Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ކޮންމެ ވިންދެއްގައި – 2 –

Malsa Moosa Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
February 15, 2020 6 Mins Read
60 Comments

 

އެ އަންހެންކުއްޖާ އޭނާގެ އަތް މައްޗަށް ދެމުނު ވަގުތު އެ ލޮލުން ފެނުނު އާދޭހާއި ހިތްދަތިކަމާއެކު ދެލޯމެރުނު ވަގުތު ކޯތާފަތްމަތިން ތިރިޔަށް ދެމެމުންދިޔަ ކަރުނަތިކި ޔުނާންއަށް ފެނުނެވެ.

ޔުނާންގެ ހިތުގައި އަންހެނުންނަށް ދެވިފައިވާ ނަފްރަތާއި، ރުޅިވެެރިކަމާއި، ހަރުކަށިކަމާއިއެކުވާ އެ ހިލަ ހިތް މަޑު ކަފަކޮޅަކަށް ވިއިރުވެސް އޭނާއަށް ނޭނގުނެވެ. އޭނާގެ އުސޫލުތަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބިމާއި ހަމަކޮއްލީ މިއަންހެންކުއްޖާގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސައްވެސް ނޭނގިއެވެ. އެވަގުތު ޔުނާންގެ ބައެއް ރައްޓެހިންނަށްވެސް ޔުނާންގެ އެހެން ފަރަތެއް ފެނިގެން ދިޔުމުން އެ މޫނުތައްމަތިންވެސް ހައިރާންކަމުގެ އަސަރު ފާޅުވެގެންދިޔައެވެ.

އަވަސް ހަރަކާތަކާއެކު ކާރުގެ ފަހަތު ސީޓުގައި އެ އަންހެންކުއްޖާ ބާއްވާލަމުން ޔުނާން ކާރުގެ ކުރީ ސީޓަށް އަރަން އަވަސްވެގަތެވެ.
ނަމަވެސް ހުއްޓެން މަޖުބޫރުވީ ފަހަތުން މީހަކު މާބާރަށް ވާހަކަދެއްކުމުންނެވެ. ބޮޑަށް ހީވީ އެމީހަކު ރުޅިއައިސްގެން ހަޅޭއްލަވައިގަތްހެންނެވެ.

“އޭތް..” ފަސް އެނބުރި ފަހަތް ބަލާލީ އެމީހަކު އަނެއްކާވެސް ގޮވުމުންނެވެ. އޭނާއާއި ދިހަވަރަކަށް ފޫޓު ދުރުގައި ތިބީ ހަތަރު ފިރިހެނުންނެވެ. އެ ތިން މީހުންގެވެސް ކަރުގައާއި އަތުގައި ޗޭނު ފަށާއި އެކި އެކި އެއްޗެހި އަޅާފައިވާއިރު އިސްތަށިގަނޑު ދިގުކޮއްފައި ހުރުމުން ކުޑަ ކުއްޖަކަށްވެސް އެއީ ޕާޓޭ ގުރޫޕެއްކަން އެނގޭނެކަން ގައިމެވެ.

“އޭތް..އެ އަންހެންކުއްޖާ ހަމަ މިހާރު އަހަރުން ނާއި ހަވާލުކުރޭ..އެހެން ނޫނީ މާކަ ރީއްޗެ ނުވާނެ އެނގޭ..” އެ ތަނުން އެކަކު ޔުނާންގެ ކާރާއި އަރާ ހަމަކޮއްފައި ފަހަތު ސީޓު ދޮރު ހުޅުވާލަން އުފުއްލާލި އަތުގައި ޔުނާން ހިފާލީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.

“އޭ..މާ ނުފުއްޕައްޗޭ..އަމިއްލަ ސައިޒުގަ ހުރެބެ..ތީ ކާކު އަދި އަހަރުން ކުރާ ކަންތައް ހުއްޓުވަން.” ޔުނާން އޭނާގެ އަތުގައި ހިފެހެއްޓުމުން ރުޅިގަދަވެފައިހުރެ އެމީހާ ބުންޏެވެ. އެވަގުތު މަގުމަތީގައި ހުރި މީހުންނާއި އޮފީހުން ނުކުތް މުވައްޒަފުންނަށްވެސް ދެލޯ ބޮޑުކޮއްގެން ކުރިމަތީގައި ހިނގަމުންދިޔަ މަންޒަރު ބަލަންހުރެވުނީ އެ ޕާޓޭ މީހާ ޔުނާންއާ ވާހަކަ ދެއްކި ގޮތުންނެވެ. ޔުނާން ހިނިތުންވެލިއެވެ. އަދި އެ ޕާޓޭ މީހާ ކާރީގައި ކުރިމަތީގައި ހުރި ފަންސަވީސްބުރީ ހޮސްޕިޓަލަށް ބަލާލާށޭ ބުނެލިއެވެ.

“މި ތަނާ މައެ އާ ކީއް؟..މައެ ބޭނުނީ އެ އަންހެންކުއްޖާ..އަހަރުން މި އަހަނީ ކައެ ތީ ކާކުހޭ މައެ ކުރާ ކަންތަކާ ބެހެން..” އެ ހޮސްޕިޓަލަށް ބަލާލަމުން އެ ޒުވާނާ ޔުނާން އޭނާގެ އަތުން ދޫކޮއްނުލުން ހަޅޭއްލަވައިގަންނަމުން ބުންޏެވެ. ކޮންޓްރޯލުން ރުޅިގަނޑު ނެއްޓެން އުޅޭހެން ހީވިނަމަވެސް ދެއަށް މުއްކަވާލަމުން ހީލީ ވިސްނާލާފައެވެ.

