Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 1”

Anusha Mohamed Level 110 Stories100 Login
February 15, 2020 One Min Read
12 Comments

އަހަންނަށް ހޭލެވުނު އިރު ހުރީ ވަރަށް ލަސްވެފައެވެ. އަވަސް އަވަސް ކޮށްލައިގެން ސްކޫލަށް ދާން ތައްޔާރުވެގެން ގެއިން ނުކުތްއިރު ގަޑި ޖެހެން ވަނީ ފަސް މިނެޓަށް ވެފައެވެ. އަހަރެންގެ ނަލަނަލަ ދަބަސް ކޮނޑުގައި އަޅުވައިލައިގެން ނުހަނު ފަރި އަވަސް ހިނގުމެއްގައި މިސްރާބުޖެހީ ސްކޫލާދިމާލަށެވެ. އެހެނަސް މާދުރަށް ނުދެވެނީސް، ކޮރުގޮތަކަށް ފާރުގައި ހިފަހައްޓައިގެން ހިނގަމުންދިޔަ މީހެއް އަހަރެންގެ ހަލުވި ހިނގުމަށް ހުރަސް އެޅިއެވެ. ދަންނަ މީހެއްހެން ހީވި ހީވުން ޔަޤީން ވެއްޖެއެވެ. އެއީ އަހަރެންގެ އެކުވެރިޔާ މާހިނެވެ.

އުމުރުން އެންމެ ތިން އަހަރުއްސުރެ އަހަރެން މާހިން ދަންނަމެވެ. އާންއެކެވެ. އަހަންނަށް ވުރެ ރަނގަޅަށް މާހިން ދަންނަ މީހެއް މިދުނިޔޭގައިވެސް ނުހުންނާނެއެވެ. މާހިންގެ މަޑުމައިރިތިކަމާއި ލަދުރަކިހިނިތުންވުންތަކުގެ ރީތިކަން އަނެއްކާވެސް އިޙުސާސްވާން ފަށައިފިއެވެ. ކުޑައިރުއްސުރެ ދެމީހުންއެކީ ކޮށްފައިވާ ބައިވަރު މަޖާކަންތައްތައް އަހަންނަށް ކުލަވާން ފަށައިފިއެވެ.

މިއީ ކުލަކުރަން ހުންނަންވީ ވަގުތެއްނޫނެވެ. ފަސް ވަރަކަށް އަހަރު ވަންދެން ނުފެނިހުރި މާހިން މިއަދު ފެނުމުން އަހަރެން އުފާވިވަރު އެހެން މީހަކަށް އިޙުސާސްވެސް ނުކޮއްލެވޭނެއެވެ. އަހަރެން ބަލާކަށް ނުހުންނަމެވެ. ކުރިމަތީ ހުރި ބޮޑުދައިތަމެން ގެއިން ބައިސްކަލެއްނަގައިގެން މާހިން ކައިރިއަށް ދިޔައީމެވެ. މާހިންގެ މޫހުމަތިން ފެންނަނީ ކެތްކުރެވޭނެ މަންޒަރެއްނޫނެވެ. މާޔޫސްވެ، ފެންދެމި، ލޯ ވަޅުޖަހައިފައި ހުރި އޭނާގެ މޫނުމަތިން ބަލި ޙާލަތު ރަނގަޅަށްވެސް ދެނެގަނެވޭނެއެވެ. މާހިން ލައިގެން ހުރީ އަހަރެންވެސް ދާ ސްކޫލުގެ ޔުނިފޯމެއްކަމަށްވުމުން އަހަންނަށް މާހިން އަކީ އެ ސްކޫލުގެ ދަރިވަރެއްކަން އިނގުނެވެ. އަދި ފަހަތު މަޑި ފުހެލަމުން އަވަހަށް އަރާށޭ ކިޔައި ދެމީހުންއެކީ ސުކޫލާއި ދިމާލަށް މިސްރާބު ޖެހީމެވެ. މިއީ މާހިން އަހަރެންގެ ފަހަތުގައި، ބައިސްކަލެއްގައި އިންނަ ފުރަތަމަ ފަހަރުކަމަށް ވުމުން އަހަރެން އިނީ ވަރަށް ހިތްއަވަސްވެފައެވެ. ހިތްގަނޑު އަނގަޔަށް އަންނަ ކަހަލައެވެ. މާހިންއަކީ އިސްކޮޅުން ދިގު ވަރަށް ރީތި ވަރަކަށް ހަށިގަނޑު ހުންނަ ކުއްޖެއްކަމަށްވުމުން ކޮންމެވެސް ވަރަކަށް ބައިސްކަލު ދުއްވަން ވަރުބަލި ކަމަކަށް ވިއެވެ. އެހެނެއްކަމަކު ގައިގަ ނެތް ވަރުނެރެގެންވިޔަސް އަވަހަށް ދުއްވާލައިފައި އަހަރެންބެލީ ސުކޫލަށް ދެވޭތޯއެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ތެދުވެރި ލޯބި -16

Next

މޮޔަ ހިތް މަގޭ…22

Next
February 15, 2020

މޮޔަ ހިތް މަގޭ…22

Previews
February 15, 2020

ތެދުވެރި ލޯބި -16

12 Comments!

  1. Yanaa says:
    February 15, 2020 at 11:48 am

    Varah varah reethi??????maa sha Allah❤❤❤❤❤❤❤❤
    waiting for the next part ??

    1. Anusha Mohamed says:
      February 15, 2020 at 12:45 pm

      thank you so much. next part will be more interesting than this. hope you’ll like it.

  2. somebody nobody says:
    February 15, 2020 at 1:08 pm

    mi vhk kurin vx kiyunu handhaaneh vey… madharasathuk ifthaah ge emme fahun nerunu faiythoora in kanneyne… anyway, vrh salhi vhk eh ma sha allah ❤️

    1. Anusha Mohamed says:
      February 15, 2020 at 2:54 pm

      yes. it is a story written by me which i gave some edits to it before sharing it here,. thank you

  3. Harley? says:
    February 15, 2020 at 7:26 pm

    ވަރަށް ރީތި އިނގޭ
    މާޝާﷲ
    .ދެން އޮތް ބަޔަށް އިންތިޒާރު ކުރަން

    1. Anusha Mohamed says:
      July 20, 2020 at 4:29 pm

      its already out

  4. Yan♥️ says:
    February 15, 2020 at 7:39 pm

    Varah reethi Masha Allah ? konirakun next part up kurany

    1. Anusha Mohamed says:
      February 16, 2020 at 2:04 pm

      probably today. thank you

  5. haneen says:
    February 16, 2020 at 8:24 am

    Cant wait for the next part,❤️❤️

    1. Anusha Mohamed says:
      February 16, 2020 at 2:05 pm

      thaankss :3

  6. Shareef sana says:
    February 19, 2020 at 1:54 pm

    Nice story anoo?

  7. Anusha Mohamed says:
    February 20, 2020 at 12:18 pm

    thank you ….. :3

Comments are closed.


All Right Reserved!