Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އުދާސް ހުވާ- 1

♡Maii♡ Level 310 Stories100 Comments100 Login
February 17, 2020 2 Mins Read
11 Comments

ޓެކްސީއިން ފައިބަމުން އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ކުރިމަތީގައި ހުރި ދިހަބުރީގެ ޢިމާރާތަށް ނަޒަރު ހުއްޓާލީމެވެ.

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުކަމުން، އެ ޢިމާރާތަށް ދަޅަ އަޅަމުންދިޔައިރު
ކިތަންމެ ދުރުގައިހުރެ ބަލައިލިނަމަވެސް، އެ ޢިމާރާތުގައި ޖަހާފައިވަނީ ހުސް ބިއްލޫރިކަން ނުދަންނާނެ މީހަކު ނުހުންނާނެއެވެ.

 

ފުން ނޭވާއެއް ދޫކޮށްލީމެވެ. ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހެވެ. ފާޑަކަށް ހިތް ނުތަނަވަސްވި ނަމަވެސް އެކަން މަޑުމަޑުން ފިލައިގެން ދިޔައެވެ. ފަރި ހިނގުމެއްގައި ޢިމާރާތުގެ ތެރެއަށް ވަދެގެން ގޮސް ރިސެޕްޝަނުގައި
ހުއްޓިލީމެވެ. އޭރު އެތަނުގައި ތިބި ސްޓާފުން އަހަންނަށް ބަލައިލާފައި
ސިމިސިމި ލައްވާލި އަޑުއިވުނެވެ. އަޅައިވެސް ނުލައި ރިސެޕްޝަނުގައި އިން ކުއްޖާއާއެކީ އެމްޑީ ރޫމަށް ދާން މިސްރާބުޖެހީމެވެ.

 

“ހޭއި…އައިމް ނަޝަމް އިނގެ…ކުރުކޮށް އޯކޭ ނަޝް ކިޔަސް…ދެން ކޮން ނަމެއްތަ ކިޔަނީ؟” ހިތްހެޔޮ ހިނިތުންވުމަކާއި އެކީ ނަޝަމް އަހާލިއެވެ.

 

“އާޔަލް” ކުރު ޖަވާބަކުން ފުއްދާލީމެވެ.

 

“އަސްލު އާޔަލްތީ އެމް.ޑީގެ ޕީއޭ ދޯ…ތެދަށް ބުނަންޏާ އޭނަ އެއީ އަންހެން ކުއްޖަކާއި ދިމާލަށް ބަލައިނުލައި ތާނގަ އަންހެންކުއްޖަކާ އަނގައިން
ވެސް ބުނެލާ މީހެއް ނޫން…ހުވާ ބޮޑު ފޮންޏެއް” މޫނަށް ވައްތަރުތަކެއް ޖައްސާލަމުން ނަޝަމް ބުނެލި ގޮތުން ހެވުނެވެ.

 

“ހޫމް ދެންދޭ!.. އިޝްގުގަ ނުޖެހޭތި ހަނދާންކޮށް” އެމް.ޑީ ރޫމާއި އަރާ ހަމަވެފައި، ލާނެތް ހިނިތުންވުމަކާއެކު ނަޝަމް ބުނެލީ އެއްލޯމަރާލަމުންނެވެ. ނަޝަމް އާއި ދިމާލަށް ލޯއަޅާލީމެވެ.

 

“މިދަނީ ދެން…ކަމެއް ބޭނުން ވެއްޖިއްޔާ ގުޅާލާތި…މިއޮތީ ނަމްބަރ” ނަންބަރު ދިނުމަށްފަހު ނަޝަމް ދާން ހިނގައިގަތުމުން އަހަރެން، ދޮރުގައި ޓަކިޖެހީމެވެ.

 

“ވަދޭ..” އެތެރެއިން ބުނެލި އަޑުއިވުނެވެ.

 

އިސްޖަހައިލައިގެން ހުރެ އެތެރެއަށް ވަދެފައި، ދޮރު ލައްޕާލީމެވެ.

“ޢާއިޝަތު އާޔަލް ޢަލީ ދޯ؟…އިށީނދެބަލަ!…ކޮންމެ ފަހަރަކު ބުނަން ޖެހޭތަ؟”

ހަރުކަށި އަޑަކުން އެޒުވާނާ ބުނެލިއެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. އެހެނަސް ‘ސޮރީ’ އޭ ބުނަމުން ގޮނޑީގައި އިށީނދެލީމެވެ. އެއަށްފަހު އިސްއުފުލައިލީމެވެ.
ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ދުރަށް ނަޒަރު ހުއްޓާލީމެވެ. ހިތަށް ކެތްނުވެގެންނެވެ. ހަޅޭއްނުލަވަވެސް އެބުނަން އުޅުނު އެއްޗެއް ބުނެވުނީސް ނޫންހެވެ.

