Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 2”

Anusha Mohamed Level 110 Stories100 Login
February 17, 2020 2 Mins Read
4 Comments

އެހެނެއްކަމަކު ގައިގަ ނެތް ވަރުންވެސް ދުއްވާލާފައި އަހަރެން އަވަހަށް ސުކޫލަށް ދެވޭތޯބެލީމެވެ.

މާހިންގޮވައިގެން ވަރަށް ވަރުން ތިންވަނަ ފަންގިފިލާއާ ހިސާބަށް އަރައި، ކްލާހާއި ހިސާބަށް ދެވުނުއިރު ފުރަތަމަ ގަޑިން ދެބައިކުޅަ އެއްބައިވަނީ ގޮސްފައެވެ. ނަމަވެސް ކްލާހުގައި ހުރި ޓީޗަރު އަހަންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. އެއީ، އަހަރެންނަކީ ވަރައްގިނަ ޓީޗަރުންނާއި ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ  އަޙްލާޤު ރަނގަޅު ދަރިވަރަކީމެވެ. އަދި މިނޫނަސް، ރަށު ރައްޔިތުންގެ ޤަދަރު ލިބިފައިވާ ނާރުތަކާބެހޭ ޑިޕާޓްމެންޓްގެ އެންމެ އިސް ޑޮކްޓަރުގެ މިހާރު ހުރި ހަމަ އެކަނި ދަރިޔަކީމެވެ mi blog. އަހަރެންގެ ބޭބެވަނީ ކުޑައިރު ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެފައެވެ.

މެންދުރު ގަޑިއެވެ. ސްކޫލުގައި އެތްލެޓިކްސް ކުޅެމުން ދިޔައީ ވަރަށްވެސް ފޯރިޔާއި އެކުގައެވެ. ކުދިންގެ ހަޅޭކާއި ސަކަރާތުގެ އަޑުން މުޅި އެސަރަޙައްދު ވަނީ ގުގުމާލާފައެވެ. ކުޅިވަރު ކުޅޭސަރަޙައްދުގައި މާހިން ފެންނާން ނެތުމުން ކްލާހަށް ދިޔައީމެވެ. މާހިން ހުރީ ކްލާހުގެ ކުޑަދޮރު ގާތުގައި ކުޅިވަރު ކުޅޭތަން ބަލާށެވެ. ބާމަތި ފުޅާ އިސްކޮޅުން ދިގު މީހެއް ފަހަތަށް އެނބުރެގެން ހުންނައިރު އަނގައިން ސޮނި ފައިބާވަރު ނުވާނެ ހެއްޔެވެ. އެހާވެސް ޗާލެވެ. އެސްފިޔަ ޖަހާނުލާ އަހަރެން މާހިން އާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ.

ކުއްލިއަކަށް އަހަރެން ވަރަށް ބާރަށް ހަޅޭއްލަވައި ގަތީމެވެ. ދުވެފައި ގޮސް މާއިން ކައިރީ ކުޑަކަކޫ ޖަހައި އިށީންދުނީމެވެ. އަހަރެންނަކީ އަންހެން ކުއްޖަކަށް ވުމުން މާހިން އުފުއްލައިލެވޭނެ ގޮތެއް ނުވިއެވެ. މޭޒު މަތީ އޮތް ދަބަހުގައި ހުރި ފޮތްތައް ނަގައި ދަބަސް ފަތްފަތް ޖަހާލާފައި މާހިންގެ ބޯދަށަށް ލީމެވެ. ކުރާނެ ކަމެއް ނެތިފައިވާ ޙާލުގައި އަހަންނަށް ވަރަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ.

އަހަރެންގެ ހަޅޭކުގެ އަޑަށް ކުލާހުގެ ފިރިހެންކުދިންތަށް އެއްތަނަކަށް ޖަމާވެއްޖެއެވެ. ދެ ތިން ކުއްޖެއް ވެގެން ވެއްޓިފައިވާ މާހިން އެމީހުންގެ އަތްދަނޑި މައްޗަށްލައިގެން ހެލްތްރޫމްއަށް ގެންދިޔައެވެ. ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް އަހަރެންވެސް ދިޔައީމެވެ. އަދި މާހިން ހޭނާރައި ގިނައިރުތަކެއް ވުމުގެ ސަބަބުން އެމްބިއުލެންސް އަށް ގުޅައި ހޮސްޕިޓަލަށް ދިޔައީމެވެ.

