
ވާނަމޭ އުމުރަށް އެކީ ޖާނާ (5)
ޢަޒީޒް ޔާސިރުއާ ސަލާމް ކޮއްލުމަށްފަހު ގެޔަށްދާން ހިގައިގަތެވެ. އޭނާއަށް މިކުރެވެން އުޅޭ ކަންތަކާ މެދު ވިސްނަމުން ދިޔައެވެ. އޭނާގެ ހިތް ބުނަނީ މިކުރެވެނީ ގޯސް ކަމެއް ކަމުގައެވެ. ނަމަވެސް އޭނާގެ ސިކުޑި ބުނަމުން ދިޔައީ މިއީ ރަނގަޅު ކަމެއް ކަމުގައެވެ. ކޮންމެއަކަސް ޢަޒީޒްގެ ބޮލަށް ދިޔައި ބާރުވަމުންނެވެ. މި ވިސްނުންތަކާ ދުރުވުމަށް އޭނާ ގަސްދުކުރީ ނިދާލުމަށެވެ. އެހެންކަމުން ގެޔަށްގޮސް ނިދަން އޮށޯވެތީ ސިކުނޑިއަށް ލުއި ކަމެއް ގެނައުމަށްޓަކައެވެ.
*****************************
ހަވީރު އަތިރިމަތިން އައިއްސުރެ ސަނާޝް އެއޮންނަނީ އެޒުވާނާގެ ޚިޔާލުގައެވެ. އެއި ކާކުކަން ހޯދަން ސަނާޝް ވަރަށް ބޭނުމެވެ. ނަމަވެސް ހޯދާނެ ގޮތެއް ނޭގެއެވެ. އެންމެ ކުޑަމިނުން އެޒުވާނާގެ ނަމެއްވެސް އިގެނީކީ ނޫނެވެ.
” އޭ އަންހެނާ ކޮން ޚިޔާލެއްގަ….” ސަނާޝްގެ މިޒާޖަށް އައިސްފައިވާ ބަދަލު ފާހަގަވުމުން މައިރަ އަހާލިއެވެ.
” ކީކޭ؟؟ އަހަރެން ކާކުގެ ޚިޔާލެއްގަތަ އޮންނަން.. އަހަރެން ހަމަ އޮތީއޭ…” ސަނާޝް އަވަހަށް ނޫން ކަމަށް ހަދާލިއެވެ.
” ބަލަ އަހަރެން ބުނެފިންތަ މީހެއްގެ ވާހަކަ.. މިހާރު ޔަޤީންވެއްޖެ ތިއޮތީ ކޮންމެވެސް މީހެއްގެ ޚިޔާލެއްގަ ކަން… ޓެލްމީ… އެހެންނޫނީ.. ބޮޑުދައިތަ ގާތު ބުނާނަން ނާޝް ގެ ހިތް މީހަކަށް ދިން ވާހަކަ..” މައިރާ އިންޒާރެއް އަޅާލިއެވެ.
” ހަހް.. ތިހާވަރު ނުވިޔަސް ބުނެފާނަމޭ.. ބުނަންށޭ ހުރީ… ”
” ދެން ބުނަންވެއްޖެއެއްނު އޭރަށް…”
” އެއީ މިއަދު އަތިރިމަތިން ދިމާވި ކުއްޖެއް… ވަރަށް ރީތި ކުއްޖެއް.. ހީ ވޯސް ސޯ ހޭންޑްސަމް… އަދި ވަރަށް ރީތި އަޑެއް އިންނަ ކުއްޖެއް.. އައި ވޯންޓު ނޯ ހޫ ވޯސް ހީ.. ބަޓް އައި ކާންޓް..”
” އެ ކީއްވެ؟؟ ”
” އަހަންނަކަށް ނުކެރުނު އޭނައާ ވާހަކަ ދައްކާކަށް.. އެކަމް އޭނަ ވާހަކަދެއްކި… އެގަޑީގަ އޭނަ ދޮންބެ ގޮވީމަ ފުރަންދަނީއޭ ކިޔާފަ ދިޔައީ.. އަދި ބުނި ފަހުން ދިމާވާނެ ކަމަށް އުއްމީދުކުރާ ވާހަކަ..” ސަނާޝް މިއަދު ހަވީރުގެ ހާދިސާ މައިރާއަށް ކިޔާދިނެވެ.