 

“އާޔަލްގެ މަސައްކަތް ސާފުވެއްޖެތަ؟” އެޒުވާނާ އަހާލިއެވެ.

 

ޚިޔާލަކަށް ގޮސް ގެއްލިފައި އިން ވަރުން ކީއެއްޗެއް ވެސް ނޭނގުނެވެ. ދެފަރާތަށް ބޯހޫރުވާލީ ކީއެއްޗެއް ނޭނގުނޭ ބުނާ ފަދައިންނެވެ. މިފަހަރުވެސް ޙަމަލާއެއް ނާރަ ހުންނާނެހެން ހީނުވެއެވެ. ދެލޯ މަރާލީމެވެ.

 

ނުވިސްނަ ހުއްޓައި ކުއްލިއަކަށް އެޒުވާނާގެ އަތުގެ ހޫނު ޙަމަލާއެއް ކޯތާފަތް މައްޗަށް އަރައިގެން ދިޔުމުން އަރައިގަތް އެނބުރުމުން، މީހާ ވެއްޓިދާނެހެން ހީވިއެވެ.

 

ރޯންވެސް ނޭނގިފައި ހުރެ ދޮރާއި ދިމާލަށް ދުއްވައިގަނެވުނެވެ. އެހެނަސް
ދޮރާއި ހަމައަށް ދެވުމުގެ ކުރިން އަހަރެންގެ ދެކޮނޑުގައި ހިފައި، ފާރުގައި ތަތްކޮށްލިއެވެ. އެއްޗެއް ބުނަން އުޅުނު ނަމަވެސް އަޑެއް ނުނިކުތެވެ.

 

ކުއްލިއަކަށް އެހުރި ގޮތަށް ހުރެފައި އެޒުވާނާ، އަހަރެންގެ މޫނާއި ދިމާލަށް ގުދުވިއެވެ. ދެން ވާނެ ގޮތެއް އަންދާޒާ ކޮށްލަން ނޭނގިފައި ހުރެވުނުއިރު ކުރެވުނު ކަމަކީ، ބޮޑުވާނެ އެންމެ ބޮޑަކަށް ދެލޯ ބޮޑުކޮށްލައިގެން ހުރުމެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 2”

Next

ފާޙަނާ – 3

Next
February 17, 2020

ފާޙަނާ – 3

Previews
February 17, 2020

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 2”

11 Comments!

  1. Lamko says:
    February 17, 2020 at 1:39 pm

    Me first thr …..maii mi part varah varah reethi….whn nxt..

  2. Anonymous says:
    February 17, 2020 at 1:51 pm

    u did upload dw…k so
    when next

  3. Yanaa says:
    February 17, 2020 at 3:20 pm

    Varah varah reethi.❤❤❤❤❤❤
    maa sha Allah????????curiously waiting for the next part???????????
    ly maii ??????????

  4. Quiiin? says:
    February 17, 2020 at 4:35 pm

    ❤?Vrh salhi inge maiii …

  5. IIII ishu says:
    February 17, 2020 at 4:37 pm

    Love it ??waiting for the next part

  6. Harley? says:
    February 17, 2020 at 4:52 pm

    Woooooowwww maiiii mi stry hama vrh rythi …
    Thedhuveri loabi e stry vx hama habeyssss …. i really luv ur strysssss …. ❤❤??

  7. malkko says:
    February 17, 2020 at 7:43 pm

    ވަރަށް ރީތި މި ސްޓޯރީގެ ފެށުން އެނގެ މައި..މިސް ޔާ..ދެން އަންނަ ބަޔަށް އިންތިޒާރުކުރާނަން؛( .

  8. Meekkomee says:
    February 17, 2020 at 7:55 pm

    Maiii??? it’s awesome ???? whn is next? Curiously waiting for it???ahavah up kohdhyy thi ingyyy????luv yeahhhh ❤️❤️❤️????????????

  9. ♡Maii♡ says:
    February 18, 2020 at 4:44 pm

    ސަމާލުކަމަށްޓަކައި ދަންނަވާލަން. މައި ދެން މި ސްޓޯރީ ކޮންޓިނިއު އެއް ނުކުރާނަން،، އެއީ މައި ލިޔެފައި ހުރި ބައިތައް އެއްކޮށް ޑިލީޓްވީމަ. އެހެންވީމަ
    ހުރިހާ ކުދިން މައި އަށް މާފު ކުރައްޗޭ!. ސޮރީ ވަރަށް ބޮޑަށް

    1. Lamko says:
      February 18, 2020 at 6:49 pm

      Eii keeve delete maii alhey haadha dhera eyh dhw???issok will wait for a new story of urs….maii ly???❤️❤️

  10. Anonymous says:
    February 27, 2020 at 7:13 pm

    Alheyyyy dhn thibuny 2nd part eh vx nunereynamey so so sadd????

Comments are closed.


All Right Reserved!