ކޮންމެ ދުވަހަކުވެސް އެންމެންނާ އެކީ އެވަރަށް މަޖާ ކުރެވެއެވެ. މިއަދު އާލާ އަހަރެން ގޮވައިގެން ދިޔައީ އަހަރެން ކުރިން މަސައްކަތް ކުރި ފިހާރައަށެވެ. ކުރިމަތީ ހުރީ އަހަރެން ހަނދާންވާ ގޮތުން އަހަންނާ ހޮސްޕިޓަލުން ދިމާވި މީހެކެވެ. އާނއެކެވެ. އެއީ އަހަރެން މަސައްކަތްކުރި ފިހާރަ ބޮޑު މީހާއެވެ. އަހަރެންނާ ވަރަށް އިރުވަންދެން ވާހަކަ ދެއްކުމަށް ފަހު ހެދުން ވިއްކާ ފިހާރައަކަށް އާލާ އަހަރެން ގެންދިޔައެވެ. “ވާއު، ނަލައޭ” އަހަރެން ލާ ކޮންމެ ހެދުމަކަށް އެތަށް ތަޢުރީފެއް އާލާއާއި ޒަޔާން […]
ކުއްލިއަކަށް އިވުނީ މީހަކު ރޫމު ދޮރުގައި ޓަކިޖަހާ އަޑެވެ. ލިބުނު ސިހުމާއިއެކީ ފޯނު އެއްލާލުމަށްފަހު ދޮރު ހުޅުވަން ދިޔައީމެވެ. “ސަރާ، ދުވަހަކުވެސް ޑައިރީ ލިޔެ އުޅެންތަ؟” ވަދެގެން އައި ޑަކުޓަރު އަހަރެން ކައިރީ އެއްސެވެ. އަހަންނަކީ އެންމެ ކުރީއްސުރެވެސް ޑައިރީ ލިޔެ އުޅޭމީހަކީމެވެ. އަދި މިއަދު ގެޔަށް ދޫކޮށްލުމުން ،ޑަކުޓަރުގެ އިރުޝާދުގެ މަތިން އަހަރެން މި ޖެހުނީ ވޭތުވެދިޔަ ހަތަރު އަހަރުގައި ލިޔެފައި ހުރިއްޔާ ހުރި ޑައިރީތަކެއް ކިޔާށެވެ. ގެޔަށް އައިސް ވަނުމާއެކީ ފުރަތަމަވެސް އަހަރެން ކުރަންފެށީ […]
“ރައިން”.. ކައިރީ އިން ފިރިހެން ކުއްޖާއަށް ގޮވާލީ އަހަރެން ކައިރިއަށް އައި އެހެންމީހެކެވެ. މީ ކޮން ރައިން އެއްހެއްޔެވެ؟ މި ފިރިހެންކުއްޖާ ލޯ ބޮޑު ކޮށްލަމުން އަހަންނާ ދިމާއަށް ބަލައިލީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ތެދުވެގެން ގޮސް ބޭރަށް ނިކުތީ އެތެރޭގައި އެމީހުން ދައްކާ ވާހަކަ އަޑުއަހަން އިނދެ އިނދެ ފޫހިވީމައެވެ. “ސަރާ..” އަނެއްކާ ނުދަންނަ މޫނެކެވެ. ގޮވާލާ ގޮތުން ހީވަނީ އަހަރެން އިނގޭ މީހެއްހެނެވެ. “ރަނަގަޅުތަ؟” އެމީހާ އަހަންނާ ވާހަކަ ދައްކަން ހުއްޓައި އެއްކަލަ ފިރިހެން […]
ރަތްވިލާ އޮއްސި އަނދިރިވާތަން ބަލަން އަހަރެން ބްރިޖް ވިއުގައި ހުރީ އެއްވެސް ފޫހިކަމެއްނެތިއެވެ. އުޑުމަތީގައިވާ ވިލާކޮޅުތައް ފަވާލެވިފައިވާ އިރުގެ ރަތް ދޯދި ތަކުގެ ރީތިކަން ބަލަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ އަހަރެން މި އިންނަނީ ޖޫގޯ އެއް ބޯލަ ބޯލާ މިތާ އުޅޭ ޖޯޑުތަކުގެ ކުޅިވަރު ބަލާށެވެ. ބަޔެއްފަހަރު ލަދުން މޫނުމަތީ އަތް އަޅާވަރުވެސް ވެއެވެ. މިހެން އެތައް އިރެއް ވަންދެން އިނދެފައި އަހަރެން ހިނގައިގަތީ އާރޓިފިޝަލް ބީޗާ ދިމާއަށެވެ. އާދައިގެ މަތިން ހުއްދަ ލިބިފައިވާ ދުއްވާއެއްޗެއް ނޫނީ […]
ދުވަހަކުވެސް އަހަރެން ކައިރީގައި ރައިން މަސައްކަތް ކުރާ ތަނުގެ ވާހަކަ ދައްކާފައި ނުވާތީ ރައިންގެ ފަހަތުން ދިޔުމަށް ނިންމީމެވެ. މިސްރާބު ހުރީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގާ ދިމާއަށެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން ރައިން އެތާނގަ ހުރި ސައިކަލަކަށް އަރައިގެން ހިނގައްޖެއެވެ. އަހަރެން އެތާނގެ އަނދިރިގަނޑެއްގެ ތެރޭގައި މަޑުކޮށްލައިގެން ރައިންގެ އިންތިޒާރުގައި ހުރީމެވެ. ރައިން އަންނާނެ ކަމުގެ އުއްމީދުގައެވެ. މިއީ ހަމަ ރައިން ހެއްޔެވެ؟ ވިއްސަކަށް މިނެޓު މަޑުކޮށްލައިގެން ހުއްޓާ ރައިން ސައިކަލުގައި އަތުވެއްޖެއެވެ. އަޅައިގެން […]
