Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒަޚަމް 1

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 28, 2020 5 Mins Read
26 Comments

މިސްޓިކް އިންޓަނޭޝަނަލް ހައި ސްކޫލްގެ ދޮރުމައްޗަށް ހުއްޓާލި ކާރުން ފޭބި ދެ ޒުވާނުންނަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ރީތިކަން ހުސްކޮށްގެން ތިބި އެދެޒުވާނުން ފެނި ސްކޫލް އެތެރޭގައި ތިބި އަންހެން ކުދިން އެނބުރުން އަރާ ގޮތްވިއެވެ. ފިރިހެން ކުދިންގެ ލޯތައް ހަސައިދައިގެ ބެލުމަކުން އެދެޒުވާނުންނަށް އަމާޒުވަމުން ދިޔައެވެ. އިސްކޮޅުން ދިގު ދެޒުވާނުންގެ ހަމުގެ ކުލަ އާދައިގެ ދިވެހިންނަށްވުރެ އައްޔެވެ. ކަޅުކުލައިގެ ދަބަސް އަޅުވައިގެން ކަޅު ގަމީހާއި ޖިންސްގައި ހުރި ޒުވާނާގެ އިސްތަށިގަނޑު ފަންވެފައި އޮތީ ކަނދުރާއާ ހަމައަށެވެ. ދެން ހުރި ޒުވާނާގެ އިސްތަށިގަނޑު ފަންނަމަވެސް އޮތީ ރީތިވަރަކަށް ކޮށާފައެވެ. އަނގައިގައި އޮތް ޗުއިންގަމް ގަނޑު ހަފަމުން ދެޒުވާނުންވެސް ފިރިހެންވަންތަ ހިނގުމެއްގައި ސްކޫލްގެ ރިސެޕްޝަން އާއި ދިމާއަށް ދިޔައެވެ.

އާލިޔާ އޭނާގެ އެންމެ ގާތް އެކުވެރިންކަމަށްވާ ބަލްޤިސް އަދި ކައިރާ ހޯދަމުން ދިޔައެވެ. އަތުގައި އޮތް ފޯނަށް ބަލަމުން އާލިޔާ ކުރިއަށް ހިނގައިގަތެވެ. ނުވިސްނާ އިނުމުގެ ސަބަބުން ފަހަތަށް އެނބުރުނު ގަޑީ ބާރުގަދަ ހަށިގަނޑެއްގައި ޖެހިފައި އޭނާ މަތަވިއެވެ. “އައި އޭމް ސޮރީ!” އާލިޔާގެ ހަރަކާތްތައް ހުއްޓުނީ ކުރިމަތީގައި ހުރި ޒުވާނާ ފެނިފައެވެ. އެހާ ފުރިހަމަ ފިރިހެންވަންތަ ކުއްޖެއް މީގެ ކުރިން އާލިޔާއެއް ނުދެކެއެވެ. އަނގަ ހުޅުވި ގޮތަށް ލައްޕަންވެސް ނޭންގިފައި އޭނާއަށް އިނދެވުނެވެ. “އިޓްސް އޯކޭ” ކުޑަކޮށް ހިނިތުންވެލައިފައި އެ ކުއްޖާ ކުރިއަށް ހިނގައިގަތެވެ. ކަޅި ޖަހަންވެސް ހަނދާން ނެތިފައި އާލިޔާއަށް އިނދެވުނެވެ.

ވަކި ހިސާބަކަށް ގޮއްސައި ޒުވާނާވެސް ފަހަތް ބަލާލިއެވެ. އޭރުވެސް އާލިޔާ އެއިން ގޮތަށް ކަޅިވެސް ޖަހާ ނުލައި އިނެވެ. އެއް މިޔައަކުން ހިނިތުންވެފައި އެޒުވާނާ ކުރިއަށް ހިނގައިގަތެވެ.

