Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…22

ރައިހާން ޖަވާބުގައި އައި ލަވް ޔޫ ޓޫ ޖަހާފަ އިން ތަން ފެނުމުން އަަހަރެންގެ ދެލޯ ބޮޑުވިއެވެ.. ގަބޫލު ނުކުރެވިގެން އެތަށް ފަހަރަކު ބެލީމެވެ..”އާ ޔޫ ސީރިއަސް؟؟” ޔޫލީ އަނެއްކާވެސް ރައިހާން އަށް މެސެޖު ކުރިއެވެ.. “ހޫމް!!!” ރައިހާން ބުނެލިއެވެ … އަދިވެސް އަހަރެން އިނީ ގަބޫލު ކުރަން ދަތިވެފައެވެ………………………………………………

އެވަގުތަކީ ފައިހާ ފާހަނަ އިން ނިކުތް ވަގުތެވެ.. ޔޫލީ ސަޕްރައިޒް އޭ ކިޔާފަ ފައިހާ އަށް ދެންމެ ވީ ހުރިހާ ކަމެއް ކިޔާދިނެވެ.. ފައިހާ އުފަލުން ހަޅޭލަވައިގަތެވެ..”އޭ ދޮގުދޯ ތި ހަދަނީ؟؟” ފައިހާ ގަބޫލު ނުކުރެވިގެން އަނެއްކާވެސް އެހިއެވެ. “އަޅެ ސީރެސްކޮއްވެސް އޭ ގަބޫލު ނުކުރެވެންޏާ ގޮސް ބަލާބަ މެސެންޖާ.. އަހަރެންނާ މައީ އާ ދެމީހުން ތި ކަންތައްތައް ނިންމާލާފަ އެއޮތީ ..ޝުކުރު އަދާކޮއްބަލަ ދެން ވެސް ދޯ މައީ…މައިޝާ!! ކިހިނެއްވެފަތަ ތިހުރީ؟؟.. އަހަރެންނަށް ހަމަ ބިމަށް އާދެވުނީ ޔޫލީ އަހަރެންނަށް ދެތިން ފަހަރު ގޮވާލުމުންނެވެ..”ކަމެއް ނުވެޔޭ ..ކޮންގްރާ ފަހަރީ!!” އަހަރެން ދަތްޕިލަ ފެންނަވަރަށް ހީލަމުން ފައިހާ ގައިގައި ބައްދާލީމެވެ… އަހަރެން ހިތަށް ކިތަންމެ ވޭނެއް އެޅިޔަސް އަހަރެން ދިޔައީ އެކަން ފޮރުވުމަށް ކުރެވެން އޮތް ހުރިހާ މަސަތްކަތެއް ކުރަމުންނެވެ..