“ކަމެއްނު..ތި ހެނީ މޮޔަވީތަ؟ ކައެ އަމިއްލަ ސައިޒުގަ ހުރެބެ..ފެންވަރު އޮޅުނީތަ؟..” މިފަހަރުވެސް އެޒުވާނާ ހަޅޭއްލަވައިގަތުމުން ޔުނާން ވެސް އެތައް މަސައްކަތުން ކޮންޓްރޯލްކުރަން އުޅުނު ރުޅިގަނޑު ހަމައިން ނެއްޓިގެންދިޔައެވެ. މިހާރު އެ ދެލޮލުން އަލިފާންކަނި ބުރަމުންދިޔައިރު އެ މޫނުމަތިން ފެނުނުރުޅިވެރިކަމުގެ އަސަރުން އެ ޕާޓޭ މީހާ ކުޑަކޮށް ބިރުގަތްއިރު އޮފީހުގެ މުވައްޒަފުންނައް ނޭވާ ހިފަހައްޓާލެވުނީ ޔުނާން އެހާ ރުޅިއައިސްފައި ހުއްޓާ އަދި އަލަށް ފެނުމުންނެވެ. ޔުނާޏްގެ ބައެއް އެކުވެރިންތިބީ ޔުނާން ރުޅިއައިސްފިނަމަ ވާނެގޮތް އެނގޭތީވެ ނޭވާހިފަހައްޓާލައިގެނެވެ. ނަމަވެސް އެމީހުންނަށް ފެނުނީ ޔުނާން އޭނާގެ ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރިތަނެވެ. ޔުނާން މާހައުލަށް ނަޒަރެއްދެމުން ރުޅިގަނޑު ހިނދާލަން އަމިއްލަ ނަފްސަށް މަޖުބޫރުކުރީ ބައްޕަގެ އިއްޒަތާއި ގަދަރަށް ވިސްނާލާފައެވެ. ކުޑައިރުއްސުރެ ރާއްޖޭން ބޭރުގައި އުޅެފައި މާލެ އައުމުން އެންމެންނަށްވެސް އޭނަހާ ރަނގަޅު ޒުވާނަކު މި މާލެއިންވެސް ހުންނާނެކަމަކަށް ގަބޫލެއްނުކުރެއެވެ.
މިހުރިހާ ދުވަހު ރާއްޖޭން ބޭރުގައި އުޅެފައި އައުމުން އޭނަގެ އެއްވެސް ނުބައި ސިފައެއް މިމީހުންނަކަށް ނޭނގޭނެ ނޫންހެއްޔެވެ!

“އަހަރެންމީ ކުރިމަތިން މިހިރަ ފެންނަންހުރި ހޮސްޕިޓަލްގެ ވެރިމީހާގެ ދަރި….ދެން..އަހަރެންމީ ކާކު ދޯ؟..އަހަރެން މީ ބްލޫމްސް ކޮންޕެނީގެ ވެރިމީހަ ޔާއިންގެ ދަރިފުޅު..ޔުނާން ޔާއިން…ދެން މިތަނުން ދާން އުޅޭ އަހަރެން އަތުންފައިން ގޯހެއް ނުހެދެނިސް..” ހަމަޖެހެން މަސައްކަތް ކުރަމުން ބުނަން އުޅުނު ނަމަވެސް ޔުނާން ބުނެލީ ކާރަށް އަތުގެ ހޫނު ހަމަލާއެއް ދެމުންނެވެ. އެ ޒުވާނާއާއި އޭނާގެ އަލިފާންކަނި ބުރަމުންދިޔަ ރުޅިވެރި ނަޒަރު އަމާޒު ކޮއްލުމާއެކު އެ ޒުވާނާ ބިރުގެނފައި ހުރިވަރުން އަވަސް ހަރަކާތަކާއެކު އައި ކޮޅަށް ހިނގައިގަތް އިރުވެސް މޫނުމަތި ހުދުވެފައިވުމުން އެ ޒުވާނާއަށް މި ވާހަކަ ދެއްކުނީ ކޮން ފެންވަރެއްގެ މީހަކާއިކަން އެނގުނީމަކަންނޭގެއެވެ.

ކާރަށް އަރާފައި ބަންލާފައި ދޮރު ޖަހާލާފައި ރުޅިގަނޑު މައިތިރިކުރަން މަސައްކަތްކުރަމުން ފަހަތު ސީޓަށް ބަލާލިއެވެ. އެ އަންހެންކުއްޖާ އަދިވެސް އޭނާ ބޭއްވިގޮތަށް އޮތީ ހަރަކާތް ހުސްވެފައި އޮތް ބުދެއްފަދައިންނެވެ. އެ އަންހެން ކުއްޖާ ލައިގެންހުރި ހެނދުމަށް ބަލާލުމާއެކު އޭނާއަށް ދެބުމަ ގޮއްޖަހާލެވުނެވެ. ހެދުމުގެ ބައެއް ތަންތަން ވީދިފައި ވާއިރު ހެނދުމުގައި ހިރަފުސްކޭތިފައިވެއެވެ. އެ އަންހެން ކުއްޖާއާއި ނަޒަރު ވަކިކޮއްލަމުން ކާރު ކުރިޔަށް ދުއްވާލީ އެ އަންހެންކުއްޖާ ގެންދާނެ ތަނަކާމެދު ވިސްނަމުންނެވެ. ވިސްނުމަށް އެހެން އެއްޗެއް ނައުމުން އެގާ ދިމާލަށް ކާރު ދުއްވާލީ އެއްވެސް ވަރަކަށް ދެން ވާނެ ގޮތަކާމެދު ވިސްނަންވެސް ބޭނުން ނުވެހުރެއެވެ. މިވަގުތު ގެއަށް ދާއިރު ދެން ގޭ މީގުންކުރާނެ ސުވާލަކާމެދު އޭނާ ވިސްނާކަށް ބޭނުމެއްނުވިއެވެ. ޔުނާން ފޯނު ނަގަމުން މީހަކާ ގުޅާލިއެވެ.