” އޯހ.. އަހަރެންގެ ނާޝްވެސް ބޮޑުވެއްޖެދޯ… ބަޓް ޑޯންޓް ތިންކް އެބައުޓް އިޓް އިނގޭ.. ކިޔަވާ ނިންމާފަ އެކަހަލަ ކަމަކާ ވިސްނާނީ.. ޔޫ ހޭވް އަ ފިޔުޗަރ އަހެޑް.. އޯކޭ…” ކޮއްކޮއަކަށް ވިސްނައިދޭފަދަ ގޮތަކަށް މައިރާ ސަނާޝްއަށް ވިސްނައިދިނެވެ.
” ލައްބަ ނާޝްގެ މަންމާ.. ކޮން އިރަކުން މޭއީގެ ރިސަލްޓް ލިބެނީ… ”
” ސަންޑޭގަ.. ނާޝް ދާނަން ދޯ އަހަންނާއެކު..”
” ޔާ.. ހިނގާ ނިދަން.. އަމް ވެރީ ސްލީޕީ…”
*********************************************************
މިއަދަކީ މައިރާގެ ނަތީޖާ ލިބޭ ދުވަހެވެ. 12 އަހަރު ވަންދެން އޭނަ ކުރި މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހެވެ. މައިރާ ސްކޫލަށް ދިޔައީ ސަނާޝް ގޮވައިގެންނެވެ. އޭނާ ހުރީ ވަރަށް ބިރުންނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ކާމިޔާބު ނުލިބޭ ފަހަރު އަންނަކަން މައިރާ ޤަބޫލުކުރެއެވެ. ޚުދު އޭނާ މިހާރުއެދަނީ އެކަންތައްތއް ތަޙައްމަލް ކުރަމުންނެވެ. ބައްޕަގެ ލޯބި ހޯދުމަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް އޭނާ ކުރި ހުރިހާ މަސައްކަތްވީ ފެނަށެވެ. އެބައްޕަގެ ފަރާތުން ލޯބީގެ ބަދަލުގައި ލިބުނީ ހުސް ނަފުރަތެވެ.
” ނާޝް.. އަހަރެން ވަރަށް ބިރުގަނޭ…. ރިޒަލްޓް ރަނގަޅު ނުވެއްޖިޔާ ބައްޕަ އަދި ވަކީން ބޮޑަށް ރުޅިއަންނާނެ ދޯ…” މައިރާ ހިތަށް ދިޔައީ ބިރުވެރި ޚިޔާލުތައް އަންނަމުންނެވެ.
” މޭއީ ދޫންޔާ… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ސަފަރުކަތްދެވެސް މޮޑާން ވެއްޖެއޭ މިހާރު.. މިފަހަރު އެނަ މީހަކަ ނީދެ މުސްކުޅިވަންދެން ކިޔަވާގޮތަށޭ ހުރީ…” މައިރާ ބިރުގަނެފައިވާކަން ސަނާޝްއަށްވެސް ފާހަގަވިއެވެ. އެހެންވެ އެސީރިޔަސް ވަގުތުކޮޅުވެސް އޭނާ ބެލީ މައިރާ ހެއްވާލެވޭތޯއެވެ. ކަންވީވެސް ސަނާޝް ހީކުރި ގޮތަށެވެ. ސަނާޝް އެހެން ބުނުމުން މައިރާއަށް ވެސް ހެވުނީއެވެ.
ސްކޫލްގެ ޕްރިންސިޕަލް ދިޔައީ ވަކިވަކިން ކުދިންނާ ބައްދަލުކޮށް ނަތީޖާ ހަވާލުކުރަމުންނެވެ. އެސްކޫލްގައި މަތީ ސާނަވީ ހަދަން ފެށި އަހަރަށް ވެފައި މަދު ދަރިވަރުންކޮޅެއް އިމްތިހާނުގައި ބައިވެރިވެފައިވާތީ ކޮންމެ ދަރިވަރަކާވެސް ވަކިން ވާހަކަ ދައްކަން ސްކޫލްގެ މެނޭޖުމަންޓުން ނިންމީއެވެ. މައިރާގެ ބުރު ނާންނާތީ ސަނާޝްއާ މައިރާ ސްކޫލް ގޯތިތެރޭހުރި ބެންޗެއްގައި ވާހަކަ ދައްކަން މަޑުކޮއްލާގެން ތިއްބެވެ. ދެމީހުންވެސް ބެލީ އެވީ ވަގުތުކޮޅުތެރޭވެސް ސަކަރާތްޖަހާށެވެ. ނަމަވެސް އެމީހުންގެ ހަރަކާތްތައް މަޑުޖެހުނީ ސްކޫލްގެ އޮފީހުން ނުކުމެގެން ރޮމުން ނުކުތް އާޝާގެ މޫނު ފެނިފައެވެ. މައިރާ އަވަސްވެގަތީ އާޝާ ގާތަށްގޮސް ވީގޮތް އޮޅުންފިލުވާށެވެ. ސަނާޝްވެސް މައިރާ ފަހަތުން ދިޔައީ ވީގޮތް އެނގެން ބޭނުންވެފަ ހުރިލެއް ބޮޑުކަމުންނެވެ.
