ކޮން ވާހަކަ އަކުން ކަމެއް ނޭނގުނެވެ..
ކިއާރާއަށް ވެސް ވީ ހަމަ އެވަރެވެ…އެއް އަހަރު ފަހުން އިޔާން ފެނުމުން އޭނަ އަށްވެސް ރޮވުނެވެ..ކިތަންމެ ބޭނުންވިއަސް އޭނާގެ ޟަމީރެއް މިކަމަށް އެއްބަހެއް ނުވިއެވެ…
“ކިއާ..ކިހިނެއް މިތަނަށް އައީ..؟؟؟…….ކީއްވެ އަހަރެން ދޫކޮށްފަ ދިޔައީ؟؟..އަހަރެން އެކަނި ވާނެ ވަރު ނޭނގޭތަ..މި އެއް އަހަރު އަހަރެން މިހޭދަ ކުރި ގޮތް ލަފުޒަކުން އަންގައެއް ނުދެވޭނެ…ކިއާ އަށް އެނގޭތަ ކިއާ އެދުވަހު ދިޔަ ފަހުން ކިއާގެ ފޯނަށް އަހަރެންނަށް ގުޅުނު އަދަދު.. ފޯނު އޮތީ ނިއްވާލާފަ..ކިއާ ހޯދަން މުޅި މާލޭތެރޭގައި އަތް ފުނާ އެޅިން..އަހަރެން އެކަނި ކޮށްފަ ކޮންތާކަށްތަ ދިޔައީ؟؟؟؟އަހަރެން ކިއާ ދެކެ ވި ލޯބީގައި ކޮޅުފައިން ޖެހީ ކީއްވެ؟؟..ކީއްވެ ކިއާ..؟؟..އަހަރެން އަދިވެސް ވަރަށް ލޯބިވޭ ކިއާދެކެ..ޕްލީޒް އަހަންނަށް ތިހެން ނަހަދާ..ހެޔޮ ނުވާނެ ..އާދޭސް ކޮށްފަ މިބުނީ..އަހަންނަށް އެނގޭ ކިއާ ވެސް އަހަރެން ދެކެ އަދިވެސް ލޯބިވާނެކަން…އަހަރެން ކައިރިއަށް އެނބުރި އާދޭ..ޕްލީޒް….”…އިޔާން ރޮމުން އެ ވާހަކަތައް ކިޔައިދިން އިރު ކިއާރާ އަށް ވެސް ރޮވުނެވެ..އިޔާން ދޫކޮށްފަ ދިއުމަކީ އެއްގޮތަކަށްވެސް އޭނަ ކުރަން ބޭނުންވި ކަމެއް ނޫނެވެ..
“ޔާން..އަހަންނަށް އެނގޭ މި އެއް އަހަރު ތެރޭގައި ޔާން އުޅުނު ހާލު..އަހަރެން އެ ދުވަހު ޔާން ކައިރީ ނުބުނެ ދިޔައީ މަންމަ ބަލިވެގެން އެކޮޅުން ގުޅީމަ..ދެން އަވަހަށް ދިޔައީ..ފަހުން މަންމަގެ ބަލި ހާލަތު ހުރި ގޮތުން އެކޮޅުގަ މަޑު ކުރަން ޖެހުނީ..އެހެންވެ ކޯހުން ވެސް ވަކިވީ.މިތަނަށް މިއައީ ވެސް މާން ތިއްތި ބުނެގެން..ނާއިލް ލަވައެއް ހުށައަޅަން އުޅޭތީވެ…އަހަންނަށް މާފު ކުރޭ…އެކަމަކު..އަހަންނަކަށް ދެން ޔާން ކައިރިއަކަށް އެނބުރި އެއް ނާދެވޭނެ..”….އިޔާން ކައިރިން ދުރަށް ޖެހިލަމުން ކިއާރާ ބުނެލިއެވެ…ކަން މިހެން އޮތް އިރުވެސް އޭގެ މައިގަނޑު ސަބަބު ކިއާރާ ފޮރުވިއެވެ..އެ ދުވަހު ރަށަށް ދާން ޖެހުނުކަން އެއީ އޭނާގެ ނަސީބޭ ހިތަށް އެރިއެވެ..
“އެ ކީއްވެ އަހަރެން ކައިރިއަށް އެނބުރި ނާދެވެންވީ؟؟؟ކިއާ..؟؟؟.އެ ކީއްވެ ހޭ.؟؟؟”ކިއާރާގެ އަތުގައި ހިފައި ތަޅުވައިލަމުން އިޔާން ހާޅޭއް ލަވައިގަތެވެ……