5-45 ކަންހައިރު މަންމަ ބަލާ އައުމުން އަހަރެން މަންމަ އާއެކު ގެއަށް ދިޔައީމެވެ.. އެރޭ އަހަރެން ނުވެސް ކަމެވެ.. 8 ޖަހާލި ކަންހައިރު އަހަރެން ނިދަން އޮށޯތީމެވެ.. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ.. ރައިހާން އައި ލަވް ޔޫ ޓޫ އޭ ޖަހާފައި ފައިހާ އަށް ރިޕްލައި ކުރި މަންޒަރު އަހަރެންގެ ސިކުންޑިއަށް ހުއްޓުމެއްނެތި އަންނަމުންދިޔައެވެ.. އެއާއެކު އަހަރެންގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ… އަހަރެން ރޯ އަޑު ބާރުވާން ފެށުމުން އަހަރެން އަނގަ މަތީގައި އަތް އެޅީމެވެ.. ނަމަވެސް އަހަރެން ކުރި މަސަތްކަތް ވީ ބޭކާރެވެ.. އަހަރެންނަށް ބާރު ބާރަށް ރޯން ފެށުނެވެ.. ހައިޝަމް ތުއްތު އަހަރެންގެ ކޮޓަރިއަށް ވަނުމުން އަހަރެން އަވަހަށް މޫނު އަނެއް ކޮޅަށް އަނބުރައިލީމެވެ.. “މައިއްކޯ ކިހިނެއްވީ؟ ބަލަ ކީއްވެ ތި ރޮނީ؟ ތުއްތު ގާތުގައި ބުނެބަލަ”..ތުއްތު ކޮޑުމަތީގައި ބޯއަޅައިލައިގެން އަހަރެން ހިތް ފުރޭވަރަށް ރޯލީމެވެ.. އަހަރެން ތަންކޮޅެއް ހަމަ ޖެހުމުން ވީ ގޮތް ތުއްތު އަށްކިޔާދިނީމެވެ..”އެއީ ރޯވަރުގެ ކަމެއް ނޫނޭ … ރައިހާން އެ ލޯބިވާ ކުއްޖަކީ ޔޫލީގެ އެންމެ ގާތް އެކުވެރިޔާ އަށް ނުވިނަމަ ތުއްތު އެހީވެދޭނަން މައިއްކޮ އަށް ..އެކަމަކު”…”އަހަރެން ނުބުނަމެއްނު ތުއްތު ގާތުގަ އަހަރެންނަށް އެހީވާށެކޭ އެއް…ތުއްތު އަހަރެންނަށް ހަމަ އެންމެ ކަމެއް ކޮއްދޭންވީ”…”މައިއްކޯ .. އަސްލުވެސް މި ބުނީ ފައިހާ އަކީ ޔޫލީގެ އެކުވެރިއަކަށް ނުވިނަމަ ކޮންމެ ގޮތެއް ހަދައިގެން ވެސް ފައިހާ އާ ރައިހާން ދުރުކުރާނަން.. އާން ދެން ބުނެބަލަ ކީއްތަކޮއްދޭންވީ”….”އަހަރެން ރައިހާން ދެކެ ލޯބިވާކަން ސިއްރުކޮއްދީ.. މީގަ ހުރިހާ ވެސް މައްސަލަ އަކީ ހަމަ އަހަރެން … އަހަރެންނަށް ރައިހާން  ދެކެ ލޯބި ނުވެވުނު ނަމަ އެންމެސް ތިބޭނީ އުފަލުގަ.. އަހަރެން ބޭނުމެއްނޫން ފައިހާ އާ ރައިހާން ދުރު ކުރާކަށް  .. ފައިހާ އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް އަދި އަހަރެންނަށް ވުރެ އެތަށް ހާސް ބައެއް ރަނގަޅުމީހެއް”….”