
އިޔާން އާއި ކިއާރާގެ ރަހުމަތްތެރިކަން އުފެދުނީ ދެމީހުން ވެސް އޭލެވެލް ހަދަމުން ދަނިކޮށެވެ…އޭލެވެލް ނިމުމާއެކު ހެން މި ދެ އެކުވެރިންވެސް ވަކި ވާން ޖެހުނެވެ….ކަން މިހެން ހުއްޓާ އަދި ދިމާވީ މާ ރަނގަޅު ގޮތެކެވެ..އިއްތިފާގުން މި ދެމީހުންނަށް ވެސް އެޕްލައި ކުރެވުނީ އެއް ކޯހަކަށެވެ..ކުރިއާ ހިލާފަށް ކޮންމެ ދުވަހަކު ދިމާވެއެވެ
.
އާދައިގެ މަތިން މިއަދުވެސް ބްރޭކް ގަޑި ލިބުމާއެކު އިޔާން ކިއާރާ ގާތަށް ދިޔައެވެ..
“ކިއާ….” ހިޔާލީ ދުނިޔެއަށް ގެއްލިފައި އިން ކިއާރާ ސިއްސައިގެން ދިޔައީ އިޔާންގެ މަޑުމައިތިރި އަޑުން އޭނާގެ ނަން ގޮވާލުމުންނެވެ.
.”ތި އިންނަނީ ކިހިނެއްވެފަ..އެނީތިންގް ވްރޯންގް؟؟..”ކިއާރާ އަށް ވީގޮތް ފެނި އިޔާން ކަންބޮޑުވިއެވެ..
“ން..ނޫން..އެއްވެސް ކަމެއް ނުވޭ..”..މިހެން ބުނެފައި ކިއާރާ ދާން އުޅުނެވެ….
“ކިއާ…..އަހަރެން ވާހަކައެއް ބުނަން ބޭނުން..” އިޔާން އެހެން ބުނުމާއެކު ކިއާރާ ހުއްޓިލިއެވެ..
“އަހަރެންވެސް……”އިސްޖަހާލަމުން ކިއާރާ ބުނެލިއެވެ..
“އޯކޭ..މީޓް މީ ޓުނައިޓް..އަންނަން ޖެހޭ ގަޑިއާ ތަން ކިއާ އަށް ޓެކްސްޓް ކޮށްލާނަން.”އިޔާން އިތުރު ކޮށްލުމާއެކު ކިއާރާ ބޯ ޖަހާލިއެވެ..
******
ރޭނގަޑުގެ ވަގުތެވެ.. 8 ޖެހުމުގެ 10 ވަރަކަށް މިނެޓް ކުރިން އިޔާން ހުރީ ހުޅުމާލޭ ބީޗްގައެވެ..މާ ގިނަ އިރުތަކެއް ނުވެ ކިއާރާ ވެސް އައެވެ.. ކަކުލާ ހަމައަށް އަރާ ވެލްވެޓް ވައިން ހެދުމެއްގައި ހުރިއިރު އެ ފަން އިސްތަށިގަނޑު ވަނީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ..ކޮށްފައި ހުރީ ލުއި މޭކަޕް އެކެވެ..މިރޭ ކިއާރާ ފެންނާނެ ކޮންމެ މީހަކުވެސް ފިދާވާނެކަން ގައިމެވެ..މިކަމުގެ ހެއްކަކަށް އިޔާން އެކަނި ފުދެއެވެ..ޖެހިތާ ބުދެއްހެން ހުރިއިރު އެސްފިޔަ ޖަހާލާން ވެސް ހަނދާން ނެތުނު ކަހަލައެވެ..އޭނާ އަށް ހަމަ ހޭވެރިކަން ވީ ކިއާރާ ވާހަކަ ދައްކަން ފެއްޓުމުންނެވެ.
.”ޔާން ބުނަން އުޅުނީ ކޮން ވާހަކައެއްތަ؟؟..ކެތް މަދުވެފައި ވާ ހާލު ކިއާރާ ސުވާލުކޮށްލިއެވެ.
.”އާނ..އެއީ….އަނެއް….ވެއިޓް….ކިއާވެސް ބުނީމެއްނުން ވާހަކައެއް ބުނަން ބޭނުމޭ..ޗޮކެއް ކަޑާ ލައިފައި އިޔާން ބުންޏެވެ.. ކިއާރާ ބޯޖަހާލިއެވެ…
“އެހެންވިއްޔާ އަވަހަށް ބުނޭ…ލޭޑީސް ފަސްޓް..” އެއްލޯ މަރާލަމުން އިޔާން ބުންްޏެވެ..