“ޔާން ..އަހަރެންގެ އަތުން ދޫކޮށްލާ…އަހަރެން މީ މީހެއްގެ އަންބެއް…”ތެދު ހާމަކުރުމުން އިޔާން އަށް ވާނެ ގޮތް ބަލަން ބޭނުން ނުވާތީ ކިއާރާ އިޔާން އަށް ފުރަގަސް ދިނެވެ…ހިތް މަތީގައި ހަރު ހިލަގަނޑެއް ބާއްވައިގެން އެހެން ބުނެލިއިރު އޭނާގެ ލޮލުން ކަރުނަ ނިރައިލިއެވެ..
ސިކުންތުކޮޅަކަށް އިޔާން އަށް ނެގި މަޑުވެފައި ހުރެވުނީ އަޑު އިވުނީ ރަގަޅަށް ތޯ ބަލާށެވެ..މެއިގަނޑާ ހިސާބުން ދިލަ ހޫނެއްގެ އަސަރު ވާހެން އިހުސާސް ކުރެވުނެވެ..ވަށައިގެންވާ މާހައުލު އެނބުރޭހެން ހީވިއެވެ..ވާނުވާ ނޭނގި ހުއްޓާ ކުއްލިއަކަށް އިސްތަށިގަނޑުގައި ހިފައި ދަމައިގަތީ ދެންމެ އަޑުއިވުނީ ދޮގަކަށް ވުމަށް އެދިއެވެ..ނަމަވެސް ތެދެއް ދޮގަކަށް ބަދަލުކުރެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ..ހުރި ތަނަށް ތިރިވެ އަޑުން އަޑުން ނަގާ ރޮއެގަތެވެ..ހޯލުގައި ތިބި ސަޕޯޓަރުންގެ ތަރުހީބުގެ އަޑުތަކާ އެކުވެގެން އިޔާންގެ އަޑު އައެވެ..
އިޔާން އަށް ވީ ގޮތް ފެނި ކިއާރާ އަށް ހީވީ އޭނާގެ މޭމައްޗަށް ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ…އިޔާންގެ ހާލާ މެދު ހަމްދަރުދީ ވެވުނެވެ…އިޔާން ކައިރިއަށް ގޮސް އެ އަތުގެ ތެރޭގައި އަބަދަށް ހުރެލަން ބޭނުންވިއަސް އެވަރުގެ ހިތްވަރެއް ނެތެވެ..މިއަދު އޭނާއަކީ ކުށްވެރިއެކެވެ…
“ކިއާ….އަހަރެން ބުނާނެ އިތުރު އެއްޗެއް ނެތް..ކިއާ އުފަލުގަ ހުރިއްޔާ އިރާދުކުރެއްވިއްޔާ އަހަރެންވެސް ހުންނާނީ އުފަލުން…ހިތުގައި ކިތަންމެ ވަރަކަށް ވޭން އެޅިއަސް ދެން އެކަމެއް އެހެން މީހަކަށް ނޭނގޭނެ….ކިއާ..ވަރަށް ބޮޑަށް ތޭންކްސް އަހަރެންގެ އިހުސާސްތަކާ ތިހާ މޮޅަށް ކުޅެލީމަ..އެކަމަކު ހަނދާން ކުރާތި…މިހިތުން ދުވަހަކުވެސް ތި ކިއާރާގެ ނަމެއް ނުފޮހެވޭނެ…އަހަރެން ކިއާރާގެ ދެކެ ލޯބިވިން…ވަރަށް ބޯޑަށް ލޯބިވަން…އަދި ކުރިއަށް އޮތްތާގައިވެސް ލޯބިވާނަން…އަދިވެސް ކިއާ އަށް އިންތިޒާރު ކުރާނަން…އިރާދު ކުރެއްވިއްޔާ ކިއާ ނޫން އެހެން އަންހެން ކުއްޖަކަށް މިހިތުން ޒައްރެއްގެ މިންވަރެއްވެސް ހައްގެއް ނުވާނެ…”އިޔާން ހިނިތުންވެގެން ހުއްޓަސް އޭނާގެ ހިތުގައި އަޅާ ވޭން ދެނެ ވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ..

