Skip to content
އެސްފިޔަ

ތެދުވެރި ލޯބި -16

“އެކްސްކިއުޒް މީ” ފަހަތް ބަލައިލިއިރު ދެޖީބަށް އަތްޖަހާލައިގެން ހުރެ އޭނާއާއި ދިމާލަށް ބަލަންހުރި އައިޝަން އަށް ޔާޝާ ހިތި ހިނިތުންވުމެއް ދިނެވެ. ޔާޝާގެ މޫނުމަތިން ފެންނަން ހުރި ހިތްދަތި ކަމުން އައިޝަން އަށް ހީވީ އޭނާގެ ހިތް ދެފަޅިވީ ހެންނެވެ. އޭނާއަށް ވެގެން ވާނަމަ ޔާޝާ އެ ހިތާމަތަކުން ދުރުކޮށްދޭނެއެވެ. ނަމަވެސް އޭނާގެ ހިތުގައި ޔާޝާ އޭނަ ބަލައިގަންނާނެ ކަމާއި މެދު ޝައްކު އުފެދުނެވެ.

 

 

____________________________________________

 

 

“އީމް! ވައި؟. އަދި މަންމަ ނުވެސް ގޮވައެއްނު؟.. ޔޫ ވިލް ނޯ ހައު މަޗް އައި ނީޑް އިޓް” އީމާ ގަޔާއި ކައިރިކޮށްލަމުން ނާއިޝް ބުނެލިއެވެ.

 

 

“ނާއިގެ މަންމަ އައިސްދާނެތީ އެއްނު!. އެހެން ނޫނަސް ނާއި ބޭނުމިއްޔާ އަހަރެންގެ ގެޔަށްވެސް އާދެވިދާނޭ ދަންވަރު. އެންޑް ނާއި ބޭނުން ކޮންމެ އިރަކު ވާނެޔޭ” ތުންފަތުގަައި ދަތް އަޅާލަމުން އީމާ ބުނެލިއެވެ.

 

 

“ހުމް. ތިގޮތްވެސް އޯކެ. ދެން ހިނގާ ދަމާ، މަންމަމެން ހޯދާނެ މިހާރު” ނާއިޝް ބުނެލިއެވެ. އީމާވެސް ބޯޖަހާލަމުން ނާއިޝް އާއެކީ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

 

 

 

”އާނ… އުމް މީ،، އީމާ އަށް ދޭން އަހަރެން ފޮރުވާފައި އޮތް ޗޮކުލެޓެއް ނުފެނިގެން ހޯދަން ވެގެން ލަސްވީ” ދޭނެ ޖަވާބެއް ނުވިސްނިފައި ހުރެ ނާއިޝް ބުނެލިއެވެ.

 

ނަސީބު ކަންދިމާ ކުރިގޮތުން ނަރީމާ މެންނަކަށް އެއީ ދޮގެއް ކަމެއް ނޭނގެއެވެ.

 

”ދަރިފުޅާ، ދަރިފުޅު މެން ކައިވެނި ކުރާނީ ކޮންއިރަކުން” އަލީ އަހާލިއެވެ.

”އަންނަ މަހު ފަހުކޮޅު ކުރަން ކަމަށް މި ވިސްނަނީ!” ނާއިޝް ބުނެލިއެވެ.

________________________

 

ފަތިހު ހޭލާފައި ފަތިސް ނަމާދު ކޮށްލައިގެން ޔާޝާ އާއި ޔަނާލް އަދި އަފްރީން އޮށޯތީ އަދި ކުޑަކޮށް ނިދާލުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް ހެނދުނު ހަގަޑި ބައި ވިތަނާ ޔަނާލް އަށް ހޭލެވުނެވެ.

ޔަނާލް ކޮޓަރިން ނުކުމެ ބަދިގެ ބަލާލަން ދިޔައިރު ރޮށި ފިހަން އަނުމް ހުއްޓެވެ. އިތުރު އެއްވެސް މީހަކު މިގަޑީގައި ގެޔަކުން ނުފެނެއެވެ.

