Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް (5)

”އައިޝަތު އެލީޝާ ލާމިއު؟……” ޔުއާން އިރުކޮޅަކު ވިސްނަން ހުރެފައި އަހާލިއެވެ. އެލިޝާ ބޯ ޖަހާލަމުން ޔާނިއުއަށް ބަލާލީ އެނގުނީ ކިހިނެއްހޭ އަހާފަދައަކުންނެވެ. ” ސުބުހާނަﷲ……..” ޔާނިއުއަށް ފަށަންވީ ދިމާލެއް ނުވިސްނުމުން ބޮލުގައި ހިފަހަށްޓާލެވުނެވެ.

************
………………..ހަމަސް ކުރި…………………..

”ދޮންތީ…… ހަމަ ތެދަށް ބުނެބަ…….. އީލުއާ ދޮންތިއާ އެއްވެސް ލޯބީގެ ގުޅުމެއް އޮވޭތަ؟…….” އެލީޝާ އެނދުމައްޗަށް ވެއްޓިގަންނަމުން ބުނެލިއެވެ. ”ދެން މި ލީޝް ގަބޫލެއް ނުކުރާނެ….. ދޮންތި ބުނެފީމެއްނުން ވީ އާ ބެސްޓް ފްރެންޑްސް އޭ…. އަނެއްކާ ލީޝްއަށް އީލުދެކެ ލޯބިވެވުނީތަ؟….” އަނާ ކޮނޑުގައި އޮތް ދަބަސް ނަގައި މޭޒުމަތީ ބޭއްވިއެވެ. އެނދުގައި އިށީނުމަށްފަހު ވިއްސާލާފައިއޮތް އިސްތަށިގަނޑު އަށްސާލިއެވެ. ”ދޮންތި ރުޅި އަންނާނެތަ ލީޝް ލޯބިވެއޭ ބުނެފިއްޔާ؟…..” އެލީޝާ ބާލީހެއްނަގައި އޭގައި ބާރަށް ބަށްދާލަމުން ބުނެލިއެވެ. ހެވިފައި އިން އަނާގެ މޫނުމަތީގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. ނަމަވެސް އެލީޝާއަށް ފުރަގަސްދީގެން އިނުމުން އެލީޝާއަކަށް އަނާގެ މޫނެއް ނުފެނެއެވެ. ”ޔޫ ލަވް ހިމް؟…..” އަނާ އެލީޝާއަށް ބަލާލުމަށްފަހު އަހާލިއެވެ. އެލީޝާ ސީލިންގަށް ބަލަން އޮވެގެން ބޯޖަހާލިއެވެ. ”ހޫން… ހުވަފެން ދެކެނީތަ…..ދޮންތިގެ ލީޝް ހާދަ ބޮޑު ވެއްޖޭ ދޯ…….” އަނާ ހީގަންނަމުން ބުނެލިއެވެ. އަދި ކައިރީ އޮތް ބާލިހުން އެލީޝާގެ ގައި ބޮނޑިއެއް އަޅުވާލިއެވެ. ”މި އުޅެނީ މާދަން ރޭގަ އީލު ކައިރީ ބުނަންވެގެން….” އެހެންފަހަރުތަކާ ހިލާފަށް އަނާއަށް ހަމަލާއެއް ނުދީ އެލީޝާ ވާހަކަދެއްކިއެވެ. ”ދޮންތިމެން ގްރެޖުއޭޝަން ނައިޓްގަ؟….”އަނާ ކޮށްލީ ސުވާލެކެވެ. އެލީޝާ ވަގުތުން ބޯޖަހާލަމުން އެނދުން ތެދުވިއެވެ.