” އޭޝް… ކީއްވެތަ ތިރޮނީ؟؟.. ކިހިނެއްތަވީ؟؟؟ ”
” މޭއީ… އަހަރެންނަށް ކުރެވުނު އެންމެ ބޮޑަކަށް އަހަރެން މަސައްކަތްކުރިން…. މޭއީއަށް އެންމެ ރަނގަޅަށް އެކަން އިނގޭނީ…. މަންމައާ ބައްޕައަށް އަހަރެން ދައްކާނީ ކޮން މޫނެއް… އެހުރިހާ ކަމެއްގެތެރޭގައިވިޔަސް އަހަރެން ހާދަ މަސައްކަތެއް ކުރީމޭ…. އަހަރެންނަކަށް ނުކެރޭނެ ގެޔަށް ދާކަށް މި ހިފައިގެނެއް… އަހަރެން ކިހިނެތް ދެން ހަދާނީ؟؟؟…”
” އޭޝް.. ހުއްޓާލާ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް.. އެހެންނޫނަސް އޭޝްގެ މަންމަމެން އަންޑަސްޓޭންޑް ވާނެ.. އޭޝް ޓެސްޓުތެރޭ ގޭތެރޭ މަސައްކަތްތައް ކުރަމުން ކޮއްކޮމެން ބަލަމުން ކިޔެވީ… އަހަންނަށް އިނގޭ އޭޝްގެ ބެސްޓް އޭޝް ދެއްކިކަން…. އަހަރެމެން ޖެހޭނެ ކެތްތެރިވާން އޭޝް… މިއަދު ތި ރިސަލްޓު ލިބުނަސް ދެރަނުވެ ދެން ތިޔަށްވުރެ ރަނގަޅަށް ކިޔަވައި މޮޅު މީހަކަށް ވެވޭނެ އޭޝައަށް… މަންމަގެ ހުވަފެންތަކާ އޭޝްގެ ހުވަފެންތަކާ ހުރީ ގުޅިފަ… އޭޝް ބޭނުމެއް ނޫންތަ އެ ހުވަފެންތައް ހަޤީގަތަކަށް ހަދަން؟؟ މޭއީއަށް ޔަޤީން މުސްތަޢުބަލުގައި މަންމަމެން ފަޚުރުވެރިވާފަދަ ކުއްޖަކަށް އޭޝް ވާނެކަން… ދެން ނުރޮއި.. އަހަރެން ވަރަށް ދެރަވޭ އޭޝް ތިހެން ހުރީމަ… އަހަންނަށް އިނގޭ އޭޝް ވަރަށް މަސައްކަތްކުރިކަން.. މަންމަމެން އެއްޗެކޭ ބުނެއްޖިޔާ އާދެ އަހަރެން ގާތަށް.. އޭރަށް އަހަރެން ގޮސް ވިސްނައިދެވޭތޯ ބަލާނަން.. އޯކެ…”
” ތޭންކް ޔޫ މޭއީ… ތިކަހަލަ ރަހުމަތްތެރިއެއް ލިބުނީމަ އަހަރެން ވަރަށް އުފާވޭ އަސްލު… މޭއިގެ ސަބަބުން މިހާ ވަރަށް މަސައްކަތް ކުރެވުނީވެސް.. އަދި މި ރިޒަލްޓް ލިބުނީވެސް… ތޭންކިޔޫ ސޯ ސޯ މަޗް… ދަނީ އިނގޭ…”
މައިރާ ދިން ހިތްވަރުގެ ސަބަބުން އާޝާގެ ހާސްކަން ފިލައިގެން ދިޔައެވެ. މައިރާ އެބުނީ ރަނގަޅަށެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ ރަނގަޅަކަށެވެ. މާތްﷲ އަހަރެމެންނަށް ދެރަގޮތެއް މެދުވެރިއެއް ނުކުރާނެއެވެ. އާޝާ މައިރާއަށް އަލްވަދާޢު ކިޔުމަށްފަހު ގެޔަށްދާން