Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ2 44

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 3, 2020 4 Mins Read
9 Comments

ހަމަބިމަށް އާދެވުމުން ނަވާރް އޭނާ ގައިމަތީ އޮތް ޔޫސުފް ކޮށްޕާލިއެވެ. “ސްޓޭ އަވޭ ފްރޮމް މީ” އިންޒާރެއް ދީފައި ނަވާރް އަވަހަށާ ތެދުވަން އުޅުނެވެ. ނަމަވެސް ޔޫސުފް ނަވާރް އަތުގައި ހިފައި ދަމައިގަތުމުން މި ފަހަރު ނަވާރް ވެއްޓުނީ ޔޫސުފް ގައިމައްޗަށެވެ. ނަވާރްގެ އުނގަނޑުގައި އަތް އަޅުވައި އޭނާގެ ދެއަތު ތެރޭ ނަވާރް ހައްޔަރުކޮށްލިއެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބު ނުދެނީސް ދޫކޮށެއް ނުލެވޭނެ! އަހަރެންދެކެ ލޯބިވޭތަ؟”

އެވަގުތު ބިން ފަޅައިފައި އަޑިއަށް ދެވޭނެނަމައޭ ހިތަށް އެރިއެވެ. މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އެ ސުވާލުގެ ޖަވާބު ދޭން ބޭނުންނުވާތީ ނަވާރް ލޯ މަރާލިއެވެ. ހިތުގައި ސިއްރުކޮށް ވަންހަނާ ކޮށްގެން އުޅުނު ސިއްރު ބޭޒާރުވެދާނެތީއެވެ.
ނަވާރްގެ ހޫނު ނޭވާ އެޅެމުން ދިޔުމާއެކު ޔޫސުފްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ގޯހެއް ހެދިދާނެތީވެ ދުރަށް ދާން ބޭނުންވިއެެވެ. އެހެނަސް އޭނާގެ ސުވާލަށް ޖަވާބު ނުލިބެނީސް ދާން ހިތެއް ނޭދުނެވެ. ނަވާރްގެ ރީތިދޮން މޫނު އެހާ ގާތުން ފެނުމުން ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. ނަވާރް މޫނުގައި ހިފަހައްޓާލަމުން ތުންފަތަށް ބޮސްދިނެވެ.
ނަވާރް މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިނދުކޮޅަކަށް އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ. ޔޫސުފްގެ ފަރާތުން ލިބުނު ހަދިޔާއިން ހިތް ފުރިގެން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލިއެވެ. އެ ވަގުތުކޮޅު އަބަދަށް ދެމިގެން ދާނެނަމައޭ ހިތަށް އެރިއެވެ.