ގްރެޖުއޭޝަން އޮތް ރެއެވެ. ގްރެޖުއޭޝަންގެ ހަފްލާ ނިންމާފައި އަނާ ގެއަށް އައީ ރުޅި އައިސްފައި ހުރެއެވެ. އަނާ ގެއަށް ވަނުމާއެކު ފަހަތުން ‘ނަންނި’ އޭ ކިޔާ ގޮވަމުން އީލާފްވެސް ވަނެވެ. ގޯތިތެރޭ ހުންނަ ލައިޓް ނުޖައްސާ ހުރުމުން ގޯތިތެރެ އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ”ނަންނި……… މީ އަހަރުމެންގެ ލައިފްއޭ…. އެހެންމީހުންނަށް ދޫކުރަން ވެއްޖެއްޔާ ނޫޅެވޭނެ……” އީލާފް އަނާގެ އަތުގައި ހިފަމުން ބުނެލިއެވެ. ”އެކަމު ނަންނި ބުނެފީމެއްނުން މިހާރު….އަހަރުމެން ދެމީހުނަކަށް ރައްޓެއްސެއް ނުވެވޭނެ…..” އަނާ އިލާފްއަށް ބަލާލަމުން ބުނެލިއެވެ. ”ދެން އެކަމު އަހަރެން ލޯބިވާ މީހަކީ ކާކުތޯ ބަލާބަ…… ނަންނި….. ގަބޫލުކޮށްބަ އަހަރެން ލޯބިވަނީ ނަންނިދެކެއޭ….. ލީޝްއަކީ ކޮއްކޮއެއް ކަހަލަ ކުއްޖެކޭ……” އީލާފް ބޭނުންވީ އަނާއަށް ވިސްނައިދޭށެވެ. ކޮއްކޮއެއް ގޮތަށް ދެކެމުން އައި ކުއްޖަކާއެކު ލޯބީގެ ގޮތުން ގުޅޭނީ ކިހިނަކުން ހެއްޔެވެ.

”ހެޔޮ……. ނަންނިމެން ދެމީހުންނަކަށް ރައްޓެއްސެއް ނުވެވޭނެ……… އީލު ހަމަ ނަންނި ބެސްޓް ފްރެންޑްއެއް ގޮތުގަ ހުއްޓަ ޕްލޭސް ބަދަލު ކުރިގޮތަށް ލީޝްގެ ޕްލޭސްވެސް ޗޭންޖުކޮށްބަ…….. ލީޝްއާ އެއްކޮށް އުޅެންފެށީމަ ލޯބިވެވޭނޭ……….”އަނާވެސް އީލާފްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެލީޝާ އީލާފްދެކެ ލޯބިވާއިރު އަނާއަށް އީލާފްއާއެކު އުޅެވޭނީ ކިހިނަކުން ހެއްޔެވެ. ”ލީޝް އަހަރެންދެކެ ލޯބިވިޔަސް އަހަރެން ލޯބިވަނީ ނަންނިދެކެއޭ… ނަންނި އަޅެ އަހަރެންގެ ދެލޮލަށް ބަލަން ހުރެ ބުނެބަލަ އަހަރެންދެކެ ލޯތްބެއް ނުވޭތަ…..؟” އީލާފް އަނާ އޭނާޔާ ކައިރިކޮއްލަމުން، ހަތަރުކަޅި ހަމަކޮށްލުމަށްފަހު އަހާލިއެވެ.