ހިނގައިގަތެވެ. ނަމަވެސް މައިރާގެ ޚިޔާލުގައި މިހާރުވަނީ އެހެން ކަމެކެވެ. އާޝާއަކީ މައިރާއާ އެއްކޮން ކިޔެވި ކުއްޖެކެވެ. މައިރާއެކޭ އެއްވަރަށް އާޝާވެސް މަސަތްކަތްކުރިއެވެ. ނަމަވެސް އާޝާގެ މަސައްކަތުގެ މޭވާ ނުހަނު ހިތިއެވެ. އެހެންވުމުގެ ސަބަބުން މައިރާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އޭނާ ކުރި މަސައްކަތުގެ ނަތީޖާ ފޮނިވާނެބާވައެވެ؟ ބައްޕަގެ ރުހުން ހޯދަން ކުރާ މަސައްކަތްތައް ކާމިޔާބު ވާނެބާވައެވެ؟ ނުވެއްޖެއްޔާ ދެން ބައްޕަގެ ލޯތްބާ ރުހުން އޭނާއަށް ނުލިބޭނެބާވައެވެ؟ ޖަވާބު ނެނގޭ ސުވާލުތަކެކެވެ. މިކަމާ އިތުރަށް ވިސްނާވަރަކަށް ހާސްކަން ދިޔައީ އިތުރުވަމުންނެވެ.
” މޭއީ… ހާސްނުވެބަލަ… ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ… މޭއީގެ ރިޒަލްޓް ރަނގަޅުވާނެ….” މައިރާގެ ހާސްކަން ފެނި ސަނާޝް ކަންބޮޑުވިއެވެ. އެހެންކަމުން އޭނާ ބެލީ މައިރާއަށް ކުޑަނަމަވެސް ހިތްވަރެއްދެވޭތޯއެވެ.
” ނާޝް.. އޭޝް ވެސް ވަރަށް މޮޅަށް ކިޔެވިއޭ.. އެކަމް އޭނަ ރިޒަލްޓް އެހާ ރަނގަޅެއް ނޫން… އަހަރެން ރިޒަލްޓްވެސް އޭރަށް ރަނގަޅެއް ނުވާނެ ދޯ.. އޭޝްއާ އަހަންނާ ކިޔެވީ އެއްކޮށޭ…”
” ސާބަސް މޭއީ.. އަބަދުވެސް ޕޮސިޓިވް ކޮށް ވިސްނަން ބުނާ މީހާތީ.. އެންމެނަށް ލެކްޗަރު ދެނީ މޭއީ… މިއަދު މޭއީ ހާސްނުވާންވީ ދުވަހު ތިވަނީ ކިހިނެތް… އެހެންނޫނަސް އޭޝްއަށް އެހެންވީ ޕަރސަނަލް ޕްރޮބްލެމްއެއްގެ ސަބަބުން.. މޭއީއަކަށް ނުޖެހެއެއްނު… ސޯ ސްމައިލް މޮޔަޔާ..” ސަނާޝް ދިޔައީ މައިރާއަށް ހިތްވަރުދެމުންނެވެ. ސަނާޝްއާ އެއްކޮން މިތަނަށް އާދެވުނު ކަމީ މައިރާގެ ނަސީބެވެ. އެހެންނޫންނަމަ މިހާރު މައިރާއިންނާނީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ވިސްނާ ވިސްނާ ބޯގޮވާފައެވެ.
15 ވަރަކަށް މިނެޓު ފަސް……..
” މައިރާ ޔާސިރ… ދެން އިނީ މައިރާ….” އޮފީހުގެ މުވައްޒަފަކު އައިސް ބުނުމުން މައިރާ ހިނގައިގަތީ އޮފީހަށް ދިޔުމަށެވެ. މައިރާ ހިނގައިގަތުމުން ސަނާޝް އަވަހަށް ގުޑް ލަކްއޭ ބުނެލިއެވެ.
މައިރާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނާ ހުރީ ނުލާހިކު ބިރުންނެވެ. ޕްރިންސިޕަލްގެ ކެބިންއަށް ވަތްއިރުވެސް އޭނާގެ ހިތް ތެޅެނީއެވެ. މައިރާ ސަލާމް ގޮވާލުމަށްފަހު ހުއްދަ ލިބުމުން އައިސް އަދަބުވެރިކަމާއެކު ގޮނޑީގައި އިށީނެވެ.
” މައިރާ.. ނަތީޖާ ކިހިނެތް ވާނެހެން ހީވަނީ؟؟؟..” ފުރަތަމަވެސް ޕްރިންސިޕަލް ކޮއްލީ އެސުވާލެވެ.
” އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ….” މައިރާ އެހެން ބުނިއިރުވެސް އޭނާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.
” މައިރާ… މައިރާގެ ނަތީޖާ ސަރމެން ހީކުރިގޮތަކަށް ނޫން ހުރީކީ…”
އެހެން ބުނުމުން މައިރާއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް އޭނާ ނުލާހިކު ބުރަ މަސައްކަތްކުރިއެވެ. އޭނާގެ ސިކުޑީގައިވާ މި ޚިޔާލުތައް މަޑުޖެހުނީ އަނެއްކާވެސް ޕްރިންސިޕަލް ވާހަކަ ދައްކަން ފެށުމުންނެވެ.
” ސަރމެން އެންމެންވެސް ހީކުރީ މައިރާ ޓޮޕް 5 އަށް އަރާނެކަމަށް… އެއީ މިރަށު އަލަށް އޭ ލެވެލް ކިޔަވައިދޭންފެށީ މިއަހަރުކަމުގައި ވުމުން އެހާ ބޮޑެތި އުއްމީދުތަކެއް ނުކުރަން…. މައިރާއަކީ ކުޑައިރުއްސުރެވެސް ކިޔެވުމަށް ވަރަށް ޝައުޤުވެރި މަސައްކަތްތެރި ކިޔަމަންތެރި ކުއްޖެއް… ނަމަވެސް މައިރާގެ ނަތީޖާ އޮތީ ސަރމެން އުއްމީދުކުރި ގޮތަކަށް ނޫން…………. މައިރާގެ ނަތީޖާ އެއަށްވުރެވެސް މާ ފުރިހަމަ…… މައިރާ މަތީ ސާނަވީ އިމްތިހާނުން ރާއްޖޭއްގެ ގަދަ ދިހައެއްގެ ގަދަ އެއްވަނައިގައި ހިމެނިފައިވަނީ… އަދި ދިވެހިބަހާ އިސްލާމުން ބްރިލިއަންސް އެވޯޑް މައިރާއަށް ލިބޭ…… ސަރމެން އެންމެންވެސް ވަރަށް ފަޚުރުވެރިވޭ މައިރާފަދަ ދަރިވަރަކަށް ކިޔަވައިދިނުމުގެ ފުރުސަތު ލިބުނީމަ… މައިރާ ތިހޯދި ކާމިޔާބީއަކީ މިރަށު އެންމެންވެސް ފަޚުރުވެރިވާނެފަދަ ކާމިޔާބީއެއް…. ކުރިޔަށް އޮތްތަނުގައި މިއަށްވުރެ ބޮޑަށް މަސައްކަތްކޮށް މުޅި ޤައުމު ފަޚުރުވެރިވާނެފަދަ ދަރިއަކަށް ވެވޭތޯ މަސައްކަތް ކުރާނެކަމަށް އުއްމީދުކުރަން….”
“ޝުކުރިއްޔާ ސަރ..” މައިރާއަށް ބުނެވުނީ މިހާވަރަށެވެ. އޭނާއަށް އުފަލުންގޮސް ރޮވުނީއެވެ. އޭނާގެ ހުވަފެންތައް ކާމިޔާބުވީއެވެ. ދެން ބައްޕަގެ ރުހުން ހޯދުމަށް އޭނާއަށް ފަސޭހަވާނެއެވެ. މައިރާ އަވަސްވެގަތީ ބައްޕައަށް އެޚަބަރު ދިނުމަށެވެ. ޕްރިންސިޕްލްއަށް ޝުކުރުއަދާކުރުމަށްފަހު މައިރާ ގެޔަށްދާން ނުކުތެވެ. ކުޑައިރުކޮޅަކަށްނަމަވެސް އޭނާގެ އިނަތިޒާރުގައި ސަނާޝް ހުންނާނެކަން ހަނދާން ނެތުނީއެވެ. ސަނާޝްމަތިން ހަނދާންވީ ބޭރަށް ނުކުތްއިރު ކުރިމަތީ ސަނާޝް ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފެނުމުންނެވެ. ސަނާޝްއަށް މައިރާ ފެނުމާއެކު އައިސް ކަންވީގޮތް އޮޅުންފިލުވުމަށް މަސައްކަތްކުރިއެވެ. މައިރާ ރޮއިފައިވާކަން ފާހަގަވުމުން ސަނާޝް ކަންބޮޑުވިއެވެ.