ތުއްތު ތިކަން ފޮރުވަދޭނަން އެކަމް ހަމަ ބުނެލަން ބޭނުންވަނީ ތިކަންތައް ރައިހާން އަށް ފޮރުވާ ވަރަކަށް މައިއްކޮގެ ހިތަށް އަޅާ  ވޭން ގަދަވާނެ…އަދި ރައިހާން ދެކެ ލޯބިވާ ވަރުވެސް އިތުރު ވާނެ.. މައިއްކޮ ހަނދާން ކުރައްޗޭ.. އެއްވެސް ކަމަކީ އަބަދު ސިއްރެއްގެ ގޮތުގައި އޮންނާނެ އެއްޗެއް ނޫން ކަން ކޮންމެސް ދުވަހަކު ތިކަން ރައިހާން އަށް އަދި އެހެން މީހުނަށް ވެސް އެނގޭނެކަން.. ނުރޮއްޗޭ އިނގޭ ތުއްތު ފުރާ ގަޑިވެސް އެ އޮތް ޖެހެނީ ދަނީ އިނގޭ”…ތުއްތު އަހަރެންގެ ކޮލުގައި ހިފާލާފައި ދިޔައެވެ.. އެ ވޭނީ ހިޔާލުތަކުން އަހަރެންގެ ސިކުނޑި ފުރާލެވިފައިވާއިރު އަހަރެންގެ ހިތުގައި މާ ވޭން އަޅައެވެ. އެހެން އޮވެ އަހަރެންނަށް ނިދުނު އިރެއް ވެސް ނޭނގެއެވެ.. ވަށައިގެން ވަނީ ފަޑު ރަތް ކަމެކެވެ..ހަތަރެސް ކަނަށް އޮތް ބޯ ފިލާގަނޑެއް ގައި އަހަރެން ވަނީ ބަނދެވިފައެވެ. ވަށައިގެން ޔޫލީ، ފައިހާ އަދި ޖައިޝާ ވެސް އިނެވެ.. އަހަރެންގެ އަތާއި ފައިގައި އައްސާވައި ވާކޮޅު މޮހެލުމަށް ޓަކައި އަހަރެން މަަސަތްކަތް ކުރަން ފެށީމެވެ.. ނަމަވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.. ކުއްލިއަކަށް ފައިހާ އަހަރެންނާ ދިމާލަށް ވަޅިއެއް ދިއްކޮލިއެވެ..”މައީ!! ދޫނީ ދައްކާ ވާތަށް ކަނޑާލަން”..ފައިހާ ލޯބީން ފުރިގެން ވާ ރާގަކުން ބުނިއެވެ..ދެވަނަ ސިކުންތުގައި ފައިހާ އަހަރެންގެ ކަރުގައި ވަޅި ޖައްސާލިއެވެ..”ރައިހާން ދެކެ ލޯބިވެޔޯ.. އަހަ އަހަ ރައިހާން އެއް ނުލިބޭނެ ކަލެއަކަށް ދުވަހަކުވެސް އެއީ މަގޭ ހައްގެއް .. އަޑުއިވިއްޖެތަ؟؟… ކަލެ އަކަށް ނުލިބޭނެޔޭ!!” ފައިހާގެ ލޮލުން އަލިފާން އަރަމުންދާ ކަހަލައެވެ.. “މައިޝާ މިއަދު ޖެހޭނީ ކޮންމެސް އެއްގޮތެއް ނިންމަން … ހީނުކުރައްޗޭ ރައިހާން ދެކެ ލޯބިވާކަން ފޮރުވީމަ އަހަރެންނަށް ނޭނގޭނޭ…ކަލޭ ރައިހާން މަތިން ހަނދާން ނައްތާލާނީތަ ނޫނީ ރައިހާންގެ އިންތިޒާރުގަ ހުންނާނީތަ؟؟ ބުނޭ!!! އަހަރެންގެ އަތުގައި މިއޮތީ ވަޅި.. ރައިހާން މަތިން ހަނދާން ނައްތާލަން ނިންމާފި ނަމަ މި ވަޅިން ތިހިރަ ވާތަށް ކަނޑާލާނަން …އެކަމަކު ރައިހާން މަތިން ހަނދާން ނައްތާނުލާނަމަ މި ތޫނު ވަޅިން މައިޝާގެ ހިތް ނަގާނަން”…އަހަރެން އިނީ ވަރަށް ވެސް ބިރުންނެވެ.. ދާހިތްލާ ފޯވެފަ އިން އިރު އަހަރެން ތުރު ތުރު ލަމުން ދެއެވެ.. އަހަރެންގެ އަތުގައި އައްސާފައިވާ ވާތައް ތަންކޮޅެއް ދޫވުމުން އަހަރެން ފައިހާ އަތުގައި އޮތް ވަޅި އަތުލީމެވެ… އަދި ދެވަމަ ފަހަރަށް ވިސްނުމެއްނެތި އަހަރެންގެ އަމިއްލަ ހިތަށް ވަޅި ހަރާލީމެވެ… ވަގުތުން ލޭގެ ކޯރެއް ހެދުނެވެ..