އިޔާން ދިޔަ ތަން ބަލަހައްޓައިގެން ކިއާރާ އަށް އިނދެވުނީ ގަނބު ކައިފައެވެ..ދެރަވާންވީ ކަމެއް އުފާވާންވީ ކަމެއް ނޭނގުނެވެ..އިނގޭހާ ވެސް އެއްޗަކީ އޭނައަށް އިޔާން އަށް މިދެވުނީ ވަރަށް ބޮޑު އަނިޔާއެއް ކަމެވެ..

އާ ދުވަހަކަށް އިރު ފެނުން ތޮޅިލީ ބައެއް މީހުންގެ ހަޔާތަށް އުފާވެރިކަން ގެނެސްދީފައެވެ…އަދި އަނެއް ބައި މީހުންގެ ހަޔާތަށް އުދާސްވެރިކަން ގެނެސް ދީފައެވެ..
ކިއާރާ އުޅުނީ ބަދިގެ ތެރޭގައި އޭނާގެ ފިރިމީހާ ނާއިލް އަށް ސައި ތައްޔާރު ކުރާށެވެ..ހިޔާލަކަށް ގެއްލިފައި އިން ކިއާރާ އަށް ހޭވެރިކަންވީ ނާއިލް އައިސް ކޮށްލި ކަމަކުންނެވެ….
“މޯރނިން ކިއާ…”.ނާއިލް އައި ގޮތަށް އައިސް ކިއާރާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ..ކިއާރާ އަށް އުނދަގޫ ވިއެވެ..
“ނާއިލް ޕްލީޒް….ދެން މިގަޑީގަ ކޮންކަމެއްތީ..ނުފެނޭތަ އަހަރެން ސައި ތައްޔާރު ކުރާ ތަނެއް…”ނާއިލްގެ އަތް އުނަގަނޑުން ނައްޓުވަމުން ހިތްހަމަ ނުޖެހިފައި ކިއާރާ ބުނެލިއެވެ…
ނާއިލް ދެރަވެ ލަދުގަތެވެ…މިއީ ކޮންމެ ދުވަހެއްގެ އާދައެވެ..ކައިވެންޏަށް 1 އަހަރު ފުރުނު އިރުވެސް ކިއާރާގެ އެ އުޅުމަށް ބަދަލެއް ނާދެއެވެ…ކުދި ކުދި ކަންތަކާ ހެދި ރުޅި އާދެއެވެ..ނަމަވެސް އަންބެއްގެ މަގާމުގައި ހުރެ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެއެވެ…ނާއިލް ގެއިން ނުކުމެގެން ދިޔައީ ސައިވެސް ނުބޮއެވެ..
ކިއާރާ މިކަމާ މާބޮޑަށް އަޅައެއް ނުލައެވެ…..