އާލިޔާއަށް ހަމަހޭވެރިކަންވީ އޭނާގެ ދެއެކުވެރިން އައިސް ގޮވުމުންނެވެ. ސިހިފައި ކިހިނެއްވީތޯ އަހާލެވުނެވެ. ކައިރާއާއި ބަލްޤިސް އެކަކު އަނެކަކަށް ބަލާލާފައި ކޮނޑު އަރުވާލިއެވެ. “ހެއި އެލީ. މިހާރު ކިހިނެއްތަ؟” ބަލްޤިސް އާލިޔާއަށް ބަލާލާފައި އެހިއެވެ. އަަސަރެއް ނެތް ގޮތަކަށް ހިނިތުންވެލާފައި ރަނގަޅު ކަމަށް އާލިޔާ ބުންޏެވެ. އާލިޔާ ރަނގަޅު ކަމަށް ބުންޏަސް އޭނާ އަދިވެސް ހަމައަކަަށް ނޭޅޭކަން ކައިރާ އަދި ބަލްޤިސްއަށްވެސް އެނގެއެވެ. އެހެނަސް އާލިޔާ ރަނގަޅޭ ބުނުމުން އިތުރަށް އެއްޗެކޭ ނުބުނީ އާލިޔާ ދެރަވާނެތީއެވެ. އާލިޔާ ދެއަތުގައި ބަލްޤިސް އަދި ކައިރާ ހިފައިގެން ކުލާހާ ދިމާއަށް ދިޔައެވެ. އަހަރުގެ ފުރަތަމަ ދުވަސްކަމުން ހޯލްތެރޭގައި ކުދިންތައް އުޅެމުން ދިޔައެވެ. އެކުވެރިންނާ ބައްދަލުވުމުން ވާހަކައިގައވެސް ބައިވަރު ކުދިން ތިއްބެވެ. “އޭ އިނގޭތަ މިފަހަރު އެބައުޅޭ އަލަށް ދެ ކުދިން ސްކޫލަށް ވަދެގެން. އެއީ ޓްވިންސްއޯ. އެދެމީހުންވެސް އެއީ ޔޫރަޕުގަ އުޅެފައި އައި ދެކުދިންނޯ ވަރަށް މުއްސަނދި!” ކުލާހަށް ދިޔަ މަގުމަތީ އަލަށް އައިސްގެން އުޅޭ ދެކުދިންގެ މަޢުލޫމާތު ކައިރާ ދެމުން ދިޔައެވެ. އެދެކުންނަށް ކިޔާނަމެއް ކައިރާއަކަަށް ނޭންގެއެވެ. އެދެކެދުންގެ ވާހަކަ ކައިރާ ބުނުމުން އޭނާ ލައިގަތް ފިރިހެން ކުއްޖާއާކީ އެތަނުން އެއް ކުއްޖެއްކަން އެނގުމުން އާލިޔާއަށް ހިނިތުންވެވުނެވެ. ފުރަތަމަ ފެނިލުމުންވެސް އާލިޔާއަށް އެޒުވާނާ ކަމުގޮއްސިއެވެ.
ތިން އަންހެން ކުދިން ކުލާސް ދޮރު މައްޗަށް އަރާފައި ހުއްޓުން އެރީ އެންމެ ކުރީ ބަރީގައި ތިބި ދެ ޒުވާނުން ފެނިފައެވެ. ރީތިކަން ހުސްކޮށްގެން ތިބި އެ ޒުވާނުން ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ވިރިގެން ދާނެއެވެ. އޭނާ ގައިގައި ޖެހުނު ފިރިހެން ކުއްޖާއާ ހަތަރު ކަޅި ހަމަވުމުން އެކުއްޖާ ހިނިތުންވެލި ގޮތުން އާލިޔާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބަދަލުގައި އާލިޔާވެސް ހިނިތުންވެލިއެވެ. ބަލްޤިސް އޭނާ އަތުގައި ޖަހާލިމާއެކު ސިހިފައި ކަހަލަ ގޮތަކަށް އާލިޔާ އަދި ކައިރާ ކުރިއަށް ހިނގައިގަތެވެ.