” މޭއީ.. ކިހިނެއްވީ ކޮބާ؟؟ ކީއްވެ ރޮއެފަ ތިހިރީ؟؟؟ ރަނގަޅުދޯ…. ދެން ބުނެބަ ނުތަޅުވާ… މިހާރު ކިހާއިރެއްވެއްޖެ…” ސަނާޝް ހުރިހާ ސުވާލެއް ފައްޗަކަށް އަމުނާލިއެވެ.
މައިރާ އައިސް ސަނާޝްގައިގައި ބައްދާލިއެވެ. މައިރާއަށް އަނެއްކާވެސް ރޮވުނީއެވެ. މައިރާ ރޯކަން އިގުމުން ސަނާޝް ކަންބޮޑުވިއެވެ.
” މޭއީ… ދެން ބުނެބަލަ ނުތަޅުވާ.. އަހަރެންވެސް ބިރުގަނޭ މިހާރު….”
” މޮޔަގަނޑާ… މިތާހުރެ ހުރިހާ ވާހަކައެއް ނުދެއްކޭނެ.. ހިނގާ މިދިމާ އަތިރިއަށް.. ޕްލީޒް……”
މައިރާއާ ސަނާޝް އަތިރިމައްޗާ ދިމާލަށް ދިޔުމަށް މިސްރާބުޖެހިއެވެ.. ފަސްވަރަކަށް މިނެޓު ތެރޭ އެމީހުންނަށް އެހިސާބަށް ދެވުނެވެ. އަތިރިމަތީ އިން ޖޯލިފައްޗެއްގައި ހަމަޖެހިލަމުން ސަނާޝް އަނެއްކާވެސް އަހާލިއެވެ.
” މިހާރު އަތިރިމައްޗަށްވެސް މިއާދެވުނީ… ދެން ކިޔާބަލަ…” ސަނާޝްއިނީ ވީގޮތް އޮޅުންފިލުވުމަށް ކެތްމަދުވެފައެވެ.
” ނާޝް.. އަހަރެން ޓޮޕް 1 އަށްއެރީ… ދިވެހި އިސްލާމުން ބްރިލިއަން ލިބުނީ… ޕިންޗްމީ.. އޭރަށް ޤަބޫލުކުރެވޭނީ..” މައިރާއަދިވެސް ހުރީ ޝޮކެއްގައެވެ.
” ސީރިޔަސްކޮށް… އަޅެ އަހަރެން އޭރުވެސް ބުނީމެއްނު ހުރިހާކަމެއް ރަނގަޅުވާނެޔޭ.. ހިނގާ ގެޔަށްދާން.. މަންމަ މިހާރު އިންނާނެ މޭއީ ނައިސްގެން ލަސްވެފަ… އައިމް ސޯ ހެޕީ ފޮރ ޔޫ… ކޮންގްރާ ސަފަރު… ވަރަށް ލޯބިވޭ!!!….”
**********************************************************
މައިރާއާ ސަނާޝް އަވަސްވެގަތީ ގެޔަށްގޮސް ބޮޑުދައިތައަށް އެޚަބަރު ދޭށެވެ. ދުވަމުން ކަހަލަ ގޮތަކަށް ދެމީހުންނަށް ގެޔާ ހަމައަށް ދެވުނު އިރު ތިބީ މާނެވާލެވިފައެވެ. ގެޔަށްގޮސް މަންމާއޭ ކިޔާ ސަނާޝް އަޑުނެތްތަނަށް ގޮވާލިއެވެ.