”ދައްތާ، ގެނޭ އަހަރެން ރޮށި ފިހެލަ ފާނަން” އަނުމް ކައިރީގައި އައިސް ހުއްޓި ލަމުން ޔަނާލް ބުނެލިއެވެ.

 

”އުހުނ، ދައްތަ ފިހެލަފާނަން. ޔަނާލް ދޭ ފިޔާ ކޮޅެއް ކޮށަން” އަނުމް ހިނިތުން ވެލަމުން ބުނެލިއެވެ.

 

”އެކަމަކު ދައްތާ” ޔަނާލް އަށް ބުނެވުނެވެ.

 

”އަދި އާނިޝް އަށްވެސް ގޮވަން ނުދެވޭ. ޔަނާލް ދޭބަލަ އާނިޝް އަށް ގޮވާލަން” އަނުމް ބުނެލިއެވެ.

 

ވަރަށް ނުދާން ހުރެފައި އަނުމް ބުނީމައި ޔަނާލް އަށް ޖެހުނީ ދާށެވެ. މަޑުމަޑުން ފިޔަވަޅު ތައް އަޅަމުން ގޮސް އާނިޝް ކޮޓަރިއާ ޖެހުމުން ޔަނާލް ހިތް ބާރަށް ތެޅެން ފެށިއެވެ. ލޯމަރާލާފައި ފުން ނޭވައެއް ދޫކޮށްލާފަ، ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު އަރާމު ނިންޖެއްގައި ނިދާލާފައި އާނިޝް އޮތެވެ. އޭސީގެ ފިނި ވަނީ މުޅި ކޮޓަރި ތެރޭގައި ހިފާފައެވެ. ކޮޓަރި އަށް ވަދެފައި ވެސް ޔަނާލް އަށް ހުރެވުނީ ގޮވަން ނުކެރިފައެވެ. ނަމަވެސްް ވަރަށް ބިރުން ހުރެފައި، މަޑުމަޑުން އާނިޝް އޭ ކިޔާފައި ގޮވަން ފެށުނެވެ. ގޮވާ ގޮވާ ނުހޭލީމައި އާނިޝް އަތުގައި ދެތިން ފަހަރަކު ކޮށްޓާލިއެވެ.

ކުއްލިއަކަށް އާނިޝް ހޭލާފައި ޔަނާލް އަތުގައި ހިފާފައި އާނިޝް ގެގަޔާ ޔަނާލް ކައިރި ކޮށްލިއެވެ. އެދެމެދަށް ވައިރޯޅި އަކަށް ވެސް ނުވަދެވޭނެކަން ކަށަވަރެވެ. ޔަނާލް ބިރުން ހަޅޭތް ލަވައި ގަންނަން އަނގަ ހުޅުވާލިތަނާ އާނިޝް ޔަނާލްގެ އަނގަ މަތީގައި އަތް އެޅިއެވެ. ވަގުތުން ޔަނާލްގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އާނިޝް އެއައް ވުރެއް މާ ހުށިޔާރެވެ. ޔަނާލްގެ ތުންފަތުގައި ބޮސް ދޭން ފެށިއެވެ. ދެވަނަ ސިކުންތުގައި އާނިޝް ޔަނާލް ގައިން ދޫކޮށްލިއެވެ. ކުރެވުނު ކަންތަކާ މެދު އާނިޝް ލަދުގަތެވެ.

”ސޮރީ، އަހަރެން ގަސްތުގައެއް ނޫން” ކުރެވުނު ކަންތައް ރޭކާލުމުން އާނިޝް ބުނެލިއެވެ.

 

އެދެމީހުންނަށް ވެސް ނޭނގުނު ކަމަކީ ދޮރު މަތީގައި އެ މަންޒަރު ބަލަން އަނުމް ހުރިކަމެވެ. ޔަނާލް އެ ކޮޓަރިން ނުކުންނަން ހިނގައިގަތް ތަނާ ހުއްޓުން އެރީ އެތާ އަނުމް ހުރުމުންނެވެ. ނަމަވެސް ޔަނާލް އެކަމަކަށް ސަމާލު ކަމެއް ނުދީ ކޮޓަރިން ނުކުމެ، ޔަނާލް ނިިދާ ކޮޓަރި އަށް ދިޔައެވެ.