ދެމީހުންނަށްވެސް ކުއްލިއަކަށް ދުރުވެވުނީ ފޯނެއް ރިންގުވާން ފެށީމައެވެ. އަނާ އިތުރަށް ހާސްވީ އޭ އެލީޝާގެ ފޯނުގެ ރިންގް ޓޯންއަށް ވުމުންނެވެ. އޭރު ދޮރާށިކައިރީ އެލީޝާ ހުއްޓެވެ. އެލީޝާގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ. ބިންމަތީގައި ރަތްކުލައިގެ ފިނިފެންމަލެއް އޮތެވެ. ”ލީޝް….. ދޮންތި……” އަނާ އެއްޗެކޭ ބުނަން އުޅުނަސް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެލީޝާ އަނާއަށް އެއްޗެކޭ ބުނަން ފުރުސަތެއްވެސް ނުދިނެވެ. ދުވެފައިގޮސް އެމީހުން އުޅޭ ބަޔަށް ވަދުނީ ރޮމުން ހުރެއެވެ. ”މިހާރު ވާނެ ގޮތް އެނގިއްޖެ ދޯ…… މާދަން ފުރަން ބާއި” ކަރުނައިން ފުރިފައިވާ ލޮލަކުން އީލާފްއަށް ބަލާލުމަށްފަހު އަނާ ބުނެލިއެވެ. އަނާމެން މާދަން ބަންދަށް ފުޅަދޫއަށް ދާން އުޅޭކަން އީލާފްއަށް ވެސް އެނގެއެވެ. އަނާގޮސް ގެއަށް ވަންނަންދެން ބަލަން ހުރުމަށްފަހު އީލާފް ގެއަށްދާން އެގޭން ނިކުތެވެ.

”ދޮންތީ…… ތުއްތި ބުނީ ތުއްތިއަށްވެސް……. ފެންފުޅިއެއް ގަންނަށްޗޯ….”ލަޔާ ފުއްމަމުން ފުއްމަމުން އައިސް ބުނެލިއެވެ. އެލީޝާ އޭނާ ދުރުކޮށްލިވަރުން އަނާ ދެރަވިއެވެ. ”ތޮއްތޮވެސް ދޮންތިއާއެކު ފިހާރައަށް ދާނަން ދޯ……” އަނާ ލަޔާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. ލަޔާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އެމީހުން ފުރަންދިޔައިރުވެސް އަނާއާ އެލީޝާ ވާހަކަ ނުދަށްކައެވެ. ލާންޗަށް އެރި އިރުވެސް އެލީޝާ އިނީ ހެޑްސެޓް ޖަހައިގެންނެވެ. އެ ލާންޗުގައި ތިބީ އާރިފާއާ އޭނަގެ ތިންކުދިންގެ އިތުރުން ދެ ފަޅުވެރިންނެވެ. އެމީހުން ދަތުރު ފެށިއިރު އެހާ ކަނޑު ގަދައެއް ނޫނެވެ. ނަމަވެސް ކޮންމެސްވަރަކަށް ވިއްސާރައެވެ.

އީލާފް ބޭރު ހުއްޓާ ވާރޭ ވެހެންފެށުމުން ދުވެފައި ގެއަށް އައި އިރު މީހާ ހުރީ ތެމި ފޯވެފައެވެ. ގެއަށް ވަދުނު އިރު ޓީވީން ކިޔަމުން ދިޔަ ޙަބަރު އަޑު އިވުމާއެކު އީލާފްއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރަށް ޖެހި ހެނެވެ. ވަގުތުން ހުރިތަނަށް ތިރިވެވުނީ ބޭ އިޙްތިޔާރުގައެވެ. ފިރިހެނެއްކަމަކު ވަގުތުން ދެލޯ ފުރިގެން ކަރުނަ ފައިބަންފެށިއެވެ. އެވަގުތު އީލާފްއަށް ވަމުންދިޔަގޮތުން އޭނާއަށް ބޮލުގައި ހިފަހަށްޓާލެވުނެވެ.