އަހަރެންނަށް ހެލެވުނު އިރު މާނޭވާ ލެވެއެވެ.. އަހަރެންނަށް  އެންމެ ފުރަތަމަ ވެސް އަތް ޖައްސާލެވުނީ ހިތާ ދިމާލުގައެވެ.. އަހަރެން ރައިހާން ދެކެ ލޯބިވާ ވާހަކަ ފައިހާ މެނަށް އެނގިއްޖިއްޔާ ވާނީ މިކަހަލަ ގޮތެއް ކަން އަހަރެންނަށް އެނގެއެވެ.. ނަމަވެސް މި ފެނުނު ހުވަފެނުގެ ސަބަަބުން އަހަރެންގެ ހާސްކަން ވީ އިތުރެވެ..

ސުކޫލު ބަންދު ދުވަހެއް ކަމުން އަހަރެން އެހާ އަވަހަށް ތެދުވާކަަށް ގަސްތެއް ނުކުރަމެވެ… ލެޕްޓޮޕް  އިން ފިލްމެއޮ  އަޅުވާލީމެވެ.. “ދަރިފުޅާ.. ޔޫލީ އެބަ ގުޅާ”…”ދީބަލަ އަހަރެންގެ އަތަށް”…”ފޯނު ނިންމާފަ ދޭން ވާނެ އިނގޭ މަންމަ އަތަށް ގޭމް ކުޅެން ނީންއްއްޗޭ.. މަންމަ ބުނީމެއްނު ދަރިފުޅު ކޮޓަރި ހަޑިކޮށް ގެން ގުޅެންޏާ މަންމަގެ ފޯނުގައި އަތް ލުން މަނަލޭ ދޯ”….”އަހަ އަހަ އޯކޭ އޭ މަންމާ” ..މަންމަ އަހަރެންގެ އަތަށް ފޯނު ދީފައި ދިޔައެވެ..”ކީއްވީތަ ފަހަރީ”….”ހޫން …ބިޒީތަ މިގަޑީ.. އަހަރެމެން މިއުޅެނީ ނޫޑުލިސް ކައްކަން ވެގެން މައީ އަށް އާދެވިދާނެތޯ އަހާލަންވެގެން ގުޅީ”…”އާން 15 ވަރަކަށް މިނެޓު ފަހުން ދާނަން..ޖައިޝާ މެން ގޭގަތަ؟؟؟”….”އާން”..ޔޫލީ ފޯނު ބޭއްވުމުން އަހަރެން އަވަސް ވެގަތީ ފެންވަރައިގެން ރީތިވާށެވެ…އަތް ދިގު ޖޯޒީ އަކާއި ކަޅުކުލައިގެ ލެގިންއެއް ލީމެވެ… އަހަރެންނަށް މަންމައާއެކު ޖައިޝާ މެން ގެއަށް ދެވޭވަރުވީ 10 ވެސް ޖެހިފަހުންނެވެ.. އަހަރެން ޖައިޝާމެން ގެއަށް ވެންނީމެވެ.. ސަލާން ގޮވަގޮވާ އެއްވެސް މީހެއްގެެ ހަބަރެއް ނުވިއެވެ.. އެންމެ ފަހުން އަހަަރެން ދިޔަގޮތަށް ގޮސް ޖައިޝާގެ ކޮޓަރިއަށް ވެންނީމެވެ.. އެތާ އެކަކު ވެސް ނޫޅެއެވެ.. އަހަރެން އެ ކޮޓަރިއިން ނިކުންނަން ދަނިކޮށް ކޮންމެސް މީހެއް ދޮރުހުޅުވާލިއެވެ… އަހަރެން ގޮސް ދޮރާއި ބިތުގެ މެދަށް ޗިސްވިކަހަލައެވެ.. “އައްދޯއި!!!!!!!!!!”..ތަދުވި ވަރުން އަހަރެން ހަޅޭލަވައި ގަތީމެވެ..އެމީހާ އެވަރުންވެސް ދޮރުލައްޕާކަށް ނޫޅެއެވެ..”ބަލަ އަޑެއްނީވޭތަ .. ނޫނީ ހަމަ ބީރީތަ.. އަހަރެން މިއޮތީ ފިތިފައޭ!!!!!!!!!!!!!!!”..އަހަރެން ލެވުނުހާ ބާރަކަށް ހަޅޭ ލަވައިގަތީމެވެ…”އޯ ސޮރީ ވަރަށް ބޮޑަށް އަހަރެން ހީކުރީ މިކޮޓަރީ އެކަކުވެސް ނޫޅޭކަމަށް”… އަހަރެން އިނީ ފާޑަކަށް ރޮވިފައެވެ.. އަހަަރެން ބުރަކަށީގައި އަތް ކާތަމުން ކޮޓަރީން ބޭރަށް ނިކުތްވަގުތު އަހަރެން ދިޔައީ ސިއްސައިގެނެވެ.. ހަމަ އެކަނި ޖިންސެއް ލައިގެން ބިތުގައި އެއް އަތް ވިއްދައިގެން ހުރި ފިރިހެން މީހާ ފެނިފައެވެ.. އެއީ އަހަރެންނަށް ކުރިން ފެނުނު މީހެއް ނޫނެވެ.. ބަލާބެލުމަށް ޖަހަނީ 19 ނޫނީ 20 ވަރަކަށް އަހަރުގެ ޒުވާނެއް ފާޑެވެ.. އެމީހާގެ ލޯ ހުރީ ސީދާ އަހަރެންނަށް އަމާޒުވެފައެވެ.. “އޭ!!