“އަހަރެން ބުނަން އުޅުނީ…އަހަރެން……..” މިހެން ބުނެވުނު ތަނާ އައި ނައި ގޮތެއް ނޭގި ވާރޭ އޮއްސައިލައިފިއެވެ…އަޖައިބެކެވެ..ދެންމެ އެހާ ރީތި ކޮށް އުޑުމަތި އޮއްވާ މިހާރު މިވީ ކިހިނެއް ހެއްޔެވެ..؟…ބަލާކަށް ނުހުރެ އިޔާން ކިއާރާގެ އަތުގަ ހިފައިގެން ދުއްވައިގަތީ އެތާ ހުރި ފިހާރައެއްގެ އަސްކަނި ދޮށަށެވެ. ފުދޭ ވަރަކަށް ބޯކޮށް ވާރޭ ވެހުމުން ދެމީހުން ވެސް ތިބީ ތެމިފައެވެ..އެހިނދު އިޔާން އަށް ބަލައިލެވުނީ ކިއާރާ އަށެވެ..އެ ބައްޓަން ރީތި ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ…އެ މަންޒަރު ނުބަލަން ވެގެން އިޔާން ދުރު ބަލައިލިއެވެ..
“ވަރަށް ކަޑަ ދޯ..ވާރޭ ވެހެން ނުވާނެ ވަގުތެއްގައި އެ އޮއްސާލީ އަންގައިވެސް ނުލައި…”..ތުންކޮޅު އޫ ކޮށްލަމުން ކިއާރާ ބުނެލިއެވެ..އިޔާން އަށް ހެވުނެވެ..
“ކިއާ ވަރަށް ލޯބި އެހެން ހަދާ އިރު އަޅެ..އަދި އެއްފަހަރު އެހެން ހަދާލަބަ..”ސަމާސާ ރަގެއްގައި އިޔާން ބުނެލިއެވެ..ކިއާރާ ލަދުން އިސްޖަހައިލިއެވެ..
“ދެންން….ޔާންގަނޑާ….”ކިއާރާ އިޔާން ގައިގައި ތަޅައިގަތެވެ….ދެން ފާއިތުވެގެން ދިޔައީ ހިމޭން ކަމުގެ ސިކުންތު ކޮޅެކެވެ…ދެމީހުންގެ ނަޒަރު ސީދާ ވެގެން ދިޔައެވެ..އެތައް ކަމެއް އަންގައިދޭން އުޅޭ ކަހަލައެވެ..ނަމަވެސް އެ ބަސްތައް ބޭރު ކުރާނެ ހިތްވަރެއް ނެތީއެވެ..އެންމެ ފަހުން އިޔާންް އަށް ކެތް ނުކުރެވުނެވެ..”ކިއާ…އަހަރެން ވަރަށް ދުވަސް ވެއްޖެ ކިއާ ކައިރީ މި ވާހަކަ ނުދެއްކިގެން އުޅޭތާ…ވަރަށް ކެތް ކުރިން ނުބުނެ ވޭތޯވެސް..އެކަމަކުވެސް އިންސާނަކަށް ކެތް ވާނީ ވަކި ވަރަކަށް ދޯ…ކިއާ…އަހަރެމެން ދިމާވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަންނަށް ކިއާ އަށް ބެލުނީ ތަފާތު ނަޒަރަކުން..ކިއާ ގެ ކޮންމެ ހަރަކާތަކަށް ފާރަލެވޭ..ގާތް ދެ ރަހުމަތްތެރިންނެއް ކަމަކު އަހަރެންގެ ބަސް ނާހަަ ހިތް އެ ކަމެއް ގަބޫލެއް ނުކުރި..ވަރަށް ތަފާތު އިހުސާސެއް ކުރެވެނީ..ނޭނގެ ކިޔައިދޭކަށްވެސް….ކިއާ….އަ..އައި ލަވް ޔޫ…ވިލް ޔޫ…. ބީ މައިން ފޯއެވަރ؟؟..އިޔާންގެ ހިތަށް ލުޔެއް ލިބިގެން ދިޔައީ އެތައް ދުވަހެއްގެ ހާސްކަން ބޭރުކޮށްލެވުނީތީއެވެ.. ހަށިގަނޑުގެ ހުރިހާ ލޭތަކެއް އެއްފަހަރާ ކިއާރާގެ ކޯތާފަތް މައްޗަށް އެއްވި ކަހަަލައެވެ..ހިތްވަރު ކޮށްލައިފައި އޭނާގެ ހިތުގައިވެސް ފޮރުވައިގެން އުޅުނު އެތި ބޭރު ކޮށްލިއެވެ..