ޔޫސުފް ނަވާރްއާއި ދުރަށް ޖެހިފައި މޫނަށް ބަލާލިއެވެ. އޭރު ނަވާރްގެ މުޅި މޫނު ވަނީ ރަތްވެފައެވެ. ލަސް ލަހުން ލޮލުގެ އެސްފިޔަތަށް ހުޅުވާލައިފައި މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. “ޕްލީޒް މިއަދު އަހަރެންގެ ލޮތްބަށް ފުރަގަސްނުދީ. އަހަންނަށް އިނގޭ ނަވާރްވެސް އަހަރެންދެކެ ލޯބިވާކަން. އިނގޭ ކުރިން އަހަރެން އުޅުނީ ރަނގަޅަށް ނޫންކަން. މިއަދު ވިސްނި އެކަމާ ދެރަވެސްވޭ. ލޮތްބަކީ ކޮބައިކަން މިއަދު ދަސްވެއްޖެ. ހެޔޮނުވާނެ އާދެސްކޮށްފަ ބުނަން ދެން މި ހިތް ހަލާކު ނުކުރޭ. މެރީ މީ ނަވާރް. މުޅި އުމުރަށް އަހަރެންގެ ހައްޤަކަށް ވެދީ!” ޔޫސުފް އަޑުގައިވި ރިހުމާއި ލޮލުން ފެންނަމުން ދިޔަ ލޯބިން ނަވާރްގެ ހިތްފުރިގެން ދިޔައެވެ. ޔޫސުފް ލޮލުން ފެންނަމުން ދިޔައީ އޭނާދެކެ ވާ ލޮތްބެވެ. ޔޫސުފްގެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ.
މެއަށް ބާރުކޮށް ހިތްފަޅައިގެން ގޮސްދާނެހެން ހީވިއެވެ. ދެވަނަ ފަހަރަށް ނަވާރް އޭނާގެ ލޮތްބަށް އިންކާރުކޮށްފިނަމަ އޭނާ މޮޔަވެސް ވެދާނެއެވެ. އެހާވެސް އެ މޮޔަ އަންހެންކުއްޖާދެކެ އޭނާއަށް ލޯބިވެެވިއްޖެއެވެ. ޔޫސުފްގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައީ އޭނާ ލޮލުގައި ނަވާރްގެ ތުންފަތް ބީއްސާލުމުންނެވެ. އެވަގުތު ވޭނީ އާހެއްގެ އަޑު އޭނާ އަނގައިން ނުކުތެވެ. އޭނާގެ ދެލޮލަށް ބޮސްދީފައި އޭނާގެ ކޯތާފަތަށްވެސް ނަވާރް ބޮސްދިނެވެ. އެއަށްފަހު ޔޫސުފްގެ ތަނަވަސް މޭމަތީގައި ބޯއަޅާލިއެވެ. “ދުވަހަކުވެސް މީހެއްދެކެ ލޯބިނުވާވަރަށް ޔޫސުފްދެކެ އަހަންނަށް ލޯބިވެވިއްޖެ. އަހަރެންގެ ހިތުން ޖާގަ ދެވުނު މީހަކީ ހަމައެކަނި ތީ. މީހުން ބުނާތީ އަޑުއަހަން ފުރަތަމަ ލޯބި ކާމިޔާބު ކުރުމަކީ ނުވާނެކަމެކޭ. އަހަރެންގެ ޒަޚަމްވެފައިވި ހިތް އިތުރަށް ހަލާކުވާން ނޭދެވުނު….” ނަވާރް ހިތުގައިވި ހުރިހައި އެއްޗެއް ޔޫސުފް ކުރިމަތީ ބަންޑުން ކޮށްލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބައި ޔޫސުފްްގެ ގަމީސް ތެއްމަމުން ދިޔައެވެ. “ޝްޝްްޝް. ވާހަކަނުދައްކާ. އަހަރެން މިއަދު ބޭނުމީ ހަމައެކަނި ނަވާރްގެ ލޯބި.” ނަވާރް އެނދުގައި ބައިންދަމުން ޔޫސުފް އޭނާގެ ކަރުނަތައް ފުހެދިނެވެ. ނަވާރް ލޮލުން އެންމެ ކަރުނައެެއް ވެއްޓުމަކީވެސް އޭނާގެ ހިތަށް ކެއްވާވަރުގެ ކަމެއް ނޫނެވެ. އެއަށްވުރެ ނަވާރްދެކެ އޭނާ ލޯބިވެއެވެ.

ޔަޒަން ހޭލައިގެން ރޯން ފެށުމުން ޔޫސުފް ގޮސް އެކުއްޖާ އުރާލިއެވެ. ކޮނޑުމަތީ ބާއްވައިގެން ދެކޮޅަށް ހިނގާލުމާއެކު އަނެއްކާވެސް ޔަޒަން ނިދިއެވެ. ޔަޒަން އެނދުގައި ބާއްވައިފައި ނަވާރްއަށް ބަލާލިއިރު ކަޅިވެސް ޖަހާ ނުލައި އޭނާއަށް ބަލަން ނަވާރް އިނެވެ. “އާދެބަ އަހަންނާއެކީ!” ނަވާރް އަތުގައި ހިފައި ޔޫސުފް އޭނާ އެނދުން ނެގިއެެވެ. ސުވާލެއް ކުރުމުގެ ކުރިން ކޮޓަރިން ނުކުތެވެ. އަތުގައި ހިފައިގެން ޔޫސުފް އެންމެންގެ ތެރެއަށް ދާތީވެ ނަވާރް ކަންބޮޑުވިއެވެ.

