Skip to content
އެސްފިޔަ

އަހަރެންގެ ވާހަކަ (ޓްރެއިލާ)

މިއީ “ކާމިޔާބު” ވާހަކަ ސިލްސިލާ އަށްފަހު އަޅުގަނޑު ލިޔާނެ ތިންވަނަ ވާހަކަ ސިލްސިލާ އެވެ. މިއީ އެއްވެސް އިރަކު ހިނގި، އަދި ހިނގައި ފާނެކަމަށް ލަފާކޮށް ލިޔެފައިނުވާ، އަޅުގަނޑުގެ ޚިޔާލަށް ލިޔެފައިވާ، މުޅިން ޚިޔާލީ ވާހަކަ އެކެވެ. “އައިނާ” ވާހަކަ ސިލްސިލާ އަދި “ކާމިޔާބު” ވާހަކަ ސިލްސިލާ އަށް ވުރެ ބޮޑު ތަރުޙީބެއް “އަހަރެންގެ ވާހަކަ” ވާހަކަ، ސިލްސިލާ އަށް ލިބުމަކީ އަޅުގަނޑުގެ އުއްމީދެކެވެ. މިވާހަކަ އަކީ ނޭވާ ހިފަހައްޓާލަންޖެހޭ އެތަށް ޙާދިސާއަކާއެކު ކިޔުންތެރިންނަ ކިޔާހިތްވާނެ ވާހަކައަކަށް ވުމަކީ އަޅުގަނޑުގެ މަޤްޞަދެވެ.

ވާހަކައިގެ މައިގަނޑު ޝަޚްސިއްޔަތުތައް.

  1. 1. އާޝާ – ވާހަކައިގެ ބަޠަލާ

2. ސަމީރާ – އާޝާގެ ދޮންމަންމަ

3. އާކިފް – އާޝާގެ ބައްޕަ

4. މާޝާ – އާޝާގެ މަންމަ

ތަޢާރަފް:

އާޝާގެ އުމުރުން ވަކި ހިސާބަކަށް ދާއިރަށް މައިންބަފައިން ވަކިވެއެވެ. އަހަރެއް ވަނީ، ބައްޕަ އެކަމުގެ ހިތާމައިގައި އުޅެނިކޮށެވެ. މަންމަ ގެ ޚަބަރެން ނުވެއެވެ. އުޅެނީ ކޮންތާކު ކާކާއެކީ ކަމެއްވެސް އިނގެނީ އެއް ނޫނެވެ. ދެން ގެއަށް ގެންނަނީ ދޮންމަންމަ އެކެވެ. ދޮންމަންމަގެ ޢަމަލުތައް ހުންނަގޮތް ވާހަކައިން ވިދާޅުވާށެވެ.

ވާހަކައުގެ ފެށުން…

އުމުރުން ގާތް ގަނޑަކަށް ސާދަ ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ކިންގް ސައިޒް އެނދެއް މަތީ އޮށޯވެލައިގެން އޮތެވެ. އޭނާ ދޮންކަމުން ހީވަނީ ދޮން ބައްޓެއް ހެންނެވެ. އެއްމެ ކޫރުމެއްވެސް އެޅިފައިނުވާ އޮމާން މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަން ނެތެވެ. އޭނާ ފޮތެއް ހިފައިގެން ލިޔަމުން ގެންދިޔައެވެ. އެދޮންފައި ކަކުލާ ހިސާބުން މައްޗައް ލެނބިފައި އޮތްއިރު އެދެފައި ދިޔައި ދެފައި ދެފަޔައް ޖެހެމުންނެވެ. ފަން އިސްތަށިގަނޑު ދޫކޮށް ލައިފައި އޮތް އިރު ބުރަކަށި މަތީ ބޮޑުބައި އޮތެވެ. ކުރުއިސްތަށިތައް މޫނުމައްޗައް ވެއްޓިފައި އޮތެވެ. އިސްތަށި ތަކުގެ ތެރެއިން މޫނު ފެންނައިރު ހީވަނީ ފިނިފެންމާ ގަހަކުން ނިކުމެފައި އިން ރަތް ފިނިފެންމަލެއް ހެންނެވެ.

ބަންޑުން އޮތްއިރު ލިޔާން ނުލިޔާން ކަހަލަ ގޮތަކަށް އޮވެފައި ފުންނާވައެއް ދޫކޮށްލައިފައި ލިޔުން ކުރިއަށް ގެންދިޔައެވެ. އޭނާ ލިޔަމުން ގެންދިޔައެވެ.

‘އަހަރެންގެ އުމުރުން ސާދަ އަހަރު ވީއިރު ވަރަށް ގިނަ ކަންކަމާއި ކުރިމަތި ލީމެވެ. މިފޮތުގައި މިލިޔަނީ އަހަރެން ނެތް ދުވަހަކުންވެސް މިއިން ފައިދާއެއް ކުރޭތޯއެވެ. އަހަރެން މިއަދު ޙިއްޞާ ކުރަން މިއުޅެނީ އަހަރެންގެ ކަޅު މާޒީގެ ވާާހަކައެވެ. އުފާވެރިކަން ލިބި ގެއްލިގެންދިޔަ ވާހަކައެވެ. އެއީ އަހަރެން އެއްގޮތަކަށްވެސް ހަނދާން ކުރަން ބޭނުންނުވާ ދުވަސް ވަރެކެވެ. ނަމަވެސް، އެއީ ހަނދާނުން ފުހެލަންވެސް އުނދަގޫ ވޭންދެނިވި ދުވަސް ވަރެކެވެ. މިކިޔައިދެނީ އަހަރެންގެ ވާހަކައެވެ.’

އާޝާ އޭނާގެ އަތުގައި އޮތް ފޮތުގައި ލިޔަމުން ގެންދިޔައެެވެ.

_ނުނިމޭ

  • – މިވާހަކައިގެ ފެށުން ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. ތިޔަ ކިޔުންތެރިންގެ ޚިޔާލް ކޮމެންޓަކުން ހުށައެޅުމަކީ އަޅުގަނޑަށް ކުރިއަށް ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. –

 

Comments (2)

  1. Meekkomee

    Woww?? varah salhi ingyy story he trailer ???waiting for the story ?Ly❤️❤️❤️?

    1. A aaR
      Meekkomee

      thnx meekkomee mihaaru story ninmaalaafa mi story ge prt thah genes dheynan

Comments are closed.