ގޭގެ ޙައިބަތު އިތުރުކުމުގައި އެންމެ އިސްރޯލެއް އަދާކުރުމުގައި ބޭނުންކުރެވިފައިވާ ކަޅުކުލައިގެ ބޮޑު ގޭޓު ހުޅުވުނީ ޔުނާން ކާރުގައި އިނދެފައި ރިމޯޑުން ފިތަކަށްފިތާލުމުންނެވެ. ކާރު ގޭޓުން އެތެރެވުމާއެކު އަމިއްލައަށް އެ ބޮޑު ގޭޓު ލެއްޕުނެވެ. މުޅި ” އޯޝަންގްލޮސް” ގޭގެ ބަގީޗާ ފެންނަ ކޮންމެ މީހެއްވެސް ތަރަތަރަޖަހްއިގެންދާނެކަން ޔަގީނެވެ. ލިލީ ، އޯކިޓް ، ސަންފްލާވަރ ، ލެވެންޑަރ ، އެކި ކުލަ ކުލައިގެ ފިނިފެންމަލުގެ އިތުުުރުން ގުނާ އަދަދުނުކުރެވޭހާ ގިނަ ތަފާރުވައްތަރުގެ މާގަސްތައް ބޯދިއްކޮއްލައިގެންތިއްބެވެ. މި ބަގީޗާ ބަލަހައްޓަމުންދާ މީހާއަށް ތައުރީފު ހައްޤުކަން ގައިމެވެ. ހިނގޭނެ ގޮތަށް ވަކިން ދެފަރާތުން ޕޭވްމެންޓެއް އޮންނައިރު އެތަނުގައިވަނީ މާރބަލްސް ތަޅުން ޖަހާފައެވެ. އެ ޕޭވްމެންޓް ފިޔަވައި ބާކީ ހުސްތަންތަނުގައި ދެ އިންޗީގެ ދިގުމިނަށް ވިނަފަޅާފައި ވާއިރު އެކި ތަންތަނުގައި އިށީނދެވޭނެގޮތަށް ބެންޗްސް ބަހައްޓާފައިވުމުން ނުހަނު ހިތްގައިމެވެ. ކާރު ދުއްވާލާފައި ގޭގެ ބިއްދޮށުގައި ވަކިން އިންނަ ގަރާޖާ ހިސާބަށް ކާރު ދުއްވަންވެސް ވަކިން މަގެއް އިންދެއެވެ. މިގޭގެ އެންމެ ހައިރާން ކުރުވަނިވި އެއް ކަމަކީ އެ ގޭގެ ބައެއް “ތަންތަން” ބިއްލޫރި ބޭނުންކޮއްގެން ހަދާފައިވުމުންނެވެ. ގޭން ނުކުމެގެން ބަގީޗާއަށް ދާއިރު ބޮޑު ތިނެސްކަން ބައްޓަމެއްފެ ފެން ކޯރެއް އިނުމުން މީހުން އާޝޯހުކުވާނެކަންގައިމެވެ.

ގަރާޖުގައި ކާރު ޕާކު ކޮއްލާފައި ފަހަތު ސީޓުގައި އޮތް އަންހެންކުއްޖާ ޔުނާން އަތްދަނޑިމައްޗަށް އުފުލާލަމުން ގޮސް ގެއަށް ވަންނަ ދޮރުކައިރީގައި މަޑުކޮއްލަމުން ކުރިމަތީގައި ހުރި އަންހެންކުއްޖާއަށް ބަލާލިއެވެ.

“ނީރާ..އަވަހަށް ތި ފޮތިގަނޑު އަޅާލަދީބަލަ މި ކުއްޖާގައިގަ..” ޔުނާން ގޮވާލީ އޭނާ އެތާ ހުއްޓުނުއިރުވެސް ނީރާއަށް އޭނާ ނުފެނުމުންނެވެ. ނީރާއަކީ އެގޭގައި މަސައްކަތް ކުރަމުންދާ ނޯކަރެކެވެ. ޔުނާން ގުޅާފައި ފޮތިގަނޑެއް ގެނެސްދޭށޭ ބުނުމުން ނީރާ އެތާ އެހުރީ ޔުނާން އަންނަންދެނެވެ.

“ލައްބަ..” ދެލޮލުން ހައިރާންކަން ފެންނަން ހުރިއިރުވެސް ނީރާ އަވަސްވެގަތީ ޔުނާންބުނި ކަންތަށް ކޮއްދިނުމަށެވެ. އެ އަންހެންކުއްޖާގެ މޫނު ފިޔަވާ އެހެން ތަންތަން އެ ބްލެންކެޓްގެ އެހީގައި ފޮރުވާލެވުމުން ނީރާ ދުރައްޖެހިލިއެވެ.

“އާދޭ އަހަރެންނާއެކު…” ނީރާއަށް އިޝާރާތްކުރަމުން ޔުނާން ބުނެލީ އޭނާއާއެކު އައުމަށެވެ. ޔުނާންގެ ބަހަށް ކިޔަމަންތެރިކަމާއެކު ބޯޖަހާލަމުން ނީރާ ޔުނާންގެ ފަހަރުން ހިނގައިގަތީ އިސްޖަހާލައިގެންހުރެއެވެ.

ޔުނާންއަށް އެއްވެސް މީހެއްގެ ހިލަމެއް ގޭތެރެއިން ނުވުމުން އަވަސް އަވަހަށް ލިފްޓާ ދިމާލަށްގޮސް ލިފްޓުގެ ފިތަށް ފިތާލުމާއެކު ދޮރު ދެފަރާތަށް ކެހިގެން ދިޔުމުން އެތެރެއަށް ދެމިގަތެވެ. އޭނާއަށް އެ އަންހެންކުއްޖާ އޭނާގެ އަތްދަނޑިމަތީގައި އޮތުމުން އުނދަގޫވެސްނުވާ ފަދައެވެ.