އަކްމަލްއާއި އޮލަ ވާހަކައެއްގައި ހުރި އިވާންއަށް ޔޫސުފް ގޮވާލުމާއެކު ބަލާލިއެވެ. ނަވާރް އަތުގައި ހިފައިގެން ޔޫސުފް ހުރިތަން ފެނުމުން އިވާންއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.
މާނީއާއި އާރާޝްއަށްވެސް ހައިރާންކަމާއެކު އެކަކު އަނެކަކަށް ބަލާލެވުނެވެ. ވާން އުޅެނީ ކިހިނެއްކަން ނޭންގިފައި ތިބެވުނެވެ.
އެވަގުތު އެތަނުގައި ތިބި އެންމެންގެ ނަޒަރުވެސް ވަނީ އެމީހުންނަށް ހުއްޓިފައެވެ. ޔޫސުފް ކުރަން އުޅޭ ކަމެއްގެ އިންތިޒާރުގައި އެންމެންވެސް ތިއްބެވެ. ހަމައެކަނި އާއިލާ މީހުން ތިބިކަން އެއީ ނަސީބެކެވެ.
އަލައިކާ އަދި އައިރާއަށް ހިނިތުންވެވުނެވެ. ޔޫސުފް ކުރަން އެއުޅެނީ ކީއްކަން އެމީހުންނަށް ކޮންމެސް ވަރަކަށް އެނގެއެވެ. އަލްޔަސްއާއި ޔާޒްވެސް ލާނެއް ގޮތަކަށް ހޭން ތިއްބެވެ.

“އިވާންބޭ. އަޅުގަނޑު ބޭނުން ނަވާރްއާއި އިންނަން!” އިވާންގެ ދެލޯ ބޮޑުވެގެން ދިޔަ ގޮތުން ޔޫސުފް ބިރުވެސް ގަތެވެ. ޔޫސުފްއާއި ދިމާއަށް އޭނާ ބަލައިލީ ވަގަކާ ދިމާއަށް ބަލާހެންނެވެ. އިވާންއާއި އެއްވަރަށް ނަވާރްގެ ދެލޯވެސް ބޮޑުވިއެވެ. ޔޫސުފް މިކަހަލަ ކަމެއްކޮށްފާނެއެކޭ ހިތަކަށް ނާރައެވެ. ބައްޕަގެ ރުޅިވެރި ނަޒަރު ފެނުމާއެކު ނަވާރްއަށް ލޯމަރާލެވުނެވެ.
މާނީއާއި އާރާޝްއަށް ކުޑަ ވަރެއްގެ ޝޮކެއް ޖެހުނެވެ. ޔޫސުފް ނަވާރްއާއި މެދު އެފަދަ ގޮތަކަށް ދެކެފާނެއެކޭ އެ ދެމީހުންވެސް ހިއެއްް ނުކުރެއެވެ.

އެންމެންނަށްވެސް ހައިރާންކަން ލިބުނީ ބާރުބާރަށް އިވާން ހޭންފެށުމުންނެވެ. ޔޫސުފްއާއި ނަވާރް ވާނުވާ ނޭންގިފައިތިބޭ ފަދަ ގޮތަކަށް އިވާންއަށް ބަލަމުން ދިޔައެވެ. “ބުނަން. ތިކަހަލަ ސަމާސާ ކުރުމަކީ ރަނގަޅުކަމެއް ނޫން އިނގޭ!” ހިނިގަނޑު މައިތިރި ކުރަމުން އިވާން ބުންޏެވެ. ޔޫސޫފް ނަވާރްއަށް ދިމާއަށް ބަލާލާފައި ނަވާރްގެ އަތް އޭނާގެ އަތުތެރެއަށް މަހައިލިއެވެ. “މީ ސަމާސާއެއް ނޫން. ވަރަށް ލޯބިވޭ ނަވާރްދެކެ. ނަވާރްއާއި ނުލައި ދިރިނޫޅެވޭ ވަރަށް” ނަވާރްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ޔޫސުފް ބުނެލިއެވެ. އެދެލޮލުގައިވި އަސަރަކުން ނަވާރްގެ ދެލޯ ފެންކަޅިވިއެވެ. އުފަލުންނެވެ. ޔޫސުފްހެ ކޮންމެ އަމަލަކުން އޭނާދެކެ ލޯބިވާކަން އަންގަދެއެވެ.
“އެއީ ތެދެއްތަ؟” ޔޫސުފް ދެއްކި ވާހަކަ ޔަޤީން ކުރުމުގެ ގޮތުން އިވާން ނަވާރް ގާތު އެހިއެވެ. “އެއީ ތެދެއް. އައި ލަވް ހިމް” މަޑުމަޑުން ބޯޖަހައިލައިފައި ނަވާރްވެސް އޢނާ ޔޫސުފްދެކެ ލޯބިވާހަކަ ބުންޏެވެ. އޭރުވެސް އެދެމީހުންގެ ނަޒަރު ވަނީ އެކަކު އަނެކަކަށް ހުއްޓިފައެވެ.