…ދެން ވެސް ދޮރު ހުޅުވާއިރު ބަލައިގެން ހުޅުވާނީ”…އަހަރެން ދެލޯ އަޅާލަމުން ބުނެލީމެވެ.. އެމީހާ ހިނިގަނޑެއް ޖަހާލިއެވެ.. އަހަރެން އަވަހަށް ގޮސް އެގޭން ނިކުތީމެވެ.. ދޮރާ ހަމައަށް  އަރާފައި އަހަރެން ފަހަތް ބަލާލީމެވެ.. އޭރުވެސް އެޒުވާނާ އަހަރެންގަޔަށް ބަލަން ހުއްޓެވެ.. ބުރަކައްޓަށް ތަދުވާތީ އަހަރެންނަށް ހިނގެނީވެސް ވަރަށް ފާޑަކަށެވެ.. ޔޫލީމެން އެގޭ ނެތުމުން ދެން އަހަރެން ދިޔައީ ފައިހާ މެން ގެއަށެވެ.. އޭރު އެގޭ ޖޯލިފަތީގައި އެ އެންމެންވެސް ތިއްބެވެ..އަހަރެން ދިޔަގޮތަށް ގޮސް ޔޫލީގައިގައި ވަރުގަދަ ބޮނޑިއެއް އަޅާލީމެވެ… “އައްދޯއި!! ކީއްވެއޯ ތި ޖެހީ”….”ކީއްވީހޭ؟؟ ބަލަ އަހަރެން ކާރީ އެގެއަށް އަންނާށޭ ބުނެފަހަ ތިމީހުން ތިތިބީ މިގޭގަ އައިސް”…”ނޫނޭ.. މައީ އާދޭތޯ އެގޭ މަޑު ކުރިން ވަރަށް ގިނައިރު… މައީ ބުނީ 15 މިނެޓް ތެރޭ އަންނާނެމޭ..ގަޑިރެއްވީރުވެސް މައީ ނައީމަ އަހަރެން ހީކުރީ ދެން ނާންނާނެ ކަމަށް އެހެންވެ އަސްލު”ޖައިޝާ ވީ ގޮތް ކިޔާދިނެވެ… އަހަރެން އައިސް ޖޯލިފަތީގައި އިށީނދެލީމެވެ..”މައީ ކިހިނެއްތި ހިނގަނީ؟؟ އަހަ އަހަ”..ފައިހާ ބުނެލިއެވެ..”މަގޭ ބުރަކަށީގެ ދުވަސް ގޮސްގެނެއްނު މިއުޅެނީ..” އަހަރެން ބުރަކަށީގައި ފިރުމާލަމުން ބުނެލީމެވެ..”ބުރަކަށްޓަށް ކީއްވީއޯ؟؟.” ޔޫލީ ސުވާލުކުރިއެވެ..”ކީއްތަ ނުވަނީ ..ތިމީހުން ހޯދަން އަހަރެން ފުރަތަމަ ދިޔައީ ޖައިޝާ މެން ގެއަށް ސަލާން ގޮވަ ގޮވާވެސް ހަބަރެއް ނުވީމަ އަހަރެން ވެންނީ ޖައިޝާގެ ކޮޓަރިއަށް .. އަހަރެން ނިކުންނަން އުޅެނިކޮށް  ކޮންމެސް މީހެއް ދޮރުހުޅުވި ގަޑީ ދޮރާއި ބިތާއި ދޭތެރޭގައި އަހަރެން ފިތުނީ.. ހަޅޭ ލަވަ ލަވާވެސް ދުލެއް ނުކުރި..އަދި އިތުރަށް ބާރަށް ފިއްތާލީ”.. އަހަރެން ވީ ގޮތް ކިޔާދިނުމުން އެންމެން ފެށީހޭށެެވެ…”ދައްކަބަލަ ބުރަކަށި ކޮން ހާލެއްގަ ތޯ ހުރީ ބަލާލަން”…”ސުއްބޫސް މިއޮތީ މުޅިން ރަތްވެފަ …ހިނގާ ބޭސް އުނގުޅަން.”ޔޫލީ ހަޅޭލަވައިގަތެވެ..”ދޮގެން ވެސް ނުން އެފަކީރު ބުރަކަށި މުޅިން އޯޓިޒަމް ކޮއްލާފަ ވިއްޔަ އެއޮތީ އަހަ އަހަ”..ޖައިޝާ ހޭން ފެށިއެވެ…”ތީ އެހެންވީމަ ހާދަހާ ބާރަށް ދޮރުހުޅުވާ މީހެކޭދޯ…” ޔޫލީ އަހަރެންގެ ބުރަކަށީގައި ބޭސް އުނގުޅަމުން ބުނެލިއެވެ….”މިހާރު އެނގިއްޖެތަ ދޮރު ހުޅުވީ ކާކުކަން؟؟” ޖައިޝާ އެހިއެވެ..”ނޫނޭ އަހަރެން ދަންނަ މީހެއް ނޫން…”..”ތިހެން ވީއިރު ކިހިނެއް ހުރި މީހެއް؟”…”ވަރަށް ދިގުކޮށް ދޮން ކޮށް..އަދި މީހާގެ ބޮޑީ އިސްތިހާރު ކުރަންވެގެން މަތިން ހުސްގަޔާ ހަމަ އެކަނި ޖިންސެއް ލައިގެން ހުރީވެސް.. މޫނު މަތިން ވަރަށް ނުލަފާ ފާޑު ޖަހާ.. ހިތަށް އަރާ ހަމަ ދެލޯ ނަގާފާނެމޭ.. އަހަރެން އެއްޗެކޭ ބުނީމަވެސް ފެށީ ހޭން..”…”އަހަ އަހަ އަހަ އެވާނީ ރިއާން ކަމަށް މިބުނީ  ޖައިޝާގެ ދޮންބެ”…”ވަޓް!!!!”..އަހަރެން ތުން ދަމާލީމެވެ…”އޭ ތިއެއްނޫނޭ މާދަމާ އެއީ ރައިހާން ގެ އުފަންދުވަސް ..އަހަރެން ބޭނުން ކޭކް ފަޅަން”….”އެހެންތަ؟؟ ކީއްކުރަން ފަޅާ ކޭކެއް ބޮލަށް ދެ ކުނި ބިސް ޖެހީމަ އެ ނިމުނީއޭ ދޯ ޔޫލީ”  އަހަރެންވެސް ސަމާސަ ކޮއްލީމެވެ..”ނޫން އެހެން ނަހަދާތި މަގޭ ބޭބީއަށް ” ފައިހާ ތުން ދަމާލިއެވެ.. އެދުވަހު ނޫޑްލިސް ކައްކާ ނިމުމުން ކައިގެން އަހަރެންް ގެއަށް ދިޔައީމެވެ.