“އަރާބަލަ..އަވަސް..” ނީރާ ލިފްޓަށް ނާރާ ހުރުމުން ޔުނާން ބުނެލިއެވެ. މިފަހަރުވެސް ޔުނާންގެ ބަހަށް ކިޔަމަންތެރިކަމާއެކު ބޯ ޖަހާލަމުން ނީރާ ލިފްޓަށް އަރައިފިއެވެ.

ދިހަވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓާލުމާއެކު ދޮރު ދެފަރާތަށް ކެހިގެން ދިއުމުން ޔުނާން އަވަސް އަވަހަށްގޮސް އޭނާގެ ކޮޓަރީ ދޮރުހުޅުވާލަމުން އެ އަންހެންކުއްޖާ ގޮސް ކިންގްސައިޒް ބޮޑު އެނދުގައި ބާއްވާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތީ ނީރާ ކައިރީގައި އޭނާ އަންނަންދެން މަޑުކުރުމަށް ބުނެފައެވެ.

ފަސްވަރަކަށް މިނެޓްފަހުން ޔުނާންއައީ ކޮތަޅެއްހިފައިގެނެވެ.

“އަން..ހެނދުން ބަދަލުކޮއްލާފަ ބާއްވާ…” ނީރާއަށް ކޮތަޅު ދިއްކޮއްލަމުން ޔުނާން ބުނެލުމުން ނީރާ އެ ކޮތަޅުގައި ހިފަމުން ބޯޖަހާލަމުން އެކަން ކުރުމަށް އަވަސްވެގަތީ ޔުނާން ކޮޓަރިން ނިކުމެ ދޮރު ލައްޕާލުމުންނެވެ.

“ނިމުނީތަ؟..” ކޮޓަރީ ދޮރުކައިރީގައި ޔުނާންހުރ އޭނާގެ ދޮންތަ ޔޫހާއާ އެކީގައެވެ.

“ލައްބަ” އޭ ބުނެލާފައި ނީރާ ސިޑިއާ ދިމާލަށް މިސްރާބުޖެހީ ތިރިއަށް ދާށެވެ.

“ޔާން ދެން ދޮންތަ ކައިރީގައި ބުނެބަލަ އެ އަންހެންކުއްޖާ އަކީ ކާކުތަ؟..އެ އަންހެންކުއްޖާގެ މޫނު ވިޔަސް ބަލާލަން ދައްކާލަބަލަ..ދޮންތަގެ ޔާންގެ ހިތް އަތުލި ކުއްޖެއް އެބަޖެހޭދޯ ކޮންމެ ހެނެއް ހަދާފަވެސް ބަލާލަން… ޔުނާން ދޮންމަންމަ އާ ޑޭޑް އެ އަންހެންކުއްޖާ މިގެއަށް ގެންނަ އިރުވެސް އެއްޗެކޭ ނުބުނެހުރީ މިހެންވެ ދޯ..” ޔޫހާ ޔުނާންއާ ވާހަކަ ދައްކަމުންދިޔައީ ޔުނާންގެ ފަރާތުން ޖަވާބެއްލިބޭތޯއެވެ. ނަމަވެސް ޔުނާން ހުރީ ޔޫހާ މިގަޑީގައި ވާހަކަދައްކަން ފެށުމުން ބޮލަށް އުނދަގޫވެފައެވެ. ނަމަވެސް އެންމެ ފަހުން ޔޫހާ ބުނެލި ޖުމުލައިން އޭނާގެ ސިކުނޑީގައި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ވަރުގަދަ ޕްލޭންއެއް ރާވައިލެވުނެވެ.

“ދޮންތާ މިގަޑިޔަކު ނޫން..ފަހުން ދޯ..ދެން މިގަޑީގަ ސުވާލު ނުކުރޭ..” އިސްތަށިގަނޑު ތެރެއަށް އަތްމަހާލަމުން ޔުނާން ބުނެލިއެވެ.

“އޯކޭ އޯކޭ..އެކަމް ހަނދާންކުރައްޗޭ..ފަހުން އޮންނާނެއެންގޭ…” ލާނެތް ގޮތަކަށް ހީލަމުން ޔޫހާ ލިފްޓާ ދިމާލަށް މިސްރާބުޖެހުމުން ޔުނާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

މަޑުމަޑުން އެސްފިޔަތަށް ތަޅުވާލި އިތު ފުރަތަމަ ހުރިހާތަނެއް ފުސްކޮށް ފެނުމުން އެ އަންހެންކުއްޖާއަށް ދެތިން ފަހަރު އެސްފިޔަތަށް ތަޅުވާލެވުނެވެ. އޮވެވުނި އަރާމު މަޑުމަޑު އެނދެއްގައި ކަމުން އަރާމުވީވަރުން އަނެއްކާވެސް ދެލޯމެރެން އުޅުމާއެކު ކޮޓަރީ ދޮރުހުޅުވާލާފައި ވަތް ޔުނާން ފެނުމުން ފުރަތަމަ އެ އަންހެންކުއްޖާ ބަލަންއޮތީ ބީރައްޓެހިނަޒަރަކުންނެވެ. ނަމަވެސް ކުއްލިއަކަށް ދެލޯބޮޑުކޮއްލާފައި ކޮޅަށްތެދުވި ގޮތަކުން ބޮލަށް އެނބުރުން އެރުމުން ވެއްޓޭންދިޔައެވެ.

“ހޭއި..ޔޫ އޯކޭ؟..” އަވަސް ހަރަކާތަކާއެކުގޮސް އެ އަންހެންކުއްޖާގެ އަތުގައި ހިފހައްޓާލަމުން ޔުނާން ބުނެލިއެވެ.

