ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އެޒުވާނާއެ ތެދުވީ ކަށިންނެތް ހިތްވަރު ލައިގެންނެވެ. ތެދުވެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލެވުމާއެކު އަނެއްކާވެސް އެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޮހެންފެށިއެވެ. ވަށައިގެން އިވެމުންދާ ކުޑަކުދިންނާއި ، ބޮޑެތިމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ރުއިމާއި ގިސްލުމުގެ އަޑުން އޭނާގެ ކަންފަތްވީ ބައްވެފައެވެ. ޒަޚަމްވެފައި ތިބި މީހުންނަށް އެހީތެރިވަމުން ދިޔަ ޑޮކްޓަރުން އަވަސް ހަރަކާތްތަކާއި އެކު އެމީހުންނަށް ދެވެން އޮތްހާ ފަރުވާއެއްދެމުން ދިޔަނަމަވެސް އެތައްބަޔަކު މި […]
” އަނެއްކާ އެއްޗެހިތަކެއް ދާކޮށްގެން ނިކުތީދޯ. ސައުވީސް ގަޑިއިރު ގޭގަ އޮންނަ މީހަކު އެއްޗެއްހި ދާކުރަނީ ވެސް ވަކި ވަރެއް ބަލައިގެނެއް ނޫންވިއްޔާ. ވިދާން ހީކުރަނީ އަހަރެންމީ ރޮބަޓެއް ކަމަށްތަ؟ ” ދޮންނަން ވެފަހުރި ވިދާންގެ އަންނައުނުތައް ހިފައިގެން ކޮޓަރިން ނިކުތުމުން ސިޓީންރޫމުގައި އިން ސަލީމާ ރުޅިވެރި ފާޑަކަށް ބުނެލިއެވެ. ” ދެހަފްތާވީ އެއްޗެހި ނުދޮންނަތާ. އެހެންވެ ދޮންނަން އެއްޗެހި ނެރުނީ ” ސަލީމާގެ އަޑަށް ވިދާން މަޑު ޖެހިލުމަށްފަހު އިސްދަށަށް ޖަހައިގެން ހުރެ ބުނެލިއެވެ. ” […]
މައިޝްގެ ބުރަކަށިމައްޗަށް މާއީ ލައިގެން ހޮސްޕިޓަލަށް ދިޔައިރު އިކާލް އެންމެ ހިނދުކޮޅަކަށް ވެސް މާއީ އާ ކައިރިނުވެއެވެ. އެކަމުގެ ސަބަބުން ކިތަންމެ އުނދަގުލެއް ވި ނަމަވެސް ކެތް ކޮށްލައިގެން އިކާލް އެހުރީ މާއީއަށް އިތުރު އަނިޔާއެއް ދޭން ބޭނުންނުވާތީއެވެ. ނަމަވެސް އިކާލްގެ ހިތް އިންތިހާ ދަރަޖައަށް މާއީ ކައިރިއަށް ދިޔުމަށް އަމުރުކުރަމުން ދިޔަ ނަމަވެސް އޭނާގެ ސިކުނޑި ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އޭނާއަށް މާއީ އާ ނުލައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ މާއީ އާ ނުލައި […]
ޢަހަރެން މި ދުނިޔެއަށް ނޭވާލުމާއެކު އަހަރެންގެ މަންމަ މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ..ލޯބިވާ ބައްޕައަށް މަޖުބޫރުވީ މަންމަ އެއްގެ ޒިންމާވެސް ކޮނޑުގަ އަޅުވާށެވެ..ނަމަވެސްް ބައްޕަގެ ވަޒީފާގެ ގޮތުން އަބަދު އުޅުއްވަން ޖެހުނީ ކަނޑުމަތީގައެވެ..އެހެންކަމުން ބައްޕަ އަހަރެންގެ މުސްތަގުބަލަށްޓަކާ އެހެން ކައިވެންޏެއް ކޮށް ދޮންމަންމައެއް ހޯދައިދިނެވެ..ނަމަވެސް ކީއްތޯއެވެ..ދޮންމަންމަ ވާނީ ހަމަ ދޮން ނިޔަދުރަކަށެވެ.. ޢުމުރުން އެންމެެ 6 އަހަރުގައި ދޮންމަންމަ ގޭތެރޭގެ ކަންތައް އަހަންނަށް ޖެއްސިއެވެ..އުމުރުގެ ޅަކަމާއެކު ގިނަ ކަންތައް އެހާ ރަނގަޅަކަށް ނުކުރެވުނެވެ..އެއިން ކޮންމެ […]