ކިއާރާ ހީކޮށްގެން ހުރީ ކައިވެންޏެއް ކުރީމަ އޭނައަށް އިޔާަންގެ ހަނދާންތަކާ ދުރަށް ދެވޭނެ ކަމަށެވެ..ނަމަވެސް މި ވޭތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި އެއީ ކުށް ހީއެއްކަން ކިއާރާ އަށް ޔަގީންކުރެވިއްޖެއެވެ..މަންމަގެ އެދުމާއެކު ވެސް މި ކައިވެނި މަތީގައި ދެމިހުންނަން އޭނާ ބޭނުންވެއެވެ..ނަމަވެސް ނޭގޭ ސަބަބަކާ ހެދި ނާއިލް ފެންނަ އިރައް ރުޅި އާދެވެނީއެވެ..

މެންދަމުން އަލިވެ 1 ޖެހިއިރު ނާއިލް އައިސް ގެއަށް ވަނެވެ..އެއީ ހެނދުނު ގެއިން ނުކުމެގެން ދިޔަ މީހާއެވެ..ކޮޓަރިއަށް ވަދެ ނިދާ ހެދުމަށް ބަދަލުކޮށްގެން އައިސް އޭނާ އޮށޯވެލީ ކިއާރާއާ ޖެހިގެންނެވެ…ނިދާފަ އޮންނައިރު ކިއާރާގެ މޫނުމަތި ހާދަ މައުސޫމް އެވެ..ކިއާރާގެ ބޮލުގައި ފިރުމަން އުޅެމުންވެސް ހުއްޓިލީ އޭނައަށް ހޭލެވި ހިތްހަމަ ނުޖެހިދާނެތީއެވެ..ނާއިލް އަނެއް ކޮޅަށް އެނބުރިލީ ލޮލަށް ކަރުނަ ޖަމާވާން ފެށުމުންނެވެ..މިކަހަލަ ކައިވެންޏެއްގެ މަތީގައި ދެމިހުރުމަކީ އޭނައަށް ހާދަ ވޭން ހުރި ކަމެކެވެ..ނަމަވެސް އޭނާ ކިއާރާ ދެކެ އިންތިހާޔަށް ލޯބިވެއެވެ…ކުޑަ އިރުއްސުރެން އެކުގައި މަޖާ ކޮށް އުޅުނު އެކުވެރިޔާ ދެކެ އޭނައަށް ލޯބި ވެވިދާނެ ކަމެށް ދުވަހަކަުވެސް ހިއެއް ނުކުރެއެވެ..ނަމަވެސް އޭނާ ވި ލޯތްބަށް ކިއާރާ ވަނީ ކޮޅުފައިން ޖަހާފައެވެ..ކައިވެނި ކުރެވުނު ފުރަތަމަ ދުވަސްކޮޅު ކިއާރާ ހުންނަނީ ނެގިމަޑުވެފައެވެ..ނަމަވެސް ފަހުން ފަހުން އައިސް މާ އަވަހަށް ރުޅި ގަދަވަނީއެވެ..މިއީ އޭނައަށް ލެއްވިފައި ވާގޮތޭ ހިތަށް އެރުމާއެކު ހިފެހެއްޓުމެއްނެތި ކަރުނަތަށް އޮހިގަތެވެ…