ފައިހާ ވަނީ ރައިހާން އަށް ކޭކެއް އަޅާފައެވެ.. އަދި އަހަރެން ގާތުގައި އައުމަށް ވެސް ވަނީ ބުނެފައެވެ.. ނަމަވެސް  އަހަރެން ބުރަކަށްޓަށް ތަދުވާތީއޭ ބުނެ ނުދަމެވެ..

އެއީ ހޮނިހިރު ދުވަހެވެ… ޖައިޝާގެ އުފަންދުވަސް ކަމުން އަހަރެމެން އެންމެން ވާނީ ހިނގާލާން ދިއުމަށް ރާވާފައެވެ.. އަހަރެން ތައްޔާރުވެލައިގެން ޖައިޝާމެން  ގެއަށް ދިޔައިމެވެ.. ޖައިޝާ އަދިވެސް ތައްޔާރުވެ ނުނިމޭތީ އަހަރެން މަޑުކޮއްލައިގެން އިނީމެވެ.. ފާހަނަ އިން ނުކުމެގެން އައި ފައިހާ އަހަރެން ލޮލުގައި އަޅައިގަތެވެ.. މީހާގެ ލޯވަނީ ރަތް ވެ ދުޅަވެފައެވެ.. އަތް ކުރު ޓީޝާޓެއް ލައިގެން އިނުމުން އަތުގައި ކަޓަރު އަޅުވާފައި ހުރި ތަން އަހަރެންނަށް ފެނުމެވެ.. އަހަރެން އަވަހަށް ގޮސް ކީއްވީތޯ ފައިހާ ގާތުގައި އެހީމެވެ.. ފައިހާ ކުއްލިއަކަށް އަހަރެންގެ ގައިގައި ބައްދާގަނެފައި ރޯން ފެށިއެވެ..”މަ..މަންމަ މެނަށް އެނގުނީ އަހަރެންނާއި ރައިހާން ރައްޓެހިވެގެން އުޅޭކަން ދެންް..ދެ..ދެން ބައްޕަ ގުޅާފަ ވަރަށް އެއްޗިސް ވެސް ކި.. ބުނީ ހަމަ މިހަރު ރުޅިވާށޯ …ފޯނު ވެސް އަތުލައިފި ގޭން ބޭރަށް ދިއުންވެސް މަނާ”..ފައިހާ ރޮމުން ރޮމުން ވީގޮތް އަހަރެންނަށް ކިޔާދިނެވެ… އަހަރެންގެ ހިތުގައި ފައިހާއަށް ހަމްދަރުދީ އުފެދުނެވެ.. “ނުރޮއެ ހުއްޓާލާ.. މަންމަ މެން އަދި އޯކޭ ވާނެޔޭ އިނގޭ..ބަލަ ކީއްވެ އަތުގައި ކަޓަރު އެޅުވީ… ރައިހާން އަށް ތިކަން އެނގިއްޖިއްޔާ ކިހާ ދެރަ ވާނެ…ދެން ނާޅުވައްޗޭ އިނގޭ”… އަހަރެން ކުޑަކުއްޖަކަށް ވިސްނަދޭފަދައިން ފައިހާއަށް ވިސްނަދިނީމެވެ.. ޔޫލީ އައުމުން އަހަރެން ޔޫލީ އާއެކު ބޭރު ޖޯއްޔަށް ދިޔައީމެވެ.. “އޯޝިޓް މިއައީ ކެމެރާ ނުލާ އެބަ އަންނަން އިނގޭ ކެމެރާ ހިފައިގެން ވެއިޓް”…އަހަރެން އެކަނި ޖޯލިފަތީގައި ބައިންދާފައި ޔޫލީ ގެއާ ދިމަލަށް ދިއުމަށް އަވަސްވެގަތެވެ..ޔޫލީ ދިޔައީ އޭނަގެ ފޯނު އަހަރެންގެ އަތަށް ދީފައެވެ.. އަހަރެން އިނީ ފޯނަށް ބަލަހައްޓައިގެނެވެ… ޖައިޝާ ގޮވާލުމުން އަހަރެން އެދިމާލަށް ދާން ތެދުވީމެވެ.. އަހަރެން ހުރީ ފޯނަށް ގެއްލިފައި ކަމުން އަހަރެންނަކަށް ކުރިއެއް ނުފެނެއެވެ.. ކުރިމަތިން އައި ސައިކަލެއްގައި ޖެހި އަހަރެން އަކިރި ގަނޑުމައްޗަށް ވެއްޓުނެވެ.. ވެއްޓުނު ގޮތުން އަހަރެންނަކަށް ނުތެދުވުނެވެ… ސައިކަލު ދުއްވަން ހުރި މީހާ ފެނި އަހަރެން އިތުރަށް ރުޅިއެރިއެވެ…”ބަލައިގެން ދުއްވަބަލަ.. ކުރީފަހަރު މަގޭ ބުރަކަށި ދުއްވާލީ މިފަހަރު ފައި…އައްދޯއި!!!”