އާލިޔާއެކޭ އެއް ފަދައިން އެ ޒުވާނާގެ ހިނިތުންވުމުން ކައިރާގެ ހިތަށްވެސް އެނގުން ވިއެވެ. އެ ޒުވާނާ އާލިޔާއަށް ހިނިތުންވުން ހަދިޔާ ކުރުމުން އެކިވެރިޔާއާއި މެދު ހަސަދައިގެ ހުޅުކޮޅު ހިތިގައި ރޯވިއެވެ. ލޮލުގެ ހިމަކޮޅުން އާލިޔާއަށް ބަލައިފައި ކަޅި މައްޗަށް ހިންގާލިއެވެ. އެހެން މީހަކަށް ފާހަގަވުމުގެ ކުރިން މޫނު މައްޗަށް ހިނިތުންވުމެއް ގެނައްސައި ކުރިއަށް ހިނގައިގަތެވެ. ފަރި ހިނގުމެއްގައި އެ ޒުވާނާ ގާތުން ލައިފައި ގޮސް ފަހަތު ބަރީގައި އިށީނެވެ.

ޓީޗަރު އައިސް އެންމެ ފުރަތަމަވެސް ރަޖިސްޓާރ މާކު ކުރިއެވެ. “މުހައްމަދު ދަހުލާން” އާލިޔާއަށް އެ ޒުވަނާގެ ނަން އެނގުމާއެކު ފުންކޮށް ހިނިތުންވެވުނެވެ. ހިތާ ހިތުން ދެތިން ފަހަރު ދަހުލާންގެ ނަން ކިޔައިލެވުނެވެ. ސިފަޔާ އެއް ވަރަށް ނަންވެސް ރީއްޗެވެ.

ފުރަތަމަ ނަޒަރުންވެސް ދަހުލާންގެ ހިތުގައި އާލިޔާގެ ނަން ލިޔެވުނެވެ. އެ އަންހެން ކުއްޖާ ފުރަތަމަ ފެނިލިއިރުވެސް އޭނާއަށް ޚާއްސަވިއެވެ. ރަޖިސްޓާރ މާކު ކުރި ގަޑީ އާލިޔާގެ ނަން އެނގުމުން ވައި އަޑުން އެނަން ކިޔައިލެވުނެވެ. ފަހަތަށް އެނބުރިފައި އާލިޔާއާއި ދިމާއަށް ބަލާލިއިރު އާލިޔާވެސް އިނީ އޭނާއަށް ބަލަންށެވެ. ރަކި ގޮތަކަށް ހިނިތުންވެލައިފައި ދަހުލާން އާލިޔާއަށް އެއް ބުމަ ހިއްލާލިއެވެ. އާލިޔާ ލަދުން އިސްޖަހާލުމާއެކު ދަހުލާންއަށް ހީލެވުނެވެ.
އާލިޔާގެ ކޯތާފަތް އެކީރަތް ވެގެން ދިޔައެވެ. ހިތް އަވަސްވެ މުޅި ކުއްޖާ ފިނިވިއެވެ. އަތްތުރު ތުރު އަޅައި ގަލަމުގައި ހިފަންވެސް އުނދަގޫވިއެވެ.

ދަހުލާންއާއި އާލިޔާއި ދެމދު ބަދަލުވި ނަޒަރުތައް ފެނި ކައިރާ ހިތުގައި ޖެހުނެވެ. ހުރިހާ ފިރިހެން ކުދިން އަބަދުވެސް ހިތްކިޔަނީ އާލިޔާއަށެވެ. އެކުދިން އާލިޔާ ފަހަތުން އުޅޭއިރު އެ އަންހެންކުއްޖާ ފޮނި ކަމުން އެއިން ކުއްޖަކާ ދިމާއަށް ބަލާނުލާއިރުވެސް ފިރިހެންކުދިން މޮޔަވަނީއެވެ. މެއިން ދިލަ ނަގައި ކައިރާ ލޮލަށް ކަރުނަ ޖަމާވިއެވެ. ހިތާހިތުން އާލިޔާއާ ދިމާއަށް އެއްޗިހި ގޮވުނެވެ.