” ކިހިނެތްވީތަ ދަރިފުޅާ… މަންމަ އަދި ބީރެއްނުވެޔޭ ކިތައްފަހަރުތަ ބުނަންވީ؟؟؟ ހަމަ ކޮންމެ ފަހަރަކު އައިސް އަޑުނެތް ތަނަށް ހަޅޭއްލަވާނެ… މަންމައަށްވެސް އިގޭ ދަރިފުޅުގެ އަޑެއް އޮންނަކަން… އެކަމަކު މަންމަ އަބަދުވެސް ބުނަމެއްނު ތިހެން އަޑުގަދަކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނޭ… މައިރާއާ އެއްކޮން މިހާދުވަހު އުޅުނު އިރުވެސް އެކަމެއް ދަހެއް ނުވިދޯ….” ސަނާޝްގެ އަޑަށް ނުކުތް ޒާހިދާ ފުރަތަމަވެސް ލެކްޗަރެއް އަޅާލިއެވެ.
” ދެން މަންމާ ފަހުން މަންމަ ކިޔާ އެއްޗެއް ކިޔާ… ފުރަތަމަ އަޅުގަނޑު މިދައްކާ ވާހަކަ އަޑުއަހާލާ… މަންމާ މޭއީ ޓޮޕްވަންއަށް އެރީއޭ.. އެހެންވެއޭ މިހާ ހަޅޭއްމިލެވެނީ… ދިވެހި އިސްލާމުންވެސް ބްރިލިއަންސް ލިބުނީ….” އިތުރު ވާހަކައަކަށް ނުގޮސް ސަނާޝް އޭނާގެ މަންމައަށް މައިރާގެ ނަތީޖާގެ ވާހަކަތައް ކިޔާދިނެވެ.
” ދަރިފުޅާ މައިރާ!!!.. އެއީ ތެދެއްތަ… އަލްޙަމްދުލިއްލާހި….” ޒާހިދާ ޔަޤީންކޮއްލުމަށްޓަކައި މައިރާގާތު އަހާލިއެވެ. މައިރާ ބޯޖަހާލުމުން ޒާހިދާގެ ލޯ ކަރުނުން ފުރުނެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ޒާހިދާދެކޭ ގޮތުގައި މައިރާއަކީވެސް ސަނާޝްފަދައިން ހަމައޭނާގެ ދަރިއެކެވެ. މިފަދަ ފަޚުރެއް ދަރިއަކަށް ލިބުމުން ކޮންމެ މަޔަކުވެސް އުފާވާނެއެވެ.
ޒާހިދާ މައިރާ އޭނާގެ ގާތަށް ގެނެސް މައިރާ ބޮލުގައި ލޯބިން ފިރުމާލިއެވެ. އަދި އެކާމިޔާބީ ހާޞިލްކުރުމުން އެކަމަށް މަރުހަބާ ކިޔެވެ. އެދުވަހު ޒާހިދާއަށް ހީވީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ތަންގަނޑު އެންމެން އެދުވަހު އެއްކޮށް އެ އެންމެންނަށް ބޮޑު ކެއުމެއް ޒާހިދާ ތައްޔާރު ކުރިއެވެ.
ކެއުމުގައި ބައިވެރިވި ހުރިހާ އެންމެންވެސް ދިޔައީ މައިރާއަށް މަރުހަބާ ކިޔަމުންނެވެ. ނަމަވެސް މައިރާ އިންތިޒާރު ކުރަމުންދިޔައީ އެންމެ މީހެއްގެ ސޫރަ ދެކިލުމަށެވެ. ދަޢުވަތުދިން ހުރިހާ މީހުން ކައިހަދައިގެން ދިޔައިރުވެސް މައިރާ ދެކެން ބޭނުންވި މީހާއެއް ނާދެއެވެ. މައިރާ އެދަނީ ޔާސިރަށް އިންތިޒާރު ކުރަމުންނެވެ. އެންމެ ފުރަތަމަވެސް މައިރާ ބޭނުންވީ އޭނާގެ ބައްޕައަށް އެޚަބަރު ދޭށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އޭނާއަށް އެކަން ނުވީއެވެ. އެވަގުތު ނުބުނެވުނަސް އެ ކެއުމަށް އައުމަށް މައިރާ ޔާސިރުއަށް ދަޢުވަތު ދިނެވެ. ނަމަވެސް އެންމެން ދިޔައިރުވެސ އެތަނަކަށް ޔާސިރުއެއް ނާދެއެވެ.
