Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 4”

Anusha Mohamed Level 110 Stories100 Login
February 23, 2020 2 Mins Read
0 Comments

މުޅި މީހާ ގައިން ދާހިއްލައި ފޯވެއްޖެއެވެ. މޫނުމައްޗަށް ހޫނުވާން ފެށިއެވެ. އުފާވި ވަރު މޫނު މަތިން ނުދައްކަން ވެގެން އިސްޖަހައި މާހިން އާއި އެކީ ކުލާހަށް ދާން ހިނގައިގަތީމެވެ.

ކްލާހަށް ދިޔަމަގުމަތީ ނޯޓިސްބޯޑުގައި “ޓެސްޓް ފެށެން އެންމެހަފްތާއެއް” މިހެން ލިޔެފައި އޮތް އިޢުލާނެއް ނެރެފައި ވެއެވެ. އަހަރެން އެ އިޢުލާން މާހިނަށް ދެއްކީމެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މާހިން އާއި އެކީ ކިޔަވަން ބޭނުންވާކަމަށް އަހަރެން ބުނީމެވެ. އެއީ މާހިން އިތުރު އެހީއެއް ބޭނުންވާނެތީއާއި އެކުގައެވެ. ނަމަވެސް މާހިން އެކަމަށް ދެކޮޅު ހެދިއެވެ. “އަހަންނަށް މިފަހަރަކު ޓެސްޓުގައި ބައިވެރި ވެވޭނެ ހެނެއް ހިޔެއްނުވޭ! އަހަރެން އެބަ ޖެހޭ މަންމަ އާއި އެކީ ޑޮކްޓަރަށް ދައްކަންދާން. މަންމަ ފައިގަ ރިއްސާތީ އެކަމަށް ބޭސްކުރަން ޖެހޭނެއެއްނު ދޯ؟” މާހިން ވާހަކަ ދައްކަމުން ދިޔައިރު މާހިންގެ ހިތް ނުތަނަވަސް ވެފައިވާކަން އަހަންނަށް އިހުސާސް ކުރެވުނެވެ. އަހަންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. މާހިންގެ ބަލިހާލަތު މާހިން އަށް އިނގޭކަން އަހަންނަށް ހީވިއެވެ. އަދި މާހިން އަހަންނަށް ވަރަށް ބައިވަރު ކަންތައްތަކެއް އޮޅުވާލާކަންވެސް އަހަންނަށް އިނގެއެވެ.

ދުވަސްތައް ވޭތުވަނީއެވެ. މާހިންގެ ޙާލަތު އިހަށްވުރެ މިހާރު މާ ގޯހެވެ. ބައްޕަގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. މާހިންގެ މޫނުމަތިން ހާސްކަން ފެންނަންނެތް ކަމުގައިވިޔަސް މާހިންގެ އަހަންނަށް މާހިން އޮޅޭނެ ހެއްޔެވެ. އަދި މާހިންއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވިޔަސް ފުރަތަމަ ބައްޕަ އާއި މާހިން އާއި ދެމެދު އޮތް ގުޅުން ބަލަން ބޭނުންވިއެވެ.

ހަފްތާއެއް ވެއްޖެއެވެ. ޓެސްޓުވެސް ނިމިއްޖެއެވެ. މާހިން އެއްވެސް ޓެސްޓަކަށް ނާދެއެވެ. ކުޑަމިނުން މަގުމަތިން ފެންނަނީކީވެސް ނޫނެވެ. އަހަރެން މާހިންމެން ގެޔަށް ދިޔައީމެވެ. އެއްވެސް މީހެއްގެ އިޝާރާތެއްނުވިއެވެ. ބައްޕަ ގާތަށް ހޮސްޕިޓަލަށް ދިޔައީމެވެ. އަދިސުވާލު ކުރުމުން ބައްޕަވެސް ބުނީ މާހިން ރަށުން ބޭރަށް މާހިންގެ މަންމަ ޑޮކްޓަރަށް ދައްކަން ދިޔަވާހަކައެވެ. “ކިހިނެއްތަ ބައްޕަ އަށް އިނގުނީ މާހިން ރަށުން ބޭރަށް ދިޔަ ވާހަކަ” އަހަރެނަށް ނުހުރެވިގެން ބައްޕައާއި ސުވާލު ކުރީމެވެ. “ދަރިފުޅާ! ބައްޕަ މީ ޑޮކްޓަރެކޭ. މާހިން މަންމަ ދެއްކީ ބައްޕައަށޭ. ބައްޕައޭ ބުނީ ރަށުން ބޭރަށް ދާންވެސް. މިތަނުން ކުރެވޭނެ ފަރުވާ އެއް ނެތީމަ…..” ބައްޕަގެ ވާހަކަ އެހިސާބަށް ހުއްޓުނެވެ. އަދި އަހަރެން ކައިރީ މިރޭ ވަރަށް ލަހުންނޭ ގެޔަށް ދެވޭނީ، އުޑުމަތި ބަނަކޮށް އޮތުމުގެ ސަބަބުން ކުޑަ އެއް ދީފައި އަހަރެން ގެޔަށް ފޮނުވައިލިއެވެ. ހޮސްޕިޓަލުގެ މައި ހޯލު ތެރެއަށް ނިކުމެވުނު އިރަށް އަހަރެންގެ ލޮލުގައި މާހިންގެ ކޮއްކޮ ޔާލް ނާރުތަކާބެހޭ ޑިޕާޓްމެންޓާވީ ދިމާއަށް ދުވެފައި ދާ މަންޒަރެވެ. “މާހިންގެ ކޮއްކޮ ނުލައި މާހިންގެ މަންމަ އެއް ނުދާނެ އެއްނު. އެންވީމަ……” އަމިއްލަ ނަފްސާ ވާހަކަ ދެއްކުން ހުއްޓާލާފައި އަހަރެން މަޑުމަޑުން ޔާލް ފަހަތުން ދިޔައީމެވެ.

 

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ކާފަ ބައްޕާ މުނިކާފަ އަޅުގަނޑަށް އައްދޯ ވޭ

Next

އަހަރެން 3 ވަނަބައި

Next
February 23, 2020

އަހަރެން 3 ވަނަބައި

Previews
February 23, 2020

ކާފަ ބައްޕާ މުނިކާފަ އަޅުގަނޑަށް އައްދޯ ވޭ


All Right Reserved!