ކައިރާގެ އިތުރަށް އެމަންޒަރުތައް ބަލަން އުނދަގޫވެފައި މިހްތަރްވެސް އިނެވެ. އޭނާގެ ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމާއި ހިތްދަތިކަމެވެ. ހިތުގައި ރޯވެ އަނދަމުން ދިޔަ އަލިފަންގަނޑުން މުޅި ޖިސްމު ފިހެމެންދާހެން ހީވިއެވެ. އެ މަންޒަރު ބަލަން އުނދަގޫ ވެގެން މިހްތަރް އޭނާގެ މޫނު އަނބުރާލިއެވެ. އޭރު އޭނާގެ ދެއަތް މުއްކެވި ދެދަތްޕިލަ ވަނީ ބާރުވެފައެވެ.

އާލިޔާ އަތުގައި މަޑުމަޑުން ޖަހާލަމުން ބަލްގިސް އޭނާއަށް މިހްތަރް ދައްކާލިއެވެ. އާލިޔާގެ ހިނިތުންވުން ފިލައި ކުށްވެރިއެއް ފަދައިން އިސް ޖަހާލެވުނެވެ. މިހްތަރްއާ މެދު އޭނާ ދެރަވައެވެ. މިހްތަރްގެ ހިތްހަލާކު ކުރުމަކީ އެއް ގޮތަކަށްވެސް އޭނާ ކުރަން ބޭނުންވި ކަމެއްނޫނެވެ.

ބެލް ޖެހުމާއެކު އާލިޔާ އަދި ބަލްގިސްއަށް ބެލުމެއް ނެތި ނިކަން އަވަހަށް ކައިރާ ކުލާހުން ނުކުމެގެން ދިޔައެވެ. ބަލްގިސް އަދި އާލިޔާ އެކަކު އަނެކަކަށް ބަލާލަމުން ކޮނޑު އަރުވާލިއެވެ.
ކުލާހުން ނުކުމެފައި ދަހުލާންގެ ހިލަމެއް ވޭތޯ އާލިޔާ ދެކޮޅު ބަލާލިއެވެ. ދަހުލާން ފެންނަން ނެތުމުން މާޔޫސްވެފައި އާލިޔާ އަނެއް ފަރާތަން އެނބުރުނު ވަގުތު މި ފަހަރުވެސް މީހެއް ގައިގައި ލައިގަތެވެ. އެހެނަސް މި ފަހަރު އެއީ ދަހުލާންއެއް ނޫނެވެ. “ހެއި. އާލިޔާ ދޯ؟ މިއީ ސުފްޔާން” ސަލާމަށް އަތްދިއްކޮށްލަމުން ސުފްޔާން ތައަރަފުވެލިއެވެ. ސުފްޔާންއަކީ ދަހުލާންއާއި އެއް މާބަނޑު ކުއްޖާއެވެ. ދަހުލާންއެކޭ އެއް ވަރަށް ރީތިކަން ހުސްކޮށްގެން ހުރި ޒުވާނެކެވެ. ސުފްޔާން އެހާ ގާތުގައި ހުރުމުން އާލިޔާއަށް ވީ އުނދަގުލެވެ. ދަހުލާން ފެނުމުން ހިތްހަމަޖެހުން ލިބުނު ނަމަވެސް ސުފްޔާން ފެނުމުން ނުތަނަވަސްވިއެވެ.
“ހައި ސުފްޔާން. ޔެއާ މިއީ އާލިޔާ. މި ވަގުތު ދާން ވެއްޖެ!” ސުފްޔާން ސަލާމަށް ދިތް ކުރި އަތުގައި ނުހިފައި ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެފައި އާލިޔާ ދިޔައެވެ. އާލިޔާ ދިއުމުން ސުފްޔާނަށް އޭނާގެ ދެއަތް މުށްކަވާލެވުނެވެ. ނުރައްކާތެރި ގޮތަކަށް އާލިޔާ ދިޔަ ދިމާއަށް ބަލަން ހުރެފައި ހިނގައިގަތެވެ.