ކޮންމެ މީހަކީވެސް އެމީހެއްގެ ހަޔާތުގައި އެތަކެއް ހާދިސާއެއް ހިނގައިފައިވާނެ މީހެއްކަން ޔަޤީނެވެ. އަދި އެކަންތައްތައް ހިތުތެރޭ މީހަކަށް ނުކިޔައިދީ ހުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެސް ފަހަރުގައި ވެދާނެއެވެ. އެގޮތުން އަހަރެންގެ ހުރިހައި ކަމެއް އިނގޭނެ ހަމައެކަނި މީހަކީ އާލާ އެވެ. އާލާ އަކީ މިދުނިޔޭގައިވެސް އަހަރެން އެންމެ އިތުބާރު ކުރާ އެކަކުއެވެ. ނަމަވެސް މިހާރު އަހަރެންނާއި ރައިންގެ ދެމެދު ހިނގާ އެތަކެއް ވާހަކައެއް އާލާއަކަށް ނޭނގޭނެއެވެ. ކިތަންމެ ކިޔައިދޭން ބޭނުންވިޔަސް ކިޔައިދޭކަށް ނުކެރެއެވެ. މަޑުމައިތިރި ރައިންގެ […]
“އައްސަލާމު އަލައިކުމް. ވާހަކަ ދައްކަނީ ސަރާ.” މިޔޮތީ ވާ ކަމެއްނު ހެއްޔެވެ؟ މިއަދުގެ 5 ވަނަ އިންޓަވިއުއެވެ. އެތައް ތާކަށް އެޕްލައި ކޮށްގެން މަސްދުވަސްވީއިރުވެސް ވަޒީފާއެއް ލިބޭނެގޮތެއް ނުވިއެވެ. އިންޓަވިއުތަކަށް ދެވުނު އަދަދެއްނޭނގެއެވެ. މިއަދު ހަވީރުވެސް ތައްޔާރުވާން މިޖެހުނީ މިތަނަކަށް ދާށެވެ. ކުޑަ ކުޑަ ފިހާރަ ގަނޑެކެވެ. އަހަރެންނާ ބޮޑުމީހާ ވާހަކަދެއްކިގޮތުން އުމުރުން ހަގު މީހެއްކަން އިނގުނެވެ. މަޖާ މިޒާޖެއްގެ އެކުވެރި މީހެއްކަން ޔަޤީންވިއެވެ. ޖެހިގެން އަންނަ އާދިއްތާގައި ވަޒީފާއަށް ނިކުންނާށޭ ބުނެ އަހަރެން ގެޔަށް ދިޔައީ […]
ރޭގަނޑު 8 ޖަހައި ބޮޑުވެއްޖެއެވެ. ފަޅަށް ވަތް އިރު އެމްބިއުލެންސް ސައިރެން އަޅާލަ އަޅާލަ އޮތެވެ. ބައްޕަ ގޮވައިގެން އައި.ޖީ.އެމް.އެޗަށް ގެންދެވުނު ތަނާހެން ޑަކުޓަރުންގެ ފަރުވާ ފެށިއްޖެއެވެ. “މީގަ ސޮއި ކޮއްލައްޗޭ” ހިތުގެ ޚާއްސަ އެމަޖެންސީ ޑަކުޓަރު އަހަންނާ ވާހަކަ ދެއްކީ ނުހަނު އޯގާތެރިކަމާއި އެކުގައެވެ. ވެންޓިލޭޓަރު ގުޅަން ޖެހުމުން އެކި ޑޮކިއުމެންޓް ތަކުގައި ސޮއި ކުރެވުނެވެ. އަދި ހާސް ނުވުމަށް އެދި ،ޑަކުޓަރުން ބައްޕަ ގޮވައިގެން ދިޔައީ ސީޓީ ސްކޭނާއި އެހެނިހެން ޓެސްތަށް ހެދުމަށެވެ. “އަސްލު […]
އުޑުމަތީގައި އެންމެ ހުދު ކަފަކޮޅެއްވެސް ނެތެވެ. އެހާމެ ރީތި ހިތްގައިމެވެ. މިއަދު އާލާގެ މަންމަ އައިސަ އައީ މަޖާ މޮޑޭނެހައި ސާމާނު ކީލި ޖަހައިގެންނެވެ. މަންމަ ކެރެޓު ކޮށަނީއެވެ. އަހަރެން، އަދިވެސް މި އިނީ ހޭލިގޮތަށް ސޯފާގައި ވާނުވާގައެވެ. ވާނީވެސް އެހެންތާއެވެ. ރޭގަ ހަމަ ނިދި ލިބުނީކީ ނޫނެވެ. އަނެއްކޮޅުން މަންމަ ދަތުރުދާ ވާހަކަ ދައްކައިގެން އެހާކުރިން ނަގައިފިއެވެ. “މަރީ.. އަދިވެސް ސަރާ މިއިނީ ހޭލިގޮތަކަށްނު.. ރެޑީވާކަށް ނޫޅޭތަ” އައިސަ ދުފާދަޅު އުނގަށް ލަމުން ޖޯލީގައި އިށީނެވެ. […]