އިރުގެ ރަން ދޯދިތައް ދޮރު ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އައިސް އިޔާންގެ ލޮލަށް އެޅުނެވެ..ލޯ ހުޅުވާލުމާއެކު އޭނައަށް ހީވީ ލޮލުގެ ތެރެއަށް އެތައް ހާސް ތީރުތަކެއް ކޮށްޕާލެވުނު ހެންނެވެ..ދެވަނަ ސިކުންތުގައި ލޯ މަރާލެވުނެވެ..މުޅި ދުވަހު ރޯން އޮވެފައި ނިދުނީއެވެ…އިޔާންގެ ލޮލެކޭ ލޭ ގުޅައެކޭ އެއްވެސް ތަފާތެއް ނެތެވެ…ލޯ ވަނީ ދުޅަވެ ވަޅު ވަދެފައެވެ..މޫނު ދޮވެލައިގެން ގޮސް ބަދިގެއަށް ވަނީ އެއްޗެއް ކާލުމުގެ ބޭނުމުގައެވެ…އިއްޔެ އެއްގޮތަކަށް ވެސް ނުކެއުމުގެ ސަބަބުން ހަށިގަނޑުގައި އެއްވެސް ވަރަކަށް ހަކަތައެެއް ނެތެވެ..ކާތަކެތި ފެނުމާއެކު ހެން އޭނައަށް އޯކަށް ދެމިގަނެވުނެވެ…މިހާރު އޭނައަށް ކާއެއްޗިއްސަށް ވުރެ އެހެން އެއްޗެއް މާ ކަމު ދެއެވެ..އެއީ އިންސާނުންގެ ހަށިގަނޑު ހަލާކަށް ވައްޓާލާ ސިނގިރެޓުއެވެ..ސިނގިރެޓު ބުއިމަކީ މިހާރު އޭނާގެ އާދައަކަށް ވެއްޖެއެވެ..ދުވާލަކު ދެ ތިން ސިނގިރެޓު ފޮށި ހުސްކޮށްލައެވެ..

ހާމައަށް އޮށް ޓެރެހަށް ނުކުމެ ސިނގިރެޓެއް ރޯކޮށްލިއެވެ..އެއް ސިނގިރެޓު ހުސްވުމާއެކު ހެން އަނެއް ސިނގިރެޓު ރޯކޮށްލައެވެ..ވިސްނެމުން ދިޔައީ ކިއާރާ އާއި އޭނާގެ ފިރިމީހާ އާ ދެމެދުގައެވެ..