“ޔެ..ޔެސް..އައި ލަވް ޔޫ ޓޫ ޔާން..ވަރަށް ލޯބިވޭ”..ކިއާރާ އަށް ބުނެވުނީ އެހާ ހިސާބަށެެވެ..އަރު ތެރޭގައި އަޑު ތާށި ވި ކަހަލައެވެ..އިޔާން އަށް އަނގަ ހުޅުވުނު ގޮތަށް ލައްޕާލަން ނޭނގުނެވެ..ދެވަނަ ސިކުންތުގައި ކިއާރާ ގައިގައި އޮޅުލައިގަތެވެ..ފައި ބިމުން މައްޗަށް ނެގުނު ހެން ކިއާރާ އަށް އިހުސާސް ކުރެވުނެވެ..ވަށައިގެން މީހުން ތިބި ކަން އިޔާން ހަނދާން ނެތުނެވެ…ބައެއް މީހުންގެ ލޯތައް އެ ދެމީހުންނަށް އަމާޒުވިއެވެ….އިޔާން އަށް ދުރަށް ޖެހިލެވުނީ ކިއާރާ އޭނާގެ އިސްތަށިގަނޑަށް ވާން ކޮށްލުމުންނެެވެ.ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން އިހުސާާސް ވުމުން އިޔާން ދެރަވެ ލަދުގަތެވެ..
“ކިއާ.. އައި އެމް ސޮރީ.. ގަސްތުގައެއް ނޫން އެހެން ހެދީކީީ.. އުފާވެފައި ހުރި ވަރުން އެހެން ހެދުނީ.. އައި ސްވެއަރ https://#/generic-levitra/.. ގަސްތުގައެއް ނޫން އެއީކީ.. ސޮރީ..” ދެރަވެފައިވާ ހާލު އިޔާންް އިސްޖަހައިލިއެވެ…
“އިިޓްސް އޯކޭ އޭ ޔާން.. އައި އަންޑަސްޓޭންޑް އޭ..ހިނގާ ދެން ދަމާ.. މިހާރު ވާރޭވެސް ހުއްޓައިލައިފިއެއްނު..” ހިނިތުންވެލަމުން ކިއާރާ ބުނެލިިއެވެ.. ވަކި ހިސާބަކުން ދެމީހުން ވެސް ވަކިވެގެން ދިޔައީ ލޯބިވެރިންގެ ލިސްޓުން ޖާގައެއް ހޯދަމުންނެވެ..ބޯމަތި ވަމުން އައި ކޮޅިގަަނޑުގެ ހިލަމެއް ވެސްް ނުވާ ފަދައިންނެވެ..
ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ވޭތުވަމުން ދިޔައީ ދެމީހުންގެ ގުޅުން ވެސް އިތުރު ހަރުފަތަކަށް ގެންގޮސްދީފައެވެ..ނަމަވެސް އެ ދެމީހުން ވެސް ހައްދުން ބޭރު ނުވެއެވެ..ކޯހަށް ދާ ވަގުތު ފިޔަވައި އެހެން ވަގުތަކު ބައްދަލެއް ނުކުރެއެވެ..
އާދައިގެ މަތިން މިއަދުވެސް ބްރޭކްގަނޑި ލިބުމާއެކު ހެން އިޔާން ކިއާރާ ގާތަށް ދިޔައެވެ… ރައްޓެހިވެގެން އުޅޭތާ ދުވަސްކޮޅެއް ވީނަމަވެސް ބައެއްފަހަރު ދެމީހުންނަށް ވެސް އެކަކު އަނެކަކާއި ވާހަކަ ދައްކަން ނުކެރިފައި ތިބެވެއެވެ..މިއަދުވެސް ވީ އެހެންނެވެ.. ހީވާގޮތުންނަަމަ ދެމީހުންނަށް ވެސް ތިބެވެނީ އެކަކު އަނެކަކު ވާހަކަ ދައްކަން ފަށާނެ އިރަކަށެވެ.. ކުއްލިއަކަށް އެއްޗެއް ހަނދާން ވާ ގޮތަކަށް ކިއާރާ ސުވާލު ކޮށްލިއެވެ..
“ޔާން ތެލަސީމިއާ ޓެސްޓު ހެދިންތަ ދުވަހަކުވެސް..؟؟”ކިއާރާގެ ސުވާލުން އިޔާން އަށް ދެބުމަ ގޮށް ޖަހާ ލެވުނެވެ..