…އަހަރެންގެ އަތުގެ ދެތިން ތަން މަށައިގެން ގޮސް ލޭ ވެސް އަންނަން ފެށިއެވެ.. އަހަރެން ތެދުވަން ކުރި ހުރިހާ މަސަތްކަތެއް ވީ ބޭކާރެވެ..”ބަލަ މި ފަހަރު މީ މަންޖެގެ ކުށް…ކޮންތާކުގަ އޮތް ގަވައިދެއްތަ އޮތީ ފޯނަށް ގެއްލިފަ އިނދެ މަގު ހުރަސް ކުރާށޭ”…”ބަލަ ތިމީހާ ކަނަ ނޫނިއްޔާ އިނގޭނެ ދޯ ..މީހެއް މަގު ހުރަސް ކުރަންޏާ…ޖައިޝާގެ ދޮންބެއަކަސް އެހެން ބެއަކަސް އަހަރެން ނުގަންނާނެ ބިރެއް”…”އަޖައިބެއް ކަހަލަ މަންޖެއެއް އިނގޭ”… ރިއާން އަހަރެން ކައިރިއަށް އަައިސް އަހަރެން އަތުގައި ހިފައިފައި އަތުން ފައިބަމުން ދިޔަ ލޭތަށް ޓިޝޫއަކުން ފޮހެލިއެވެ..”އޭ އަހަރެންގައިގައި އަތް ނުލާ!!!!!! ދުރުގަ ހުރޭ”…އަހަރެން ހަޅޭލަވައިގަތީމެވެ… މަގުމަތިން ދާ މީހުންގެ ނަަަޒަރު އަހަރެމެނަށް ހުއްޓެމުން ދިޔައެެވެ. ރިއާން އައިސް އަަހަރެންގެ އަނގަމަތީގައި އަތް އަޅާފައި އަހަރެން އުރާލިއެވެ.. އަހަރެން ރިއާންގެ އަތުގައި ދަތް އެޅީމެވެ.. “އައްދޯއި.. މަންޖޭ މަޑުން އިނދެބަަލަ.. ނޫނީ އެތާ މަގުމެދުގަ ބައިންދަންވީތަ؟؟”…”އަހަރެން ނުބުނަމެއްނު އަހަރެން އުރަށެކޭއެއް ދޫކުރޭ!! ދޫކުރާށޭ!!!!!!!!!!” އަހަރެން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.. އަހަރެން އަތް ދަނޑިމައްޗަށް ލައިގެން ގޭތެރެއަށް ވަދެފައި ރިއާން އަހަރެންގެ މޫނާ .. މޫނު ކާރިކޮއްލިއެވެ.. ރިއާން ނޭވާލާ އަޑު އަހަރެންނަށް އިވެއެވެ.. ރީއާންގެ މޫނު ހުރީ އެހާވެސް ކައިރީގައެވެ.. ރީއާންގެ ތުންފަތް އަހަރެންގެ ތުންފަތާ ކައިރި ކޮއްލިއެވެ..”އަދިވެސް ހަޅޭލަވާނަންތަ؟؟ އަހަރެންނަށް ވެސް އިނގެޔޭ އަނގަ މައިތިރިކުރުވާނެ ގޮތްތަށް…”…”ނު…ނުލަވާނަން”..ކުޑަ ކުއްޖެއް ފަދައިން އަހަރެން އަނގައިން އެންމެ ބަހެއް ވެސް ނުބުނެ އިނީމެވެ.. ރިއާން ގޮސް ޖައިޝާގެ ކޮޓަރިއަށް ވެންނިއެވެ.. އެއީ ޔޫލީވެސް އައި ވަގުތެވެ.. ރިއާން އަހަރެން އުރައިލައިގެން ހުރުމުން ކޮޓަރީގައި ތިބި މީހުން ހުރީ ވާނުވާ ގައެވެ.. ރިއާން އަަހަރެން އެނދުމަތީގައި ބޭންދިއެވެ.. އަދި އެއްވެސް ބަހެއް ބުނުމެއްނެތި އަލަމާރި މަތިން ފަސްޓް އެއިޑް ބޮކްސް ނަގާފައި އަހަރެންގެ އަތުގައ ބޭސް އަޅައިދިނެވެ… އަހަރެންގެ އަތުގައި ފިރުމާލުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ… ޔޫލީ މެން ހީވަނީ އަހަރެން ކައިލަން އުޅޭހެނެވެ… ސުވާލަކަށް ފަހު ސުވާލެއް އަހަން ފެށިއެވެ……………………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (37)