މިއަދު ހެނދުނުއްސުރެން ކިއާރާ އުޅުނީ ބޮލަށް ތަދުވާތީއެވެ.. އެނދުން ތެދުވަން އުޅުނު ތަނާ ހެން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ…ނާއިލް އަށް ހޭލެވުނީ ހަމަ އެވަގުތުއެވެ..ކިއާރާ އެނދުމަތީގައި ރަނގަޅަށް ބާއްވާލާ ތައްޓަކަށް ފެންފޮދެއް އަޅައިގެން އައިސް އޭނާގެ މޫނުމަތީގައި ފެން އުނގުޅިއެވެ..އަދި ފެން ބޯން ދިނެވެ..
“ކިއާ..އޯކޭތަ؟؟؟..”ހާސްވެފައި ހުރެ ނާއިލް އަހައިލިއެވެ..ކިއާރާ ބޯޖަހާލިއެވެ..ހަމަ އެހިނދު ކިއާރާއަށް އޯކަށް ދެމި ގަނެވުނެވެ..ނާއިލް ވަގުތުން ކިއާރާ އަތުލަފި ކޮށްގެން ފާހަނައަށް ވެއްދިއެވެ..ރޭގަ ކެއި ހުރިހާ އެއްޗެއް ހޮޑަށް ދުއްވާލެވުނެވެ..
“ކިއާ..ހިނގާ ހޮސްޕިޓަލަށް ދާން..”ޓިޝޫ އަކުން ކިއާރާގެ ތުންމަތި ފޮހެލަމުން ނާއިލް ބުންޏެވެ..
“ނޫން..އޯކޭވާނެ..އެއީ ރޭގަ ކުޑަކޮށް ލަހުން ނިދީމަކަމަށް ވާނީ..އަޅައިނުލައި ދެން..ނާއިލް ދޭ އޮފީހަށް ދާން ތައްޔާރުވާންް….އަހަރެން ސައި ހަދާނަން…”ކިއާރާ އެހެން ބުނި ނަމަވެސް ނާއިލް ބޭނުންވަނީ ކިއާރާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ..ކިއާރާ ބުނީތީވެ ހަނުހުރީއެވެ…
އޮފީހަށް ދާން ތައްޔާރުވެގެން ނުކުތްް ނާއިލް އަށް ފެނުނު މަންޒަރަކުން ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ..ދުވެފައި ގޮސް ބިންމައްޗަށް ވެއްޓިފައި އޮތް ކިއާރާ އަތްދަނޑިމައްޗަށް އުފުއްލައިގެން އައިސް ސޯފައިގައި ބޭއްވިއެވެ..އަދި މަޑުމަޑުން ތަދު ނުވާނެހެން ކިއާރާގެ ކޯތާފަތްމަތީގައި ތެޅިއެވެ..ވަރުބަލި ކަމާއެކު ކިއާރާ ލޯ ހުޅުވާލުމަަށްފަހުވެސް ލައްޕާލިއެވެ….އޭރު ނާއިލް ވީ އެމްބިއުލެންސް އަށް ގުޅާފައެވެ..އިރު ކޮޅެއް ނުވަނީސް އެމްބިއުލެންސް އައިސް ކިއާރާ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ..
ޢެމެޖެންސީ ތިއޭޓަރގެ ބޭރުގައި ނާއިލް އިނީ ޑޮކްޓަޜ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ..މާ ގިނަ އިރަކު މަޑު ކުރާކަށް ނުޖެހުނެވެ..ޑޮކްޓަރ ނުކުމެ އަތުގެ އިޝާރާތުން ނާއިލް ކައިރީގައި އަންނަން އެދުނެވެ….
ޑޮކްޓަރ އަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައި ދެމީހުންވެސް ހަމަޖެހިލިއެވެ…
“ތިއީ ޕޭޝަންޓްގެ ފިރިމީހާ ތޯ؟..”ނާއިލް ބޯ ޖަހައިލިއެވެ..
ޑޮކްޓަރ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފަށައިގަތެވެ…
“އެންމެ ފުރަތަމަ ވަރަށް ބޮޑަށް މަރުހަބާ…ޕޭޝަންޓް އިނީ ބަލިވެ…އެކަމަކު…ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތް..ކިއާރާ އަކީ ހާރޓް ޕޭޝަންޓެއް…ހިތުގައި ކުޑަ ލޯވަޅެއް އެބައިން..”..މާޔޫސްވެފައި އިނދެ ޑޮކްޓަރ ބުނެލިއެވެ…..

=ނުނިމޭ=

Share Article

Follow Me Written By

Ishaa

Level 2100 Login100 Comments

Writing is my favorite pastime?♥...positive and negative comments are always welcomed?♥

Other Articles

Previous

ތެދުވެރި ލޯބި- 14

Next

ފާޙަނާ – 1

Next
February 3, 2020

ފާޙަނާ – 1

Previews
February 3, 2020

ތެދުވެރި ލޯބި- 14

45 Comments!

  1. Esherr says:
    February 3, 2020 at 1:26 am

    Salaam readers…this part is quiet short..i wrote for only 1000 words..as i was busy with my school works…i apologize to u all..but next part i’ ll make sure it’s more than 1500 words..hope u enjoy reading this part too..positive nd negative comments are always welcomed…thank u..?❤❤

  2. Fathimath salva says:
    February 3, 2020 at 2:06 am

    alhe ishaa..why do u write such sad stories..??..oneday ur gonna kill me with ur stories..??..but it is still sooo sad but beautiful..i luv it soo much..thanku for updating very fast..so..when will u release the next part.?..now I’m really curious of what’s gonna happen next..??..I’m so proud of u as I’ve been..??my dear bestie i can’t not write this in every comment but I’ll always be here if u need me..nd i can never find someone like u..caring luving nd i hope I can also be the same with u..??..I’m so glad that i met someone like u..☺️my dear bestie thanks for deciding to stay in my life..??..i luv u so much..nd i hope u to be my bestie forever..luv u nd miss u sooo much..I’ll visit soon again so cheer up okay?..???????? luv u isha..???