“ރަށުގަ ހުއްޓާ އެއްފަހަރު ހެދި ހަނދާން ވޭ.. ޔެލޯ ކާޑެއް ލިބުނީ.. ކިިހިނެއްވީ؟..ކިއާ އަށް ވެސް ޔެލޯތަ؟” ހާސްވެފައި ހުރެ އިޔާން ސުވާލުކޮށްލިއެވެ..ކިއާރާ އަކީ ވެސް ކެރިއަރ ކުއް ޖަކަށް ވެއް ޖެނަމަ އޭނާ ދެކެމުން އައި ގިނަ ހުވަފެންތައް ވިއްސި ވިހާލިވެގެން ދާނެއެވެ….އިޔާން ވާހަކަ ދެއްކީ ކިތަންމެ މަޑުމައިތިރި ކޮށް ނަމަވެސް ކިއާރާ އަށް އިހުސާސް ކުރެވުނީ އޭނާގެ ކަންފަތް ދޮށުގައި ހޮނު ގުގުރިއެއް އަޅާލި ފަދައިންނެވެ.. ހިތްވަރު ކޮށްލާފައި ހިތުގެ އަޑާ ދެކޮޅަށް ޖަވާބު ދިނެވެ.. އިޔާން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.. ފުރަތަމަ ފަހަރަށް އިޔާން ކައިރީ އެވަރުގެ ބޮޑު ދޮގެއް ހަދަން ޖެހުމުން ކިއާރާއަށް އަށް ރޮވޭ ގޮތް ވިއެވެ.. ކަރުނަ ތައް ފޮރުވަން ވެގެން އަނެއް ފަރާތަށް އެނބުރި ދުއްވައިގަތީ ފާހަނަ ބަރިއާ ދިމާލަށެވެ..ކެތްކުރެވުނީ ފާހަނަ ތެރެއަށް ވަނުމާ ހަމަ އަށެވެ.. ދެލޯ ހޯސްލާފައި ކަރުނަތައް އޮހިގެންދިޔައެވެ..މިވީ ކިހިނެއް ހެއްޔެވެ؟.. މި ހުރިހާ ދުވަހު ދެކެމުން އައި ހުވަފެން ތަކުގައި ހަގީގީ ކުލަ ޖެއްސޭނީ ދެން ފަހެ ކިހިނަކުން ހެއްޔެވެ؟؟ޙަޔާތުގައި މިހިސާބަށް އައި އިރުވެސް މިފަދަ ކަމަކާ ކުރިމަތިލާން ޖެހިފައެއް ނެތެވެ….މުޅި ފާހަނަ ތެރޭގައި ހިފާފައި ވަނީ ކިއާރާގެ ހިމޭން ގިސްލުމުގެ އަޑެވެ..
ކިއާރާ އަށް އައި ބަދަލު ފެނި އިޔާން ހައިރާންވެ މާޔޫސްވިއެވެ..ހަމަ ކުއްލިއަކަށް ހުރެފައި ދާންްވި ސަބަބެއް ނެތެވެ..ފަހަތުން ދާން އުޅުނަސް މަޑު ކޮށްލީ އެތާގައި މީހުން ތިބުމުންނެވެ..ބްރޭކް ގަޑި ނިމި ކްލާސްތައް ނިމުނު އިރު ވެސް ކިއާރާގެ ހިލަމެއް ނުވެއެވެ les en anmeldelse..އިޔާން ހާސްވިއެވެ…ކުލާސް ނިމުނު ތަނާހެން ކިއާރާ ހޯދަން ފެށިއެވެ..އެތާ ހުރި ކުއްޖައްގެ ފަރާތުން އެނގުނީ އޭނާ ބަލިވެ ގެއަށް ގޮސްފައިވާ ކަމެވެ..އިޔާން ވަރަށް ދެރަވިއެވެ..ކިއާރާ އޭނާ އަށް އަންގާވެސް ނުލައި ދިޔައީމައެވެ.. ލަސްކުރުމެއްނެތި ކިއާރާގެ ފޯނަށް ގުޅިއެވެ..ނަމަވެސް ދެ ތިން ފަހަރަށް ގުޅުމުންވެސް ހަމަ އައީ އެއް ޖަވާބެކެވެ..ފޯނު އޮތީ ނިއްވައިލައިފައި ކަމެވެ…ގެއަށް ގޮސް ވެސް އެތައް ފަހަރަކު ގުޅިއެވެ..ނަމަވެސް ހަމަ އެ ޖަވާބެވެ..