  1. Meekkomee

    Lilly sis ……. Mi part ves varah Varah Reethi ingyy ???whn is next ???? waiting for it?????? Ly❤️❤️?????❤️❤️❤️

    1. lilly
      Meekkomee

      aww thank u sooo much meekkoo lym❤????

  2. Lamko

    Lilly raihaan haadha gina anhen kudhinneh e gen gulhenii….ekamu vrh vrh reethi… whn nxt…waiting?❤️❤️?❤️

    1. lilly
      Lamko

      ehehe keehkuraanee lamkoo raihaan hama goahyy ey dhoo… btw thank u soo much ❤???

  3. Kairaa

    Vatah reethi?????whn nxt…waiting…

    1. lilly
      Kairaa

      thank u soo much kaii ..vaki date eh buneveykah neh… as soon as possible ey buneven othyy… sorry ingey??? lilly try kuraanan hama vee haa vs avahah next part up kohdheveythoa

    2. Kairaa
      Kairaa

      Its ok lilly….will wait ingey….

  4. aphxx

    Yay dhyburi waahaka warah rythi ingey hippo
    Ekm raihaan n maisha moments warah miss ?hope to read the next part more than soon ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. lilly
      aphxx

      gorii wht to doo .. not my prob dhoo raihaan is soo bad.. eheh thank u sis ????????????????????

  5. Yanaa

    Varah varah reethi??????maa sha Allah❤❤❤❤❤❤❤❤
    waiting for the next part???

    1. lilly
      Yanaa

      thank u sooo much yanaaa ?????❤???

  6. Viyam

    Dhn rythi vaane riaan a maisha a gulhunyma ehn ulhfa lwbi vevunyma salhi vaane.

    1. lilly
      Viyam

      yeah thank u viyaam … idea hissaakohleethee ingey???????

  7. ☕Coffee☕

    Lilly❓ mi part ves hama varah varah varah varah varah varah varah reethi مشاء الله❤️? Lilly hama molhiyyey?????????????????????????

    1. lilly
      ☕Coffee☕

      thank u sooooo much cofffeeee…. ?❤❤❤????????????????

  8. lilly

    ?guyss!!!? next part up kureveyne vaki date eh buneveykah neh? …. ekm lilly balaanan vee haa vs avahah up kureveythoaa…??. lahun up kureveythyy veehaa vs dhigu ? koh liyeveythoa mi balanyy kommme part eh vs… thank u for alll the support … ❤lysm❤

  9. Anonymous

    Veehaa vx avahah up kureveytho balaathi vvvv reethi mi part pls varah avahah next part up Kohla dheythi ?

    1. lilly
      Anonymous

      yess i will try my best to upload it soon ingey thankxx anonymous❤❤❤❤

  10. Kim Taehyung/v/Tae tae

    Woowwwwww… V reethi mi part….it’s v touching…I loved it… Btw kon irakun next part genanee… Waiting curiously….I purple u ???????????????????????????

    1. lilly
      Kim Taehyung/v/Tae tae

      thank u sooo much… next part vee haa vs avahah up kureveythoaa balaanan ingey ❤❤❤

  11. Kim Taehyung/v/Tae tae

    And yes Riaan and Maisha gulhuveema v reethi vaane hen heeve…. As hate is the start of love…..

    1. lilly
      Kim Taehyung/v/Tae tae

      sometimes it is n sometimes its not dhoo… letss see riaan n maishaa ge story ah vaa gotheh dhww❤❤❤❤❤…thnkxx for suggesting ingey?

  12. Yan♥️

    Varah reethi Masha Allah ? waiting for the next part ? curious

    1. lilly
      Yan♥️

      thank u sooo much yan… ❤❤❤❤❤❤❤

  13. Anonymous

    Yh asluvx Hama mihaa reethi vaahaka eh nukiyan v emotional ingey vv reethi ???

    1. lilly
      Anonymous

      ehehe thank u i didnt knw tht it was tht emotional?❤❤❤❤❤❤❤❤❤

  14. ❤️bloom❤️

    are u really from Maavah?

  15. N_U_X_U

    VVV REETHI MIVAAHAKA VES AVAHAH NEXT PART NAREVEY THO BALA ??????

    1. lilly
      N_U_X_U

      thnk u sooo much nuxu❤❤❤❤❤❤❤❤❤❤❤❤❤❤

  16. Anonymous

    Hehe emotional ey Hama…!? nuxu next part ehaa avahakah nunereveyney??

  17. N_U_X_U

    Huvaaa a

  18. N_U_X_U

    HUVAA

  19. Mishlaa

    When next part
    V v v nice storry???♥️

  20. Anonymous

    Hmmmm adhives next part nunerey waiting……….???? Alhey kiyaa hithun maruvanee mihiri ??????

  21. Milak

    When next part
    V v v nice♥️♥️♥️♥️♥️

  22. N_U_X_U

    HEHE WLCM ND ?……! PLS V AVAHAH UP KOHLA DHEEBA PLS PLS RULHI NAANNAHCHEY EKAM KIYAA HIHVAATHY ABADHU BUNEVENY UP KOHLA DHEYSHEY I KNW MI DHUVASKOLHU ASLU VV BXY VAANE KAN BUT FREE V MA VEEHAAVX AVAHAH UP KOHLA DHEYTHI ??? LOL…???

  23. Shina

    When is the next part coming please be fast I’m curiously waiting for next part

Comments are closed.