ނިޝާގެ ޑައިރީ ހިފައިގެން ނިކްހާ އިނީ ކޮޓަރި އެނދު މަތީގައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަވަސް ވެފައިވީ ހިތަކާއެކު ފޮތުގެ ފުރަތަމަ ގަނޑު ހުޅުވާލިއެވެ. އެފޮތުގައި ނުހަނު ރީތި އަތުލިއުމަކުން ލިއެވިފައި އެވަނީ ނިޝާގެ ކުލަނެއް ހަޔާތުގެ ޞަފްޙާތަކެވެ. *** ** *** އެނގޭ ހެއްޔެވެ؟؟ އަހަރެންވެސް އަހަރެންގެ ދިރިއުޅުމަށް ޓަކައި ހާދަ ފޮނި އުންމީދު ތަކެއް ކުރީމެވެ. ހާދަ ހުވަފެން ތަކެއް ދުށީމެވެ. އެކަމަކު އެ ހުރިހާ ކަމެއް ފެނަށްވީ ދާދި މަދު ދުވަސް ކޮޅެއް ތެރޭގައެވެ. […]
5 އަހަރު ކުރި … އަހަންނަށް ތައްޔާރު ވެވޭނެ އެންމެ ފުރިހަމަ އަށް ތައްޔާރު ވެވުމަށްފަހު ލޯގަނޑު ކުރިމަތީ ހުރި އަހަރެންގެ ސޫރައަށް ބަލާލީމެވެ. އެހިނދު އެތަކެއް ޝަކުވާއެއް އަހަރެންގެ ހިތުތެރޭ އެނބުރި ގަތެވެ. އަހަރެންގެ އުމުރުގެ އެހެން ކުދިން ފަދައިން އަހަރެން ރީތި ނޫނީ ކީއްވެހެއްޔެވެ؟ ހާމުގެ ކުލަ ކަޅު ވެފަ އަހަރެންގެ މުޅި މޫނު މަތީ ބިހި ނަގާފައި ހުއްޓެވެ.ކިތަންމެ ރީތި ވާން މަސައްކަތް ކުރިޔަސް އަހަރެން ރީއްޗެއް ނޫނެވެ. ކްލާހުގައި އުޅޭ އެއްމެން ކުދިން ކުދިންނާއި ރައްޓެހި ވެގެން އުޅޭ އިރު އަހަރެންނާއި އަނގައިން ބުނެލާނެ ފިރިހެން ކުއްޖެއް ވެސް ނުވެއެވެ. މިރޭ އަހަރެން ތައްޔާރު ވެގެން މިހުރީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ 18 ވަނަ އުފަންދުވަހުގެ ޕާޓީއަށް ދާށެވެ.އެހެނަސް އަހަރެންނަށް އަހަރެންގެ ފުށުން އެންމެ ރީތި ކަމެއްވެސް ނުފެނުނެވެ. މިރޭވެސް އެންމެންގެ މަލާމާތާއި އަހަރެން ކުރިމަތިލާން ޖެހޭނެ ކަން ގައިމެވެ. އެހެނަސް ހިތްވަރު ކޮށްލާފައި އަހަރެން ސާނީގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އަހަރެން ހީކުރި ވަރަށް ވުރެ ޕާޓީގައި މީހުން މަދެވެ. ކުރިމައްޗަށް ވައްޓާލެވިފައިވާ އަހަރެންގެ ޝޯލްގެ އެއް ކަނުގައި ހިފަހައްޓައިގެން އަހަރެން އިނީ އެތަނުން ދެވޭނެ އިންތިޒާރެއްގައެވެ. މީހުން ކިތަންމެ މަދަސް ނުދަންނަ ބައެއްގެ ތެރޭގައި އެހާ ގިނައިރު އިންނަން އަހަރެން ހުރީ ޖެހިލުންވެފައެވެ. ބައެއް ފަހަރު އެންމެން އަހަރެންނާއި ދިމާލަށް ބަލާހެންވެސް ހީވެއެވެ. އަހަރެންނޭ ކިޔައިގެން ޖެހިގެން ހުންނަ މީހާ ކައިރީ ސިއްރުން ވާހަކަ ދައްކާހެންވެސް ހީވެއެވެ. އެކަހަލަ ހިޔާލުތަށް ކުރެވެން ފެށުމުން އަހަރެން ބަލާ އަންނާނެ ކަމަށް ބުނި އަހަރެންގެ ކުޑަ އިރުން ފެށިގެން އެކުވެރި ރާވީގެ ފޯނަށް ގުޅާ ލަސްވާތީ ޝަކުވާ ކޮށްލީމެވެ. ” ކޮބާތަ. މިހާރު ކޮންއިރެއް މި އަންނަނީ މި އަންނަނީ އޭ ކިޔާތާ. އެކަނި ދަނީ ދެން މި.” އަހަރެން ހާސްވެފައި ހުރިވަރުން ފަތިވަރަކަށް ހުރިހާ އެއްޗެއް އަމުނާލީމެވެ. ” މި އައީއޭ. އަސްލު ފްރެންޑެއް ގޮވައިން އަންނާތީ ލަސްވީ. ނިކުމޭ އިނގޭ.” މިހެން ބުނުމަށްފަހު ރާވީ ފޯނު ކަނޑާލިއެވެ. އަހަރެން ބުނާނެ އެއްޗެއް އަޑު އަހާކަށް އޭނާ މަޑެއް ނުކުރިއެވެ. ނުދަންނަ މީހަކު ގޮވައިން އައުމުން އަހަރެން ހިތްހަމަ ނުޖެހޭނެކަން އޭނާއަށް ރަނގަޅަށް އިނގޭނެއެވެ. ވީއިރު އޭނާގެ ރައްޓެއްސެއް ގޮވައިން އެއައީ ކީއްކުރަން ހެއްޔެވެ؟ ގެނައި ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު އަހަރެން ހަލުވި ފިޔަވަޅު ތަކާއެކު އެގެއިން ނިކުތީ އައިސްފައިވާ ރުޅީގެ ބޮޑުކަމުން ސާނީ ކައިރީ ދަނީ އޭ ވެސް ބުނެ ނުލައެވެ. އެގޭ ދޮރުމަށްޗަށް ނިކުމެ ދެފަރާތް ދެފަރާތް ހޯދާލުމަށްފަހު ރާވީ ފެނުމުން އޭނާ ހުރި ދިމާލަަށް އަހަރެން ބާރަށް ހިނގައިގަތީމެވެ. އޭނާ އާއި ދިމާލަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އޭނާ ކައިރީ ހުރި ޒުވާނާ ފެނި ބުނަން އުޅުނު އެތި ވެސް އަހަރެން ހަނދާން ނެތުނެވެ. އަރުތެރެ ބެދުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ކަޅި ޖަހާނުލާ އެ ސޫރައަށް ބަލަން އަހަރެންނަށް ހުރެވުނެވެ. ދިގު އިސްކޮޅެކެވެ. ހަމުގެ ކުލަ ދޮން ނޫނަސް ރީއްޗެވެ. ޒަމާނާ އެއްގޮތަށް ސްޓައިލްކޮށް ލެވިފައިވާ އިސްތަށިގަނޑެކެވެ. ގަމީހުގެ އަތްކުރި އުޅަބޮއްޓާ ހަމައަށް އޮޅާލެވިފައިވާއިރު ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ކިތަންމެ ރީއްޗަށްވެސް އިނގެއެވެ. އަހަރެން ބަލަން ހުރިކަން އިނގިގެން ކަންނޭގެއެވެ. ފޯނާ ކުޅެން ހުރި އެ ޒުވާނާ ފޯނުން ނަޒަރު ވަކި ކޮއްލާ އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. މަޑު ބްރައުން ކުލައިގެ އެ ދެލޮލުގެ އެތެރަށް އަހަރެން ފީނައިގެން ފަދައެވެ. ” ހާދަ ވަރަކަށް ތި ބަލަނީ …” ރާވީ އަހަރެންނާ ދިމާކުރާ ރާގަކަށް އެހެން ބުނެލިއެވެ. އަހަރެންނަށް ހޭވެރިކަންވެ ހަމަބިމަށް ފޭބުނީ އެއަޑަށެވެ. އޭރު އެ ޒުވާނާވެސް ހުރި ހިނިއައިސްފައެވެ. ހީލާ އިރު އޭނާގެ ކޮލަށް އެ އެޅޭ އަޑިކޮޅުން މީހާ އިތުރަށް ފުރިހަމަ ވެފައި ރީތި ކަމަށް ދައްކައެވެ. ” ޖުމާ، މީ ރައުލް. ރައުލް، ޖުމާ ” ރާވީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ތައާރަފު ކޮށްދިނެވެ. ” ރައުލް…” އަހަރެން ހިތާއިހިތުން އެނަން ކިޔާލީމެވެ. ގައިމެވެ. ފިރިހެނެއްފެނި މިވަރެއް އަދި އަހަރެންނެއް ނުވަމެވެ. ކީއްވެކަމެއް ހުދު އަހަންނަކަށްވެސް ނޭނގެއެވެ. ހިނިތުންވެލަމުން އަހަރެން އެދެމީހުންނާއިއެކީ ގެއަށް ދާން ހިނގައިގަތީމެވެ. ޔަގީނެވެ. ތަގުދީރު ގައި އަހަރެމެން ދެމީހުންގެ ވާހަކަ ލިޔެވިފައިވާގޮތް އަހަރެންނަށް ކުޑަ ކޮށްވެސް އިނގުން ނަމަ އަހަރެން އަހަރެންގެ ބަސްނާހާ ހިތް މައްޗަށް ބާރު ފޯރުވީހެވެ.