 

”އާނިޝް!!… ކީއްތިކުރީ؟” ޔަނާލް ދިޔުމުން، އައިސް އާނިޝް ކުރިމަތީގައި ހުއްޓި ލަމުން އަނުމް ހަރުކަށި ރާގެއްގައި ބުނެލިއެވެ.

 

”މަންމަ އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން އާނިޝް ތި ކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް” އާނިޝް އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހައިން އިނުމުން އަނެއްކާވެސް އަނުމް ވާހަކަ ދެއްކިއެވެ.

”މަންމާ، އަހަންނަށް މަޣާފް ކުރޭ. އެއީ އަހަރެން ގަސްތުގަ ކުރި ކަމެއް ނޫން” އާނިޝް އިސްދަށަށް ޖަހައިން އިނދެ ވާހަކަ ދެއްކިއެވެ.

ނަމަވެސް އަނުމް އެއްވެސް އެއްޗެއް ނުބުނެ ކޮޓަރި ތެރޭން ނުކުތެވެ.

=====================

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. Meekkomee

    Maiii……..mi part ves varah Varah Reethi ???? whn is next part ???? curiously waiting for it.??????Ly?????❤️❤️❤️ttly❤️❤️❤️??

    1. ♡Maiii♡
      Meekkomee

      awwwn… so sweet. Thank you soo much meekko. Meekko ge comment kiyaalaafa varah happy vey. Next part miulheny enme fahu bayah hadhaalaafa up kohlan. Insha allah varah avahah up kohdheynan. Ly2

  2. ✒reader

    Mi story avahah nimmaalaa ingey..maa vahushee bai body

    1. ♡Maiii♡
      ✒reader

      thanks. Next part in story nimmaalaanan

    2. Sho
      ✒reader

      Nooo mi stry nunimmaathi avahah maiii
      ❤
      Plx
      Plx
      Plx
      Kiyaa hiy nuvaa kudhin nukiyaaniii ekm shu beynun mi vhk kiyan
      So dnt stop maiii
      Plx plxxxxxx
      ???????

    3. ♡Maiii♡
      ✒reader

      Awwwwn. varah ufaa vehje sho ge comment kiyaalaafa. Story nimmaaliyas mai story ninmaalaanee varah reethikon. plx dont sad. Mi story nimmaaliyas aa vaahaka genesdheynan??

  3. ShAaKkO Mi

    Vv reeeti mi part vsss maiiii…… when next part. Seriously waiting for next…. ?

    1. ♡Maiii♡
      ShAaKkO Mi

      Thankyou soo much shaa.. next part insha allah varah avahah. Keep waiting???❤

  4. Kairaa

    Varah reethi mi part vx….waiting for the nxt….

    1. ♡Maiii♡
      Kairaa

      Thankyou kairaa. Keep waiting ^ ^
      _

  5. Yanaa

    Varah varah reethi ❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    maa sha Allah ????????????????????
    waiting for the next part ???????????????
    ly maii ???????????????????????

    1. ♡Maiii♡
      Yanaa

      Alheyyyyy, thankyou sooooooo much. Vrh ufaavey thikahala comment fenifa. Keep waiting. Ly2

  6. Yan♥️

    Varah reethi Masha Allah ? konirakun next part up kurany thankolheh dhigukohlajey ?

    1. ♡Maiii♡
      Yan♥️

      awwwwn thankyou sooo much. Next part varah avahah up kohlveythw balaanan. dhigu vx kohlaanan♡

  7. Quiiin?

    Wooooooowwww ….. ma sha allah vrh rythi mi stry hehehehe

    1. ♡Maiii♡
      Quiiin?

      Thankyou soo much queeny?❤

  8. ♡Maiii♡

    Sorry story nugenesdhevi gina dhuvas vaathee. Ehbai liyan fashaafa ohva exam feshuneema ehaa las v. but dhen maa gina dhuvaheh nuvaane. Varah avahah up kohla dheynan????

  9. ?aalu?

    ?????????varah?????????reethi ???????♡maiii♡?????????

Comments are closed.