އަލައިކާ، އައިރާ ، ޔާޒް އަދި އަލްޔަސްއަށް އުފަލުން ހަޅޭއްްލަވައި ނުގަނެވުނީ ކިރިޔާއެވެ. އެ ހަތަރު ކުދިން މަޑުމަޑުން ތިބީ އިވާންގެ ޖަވާބެއް ނޭންގޭތީއެވެ. އިވާން މޫނުގެ ކުލަވަރު ހުރި ގޮތުން މާ ރަނގަޅު ހެންނެއް ހިއެއް ނުވެއެވެ.

އިވާން ޖަވާބެއް ދިނުމެއް ނެތި ނަވާރް ގޮވައިގެން ގެއިން ނުކުތީއެވެ. ޔޫސުފްގެ ހިތަށް ފުން ޒަޚަމްތަކެއް ލިބުނެވެ. ނަވާރްގެ ދުލުން ލޯބިވާކަން އެއްބަސް ކުރެވުމުންވެސް އެ އަންހެން ކުއްޖާއޭނާއަށް ލިބޭކަށް ނެތެވެ. ޔޫސުފްގެ މޫނު މަތިން ފެނުނު މާޔޫސްކަމުން އެންމެންގެ ހިތަށްވެސް އަސަރު ކުރިއެވެ.

“ހަޤީގީ ލޯބިވަންޏާމުން ތިހާ އަވަހަށް އުންމީދު ކަނޑައިގެން ނުވާނެ. ކޮންމެސް ދުވަހަކުން ލިބޭނަކަމަށް އުއްމީދު ކުރަންވާނެ!” ޔޫސުފްއަށް ހިތްވަރުގެ ބަހެއް އެންމެ ފުރަތަމަ ބުނީ އަހުސަމްއެވެ. އޭނާ ވާހަކަ ދެއްކީ ތަޖުރިބާއިންނެވެ.

ޔޫސުފް ބޯޖަހާލުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ. އޭނާގެ ހިތްވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ލޮލުން ކަރުނަ ނުފޭބިއެއްް ކަމަކު ހިތުގައި ވޭން އަޅަމުން ދިޔައެވެ. އޭނާ ދެން ބޭނުންވީ މަންމައާއި ބައްޕައާއި ވަކިން ވާހަކަ ދައްކާށެވެ. މަންމަމެން އޭނާދެކެ ހިތްހަމަނުޖެހިދާނެތީ ބިރުގަތެވެ.
ސޯފާގައި އިށީންދެފައި ޔޫސުފް އަނގަޔަކުން ނުބުނެއެވެ. މޫނުގައި ދެއަޔް އަޅައިގެން އިން ގޮތަށް އިނީއެވެ. މާނީއާއި އާރާޝް ގޮސް ޔޫސުފް ދެފަރާތުގައި އިށީނެވެ. ޔޫސުފްގެ އަތް މޫނުން ނަގައި އެއަތުގައި ބާރަށް މާނީ ހިފަހައްޓައިލިއެވެ. “ސޮރީ!” އެދެމީހުން އެއްޗެކޭ ބުނުމުގެ ކުރިން ޔޫސުފް ބުނެލިއެވެ. އޭރު އޭނާގެ ލޮލުގައި ކޮންމެސް ވަރަކަށް ކަރުނައިގެ އަސަރު ފާޅުވާން ހުއްްޓެވެ. “ކޮންކަމަކާ ސޮރީ ތިބުނީ؟ ބައްޕައަށް ވިސްނޭ ދަރިފުޅު ބައްޕަމެން ގާތު ނުބުނީ ކީއްވެކަން. ދެރަނުވޭ. ބައްޕައަށް ޔަޤީން އިވާން ގަބޫލު ވާނެކަން. ދެރަނުވޭ. ތިއީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު!” ޔޫސުފް ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލިއެވެ. ޔޫސުފްއަކީ ތުއްތު ކުއްޖެއް ފަދައިން މާނީއާއި އާރާޝް ޔޫސުފް ގައިގައި ބައްދާލިއެވެ. ޔޫސުފްއަށްވެސް އިހްސާސް އޭނާއަކީ ކުޑަކުއްޖެއް ކަމެވެ.
“މަންމިއާއި ބައްޕި ކީއްވެތަ ކޮއްކޮ ނުލައި ތި ހުންނަނީ. ދޮންބެ ބޮޑުވީމަވެސް އުޅެނީ ބޭބީއެއްހެން” މިންހާ ދުވަމުން އައިސް ޔޫސުފްއާއި އާރާޝާ ދޭތެރެއަށް ވަނެވެ. އަދި އާރާޝް ކަރުގައި ބައްދައިގަތެވެ. “އަޅޭ ސޮރީއޭ. ކޮއްކޮ ކުޅެން އިނީމައޭ ނުގޮވީ” މިންހާ ތުންކޮޅު ދަމައިލިއެވެ. “ކޮއްކޮއަށް ވުރެ މަންމިއާ ބައްޕި ދޮންބެދެކެ މާ ލޯބިވޭ!” މިންހާއަށް ވުރެ ބޭބީކޮށް ޔޫސުފް ބުނެލިއެވެ. ޔޫސުފްއާއި ދިމާއަށް ލޯ އަޅައިފައި އެއީ ދޮގެއްދޯއޭ މިންހާ ބުނެލިއެވެ. “ދެކުދިން ދެކެވެސް މަންމިއާއީ ޑެޑީ ވަރަށް ލޯބިވޭ!” މިންހާ އަދި ޔޫސުފް އަތުގައި މާނީ ހިފައިލިއެވެ. މިންހާ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލިއެވެ.