    1. Esherr says:
      February 3, 2020 at 6:49 am

      I’ ve always felt so loved nd appreciated by u..thanks for sticking by me even it was hard..thinking about u always make me smile..i hope that u r doing well nd can’t wait to see u again…thank u sooo sooo much dearest bestie

  3. Lamko says:
    February 3, 2020 at 7:20 am

    Oowwwn Esher this part is amazin…… Vvvvv reethi…. Whn is nxt….. Waiting ????

    1. Esherr says:
      February 3, 2020 at 10:49 am

      Thank u so much lamko??❤..next part this week..insha allah…miah vuren dhigu koh genesdheynan..?

  4. Meekkomee says:
    February 3, 2020 at 7:38 am

    Alhy????varah Reethi mi part ves….whn is next waiting for the next part…Ly❤️❤️?

    1. Esherr says:
      February 3, 2020 at 10:53 am

      Thank u soo much meekko??❤..next part this week..insha allah❤

  5. Kim taehyung/v/tae tae says:
    February 3, 2020 at 10:06 am

    Wutttttt??nooooooooooo……don’t break my cute bro jungkook’s heart….im going to cry a lot if anything happens to jungkook oppa…btw story hama habeys….and emotional…waiting for the next part…. i purple u..??????????????????

    1. Fathimath salva says:
      February 3, 2020 at 10:51 am

      ???..jungkook…

    2. Esherr says:
      February 3, 2020 at 10:54 am

      Hehe…?..don’t worry…it’s gonna be a happy ending…btw thanks dear..keep waiting..?❤

    3. Kim taehyung/v/tae tae says:
      February 4, 2020 at 5:09 pm

      Yup… he’s name is jugkook and he is a vocalist from boy band bts
      Mi story ga jugkook ge namakee iyaan…once again purple u all???????????

  6. Fathimath salva says:
    February 3, 2020 at 10:53 am

    ishaa..???..ur not mad right..?.?..i wrote much more than expected…sorry about that..??

    1. Esherr says:
      February 3, 2020 at 10:56 am

      Seriouslyy????…it’s okay eyy?

  7. Naaifa says:
    February 3, 2020 at 5:36 pm

    Hey..the story is awesome i liked it very much??..my bestie forced me to do this..??..anyways it was very exciting nd sad at the same time…?

    1. Esherr says:
      February 3, 2020 at 5:47 pm

      OMG.??.Anyway thank u soo much Naaifa??

  8. Fathimath salva says:
    February 3, 2020 at 5:39 pm

    hehe..??..ur welcome bro..??

  9. Imma says:
    February 3, 2020 at 10:16 pm

    V reethi.. I loved this part ?♥️

    1. Esherr says:
      February 3, 2020 at 10:24 pm

      Thanks sis?????

  10. Viyam says:
    February 4, 2020 at 9:10 pm

    Hessa salhi..Naail haadha dhera vaaney iyaan ves kiara ves??Naail aa kiara aa dhen vaki nukuraathi ingey.kiara pregnant iru adhi..Iyaan ah ehen girl kujje gennaani…shaya varah reethi name eh.please use kohdhy bala please please please

    1. Esherr says:
      February 4, 2020 at 9:19 pm

      Will try my best.. let’s see then…?..anyway thank u so much viyam?❤

  11. Amee says:
    February 4, 2020 at 9:20 pm

    Habbu hama..thedheh shaya kiyaa kuhjeh genes dhy bala..varah reethi nameh..plx plx

    1. Esherr says:
      February 4, 2020 at 9:22 pm

      Will try my best…thank u amee??❤

  12. Naanu says:
    February 4, 2020 at 9:22 pm

    Aan shaya reethi nameh..Haadha ey hithaamai roe roe dhw.?