ލޮކަރުން އެއްޗިހި ނަގައިގެން ސްކޫލް ގޯތި ތެރެއަށް ނުކުތް ބަލްޤިސް އަދި އާލިޔާއަށް ވެސް ކައިރާއާއެކު ހުރި ދަހުލާން ފެނުނެވެ. “މިހެންވެ ދޯ ދަހުލާން މި ގެއްލުނީ” ދެ އެކުވެރިން އެއް ފަހަރާ ހީގަތެވެ. ކައިރާގެ މިޒާޖަކީ އެމީހުންނަށް ހިތު ދަސްވެފައި ހުރި އެއްޗެކެވެ. ރީތިކަމާ ފެޝަނަށް ލޯބި ކުރާ ކައިރާއަކީ އަބަދުވެސް ރީތި ފިރިހެން ކުދިންނަށް ހިތް ކިޔާ ކުއްޖެވެ. ދުވަސްކޮޅަކަށް އެހެން އުޅެފައި އެއަށްވުރެ ރީތި ކުއްޖެއް ފެންނައިރަށް އެކުއްޖާ މަތިން ކައިރާ ހަނދާންނެތޭނެއެވެ.

“މްމް. މިރޭ އޮންނާނެ ޕާޓީއެއް. އެއީ ސްކޫލް ހުޅުވުމުން ކޮންމެ އަހަރަކުވެސް ސީނިއާރ އަދި ޖޫނިއާރ ކުދިން ބައިވެރިވާ ޕާޓީއެއް! ދަހުލާން މިރޭ އަންނަން ވާނެ!” ޕާޓީ ޕޯސްޓާރ ދަހުލާންއަށް ކައިރާ ދިނެވެ. “ތޭންކްސް. އެކަމް އަހަންނަކަށް ހިއެއް ނުވޭ ދެވޭނެ ހެންނެވެ!” ކައިރާގެ ހިނިތުންފުން ފޭދި ހިތުގައި ޖެހުނެވެ. ގަނޑުގައި ނުވެސް ހިފައި އޭނާއަށް ބަލާވެސްނުލާ ދަހުލާން ދިޔަ ގޮތުން ހިތުގައި ޖެހުނެވެ.

“މެޓް!” ގޭޓުން ނުކުންނަމުން ދިޔަ މަހްތަރަށް ގޮވައި އާލިޔާ އޭނާ ހުއްޓުވިއެވެ. ބޭނުން ނުވިއަސް އާލިޔާ ގޮވުމުން ދާކަށް މިހްތަރްއަކަށް ނުކުރެވުނެވެ. “ލުކް އައި އޭމް ރިއަލީ ސޮރީ. އަހަރެން އެއްވެސް ގޮތަކަށް ބޭނުމެއް ނޫން ތި ހިތް ހަލާކު ކުރާކަށް. ގަބޫލު ކުރަން އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. ކޮންމެ ގޮތަކަށް ކަންތައް ވިއަސް ތިއީ އަބަދުވެސް އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާ. ކޮންމެސް ދުވަހަކުން އަހަންނަށް މާފު ކުރާނެ ކަމަށް އުއްމީދު ކުރަން!” މަހްތަރް އެއްޗެކޭ ނުބުނެ ހުރުމުން އިތުރަށް މަޑު ކުރަން ނުހަދައި އާލިޔާ ގޭޓުން ނުކުތެވެ. ނުކުތްއިރު ބޮޑުދައިތަ ޖޫން ބޭރުގައި އިންތަން ފެނުމުން އާލިޔާ ހައިރާންވިއެވެ. “ކޮބާ ކޮއްކޮ އަދި ނުނިމޭތަ؟ އޮފީސް ނިންމާފަ ގެއަށް ދަމުން ހިތަށް އެރީ ދެކުދިން ގޮވައިގެންނޭ ދާނީ!” އާލިޔާ ގޮސް ޖޫން ގާތު މަޑުކޮށްލުމުން ބުންޏެވެ. އާލިޔާ ހިނިތުންވެލައިފައި ގޭޓަށް ނަޒަރު ހުއްޓާލީ ކޮއްކޮ ޖިރާންެ ފެނޭތޯއެވެ. އޭރު ލަސްފިޔަވަޅު ތަކެއްގައި ހިނގަމުން ކޮއްކޮ އަންނަމުން ދިޔައެވެ.