“ޔެސް..އެންޑް ޕްލީޒް..ކޭން ޔޫ؟…” ޔުނާން އަދިވެސް އެ އަންހެންކުއްޖާގެ އަތުގައި ހިފަހައްޓައިގެންހުރުމުން އެ އަންހެންކުއްޖާ ބުނެލީ ލޮލުން އިޝާރާތްކޮއްލަމުންނެވެ. ޔުނާން އެ އަންހެންކުއްޖާގެ އަތުން ދޫކޮއްލަމުން ކޮޓަރީގައިވާ ކަޅުކުލައިގެ ސޯފާގައި އިށީތެވެ.

“ވެލް..ގާލް..ކޮން ނަމެއް ކިޔަނީ؟..” ބުމަ އަރުވާލަމުން ޔުނާން އަހާލީ އެ އަންހެންކުއްޖާ އޭނާ އެނދާ ދިމާލަށް އިޝާރަތް ކޮއްލުމުން އިށީނުމުންނެވެ.

“މިޝެލިން…” އިރުކޮޅަކު ބަހެއް ނުބުނެ އިނދެފައި އެ އަންހެންކުއްޖާ ބުންޏެވެ.

“އައިމް ޔުނާން..” ޔުނާންވެސް ބުނާނެ އިތުރު އެއްޗެއް ނެތުމުން ބުނެލިއެވެ. އަދި އެ އަންހެންކުއްޖާ އެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން ފަރުވާ ކުޑަ ގޮތަކަށް ކޮނޑުއަރުވާލަމުން ފޯނުނެގިއެވެ.

“ވަޓް ދަ ހެލް….” ކުއްލިއަކަށް ކޮޓަރިއަށް ވެރިވެފައިވާ ފުން ހަމަހިމޭން ކަމުގެތެރެއިން މިޝެލިން ހަލޭއްލަވައިގަތުމުން ޔުނާން ބަލާލިއެވެ.

“ހައު ޑެއަރ ޔޫ…ޔޫ އިޑިއެޓް…” ދެލޮލުން ރުޅިވެރިކަމުގެ އަސަރުފެންނަންހުރި ހާލު މިޝެލިން ކޮޅަށް ތެދުވަމުން ޔުނާންއާ ދިމާލަށް އައި ގޮތުން ޔުނާން ވަރަށް ހަމަޖެހިލާފައި ހީލިއެވެ. މި އަންހެންކުއްޖާ އެހެން އަންހެންކުދިންނާ ވަރަށްވެސް ތަފާތޭ އޭނަގެ ހިތްބުނެލިއެވެ.

“ހައު ޑެއަރ ޔޫ…”

“ހާދަ ރުޅިއެއް؟…ވަޓް ހެޕެންޑް..” މިޝެލިން މާ ރުޅިއައިސްފައި ހުރެ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރުމުން ޔުނާން ގާތަށް ހިނިއަންނަ ގޮތްވުމުން ފޯނު ސްކްރީން ނިއްވާލަމުން ނިކަން ސީރިޔަސް ވެލާފައި އަހާލިއެވެ.

“ކީއް ނުވަނީ…ހޫ ޗޭންޖްޑް މައި ކްލޯތްސް…” ދެލާ ހަނިކޮއްލަމުން މިޝެލިން އަހާލިއިރު އެދެލޮލުގައިވީ ރުޅިވެރިކަމެވެ.

“ކާކުހެން ހީވަނީ؟…” މިޝެލިން ރުޅިއަރުވާލަން ބޭނުންވުމުން ޔުނާން ބުނެލި ހީލާފައެވެ.

“ޔޫ..ޔޫ…ހައު ޑެއަރ ޔޫ…”

“ހެއް..ޗިލް ގާލް..އަހަރެންނެއް ނޫނޭ.. މިގޭގަ އުޅޭ އަންހެން މީހެއް..” މިޝެލިން ރުޅިއައިސްގެން ޔުނާން ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފުމުން ޔުނާން ބުނެލިއެވެ. އަދި މިޝެލިން އަތުގައި ހިފަމުން ދުރަށްލިއެވެ.

“ސޯ..ކިހިނެއްވީ އެގަޑިގަ؟..” ޔުނާން އަހާލިއެވެ.

“ކޮން؟.” ނޭންގޭ ކަމަށް ހަދާލަމުން މިޝެލިން އަހާލިއެވެ.

“މިޔަދު ހަވީރު…” ބުމަ އަރުވާލަމުން ޔުނާން ބުނެލިއެވެ.

“ނަން އޮފް ޔުއަރ ބިސްނެސް..”

“ވަޓް އެވަރ…ހިނގާ..އަހަރެން މިޝެލިން ގެއަށް ޑްރޮޕް ކޮއްދޭނަން…” ފަރުވާކުޑަ ގޮތަކަށް ދެކޮނޑު އަރުވާލަމުން ޔުނާން ބުނެލިއެވެ.

“އަ…އަމް..އަހަރެ…” އާގަންނަމުން މިޝެލިން ބުނަން އުޅުނު ނަމަވެސް ބުނެވޭގޮތެއްނުވިއެވެ. ޔުނާން ދެބުމަ އަރުވާލަމުން ބުނާށޭ ބުނެލިއެވެ.

“އަހަރެންގެ ގެއެއް ނުހުރޭ…” އިސްޖަހާލަމުން މިޝެލިން ބުނެލިއެވެ.

“އޮވްހް..ވަޓް..ދެން މިއޮށް ހުރިހާ ދުވަހުއޯ؟…”ވާނުވާ ނޭނގުމުން ޔުނާން އަހާލީ އެއްބުމަ އަރުވާލަމުންނެވެ.

