އޭނައަށް ހޭވެރިކަންވީ އޭނައާ ދިމާއަށް ހަޅޭއްލަވައިގެން އަޑަށެވެ. އޭނަ ވަނީ ދާހިއްލާ ފޯވެފައެވެ. ވަށައިގެން ހޯދާލިއެވެ. އެ ތަނުގަ ބައިވަރު މީހުން ތިއްބެވެ. ބަލާލި ކޮންމެ ދިމާލަކުންމެ ފެންނަނީ މީހުން ފުރި ބާރުވެފައިވާ ތަނެވެ. ބައެއް މީހުން ތިބީ ގަނޑުވެފައެވެ. ބައެއް މީހުން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. ބައެއްމީހުން ދެކޮޅު ހޯދާ ބަލަނީއެވެ. ބައެއް މީހުން ކަކޫ މަތީގައި ތިބި އިރު ދަތްދޮޅި އަތަށް ލައިގެން މޮޅިވެރިކަމާއެކު އަނެއް ބަޔަކު ތިއްބެވެ. އެންމެންހެން ތިބީ ހަދާނެގޮތް ހުސްވެފައެވެ. އަނެކާއަށް އެހީތެރިވެދޭފަދައިގައި […]
ހަމަބިމަށް އާދެވުމުން ނަވާރް އޭނާ ގައިމަތީ އޮތް ޔޫސުފް ކޮށްޕާލިއެވެ. “ސްޓޭ އަވޭ ފްރޮމް މީ” އިންޒާރެއް ދީފައި ނަވާރް އަވަހަށާ ތެދުވަން އުޅުނެވެ. ނަމަވެސް ޔޫސުފް ނަވާރް އަތުގައި ހިފައި ދަމައިގަތުމުން މި ފަހަރު ނަވާރް ވެއްޓުނީ ޔޫސުފް ގައިމައްޗަށެވެ. ނަވާރްގެ އުނގަނޑުގައި އަތް އަޅުވައި އޭނާގެ ދެއަތު ތެރޭ ނަވާރް ހައްޔަރުކޮށްލިއެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބު ނުދެނީސް ދޫކޮށެއް ނުލެވޭނެ! އަހަރެންދެކެ ލޯބިވޭތަ؟” އެވަގުތު ބިން ފަޅައިފައި އަޑިއަށް ދެވޭނެނަމައޭ ހިތަށް އެރިއެވެ. […]
އަދި އެއްވެސް ބަހެއް ބުނުމެއްނެތި އަލަމާރި މަތިން ފަސްޓް އެއިޑް ބޮކްސް ނަގާފައި އަހަރެންގެ އަތުގައ ބޭސް އަޅައިދިނެވެ… އަހަރެންގެ އަތުގައި ފިރުމާލުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ… ޔޫލީ މެން ހީވަނީ އަހަރެން ކައިލަން އުޅޭހެނެވެ… ސުވާލަކަށް ފަހު ސުވާލެއް އަހަން ފެށިއެވެ…………………… “ތީ ކޮންކަމެއް؟؟؟؟”…”މައީ!!!!!! ތިދެމީހުން..”..”ޕިސް ޕިސް ނޫނެކޭ.. ރިއާން ސައިކަލުގަ ޖެހިފަ އަހަރެން ވެއްޓުނީ.. ފަޔަށް ތަދުވިގޮތަކުން ނުތެދުވިފަ އަހަރެން އޮތީ..އެހެންވެ ރިއާން އައިސް އެ ބޭސް އަޅައިދިނީ.. ވެދާނެ ދެރަވީ ކަމަށް […]
“މާހިންގެ ކޮއްކޮ ނުލައި މާހިންގެ މަންމަ އެއް ނުދާނެ އެއްނު. އެންވީމަ……” އަމިއްލަ ނަފްސާ ވާހަކަ ދެއްކުން ހުއްޓާލާފައި އަހަރެން މަޑުމަޑުން ޔާލް ފަހަތުން ދިޔައީމެވެ. “މަންމާ! އަހަރެން ބޭނުމެއްނޫން ސަނާއަށް އަހަރެންގެ ބަލި ޙާލަތު އިނގޭކަށް! އަހަރެން ބޭނުމެއްނޫން ސަނާ ދެރަވާކަށް. އެކަމަކު އަބަދު ދޮގުހަދައިގެން ކިހިނެއް އުޅޭނީ. ދެން ސްކޫލަކަށް ވެސް ނުދެވޭނެ އެއްނު. ސަނާ އަހަރެން ހޯދާނެއޭ އަހަރެން ނުފެންނަންޏާ. އައިސްފާނެ ހޮސްޕިޓަލަށްވެސް. މިހާރުވެސް ޝައްކުކުރޭހެން ހީވަނީ.” މާހިންގެ ލޮލުގައިވާ ކަރުނަތައް ފޮހެލާފައި […]
މާނިއު – އާނިޝް ރަޒީން – ނަޒީހް ނައުފާ – ނިޝާ ޝިފްރާ – މާނީ ސާނިދު – ޒާއިން މިޒްނާ – ޝަހާޔާ • ނަންތައް ބަދަލު ކުރެވިފަ “ނަޒީހް މިތާ މި ގަޑީ ކީއްކުރަނީ” މާއިޒް ބުނެލިއެވެ. “ޝަ.. މައިޝާން ހޯދަން…” ނަޒީހުގެ އަނގަ އޮޅޭ ގޮތް ވިއެވެ. “މި ގޮވާލަނީ މައިޝަން އަށް” މާއިޒް އެހެން ބުނެ މައިޝާން ގޮވައިގެން އައެވެ. ****** “އަސްލު ހާދަ ނުނގަޑި އެއްގައިނހޯދަން ކިހިނެއް ވީ؟..” […]