ދައްތަ އާލިޔާއާއި ބޮޑުދައިތަ ޖޫން ފެނުމުން ޖިރާން މޫނަށް ވައްތަރެއް ޖައްސައިލިއެވެ. ނުރުހުންތެރި ކަމާއެކިމު ގޮސް އެދެމީހުން ގާތު މަޑުކޮށްލިއެވެ. ކާރު ތަޅުދަނޑި ބޮޑުދައިތަ އަތަށް އާލިޔާ ދިނުމުން ޖޫން ގޮސް ކުރިއަށް އެރިއެވެ. ޖިރާން އެހުރި ފޫހިކަންމަތީ ހުރެ ފަހަތު ސީޓުގައި އިށީނެވެ. އާލިޔާވެސް އަނެއް ދޮރުފަތް ހުޅުވައި ފަހަތަށް އެރިއެވެ. އޭނާ ޖިރާންއަށް ބަލާލިއިރު ޖިރާން ހުރީ ބޭރަށް ނަޒަރު ހުއްޓައިގެންނެވެ. އާލިޔާ ފުންނޭވައެއް ދޫކޮށްފައި ކޮއްކޮ އަތުގައި ހިފައިލިއެވެ. ހަމަ އެ ސިކުންތުގައި ޖިރާން އޭނާގެ އަތް ފޮޅުވާލައިފައި އަލިފާނުގެ ބެލުމަކުން ބަކާލިއެވެ. އާލިޔާ ހިތުގައި ޖެހި ރޮވޭގޮތްވިއެވެ.

ގެއަށް ދެވުމުން އަނގައިން ބުނުމެއް ނެތި ޖިރާން މައްޗަށް އެރިއެވެ. “ޕިސް ޕިސް އެކުއްޖާ ރަނގަޅުވާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރާ!” ޖިރާން ދިޔަ ދިމާއަށް ބަލަން ހުރެފައި ޖޫން ބޯ ހޫރާލިއެވެ. ޖިރާން އުޅޭ ގޮތުން އޭނާ ހުންނަނީ ބޯ ގޮވާފައެވެ.
ކޮޓަރިއަށް ވަދެފައި އެނދުމައްޗަށް ދަބަސް އެއްލާލަފައި އާލިޔާވެސް އެނދު މައްޗަށް ވެއްޓިގަތެވެ. އެނދާ ޖެހިގެން އިން ކުޑަ މޭޒު މަތީގައި އިން ފޮޓޯ ފްރޭމް ނަގައިފައި އެއަށް ބަލާލިއެވެ. އެއާއެކު އެއޮށް ހުރިހާ އިރު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ބަންޑުންވިއެވެ. ފޮޓޯ މޭގައި ޖައްސައިލައިގެން އިނދެ ގިސްލާފައި ރޮވުނެވެ.

ބޮޑު ހަވޭއްޔެއް ކަހަލަ ގެއެއް ކުރިމަތީ ކާރު މަޑުކޮށްލުމާއެކު ސުފްޔާން އަދި ދަހުލާން ފޭބިއެވެ. ފިރިހެންވަންތަ ހިނގުމެއްގައި ދެ ޒުވާނުން ގޮސް ގެއަށް ވަނެވެ.