***1 އަހަރު ފަސް***
ޖައްވުގައި ރަނިކަން ކުރަމުން ދިޔަ ހަނދު ވަނީ މިރޭ ތަފާތު ކުލަވަރެއް ދައްކާފައެވެ..ބެބުޅުމެއް ނެތް ތަރިތައް ވެސް ހަނދުގެ އަމުރަކަށް ކިޔަމަންވެގެން ތިބި ކަހަލައެވެ..ވިލާގަނޑުތައް ތެޅި ފޮޅެމުން ދިޔަ އިރު ހީވަނީ ހަމަ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ..
މިރޭގެ ނާމާންކަމާއި ބިރުވެރިކަން އިހުސާސް ކުރެވޭ ވަރަށްވުރެ އިޔާންގެ ހާލު މާ ދެރައެވެ..ތަރުތީބެއް ނެތި ހޭވިފައިވާ ފަން އިސްތަށިގަނޑުގައި ވައި ރޯޅިތައް ބޮސް ދެމުން ދިޔައެވެ..އެ މަޑު މުށި ކުލައިގެ ލޯ ފެންނަން ކިތަންމެހާ ރީތިވިއަސް މިރޭ އެ ލޮލުން ފެންނަނީ ބޮޑު ހަނގުރާމަ އަކާ ކުރިމަތިލަމުންދާ މަންޒަރެވެ..އޮހެން ތައްޔާރު ވެފައި ތިބި ކަރުނަތައް ލިބުނު ކާމިޔާބީއާއެކު ކޯތާފަތްމައްޗަށް ޖެހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ..ރެއިލިންގް ގައި އަތް އަޅުވައިލައިގެން ހުރިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަން އޮތް މާސިންގާ ބޮޑު ކަނޑަށެވެ..ބިޔަ ރާޅު ތަކާ އެކީ އޭނާގެ ހިތި މާޒީވެސް ހަޔާތުން މިލައިގެން ދާނެ ނަމައެވެ..
ކިއާރާގެ ހަބަރެއް ނުވާތާ މިހާރު މިވަނީ އެއް އަހަރެވެ…އެ ދުވަހަށްފަހު ކުލާހަކަށް ވެސް ނާދެއެވެ..ފަހުން އެނގުނީ ކޯހުން ވެސް ވަކިވި ކަމެވެ..ކިއާރާ އުޅޭ ގެއަށް ދިއުމުން ވެސް އޭނާ ފެންނަ ގޮތެއް ނުވިއެވެ..އޭނާ ހޯދަން އިޔާން ހާދަ މަސައްކަތެއް ކުރިއެވެ..ކާމިޔާބެއް ނުލިބުނެވެ..އެތައް ރެއެއްގެ ނިންޖަށް ހުރަސް އެޅީ ކިއާރާގެ އެ ލޯބި ލޯބި މޫނު ކޮޅެވެ..ކުރާނީވެސް ވަކި ކީއް ހެއްޔެވެ؟..އަލަތު ލޯތްބާ އެކީ އޭނާގެ ހިތް ވެސް އޭނާގެ އަތުން ބީވެގެން ހިގައްޖެއެވެ..އެ ދުވަހަަށް ފަހު އޭނާގެ ދިރިއުޅުމަގައި ވަނީ ސިއްކަ ޖެހިފައެވެ..ނަމަވެސް އަދިވެސް ކިއާރާ އާއި ބައްދަލު ވެވޭތޯ ދުޢާ ކުރެއެވެ…
އިޔާން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާ ލުމުންނެވެ..ފަހަތައް އެނބުރިލީ އޭނާ ކުރާ ހިތާމަ ފޮރުވުމެއްވެސް ނެތިއެވެ..ފޮރުވާކަށް ބޭނުމެއްވެސް ނުވެއެވެ.. އޭނާގެ އެންމެ ގާތް އެކުވެރިޔާ މިކާއިލް ހުއްޓެވެ..