******************************************************
ޔާސިރު ދިޔައީ ޢަޒީޒްގެ އެދުމަކަށް އޭނަޔާއެކު ރަށު ގާތު އޮތް ރިސޯޓަކަށެވެ. މިވީ ދުވަސްކޮޅުތެރޭގައިވެސް ޔާސިރުއާ ޢަޒީޒްއާ ދެމެދުވަނީ ވަރަށްވެސް ގާތް ގުޅުމެއް އުފެދިފައެވެ. ނަމަވެސް ޢަޒީޒްއަށް ޔާސިރުގެ ނުބައިކަމާ މަކަރުވެރިކަމެއް އެނގިފައެއް ނެތެވެ.
ޔާސިރުމެންނަށް ރިސޯޓަށް ދެވުނުތަނާހެން ޔާސިރުއަށް މައިރާގެ ފޯނެއް އައެވެ. މައިރާގުޅީ ޔާސިރުއަށް ކެއުމަކަށް ދަޢުވަތު ދިނުމަށެވެ. މައިރާ ގާތު ދާނަމޭ ބުންޏަސް ޔާސިރު ހުރީ ދާގޮތަކަށް ނޫނެވެ. އަދި އެވަގުތު އޭނަ ހުރީ ރަށުން ބޭރުނޫން ކަމެއްވެސް މައިރާގާތަކު ނުބުނެއެވެ. އެދުވަހު ޢަޒީޒްއާ އެއްކޮށް ރަށުން ބޭރަށް ދެވުނު ކަމީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ ޢަޒީޒްއަށް ހުރިހާ ކަމެއް އިނގޭނެކަން ޔަޤީނެވެ.
12 Comments!
Comments are closed.
Varah reethi…..?????????????waiting for the nxt part….
Thnkiuu Kairaaa?❤❤❤
V salhi .. masha allah❤❤❤❤
When next???
?❤
Thnkiuu Shahu?❤❤❤❤
Next part Insha Allah Sundayga?
Varah Varah reethi ???maa sha Allah ❤❤❤❤waiting for the next part ??????
Thnkiu Soo Much Yanaaa?❤❤❤❤❤
Salaam reader.. Sorry for the delay ingeyy.. V bxy school ga ehnve time eh nuvi Tuesday ga submit kohllaakah.. Next part Insha Allah Sunday ga up kohladheynan.. Hope you all will like this part too and Do comment your viewss..
Amazing amazing amazing. Hama kureedhuvahu faahaga kuri mistake hama ebain mi episode ga es. That’s OK it’ll happen. It’ll take time to improve the mistakes dhw Maayu❤️❤️❤️???? and ‘ޏ’ mi akuru liyanjehey thanthanuga huree ‘ޔ’ mi akuru liyefa. Eiy gina liyuntherinnau hedhey mistake eiy dhw Maayu. So ‘ޏ’ mi akuru liyan hadhaanegothakee ‘shift N’ beynunkuraanee. Eyrun hunnaanee heyokoh. Hehe. Anyways m Curious to see the next episode. Really enjoyed while reading this episode. Pls upload the next episode soon. Hope you’ll improve these little mistakes. Do not take it negatively. M actually helping you. I can also make mistakes right? Study well dear. I’ll be there for you always gaathuga nuviyas. Hehehe. Love you big koh Maayu❤️❤️❤️❤️❤️????❤️?❤️?❤️?❤️?
Thnkiuu Soo Much dhonthy.. Maayu hama v positive koh mi nagany Dhonthi ge hurihaa comment thakeh ves hama.. And Kashyga hifaafa huhnna kameh rangalhu kuran undhagoo vaane dhw hehe.. Maayu ah vaahaka ves dhehkkeny “ޔ” laigen ginafaharu.. Ehnve Liyaairuves egothah liyeveny hama.. And Love you soo much more ingeyyy???❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Dhivehi bahun liyuneema es ehuree ekolhukolhun kanne akuruthah. Hehe. Gnaviyani liyanjehey thanthanuga huree ‘yaa’ liyefa. Dhn Gnaviyani liyan hadhaanegoiy bunedheefa einee. ❤️?❤️?
Thnkiuu ingeyy.. Maayu ahvure kudayas molhey dhw dhonthi ves… Maayu hama v ufaavey dhonthige comments thah kiyaalaafa.. And Next episode Insha Allah Sundayga up kohllan masahkaiy kuraanan
koba tha aneh bai mi storyge