”މިއަދުގެ ހެދުނުގެ ވަގުތެއްގައި މާލެއިން ފުޅަދޫއަށް ދަރުކުރަމުން ދިޔަ ލާންޗެއް ވަނީ ބަންޑުންޖަހާލާފައެވެ. މިހާރު ކޯސްޓު ގާޑުން އެހިސާބުގައި ހަރަކާތްތެރިވަމުންނެވެ. ޖުމްލަ ހަމީހުން ދަތުކުރި އުޅަނދު ބަންޑުންޖަހާލި ސީދާ ގަޑިއެއް އެނގިފައެއް ނުވެއެވެ. މިހާތަނަށް ފަސްމީހުން ފެނިފައިވީނަމަވެސް އެކަކުގެ ހާލަތު ސީރިއަސްވެފައިވީއިރު، ދެ މީހުން ނިޔާވެފައިވާކަމުގެ ޔަގީންކަން ކޯސްޓު ގާޑުން ވަނީ ދީފައެވެ. ޙަބަރު ލިބިފައިވާގޮތުން އަދިވެސް އެކަކު ފެނިފައެއް ނުވެއެވެ…” ރާއްޖެ ޓީވީގެ ނޫސްކިޔުންތެރިޔާ ފަރިތަކަމާއެކު ޙަބަރުކިޔަމުން ދިޔައެވެ. އެ ކުއްޖާގެ ދުލުން ކިޔަމުން ދިޔަ ކޮންމެ ބަހަކުންވެސް ހީވަނީ އީލާފުގެ މޫނުމަތީ މީހަކު ޖަހާހެނެވެ. އީލާފް އަލުން ގެއިން ނިކުތެވެ. އެކަމު ދާނީވެސް ކޮންތަނަކަށް ހެއްޔެވެ. އީލާފްގެ ސިކުނޑިވަނީ ސުމަކަށް ގޮސްފައެވެ. އަވަހަށް ޓެކްސީއަކަށް އެރުމަށް ފަހު ލާމިއުއަށް ގުޅާލިއެވެ. ފޯނުނެގީ ލާމިއުގެ އަންހެނުން ސީލާއެވެ. ސީލާ ލާމިއު އޭޑީކޭ ހޮސްޕިޓަލުގައިކަމަށް ބުނެލިއެވެ. އިލާފް އަވަހަށް ޓެކްސީ ޑްރައިވަރު ކައިރީ އޭޑީކޭއަށް ދާންބުނެލިއެވެ.

”ބައްޕާ………. މަންމަ ގޮސްފި…… ލީޝްއާ ތޮއްތޮވެސް ގޮވައިގެން ދިޔައީ…… އެމީހުން ބުނީ ނާންނާނަމޭ ދެނެއް…… އެކަމު ބައްޕާ ނަންނިގެ ކޮން ކުށެތްތަ އޮތީ…..” މޮޔައެއްފަދައިން އިސްތަށިގަނޑު ހާވައިލައިގެން އަނާ އިނެވެ. ލާމިއު ހުރީ އޭނާގެ ދަރިފުޅަށް ވަމުންދާ ގޮތް ފެނިފައި ފެންކަޅި ވެފައެވެ. ” ބައްޕަ ތި އައީ މާ ލަހުންނޭ…… އަނާ ކިހިނެތް މަންމައާ ނުލާ އުޅޭނީ….. ލީޝްވެސް ދިޔައީއެ ދޮންތި ދެކެ ރުޅިއައިސްގެން…. އެކަމު ބައްޕާ ތޮއްތޮވެސް….. ހެހެހެހެ…. ތޮއްތޮއެއް ނުދާނެ…. ތޮއްތޮ ހުންނާނީ ދޮންތި ކައިރީ…” އަނާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. އެ ފަކީރު އެއިނީ ހަމަ ރަގަޅަށްވެސް މޮޔަވެފައެވެ.