ދެ ދަރިންގެ އިންތިޒާރުގައި އިން ލިލީގެ ތުންފަތް މައްޗަަށް ހިނިތުންވުމެއް ވެރިވީ ގެއަށް ވަން އޭނާގެ ދެކުދިން ފެނިފައެވެ. ދެކުދިންވެސް ގޮސް އެންމެ ފުރަތަމަ މަންމަ ގައިގައި ބައްދާލިއެވެ. “މައި ބޯއިސް. ދޭ އަވަހަށް ތާޒާވެގެން އަންނަން. ހުންނާނެ ދަރިފުޅުމެންނަށް އެންމެ މީރު ކާއެއްޗިހި ތައްޔާރުކޮށްފަ!” ދެކުދިންގެ ނިއްކުރީގައި ލިލީ ބޮސް ދިނެވެ. ބަސް އަހާ ދެކުދިން ފަދައިން ބޯޖަހައިލައިފައި ދަހުލާން އަދި ސުފްޔާން ދިޔައެވެ.
އެކުދިން ދިއުމުން ލިލީ އެގޭ ގެންގުޅޭ ޚާދިމަށް ގޮވައިފައި ކާންހަދަން އެންގިއެވެ.

ގެއަށް އައި މަގުމަތީގައިވެސް ގެއަށް އައި ފަހުންވެސް ދަހުލާންގެ ޚިޔާލުތަކުގައިވީ އާލިޔާއެވެ. އެ ހިނިތުންވުން ސިފަވާ ކޮންމެ ފަހަރަކު ދަހުލާން ހިތަށް ފިނިކަން ވެރިވެއެެެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުގައި އޮށޯވެ ދަހުލާންއަށް ވިސްނެމުން ދިޔައީ އާލިޔާއާއި މެދުގައެވެ. އެ އަންހެން ކުއްޖާ ރަނގަޅަށްވެސް އޭނާ ޖާދޫގައި ޖައްސައިފިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

މިނަން ތިހިތުން ފިލުވާލަނީހޭ…17

Next

ރާސްތާ2 43

Next
February 29, 2020

ރާސްތާ2 43

Previews
February 27, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…17

26 Comments!

  1. magnumm says:
    February 28, 2020 at 3:14 pm

    nice starting ❤❤❤❤❤Curious waiting?????

    1. Kiyara says:
      February 28, 2020 at 3:19 pm

      Thankss dear♥️

    2. NooYas says:
      February 28, 2020 at 7:15 pm

      Hey magnumm. Dhonthi mathin hama eggothakau es handhaan nuveytha? ????? I’ve missed you mivee dhuvasthakuga. ❤️?

    3. magnumm says:
      February 28, 2020 at 7:53 pm

      ehkala dhonthy?…u be so emotional…hehe…i missed u more darla…mithaa tlk nukuran vegen mihunnany…dhonthi aa private koh tlk kureven dhn…ngeyyyy?

    4. NooYas says:
      February 28, 2020 at 9:40 pm

      Ow e dhw eveegothakee. Dhonthi au echcheiy es libunu dhuvahakunnennu private koh vaahaka dhekkeynee es. Miss ya. ❤️❤️???

  2. Kiyara says:
    February 28, 2020 at 3:18 pm

    Salam. Here is my new story “ZAKHAM”. Rastha2 nimendhen mivaahaka up vaane week aku madhuvegen eh faharu. Hurihaa kudhinnah ves mi bai kamu dhiya kamah ummedhu kuran. Vaahaka aa medhu thi kudhinge khiyaalu comment kohllah chey.

  3. Shahu says:
    February 28, 2020 at 3:52 pm

    Vvv rythi feshun .. masha allah ..????????

    1. Kiyara says:
      February 29, 2020 at 11:49 am

      Thanks dear ♥️

  4. Yan♥️ says:
    February 28, 2020 at 5:32 pm

    Nice keep it up???