މިސްޓިކް އިންޓަނޭޝަނަލް ހައި ސްކޫލްގެ ދޮރުމައްޗަށް ހުއްޓާލި ކާރުން ފޭބި ދެ ޒުވާނުންނަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ރީތިކަން ހުސްކޮށްގެން ތިބި އެދެޒުވާނުން ފެނި ސްކޫލް އެތެރޭގައި ތިބި އަންހެން ކުދިން އެނބުރުން އަރާ ގޮތްވިއެވެ. ފިރިހެން ކުދިންގެ ލޯތައް ހަސައިދައިގެ ބެލުމަކުން އެދެޒުވާނުންނަށް އަމާޒުވަމުން ދިޔައެވެ. އިސްކޮޅުން ދިގު ދެޒުވާނުންގެ ހަމުގެ ކުލަ އާދައިގެ ދިވެހިންނަށްވުރެ އައްޔެވެ. ކަޅުކުލައިގެ ދަބަސް އަޅުވައިގެން ކަޅު ގަމީހާއި ޖިންސްގައި ހުރި ޒުވާނާގެ އިސްތަށިގަނޑު ފަންވެފައި އޮތީ ކަނދުރާއާ ހަމައަށެވެ. […]
ޢަޒީޒް ޔާސިރުއާ ސަލާމް ކޮއްލުމަށްފަހު ގެޔަށްދާން ހިގައިގަތެވެ. އޭނާއަށް މިކުރެވެން އުޅޭ ކަންތަކާ މެދު ވިސްނަމުން ދިޔައެވެ. އޭނާގެ ހިތް ބުނަނީ މިކުރެވެނީ ގޯސް ކަމެއް ކަމުގައެވެ. ނަމަވެސް އޭނާގެ ސިކުޑި ބުނަމުން ދިޔައީ މިއީ ރަނގަޅު ކަމެއް ކަމުގައެވެ. ކޮންމެއަކަސް ޢަޒީޒްގެ ބޮލަށް ދިޔައި ބާރުވަމުންނެވެ. މި ވިސްނުންތަކާ ދުރުވުމަށް އޭނާ ގަސްދުކުރީ ނިދާލުމަށެވެ. އެހެންކަމުން ގެޔަށްގޮސް ނިދަން އޮށޯވެތީ ސިކުނޑިއަށް ލުއި ކަމެއް ގެނައުމަށްޓަކައެވެ. ***************************** ހަވީރު އަތިރިމަތިން އައިއްސުރެ ސަނާޝް އެއޮންނަނީ އެޒުވާނާގެ […]
މައިރާ.. އަހަރެން ދުވަހަކުވެސް ކަލެއަށް މާފެއް ނުކުރާނަން… އަހަރެންގެ އަނބިމީހާ މަރުވީ ކަލޭގެ ބަފާގެ ސަބަބުން… ކަލޭގެ ބަފާ އަހަރެންގެ އަނބިމީހާ ގަޔަށް އެރިއިރު އޭނާ ކުރި އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް… އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮއްލާނަން….” ޔާސިރު ދިޔައީ މައިރާގެ ދިރިއުޅުން ހަލާކުކޮއްލުމުގެ ތައްޔާރީތައް ވަމުންނެވެ. އެތަކެއް ރޭވުންތަކެއް ރަވަމުންނެވެ. *************************************************************** މޭއީ… ދެން ހިނގާބަ ފެންކުޅިކުޅެން ދާން… ޕްލީޒް… ޒީމެންވެސް ގުޅާފިޔޭ ލަސްވެގެން… ބުނީ މޭއީ ގޮވައިގެން އަންނާށޯ….. މިހާރު ކައްކާވެސް […]
މުޅި މީހާ ގައިން ދާހިއްލައި ފޯވެއްޖެއެވެ. މޫނުމައްޗަށް ހޫނުވާން ފެށިއެވެ. އުފާވި ވަރު މޫނު މަތިން ނުދައްކަން ވެގެން އިސްޖަހައި މާހިން އާއި އެކީ ކުލާހަށް ދާން ހިނގައިގަތީމެވެ. ކްލާހަށް ދިޔަމަގުމަތީ ނޯޓިސްބޯޑުގައި “ޓެސްޓް ފެށެން އެންމެހަފްތާއެއް” މިހެން ލިޔެފައި އޮތް އިޢުލާނެއް ނެރެފައި ވެއެވެ. އަހަރެން އެ އިޢުލާން މާހިނަށް ދެއްކީމެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މާހިން އާއި އެކީ ކިޔަވަން ބޭނުންވާކަމަށް އަހަރެން ބުނީމެވެ. އެއީ މާހިން އިތުރު އެހީއެއް ބޭނުންވާނެތީއާއި […]