“އަހަރެން ރަށުން މާލެ އައިތާ އަދި މިވީ ތިން ހަފްތާ..އަހަރެންގެ ހުރި ހަމައެކަނި މީހަކީ އަހަރެންގެ މަންމަ..އަހަރެން ބައްޕަ މަންމައަށް އޮޅުވާލާފަ ދިޔަ ފަހުން މަންމައަށް އެނގުނީ މަންމަ އަހަރެންނަށް ބަލިވެއިންކަން..ރަށު މީހުނަށް އެނގުނީމަ ހުރިހާ އެންމެން މަންމަ ބާކީ ކޮއްލީ..މަންމަގެ އާއިލާ ވެސް..އެހެނަސް މަންމަ ވަރަށް ކެއްތެރިކަމާއެކު އަހަރެން މިދުނިޔެއަށް އުފަންކުރި….ނަމަވެސް އެ ތާކުން އަހަންނަށް ރަނގަޅު ބަހެއް ބުނެލާނެ އެކަކުވެސް ނުވި..އަހަރެން ނަހަލާލުދަރިއެއްވީމަ..ދެން އަހަރެން މާލެ އަންނަން މަޖުބޫރުވި މަންމަ ނިޔާވީމަ..އެމީހުން އަހަރެން ބަލައިނުގަތިމަ..މާލެ ދެލޮލަށްވެސް ފެނުނި އަދި އަލަށް..ދާނެވަކި ތަނެއްނެތި ހިނގަމުން ހިނގަމުންދަނިކޮށް ބަޔަކު އަހަރެން ކިޑްނެޕްކޮއްގެން ގެންދިޔައީ..ދެން މިޔަދު ވަރަށް ހާލުން އެތަނުން ނުކުމެވުއިރަށް އެމީހުނަށް އެނގުނީ އަހަރެން ނެތްކަން..އެމީހުންނަށް އަހަރެން ފެނުނީމަ އަހަރެން ފަހަތުން ދުއްވައިގަތީ…އެހެންވެ އެހާ ހާސްވެފަ ހުރެވުނީ..” ވަރަށް ހާލުން އިސްޖަހާލައިގެންހުރެ މިޝެލިން ބުނެލިއިރު އެދެލޮލުން ކަރުނަ ނިރާލީ މާޒީގެ އެ ހިތިދުވަސްތަށް ހަނދާނަށް އައުމުންނެވެ. ހިޔާލަށް އިތުރު އެއްޗެއް ނައުމުން މިޝެލިން ޔުނާންއަށް ހުރިހާ އެއްޗެއްކިޔާދިނީއެވެ.
ޔުނާންހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“ވާނެ ކަމެއް ވާނެ..އަހަރެމެންނަށް އޮތީ އިމްތިހާނުތަކާ ކެއްތެރިކަމާއެކު ކުރިމަތިލުން..” ދެލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން މިޝެލިން ބުނެލިއިރު އެދެލޮލުން ފެނުނު އަޒުމަކާއެކު ހިތާމަތަށް ފޮރުވާލަމުން ހިނިތުންވެލި ގޮތަކުން ޔުނާން ހައިރާންވިއެވެ. އަންހެނުންނަކީ ފިނޑިބައެއްކަމަށް މިއޮށް ހުރިހާ ދުވަހުއްސުރެ އޭނާ ގަބޫލުކުރެއެވެ. ނަމަވެސް އަންހެނުންނަކީ މިހާ ހިތްވަރުހުރި ބައެއްކަމަށް އޭނާ ގަބޫލުކުރަންޖެހިއްޖެއެވެ. އެކަމު ގަބޫލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

“ސޯ..ޑޫ މީ އަ ފޭވަރ..” ކުއްލިއަކަށް ކަމެއް ހަނދާންވިފަދައަކުން ޔުނާން ބުނެލިއެވެ. މިޝެލިން ޔުނާންއާ ދިމާލަށް ބަލާލީ ބުނާށޭ ބުނާފަދައަކުންނެވެ.

“އަހަންނާ އިންނަންވީނު؟…” ޖެހިލުމެއްވެސް ނެތި ޔުނާން ބުނެލީ ވަރަށް ހަމަޖެހިލާފައި ބޯއަރިކޮއްލަމުން އިސްތަށިގަނޑުގައި އަތް ހިނގާލަމުންނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Malsa Moosa

Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

She/Her. You can contact me via [email protected]

Other Articles

Previous

މޮޔަ ހިތް މަގޭ…22

Next

ރާސްތާ2 (37)

Next
February 16, 2020

ރާސްތާ2 (37)

Previews
February 15, 2020

މޮޔަ ހިތް މަގޭ…22

60 Comments!

  1. malkko says:
    February 15, 2020 at 7:45 pm

    Salaam readers..2nd part vx mi up kolli..aslu i like the name mishelin enge..ekm dhn mi part up kuran vegen mishel kiyan decide kuree baeh kiyuntherinnah e nan kiyan undhagoo vaathee aa eku mireyga story up kuran vegen..hope u all will like this part too..vaahkaiga rangalhu kuran jehey kameh othas bunelahchy..Insha Allah i will correct the mistake..feel free to comment your viwes..lots of love..nyt:)

  2. magnumm says:
    February 15, 2020 at 7:59 pm

    mihaar midhaa goiy vrh nice ngeyy brooo???oops I mean malangandu???…ahaha…n thioh nimmaali gotheh dwww????made meh so curious malanganduuuuuu??????kohme cell eh eba inthixaaru kurey next part ah???hehe…lav yaaaaaaa❤❤❤❤❤

    1. Zaa says:
      February 15, 2020 at 8:23 pm

      Hey magnumm…missed u Darla…I m zaa ngey…hope u know…

    2. Malsa Moosa says:
      February 15, 2020 at 9:44 pm

      Thankx bro..”malangandhu ?” heh..lve ya too..

    3. magnumm says:
      February 16, 2020 at 2:25 am

      yesh zaa…yah I knw u….n if u use hangouts plx msg meh…I can’t reply if u mail meh ngey???