“ޔާން…ދެން ތިހެނެއް އަބަދަކު ނޫޅެވޭނެ ދޯ..މިހާރު ތި ވޭނާއި ހަނގުރާމަ ކުރާތާ މިވަނީ އެއް އަހަރު..އަދިވެސް ހުއްޓާލާކަށް ނުވޭތަ…އަހަރެމެންނަށް ވެސް ވަރަށް މަސައްކަތް ކުރެވިއްޖެ ދޯ ކިއާރާ ހޯދަން…ޔާން..ގެޓް އަ ބެޓަރ ލައިފް ބްރޯ…ފޮރގެޓް ހާރ އެންޑް މޫވް އޮން ވިތް ޔޯ ލައިފް..އިޓްސް ދަ ބެސްޓް ވޭ ފޯ ޔޫ..ތިހެން އަބަދު ހިތާމަ ކުރީމަކަ އޭނަ އެއް ނާންނާނެ ދޯ….” އިޔާން އަށް ހިތްވަރު ދެމުން މިކާއިލް ބުނެލިއިރު އޭނާގެ ލޯ ވެެސް ވަަނީ ފެންކަޅިވެފައެވެ.. އެންމެ ގާތްް އެކުވެރިޔާ ކުރާާ ހިތާމަތައް އެންމެ ގާތުން ދެކެފައި ވަނީީ އޭނައެވެ.. އަދި އަދަށް ދާންދެން ވެސް އިޔާން އަކަށް ކިއާރާގެ ހަނދާން ތަކާއި ދުރަށް ނުދެވުނެވެ… ހިތް ބުނަަނީ ކިއާރާ އާއި ވަރަށް އަަވަހަށް ބައްދަލު ވާނެކަމެވެ..
“ނޫން މިކް.. ތިހެން ބުނާކަށް ހެޔޮ ވެސް ނުވާނެ.. ކިއާ އަހަރެން ދޫކޮށްފައެއް ނުދާނެ.. އޭނަ ނުދާނެ.. އެއަށް ވުރެ މާ ބޮޑަށް ލޯބިވާނެ.. އަހަރެން ކިއާ އަށް އިންތިޒާރު ކުރާނަން.. ހެޔޮ މުޅިއުމުރަށް ވިއަސް… ކިއާ ދެކެ އަހަރެން ވަރަށް ލޯބިވޭ..”.މީކާއިލް ގެ އަތުގައި ހިފައިގެން ހުރެ އެ ހުރިހާ އެއްޗެއް ބުނެލިއިރުވެސް އެންމެ ސިކުންތަކަށްވެސް ލޮލުން ކަރުނަ ހުސްނުވެއެވެ..މީކާއިލް އަށް އެ މަންޒަރު ބަލަން ފަސޭހަ ކަމަކަށް ނުވުމުން އެހެން ވާހަކައެއް ދައްކަން ފެށި އެވެ…
“ޔާން… ދެން ހުއްޓާލާ.. އިރާދު ކުރެއްވިއްޔާ ވަރަށް އަވަހަށް ތި ދެމީހުން ބައްދަލު ވާނެ..އޭ ތިއެއް ނޫނޭ ..މިރޭ އެބައޮތެއްނު މާން މެން ރާވައިގެން އުޅޭ ޝޯއެއް.. މާން ބުނި ޔާން ވެސް އަންނަން ވާނެއޯ.. އަޑުއެހިން ވަރަށް ގިނަ މީހުން އަންނަ ވާހަކަ.. ރާއްޖެ ތެރޭގެ ރަށްތަކުންވެސް.. ދާން ވާނެ ދޯ… އަބަދު ގޭގައި އޮންނާތީ އޭ ތިހެން ތިވަނީ.. ތަންކޮޅެއް މީހުންގެ ތެރެއަށް ނުކުމެ އުޅުނީމަ ރަނގަޅު ވާނެ.. “މީކާއިލް އެހެން ބުނުމާއެކު އިޔާން ކަރުނަތައް ފޮހެލަމުން ބޯޖަހައިލިއެވެ..
ރޭގަނޑު 8 ޖެހުމާއެކު މުޅި ހޯލް އޮތީ މީހުން ތަކުން ފުރާލައިފައި އެވެ.. އިޔާން އާއި މީކާއިލް އަށް އެތަނަށް ދެވުމާއެކު އީމާން ކަންބޮޑުވެފައި އެމީހުން ގާތަށް އައެވެ..” މިކް…. ވަރަށް ބޮޑު މައްސަލައެއް ދިމާވެގެން މިއުޅެނީ… މިރެއަށްޓަކައި ހާއްސަ ކޮށްގެން ލަވައެއް ކިޔަން ގެންނަން އުޅުނު ނާއިލް އަށް އާދެވެން އޮތީ ތަންކޮޅެއް ފަހުން.. އޭނާގެ ލަވަ އަންނަން ދެން ސްޓޭޖް މަތި ފަޅު ފިލުވައިދޭނެ މީހަކު ނުވެގެން މިއުޅެނީ..އެއްވެސް މީހަކު އެއްބަހެއް ނުވޭ….. ދެން ކީއްކުރާނީ… ހާސްވެފައި ހުރެ އީމާން ކިޔައިދިނެވެ.. “ޔާން އަށް އެނގޭނެ ވަރަށް މޮޅަށް ލަވަ ކިޔަން… އަޅެ ޔާން ލަވައެއް ހުށައަޅަން ވީ އެއްނު..ޕްލީޒް..” އީމާން އެހެން ބުނުމާއެކު އިޔާން ފުރަތަމަ އިންކާރު ކުރި ނަމަވެސް ފަހުން އެ ނޫން ގޮތެއް ނެތިގެން އެއްބަސްވީއެވެ..