ގެއަށް އައި މަގުމަތީގައިވެސް ގެއަށް ވަދެފައިވެސް އިވާން އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. ނަވާރްއަށްވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ގެއަށް ވަން ގޮތަށް އިވާން ސޯފާގައި އިށީންދެ މޫނުގައި އޭނާގެ ދެއަށް އަޅައިލިއެވެ. މީހާ ހަމަޖެހިލުމަށްފަހު އަތުގެ އިޝާރާތުން އޭނާއާއި ގާތަށް އައުމަށް ނަވާރްއަށް އިޝާރަތްކުރިއެވެ. އެ ހުރިހާ އިރު ވީއިރުވެސް ގުޑިލަން ނޭންގިފައި އިން ނަވާރް އިވާން އަތުން އިޝާރާތް ކުރުމާއެކު ލަސް ލަހުން ހިނގައިފައި ދިޔައެވެ. އޭރު މުޅި ކުއްޖާ ބިރުން ތުރުތުރު އަޅައެވެ. އަތްވެސް ހީވަނީ ގަނޑުފެން ފޮދެއްހެންނެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

މޮޔަ ހިތް މަގޭ…23

Next

ރާސްތާ2 45

Next
March 4, 2020

ރާސްތާ2 45

Previews
March 3, 2020

މޮޔަ ހިތް މަގޭ…23

9 Comments!

  1. malaa says:
    March 3, 2020 at 9:47 pm

    I’m the first isn’t it

  2. Kiyara says:
    March 3, 2020 at 9:47 pm

    Salam all here is the 44th episode of rastha2. Hope u all enjoy reading. Miadhuge bai varah kurivaane and i sry fr that. In Sha Allah next part Saturday or Sundayga. And e part dhigukoh genesdheyn try kuraanan In Sha Allah

  3. samy says:
    March 3, 2020 at 9:53 pm

    Haadha kurey..kiyaa hithun indha e nimuny…?

  4. .. says:
    March 3, 2020 at 9:57 pm

    Up kuraanamey bunevunyma koffa dhw mikthy dhen kon kameh mihaa kurukoh liyanyaa up nukuryma v nu..hama maadhamaa vandhen ves madu kollevunus dhw dhigu koh liyefa up kuran…vaahaka kithanme haa ves reethi ekamaku huvaa mihaa kurkoh hunanyaa dhen nukiyaanan..please kiyaa miah thure gina kohdhee

    1. Abdulla says:
      March 4, 2020 at 8:16 am

      Nukiya hurebala… Nukiyahehves nuhurevey … J vaa varun ehcheh nubuneves nuhurevey dhw…

    2. noor says:
      March 4, 2020 at 10:44 am

      dhen nukiyaa indhey ahremen kiyaafaanan mi part kurakas mivaahaka abadhuves genesdhenee dhigukoh thank u kiyaa

  5. Liyaa says:
    March 3, 2020 at 10:26 pm

    Kiyara hama kiuntharin thalhuvaalan vagen mihisaabaie ninmaafa aiee dhw. ❤️??

  6. Yanaa says:
    March 4, 2020 at 9:10 am

    Varah varah varah reethi????
    ?????????????
    maa sha Allah❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    curiously waiting for the next part.?????????????????????????

  7. Kairaa says:
    March 4, 2020 at 8:12 pm

    Varah reethi mi part vx…..Waiting for the nxt part…… Ly kiyaa

Comments are closed.


All Right Reserved!