…”ކީއްވެތަ މާ އުފާވެގެން ތިއުޅެނީ އިއްޔެއް ސުރެ ތި އުޅެނީ ހަމަ ހީލަ ހީލަ”…”ކަ..ކަމެއް ނު..ވެޔޭ”…”އަހަރެންނަށް ދޮގު ހަދަން ދިމާނުކުރައްޗޭ!!”…”އޯކޭ… އައި އެމް ސޮރީ ..އަހަރެން އަމީން އާ ރައްޓެހިވެގެން އުޅެނީ އިއްޔެގަ ވީ…އަހަރެންނަށް ހަމަ ހުރެގެން އުނދަގޫ ކުރަނީ ދެން އެންމެ ފަހުން ވީ”…”ވަޓް!!! އަހަރެން ގާތު ނުބުނީ ކީއްވެ؟؟؟”….”މައީ ހިތްހަމަ ނުޖެހޭނެ ކަން އިނގޭތީ..އަމީން އަކީ ޔޫއާން ގެ ބެސްޓް ފްރެންޑް ވީމަ”…”ޕިސް ޕިސް އަހަރެން ލަޔާގެ އުފަލަކަށް ހުރަހެއް ނާޅާނަމެންނު…ލަޔާ ކޮންމެ ޑިސިޝަން […]
ލަޔާން ގަސްގަނޑު ތެރޭގައި ހުރީ މާއީ އެކަނިވާނެ އިރަކަށް ބަލަބަލާއެވެ. އެގޮތުގައި އެތަށް އިރަކު ހުއްޓާ އޭނާގެ އެ އިންތިޒާރަށް ނިމުމެއް އައީ މާއީ އެއެންމެންނާ ތަންކޮޅެއް ދުރަށް ޖެހިލުމުންނެވެ. ދެން ލަޔާން އިންތިޒާރު ކުރަމުން ދިޔައީ މާއީއަށް ހުއްޓާ ނުލައި ބަލަން އިން އިކާލް އެހެންކަމަކަށް މަސްއޫލުވޭތޯއެވެ. އެކަންވެސް މާގިނައިރު ތަކެއް ނުވެ ކާމުޔާބުވުމުން ލަޔާންގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ވަރަށް ސިއްރު ސިއްރުން މާއީއަށްވެސް ރޭކާނުލާނެ ފަދައިން ލަޔާން ކުދި […]
“އައްދޭ.. ދެކުދިން ހާދަ ފަތިހަކާ ހޭލައިގެން.. މަންމަ ހީކުރީ މިއަދު ދެކުދިން ލޮލަށް ފެންނަވަރު ވާނީވެސް މެންދުރުވާންވާއިރު ކަމަށް..” ސީމާގެ އަޑުގައިވާ މަލާމާތް ލައިލާއަށް ނަގައިގަނެވުނެވެ. ލައިލާ އަވަސްއަވަސްކޮށްލައިގެން ތެދުވަން އުޅުމާއެކު ނާފިޒު ލައިލާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ލޮލުން އިޝާރާތްކޮށްލީ މަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ. އެޔާއެކު ލައިލާ އިށީނެވެ. “އެނޫނަސް އަހަރެމެން ކޮންމެހެން ކުރަންޖެހޭ ކަންކަން އެބަހުރި.. މެންދަރު ވަންދެން ނިދަން އޮތީމަ އެ ފާފަ ބޮލުގައި އަޅަނީ ކާކު؟” ނާފިޒު އެހެން ބުނެލުމުން ސީމާގެ […]