    4. Malsa Moosa says:
      February 16, 2020 at 5:55 pm

      Hehe bro..thankx..♡♡♡♡♡

  3. Kim Taehyung/v/Tae tae says:
    February 15, 2020 at 8:09 pm

    Wait wuuuuuuuutttttttt…..omg is he serious….I almost fainted….btw v reethi story….. love it…. hope next part will be uploaded soon..and good luck…keep it up dear….I purple u ?????????????????????????

    1. Malsa Moosa says:
      February 15, 2020 at 9:45 pm

      Hehe..dont know bro eyyna serious kameh?..thankx tae..????

  4. Anonymous says:
    February 15, 2020 at 9:06 pm

    Mishel maa firihen

    1. Malsa Moosa says:
      February 15, 2020 at 9:45 pm

      Okk..then its mishelin..change kohfin name..

  5. Yooyu says:
    February 15, 2020 at 9:13 pm

    Mishel hyvany firihen namehen

  6. malsamalkkomal says:
    February 15, 2020 at 9:46 pm

    Badhalhu kohfin mishelin ah..

  7. Jana says:
    February 15, 2020 at 10:10 pm

    Kurin oartga konmmes kuhjjaku bunefa in maany noony meesham ah badhal kohllaashey mi dhe nan vv reethi

    1. Malsa Moosa says:
      February 16, 2020 at 5:56 pm

      Thankx jana?

  8. Shahu says:
    February 15, 2020 at 11:10 pm

    V rythi
    Masha allah❤❤❤??

    1. Malsa Moosa says:
      February 16, 2020 at 5:56 pm

      Thankx shahu?

  9. Meekkomee says:
    February 16, 2020 at 12:54 am

    he ask her to marry him???? malkko story is awesome ???adhi kiriyaa mi time eh libunyy Hama jehilaagen vaahaka eh kiyan ?? whn is next ? Next Saturday tha??? ???? Curiously waiting for the story ????? good night ????????? luv yeahhhh ❤️❤️❤️❤️❤️??❤️❤️❤️ ttly ❤️❤️❤️❤️

    1. Malsa Moosa says:
      February 16, 2020 at 5:57 pm

      Hehe..thankx meekk..ly 2??

  10. Kairaa says:
    February 16, 2020 at 6:59 am

    Varah varah reethi mi part vx…..waiting for the nxt part…ly mal….

    1. Malsa Moosa says:
      February 16, 2020 at 5:57 pm

      Thankx kai

  11. ?P-I-N-K__?__M-O-N? says:
    February 16, 2020 at 8:59 am

    Varah reethi. Hama habeys. varah salhi ninmaalunves. Next part avahah up kohlahchey

    1. Malsa Moosa says:
      February 16, 2020 at 5:58 pm

      Thankx..?

  12. Lamko says:
    February 16, 2020 at 10:51 am

    Woooow mi part varah furihama…whn nxt part….waiting..ly❤️?????

    1. Malsa Moosa says:
      February 16, 2020 at 5:59 pm

      Thankx lam

  13. ♡Maiii♡ says:
    February 16, 2020 at 11:55 am

    Alhey haadha reehchey♡♡♡…. when next part?… waiting. Luv yuh

    1. Tghh says:
      February 16, 2020 at 2:57 pm

      Tuuh

    2. Malsa Moosa says:
      February 16, 2020 at 5:59 pm

      Thanks mai

  14. NooYas says:
    February 16, 2020 at 12:14 pm

    V salhi inge mi part. Mee hama dhonthy inge. I just changed my name. Hehe. ??❤️❤️ BTW mishelin is a beautiful name for me. Vvvv salhi. Dhen oiy bai kon irakun genesdheynee malloo? Love you dear ❤️❤️❤️??

    1. Malsa Moosa says:
      February 16, 2020 at 5:59 pm

      Hehe..thanks dhonthy?

  15. Yanaa says:
    February 16, 2020 at 3:05 pm

    Varah varah reethi??????maa sha Allah ❤❤❤❤❤❤❤
    curiously waiting for the next part???????????
    ly malkko ❤❤❤❤❤❤❤❤❤❤

    1. Malsa Moosa says:
      February 16, 2020 at 6:00 pm

      Thanks yan..ly 2

  16. Zaa55& says:
    February 16, 2020 at 3:23 pm

    Could u say the name of that gurl……I mean the one in the cvr?

    1. Malsa Moosa says:
      February 16, 2020 at 6:00 pm

      Heh..mishelin

    2. Malsa Moosa says:
      February 16, 2020 at 6:45 pm

      Idk bro.

    3. Zaa55& says:
      February 16, 2020 at 6:29 pm

      .Not mishelin…I mean her real name

  17. Lo says:
    February 16, 2020 at 5:41 pm

    Umuraa gulhey vaahaka liyebala malko
    Vrh salhi mi stry but umurah visnaalaafa liyun buhdhiveri
    Hope mi cmmnt negative koh nunagaane kamah?

    1. ?? says:
      February 16, 2020 at 8:16 pm

      Please huttaalabala. Mal konme umureh viyas mal beynun gothakah story liyumuge haggu mal ah onnaane. E heyo kitheme kuda yas

    2. ?? says:
      February 16, 2020 at 8:17 pm

      alhugandu vx negative koh nagaafakaa noon mibunee. hope you will understand

  18. malsamalkkomal says:
    February 16, 2020 at 5:54 pm

    Thanks lo..your ight..okk..sooo..adhi story ge 2nd part mi up kuri..ehemmaa huttaalaanee vaahaka up kurun..next week ga test thah vx feshy..ekm vaahaka kiyan beynunvaa kiyuntherin vx thibyme..mal beynumeh noon e readers vx hiyhama nujehykah..vaahka fashaafa vaahka huttaalumakee mal ge nasaruga varah kada kameh…mi vaahka dhen mi site akun ithuru site akun vx nufennaane..mi vaahakaige next part aa ehn part thah kiyan beynunvaa nama
    [email protected] ah msg eh kolleema fonuvaanan konme saturday ehga..bye guyx..and negative koh nunagaanan thihen bunaa ehcheeheh..thank u♥♥♥♥

    1. Anonymous says:
      February 16, 2020 at 9:02 pm

      No malko nuhuttaalaathi …
      Mi stry kiyan beynun…
      Plx malko
      Plx
      Plx
      Mikanthah mihen midhimaa v alhugandah mihn bunevuniiima
      Konme myhaku komme ehcheh kiyas malko beynun kameh kureveynennu … so dnt stop … just carry on…?
      I really luv ur strys ..
      Sorryy inge malko?

