އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ އަޑު އަހަރެން އަހަމެވެ. ހުދު ޤުރުއާނުގައި ވެސް އެކަން ބަޔާން ކޮށްފައި އެބަ އޮތެވެ. ދިރިއުޅުމުގައި އެތައް ގަރުނައެއް ފަހަނަ އަޅައި ގޮސްފިއެވެ. ނަމަވެސް އަދިވެސް އަހަރެން މިއޮތީ ފުންމިން ނޭނގޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އެހީތެރިކަމުގެ އަތްތައް މަދީކީއެއް ނޫނެވެ. އެއްވެސް ބަޔަކަށް އަހަރެން މިތަނުން ސަލާމަތް ކުރެވޭ ކަމަކަށް ނުވީއެވެ. މަކަރާއި ހީލަތުން ފުރިގެންވާ (ޔަހޫދީން) ގެ ތޫނު ވަޅިތަކުގެ ގޮވައްޗަކަށް އަހަރެން ވެގެން ދާނެ ކަމަށް ފަހަރެއްގައިވެސް […]
(މި އާޓިކަލް މަރުޙޫމާ އަޅުގަނޑުގެ ލޯބިވާ ދައްތައަށް ތަޙުސީސު ކޮށް ލިޔަމެވެ.) އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނެ ވަރަށް ބޮޑު ހަޤީޤަތެެއް ވެއެވެ.އެއީ މަރެވެ.ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުަވަހެއް ކަމެވެ.ތިބާ ކިތަންމެ ބާރަށް ދުވިއަކަސް މަރު ތިބާ އަތުލާނެއެވެ.އެހެނީި މިކަމުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުވެއެވެ.އެދުވަހަކުން ތިބާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.މި ދުނިޔެއިން އެ ދުނިޔެއަށް ގެންދެވޭނެ ހަމަ އެކައްޗެއްވެސް ނެތެވެ.ތިބާގެ ޢަމަލުތައް ފިޔަވައެވެ. އަމަލުތަކުގެ ތެރެއިންވެސް ތިބާއަށް އާޙިރަތުގައި ފައިދާ ކުރާނީ ތިބާ […]
އަހަރެންނާ ސަލްވާ އާ ބައްދަލުވިތާ އަދި މިވީ ގާތް ގަނޑަކަށް 6 މަސް ދުވަހެވެ.ސޯޝަލް މީޑިއާ މެދުވެރިކޮށް އެންމެ ފުރަތަމަ ބައްދަލުވިއިރު އެހާ ރަނގަޅަކަށް ވާހަކަ ނުދެއްކެއެވެ.އަބަދުވެސް ކޮންމެވެސް ކަމަކާ ޒުވާބު ކުރެވެއެވެ.ނަމަވެސް އަހަރެން އަބަދުވެސް އޭނާ ގާތު އަހަރެންގެ އެކުވެރިއަކަށް ވުމަށް އެދި އަހަމުން ދިޔައީމެވެ .ހާލަތާއި ވަގުތު ދިމާކުރި ގޮތުން އޭރު އަހަރެން ވަނީ ކަނު އަނދިރި އަނދަވަޅަކަށް ވެއްޓިފައެވެ.އެކުވެރިއެއްގެ އެހީތެރިކަމަށް ނުހަނު ބޭނުން ވިއެވެ.މިހާތަނަށް އަހަންނަށް އިޙުތިޔާރު ކުރެވުނު އެއްވެސް އެކުވެރިޔަކު އަހަންނަށް […]
ވާހަކަ ނުގެނެސްދެވި ގިނަ ދުވަސް ވީމަ، ހުރިހާ ކިޔުންތެރިން ކިބައިން ވެސް އަޅުގަނޑު ނިހާޔަތަށް މަޢާފަށް އެދެމެވެ.. އަދި މި ވާހަކަ އެއްކޮށް ލިޔެ ނިންމާފަ އަޕްލޯޑް ކޮށްދޭނެ ވާހަކަ ދަންނަވަނެވެ..ހާދިސާ އަށް ކުޑަ ބަދަލުތަކެއް އައިސްދާނެއެވެ.. ވާހަކައަށް އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަމެވެ..♡ ޝުކުރިއްޔާ!!