ސްޓޭޖު މައްޗަށް އަރައިގެން ދިޔަ ޒުވާނާ އަށް އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައެވެ… ކުޑަ އިރުކޮޅެއް ކުރިން އަޑުގަދަ ކުރަމުން ދިޔަ މީހުންގެ އަޑުތައް ވެސް އެއްކޮށް ކަހަލަ ގޮތަކަށް ކެނޑިއްޖެެއެވެ..
ސްޓޭޖު ގެ މެދަށް ވާހެން އިން ގޮޑީގައި އިޔާން އިށީނދެ ހަމަޖެހިލިއެވެ.. ގިޓާ އަތަށް ހެޔޮވަރު ކޮށްލަމުން ލޯ މަރާލިއެވެ……..
…………………………..
“އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ…. އަންނަ ދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ……
. އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ… އަންނަން ދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ………….
ހުރެެލަން ބޭނުމޭ އަރިހުގައި.. ދުރުކޮށްލަން އުދާސް ހިތުގައިވާ
ނިމިދާނީ އެކީ އުޅެ މިތާ.. ލެވިދާ ފަހު މި ނޭވާ މިތާ……..
ހިއްސާ ކޮށްލަމޭ ލޯބިވާވަރު ނުމެދާނަން އެކަނި ކޮށް ތިމާ އަދު
ހުވައޭ މީ ހިތަށް މިއަދު ވާވަރު ދޫކޮށް ދެން ނުދާނަން ހިތާ…….”
ލަވަ ކިޔަމުން ދިޔަ ވަރަކަށް އިޔާންގެ ސިނކުޑީގައި އެނބުރެމުންދިޔައީ ކިއާރާގެ ހަނދާން ތަކެވެ… އޭނަ އާއި މެދު ވިސްނި ވަރަކަށް ލޮލަށް ކަރުނަ ޖަމާވިއެވެ…
މެރިފައިވާ ލޯ ހުޅުވާލެވުނީ ހަމަ އެވަގުތު އެވެ.. މަންޒަރު ކިތަންމެ ވަރަކަށް ފުސް ކޮށް ފެނުނަސް އިޔާން އަކަށް އެ ސޫރަ ވަކި ނުވެ ނުދާނެއެވެ….ލޯ މަރާފައި އަނެއްކާވެސް ހުޅުވާލީ އޭނާގެ ލޯ އޭނާއަށް މިވަރުގެ ބޮޑު ދޮގެއް ނަހަދާނެކަން ޔަގީން ކުރަމުންނެވެ.. އާއެކެވެ… އެންމެންގެ ތެރޭގައި އޭނާ އަށް ބަލަހައްޓައިގެން އެހުރީ އޭނާގެ ހިތުގެ މަލިކާއެވެ…..
*****************
=ނުނިމޭ=
66 Comments!
Comments are closed.
Salaam..this is my second story..hope u all will enjoy reading the story..positive nd negative comments are always welcomed..thank u?❤
ishaaaaa..??..look i commented first..??..I’m so happy..??..this is awesome..luv u..❤❤
Yesss…but u haven’t read yet ryt?..??..anyway thanks????
Ishuu dhooni… This story is awesome.. Whn is the next prtt??.. I like the name kiyaaraa a lot… Curiously waiting for the next prtt.. Lysssssssm.. ❤???????????????☺?????????☺??❤… I think I knw you??
Thank u soo much Nayaa?❤
.Next part very soon..insha allah..u knw me??..but i dont think i knw u??
woww ishaa..this is such a heart touching story..??..i luved it so much can’t even wait for the next part..??..so update a little bit faster okay?.?..nd as always keep in mind that even if nobody supports u i will always be on ur side..luv u my dear bestie..??..ur the best i can ever ask for..I’m so lucky to have u in my life..i hope i can also be there when u need me just like u r there when i need u..thanku isha..nd let me know if u need help with anything..okay?.??