    1. Kiyara says:
      February 29, 2020 at 11:50 am

      Thanks dear ♥️

  5. NooYas says:
    February 28, 2020 at 7:09 pm

    Woah I’ve been waiting for this story. Finally libijje kiyaalan. And regular koh kiyaa sis buni gothah mi story upload kodhdhemun gedhdhachche ingey sis. And sis. Do you know who I am? I am dhonthy. Author of Ma’aaf. I just changed the name hehehe. And raasthaa vaahaka es reethi inge comment nukurevunekkamaku. Good luck. Love you so much ❤️❤️❤️???❤️?❤️?❤️?

    1. Fan of dhonthy says:
      February 28, 2020 at 7:28 pm

      Dhonthy ma aaf ge aneh bai up kohla dhyba…??❤?

    2. NooYas says:
      February 28, 2020 at 9:38 pm

      Dear. Will try. V masakkaiykuraanan. E story prepare koffa innaanee lapga. V undhaguvaane e nubalai liyan. But will try inge. Do not lose your hope. Let’s say mid break ga next episode upload kolleveythw balaanan insha Allah. I’ll give a try anyways. Tablet in liyan v undhagoo but I’ll try. Let’s not lose our hope. Everything will be fine always. Hehe. ❤️?❤️?❤️?

    3. Kiyara says:
      February 29, 2020 at 11:51 am

      Thanks dear. Varah ufaavehhjje dhuvasthakakah fahu dhonthyge comment eh libunyma♥️

  6. Maayu says:
    February 28, 2020 at 7:32 pm

    Storyy hama vvvv nice ingeyy kiyaaaa.. Curiously waiting to read other parts…

    1. Kiyara says:
      February 29, 2020 at 11:52 am

      Thanks dear ♥️

  7. Anonymous says:
    February 28, 2020 at 8:47 pm

    V reethi ekamaku vx avahah part kolhu nereladhy??

    1. Kiyara says:
      February 29, 2020 at 11:52 am

      Thanks dear ♥️

  8. No one says:
    February 28, 2020 at 11:23 pm

    Vvvvvvv reethi vaahaka?????but…mom n bodu dhaithage name alhugandah ehaa eh noon?????kudinnah vure zuvaan nameh hen heevany…….ehchekey hee nukuraathi
    ?????

    1. Kiyara says:
      February 29, 2020 at 11:54 am

      Thanks dear. Hehhe ehentha eii aslu names ehery vampire diaries ge names thakaa gulhuvaafa ehenve gen

  9. Anonymous says:
    February 29, 2020 at 8:15 am

    Yh asluvx Mom menge name v zuvaan ehehe ekam ok vaane ??

    1. Kiyara says:
      February 29, 2020 at 11:54 am

      Thanks dear♥️

  10. Kiyara says:
    February 29, 2020 at 11:59 am

    Mi story ge character names eii aslu vampire diaries ge names thakun liyefa thats y mom and aunt ge nan ehaa zuvaan hen hyvany.
    Elena: Aliya
    Damon: Dhahulan.
    Stefan: Sufyaan
    Bonnie: Balgis
    Caroline: Kaira
    Jeremy: Jiraan
    Matt: Mihthar
    Jennah: Joon
    Lillian/Lilly: Lilly

  11. ? says:
    February 29, 2020 at 12:22 pm

    Can you share the link of Vampire diary please

  12. Lol says:
    February 29, 2020 at 8:47 pm

    mi vampire diaries ge copy eh

  13. jaeminie says:
    April 30, 2020 at 9:34 pm

    varah reethi vaahaka eh….maasha allah
    abadhuves kiyara ge vaahaka kiyan…. like mulhi mi site inves kiyany kiyaa\ra ge vaahaka thah….commment nukuriyas kiyan….

Comments are closed.

Next Episodeޒަޚަމް 2←


All Right Reserved!