އޭޑީކޭގެ ޕްރައިވެޓް ރޫމްއެއްގައި ލާމިއު ހުރިކަން އީލާފްއަށް އެނގުނީ ރިސެޕްޝަނުން ބުނުމުންނެވެ. އެތަނުގެ ފަރާތުން ދިން މައުލޫމާތުން އެނގުނީ ނިޔާވި ދެމީހުންނަކީ އާރިފާއާ ލަޔާކަމެވެ. އަދި އެލީޝާ ނުފެނިގެން ހޯދާކަމެވެ.  ދުއްވަންއިންމީހާގެ ހާލަތު ސީރިއަސް ވެފައިވީއިރު އަނާ އަދި ލާންޗުގެ ފަޅުވެރިކުއްޖެއް ހުރީ ސަލާމަތުންނެވެ. އަނާއަށް ކަމެއް ނުވީތީ އީލާފް ﷲއަށް ހަމްދުކުރިއެވެ. އީލާފް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަނާމެން ތިބި ރޫމްއަށް ވަދުނެވެ. ދޮރުން ވަތް އީލާފް ފެނުމުން އަނާ ހޭންފެށިއެވެ. އަދި އީލާފްއަށް ގޮވައި އޭނާކައިރިއަށް ގެނައެވެ.

” އީލު އެގޭތަ… މޯމް ގޮސްފިއޯ…..ހެހެހެ….. ލީޝްވެސް ދިޔައީ އޯ……. ދެން ތޮއްތޮއެއްވެސް ނާންނާނެއޯ….ހެހެހެހެ…. މި މީހުން ނަންނި ހައްދަށްވެގެން ކިޔާ އެއްޗެހި ބަލާބަ….. އީލު ބުނެބަލަ….. އެމީހުންދާނެތަ ނަންނި އެކަނި ބަހަށްޓާފަ…… ނުދާނެ ދޯ…..” އަނާ އީލާފްގެ ކަންފަތް ކައިރީ ވާހަކަ ދަށްކަމުން ދިޔައެވެ. ނަމަވެސް އެ ކޮޓަރީ ތިބި އެންމެންނަށް އިވޭނެކަން ޔަޤީނެވެ. އެތާ ލާމިއުގެ އިތުރުން ލާމިއުއާ ސީލާއަށް ލިބިފައިވާ ސިނާވެސް ހުއްޓެވެ. ސިނާވެސް ހުރީ ރޮވިފައެވެ. ލާމިއުވެސް ނުރޯންހުއްޓެއްކަމަކު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ތިންކުދިން ތެރެއިން އެއްކުއްޖާކު ވީނުވީއެއްނޭގެއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ލާމިއުގެ އަތު ތެރޭ އޮތީ އޭނާގެ އެންމެ ކުޑަ ކުއްޖާ ލަޔާގެ ފުރާނަނެތް މަސްގަނޑެވެ. އަނާ ކުރިމަތީ އިނެއް ކަމަކު އެ ފަކީރު ހީވަނީ ދުނިޔޭން މޮޔަވެފައި އިންހެނެވެ.

”އީލު އެނގޭތަ…. ލީޝް ދޮންތިއާ ވާހަކަވެސް ނުދައްކާ…. ރުޅިއައިސްފަ ހުރީ……. މީ ހަމަ އީލުއާ ހެދި ވީކަމެއް…..” އީލާފްގައި ބަށްދާލައިގެން ރޮމުން ދިޔަ އަނާ އީލާފްއާ ދުރުވިއެވެ. އަސްލު ހަޤީގަތުގައި އަނާއަށް ކުއްވެރިކުރަންވީ ކާކުކަމެއް ނޭނގިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާވެސް އީލާފްގައި ބައްދާލިއެވެ. އަނާގެ ރުއިމުގެ އަޑު މުޅި ކޮޓަރިތެރޭ ގުގުމަމުން ދިޔައިރު އެކަކުގައިވެސް ‘ހިއްވަރުގެ ބަހެއް’ ބުނެލާނެ ވަރެއްނެތެވެ. އެންމެ ހިއްވަރު ކުރަންވީ ވަގުތު ލާމިއުވެސް ފިނޑި ވީއެވެ. އީލާފްވެސް އަޑުން އަޑުނަގައި ނުރޮއުނެއްކަމަކު އޭނާގެ ލޮލުންވެސް ކަރުނަ ނުހިލެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އަނާ އުޅޭނެ ގޮތާމެދު ވިސްނާލިޔަސް ލޮލުން ކަރުނަ ފާއްދާލައެވެ.