    1. Esherr says:
      February 4, 2020 at 9:24 pm

      Mm..thanks Naanu❤

  13. Yanaa says:
    February 4, 2020 at 9:26 pm

    varah❤varah❤reethi❤❤❤❤❤maa sha Allah ???????waiting for the next part?❤?

  14. Malaa says:
    February 4, 2020 at 9:41 pm

    Thedheh shaya name kiyaa kuhjeh gennachey..plz plz vaahaka habbu hama

    1. Esherr says:
      February 4, 2020 at 9:43 pm

      Hmm..thanks ingey❤..ekam vrh hyvey ehkujjaku hen comment thi kurany???

  15. Yanaa says:
    February 4, 2020 at 9:56 pm

    Varah❤❤varah??reethi??maa sha Allah??❤??❤??waiting for the next part?❤?

    1. Meekkomee says:
      February 4, 2020 at 10:00 pm

      Hey Yaa sis..online ve bala.Avas kuda kamaku??

    2. Esherr says:
      February 4, 2020 at 10:15 pm

      Yanaa dhw…thank u soo much???❤️❤️.. Keep waiting for the next part.. Ly❤️

  16. Aishath faiher says:
    February 6, 2020 at 8:47 am

    Mi part ves vv salhi ???loved it ❤️love u isher ❤️❤️proud of u babe ????

    1. Esherr says:
      February 6, 2020 at 6:54 pm

      Thank u soo much dear faiher….ly2????❤❤

  17. Shahumadh says:
    February 6, 2020 at 9:01 am

    WoW??❤️❤️❤️

    1. Esherr says:
      February 6, 2020 at 6:55 pm

      Thank u soo much dear…???❤

  18. ♡Maiii♡ says:
    February 6, 2020 at 9:04 pm

    ﷲވަރަށް ވަރަށް ރީތި. މާޝާ

  19. Shaayan says:
    February 7, 2020 at 5:42 pm

    Loved it…….. Only nw i have got to knw u have much more caring besties……. All the best in ur life with ur new besties…….??. And yh i loved ur story….. V reethi…. ?

    1. Esherr says:
      February 7, 2020 at 8:13 pm

      What are u tlkn abt???..u are also one of my bestie eyy..nd u were my bestie before them..don’t think in such a way..i love u also..not only them..u’ve played an important role in my life..i can never forget u…TBH u r also very very caring to me..u gave me support through my hard days..nd u always encouraged me…so plxx..dont think in such a way..u r still my bestu..i love u..nd miss the old days we spent together..❤❤❤..anyway thanks???

  20. Aakko luv ❤️ says:
    February 10, 2020 at 5:23 pm

    Aachaa salhikan

    1. Esherr says:
      February 11, 2020 at 5:12 am

      Thanks?

  21. Anonymous says:
    February 15, 2020 at 7:12 pm

    Woow??when next part

  22. psycho quinn says:
    March 4, 2020 at 9:18 am

    when is the next part

  23. .??????? says:
    May 1, 2020 at 2:24 am

    Ahchee mikahala Moya vaahaka nuneyraba plx yuck, ??

    1. positive mind says:
      May 20, 2020 at 10:55 pm

      shut up…if u cant ncourage her then dont discourage..she is my bestie ….

  24. .xxxxxxx says:
    May 27, 2020 at 3:29 pm

    scumbag..who do u think u r anyways..??..I’d like to see u try better..don’t mess with my bestie?..u arrogant pest..ppl like u makes me sick..?

  25. ⚘⚘ says:
    May 27, 2020 at 4:09 pm

    actually..u know wht..u should point out her mistakes..instead of saying things about it..tht won’t make her write better..she is just a beginner..nd I think she is already the best of wht she is capable of doing..she thinks alot about wht the readers would like nd dislike..nd I know she tries her very best for everything..even our friendship..if it wasn’t for her we won’t be like this right now..thnku..bestie for always taking my side❤❤..i will always treasure every single moment with u..far by distance but close to my heart..♡♡..❤⚘⚘

Comments are closed.


All Right Reserved!