(މިއީ އެއްވެސް މީހަކަށް ނިސްބަތް ކޮށްގެން އަދި އެއްވެސް އިރެއްގައި ހިނގާފައިވާ ހާދިސާއެއް ނޫނެވެ..މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލީ ވާހަކައެކެވެ..) އެކުވެރިންނޭވެ..އަހަރެން ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުގެ ހިތި ސަފްޙާއެކެވެ..ގަލަމުގައި ކިތަންމެ ވަރަކަށްވެސް ދެލި އެބަހުއްޓެވެ…ނެތީ ހިތްވަރެވެ…ނަމަވެސް ތިޔަ އެކުވެރިންނަށްޓަކައި އަހަރެން ކުޑަ ހިތްވަރެއް ކޮށްލާނަމެވެ ހިތް ބިރު ގަންނަނީއެވެ..ނޭވާ ހާސްވަނީއެވެ..އޯކަށް ދެމެނީއެވެ..މުޅި ގައިން ދާ އޮހޮރި މީހާ ވަރުބަލި ވެއްޖެއެވެ.. މެޝިންތައް ތެޅި ފޮޅޭ އަޑު އިވެއެވެ…ކަނު އަނދިރިކަން ފިޔަވައި އެހެން އެއްޗެއް ނުފެނެއެވެ..ހަށިގަނޑުގައި އަޅަމުން […]
މެރިފައިވާ ލޯ ހުޅުވާލެވުނީ ހަމަ އެވަގުތު އެވެ.. މަންޒަރު ކިތަންމެ ވަރަކަށް ފުސް ކޮށް ފެނުނަސް އިޔާން އަކަށް އެ ސޫރަ ވަކި ނުވެ ނުދާނެއެވެ….ލޯ މަރާފައި އަނެއްކާވެސް ހުޅުވާލީ އޭނާގެ ލޯ އޭނާއަށް މިވަރުގެ ބޮޑު ދޮގެއް ނަހަދާނެކަން ޔަގީން ކުރަމުންނެވެ.. އާއެކެވެ… އެންމެންގެ ތެރޭގައި އޭނާ އަށް ބަލަހައްޓައިގެން އެހުރީ އޭނާގެ ހިތުގެ މަލިކާއެވެ.. ****** ލޮލު ތެރޭ ޖަމާވެފައި ތިބި ކަރުނަތައް އޭގެ މަގާމަށް ދޫކޮށްލަމުން ކިޔަމުން ދިޔަ ލަވަ އިހުނަށްވުރެ ބާރުކޮށްލިއެވެ.ބޭއިޙްތިޔާރުގައި […]
އިޔާން އާއި ކިއާރާގެ ރަހުމަތްތެރިކަން އުފެދުނީ ދެމީހުން ވެސް އޭލެވެލް ހަދަމުން ދަނިކޮށެވެ…އޭލެވެލް ނިމުމާއެކު ހެން މި ދެ އެކުވެރިންވެސް ވަކި ވާން ޖެހުނެވެ….ކަން މިހެން ހުއްޓާ އަދި ދިމާވީ މާ ރަނގަޅު ގޮތެކެވެ..އިއްތިފާގުން މި ދެމީހުންނަށް ވެސް އެޕްލައި ކުރެވުނީ އެއް ކޯހަކަށެވެ..ކުރިއާ ހިލާފަށް ކޮންމެ ދުވަހަކު ދިމާވެއެވެ . އާދައިގެ މަތިން މިއަދުވެސް ބްރޭކް ގަޑި ލިބުމާއެކު އިޔާން ކިއާރާ ގާތަށް ދިޔައެވެ.. “ކިއާ….” ހިޔާލީ ދުނިޔެއަށް ގެއްލިފައި އިން ކިއާރާ ސިއްސައިގެން ދިޔައީ އިޔާންގެ […]
ޢަހަރެން މި ދުނިޔެއަށް ނޭވާލުމާއެކު އަހަރެންގެ މަންމަ މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ..ލޯބިވާ ބައްޕައަށް މަޖުބޫރުވީ މަންމަ އެއްގެ ޒިންމާވެސް ކޮނޑުގަ އަޅުވާށެވެ..ނަމަވެސްް ބައްޕަގެ ވަޒީފާގެ ގޮތުން އަބަދު އުޅުއްވަން ޖެހުނީ ކަނޑުމަތީގައެވެ..އެހެންކަމުން ބައްޕަ އަހަރެންގެ މުސްތަގުބަލަށްޓަކާ އެހެން ކައިވެންޏެއް ކޮށް ދޮންމަންމައެއް ހޯދައިދިނެވެ..ނަމަވެސް ކީއްތޯއެވެ..ދޮންމަންމަ ވާނީ ހަމަ ދޮން ނިޔަދުރަކަށެވެ.. ޢުމުރުން އެންމެެ 6 އަހަރުގައި ދޮންމަންމަ ގޭތެރޭގެ ކަންތައް އަހަންނަށް ޖެއްސިއެވެ..އުމުރުގެ ޅަކަމާއެކު ގިނަ ކަންތައް އެހާ ރަނގަޅަކަށް ނުކުރެވުނެވެ..އެއިން ކޮންމެ […]