**************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (33)

  1. Lamko

    SHIFF MI PART HAMA VRH VRH REEETHI NGEY….. WHN NXT PART AVAHAH UP KOLLAHCHEY NXT…… LY❤️❤️❤️

    1. shiff
      Lamko

      Thankyou lamko❤❤❤…. yes vv avahah up kohdheynan IA…

  2. Mal?

    Mi part aki past tha??? 4th vana part aki present tha ekam varah reethi mi part

    1. shiff
      Mal?

      5 mee past….thanks mal

  3. Anonymous

    Shiff mi sty aki present and past stry ah tha I’m confused abt that ekam varah reethi mi part ves

    1. shiff
      Anonymous

      Hehe…past ge vaahaka thah vx kiyaadhen vaanun… thanks anonymous ?

  4. Mariyam Mihudha

    Mi stry aki present and past stry ah tha shiff ekam varah reethi mi part ves

    1. shiff
      Mariyam Mihudha

      Heheh…. thanks mihudha❤?

  5. Milll

    Vahra reethi mi part ves

    1. shiff
      Milll

      Thankyou mill ❤❤❤

  6. mujey?

    Woww v reethi mi part ves…next part avahah up kohlahchey…lysm????

    1. shiff
      mujey?

      Thanksss muxey…❤❤❤…. yesh yesh….. luv u too

  7. Aliyoh

    Really nice ?

    1. shiff
      Aliyoh

      Thank’s aalyy❤❤❤

    2. shiff
      Aliyoh

      Thankss…..aalyy❤❤❤

  8. Maayaa

    Varah reethi mi story.. hama kiriya nurovuny? shiff thigothugaa hifahattaathi.. hope mivaahaka nimen dhen genesdheyne kamah.. keep going

    1. shiff
      Maayaa

      Thankyou maayaa ❤❤❤… yesh Insha Allah…. vaahaka nimendhen up kohdheynan……

  9. Umny ???

    Nice and can you tell the day u will submit the story

    1. shiff
      Umny ???

      Thankyou umny❤❤❤…. lahun publish vaathy reyga submit kollin… i think Thursday ga kanne publish kuraanee…..

  10. Meekkomee

    Woww??? varah Varah Reethi ingyyy mi part ves???? whn is nxt???? waiting 4 the next part ?????????luv yeah

    1. shiff
      Meekkomee

      Thankyou meekko.❤❤❤… Thursday ga next part kiyaalan libeyne IA….. luv u to ??

  11. IsHeR

    Vv reethi shifff

    1. shiff
      IsHeR

      Thankyou isher❤❤❤….

    2. Mariyam Mihudha
      IsHeR

      Varah reethi mi part

  12. ???????

    ?????????

    1. shiff
      ???????

      Y laughing?…..?

  13. ???????

    Baalaaa

  14. Mariyam Mihudha

    Varah reethi mi part ves

    1. shiff
      Mariyam Mihudha

      Thankyou mihudha ❤❤❤

  15. މަލް

    Shiff.. vaahaka varah reethi.. the plot is amazing, suspense is awesome! Ekam, vadhuny ekey nukiyaane vany ey bunaany..
    Vaahaka kee iru kudakoh avas aruvaalaafai hurihen hyvey..
    Don’t mind me.. hope i helped..??

    1. shiff
      މަލް

      Thankyou mal❤❤❤…. i love this type of comments…. yaa dhen faharakun ragalhu kohlaanan…. yes thankolheh kurugothakah sifa kohdheefa hureema avas aruvaalaafa hen heevanee…. thanks for the comment…. of course u helped?❤

  16. Yanaa

    Varah varah reethi.???..Maa sha Allah waiting for the next part..?????

    1. shiff
      Yanaa

      Thankyou yanaa❤❤❤

Comments are closed.