U mean a lot to me..u’ r truly caring..thanks a lot..even though words r not enough to thank u..i would still like to thank u for being so amiable nd accommodating with me..lysm my jiminaaa ??❤
Esherr? wow ??? varah Varah Reethi???whn is nxt part????? waiting for the next part ????? luv to story so much…???❤️❤️❤️ Ly ?❤️❤️???
Thank u soo much meekkomee..next part soon ..insha allah..can’t exactly tell the right date..but this weekend for sure..???❤
Wow.. story Hama Habeys…. Btw are u BTS fan… I mean are u an ARMY…. Jungkook he photo laafa ineema…. I purple u????????? waiting for next part…..
Yes sure…i m a fan of BTS?.. purple u 2..thank you soo much??❤️
*ge
Mi story hama 1 ngey….. Vvvvvvvvvv reethi?❤️❤️❤️❤️waiting for the next part ❤️❤️❤️?❤️????☺️
Thank you soo much lamko.. Keep waiting 4 the next part.. ????❤️
Varah reethi masha allah and Esherr kon rasheh? If u don’t mind can you please tell?
Hope fully gdh ge q7….
Find q7 akee kon rashehka…..
(ishage close friend eh)
Thank u soo much me.. I m from Gdh atoll.. Can’t tell the exact island… As it is public.. Sorry.. ??❤️
Ishaa…… Mee shaayan……. V v v v reethi thi vaahaka…. I loved it so much…… Waiting 4 next part….. Im proud of my besty…… All the best….. ????????
Thank u soo soo much bestuu… Lysssm???❤️
Isha.. Vv reethi thivaahaka… I m proud of u… When is the next part???cant wait 4 the next part????
Thank you soo much nauma???❤️. Next part soon.. Insha Allah… Keep waiting.. ?
Isharr it’s beautiful hehe?? v. Reetiyey Thn alhainulha
Thanks neheart .. Ly???❤️
Kya baath ey ??
Thanks❤
Easher…. ?? Mi part V V reethi…. So proud of u bestyy… Waiting for the next part.. Luv yah ❤️❤️❤️❤️❤️
Thank u soo much besty… Keep waiting 4 the next part.. Ly???❤️
It’s awesome ❤️???
Thanks❤
Isha varah salhi vaahaka eh……. Best bestie and best writer… Luv ur stories…
???????????
Thank u soo much bestyy..ly?
V reethi mi part ??
Thanks ukersh☺️☺️☺️
Wow Isha darling???I am very happy that I have an auother fan like u…. love u ishh baby ??
Thank u?❤
Maasha Allah… I really love it…. I am very proud of u tht u came with a a really awesome and interesting story…. I am feeling really proud that my besty… ❤️ is a very amazing author.. Hope u keep written… More.. Love u… ???my favourite author.. ☺️
Thank u so much besty???
Yo-yo wow it’s awesome
Thanks❤
Bestie u r hama best. My biggest fan…… V V V V V V reethi mi story when is next part egerly waiting for it?????I’m so proud of u and I’m so happy u r my Bestie misses and luvs beb
Thank u so much bestyy??❤
Wow… Just the story i want to dedicate to my crush ch…
It’s Gud dhw..thanks❤
WoW❤️❤️❤️❤️?
Thanks?❤
WoW❤️❤️
WoW❤️❤️❤️?
Haehaehae
Isherr dhoony please can you tell the exact date story up kuraane day and by the way I love you Isherr
Hopefully will submit it on Saturday…so probably Sunday ga kiyaalan libeyne❤
Varah reethi…Story name varah reethi nd story ga in lava hessa salhi…you are private kon vaahaka dhahkailevey kan gotheh nethy tha???
It’s possible only through gmail…[email protected].
Thanks❤
Hangout use kuran tha???
Yh…[email protected]
nice story but so very short .
wow..varah reethi..ziya menn kiyaafa in lava eh dhw?..habu nge..whn next? waiting:) .
Mi story ah comment kohffa hury ekaku
Kihineh thr anonymous ah ingeniii? ???
No..its some of them..very less..nd those r my stupid classmates..i even told them not to..but they never listened to me..what to do..i’m sorry..ehnve baeh comment thakah reply nukoh hury..thn gina kudhin comment kuran feshy ves eggadiakah??..i’ m sorry???
Thank you Esherr. I am also from g dh atoll. Im from q10
Serious koh??..thts quite awesome dhww?❤
Esher…meekko insane ingyy invention fonuvaafa except kurachy???
Yh…kohffin?
Varah reethi Masha Allah ?
Thanks yan?❤
This story is amazing.. can’t wait for next part … ???