ގަޑިން މެންދަމު ބާރަ ޖަހައިފިއެވެ. އަހަންނަށް ހޭލެވުނީ ކުއްލިއަކަށް ރޫމްގެ ދޮރު ހުޅުވުނު އަޑަށެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތީގައި ހުރީ އަހަރެންގެ ބައްޕައެވެ. ލޯބޮޑުކޮށްލައިފައި ބައްޕަގެ  އަތުގައިވާ ފައިލާ ދިމާލަށް ބަލައިލިއެވެ. “ބައްޕާ! ކިހިނެއްވީ؟ މާހިން ހޭލާނީ ކޮންއިރަކުން؟” އަހަރެން ބައްޕައާ ސުވާލަކަށް ފަހު ސުވާލެށް ކުރަމުން ދިޔައިރު ލޮލުގައިވާ ފެންތައް އެއްވެސް އިޚްތިޔާރަކާ ނުލައި ފައިބަންފެށިއެވެ. “މާހިން ހޭލާނެ އިރުކޮޅަކުން. އެއްވެސް މައްސަލައެއްނެތް މާހިންގެއެއް. މާބޮޑަށް ވިސްނާތީ ސްޓްރެސް ވެގެން މާހިންއެ ވެއްޓުނީ! ދަރިފުޅު މިތާ ކީއްކުރަނީ؟” ބައްޕަ އަހަރެން ގާތައް ޖެހިލަމުން ބުންޏެވެ. “ބައްޕާ! ބައްޕާ! ބަލާބަލަ!” މާހިންގެ އިނގިލިތައް ޙަރަކާތް ކުރަންފެށި ތަން ފެނުމުން އަހަރެން ބައްޕައަށް ދެއްކީމެވެ. ބައްޕަ މާހިން ލޯހުޅުވި ގަޑީ މީކާކުއޭ އެހުމުން، ތީ އެއްކަލަ ޑޮކްޓަރޭ ބުނާ އަޑު ޚުދު އަހަންނަށްވެސް އިވުނެވެ. އަހަންނަށް މިތަނުން އެދެމީހުންވަނީ ކުރިންވެސް ބައްދަލު ވެފައިވާކަން އިނގުނެވެ. އަދި އިތުރަށް އެކަންތައް އޮޅުން ފިލުވަން ބޭނުންވި ނަމަވެސް އެވަގުތު ހަނު ހުރީމެވެ. “ދަރިފުޅު ދޭދެންގެޔަށް. ބައްޕަ މާހިންއާ ހަވާލުވާނަން.” ބައްޕަ އަހަރެންނާ ދިމާލަށް ހިނިތުންވެލާފައި ބުންޏެވެ. ނަމަވެސް މާހިންގެ މަންމަ އިރުކޮޅަކުން އަންނާނެއޭ ބުނެ އަހަރެން މަޑުކުރީމެވެ.

 

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ (2)

Next

ހިތުގެ އުދާސް ހުވާ- 1

Next
February 17, 2020

ހިތުގެ އުދާސް ހުވާ- 1

Previews
February 17, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ (2)

4 Comments!

  1. Yanaa says:
    February 17, 2020 at 6:25 pm

    Nice????????????maa sha Allah.❤❤❤❤❤❤❤
    waiting for the next part???

    1. Anusha Mohamed says:
      February 17, 2020 at 10:36 pm

      thanks. next part will be uploaded day after tomorrow as i am kinda bxy at studying <3

  2. I know you says:
    February 17, 2020 at 11:27 pm

    Heiii anusha..how are you my friend??BTW the story is very nice masha allah…………….. When is next part???

    1. Anusha Mohamed says:
      February 18, 2020 at 2:45 pm

      hehehe. probably tonight or tomorrow

Comments are closed.


All Right Reserved!