  19. malsamalkkomal says:
    February 16, 2020 at 5:55 pm

    Hope u all will forgive mee..midhiya aharugavx baivaru massala jehuneema mifaharu mihen mi hadhanee

  20. malsamalkkomal says:
    February 16, 2020 at 6:03 pm

    Mal varah kuraahithun kuraa kameh mi..mi story sote ga up kuraanan next year ga..ekm mihaaru kiyan beynun vaa kiyuntherin mail ah msg kohleema fonuvaanan vaahka oge part thah komme sat ah ga

  21. Kairaa says:
    February 16, 2020 at 7:41 pm

    Alhey Mal keeh ve thr thihen thi hadhanee… Varah dheravey migothah vhk Liyan fashaafa huhtaalaathee….?????? Ekam abadhu vx Mal ge storys thakah wait kuraanan iraadhakurehviyaa……dhn alhaanulaa it’s okay mal… Will wait ingey mallu…. Ly and will miss u….

  22. Kairaa says:
    February 16, 2020 at 7:43 pm

    Alhey Mal keeh ve thr thihen thi hadhanee.. Varah dheravey migothah vhk Liyan fashaafa huhtaalaathee????Ekam abadhu vx Mal ge storys thakah wait kuraanan iraadhakurehviyaa…but its OK mallu… Ly and will miss u…

    1. malkko says:
      February 16, 2020 at 8:59 pm

      thanks kai.

  23. Your very close friend says:
    February 16, 2020 at 8:13 pm

    Mal plx huttaa nulaabaa. Egothah meehaku ehchekey kiyaairah nuvaane vaahaka liyun huttaalaakah. egothah meehun ehchis ekiyanee vx mal maa reethi koh liyaathee veema but ehn kiyaa ehchakah alhaa nulaaba plx. i really love you your storys.

    1. malkko says:
      February 16, 2020 at 8:59 pm

      thanks my very close friend..but can u tell me who are u?

    2. Your very close friend says:
      February 16, 2020 at 9:49 pm

      Yh. Mal ah ingeyne mee kaakukan. varah ginain talk vx kurameynun. Aslu name ga comment nukuran vegen ehen liyelee. hehe. Hangout in bunaanan mee kaakukan

  24. malkko says:
    February 16, 2020 at 8:57 pm

    geez..dhn thivarah kiyannaa nukereyne huttaalaakah..owky i will continue the story..varaha avahah next paer up kolladhynan..and lo mal aa dhimaa lah ehchehseh nukiyaa enge guyyss..she ore he just said what lo wants..and i dont mind enge lo..i understand…adhi alah meehaku ehaa reethikoh comment koffa ehem bunefa eyyni..ehen v nukeruni bolaalaa jahan..ekm dhn readers thihaa varah aadheys kurannaa mu dhw..hehe..thankx for being with mehh..And readers dhera kollevuneema insha allah mirey next paer up kollaanan..happy?

    1. Lo says:
      February 16, 2020 at 9:06 pm

      Yeiiiii
      I’m so excited ..
      Aslu eynynnu anonymous ey jahaafa in cmmnt eh eiii alhugandu kuri comment eh inge neyge kihineh kameh e name ah badhalu v…
      Vrh vrh vrh ufaavehje malko stry huttaanulaathii❤❤

    2. Anonymous says:
      February 16, 2020 at 9:07 pm

      Maafah neydhey malko …
      Aslu maafah edhen jeheyniii alhugandennu
      I’m soooooo sorrryyyy?

  25. Anonymous says:
    February 16, 2020 at 9:10 pm

    Anehkka eyniii e name ah change vefa neyge kyvve kameh mee hama lo ingey
    Anonymous ey inas
    Hope malko maaf kuraane kamah
    ❤??

    1. Lo says:
      February 16, 2020 at 9:11 pm

      Oh sorrry anehkkaa vx
      Btw i’m a girl malko …
      Hehehe?❤
      Stry continue kurahche inge malkoooo?

  26. Lo says:
    February 16, 2020 at 9:13 pm

    Malko ah vure bodu vaane ekm❤?

  27. Lo says:
    February 16, 2020 at 9:15 pm

    Malko maaf kurahche inge
    Im really really really really sorrry???

  28. malkko says:
    February 16, 2020 at 9:24 pm

    alheyyy sisiyyy…eii maafah edhyvaruge kameh noony..mal mal ge readers ah recpect kuran dhannan..hama egothah thi emmen vx mal ah respect koh care kurey..and thanks..lo dhn maafah neydhehchy..mal bunamehnu kiyuntheringe hiyaaluvx faalhu kurahchy..i dont mind eyy…inge sisiy..take care..no need to be guilty..

    1. Lo says:
      February 16, 2020 at 9:46 pm

      Yeah … alhugandu malko ah respect kuran hehe?
      Like a lil sis heheh
      Dhn ehnve maafakah neydheynan inge
      Hahahaha???

  29. malkko says:
    February 16, 2020 at 9:24 pm

    and dhen maafah edhijjiya karu ufuraalaanan…JUST KIDDING

    1. Lo says:
      February 16, 2020 at 9:48 pm

      Nooney eyrah kihineh malko ge strys kiyeyniii?
      ???Hahaha

  30. malkko says:
    February 16, 2020 at 9:50 pm

    hahaha..dhww

Comments are closed.


All Right Reserved!